ދުވަހަކީ މަންމައިންގެ ދުވަހެވެ. އައިޝާގެ ދަރިފުޅު އީލާފް އުޅެނީ ކައިރި ރަށެއްގައި ހުންނަ ބީ.އެމް.އެލް ރީޖަނަލް ބުރާންޗްގައި މެނޭޖަރަކަށެވެ. ވަޤުތަކީ މެންދުރުފަހެވެ. އައިޝާ ދަރިފުޅަށް ގުޅާލިއެވެ. އައިޝާ: ހަލޯ ދަރިފުޅާ!! އީލާފް: ލައްބަ މަންމާ، ހެޕީ މަދާސްޑޭ ބެސްޓު މަމް!! އައިޝާ: (ހީލާފައި) ދަރިފުޅާ މަންމައަށް ހަދިޔާއެއްވެސް ނުދެންތަ؟ އައިޝާ އެހެން ބުނެލީ ސަމާސާ އަކަށެވެ. އެކަން ވާހަކަ ދެއްކި ރާގުން ފަހުމުވެއެވެ. އީލާފް: ނޫނޭ.. މަންމާ!! ފައިވް ތައުސަންޑް ރުފިޔާ އެބަ ޖަމާކޮށްދެން!! އޯކޭވާނެތަ ހަދިޔާއަކަށް؟ […]
ހޭލައިފީމެވެ. ފެންވަރާ ތިއްތިވެގެން ކޮޓަރިން ނުކުމެ ކާގެއަށް ވަދެފީމެވެ. ކާމޭޒުދަށުގައި އިށީނދެފީމެވެ. ސުފުރާ މައްޗަށް ނަޒަރު ހިންގާލައިފީމެވެ. ރިހާކުރު ދިޔައާއި ރޮށްޓާހެއްޔެވެ؟ މާމަގެ ފޫޅެވެ. މަސްގަނޑަށް ދަހިވެފައި އޮތް ބުޅައްލެހެން އިންދެ ރޮށިފިލުވައިފީމެވެ. އަދި ކަމަކު ނުދެއެވެ. މިވަރު މާމަދެވެ. އިތުރު ހަތަރު ރޮށި ފިލުވާލައިފީމެވެ. އަސްތާ މި ފިލުވުނީ ދިހަ ރޮށިހެއްޔެވެ؟ ވަރިހަމައެވެ. ހަޔާތުގެ ރެކޯޑެއް މުގުރަމާ ހެއްޔެވެ؟ އާއްމުކޮށް ފަސް ރޮށި ކައިފައި މިއަދު ދިހަ ރޮށި ކާތީ މަންމަ ހުރީ އަންތަރީސްވެފައެވެ. […]
އަބަދު ކުރާ ދުޢާގައި، ހިމެނިފައި ތިނަންވެޔޭ އަކުރުތަކުން ހިތުގައި، ބިންވަޅު ނެގިފަައިވެޔޭ އެހެނާސް މަގޭ ހިތާމޭ، ފުނޑުފުނޑުވެގެންވެޔޭ އިވުމުން ތިނަން މިއަދު، ހިތް ކަތިލެވި ދެޔޭ ނެތަކަސް ލިބުން މިއަދު، އެދުމުގައި މަގޭ ވެޔޭ އެކުގައި އެމާތް ޖަންނަތު، ތެރޭ ލެއްވުންމެޔޭ ޒިދާން މުޙައްމަދު/ ހަވާސާ ރ. ވާދޫ
ނުރޯދަރިއަކަށް ކިރެއް ނުލިބޭނެއެވެ. އެއީހަމަ ތެދުވާހަކައެކެވެ. މިއޮތީ ދޮންއަނބެއްހެން ޑިމޮކްރަސީ ދޮންވެފައެވެ. ޑިމޮކްރަސީގަ ހުރިހާ ރިހުމަކަށް އޮތް ފަންޑިތައަކީ މުޒާހަރާއެވެ. ނުވަތަ އިހުތިޖާޖުކުރުމެވެ. ފަށަމާ ހިނގާށެވެ. މީހުން އެއްވެއްޖެއެވެ. ހާދަ ބައިމަދެވެ. މިވީ ކިހިނެއް ހެއްޔެވެ؟ ގޮވިމީހާ ގޮވީ ކީކޭ ބާއެވެ؟ މުޅިން ކަޑައެވެ. ހައެއްކަ ޒުވާނުންނެވެ. ދެންތިބީ މުސްކުޅިިންނެވެ. އަސްތާ ރަނގަޅެވެ. އެއީ ރަށުގައި ތިބި އެއްމެ ރުއްގިނަ މީހުނެވެ. އަޑު ހުންނާނެތާއެވެ. ބޯޑުތައް އަވަހަށް ބަހާލާށެވެ. ހުދުފޮތިގަނޑުގަ ހަދާފައިން ބެނާ ކުރިއަށް ގެންނާށެވެ. މިއީ […]
އެންދުކޮޅުގައި ބާލީހެއް ލައްކުރުމަަށްފަހު އޭގައި ލެނގިލީމެވެ. އަދި އެނދުމަތީގައި އޮތް ބުލޫޓޫތު ސްޕީކާރ ފޯނާ ގުޅާލުމަށްފަހު ލަވައެއް ޖަހާލީމެވެ. ބެކްގުރައުންޑަށް ލަވަ ލައިފަ އަަހަރެން ކުރަން އުޅު ކަންތަކާއިގެން މަސްޢޫލު ވީމެވެ. ? ދުނިޔެއީ ދައުރުވާ އެއްޗެއްމެ ބަދަލު ހަމަވާނޭ ދިރިއުޅުން ކޮއްމެ ސިކުންތަކުމެ ބަދަލު ހަމަވާނޭ ދިވެހި ފިލްމު “ބޮސް” ގެ އެ މަޑުމައިތިރި ލަވަ އިވެމުން ދެއެވެ. މިއަދަކީ އަހަރެންގެ ހަޔާތުގައި ކަމެއް ނިއްމާލާނެ ދުވަހެވެ. އާއެކެވެ. ކުރަމުން އައި އިންތިޒާރަށް ނިމުމެއް ގެންނަ […]
“ސިޔާސީ” މިލަފުޒަކީ މީގެ އަހަރުތަކެއް ކުރިން އާންމު ރައްޔިތުންގެ މެދުގައި އެހާމެ ފަރިތަ ބަހެކޭ ނުބުނެވޭނެއެވެ. އެހެނަސް އެޒަމާނަކީވެސް ސިޔާސީ ކަންތައްތައްކޮށް އުޅުނު ޒަމާނެވެ. އެޒަމާނުގައި ތިއްބެވި ސިޔާސީ ވެރިންވެސް މަދެއް ނޫނެވެ. ސިޔާސީ ވާހަކަވެސް ދައްކައި އުޅުނެވެ. މިހާރާއި އަޅާބަލާއިރު ތަފާތަކީ ސިޔާސީ ވާހަކަ ދައްކާ މިންވަރު މަދުވުން ކަމުގައި ވެދާނެއެވެ. ކޮންމެއަކަސް ދިވެހިރާއްޖެއަށް މިއައި ސިޔާސީ ބަދަލުތަކުގެ ސަބަބުން އެންމެހައި ދިވެހިން އާދަޔާ ޚިލާފަށް ސިޔާސީ ވެފައިވާކަން ފާހަގަކުރެވެއެވެ. މިގޮތުން ދޭދޭ ދެމީހުންގެ މެދުގައި […]
? ޖާނާ މާލުން ޤުރުބާންވީމެ ކަލާއެދުމަށް… ނެތުނީހެ ބޭނުން މިއަދު ތިޔަ ދޫކޮށްލީ… ? ކުރިހާ ވައުދާ ވީހާ ލޯބި އޮޔާލީހޭ..؟ ނެެތުނީހެ ރަހުމެއް މިއަދު ތިޔަ ރޮއްވާލީ… އިވެމުންދިޔަ ލަވައަށް ގެއްލިފައި އިން އަހަރެން ސިހުނީ ޑުރައިވަރުގެ އަޑަށެވެ. “ބުރޯ.. ހުޅުމާލެ ކިހާ ހިސާބެކޭ ބުނީ؟” ސިނަމާލެ ބުރިޖު ހުރަސްކޮަށް ހުޅުމާލެއާއި އަރާ ހަމަވުމުން ޑުރައިވަރު އެއްސެވެ. “170، އޯކޭވާނެ ހުޅުމާލެ ހޮސްޕިޓަލް އެމާރޖެންސީއާ ދިމާލަށް ކައިރި ކުރީމަ” ހިނިތުންވަމުން އަހަރެން ބުނެލީމެވެ. އެއީ 170 […]
ރަސްކަލަކީ އިންސާފަށްލޯބިކުރައްވާ ޢާންމުރައްޔިތުންގެ އިޙުސާތަކަށް ޤަދަރުކުރައްވާ ރަސްކަލެކެވެ. ނަމަވެސް އެމަނިކުފާނަކީ ކޮރު އަދި އެއްލޯ ކަނު ބޭފުޅެކެވެ. އެއްދުވަހަކު އެސަހަރުގެ މޮޅު ކުރެހުންތެރިން އެއްކުރެއްވީ އެމަނިކުފާނުގެ ފޮޓޯއެއްކުރެއްސެވުމަށެވެ. އަދި އެމަނިކުފާނުގެ އެއްވެސް ޢައިބެއް ނުފެންނާނެހެން ކުރެހުމަށް ކުރެހުންތެރިނަށް އެމަނިކުފާނު ޝަރުޠުކުރެއްވިއެވެ. ނަމަވެސް ހުރިހާ ކުރެހުންތެރިންވެސް އެފަދަފޮޓޯއެއްކުރެހުމަށް އިންކާރު ކުރިއެވެ. އެފަދަ ފޮޓޯއެއް ކުރަހާނީވެސް ކިހިނަކުންހެއްޔެވެ. އެމަނިކުފާނަކީ އެއްލޯ ކަނު ބޭފުޅެއްވިއްޔާއެވެ. އަދި ދެފައިމައްޗަށްކުޅޮށްހުންނަގޮތަށްވެސް ދައްކުވައިދޭނީ ކިހިނަކުންހެއްޔެވެ. އެމަނިކުފާނަކީ ކޮށު ބޭފުޅެކެވެ. ނަމަވެސް އެޖަމާޢަތުގެ ތެރެއިން އެއްކުރެހުންތެރިޔަކު ދެންނެވިއެވެ. […]