Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ވަކިވެދިޔަޔަސް…(4)

Z A L 🐙 Level 210 Stories100 Login100 Comments
June 26, 2021 6 Mins Read
1 Comment

ކިޔުންތެރިންގެ ސަމާލުކަމަށް: !މިވާހަކައަކީ ތަފާތު ކުށްތަކުގެ ވާހަކަ ދެކެވި، އެކަންކަން ހިމެނިގެންދާނެ ވާހަކައެއްކަމުން، މިވާހަކައިގެ މިހިސާބުން  16އަހަރުން ދަށުގެ ކުދިންނާ ނުގުނޭ ކަންކަން ހުރެދާނެ ވާހަކައެއްކަން ކިޔުންތެރިންގެ މަޢުލޫމާތަށްޓަކައި ބުނަމެވެ!

ނޯޓް: ކިޔުންތެރިންގެ ސަމާލުކަމަށް: މި ވާހަކަ އަޅުގަނޑު ގެނެސް ދެމުން ދާނީ ތަފާތު 2 ޓައިމްލައިން އަކުން. ރޫޔާއާ އަނޫފްއާ ދެމެދުވީ ކަންތައް އަދި އެދެމީހުންގެ ވާހަކަތައް ބޮޑަށް އަންނާނީ އަނޫފް އާކާލްއަށް އެވާހަކަތައް ކިޔައިދޭއިރު. އެހެނަސް މާޒީއެއްގެ ގޮތުގައަށްވުރެ ބޮޑަށް އަނޫފް އަދި ރޫޔާ އެޓައިމްލައިންގައި މިހާރުވެސް ހުރި ކަހަލަ ގޮތަކަށް. 2 ޓައިމްލައިން ތަފާތުކޮށް ވަކި ކުރެވިފައި ވާނީ ސްޓާރ(***) ބޭނުންކޮށްގެން. ކިޔުންތެރިން ސުވާލު އުފެދިދާނެތީ ސަމާލުކަމަށް އެވާހަކަ ބުނެލަން. އުންމީދުކުރަން ތަފާތު ގޮތަކަށް މިވާހަކަ ގެނެސް ދެވޭތޯ ބަލަމުން ދިޔަސް ހުރިހާ ކިޔުންތެރިންނަށް ކަމުދާނެކަމަށް.

————————————————————————

ވިލާކޮލެޖް ކައިރި ބަސް ސްޓޮޕަށް ބަސް ހުއްޓުމުން ރޫޔާ އަނޫފްއާ ރޫޔާވެސް ތެދުވިއެވެ. ދެމީހުން ބަހުން ފޭބީ ދާދި އެކު އެކީގައެވެ. ” އިޓް ވޯޒް ނައިސް ޓު މީޓް ޔޫ. އައި ވުޑް ލަވް ޓު ކެރީ އައުޓް އަ ޝޫޓް ވިތް ޔޫ ސަމްޓައިމް. އިފް ޔޫ އާރ އޯކޭ…” އަނޫފް ރޫޔާ ގާތުގައި ބުނެލިއެވެ. “ނައިސް ޓު މީޓް ޔޫ ޓޫ. ދެޓް ވުޑް ބީ ނައިސް، ޔެސް، ތޭންކްސް.” ރޫޔާ ހިނިތުންވެލިއެވެ. މަގުގެ އަނެއް ފަޅީގައި ސައިކަލެއް މަތީގައި އެއިނީ ބައްޕަ ބަލައި އައިސްއޭ ބުނެ ރޫޔާ އަނޫފްއަށް ހަނާ އަޅާލާފައި ދިޔައެވެ. އަނޫފް ވެސް ހަނާ އަޅާލިއެވެ. ރޫޔާ އޭނާގެ ބައްޕަގެ ސައިކަލް ފަހަތަށް އެރިއެވެ. އަދި ފަސްއެނބުރި ބަލާލިއިރު އަނޫފް ބަލަހައްޓައިގެން ހުރުމުން ރަކިވިނަމަވެސް ހިނިތުންވުމެއް ހަދިޔާ ކޮށްލިއެވެ. ސައިކަލުގޮސް އޮބާލަންދެން އަނޫފްއަށް އެދިމާލަށް ބަލަން ހުރެވުނީ އެސްފިޔަވެސް ޖަހާ ނުލައެވެ.

ދެމީހުންނަށްވެސް ނޭނގުނީ ދެމީހުންގެ އެކަކު އަނެކަކާ މެދު ޝަޢުޤުވެރި ވެވުނުކަމެވެ. އެކަކު އަނެކަކަށްޓަކާ ހިތުގައި ވިންދު ޖަހަން ފެށިކަމެވެ. ދެމީހުންނަށް ނޭނގުނީ މިފުރަތަމަ ފެނިލުމަށްފަހު އެތައް ފެނިލުމެއް ކުރިއަށް އަންނަން އޮތްކަމެވެ.

**************************************************

އާކާލް އިނީ ކަންފަތް ހުޅުވައިގެން ޝަޢުޤުވެރިކަމާއެކު ކަނުލާ އަޑުއަހާށެވެ. އަނޫފްގެ މޫނު މަތީގެ ކުލަވަރުވެސް ދެނެގަންނަމުން ދިޔައެވެ.  މުހިންމު ކަމެއް ފާހަގަ ވެއްޖެއްޔާ ނޯޓް ކުރާނެ ފޮތެއްވެސް އަތުގައި އޮތެވެ. އަނޫފް ފެން ކޯވަރެއް ބޯލާފައި ވާހަކަ ކުރިއަށް ގެންދިޔައެވެ.

************************************************

އެއްދުވަހެއްގެ މެންދުރެވެ. އަނޫފް ކޯސްގެ ސެޝަންއެއް ނިމިގެން އިސްދަށަށް ޖަހާލައިގެން ލަސްފިޔަވަޅުތަކެއްގައި ހިނގަމުން ދިޔައެވެ. “ހާދަ މޫޑީ ވެފަ” ކުއްލިއަކަށް އިވުނު އަންހެން ކުއްޖެއްގެ އަޑާއެކު އަނޫފް އިސްއުފުލާބަލާލިއެވެ. “ރޫޔާ!” އަނޫފަށް ހައިރާންކަމެއް ލިބުނެވެ. ރޫޔާ ނުފެންނަތާ ހާދަ ދުވަހެއް ވެއްޖެއެވެ. ދެމީހުން އެކުގައި ޝޫޓެއް ޖައްސާނަމޭ ކިޔާފައިވެސް ލަދުން ދެމީހުންނަށްވެސް އެކަކު އަނެކަކާ ގުޅަން ނުކެރިފައި ކަންނޭނގެއެވެ. “ކައިފިންތަ؟ އަހަރެން ވަރަށް ބަނޑުހައި” ރޫޔާ ކުޑަކޮށް ބަނޑުގައި އަތްހާކާލިއެވެ.

އަނޫފްއާ ރޫޔާއާ ތިބީ ‘ގޯޓްފިޝް’ ކެފޭގައެވެ. އަނޫފްގެ ލޯ އިރުއިރުކޮޅާ ރޫޔާއަށް ހުއްޓެވެ. ލައިގެންހުރި އަތްދިގު މެރޫންކުލައިގެ ހެދުން ރޫޔާގެ ދޮން އޮމާން ހަންގަނޑާއި ނުހަނު ގުޅެއެވެ. އޭނާގެ ފަން އިސްތަށިގަނޑު ރީއްޗަށް އޮމާންކޮށް ހުޅިއެއް ޖަހާފައިވާއިރު ހުޅިޔަށް ނުވަދެ ހުރި ބައެއް އިސްތަށިތައް އޭނާގެ ދޮން ކަނދުރާގައި ބޮސްދެމުންދިޔައެވެ. ރޫޔާގެ މިޒާޖާމެދުވެސް އަނޫފް ހައިރާންވިއެވެ. ފުރަތަމަ ބައްދަލުވީ ދުވަހު ބަލާ ބެލުމަށް އެއީ ވަރަށް މަޑުމައިތިރި، ބަސްމަދު ކުއްޖެކެވެ. ނަމަވެސް ރޫޔާއަކީ މަޖާ މިޒާޖެއްގެ ކުއްޖެއްކަން މިއަދު އޭނާއަށް ފެނިގެން އެބަދެއެވެ. ރޫޔާ ދައްކާ މަޖާ ވާހަކަތަކުން އަނޫފް ހީހީ ބަނޑަށް ތަދުވާވަރުވެއެވެ.

“ސޯ…ވަޓްސް ނިޔު؟” އަނޫފް ސުވާލެއް ކޮށްލިއެވެ. “މިހާރު ދެން ކޯސް ނިމެނީ މި. އަހަރެން ގަސްތުކުރަނީ އަމިއްލަ ފެޝަން ސްޓޫޑިޔޯއެއް ހުޅުވަން. ބައްޕަ ވަރަށް ކޫލް ވާނެ އެކަމު މިކަމުގަ ކުޑަކޮށް ޕަރސުއޭޑްކޮށްގެން ކަންނޭނގެ ވާނީ. ވަޓްސް ނިއު ވިތް ޔޫ. އަދިވެސް އެއްކަލަ ޖޮބްގަތަ؟އޭރު ބުނީމެއްނު ކޯސްއެއް ފަށަނީއޭ ފޮޓޮގްރަފީ ސަމްތިންގް…ކިހިނެއް އެކަންތައް ދިޔައީ؟” ރޫޔާވެސް ސުވާލެއް ކޮށްލިއެވެ. “އާނ…އެ ޖޮބްގަ. އެ ކޯސްވެސް ފަށައިގެން މިއުޅެނީ. ސައިޑް ޖޮބްސް ނަގައިގެން މި އުޅެން ޖެހެނީ އަދިވެސް އެހެންވެ ވަރަށް ފުލްކޮށް އުޅެންޖެހެނި. ކޯސް ނިމުނީމަ ދެން ފްރީ ވެފަ ތަންކޮޅެއް ރަނގަޅު ޖޮބަކަށް ދެވި އޯކޭ ވާނެހެން ހީވޭ.” އަނޫފް ޖޫސް ކޯވަރެއް ބޯލަމުން ޖަވާބު ދިނެވެ. “ބިޒީވީ ދޯ. އަހަރެން ހީކުރީ ޝޫޓެއް ޖައްސާނީއޭ ކިޔާފަ ދޮގެއް ހަދާފަ ކަމަށް ތިހުރީ . ޚަބަރެއްވެސް ނުވޭ ވިއްޔަ.” ރޫޔާ އިސްޖަހާލިއިރު ތުންފަތުގައި ދުވެލީ ލުއިލުއި ހިނިތުންވުމެކެވެ. “އަހަރެން ހީކުރީ ރޫޔާވެސް ދޮގެއް ހަދާފަ ބޭނުންނުވީކަމަށް ޝޫޓެއް ޖައްސަން. އެހެންވީމަ ދެމީހުންނަށްވެސް ހީވެފަ މިއޮތީ ނުބައިކޮށްދޯ. ތިޖެހުނީ ޝޫޓެއް ޖައްސަންށެންނު ދޮގެއް ނޫންކަން ހާމަކުރަން”. އަނޫފް ބަލާލީ ރޫޔާއަށެވެ.  “ހަހަ އާނ މިޖެހުނީ އެހެންވީމަ ތިކަމާ އުޅެން އަސްލަށްވެސް.” ރޫޔާ ހީލިއެވެ.

ދެމީހުން އެކަކު އަނެކަކަށް ނަންބަރު ބަދަލުކުރިއެވެ. ދެމީހުންވެސް ހުސްވާނެ ދުވަހަކީ އަންނަ ހޮނިހިރު ދުވަސްކަމުން އެދުވަހު ޝޫޓެއް ޖައްސަންދާން ގަޑިކިޔެވެ. ދިމާވާނެ، ދާނެތަނެއް ފަހުން މެސެޖުކުރާނީކަމަށް ބުނެ ދެމީހުންވެސް ވަކިވިއެވެ. އަނޫފްގެ ހިތް އުފަލުން ނަށާލިއެވެ. އެދުވަހަށްފަހު ދެމީހުންގެ ދެމެދުގައި ގުޅުމެއް އުފެދިގެން ދިޔައެވެ.

އާރިފިޝަލް ބީޗަށް އަނޫފަށް އާދެވުނީ ގަޑިކީއިރަށްވުރެ ދެތިން މިނެޓުފަހުންނެވެ. މަޑުފެހިކުލައިގެ ކަކުލަށްވުރެ ތިރިޔަށް ހުރި ހެދުމެއްލައިގެން އެއް ކޮނޑުގައި ދަބަހެއް އަޅުވާލައިގެން ރޫޔާ ހުރިއިރު ހީވަނީ ބޭރު ކުއްޖެއް ހެންނެވެ. އިސްތަށިގަނޑު ވަނީއެއްބައި މައްޗަށް ގެންގޮސް ދައްޗެއް ޖަހާފައި އަނެއްބައި އެއްވެސް ހިފެހެއްޓުމެއްނެތި ދޫކޮށްލެވިފައެވެ. އަނޫފް އަމިއްލަ ނަފުސަށް އެސްފިޔަޖެހުމަށް ހަނދާންކޮށްދީފައި ގޮސް ރޫޔާއާ ވާހަކަ ދައްކާފައި ޝޫޓު ފެށިއެވެ. ދެމީހުންވެސް އެމީހެއްގެ އަމިއްލަ ‘ޒޯނު’ގައި މަސައްކަތްކުރިއެވެ.

ޝޫޓް ނިމިގެން ރޫޔާ އޭނާގެ ބައްޕައަށް ގުޅަން އުޅުމުން އަނޫފް އެކަން ހުއްޓުވިއެވެ. އަނޫފްއާއި އެކުގައި ތަޒްކީ ރޫފްޓޮޕްއަށް ދާން އެދުނެވެ. ބައްޕައަށް ނާދެވޭ ގަޑިއެއްގަ ނިމުނިއްޔާ، އޭނާ ރޫޔާ ގެއަށް ލައިދޭން ގޮސްދޭނެ ކަމަށް ބުންޏެވެ. ރޫޔާ އެއްބަސްވިއެވެ.

އަނޫފްގެ އެދުމަށް ރޫޔާ ހުރީ ލޯމަރައިގެންނެވެ. އަނޫފް ކުރާނެ ކަމެއް ނޭނގިފައި ހުރި ރޫޔާގެ އަތްފައި ވަނީ ފިނިވެފައެވެ. އަނޫފްގެ އެދުމަށް ލޯހުޅުވާލުމާއެކު ރޫޔާ ހައިރާންވިއެވެ. މޭޒު ތައްޔާރު ކުރެވިފައިވަނީ ފުރިހަމައަށެވެ. މޭޒުގެ މެދުގައި ބިއްލޫރި ވާސްއެއްގައި ހުރި ހުދުކުލައިގެ ލިލީތައް ނުހަނު ތާޒާއެވެ. އަދި މޭޒު ހުރި ހިސާބުމަތީގައި ބޮކިފަތިދަމާފައިވާއިރު އެތާގައި އެދެމީހުންނޫން އިތުރު ބައެއްވެސް ނެތެވެ. “އިޒް ދިސް އަ ޑޭޓް؟” ރޫޔާ ލަދުން ހުރެ ސުވާލުކޮށްލިއެވެ. “ހީކޮށްލާ އެހެންކަމަށް” އަނޫފް ހީލިއެވެ. އަނޫފް ހަޤީޤަތުގައު ހުރީ ވަރަށް ނުތަނަވަސްވެފައެވެ. ހިތްއަވަސްވެފައެވެ. ރޫޔާއަށް ގޮނޑި ދަމާދީ އޭނާ އިށީނުމުން އަނޫފްވެސް ގޮސް ކުރިމަތީހުރި ގޮނޑީގައި އިށީނެވެ. އެއާއެކު ވޭޓަރެއް އައުމުން ދެމީހުން ކާއެއްޗެއްސަށް އޯރޑަރު ދިނެވެ. ކާއެއްޗެހި އައުމާދޭތެރޭ އެދެމުދުގައިވަނީ ބީރައްޓެހި ކަމެކެވެ. ދައްކާނެ ވާޙަކައެއް ނޭނގިފައި ތިބި ކަހަލައެވެ.

“ރޫޔާ…ވިލް ޔޫ މޭކް މީ ޔުއަރ ބޯއިފްރެންޑް؟” އަނޫފް ވަރަށް ފިލްމީކޮށް އެއްފައިމައްޗަށް ތިރިވެލާފައި ހުދުކުލައިގެ ލިލީ މާބޮނޑިއެއް ދިއްކޮށްލިއެވެ. ރޫޔާ ގާތަށް ކުޑަކޮށް ހިނިވެސް އައެވެ. ނަމަވެސް އޭނާވެސް މިހުރިހާ ދުވަހު ހުރީ އަނޫފް އިސްނަގާތޯއެވެ. އަނޫފް އެއްޗެކޭ ބުނޭތޯއެވެ. “ޔެސް އޮފްކޯރސް” ރޫޔާވެސް ފިލްމީވެލާފައި މާބޮނޑީގައި ހިފިއެވެ.

ދުވަހަކަށްފަހު ދުވަހެއް ފާއިތުވަމުން ދިޔައެވެ. ރޫޔާއާއި އަނޫފްގެ ގުޅުން ދުވަހެއް ދުވަހަކަށް ވަރުގަދަވަމުން ދިޔައެވެ. އަނޫފް ކޯސް ނިމިގެން އިހަށް އެވަޒީފާގައި މަޑުކުރީ ރަނގަޅު ފުރުސަތެއް ލިބެންދެނެވެ. ނަމަވެސް މީޑިޔާ ނޫހެއްގައި އޭނާ ޕަރޓްޓައިމްކޮށް މަސައްކަތް ކުރަން ފެށިއެވެ. ޖުއަރނަލިސްޓުން އެދޭ ބައެއްކަހަލަ ޚަބަރުތަކުގެ ތަންތަނުގެ ފޮޓޮ ނަގައިދިނުން ފަދަ ކަންކަމުގައެވެ. ޕެއިޑް އިންޓަރންޝިޕްއެއް ކަހަލަ ގޮތަކަށެވެ. ރޫޔާގެ އެދުމަށް އޭނާގެ ކޯސް ނިމުމުން ބައްޕަ ސްޓޫޑިޔޯއެއް ހަދައިދިނެވެ. ރޫޔާ ވަރަށް އުފާވިއެވެ. އޭނާގެ ހުވަފެންތަކުގައި ކުލަ ޖެހިގެން ދިޔަ ކަހަލައެވެ. ރައުފްގެ އުފަލާއި ލޮލުގެ ނޫރަކީ ރޫޔާއެވެ. އެހެން ދަރިއެއް ހުރިކަންވެސް ހަނދާން ނެތް ކަހަލައެވެ.

ރޫޔާއާއި އާކާލްއާ ބައްދަލުވީ ސްޓޫޑިޔޯއަށް އާކާލް އައުމުންނެވެ. ދެކުދިންވެސް އެކަން އެހެން މީހުންނާ ސިއްރުކުރިއެވެ. ބައްޕައަށްވެސް ސިއްރުކުރިއެވެ. އަދި ރޫޔާއެކަން އަނޫފަށްވެސް ސިއްރުކުރިއެވެ.

ރޫޔާގެ އެދުމަށް އަނޫފް އެގެއަށް އައީ ރޫޔާގެ ބައްޕައާ ބައްދަލުކުރާށެވެ. ބައްޕައަށް އަނޫފް ‘އިންޓރޮޑިއުސް’ ކޮށްދޭންވީ ގަޑި ޖެހިއްޖެ ކަމަށް ރޫޔާއަށް ގަބޫލުކުރެވުނީމައެވެ. ރައުފް ވަރަށް ވާހަކަ ދެއްކިއެވެ. އަނޫފްވެސް ވަރަށް އިޚްތިރާމާއެކު ވާހަކަ ދެއްކިއެވެ. އެވާހަކަތަކުގެ ތެރެއިން އަނޫފްގެ އުފަން ރަށުގެ ވާޙަކަ އައުމާއެކު ރައުފްގެ މޫނަށް އައި ބަދަލުތައް އަނޫފަށް ފާހަގަވިއެވެ. ނަމަވެސް ހިނިތުންވުމަކުން އެބަދަލުތައް ފޮރުވޭތޯ މަސައްކަތް ކުރިއެވެ. އެއީ ރޫޔާގެ މަންމަގެވެސް އުފަންރަށެވެ. ނަމަވެސް ރޫޔާއަކަށް އެކަމެއް ނޭނގެއެވެ.

ހަޤީޤަތަކީ ރައުފްގެ ގާތުގައި އެހެންމީހަކު ރޫޔާއާ ގަޔާވާ ވާހަކަ ދައްކާފައިވާކަމެވެ. ރައުފް ހުރީ ކޯސް ނިމުމުން ހަމަ ޖެހިފައި އެވާހަކަ ދައްކާށެވެ. ކަންތައް މިވީ ހީކުރި ގޮތަކަށް ނޫނެވެ. މަފާޒަކީ އޭނާގެ ގާތް ރަހުމަތްތެރިއެއްގެ ދަރިއެވެ. އެކުގައި ވިޔަފާރިތައް ހިންގާއުޅުނު ފަރާތެއްގެ ދަރިއެވެ. މަފާޒަކީ އޭނާ ނުހަނު އިޚްތިރާމްކުރާ މީހެކެވެ. މަފާޒް ގާތުގައި ރޫޔާ އެހެން މީހަކާ ގުޅުނު ވާހަކަ ބުނާނީ ކިހިނެއްހެއްޔެވެ؟ އެހެންނޫނަސް އޭނާ ޤަބޫލުކުރާ ގޮތުގައި ރޫޔާއަށް އެކަށީގެންވަނީ މަފާޒް ކަހަލަ ޚަރުދަނާ މީހެކެވެ. އަނޫފް އެއުޅެނީ ރަނގަޅު ވަޒީފާ ގަނޑެއް ނުލިބިގެންނެވެ. އޭނާ ރޫޔާ ބަލާބޮޑުކުރީ ހުރިހާ އެއްޗެއް ދީގެންނެވެ. ރޫޔާއަށް ދަތިވާނެ އެއްވެސް ކަމެއް ނުވެއެވެ. ނަމަވެސް މާދަންވެސް ރައުފް ނެތް ދުނިޔެއެއްގައި އަނޫފަށް ރޫޔާއަށް އެފެންވަރުގެ ދިރިއުޅުމެއް ނުހޯދައިދެވޭނެކަން އޭނާއަށް އިނގެއެވެ. އަނޫފާ ޚިލާފަށް މަފާޒްއަކީ އެ ޤާބިލްކަން ހުރި މީހެކެވެ. ރަނގަޅު އާއިލާއަކުންއައި ޚަރުދަނާ ވަޒީފާއެއްގައި އުޅޭ މީހެކެވެ. ޕޮލިސްގެ މަތީ ވަޒީފާތަކަށް އަމާޒުޖަހާފައިވާއިރު މަފާޒްގެ ޝަޚުޞިއްޔަތުގެ ވަރުގަދަކަން ދައްކުވައިދެއެވެ. މަފާޒްއާއި ރޫޔާގެ ޢުމުރުގެ ތަފާތު ބޮޑުނަމަވެސް ރައުފަކަށް އެއީ މައްސަލައެއް ނޫނެވެ. ނަމަވެސް އެއީ ބޭރުފުށުން އެކަނި ފެންނަ ޚަރުދަނާކަމެއްކަން ރައުފަކަށް ރޭކާނުލައެވެ.

ރޫޔާއާއި އަނޫފްތިބީ ރޫޔާމެންގޭގެ ސިޓިންރޫމުގައި ފިލްމެއް ބަލާށެވެ. ބެލް ޖަހާލި އަޑަށް ރޫޔާ ގޮސް ދޮރުހުޅުވި އިރު ކުރިމަތިހުރީ މަފާޒްއެވެ. ރޫޔާ ކުޑަކޮށް ހުއްޓުން އެރިއެވެ. “ބައްޕައަށް ގޮވާލަން އެބަ. ދުރުވޭ އެތެރެއަށް” ރޫޔާ މަފާޒް ވަނުމަށް ތަންދެއްކިއެވެ. މަފާޒް އަބަދު އެގެއަށް އައިސް ހަދާތީ އެއީ ރޫޔާއަށް އާމޫނެއް ނޫނެވެ. “ތިހާ ފޯރމަލްކޮށް ވާހަކަ ނުދެއްކިޔަސް އޯކޭއޭ ރޫ ކައިރީ ބުނީމެއްނު.” މަފާޒް ބުންޏެވެ. ޙަޤީޤަތުގައި މަފާޒްދެކެ އޭނާ ފޫހިވެއެވެ. ފާޑަކަށް ބިރުވެސް ގަނެއެވެ. މަފާޒްގެ ބެލުންތަކުން އޭނާއަށް އުނދަގޫވެއެވެ. ރައުފްއަށް ގޮވަން ރޫޔާ ދިޔުމުން މަފާޒްއައިސް ސޯފާގައި އިށީނެވެ. ކުރިމަތީއިން އަނޫފަށް އޭނާ ބަލާލީ ފާޑަކަށެވެ.

މަފާޒް އަތުވެއްޖެއްޔާ އަވަހަށް ކޮޓަރިއަށް ދެވޭތޯ ރޫޔާ ބަލާނެއެވެ. ނަމަވެސް މިއަދު އަނޫފް އެބައިނެވެ. ފިރިހެން ކުއްޖެއް އޭނާގެ ކޮޓަރިއަށް ވައްދާ އެކަހެރިވެ ގަތުމަކީ އެއްގޮތަކަށްވެސް އޭނާ ބޭނުންވާ ކަމެއްނޫނެވެ. ކިތަންމެ އިތުބާރެއް ކުރިޔަސް ލޯތްބެއް ވިޔަސް އެހެން ވިސްނުމަކަށް ވިސްނުން އަނބުރާލެވޭނެ ކަމަކަށް އޭނާ ފުރުސަތެއް ނުދޭނެއެވެ. އަނޫފް ދުވަހަކުވެސް އެކަހަލަ ކަމަކަށް ނޭދޭތީ އޭނާ އުފާވެއެވެ. އެގެއަށް އަޔަސް ދެމީހުން ވާހަކަ ދައްކަންވެސް އަބަދުވެސް ތިބެނީ ސިޓިންރޫމުގައެވެ. އެއީ ރައުފްވެސް ބޭނުންވާނެ ގޮތްކަން ރޫޔާއަށް އިނގެއެވެ. މިއަދު އޭނާ ބޭނުންވީ އަނޫފް ގޮވައިން ވިޔަސް އެތަނުންދާށެވެ. އެހެންނަމަވެސް އޭނާ ދިޔައީ ޖެހިގެން ފެންނަންހުރި ކާގެއަށެވެ. ޓީވީ ނިވާލާފައި މަފާޒްއާއި ރައުފްއަށް ސިޓިންރޫމް ހުސްކޮށްދީފައެވެ. ރޫޔާ ފިނިއެއްޗެއް ތައްޔާރުކުރަން ދިޔުމުން އަނޫފް އިށީނީ ކާމޭޒުދޮށުގައެވެ. ލޮލުގެ އެއްކަނުން މަފާޒަށް ބަލާލީ ވިސްނުމެއްގައި އިނދެއެވެ.

*************************************

ވަޤުތު ހަމަވާން ކައިރިވާތީ އެހެން އިރަކުން ކުރިޔަށް ގެންދާނީ ކަމަށް ބުނެ އާކާލް އަނޫފްގެ ވާހަކަ މެދުކަނޑާލިއެވެ. އޭނާ ފައިލްތަކާއި ރިޕޯރޓްތައް ބެލި އިރު ފާހަގަވީ ބައެއްކަންކަމާ ބެހޭގޮތުން އަނޫފްއާ ސުވާލުކުރިއެވެ. މައްސަލައިގެ ފުރަތަމަ އަޑުއެހުން އޮންނާނެ ދުވަސް ގާތްވަނީއެވެ. ކޯޓަށް ހާޒިރުވުމުގެ ސިޓީ ފޮނުވާފައިވާއިރު އާކާލްގެ ހިތް ނުތަނަވަސްވެސް ވެފައިވެއެވެ.

” ރޫޔާގެ އޮޓޮޕްސީގަވަނީ އަދި ޕޮލިސް ރިޕޯރޓުގަވެސް ވަނީ ވަޅިއެއްގެ ވާހަކަ. ހަމަލާ ދީފަވަނީ ވަޅިއަކުންނޭ. އަނޫފް އެވަޅީގަ އަތްލީންތަ؟” އާކާލް ސުވާލުކުރިއެވެ. “އަތްލެވިފަ އޮވެދާނެ..އެކަމު އަހަރެން ރޫޔާ މަރައެއް ނުލަން.” “މާނައަކީ؟؟” އާކާލް ސާފުކޮށް ދިނުމަށް އެދުނެވެ. “އަތްލެވިފައި އޮވެދާނޭ..އަހަ..އަހަރެން ރޫޔާ …ރޫޔާ އަހަރެންގެ އަތުތެރެއަށް ލީއިރު އަހަރެންނަށް ވާނުވާވެސް ނޭނގޭ..އެގަޑީގަ އަތްވެސް ލެވިދާނެ..” ޙަޤީޤަތުގައި ވީކަމެއް ނޭނގޭތީ އާކާލްއަށް އަނޫފް އެބުނި އެއްޗެއް އެއްކޮން ފަހުމެއް ނުވިއެވެ. މާދަން އެކަމާބެހޭ އިތުރު ސުވާލުކުރާނީއޭ ހިތަށް އެރިއެވެ. ވީކަމުގެ ޙަޤީޤަތް އަނޫފްގެ ‘ސައިޑް އޮފް ދަ ސްޓޯރީ’ މާދަން އެއްކޮން ކިޔައިދޭން ބުނާނީއެވެ. “އެވަޅި އޮންނަންޖެހޭނެ އެންނު. ކީއްވެދެން ޕޮލިސް ރިޕޯރޓްގަ ބުނަނީ ސީން އިން ނުފެނެއޭ. ކޮންމެވެސް މީހެއް ނެގީމަ ދޯ ނޯންނާނީ. އަހަރެމެންނަނށް މީތި ޔޫޒް ކުރެވޭނެ އހަރެމެން ކޮޅަށް އިފް އިޓް ކަމްސް އަޕް. އައި ވިލް ފައިންޑް އަ ވޭ. އަހަރެން މިއަދު ސީންއަށްވެސް ދާނަން. އަނޫފް އެހެން މީހަކާ ވާހަކަތައް ހިއްސާނުކުރާތި. އަނޫފްގެ ގެ ބަލާ ފާސްކުރާއިރު ނުފެނުނިއްޔާ އަހަރެމެންނަށް ވަޤުތުކޮޅެއް ލިބޭނެ އިތުރަށް ކަންކަން ހޯދަން. ހަނދާންކުރާތި އެއްވެސް މީހަކާ ހިއްސާނުކުރާތި.”  އަނޫފް ބޯޖަހާލިއެވެ. ވަޤުތު ހަމަވުމުން އަނޫފް އެތެރެއަށް ގެންދިޔައެވެ. އާކާލް ފައިލްތައް އެއްކޮށްލަމުން ދަބަސް ކޮނޑުގައި އަޅުވާލައިފައި ބޭރަށް ނިކުންނަން ހިނގައިގަތެވެ.

ދޮރުންވަންނަން އައި މަފާޒްގެ ގައިގައި ޖެހި އާކާލްގެ އަތުގައިހުރި ފައިލްތައް ވެއްޓުނެވެ. މަޢާފަށް އެދެމުން އާކާލް ފައިލްތައް ނަގަން ތިރިވިއެވެ. މަފާޒްވެސް މަޢާފަށް އެދެމުން އެހީވިއެވެ. ތެދުވެ އިސްއުފުލާލި އާކާލްގެ މޫނު ފެނުމާއެކު މަފާޒަށް ސިހުންލިބުނެވެ. ދެލޯ ކުޑަކޮށް ބޮޑުވެގެން ދިޔައެވެ. އާކާލްއަށް އެކަންފާހަގަ ކުރެވުނެވެ.

(ނުނިމޭ)

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Z A L 🐙

Level 210 Stories100 Login100 Comments

17//

Other Articles

Previous

ދިމާވި އާދަޔާ ޚިލާފް ޒުވާނާ (ދެވަނަ ބައި)

Next

ލޯބި

Next
June 27, 2021

ލޯބި

Previews
June 26, 2021

ދިމާވި އާދަޔާ ޚިލާފް ޒުވާނާ (ދެވަނަ ބައި)

One Comment

  1. Z A L ? says:
    June 26, 2021 at 11:35 pm

    Assalaam alaikum readers. Varah varah gina dhuvas vejej dho. Varah bodah ma’aafah edhen. Hageegathugai varah gina kanthah thakeh kurimathi vegen vaahaka liyumaa dhuruvevunee faadakah. Ideas aun ves undhagoo, vahtharehge writers block ekey ves bunevidhaane. Ekam mihurihaa dhuvas koffaves mi vaahaka kuriyah gendhaane hiyy varu milibunee kiyuntheringe sababun. baeh kiyun therin hama message kollaafa ves ahaa vaahaka aa behey gothun. Realize vee adhives care kuraa kiyan beynunvaa bayaku eba ulhey kan. Thankyou varah bodah shukuriyaa. Iraadhukureviyya lasthakeh nuve dhen oii baives genes dheveytho balaanana. Week ehga 1 bai nuvatha kuriyaamun 2 bai varu genes dheveytho balaanan.
    Readers ge support ah hama adhives eh faharu shukuru adhaa kuran.
    Ummeedhukuran kamudhaane kamah. Mihaa dhuvas koffa liyaairu huredhaane mistakes, pls give feedbacks in the comment section and rangalhu kollaane thanthanves point out if possible.
    Stay safe all. Love you

Comments are closed.

Next Episodeވަކިވެދިޔަޔަސް…(5)←


All Right Reserved!