ރޯށޭ ވީ ހިތާމައިން
މެންދުރުފަހުގެ ވަޤުތެވެ.
އަހަރެމެންގެ މިސްރާބުހުރީ ކޭ.އެފް.ސީއާ ދިމާލަށެވެ. ތަނަކަށް ދާން ލަސްވެގެން ދާ ބައެއް ފަދައިން އަހަރެމެން ސައިކަލު ދުއްވަމުން ދިޔައީ އިންތިހާ ބާރު ސްޕީޑެއްގައެވެ.
މިއީ އަހަރެން ކޮންބޭނުމަކު ކުރާހާ ކަމެއް ހެއްޔެވެ؟ އެކުވެރިންނާއެކު ނަން މަޝްހޫރު ހޮޓާ ރެސްޓޯރެންޓް ތަކުގައި ވަގުތު ހޭދަކުރުމެވެ. އިރުއިރުކޮޅުން ސިނގިރޭޓެއް ރޯކޮށްލުމެވެ. ބާޒާރުމަތީ ބަހުރުވައިން މުޙާތަބުކުރުމެވެ. އަންހެން ކުދިންނަށް ޖެއްސުން ކުރުމާއި ފުރައްސާރަކުރުމެވެ. ފޯން ކޯލްތަކުން ޒުވާން އަންހެންކުދިން މަޅީގައި ޖެއްސުމެވެ.
ވަކި ހިސާބަކަށް ދެވުނުތަނާހެން އަހަރެމެންގެ ހިޔާލު ބަދަލުވިއެވެ. ކޮފީއަށް ހުޅުމާލެ ދިއުމަށެވެ. ސިނަމާލެ ދާލަން ހުރަސްކޮށް ދިޔަ އަހަރެމެން ވަނީ ހުޅުމާލޭ މެންހެޓަން ރެސްޓައުރެންޓަށެވެ.
އެކުވެރިންތަކާއެކު މެންހެޓެން ރެސްޓައުރެންޓުގެ ހިތްގައިމު މާހައުލުގެ ހަމަހިމޭންކަން ފޫދުއްވާލާ ސަކަރާތާ މަޖަލުގައި ވަގުތު ހޭދަކުރަން ފަށައިފީމެވެ. އެހެން މީހުންނަށް ވާނޭ އުނދަގުލަކަށް ބެލުމެއްނެތިއެވެ.
ހަމަހިމޭން ކަމަކީ އަހަރެން ފޫހިވާ ކަމެވެ. މަޑުމައިތިރިކަމަކީ އަހަރެން ނުރުހޭ ސިފައެކެވެ. ސަކަރާތްޖެހުމާ މަޖާކުރުން ނޫންކަމެއް އަހަރެންގެ ދިރިއުޅުމުގައެއް ނުވެއެވެ. މިހުރިހާ ކަމެއްވެސް އަހަރެން ކުރަމުންއައީ ރައްޓެހިންނަށްޓަކައެވެ. ރައްޓެހިންގެ ރުހުން ހޯދުމުގެ ބޭނުމުގައެވެ. އެމީހުންގެ ތެރޭގައި މަޤުބޫލު މަޝްހޫރު ކެރޭ މީހަކަށް ވުމަށްޓަކައެވެ.
އިރުކޮޅަކުން މީހަކު ގުޅިއެވެ. އަހަރެން އަޅައެެއް ނުލަމެވެ. ހައެއްކަ ފަހަރު ގުޅީމަ ފޯން ނަގާ ކާކުތޯ ބަލާލީމެވެ. ފޯން އޮތީ ވައިބުރޭޓު މޯޑުގައި ކަމުން ރައްޓެހިންނަކަށް ނޭނގޭނެއެވެ. ‘އެއްކަލަ ރާއިފް.. ބަލާއެކޭ.. މި ނޫން ގަޑިއެއްގައި ގުޅަން ނޭނގުނީބާ.. ޔަގީން މިރޭ ކޮއްމެސްތާކަށް ޑުރޮޕްކޮށްދޭށޭ ބުނަން އެއުޅެނީ.. ނޫޅެން ފޯން ނިއްވާލަނީ މި’ އެހެން ހިތަށް އަރާ އަހަރެން ފޯން ނިއްވާލީ އެފްބީގައި ޗެކިން ވެލުމަށްފަހުއެވެ.
މަޖާނެގުމުގައި ކޮފީ ނިއްމާލުމަށްފަހު, ބުރެއް ޖަހާލާފައި އެނބުރި މާލެ އައިސްފީމެވެ. އޭރު 2100އަށްވުރެ ބޮޑުވީއެވެ.
ފޯން ހުޅުވާލީ ގެއަށް ވަދެވުނީމައެވެ.
ރާއިފްގެ މެސެޖެއެއް އަދި ހަތަރު މިސްޑް އަައިސްފައި އޮތެވެ. ‘ބުރޯ! ކައޭ ބިޓު އެކްސިޑެންޓު ވެގެން ވަރަށް ހާލު ސީރިއަސް! އިޖީއެމް އައިސީޔޫގައި ބާއްވާފައި އަވަހަށް އާދޭ! ވަރަށް ސީރިއަސް!’ މެސެޖު ފެނުމުން ލަސްނުކޮށް ތެޅިފޮޅި ގަނެފައި ސައިކަލުގައި ދުއްވުނު އެއްމެ ބާރަކަށް އައިޖީއެމްއަށް ގޮސްފީމެވެ. އަހަރެން ހުރީ ދާހިއްލާފައެވެ.
ތެދެކެވެ. އައިސީޔޫ ދޮރުމަތީ ޝައިހާ މަންމަ އެހުރީ ފެންކަޅިވެފައެވެ. ޝއިހާގެ ދޮންތަ އަދި ބޮޑުދައިތަ، އަދި ރާއިފްވެސް ގޮނޑި ބަރީގައި ތިއްބެވެ. ހާސްވެފައި އަވަސް އަވަހަށް އަހާލީމެވެ. “ދައްތާ ޝައި ކިހިނެތް؟” އެވަޤުތު ޑޮކްޓާރ ނުކުމެފައި ބުނެލިއެވެ. “އައިއޭމް ސޮރީ.. ޝީއިޒް ނޯމޯ..”
އެހިނދު މުޅިތަން ގުގުމާލީ ހަޅޭއްކާއި، ރުޔުމުގެ ވޭނީ އަޑުންނެވެ.
– ނިމުނީ –
12 Comments!
Comments are closed.






Nice story… Love you n miss you baby ??
Thanks for the comment! But sorry who u r? ?✨
I couldn’t understand the last part?? but can you help me write a story about my life
Give attention and read it with care,
And yess please inbox me 9877233 viber!
Nice mihaar hama v ginavaane mikahala kanthah
nice stry……n true dhw hama mi
Maybe anhen kahja ge accident thafseel kohladhinnama varah reethi vees feshun varah reethi dhigu or mediun vaahaka akah concept varah nice vaane… alhe mivaahaka thankolhey dhigu kohlinama 3 or 2 parts…
nice story ! but maa kurey dhw …. fahun adhi rangalhu vaaney dhw … zidhan zaik….digu vaahaka akah eden v.sallaam…..????????
V reethi ?
Nice story??
Zidhaan ge instagram id ga in nanee keekey…..zidhaan instagram ah van nanyaa
Zidhaan ge instagram id ga in nanee keekey…..zidhaan instagram ah van nanyaa bunelabala