Skip to content
އެސްފިޔަ

ވާ ލޯބި އިނގޭނަމަ…

ހަށިގަނޑުގެ ތެރޭގައި ވިންދު ޖަހަމުން ދާ ހިތް އެދި ގޮވަނީ އެންމެ ކަމަކަށެވެ. އެ ހިތުގައި ކަލާޔަށް އޮތް ލޯބީގެ ޒައްރެއްގެ މިންވަރު ވިޔަސް ޤަބޫލު ކުރުމަށެވެ.

ލޮލުން އޮހޮރެމުން ދިޔަ ކަރުނަތަށް ފުހެލާފައި، ވެއްޓިފައި ވާ ޤަލަން ނަގާ އަނެއްކާވެސް ލިޔަން ފެށީމެވެ. “އޭ.. އަނޫޝާ އެވެ. ކަަލާ އަހަަންނާ ދުރުވިޔަސް، އެކަމުގައި އަހަރެންގެ ޝަކުވާއެއް ނެތެވެ. އެހެނޭ ކިޔާފައި އަހަރެން އަނޫ ދެކެ ވާ ލޯތްބަށް ޒައްރެއްގެ މިންވަރު ވިޔަސް ބަދަލެއް ނާންނާނެއެވެ. އަދިވެސް ވަރަށް ލޯބިވެއެވެ.”

އެހިސާބުން އަހަރެން ލިޔުން ހުއްޓާލީ ހިފެހެއްޓުމެއް ނެތި ކަރުނަތަށް ލޮލުން އޮހޮރިގަތީމައެވެ. ވާނީވެސް އެހެންތާއެވެ. މީގެ ކުޑަ ދުވަސްކޮޅެއް ކުރިން އަހަރެން އަނޫޝާއަށް ލޯބީގެ ގޮތުން ގުޅެން ހުށައެޅީމެވެ. އެއީ އަހަރެން އޭނާ ދެކެ އިންތިހާއަށް ލޯބި ވާތީއެވެ.

ނަމަވެސް، ލިބިގެންދިޔައީ އަހަރެން އުންމީދު ކުރި ކަހަލަ ޖަވާބެއްނޫނެވެ. ” އައި އެމް ސޮރީ… ބަޓް ނޯ ޑިއާރ… އައި ކާންޓް ގޯ ފޯރ އަ ޑޭޓް ” ކީއްވެތޯ އަހަރެން ތަކުރާރުކޮށް ސުވާކު ކުރީމަ އޭނަ ދިން ޖަވާބަކީ ” އާމް…. ވެލް.. އައި އެމް ނޮޓް ރެޑީ ފޯ ދެޓް… އެންޑް ސޮރީ އައި ކާންޓް ލަރވް ޔޫ.. ”

އަހަރެން ވަރަށް ހިތުގައި ޖެހުނެވެ. ވަރަށް އަސަރު ކުރިއެވެ. އެރޭ ނުވެސް ނިދުނެވެ. އަނެއް ދުވަހަށް އިރު އެރީވެސް އަހަރެން ރޯން އޮއްވައެވެ. ވާނީވެސް އެހެން ނޫންހެއްޔެވެ؟ އަހަރެންގެ ހިތުގައި އެންމެ ފުރަތަމަ ލޯބި އުފެދުނު މީހާ އަހަންނަށް ދިން ޖަވާބަކީ އެއީއެވެ.

އަނޫޝާއާއި ފުރަތަމަ ދިމާވީ ރައްޓެހި ކުއްޖަކު ހަދައިގެން އުޅުނު ވައިބާރ ގުރޫޕެއްގެ ތެރޭންނެވެ. އެއަށް ފަހު ރަސްރަނި ބަގީޗާއިން ދެމީހުން ބައްދަލުވެ ވާހަކަ ދެއްކީމެވެ. އޭނާގެ ރީތި ކަމާ އެއްވަރަށް އޭނާގެ އަހުލާގުވެސް ރަނގަޅެވެ. ކަމުދާ އެތަށް ސިފައެއް އޭނަގެ ގައިގައި ހުރިކަން ފާހަގަ ވިއެވެ. ﷲ ގެ ކުޅަދުންވަންތަ ކަމުން އަހަރެންގެ ހިތުގައި އޭނާގެ މައްޗަށް އާދަޔާ ޚިލާފު ލޯތްބެއް އުފެދުނީއެވެ.

އަހަރެންގެ ލޯތްބަށް އޭނާ އިންކާރު ކުރި ނަމަވެސް އަހަރެން އޭނަ ދެކެ ވާ ލޯތްބެއްގެ ބޮޑުކަން ހާމަ ކޮއްދިނުމަށް އަހަރެން އޭނައަށް މި ސީޓީ ލިޔުނީމެވެ. އަމިއްލަ ނަފްސަށް ވުރެ އޭނަ ދެކެ އަހަރެން ލޯބިވަމެވެ.

އުންމީދު ކުރަނީ ކޮންމެވެސް ދުވަހަކުން އަހަރެން ގާތަށް އަންނާނެ ކަމަށެވެ. އެދުވަކުން ހަމަ ވަރަށް އުފަލުން އަނޫ އަހަރެން ގަބޫލުކުރާނަމެވެ.

Comments (6)

  1. Navya

    Nt bad. .. ??

  2. starme

    Very nice☺.

  3. mishy

    Vrh reethi mi stry…. I alwasys luv ur stries zidhan…

  4. Sana

    Varah reethi!
    Nimuneetha????
    Keep it up zidhan????

  5. IIIMAH2006

    VVV NICE

  6. Leen

    Guddd but don’t wait for love

Comments are closed.