މިއީ ދުނިޔެއެވެ. އެއްބަޔަކު އުފަލުގައި ދުވަސްތަށް ގުނަމުން ދާއިރު، އަނެއްބަޔަކު ދަނީ ހިތާމައިގެ ކަރުނަ އޮހޮރަމުންނެވެ. ކިތަންމެ އުފަލެއްގައި އުޅެމުންދިޔަ ނަމަވެސް މާދަމާ ކަޅު އަނދިރި ގަނޑެއްގެ ތެރެއަށް ހަޔާތް ވެއްޓިދާނެއެވެ. މިއީ ދުނިޔޭގެ އާދައެވެ. ކޮންމެ ކަމެއް ވެސް ހިނގަނީ ލިޔެވިފައިވާ ތަޤުދީރާ އެއްގޮތަށެވެ. ތަޤުދީރުގެ މައްޗަށް ތަދުބީރެއް ނުހިނގާނެއެވެ. އެހެން ނޫންތޯއެވެ؟ ކައިވެންޏެއްގެ މަތިވެރި ބިންގާ އެޅޭނެ ދުވަހަކަށް ކޮންމެ އަންހެނަކުމެ އުއްމީދު ކުރާނެއެވެ. މާދަމާއަށް ޓަކައި ދެކޭނެ ކުލަނުވާ ހުވަފެންތަކެއް ވެސް […]
“ޒިދާން. ހިނގާދާން” ސިއްސައިގެން ގޮސް އަހަރެންނަށް ބަލާލެވުނީ ކޮޓަރިއަށް ވަން ޝަޔާން އަށެވެ. “ލިޔާ ކުއްޖާ.. ހަމަ ލިޔަނީ ދޯ؟ ދައްކަބަލަ ތިޔަ ކިޔާލަން” ވަހަކަ ދަައްކަން އަނގަ ހުޅުވާލިތަނާ އެފުރުސަތު ގެއްލުނީ ޝަޔާން އަނެއްކާ ވެސް ވާހަކަ ދެއްކީމައެވެ. “އާން.. ވާހަކައެއް މިލިޔަނީ.. ކިޔާލަބަލަ” އޭނާއަށް ލެޕްޓޮޕް ދެމުން އަހަރެން ބުނެލީމެވެ. ޝަޔާން ކިޔަން ފެށިއެވެ. އެއީ މީގެ ތިން މަސްކުރިއެވެ. އަހަރެންނާއި ޔަމަން ފުރަތަމަ ދިމާވީ ހުޅުމާލޭގައި ހުންނަ “ސެންޓްރޯ މޯލް”ގެ ތެރެއިންނެވެ. […]
ބަހަށް އެރީންސުރެ، ޖެހިގެން ހުރި ސީޓުގައި ފޯނާ ކުޅެން އިން މަންޖެގެ ހަރަކާތްތަކަށް ގެއްލިފައި އިނީމެވެ. ބޮޑުވައި އިނގިލީގެ މަޑު ހަރަކާތުން ފޯނުގެ ސްކްރީން ކަހަމުން ދިޔައެވެ. އޭނާ ބަލަމުން ދިޔައީ ފޭސްބުކު ނިޔުސްފީޑެވެ. އަހަންނަށް މާވަރަކުން އޭނާގެ ފޯން ސްކްރީނަށް މިބެލެނީ ކީއްވެބާއެވެ؟ ތިޔަ ހީވީ ރަނގަޅަށެވެ. އަހަރެން ބެލީ އޭނަގެ ފޭސްބުކް ޕްރޮފައިލްގެ ނަން ފެނޭތޯއެވެ. ނަސީބު ރަނގަޅު ކަމުން އެކަން މާއުނދަގޫ ކަމަކަށް ނުވިއެވެ. ޕްރޮފައިލްގެ ނަމަކީ “އީނާޝް ޢަލީ”އެވެ. ބަލާބެލުމުން އީނާޝްއަކީ […]
މިހާރަކަށް އައިސް ޒިދާންގެ ވާހައެއް ނުފެންނާތީ ކިޔުންތެރިންގެ ޝަކުވާލިބޭތީ ދަންނަވަމެވެ. މިދުވަސްކޮޅަކީ އަޅުގަނޑުގެ އަމިއްލަ މީޑިއާ ވެބްސައިޓް “ނޫނު އޮންލައިން. ކޮމް” ލޯންޗަކުރި ދުވަސްކޮޅަށް ވީމާ، ވަރަށް ގިނަވަވުތު ވެބްސައިޓަށް ޚަބަރާއި އެ ނޫންވެސް ކޮންޓެންޓް އެޅުމަށް ހޭދަކުރަންޖެހިފައިވާތީ ވާހަކައެއް ލިޔުމަށް ވަޤުތެއް އަދި ވަނީ ހުސްކުރެވޭ ގޮތް ނުވެފައެވެ. ނަމަވެސް، ވަރަށް އަވަހަށް؛ އިން ޝާ ﷲ މިރޭ ޒިދާންގެ އައު ވާހަކައެއް އެސްފިޔައިން ފެނިގެންދާނެ ވާހަކަ އުފަލާއެކު ދަންނަވާލީމެވެ. ޝުކުރިއްޔާ!
ރެޔަކީ އުޑުމަތި ބަނަ ރެއެކެވެ. އިރުއިރުކޮޅުން ވާރޭ ކަނި ޖަހާލައެވެ. ޖެހެމުން ދިޔަ ވައިން ގަސްތަކުގެ ފަތްތަކުން އަޑުލައްވާލައެވެ. ވައިގައި ހިފާފައި ހުރީ ތެތް ފިނިކަމެކެވެ. މުޅި މީހާ ހުރީ ފިނިވެފައެވެ. ހަވީރު ވެހުނު ވާރެއިން މުޅި މަގުމަތި އޮތީ ތެމިފައެވެ. ކުދިކުދި ފެންގަނޑު ހެދިފައި ހުއްޓެއް ކަމަކު، ސައިކަލުގައި ދާ މީހަކަށް ދަތި ނުވާނެކަން ޔަޤީނެވެ. ދަބަސް ކޮނޑުގައި އަޅުވާލައިގެން އަހަރެން މަގުމައްޗަށް ނުކުމެ ސައިކަކު ކައިރި މަޑުކޮށްލީމެވެ. ފުން ނޭވާއެއް ދޫކޮށްލީމެވެ. އެއަށްފަހު […]
މޮޔައިން ތެންމާ ޒާތުގެ ކަނި ވާރޭ ކޮޅެއް މާ ހެނދުނަކާއި ވެހުނެވެ. އެ ކަމަކު މިހާރު ދުނިޔެ ތެރެއަށް ކެނޑިގެން ދާން މި އުޅެނީ، ހިތަށް ފިނިކަން ލިބިގެން ދާ، ހިޔާލުތަށް ފަނާކޮށް ލާނެ، ސާފު ރީތި ހެނދުނެކެވެ. ފަންކާގެ ވަޔަށް ނަށަމުން ދިޔަ ފަން އިސްތަށި ގަނޑާއި ކުޅެލަ ކުޅެލާ އިން އެލީގެ ނަޒަރު ވަނީ އޭނަގެ ފޯނުގެ ” ފާރު ކަރުދާހުގައި ” ހުރި ފޮޓޯ ގަނޑަށެވެ. އޭނަގެ މޫނުމަތިން ފެންނަމުން ދާ […]
“މަޑުކޮށްބަލަ!” އަޒާން ބާރުބާރަށް ހިނގައިފައި އައިސް އައިކާއާ އަރައި ހަމަކުރިއެވެ. “އެއްޗެއް ބޮވިފަތަ؟” “ހާދަ ބާރަކަށޭ ތިޔަ ހިނގަނީ!” “ނަމާދު ވަޤުތައް ފިހާރަތައް ބަންދު ކުރާނެ، ހަމަ ނޭނގެނީތަ؟” އައިކާ ބުނެލިއެވެ. ހަމައެއާއެކު އައިކާގެ ހިނގުން އިތުރަށް ބާރުކޮށްލިއެވެ. ހީވަނީ އެމަށް ދަހިވެގެން ދުވެފައި އަންނަ ކަންނެއްޔެއް ހެނެވެ. “މާލެ އެރިތާ މިހާރު ހަފްތާއެއްހާ ދުވަސްވީ އަދިވެސް ހިނގަންވީ ގޮތް ބުނެދޭން ޖެހޭނީ މަށަށް ދޯ؟” އައިކާ އިތުރު ގާބުރިއެއް އަޒާންއާ ދިމާލަށް އެއްލިއެވެ. […]
ރީމާ އާއި އަޒާނަކީ ގާތް ދެ އެކުވެރިންނެވެ. އެހެނަސް މި އެކުވެރިކަން ދެމި އޮތީ، ކުޑަ ދުވަސްކޮޅަކުއެވެ. އެ ގުޅުން މުޅިން އެހެން ދިމާއަކަށް މިސްރާބުޖަހައިފިއެވެ. އާއެކެވެ. ފެނު ކަފާލާފައި ދެމީހުންގެ އިހުސާސްތައް ދަތުރުކުރީ ލޯތްބާ ދިމާލަށެވެ. އެންމެ ފަހުން ލޯބީގެ ލިސްޓުގައި އެދެނަން ވެސް ލިޔެލެވިއްޖެއެވެ. އަޒާން އަދި ރީމާގެ ގުޅުމަށް އަޒާންގެ މައިންބަފައިން ވެސް ހިތުން ރުހި ޤަބޫލެވެ. ވާނީވެސް އެހެންތާއެވެ. ރީމާއަކީ ރަނގަޅު ބަސްއަހާ ކިޔަމަންތެރި ކުއްޖެކެވެ. ދީނީ ކަންކަމަށް ފަރުވާތެރި، […]
އަހަރެން އިނީ އޮފީހުގައެވެ. ކުރަން ހުރި މަސައްކަތްތައް ބައިވަރެވެ. އެހެނަސް، އެއްވެސްކަމެއް ކުރާ ހިތެއް ނެތެވެ. ވަގުތަކީ ހެނދުނުގެ ވަގުތެވެ. ކަމެއް ނުކުރެވި މޫޑު ކަޓާފަައި އިންނަތާ ގަޑިއިރެއް ވަނީއެވެ. ވާނީވެސް އެހެންތާއެވެ. ގެއިން ނުކުތީ ކޮއްކޮ ކުރިކަމަކުން ހިތްހަމަނުޖެހި ހުރެއެވެ. އޮފީހަށް އައި މަގުމަތީގައި، ޓްރެފިކުގެ ބަލާވެރިކަން ޖެހުނެވެ. އަނެއްކޮޅުން ހޭލި ގޮތަށް އަހަރެން މިހުރީ ހުސް ބަނޑާއެވެ. އެހެން އިންދާ ފޯނަށް މެސެޖެއް އައި އަޑު އިވިގެން، ޖީބުން ފޯނު ނަގައި ބަލާލީމެވެ. […]