އެއީ އަހަރެންގެ އުމުރުން އެންމެ ބާރަ އަހަރުގައި އެވެ. ބޭސްފަރުވާއަކަށް އަހަރެންގެ މަންމަ އާއި ބައްޕަ އިނޑިއާއަށް ދިޔައީ އަހަރެން ބޮޑުދައިތަ ކަައިރީ ރަށުގައި ބަަހައްޓާފައި އެވެ. ތަޤުދީރުގައި ކަން އެހެން ވާން ލިޔުއްވާފައި އޮތްކަން އަހަރެންނަށް ކުރިން އެނގުނު ނަމަ އެ ހަޑި މުޑުދާރު އަމަލުން ރެކުމަށް މަންމަމެންނާއި އެކު ދިޔައީމުހެވެ. އާއެކެވެ. ގަދަކަމުން އަހަންނަށް ބެހުނީ ދުރު މީހެއް ނޫނެވެ. މިބުނާ ބޮޑުދައިތަގެ ފިރިމީހާއެވެ. ކުޑަކުޑަ އަހަރެން އެ ބިޔަ މީހާ ކައިރީން ސަލާމާތްވާން […]
… ފުރަތަމަ އަހަރެންގެ ވާޖިބަކަށްވީ ޑިއުޓީއަށް *ސައިން އިން* ވެލުމެވެ. ހާޒިރީގައި ސޮއެ ކުރުމަށްފަހު، ކޮމްޕިއުޓަރު ހުޅުވާ މަސައްކަތައިގެން މަސްޢޫލު ވެއްޖައީމެވެ. ޚަބަރަކަަށްފަހު ޚަބަރެއް ލިޔަމުން ދިޔައީ އެއްވެސް ފޫހިކަމެއް ނެތި، އާދައިގެ މަތިން ވަރަަށް ވެސް ކަމާއި ވެގެންނެވެ. ކަމާއި ކަންފަށާ ޚަބަރު ލިޔަން އިން އަހަރެންނަށް ވަޤުތު ދިޔަގޮތް ވެސް ނޭނގުނެވެ. މިހާރު ހަވީރު ހަތަރެއް ޖެހީއެވެ. އަހަރެން މަސައްކަތް ކުރަން އޮތް ވަޤުތު ވެސް ހަމަވީއެވެ. *ސައިން އޮފް ވެލީ* މެވެ. ހާޒިރީގައި […]
އެއީ މީގެ ފަންސަވީސް އަހަރު ކުރިއެވެ. 1988 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ ތިންވަނަ ދުވަހެވެ. އެދުވަހުގެ ހަނދާންތަށް މިހިތުގައި ބިންވަޅު ނެގިފައި އަދިވެސް އެބަ ހުއްޓެވެ. ފިނިފިނި ފަތިހެއްގެ ވަޤުތެކެވެ. އަރާމު ނިންޖަކުން ނިދާފައި ތިބި އަހަރެމެންނަށް ކުއްލި ގޮތަކަށް ހޭލެވުނީ ދުވަހަކުވެސް ނީވޭފަދަ ބިރުވެރި ނާމާން އަޑުތަކެއް އިވެން ފެށުމުންނެވެ. އެ އިވެނީ ބަޑި ޖަހާ ފާޑުގެ އަޑެއްކަމަށް އަހަރެންގެ ހިތް ބުނަމުން ދިޔައެވެ. އިވެން ފެށި އަޑުތަކުގެ ހަގީގަތް ހޯދުމަށް އަހަރެން މަގު […]
އަބަދަށްވެސް އަހަރެން ހިތްހެވެ. “ނާނީ” އަކީ އަހަރެން ލޯބީގެ ގޮތުން ގުޅުނު ބައިވެރިޔާއެވެ. އެ މީހަކަށް މިހިތުން އެންމެ މަތީ ޖާގަ ދެވުނު ޖިންސުއްލަތީފެވެ. ލޯބީގެ ދަރުބާރުގައި ރަނިކަަމާގެ މަޤާމު ދެވުނު ރާނީއެވެ. އުފަލުގެ ކޮޅެއް ނެތް ހާލު، ނާނީއާއެކު ލޯބީގެ ދަތުރު ފެށީމެވެ. ހިތް ހެޔޮ ކުއްޖެކެވެ. އެހާމެ އޯގާތެރިއެވެ. ލޯބިދީ މި ހިތް އުފަލުން ފުރުވާލައެވެ. އޭނާ އެންމެ ފުރަތަމަ ހުވާ ކޮށްފާ ބުނި ފަދައިންނެވެ. ދުވަހަކުވެސް ވަކިނުވާން ދެމީހުންވެސް ދިޔައީ ވައުދު ވަމުންނެވެ. […]
ފަތިހުގެ ހަމަހިމޭން ކަމަށް ހަލަބޮލިކަމެއް ގެނެސްދިނީ ދޫނިސޫފާސޫފީގެ ތުމުން ކުޅެލި މިއުޒިކީ ރާގުތަކެވެ. ފަތިހުގެ ތެތްފިނިކަން ވަނީ މުޅި ކޮޓަރިތެރެއަށް ވެރިވެފަ އެވެ. އެފިނި ކަމުގެ ތެރޭގައި ނިދީގެ ފޮނިމީރުކަން ޙާޞިލްކުރަމުން އައި އަހަރެން، ހޭލައްވާލީ ފޯނުގެ އެލާމެވެ. އަހަރެން ދެލޯ ހުޅުވާލުމަށްފަހު، އަވަސްވެގަތީ ފާހާނާއަށް ވަދެ، ފެންވަރާ ވުޟޫކޮށްލައިގެން ފަތިސް ނަމާދު ޖަމާއަތުގައި ކުރުމަށް މިސްކިތަށް ދިޔުމަށެވެ. އަލީ ރަމީޒުގެ ހިތްޤައިމު އަޑުން ގޮވަމުން ދިޔަ ބަންގިއަށް ސަމާލުވެ ހުރެ، ހިނގަމުން ދިޔައީމެވެ. ހަލަބޮލި މާލޭގެ […]
ލޯތްބަކީ ފެން ކަހަލަ އެއްޗެކެވެ. އެކަކު އަނެކަކު ދެކެ އެ ލޯބި ވެވޭނެއެވެ. ކަޅެއް ދޮނެއް، ސައިޒެއް، އުމުރެއް ލޯބި ވާކަށް ނޯވެއެވެ. ހަމަ މިގޮތަށް ކުޅެދޭ މީހުންނާއި، ނުކުޅެދޭ މީހުން ވެސް ލޯބީގެ ކުރިމަތީގައި ހަމަހަމައެވެ. ލޯބިވުމާއި، ލޯބި ލިބުމުގެ ހައްޤު ކޮންމެ ހަމަ ކޮންމެ މީހަކަށް ވެސް އޮންނާނެ އެވެ. ކިޔައިދޭން މިއުޅެނީ އަހަރެންގެ ހަޔާތުން ސޮފްޙާއެކެވެ. އަހަންނަކީ އުފެދުމުގައި އުނި ސިފަތަކެއް ހުރި މީހަކީމެވެ. ނަމަވެސް، މިއަދާ ހަމައަށް ވެސް އަހަރެންގެ މައިންބަފައިންނާއި، […]
ފަތިހުގެ ހަމަހިމޭން ކަމަށް ހަލަބޮލިކަމެއް ގެނެސްދިނީ ދޫނިސޫފާސޫފީގެ ތުމުން ކުޅެލި މިއުޒިކީ ރާގުތަކެވެ. ފަތިހުގެ ތެތްފިނިކަން ވަނީ މުޅި ކޮޓަރިތެރެއަށް ވެރިވެފަ އެވެ. އެފިނި ކަމުގެ ތެރޭގައި ނިދީގެ ފޮނިމީރުކަން ޙާޞިލްކުރަމުން އައި އަހަރެން، ހޭލައްވާލީ ފޯނުގެ އެލާމެވެ. އަހަރެން ދެލޯ ހުޅުވާލުމަށްފަހު، އަވަސްވެގަތީ ފާހާނާއަށް ވަދެ، ފެންވަރާ ވުޟޫކޮށްލައިގެން ފަތިސްނަމާދު ޖަމާއަތުގައި ކުރުމަށް މިސްކިތަށް ދިޔުމަށެވެ. އަލީ ރަމީޒުގެ ހިތްޤައިމު އަޑުން ގޮވަމުން ދިޔަ ބަންގިއަށް ސަމާލުވެ ހުރެ، ހިނގަމުން ދިޔައީމެވެ. ހަލަބޮލި މާލޭގެ މަގުތަކުގައި […]
މެންދުރުފަހުގެ ވަޤުތެވެ. އަހަރެމެންގެ މިސްރާބުހުރީ ކޭ.އެފް.ސީއާ ދިމާލަށެވެ. ތަނަކަށް ދާން ލަސްވެގެން ދާ ބައެއް ފަދައިން އަހަރެމެން ސައިކަލު ދުއްވަމުން ދިޔައީ އިންތިހާ ބާރު ސްޕީޑެއްގައެވެ. މިއީ އަހަރެން ކޮންބޭނުމަކު ކުރާހާ ކަމެއް ހެއްޔެވެ؟ އެކުވެރިންނާއެކު ނަން މަޝްހޫރު ހޮޓާ ރެސްޓޯރެންޓް ތަކުގައި ވަގުތު ހޭދަކުރުމެވެ. އިރުއިރުކޮޅުން ސިނގިރޭޓެއް ރޯކޮށްލުމެވެ. ބާޒާރުމަތީ ބަހުރުވައިން މުޙާތަބުކުރުމެވެ. އަންހެން ކުދިންނަށް ޖެއްސުން ކުރުމާއި ފުރައްސާރަކުރުމެވެ. ފޯން ކޯލްތަކުން ޒުވާން އަންހެންކުދިން މަޅީގައި ޖެއްސުމެވެ. ވަކި ހިސާބަކަށް ދެވުނުތަނާހެން އަހަރެމެންގެ ހިޔާލު […]
އާދައިގެ މަތިން ކިލާސް ނިންމާލާފައި ‘ލެކްޗާރ ހޯލް’ އިން ނުކުމެވުނުއިރު 20:10 ހިނގަނީ އެވެ. “އާހް.. ނައިންތު ފްލޯ؟” ބޭއިޙްތިޔާރުގައި އަހަންނަށް އެހެން ބުނެލެވުނެވެ. ވާނީވެސް އެހެންތާއެވެ؟ ހ. ސަކީނާ މަންޒިލްގެ ތިންވަނަ ފަންގިފިލާއިން ތިރިއަށް ފޭބުމަށް ލިފްޓް ބަޓަންއަށް ފިތާލި އިރު ލިފްޓު އަރަނީ ހުރިގޮތަށް މައްޗަށެވެ. މައިކޮލެޖް އެޑްމިން ހޯލްގެ ދޮރުކައިރިން ފާރުގައި ލެނގިލައިންގެ ހުރި އަހަރެންގެ ކަޅި އަމާޒުވެފައި ހުރީ ލިފްޓުގެ ނަންބަރު ބޯޑަށެވެ. ނަސީބަކުން މާލަސްތަކެއް ނުވިއެވެ. ލިފްޓު ހުޅުވުމުން ހަލުވިކަމާއެކު […]