އުޑުމަތި ސާފު ރީތި ދުވަހެކެވެ. “ރަސްފަންނު”ގެ ހިތްގައިމު މާހައުލުގައި އަހަރެން އިނީ ފޫހި ފިލުވާލުމަށެވެ. ރަސްފަންނަކީ މާލޭގެ އެންމެ ހިތްގައިމު އެއް މަންޒިލެވެ. މިކަމާ ދެކޮޅުވާނެ މީހަކު ނުުހުންނާނެއެވެ. ކުއްލިއަކަށް އަހަރެންގެ ފޯން ރިންގުވާން ފަށައިފިއެވެ. ފޯނުގައި ސޭވް ކޮށްފައި ނުވާ ނަަންބަރަކަށް ވާތީ، ކާކު ކަމެއް ނޭނގުނެވެ. ފޯން ނަގަން ފިއްތާލަން އުޅެނިކޮށް އެކަން ނާކާމިޔާބުވީ އެކޮޅުން ފޯން ކަނޑާލުމުންނެވެ. “ވެދާނެ އޮޅިގެން ގުޅުނީ ކަމަށް…” އަހަރެންގެ ހިތަށް އެރިއެވެ. އިރުކޮޅެއް ނުވެ އަނެއްކާވެސް ފޯން […]
އުޑުމަތި ސާފު ރީތި ދުވަހެކެވެ. ދުއްވާފައި ދިޔަ ލޯންޗުގައި ހުރި އިރު މޭލޭގެ މަލަމަތި ވަރަށް ސާފުކޮއް ފެންނަމުން ދިޔައެވެ. އޭރު މާއިޝްގެ ހިތުގައި ވަނީ އޭނައަށް ބައްދަލުކުރުމަށް ފެން ބޮވައިގެންފައި ހުރި އޭނާގެ ލޯބިވެރިޔާ “ޔަމަން”އެވެ. ގިނަ ދުވަސްތަކަކަށް ފަހު ލޯބިވެރިޔާއަށް ބައްދަލުވާން އުޅޭތީ އޭނަގެ ހިތުގައި ހިނގަމުންދަނީ ބަޔާން ކުރަން ދަތި އިޙްސާސްތަކެކެވެ. މާލޭގެ ފަޅަށް ލޯންޗު ގާތް ކޮޮއްލައިފިއެވެ. އަވަސް، އަވަހަށް ގެންގުޅުނު ދަބަސް ކޮނޑުގައި އަޅުވާލައިގެން މާއިޝް ލޯންޗުން ފޭބިއެވެ. އަދި […]
ލޯތްބަކީ ހިތުން ފޮނުވައިދޭ ސިގުނަލެކެވެ. ކުރާ އިޢުލާނެކެވެ. ހިތުގައި އުފެދޭ ވަރުގަދަ ޠޫފާނެކެވެ. މި އިޢުލާނުގެ އަޑު ނާހާ މީހާއަކީ މޮޔައެކެވެ. މި ތޫފާނަށް ފިލަން އުޅޭނީވެސް ކަނޑުކޮހެކެވެ. އުފަލުގައި އުޅެވޭނީ ތިމާދެކެ ލޯބިވާ މީހަކާ ގުޅިގެންނެވެ. މިކަން މިހާރު އަހަންނަށް ވިސްނިއްޖެއެވެ. މީގެ ދެއަހަރު ކުރިން، ޔަމާނީއާއި ދެމީހުން ލޯބީގެ ގޮތުން ގުޅުނީ ކޮންމެހެން އަހަރެން ބޭނުންވެގެންނެއް ނޫނެވެ. އަހަރެން ދެކެ ވާލޯތްބެއްގެ ބުޑުކަމުން ޔަމާނީ ކުރަމުން އައި އާދޭހަށެވެ. އެކަމަކު އެނގޭހެއްޔެވެ؟ ރައްޓެހިވެގެން ދުވަސްކޮޅެއް […]
ލެޕްޓޮޕް އުނގު މައްޗަށް ލައި ސޯފާގަ ހަމަޖެހިލީމެވެ. ވާހަކައެއް ލިޔެލަން ގަސްތު ކޮށްގެންނެވެ. ހިތަށްއެރިއެވެ. މިފަހަރު ލިޔާނީ ޚަޔާތުގެ ވާހަކައެވެ. މިވާހަކަ ބިނާވެފައި އޮންނާނީ އަހަރެންގެ ތަޢުލީމީ ހަޔާތުގެ މައްޗަށެވެ. ފުރަތަމަ އަހަރެންގެ ތަޢާރަފަކަށް ޖެހިލާނަމެވެ. އަހަރެންގެ ނަމަކީ ”ޒިދާން”އެވެ. އަހަރެންގެ މަންމައާއި ބައްޕަގެ ހުރި ދޮށީ ފިރިހެން ދަރިއެކެވެ. އަހަރެންގެ ހަގަށް ދެ ކޮއްކޮ ތިބެއެވެ. ބައްޕަ ވަޒީފާ އަދާކުރަނީ ރަށު ސުކޫލުގައެވެ. ގޭތެރެއާއި ދަރިންގެ ކަންތަށް އެންމެ ފުރިހަމައަށް ބެލުމުގެ މަސައްކަތް ލޯބިވާ މަންމަ […]
ފުރަތަމަ ނަޒަރުން ހިތް ކަތިލެވުމަކީ މަދުން ނަމަވެސް ވާކަމެކެވެ. ކާކު ކަމެއް ނޭނގި ނަމަވެސް ބޭރު ފުށުން ފެންނަ ރީތިކަމުގެ މައްޗަށް އިންސާނާގެ ހިތް ލެނބުން އެއީ މިހާރު އާކަމެއް ނޫނެވެ. އަޅުގަނޑުގެ ޤަލަމުން މިފަހަރު ކިޔާލަ ދޭން މި އުޅެނީ މިފަދަ ހާދިޘާ އެކެވެ. އާދައިގެ މަތިން މިރޭވެސް އާދަނު އޮފީސް ނިންމާލާފައި ގެޔަށް ދިއައީ ޢިޝާ ނަމާދު ބަންގި ގޮވަން ގާތްވެފައި ހުއްޓައެވެ. ގޭގެ ދޮރުން އެތެރެ ވުމައެކު، މީހާ ސިހިގެން ދިއައީ ދޮންދައިތައާއެކީ […]
އެއްވެފައިވާ ނޫސްވެރިންގެ ކެމެރާތަކުގެ ކުރިމަތީ ހުރެ އިންސާފަށް އެދި ސަލާންޖަހަމުން އެދަނީ ޒައިނަބްގެ މަންމައެވެ. ލޮލުން ހުއްޓުމެއް ނެތި ކަރުނަ އޮހޮރެމުން ދާއިރު އެފަކީރު އާދޭސް ކުރަމުން އެދަނީ ހަމަ އެންމެ ކަމަކަށެވެ. އެއީ އަނިޔާވެރިކޮށް މަރާލެވިފައިވާ އޭނާގެ ދަރިފުޅަށް އިންސާފު ހޯދައި ދިނުމަށެވެ. އެއީ މީގެ ކުޑަ ދުވަސްކޮޅެއް ކުރީގެ ހާދިސާ އެކެވެ. ޒައިނަބަކީ އެއާއިލާގަ ހުރި އެންމެ ހަގު ކުއްޖާއެވެ. އުމުރުން ނުވަ އަހަރުގެ ޒައިނަބްގެ މައިންބަފައިން ވީ އުމްރާއަށް ގޮސްފައެވެ. އޭރު ޒައިނަބާ […]
ގަދަ ވިއްސާރައާއެކު ބޯކޮށްވެހެމުންދިޔަ ވާރޭގެ ތިކިތަށް މުޅި ރަށަށް ވެހެމުންދިޔައީ ގުގުރާ ވިދަމުންނެވެ. އެ ވިދުންތަކުގެ ސަބަބުން ދެލޮލުން ކަނި ބުރައިގެންދާ ކަހަލައެވެ. ކުއްލިޔަކަށް ޖަހާލި ބާރު ގުގުރިއަކާއެކު، ދުއްވަމުން ދިޔަ ކާރު އަހަރެންނަށް ބުރެކި ޖައްސާ މަޑުކޮށްލެވުނެވެ. އެރެޔަކީ ވަރަށް އަނދިރި އެހާމެ ބިރުވެރި ރެޔެކެވެ. އެއްލުނު ކަޅިއަކުން ދެން ފެނިގެންދިޔައީ އާދަޔާ ޚިލާފު މަންޒަރެކެވެ. މަގުގެ އެއްފަރާތެއްގައި ބޯވިއްސާރަ ގަނޑު ތެރޭގައި އެއިނީ އަންހެން ކުއްޖެކެވެ. އަހަރެން އަވަސް އަވަހަށް އެދިމާލަށް ކާރު ގާތްކޮއްލުމަށް […]
މިއީ ދުނިޔެއެވެ. އެއްބަޔަކު އުފަލުގައި ދުވަސްތަށް ގުނަމުން ދާއިރު، އަނެއްބަޔަކު ދަނީ ހިތާމައިގެ ކަރުނަ އޮހޮރަމުންނެވެ. ކިތަންމެ އުފަލުގައި އުޅެވުނަސް މާދަމާ ކަޅު އަނދިރި ގަނޑެއްގެ ތެރެއަށް ހަޔާތް ވެއްޓިދާނެއެވެ. މިއީ ދުނިޔޭގެ އާދައެވެ. ކައިވެންޏެއްގެ ބިންގާ އަޅާލެވޭ ކޮންމެ އަންހެނަކުވެސް މާދަމާއަށް ޓަކައި ދެކޭނެ ކުލަ ނުވާ ހުވަފެންތަކެއް ހުންނާނެއެވެ. މިހުވަފެންތަކުގައި ކުލަ ޖެއްސުމަށްޓަކައި، ދިރިއުޅުން ބިނާކުރުމަށްޓަކައި ދިމާވާ ކޮންމެ ތޫފާނެއްގައި ދިރިއުޅުމުގެ ނައު އެއްމަންޒިލަކަށް ދަތުރުކުރުމަށްޓަކައި ދެމަފިރީންގެ ހިއްސާ އެއްވަރަކަށް ބޭނުންވާނެއެވެ. މިވައުދު މީގެ […]
އިރު، އޭގެ ވާޖިބު އަދާކުރަމުން ގޮސް އެންމެ ފަހުގެ މަރުޙަލާ ކަނޑަތު ކުރަމުންދާ ވަޤުތަކީ އެއްވެސް މަޚުލޫޤެއް ބަލާ ފޫހިނުވާނެ، ހިތްގައިމު ވަޤުތެކެވެ. ރާއްޖެތެރޭގެ ރަށެއްގެ ހިމޭން ގޮނޑުދަށެއްގައި މިމަންޒަރު ބަލާލުމުގެ ނަސީބު ލިބުމަކީ އަދި އިތުރަށް ހިތްހަމަޖެހޭނެ ކަމެކެވެ. އެރީތި ގޮނޑުދޮށުގައިވާ ހިމުން ދޮންވެލި ގަނޑު ރަންކުލައިން ވިދާބަބުޅައެވެ! އެ ހަމަހިމޭންކަމުގެ ތެރޭގައި، އަހަރެން އިނީ އެ ފުރިހަމަ ޤުދުރަތީ މަންޒަރުގެ ތެރެއަށް ގޮސް ގެއްލި ހުސްވެފައެވެ. ކުއްލިއަކަށް އަހަރެންގެ ލޮލުގައި އަޅައިގަތީ ދުނިޔެމަތިން މީގެ […]