“މިހިތުގެ ދުޢާ މީ މިތުރާ އުފަލުގާ ހެޔޮ ހާލުގައި ލައްވަވާންދޭ” “ޔާރާ ލިބޭނެ ދުވަހަކަށް ކުރަނީ މިހިތް އިންތިޒާރޭ” ދިވެހި ފިލުމު “މިހަށީން ފުރާނަދަންދެން” ގެ މި ލަވައަކީ އަސަރުން ފުރިގެންވާ ލަވައެކެވެ. ގިނަ މީހުނަށް ރޮވޭނެކަން ގައިމެވެ. ހާލަތާ މި ލަވަޔާ ދިމާވެއްޖެ ނަމަ، އަދި މާ ނުރައްކަލެވެ. އަހަންނަަށްވެސް ވީ މިހެންނެވެ. ލަވައިގައި ބުނާ އެއްޗަކާއި މަގޭ ހާލަތާ ވަރަަަަށް ބައްދަލެވެ. ޖަހައިގެން އިން ހެޑުސެޓު ކަންފަތުން ނައްޓާލީ ދެލޮލުން ފެށިގެން ކޯތާފަތަށް ދަމާލި […]
ގިނަފަހަރަށް ކިޔުންތެރިންނަަށް ހީވާކަހަލައެވެ. ވާހަކައެއް ލިޔުމަކީ ފަސޭހަ ކަމެކެވެ. ނޫނެކެ، ތިޔަ ހީފުޅުކުރެއްވީ ގޯސްކޮށެވެ. މީއީ ފަސޭހަ ކަމެއް ނޫނެވެ. ލިޔުންތެރިން ހަމަ ތިބެލާފައި ލިޔަނީކީ ނޫނެވެ. ފުރަތަމަ ކަމަކަށް ހާދިސާތަށް ގެނެސްދޭނެ ގޮތަށް ވިސްނަންޖެހެއެވެ. އިބާރާތް ކުރާނެ ގޮތަކާމެދު ވިސްނަންޖެހެއެވެ. ހަމައެހެންމެ، ވާހަކައެއްގައި އެކުލެވޭ ހުރިހާ ބައެއް ހިމެނުމަށް ލިޔުންތެރިޔާ ސަމާލުވާންޖެހެއެވެ. މިސާލަކަށް ވާހަކައިގެ ކުންނެވެ. މީގެ އިތުރުން، ބަހުގެ ޤަވައިދުތަކާއި، ހަމަތަކުގެ މަތިން ލިޔުމަށް ޙާއްސަ ސަމާލުކަމެއް ދޭންޖެހެއެވެ. ކޮންމެ ކޮންމެ މީހަކަށް ވާހަކައެއް […]
އަހަންނަށް މިހާރު ދުވާލެއް ރޭގަނޑެއް ވަކިނުވެއެވެ. އަބަދު ކަމަކީ ހިތާމަ ކުރުމެވެ. ފިކުރު ކުރުމެވެ. އައިފާ އަހަރެންނަށް ބޭވަފާތެރިވީ އެހެން ފިރިހެނެއްގެ އަވަައިގައި ޖެހިގެންނެވެ. އަހަންނަކަށް މިހާރު ހަމަ ނިދި ނުލިބެއެވެ. ނުއެސް ކެވެއެވެ. ކާހިތް ނުވާތީ އެވެ. ކަމެއް ކުރާހިތެއް ނުވެއެވެ. ދުނިޔެ މަތިން ފޫހިކުރުވައިފިއެވެ. އިންތިޒާރު ކުރެވެނީ މަރުވާނެ ވަޤުތަކަށެވެ. އައިފާއަށްޓަކައި ފުރަތަމަ މިހިތުގައި ވިންދެއްޖަހާލީ، އަހަރެމެން ގުރޭޑު ހަތަކަށް ކިޔެވި އިރުއެވެ. ދެމީހުން ލޯބީގެ ގޮތުން ގުޅުނީވެސް އެ އަހަރުއެވެ. 2013 […]
ހަވީރުގެ ފިނިފިނި ރޯޅިތަށް ހަށިގަނޑުގައި ބީހިލާއިރު، އެންމެ ހިމަ ނާރުތަކަށް ދަންދެން އަސަރުކޮށްލައެވެ. އެ އަރާމު ވަޤުތުގައި، އަހަރެންގެ އިތުރުން ހަތަރު އަހަރުގެ ކޮއްކޮ ‘ނައިޝް’ އަދި އަހަރެންގެ ދައްތަ ‘ސަރާ’ ވެސް ތިބީ ގޭގެ ފެންޑާގައެވެ. ފެންޑާގައި ބެހެއްޓިފައި ހުރި ފަތްޖެހި ގޮނޑީގައި ކޮއްކޮ ނައިޝް އޮށޯވެ ނިދައިފިއެވެ. ކޮއްކޮ އޮތީ ލައިގެންހުރި ޓީޝާޓު ބާލާ، ކައިރާގައި ބާއްވައިގެންނެވެ. ފައްޖެހި ގޮނޑީގެ ކުރިމައްޗަށް ވާގޮތަށް ހުރި ޖޯލީގައި އަހަރެން އަދި ދައްތަ ތިބިއިރު، ދައްތަ އިނީ […]
ފުރޮޅީގޮނޑިއެއްގައި އިންނަން ޖެހިފައިވާ، ނުކުޅެންދުންތެރިކަން ހުންނަ މީހަކަށް އޭނާއަށް ހަގީގީ ލޯބި ލިބިދާނެ ކަމަކަށް އުންމީދު ކުރުމަކީ އާންމު ކަމެއް ނޫނެވެ. އަދި އޭނާ ހުވަފެނުން ވެސް ނުދެކޭހާ ރީތި އަންހެނަކާ ކައިވެނި ކުރެވިދާނެ ކަމަކަށް ގަބޫލެއް ނުކުރެވޭނެ އެވެ. ނަމަވެސް ޝިފާޒު އަށް ވަނީ މި ހުވަފެން ސީދާ ވެފަ އެވެ. ޝިފާޒު އުފަންވި އިރު އާދައިގެ އެހެން ކުދިންނެކޭ ތަފާތެއް ނެތެވެ. ނަމަވެސް ހިނގޭ އުމުރަށް ދިޔައިރު ވެސް ހިނގާބިނގާވެ ނޫޅެވޭތީ ކޮންމެވެސް މައްސަލައެއް […]
އޮއްސެމުންދިޔަ އިރުން ފޮނުވި ސަލާން، ކަނޑުގެ ބާނިތަކާ އެކުވެގެން އައިސް އަހަރެންގެ ފައިގައި ބޮސްދިނެވެ. ދިޔަރެހުގައި ކުޅެސަމާސާ ކުރަމުންދިޔަ ރިވެލީގެ ކުލަކުލައިގެ ތަރިތައް ވިދައިބެބުޅިއެވެ. “ހޭއި. މޭން. މިތާ ކީއްވެފަ؟” ފަހަތުން އަައި މީހަކު ގޮވާލުމުން އިޚްތިޔާރެއް ނެތި ފަސް އެނބުރި ބަލާލީމެވެ. އެެއީ އެކުވެރި ޝާޔަންއެވެ. “އަހަން. ކަލޭ ދޯ… މި ހަމަ ސަންސެޓުގެ ފޮޓޯއެއް ނަގާލަން އައިސް. އިންސްޓާރ ކޮށްލަން ކަމަށް” ހިނިތުންވެލަމަނުން އަހަރެން ޖަވާބު ދިނީމެވެ. އެއީ ހުޅުމާލޭގެ ހިތްގައިމު ގޮނޑުދޮށެވެ. “އޭއް، […]
ޢިމާރާތުގެ ދިހަވަނަ ބުރިން ފުންމާލިއިރު އަހަރެންގެ މުޅި ހަޔާތް ވަނީ ހިތާމައާއި ހިތްދަތިކަމުން ފުރިފައެވެ. ޙައްލުކުރާނެ މަގެއް ނެތި ހަމައެކަނި އަހަންނަށް ފެނުނު މަގަކީ އަމިއްލައަށް މަރުވުމެވެ. ފުންމާލާނީ ބާ އޭ، ނުފުންމާލާނީބާވަ އޭ ހިތަށް އަރަމުން އެންމެފަހުން ހަމަ ފުންމާލީމެވެ. ނުވަ ވަނަ ބުރިއާ ހަމައަށް އައި އިރު ކަމަކުދާކަށް ނެތެވެ. އެދެމީހުންގެ ލޯބީގެ ވާހަކައާއޮ ހަމަޖެހޭ ދިރިއުޅުމުގެ ވާހަކައިން މިސާލުޖަހާލެވޭ ދެމަފިރިން ޒުވާބުކޮށް ގަޔަށް އަތްލަނީއެވެ. ހަޤީގަތުގައި މީ އުފަލުގައި އުޅުނު ބައެއް […]
ބޮލުގައި ރިއްސާލީމަވެސް ޖަހާލަނީ ސިނގިރެޓެކެވެ. މަޖަލަކަށްވެސް ބޯލަނީ ސިނގިރެޓެކެވެ. ކަމަކާ ފިކުރު ބޮޑުވެ ބޯ ހަމަޖައްސާލަންވެސް ދަމާލަނީ ހަމަ ސިނގިރެޓެކެވެ. ހާސްވެ ކަންބޮޑުވީމަވެސް ހައްލަކީ ސިނގިރެޓެއް ބޯލުމެވެ. ސިނގިރެޓެއް ބޯލުމަކީ އެ ބޯމީހުންނަށް ހިތްހަމަޖެހުމާއި އުފާވެރިކަން ގެނެސްދޭ ކަމަކެވެ. މިވެރިން ކިޔާގޮތަށް ”ފެގެއް“ ބޯލީމާ ހުރިހާ ކަމެއް ހަމަވީއެވެ. ސިނގިރެޓަކީ އެމީހުންގެ އެއް އަތް ކަހަލައެވެ. އެއަށްވުރެ ވަފާތެރި، އެކުވެރިއެއް އެމީހުންގެ ނެތީއޭވެސް ހަމަ ހީވާ ކަހަލައެވެ. މިބީދައިން ސިނގިރެޓަކީ ކެހިވެރިއެކެވެ. އެމީހުުންގެ ހަތުރެކެވެ. ފުރާނައަށް އޮތް […]
މިހާރަކަށް އައިސް ލޯބިވެރިންގެ މެދުގައި މިއީ ޢާއްމު ކަމެކެވެ. “ފޭސްބުކު” އެކައުންޓުގެ ލޮގިން މަޢުލޫމާތު ލޯބިވެރިޔާ އަތުގައި އޮވެއެވެ. އީމެއިލް އަދި ފޭސްބުކު ޕާރސް ވޯޑެވެ. ނަމަވެސް މިއީ އެއްގޮކަށްެވެސް ކޮށްގެން ވާނެ ކަމެއް ނޫނެވެ. އެހެން މިބުނާ ދެތިން ސަބަބެއް ޙިއްސާކޮށްލާނަމެވެ. ފުރަތަމަކަށް ބަލާލާއިރު އޭގެން ހާމަވަނީ ދެމީހުންގެ މެދުގައި އެކަކު އަނެކަކަށް އޮންނަ އިތުބާރު ކުޑަކަމެވެ. އެހެން ނޫންނަމަ، ކޯޓުއަމުރެއްގެ ސަބަބުން ފުލުހުން ގެޔެއްބަލައި ފާސްކުރާ ބީދައިން، ލޯބިވެރިޔާގެ ފޭސްބުކު އެކައުންޓަށް ވަދެ އެކައުންޓު […]