“ހެެއި..” މަލާކް ސިއްސައިގެން ދިޔައީ އަލޫކް އައިސް ގޮވާލުމުންނެވެ. ދާދި ގާތުގައި އަލޫކް ހުއްޓިލުމުން މަލާކް ގެ ހިތްތެޅިގަތެވެ. ދުވި މީރު ސެންޓުވަހުން މަލާކްގެ ސިކުނޑި ތާޒާވެގެން ދިޔައެވެ. “އަނެއްފަރާތަށް އެނބުރިބަލަ!” އަލޫކްގެ އެނުސީދާ އަމުރާއެކު މަލާކް އަނެއްފަރާތަށް އެބުރުނެވެ. އަލޫކްގެ އެދުމުގެ މަތިން އިސްތަށިގަނޑު އެއްފަރާތް ކޮށްލިއިރު އޭނާގެ ހިތް ހީވަނީ މޭފަޅާފައި ނުކުންނަން އުޅޭ ހެންނެވެ. “އޯން..އަލޫކް..ވަރަށް ލޯބި…” މަލާކްގެ ކަރުގައި އަލޫކް އަޅުވައިދިނީ ރިހި ކުލައިގެ ރީތި “ލޮކެޓް” އެކެވެ. އޭގެ ފުލުގައި […]
ރިސެޕްޝަންގައި މަޑުކޮށްލައިގެން އިރުކޮޅަކު ހުރުމަށްފަހު، ރިޒާރވްކޮށްފައިވާ މޭޒު ކައިރިޔަށް ދެވުމާއެކު އަލޫކް ގޮނޑިދަމާދިނުމުން މަލާކް އިށީނެވެ. މަލާކްގެ ކުރިމައްޗަށްވާގޮތަށްހުރި ގޮނޑީގައި އަލޫކްވެސް އިށީނދެލިއެވެ. މެނޫ ގެނައުމުން ދެމީހުންވެސް އޯޑަރުކޮށްލުމަށްފަހު، ހަމަޖެހިލިއެވެ. މަލާކް ވަށައިގެން ނަޒަރު ހިންގާލިއެވެ. ވީއައިޕީ އެސަރަހައްދުގެ ފާރުގައި ލައިފައިވަނީ ވަރަށްގަދަ މެޓް ރަތްކުލައެކެވެ. އެކިކަހަލަ ކުރެހުންތަކުން ފާރުތައް ޒީނަތްތެރިކޮށްފައި ވެއެވެ. އިށީނދެލައިގެންތިބި މަޑުމަހުމަލުގެ ކަވަރެއް ލެވިފައިވާ ރަންކުލައިގެ ގޮނޑިތަކުގެ ސަބަބުން އެތަނުގެ ފެންވަރު ވަރަށް ރަނގަޅަށް ފެނިގެންދެއެވެ. އޭސީގެ ފިނި މުޅިމާޙައުލަށް ފެތުރިފައިވީނަމަވެސް، މަލާކްެ […]
“ހުޅުވާ!” މަލާކް ޓަކި ޖަހާލުމުން އެތެރެއިން ޖަވާބުއައެވެ. ނުހާއާއި ދެމީހުން ވަންއިރު މޭޒު ކައިރީގައިހުރި ބޮޑު ފޮތް ހަރުގަނޑެއް ކައިރީ އަންހެނަކު، ފުރަގަސްދީގެން ހުއްޓެވެ. “އިށީނދެ..” އެއަންހެންމީހާ އެދެކުދިންނަށް ކައިރީގައިހުރި ގޮނޑިތަކަށް އިޝާރާތް ކޮށްލަމުން މުޚާތަބު ކުރީ އިނގިރޭސިންނެވެ. ދެކުދިންގެ ސްޓޫޑެންޓް އައިޑީ ދިނުމުން އެމީހާ ހައިރާންވެފައި އެއީ ރާއްޖެ ކުދިންތޯ އަހާލީ ސާފު ދިވެހި ބަހުންނެވެ. މަލާކްއާއި ނުހާވެސް ހައިރާންވެ އިނދެ ބޮލުގެ އިޝާރާތުން އާނއެކޭ ބުނެލިއެވެ. ޢެއަންހެންމީހާ ހިނިތުންވެލާފައި ސަލާމްކޮށްލުމަށްފަހު މޭޒުކައިރިއަށްޖެހި ލެޕްޓޮޕް ހުޅުވާލިއެވެ. […]
މަލާކް ދެއަތްދެއަތާއި މޮޑެން ހުންނަން ފެށުމުން އަލޫކް ކުރިޔަށް ވުރެވެސް ގާތްވެލިއެވެ. މަލާކް ވަގުތުން ގަނޑުވިއެވެ. ދުވި މީރު ސެންޓުވަހުން މަލާކްގެ ސިކުނޑި މަސްތުކުރުވައިފި ކަހަލައެވެ. އޭނާ އަލޫކްއާ ދިމާލަށް ނަޒަރު ހިންގާލިއެވެ. އަލޫކްގެ ތުންފަތްމަތީގައި ވަނީ މާނަނޭނގޭ ހިނިތުންވުމެކެވެ. އަލޫކްގެ ކަޅުކަންގަދަ ފުންދެލޮލުގައި ވަނީ ނޭނގޭ ސިހުރުވެރިކަމެކެވެ. މަލާކްއަށް ހިންދިރުވާލެވުނެވެ. “ހިފާނީތަ ނުހިފާނީތަ؟ ޤަބޫލްނުކުރެވިފަތަ ތިހިރީ މީ މަލާކްއަށް ގެނައި އެއްޗެއްކަމެއް؟ އިޓްސް ފޯރ ޔޫ އޭ.” އަލޫކްގެ ބަރުއަޑުން ވާހަކަދެއްކުމާއެކު މަލާކްގެ ގައިން […]
ދޮރުން ވަދެގެންއައިގޮތަށް މަލަކާގޮސްވަނީ އޭނާގެ ކޮޓަރިޔަށެވެ. އެނދަށް ވެއްޓިގަނެ ބާލީހުން މޫނު ފޮރުވާލިއެވެ. ތާޒާ ކަރުނަތައް އެއޮމާން ކޯތާފަތްމަތީ ފިރުކިލުމަށްފަހު ބާލީހުގެތެރެއަށް އޮބެމުންދިޔައެވެ. ހިމޭން ގޮސްލުމުގެ އަޑު އިވެމުންދާއިރު އެތުންފަތްވަނީ ދަތްއަޅާ ބާރުކޮށްލެވިފައެވެ. އޭނާއަށް ގޮވަމުން ދޮރާ ހަމައަށްއެރި މާޔާގެ ހިތުގައިވަނީ ހިތްހަމަޖެހުމެވެ. ނަމަވެސް މޫނުމަތިން އެކަން ސިއްރުކުރަމުން ދިޔައެވެ. “އޭތް މާޔުއަކަށް ނޭނގެޔޭ ދޮންތައާ ކައިއާ ގުޅުމެއް އޮންނަކަމެއް! އެހެންވެޔޭ މާޔު އެހީ ކައި ގާތު. ދެން ކައި އެއްބަސްވީމަ އެއީ މާޔުކަމެއް ނޫނެއްނު؟! ކައި […]
ގެއަށްއައިސް ފެންވަރާ ތާޒާވެލައިގެން މަލާކް ގޮސް އައިސް އަލަމާރި ހާވަން ފެށިއެވެ. އައިސް މައިލޯއެއް ހަދައިލައިގެން އައިސް ކޮޓަރިއަށްވަދެ ދޮރުލައްޕާލިއެވެ. ޖޯޑުހިފައިން ގޮސް ކިޔަވާ މޭޒު ދޮށުގައި އިށީނދެ ފޮތްތައް ހުޅުވާލުމަށްފަހު، ފިލާވަޅު ހަދަން ތައްޔާރު ވިއެވެ. ނަމަވެސް ފިލާވަޅަކަށް ސަމާލުކަމެއް ނުދެވުނެވެ. އެންމެ ފަހުން މަލާކް ތެދުވެގެންގޮސް ބެލްކަންޏަށް ނުކުތެވެ. ތާޒާ ރޯޅިތައް މަލާކްގެ ފަން އިސްތަށިގަނޑާ ސަމާސާ ކުރަން ފެށިއެވެ. ޖަވާބު ބޭނުންވިނަމަވެސް، ނުލިބިހުރި ގިނަސުވާލު ތަކަކުން އޭނާގެ ހިތްހާސްވަމުން ދިޔައެވެ. ނަމަވެސް ހިތްވަރުކޮށްފައި […]
ހުއްޓުންއަރާފައި ހުރި މަލާކަށް ސިހުންލިބުނީ އަލޫކް ކުކުރާލުމުންނެވެ. ތެޅިތެޅިއޮތް ހިތަކާއެކު އަލޫކްގެ ގާތަށްޖެހިލުމަށްފަހު އިޚްތިޔާރުން ބޭރުގައި މަލާކަށް އަލޫކްގެ ނިތްކުރީގައި އަތްޖައްސާލެވުނެވެ. ކުއްލިއަކަށް އަތްދަމައިގަނެވުނީ އަލޫކްގެ ނިތްކުރި ހޫނުކަމުންނެވެ. މުޅިމީހާއޮތީ ހުންއައިސް ތުރުތުރު އަޅާ ޙާލުގައެވެ. އަލޫކަށް އެހީވާން ކިތަންމެ ބޭނުން ނަމަވެސް އެފަދަ ވަގުތެއްގައި ދެމީހުން އެތަނުން ފެނުމުން ވެދާނެ ގޮތަކާއި އަބުރަށް ލިބިދާނެ ހުތުރަކަށްޓަކައި މަލާކް ހިތާދެކޮޅަށޤ މަޑުމަޑުން، ފަރުވާތެރިކަމާއެކު ސިޑިން އަރަން ފެށިއެވެ. ކުއްލިއަކަށް ބާރުގަދަ އަތަކުން މަލާކްގެ ގިޔުޅު އަތުކުރީގައި ހިފުމާއެކު […]
އެޕާރޓްމެންޓް ހުޅުވާލުމަށްފަހު މަލާކް ސޫޓްކޭސް ގެންގޮސް އޭނާގެ ނަންޖަހާފައިވާ ކޮޓަރީގައި ބެހެއްޓިއެެވެ. އަދި އެއަށްފަހު ކޮޓަރި ތަރުތީބުކޮށް ނިންމާލައިގެން އައިސް ކާއެއްޗެއް ހެދުމުގެ މަސައްކަތް ފެށިތަނާ ބެލް ޖެހެންފެށިއެވެ. “ހެއި…އައިއެމް ނުހާ..ނައިސް ޓު މީޓް ޔޫ..ރާއްޖެ ކުއްޖެއްދޯތީ؟” ކުރިމަތީގައިހުރި އަންހެންކުއްޖާ ރީތި ހިނިތުންވުމަކާއެކު ސަލާމްކޮށްލަން އަތްދިއްކޮށްލިއެވެ. ރައްދުގައި ހިނިތުންވުމެއް ހަދިޔާކޮށްލަމުން މަލާކްވެސް ސަލާމްކޮށްލއެވެ. ނުހާ ކޮޓަރި ރަމަތަ ކުރަމުން ދިޔައިރު މަލާކްވެސްއޭނާއަށް އެހީވިއެވެ. ދެމީހުންއެކުގައި ހަވީރުގެ ސަޔަށް ސޭންޑްވިޗް ތައްޔާރުކޮށްލައިގެން ތިބެ އެތައް ވާހަކަ ތަކެއް […]
މެޑްރިޑްގެ އެއަރޕޯރޓުގެ އެރައިވަލްސް ދޮރާށިން ނުކުމެެެގެން އައި މަލާކް މުޅިތަނަށް ލޯހިންގާލަމުން ފުންނޭވާއެއް ދޫކޮށްލިއެވެ. މައިންބަފައިންގެ ހުވަފެން ތަކުގައި ކުލަޖެއްސުމަށްޓަކައި ޤައުމަށް ޚިދުމަތްކުރުމަށްޓަކައި އަމިއްލަ ވަޒަން ދޫކޮށް އޭނާ ޑޮކްޓަރުކަން ކިޔަވަން އެއައީ ވަރަށް ބޮޑު އުންމީދަކާއި އެކުގައެވެ. ބޯޑެއްގައި އޭނާގެ ނަން ލިޔެލައިގެން ހުރި ފިރިހެންކުއްޖާ ފެނުމުން އޭނާ ސޫޓްކޭސް ހިފައިގެން އަވަހަށް މިސްރާބުޖެހިއެވެ. “އައްސަލާމްޢަލައިކުމް..އަޅުގަނޑަކީ މީ މަލާކަކީ..” މަލާކް ސަލާމްކޮށްލަން އަތްދިއްކޮށްލުމުން ފަރުވާ ކުޑަ ގޮތަކަށް ސަލާމްބަލައި ގަތުމަށްފަހު އެޒުވާނާ މަލާކަށް އޭނާގެ ފަހަތުން […]