ހުކުރު ދުވަހެވެ. ކުރާނެ މަ ބޮޑު ކަމެއް ނެތީމަ އަހަރެން ހިޔާލު ކުރީ ވިލިމާލެ ދިއުމަށެވެ. ހެނދުނު ހެނދުނާ ތައްޔާރުވެލައިގެން އަހަރެން ދިޔައީ ވިލިމާލޭ ފެރީ ޓާމިނަލަށެވެ. ޓިކެޓު ނެގުމަށް ފަހު ފެރީއަށް މަޑުކުރީމެވެ. ފެރީ މާލޭގެ ތޮށްޓާ ގާތްކޮށްފިއެވެ. ފެރީއަށް އަރައި ހަމަޖެހިލީމެވެ. ދިހަ ވަރަކަށް މިނެޓުގެ ދަތުރަކަށް ފަހު ވިލިމާލޭ ފަޅަށް ވަދެވިއްޖެއެވެ. ފެރީ ބަނދަރާއި ގާތްކުރުމުން، ފެރީން ފޭބީމެވެ. ދާނޭ ވަކި މަންޒިލެއް ނެތި އަހަރެން ހިނގައިގަތީމެވެ. ހިސާބަކަށް ދެވުމުނު ތަނާ […]
އުފެއްދުންތެރި ލިޔުމަކީ ތިމާގެ އަމިއްލަ ޚިޔާލަށް އެއްޗެއް ނުވަތަ އެއްޗެތިތަކެއް ލިޔެ އުފެއްދުމެވެ. އެއްޗެއްގެ އަޞްލު ނުގެއްލޭގޮތަށް، އޭގެ ކުރިން އެއެއްޗަކާ މެދު ހުށަހަޅައިދެވިފައި ނުވާ ފަދަ އާދަޔާ ޚިލާފު އުފެއްދުންތެރި ޚިޔާލުތަކެއްގެ މައްޗަށް ބިނާކޮށްގެން ހުށަހަޅައިދެވޭ ލިޔުމެކެވެ. ނޫސްވެރިކަން، ޢިޖްތިމާޢިއްޔާތު، މަޒުމޫނުލިޔުން މިއީ ހައްތާވެސް ކޮންމެވެސް ހާދިސާއަކާ ގުޅުވައިގެން ލިޔާ އެއްޗިއްސެވެ. މިއާ ޚިލާފަށް އުފެއްދުންތެރި ލިޔުންތައް ލާމެހިފައިވަނީ އިންސާނާގެ ހިތުގެ އިޙްސާސްތަކާއެވެ. އަދި އެއީ އަމިއްލަ ޚިޔާލުގެ މައްޗަށް ބިނާކޮށް ލިޔާ ލިޔުމެކެވެ. އިންސާނާގެ […]
ޢީން ފުރަތަމަ ފެނުނު ވަގުތު ވެސް އަހަރެންގެ ހިތަށް އެ ރީތިކަން ކުޅެލިއެވެ. އެ މަންޖެގެ މޫނުގައި އަލިކަން ހުރީ ސާދަވަނަަ ރޭގެ ހަނދުވަރު ފަދައިންނެވެ. ދެލޮލުގައި ހުރި ތޫނު އަސަރުން ހިތްކަތިލެވިގެން ދިޔައީ މަދު ސިިކުންތު ކޮޅެއް ތެރޭގައި ކަން ގައިމެވެ. އެ އިސްތަށިގަނޑު ސިފަވަނީ ރޭގަނޑު ކަޅު އަނދިރީގެ ތެރޭ ތަރިތައް ވިދާބަބުޅާ ފަދައިނެވެ. އެ މޫނުގައި ހުރި އަލިގަދަ ކަމަކުން ވީނަސް ތަރިވެސް ލަދުން ފިލާފާނެ ތޯއްޗެކެވެ. ހާދަހާވާ ފުރިހަމައެވެ. ފުރަތަމަ ނަޒަރުން […]
އެކުވެރި ކަމަކީ ބާރެކެ، ގަދަފަދަ ވި ގުޅުމެކޭ އެކުވެރިކަމީ ރަނގަޅު ލިބިދޭ ހެޔޮ ނަޞީބެކޭ ރަހުމަތްތެރިންނަކީ އަގުހުރި ބައެކެވެ. ނަމަވެސް އޭގެތެރެއިން ހޮވާލެވޭ އެންމެ ގާތް އެކުވެރިޔާ ނުވަތަ އަދުގެ ކުދިން ކިޔާގޮތުން ނަމަ، “ބެސްޓް ފްރެންޑް” އަކީ ވަކިން ޙާއްސަ ކަމެއް ދެވިފައިވާ މީހެއްކަން ގައިމެވެ. ހަޔާތުގެ ސިއްރުތައް ހިފެހެއްޓުމަށް އިތުބާރުދެވިފައިވާ މީހެކެވެ. އެއީ ދިމާވާ ކަންކަމުގައި އެހީތެރިވެދޭ ބައިވެރިޔާއެވެ. އަޅާލުމާއި އޯގާތެރިކަމުގެ ނަމޫނާއެވެ. ކަންކަމުގައި ހިޔާލާއި މަޝްވަރާއި ހޯދުމަށް އެ މީހެއްގެ ގާތު ފުރަތަމަ […]
ފެހިފެހި އާޒާދީ ނޫރޭ އާވާނީ… ފެހިފެހި އާޒާދީ ނޫރޭ ….. ފޯނުން އިވެމުން ދިޔަ ލަވަ ހުއްޓުނީ މެސެޖެއް ނޯޓިފިކޭަޝަނެއް އައުމުންނެވެ. އަހަރެން މެސެޖު ކިޔާލީމެވެ. ކޮފީތައްޓެެއް އެއްއަތުން ހިފަހައްޓައިގެން އިން އަހަރެންގެ އަތުން ތަށި ދޫވެގެން ބިން މައްޗަށް ވެއްޓުނީ ބޭ އިޙްތިޔާރުގައެވެ. އަޅާ އިދިކޮށް ދުއްވައިގަތީ ސީދާ އަހަރެންގެ ކޮޓަރިއަށެވެ. ކޮޓަރީގެ ދޮރު ތަޅުލައި، ފާހަނާއަށް ވަދެ، ފާހަނާގެ ދޮރުވެސް ތަޅުލީމެވެ. އިސާހިތަކު އަހަރެން މުށިތަކު މައްޗަށް ދެމުނެވެ. ދިހަ ވަރަކަށް މިނެޓު […]
” ލޯތްބަކީ ވާއެއްޗެއް ނޫނެވެ. ވެވޭ އެއްޗެކެވެ. މިއީ އަހަރެންގެ ރަޢުޔު އެވެ. ހުކުމެއް ނޫނެވެ. އެކި މީހުން ލޯބި މާނަކުރަނީ އެކި ގޮތަށެވެ. ބައެއް މީހުން ބުނާގޮތުގައި އެއީ ފަސް ހިއްސުގެ މައްޗަށް ގަދަވެގަންނަ ހަވަނަ ހިއްސަކަށް ކިޔާނަމެކެވެ. ނޫނެކެވެ. ތިއީ ކުށް ހީއެކެވެ. ގޯސް ޤަބޫލުކުރުމެކެވެ. ލޯތްބަކީ ހިއްސެއް ނޫނެވެ. ﷲ ސުބުހާނަހޫ ވަތަޢާލާ އިންސާނާއަށް ދެއްވީ ފަސް ހިއްސެވެ. އިތުރު ހިއްސެއްގެ ވާހަކަ ވަޙީކުރައްވާފައި ނެތެވެ. ކޮންމެއަކަސް މި ދައްކަނީ ލޯބީގެ ވާހަކައެވެ. […]
ކުޑަދޮރު ކައިރީ ހުރި މޭޒެއް ދޮށުގައި އަހަރެން އިނީ ވެހެމުންދާ ކުދި ވާރޭތިކިތަކުގެ ނަޒާރާއަށް ބަލަހައްޓައިގެނެވެ. ވާރޭވެހޭ މަންޒަރަކީ އަހަރެން އަބަދުވެސް ބަލާހިތްވާ މަންޒަރެކެވެ. ކުއްލިކުއްލިއަށް ވިދާފައި ގުގުރާލިއެވެ. ދޭތެރެދޭތެރެއިން ވާރޭ ބޯކޮށްލާފައި ތުނިކޮށްލައެވެ. އެ ގުދުރަތީ މަންޒަރުން ހިތަށް ލިބެމުން ދިޔަ ފިނިކަން، ހިތް ގަނޑުކޮށްނުލާކަން ނަސީބެވެ. އިރުކޮޅެއް ފަހެވެ. މޭޒުމަތީ އޮތް އަހަރެންގެ ފޯނުގެ “ފާރުކަރުދާސް” ފެނުމުން ހިތަށް އެރިއެވެ. މި ފެންނަ ހޫރުޕަރީ އަހަރެންގެ ޤަލަމުން ސިފަކޮށްދިނުން ކީއްހެއްޔެވެ. އަހަރެންގެ ފޯނު “ވޯލްޕޭޕާރ” […]
އެއީ އަހަރެންގެ އުމުރުން އެންމެ ބާރަ އަހަރުގައި އެވެ. ބޭސްފަރުވާއަކަށް އަހަރެންގެ މަންމަ އާއި ބައްޕަ އިނޑިއާއަށް ދިޔައީ އަހަރެން ބޮޑުދައިތަ ކަައިރީ ރަށުގައި ބަަހައްޓާފައި އެވެ. ތަޤުދީރުގައި ކަން އެހެން ވާން ލިޔުއްވާފައި އޮތްކަން އަހަރެންނަށް ކުރިން އެނގުނު ނަމަ އެ ހަޑި މުޑުދާރު އަމަލުން ރެކުމަށް މަންމަމެންނާއި އެކު ދިޔައީމުހެވެ. އާއެކެވެ. ގަދަކަމުން އަހަންނަށް ބެހުނީ ދުރު މީހެއް ނޫނެވެ. މިބުނާ ބޮޑުދައިތަގެ ފިރިމީހާއެވެ. ކުޑަކުޑަ އަހަރެން އެ ބިޔަ މީހާ ކައިރީން ސަލާމާތްވާން […]
އެއީ އަހަރެންގެ އުމުރުން އެންމެ ބާރަ އަހަރުގައި އެވެ. ބޭސްފަރުވާއަކަށް އަހަރެންގެ މަންމަ އާއި ބައްޕަ އިނޑިއާއަށް ދިޔައީ އަހަރެން ބޮޑުދައިތަ ކަައިރީ ރަށުގައި ބަަހައްޓާފައި އެވެ. ތަޤުދީރުގައި ކަން އެހެން ވާން ލިޔުއްވާފައި އޮތްކަން އަހަރެންނަށް ކުރިން އެނގުނު ނަމަ އެ ހަޑި މުޑުދާރު އަމަލުން ރެކުމަށް މަންމަމެންނާއި އެކު ދިޔައީމުހެވެ. އާއެކެވެ. ގަދަކަމުން އަހަންނަށް ބެހުނީ ދުރު މީހެއް ނޫނެވެ. މިބުނާ ބޮޑުދައިތަގެ ފިރިމީހާއެވެ. ކުޑަކުޑަ އަހަރެން އެ ބިޔަ މީހާ ކައިރީން ސަލާމާތްވާން […]