ވިލާދާއާއި މަލާކް ދިޔައީ ހޮސްޕިޓަލަށެވެ. އަލޫކް އޮތީ ޕްރައިވެޓް ރޫމްއަކަށް ބަދަލު ކޮށްފައެވެ. އަލޫކަށް ނިދިފައި އޮތުމުން މަލާކް ނުވަދެ ޒާހިލް ގާތަށް ދިޔައެވެ. ވިލާދާ މަޑުކުރުމުން މަލާކްއާ ޒާހިލް އެކޮޅުގެ ކަންތައް ހަމަޔަކަށް އަޅުވަންދާން ނައްޓާލިއެވެ. ދިޔަ މަގުމަތީގައި ޒާހިލް ސުވާލެއް ނުކުރުމުން މަލާކް އެކަމާ ވާހަކަ ދެއްކިއެވެ. “ޕްރައިވެޓް އެއްޗެއްނު. އެހންވެ.” “ޒާހިލްވެސް އަލޫކްއަށް ޓްރީޓް ކުރާއިރު އިނގުން މުހިއްމު.” މަލާކް ޒާހިލްއަށް އެވާހަކަތައް ކިޔައި ދިނެވެ. މަލާކްގެ ދެލޯ ފުރިގެން ބަންޑުންވެގެން ދިޔައެވެ. […]
“ޑޮކްޓަރ…އަހަރެން ސުވާލެއް ކޮށްލަންތަ؟” އެއްދުވަހެއްގެ ސެޝަން ނިމިގެން މަލާކް ބޭރަށްދާން ނުކުމެ ނުކުމެ ހުއްޓާ އަލޫކް ގޮވާލިއެވެ. އޭނާ އިނީ ވަރަށް ސީރިޔަސް ވެގެންނެވެ. “ޝުއަރ އެނީތިންގް”. “އަހަރެން މޮޔައޭ ހީނުކުރައްޗެ…. ޔަގީން؟” އަލޫކް ދެން ބުނެލި ޖުމްލައިން މަލާކް ގަނޑުވިއެވެ. ވަރަށް ސީރިޔަސް ވާހަކައެއް ބުނަން އުޅެނީތާއެވެ. “އޮފްކޯރސް. ޕްރޮމިސް. ޔަޤީން.” ” އެހެންމީހުން މިވާހަކަ ބުނީމަ ހީކޮށްފާނެ އަހަރެންމީ މޮޔައެކޭ… ކުރިން އަހަރެން ހުރީ ކުޑަކޮށް ހަނދާން ނެތިފައި.. ފަހުން ފަހުން އަހަރެންނަށް ރަނގަޅަށް […]
ޒާހިލް އައިސް ސައިކަލު މަޑުކޮށްލުމާއެކު މަލާކް ފަހަތަށް އެރިއެވެ. “ސޯ…މަލާ .. އާރ ޔޫ ޓޭކިންގް ދަ ކޭސް؟” ޒާހިލް ފުރަތަމަ ކޮށްލީ ސުވާލެކެވެ. ” ޔެސް… ބަޓް އޮންލީ އިފް ޔޫ އާރ ގޮއިންގް ޓު ހެލްޕް މީ. އޭޒް މައި އެސިސްޓެންޓް” ޒާހިލް ހހީލިއެވެ. އޭނާ އަބަދުވެސް މަލާކަށް އެހީވާން ހުންނާނެއެވެ. “އޮފްކޯރސް” ޙަޤީޤަތުގައި މަލާކްއަކީ ހިތްވަރު ގަދަ ކުއްޖެކެވެ. އޭނާއަށް އެކަނި ވެސް އަލޫކްއަށް ޓްރީޓް ކުރެވިދާނެއެވެ. އެކަމު ޙާލަތުގެ ގޮތުން ވަރަށް […]
ޒާހިލް ޖެޓީ ކައިރީގައި ސައިކަލު ޕާރކް ކޮށްލުމަށްފަހު ފިރިހެން ވަންތަ ހިނގުމެއްގައި ޖެޓީއަށް އަރައިގެން އަންނަން ފެށިއެވެ. ޖެޓީ ކޮޅުގައި އިން މަލާކް ފެނުމުން ކޮންމެވެސް ކަމެއް ގޯސްވެއްޖެކަމަށް ޒާހިލްގެ ހަވަނަ ހިއްސު ބުނަމުން ގެންދިޔައެވެ. މަލާކްއާ ޖެހިގެން އިށީނދެލުމަށްފަހު ޒާހިލް މަލާކްއާ ދިމާލަށް ބަލާލިއެވެ. މަލާކް އިސް އުފުލާލިއިރު ދެލޮލަށް ޖަމާވެފައިވާ ކަރުނަތައް ފެނުމުން ޒާހިލްގެ ހިތުގައި ހީވީ މީހަކު ވިކައިގަތް ހެންނެވެ. “ހޭ،،ވަޓްސް ރޯންގް؟” މަލާކްއަށް ގިސްލެވެން ފެށުނެވެ. ޒާހިލްގެ ހިތްހީވީ މަޑު ފުށްކޮޅަކަށްވެގެން […]
****** “ޑޮކްޓަރ މަލާކް. ނިއު ޕޭޝެންޓްއެއް. ވަރަށް އެހެންކަހަލަ ކޭސްއެއް. ބޯތް ޑްރަގްސް އެންޑް ނަފްސާނީ ގޮތުންވެސް ވަރަށް ބޮޑަށް އަސަރުކޮށްފައި. ޕޭޝެންޓްގެ ބެލެނިވެރިޔާ ބޭނުންވޭ މަލާކްއާ ބައްދަލުކުރަން މިރޭގެ ވަގުތެއްގައި. އަދި އޭނަ ބުނުއްވީ މަލާކްއާ އެކަންޔޯ ޕޭޝެންޓްގެ ފަރުވާކުރުން ހަވާލް ކުރަންވާނީ.” އެސިސްޓެންޓް ލުބާ އައިސް މަލާކްގެ ކެބިންއަށް ވަނުމަށްފަހު ތަފްސީލުތަކެއް ދިނެވެ. “އެމީހާގެ ނޭމް އިނގޭތަ؟” “ވިލާދާ.” މަލާކަށް ހީވީ ފައިދަށުން ބިންގަނޑު ދަމައިގެން ދިޔަހެނެވެ. “ޕޭޝެންޓް އޯ؟ އޭނަ ކޮބާ؟” “ވަކިން […]
“މެޑްރިޑްގެ އެއާރޕޯރޓުން ލަންކާމަގުން ދިވެހި ރާއްޖެއަށްދާން ނައްޓާލި އެމިރޭޓްސްގެ Q219ބޯޓު ވީނުވީއެއް ނޭނގި ގެއްލިއްޖެ! އިންޑިޔާ ކަނޑުގެ ހިސާބަކުން ވަނީ މިހާރު މިބޯޓުގެ ބަޔެއް ކަމަށް ލަފާކުރެވޭ ބައެއް ފެނިފައި. ބޯޓުން ދަތުރު ކުރި އެއްވެސް ޕަސެންޖަރެއް ނުވަތަ ކްރޫއެއްގެވެސް އެއްވެސް މަޢުލޫމާތެއް އަދި ލިބިފައެއް ނުވޭ. ސިފައިން ދަނީ މިހާރު ހެލިކޮޕްޓަރުގަޔާ ކަނޑުގެ އެކި ހިސާބުތައްވެސް ބަލާ ފާސްކުރަމުން. އަދި މިހާދިސާ ހިނގަން މެދުވެރިވި ސަބަބުވެސް ހޯދަމުން” އަލޫކްއަށް ހީވީ ފައިދަށުން ބިންގަނޑު ދަމައިގެން ދިޔަހެންނެވެ. […]
މެންދަމުން އަލިވެ ދޭއްޖެހިއިރުވެސް މަލާކް ކޮޓަރީގެ ބެލްކަނި ފެންނާނެހެން ކާރުޕާކުކޮށްގެން އަލޫކް އިނެވެ. މަލާކް ބެލްކަންޏަށް ނުކުމެދާނެ ކަމުގެ އުންމީދުގައެވެ. ސިކުންތަކަށް ފަހު މިނެޓެއް، މިނެޓަކަށް ފަހު ގަޑިއިރެއް ވަމުންގޮސް ފަތިސްވުމާއެކު އަލޫކް ކަރުއެލިފައި އިނދެ ކާރު ސްޓާރޓްކޮށްގެން ދުއްވާލިއެވެ. މަލާކް ފެނިދާނެހެން ހީނުވުމުންނެވެ. ********************************** “ކަލާ ބުނީމާ ދުރުގާ ހުރިން، ހިތާ ދެކޮޅަށް މަޖުބޫރުވީ ކަލާޔަށް އުނދަގުލެއްވާން މަނޭދޭތީ، ކަލާ އެދުން ގޮތަށް ކަންތައްކުރީ… ނަމަވެސް ތިޔަ ހަނދާނޭ ވަނީ،ނަމަވެސް ތިޔަ ހަނދާނޭ ވަނީ…” ޕްލޭލިސްޓުން […]
ކުއްލިއަކަށް އަލޫކްގެ ކާރު ލޯގަނޑުގައި މީހަކު ޓަކި ޖަހާލި އަޑަށް އޭނާ ދިޔައީ ސިއްސައިގެންނެވެ. މަޑުމަޑުން ކާރުގެ ލޯގަނޑު ތިރިކޮށްލިއެވެ. “ގޮސްދެވިދާނެތަ ގެއަށް ލައިދޭން؟ ދެންމެ ބަލާލިއިރު ސައިކަލުގަ ޕެޓްރޯލްނެތިގެން..” “ތީދެން އަހާކަހަލަ ސުވާލެއްނޫނެއްނު. ޕެޓްރޯލް ހުއްޓަސް ނެތަސް ދެވޭނޭ ގެއަށް ލައިދޭން. އެކަމު ކީއްކުރަނީ މިހިސާބުގަ؟” އަލޫކްގެ މޫނުމަތީގައި ކުރިންހުރި ނުތަނަވަސްކަމުގެ އަސަރެއް މިހާރަކު ހުރިހެނެއް ހިޔެއްނުވެއެވެ. ކާރުގެ ކުރީ ޕަސެންޖަރ ސީޓަށް ވިލާދާ އަރާ ހަމަޖެހިލުމުން އަލޫކް ކާރު ދުއްވާލިއެވެ. ކާރުގޮސް ވިލާދާ އުޅޭ […]
މެންދަމުންސުރެ ވެހެމުންދިޔަ ވާރޭއަކަށް ހުއްޓުމެއް ނާދެއެވެ. ނުނިދިފައި އޮތް މަލާކް ފަތިސް ނަމާދުގެ ބަންގީގެ އަޑާއެކު ތެދުވެ އަވަހަށް ތުވާލި ހިފައިން ފާޚާނާއަށްވަނެވެ. ފިނިފިނިފެނުން ފެންވަރާ ތާޒާވެލައިގެން ނުކުތްއިރު އޭނާ ހަމަ ރަނގަޅަށްވެސް ގުޑުގުޑު އަޅައެވެ. ނޫކުލައިގެ ޑެނިމް ޑަންގޭރީއެއްގެ ދަށުން ޖިންޖަރ ކުލައިގެ ސްވެޓަރއަކާއެކު ލައިލެކް ކުލައިގެ ޝޯލްއެއް އަޅައިގެން ހުރި އިރު މަލާކް ހީވަނީހަމަ ބޭރުކުއްޖެއް ހެންނެވެ. އާ ސެމިސްޓަރއެއްގެ ކިޔެވުން ފެށޭ ދުވަސްކަމުން މަލާކް ހުރީ ކޮންމެވެސް ވަރަކަށް ހިތް ނުތަނަވަސް ވެފައެވެ. […]