އައްސަލާމްޢަލައިކުމް. ސަމާލުކަމަށް: މިވާހަކަ އަކީ މިދިޔައަރު، ވާހަކަ ލިޔުމުގެ 30 ވަނަ ޤުރުއާން މުބާރާތަށް އަޅުގަނޑު ލިޔެފައިވާ ވާހަކައެކެވެ. 18 އަހަރުންދަށުގެ ޢުމުރުފުރާއިން އަމިއްލަގޮތުން 3ވަނަ ވެސް ލިބިފާވާ ވާހަކައެކެވެ. ނަމަވެސް މިހާރު މީގައި އިތުރު ބަދަލުގެނެސް ކުޑަކޮށް ވާހަކަ ދިގުކޮށްލެވިފައިވާނެއެވެ. އުންމީދުކުރަނީ މިކުރުވާހަކަ ހުރިހާ ކިޔުންތެރިންނަށްވެސް ކަމުދާނެކަމަށެވެ. އަޅުގަނޑުގެ ވާހަކަތައްކިޔަން ތިބޭފުޅުން ދެއްވާ ޝަޢުގުވެރިކަމާ އަޅުގަނޑަށް ދެއްވާ އެއްބާރުލުމަށްޓަކައި ވަރަށް ބޮޑަށް ޝުކުރިއްޔާ! ވައްސަލާމްޢަލައިކުމް. *************************** އެއްކޮނޑުގައި ދަބަހެއް އަޅުވާލައިގެން ކައިސާން ހުރީ ބެލްޖައްސާނެ އިރެއްގެ […]
މެޑްރިޑްގެ އެއާރޕޯރޓުގެ އެރައިވަލްސް ގޭޓުން، މަލާކްއާއި ޒާހިލް ނުކުމެގެން އައީ ދާދި އެކުއެކީގައެވެ. ފޮށިތައް ކާރަށް އެރުވުމަށް މަލާކަށް އެހީވުމަށްފަހު، މަލާކް ކާރަށް އެރުމުން ޒާހިލްވެސް އޭނާ އުޅޭ ހޮސްޓެލްއަށް ދާން ކާރެއް ހޯދަން ފެށިއެވެ. މަލާކް އެޕާރޓްމެންޓްއަށް ވަދެ ފޮށިތައް ކޮޓަރިއަށްލުމަށްފަހު އައިސް އީމާގެ ކޮޓަރީގައި ޓަކިޖަހާލިއެވެ. ނުހާ އަންނާނީ އަދި ދެދުވަސް ފަހުންނެވެ. “ހޭ..އީމާ އެބައުޅެންދޯ..ޖަސްޓް ވޯންޓެޑް ޓު ލެޓް ޔޫ ނޯ އައި ކޭމް.” “އޯ މަލާކް..ހޭ. އޯކޭ. ބައިދަވޭ، މިހާރު މިތަނަށް […]
ދާދި ކައިރީގައި ހުރި ޒާހިލް ފެނުމުން މަލާކްހުރީ ޤަބޫލުކުރަންދަތިވެފައެވެ. މުޅިންކަޅު އައުޓްފިޓެއްގައި ޒާހިލް ހުރި އިރު ނުހަނު ރީއްޗެވެ. ސްމާރޓެވެ. ޒާހިލްގެ ދެއަތްވަނީ ފުރަގަހަށް ލެވިފައެވެ. ލޮލުގައިވަނީ މައުސޫމްކަމަކާއި ނުތަނަވަސްވެފައި ވުމުގެ ކުލަވަރެކެވެ. ޒާހިލް ކަރުކެހިލުމަށްފަހު ވަރަށް “ފިލްމީ” ގޮތަކަށް އެއްކަކޫ ޖަހައިގެން އިށީނދެލައިފައި އަތުގައި އޮތް މާބޮނޑި މަލާކަށް ދިއްކޮށްލިއެވެ. “މަލާކް… ވިލް ޔޫ އެކްސެޕްޓް ދިސް އެންޑް މޭކް މީ ދަ ހެޕިޔެސްޓް ޕާރސަން ރައިޓް ނައު ބައި ޔޫ ބީއިންގް މައި ގާރލްފްރެންޑް؟” […]
ކުރިމަތީގައި އެހުރީ އަލޫކްއެވެ. މިރަށުގައެވެ. މިގޭގައެވެ. އޭނާގެ ކޮޓަރީގައެވެ. ހުވަފެނެއްނޫންކަން ގައިމެވެ. މަލާކްއަށް އެސްފިޔަޖަހާކަށް ވެސް ހަނދާނެއްނެތެވެ. “މަލާ..އަހަރެން ހާދަ ވަރަކަށް މަލާ ހޯދީމެ..ކީއްވެ މަލް އަހަރެން ގާތު ނުވެސް ބުނެލީ ރަށަށް އަންނަ ވާހަކަ. މަލާކް ކޮންއިރަކު ބުރުގާ އެޅީ؟ ދެން ކީއްވެތަ އަހަރެން ގާތު ނުބުނީ ރަށަށް އަންނަ ވާހަކަ؟” އަލޫކް ހުރީ ހިތުގައި ޖެހިފައެވެ. އޭނާ މަލާކް ގާތަށް އައިސް އަތުގައި ހިފާލުމާއެކު އަތް ފޮޅުވާލިއެވެ. އަލޫކްއަށް ސިހުން ލިބުނެވެ. “އަހަރެން..” މަލާކްގެ […]
ރޭގަނޑު ނިދަން އޮށޯވެގެން އޮވެ މަލާކް ވިސްނަމުން ދިިޔައީ މިއަދު ފެނުނު ޒުވާނާއާ މެދުގައެވެ. އެއީ އަލޫކަށް ވެދާނެބާއެވެ؟ އެކަމު މިރަށަށް އަލޫކް އަޢީ ކީއްވެބާއެވެ؟ އޭނާ ހޯދަން އައީބާއެވެ؟ އެންމެފަހުން ސުވާލުތަކުން ސިކުނޑި ތޮއްޖެހެން ފެށުމުން މަލާކް ފޯނުނެގިއެވެ. ހެނދުނު މޫދަށް ގޮސް ނެގި ފޮޓޯތައް ބަލަމުން ބޭކާރު އެއްޗެހި ޑިލީޓުކުރަމުން ދިޔައެވެ. މާޒް ޖެއްސުމަށްކިރި ކަންތައް ފަޅާއެރުމުން މާޒްއަށް ބޮނޑިއެއް ދޭން ދާން ހިތަށްއަރާ، އެނދުން ތެދުވުމަށްފަހު ދެތިން ފޮޓޯ ސްވައިޕް ކޮށްލި ތަނުން […]
ހޮނިހިރު ދުވަހެއްގެ ހެނދުނުގެ ވަގުތެވެ. އޭރު އަދި 8ވެސް ނުޖަހައެވެ. މަލާކްގެ އެދުމުގެ މަތިން އެހާ ހެނދުނާވެސް އަފާއާއި މާޒް އޭނާއެކު ރަށުގެ ޖެޓީ ފަރާތުން ގެސްޓް ހައުސްތަކާ ދިމާލަށް މޫދަށްއައިސްއުޅެއެވެ. “މީނަ ކަޅުވެދާނެތީ އަރެމެން މިޖެހެނީ ޗުއްޓީދުވަސް ދުހުގެ ނިދިވެސް ނަގާލާފަ މީނަ އާއެކީ އަންނަން ދޯ އަފާ؟!” މާޒް ހުއްޓާލުމެއްނެތި މަލާކާ ދިމާކިރަމުން ދިޔައެވެ. މާޒްގެ ވާހަކަތަކަށް ރައްދު ދިނުމެއްނެތި މަލާކް ދިޔައީ އޭނާގެ އައިފޯނުން ‘ހެސްކިޔާފަ’ފޮޓޯ ނަގަމުންނެވެ. އެމަންޒަރުތަކާއި ވަގުތުތައް ހިތުގަޔާއި ފޯނުގައި […]
“ނުހާ…އެމް ގޮއިން ޓޫ..” މަލާކް ވާހަކަ ދެއްކީ ރަށަށް ދިޔުމާއި ބެހޭ ގޮތުންނެވެ. “އަލޫކް ގާތު ބުނެފިން؟” “އަހަރެން މިދުވަސްކޮޅު އިހަށް ބޭނުމެއްނޫން ވާހަކަ ދައްކާކަށް، އައި ވޮނަ ޓޭކް އަ ލިލް ބްރޭކް…ދެން އައިސް އެކަމާ އުޅޭނީ…” މަލާކްގެ ވާހަކަ އެގޮތަށްހުރި ކަމުގައި ވިޔަސް އޭނާގެ ހިތުގެ އަޑީން ގޮވަމުން ދަނީ ނުދިޔުމަށެވެ. އަލޫކާ ވާހަކަ ދައްކަން ކިތަންމެ ބޭނުންނަމަވެސް މަލާކްގެ ދޫ އެކަމަށް ނުކުޅެދިނެވެ. މެސެޖުކުރަން އުޅޭ އިރަށް މުޅި އަތާއި އިނގިލިތައް ތުރުތުރުއަޅަން […]
މަލާކް އެނދުގައި އޮށޯވެލައިގެން އޮތެވެ. ފަންކާގެ ބުރުނޭނގޭ ފިޔަތަކަށް ބަލަން އޭނާ އޮތީ ޚިޔާލަކަށް ގެއްލިފައެވެ. އަލޫކްގެ ޚަބަރެއް ނުވާތާ ދުވަސްކޮޅެއްވެއްޖެއެވެ. ގުޅާފަހަރަކުވެސް ކޮންމެވެސް ކަމެއްގައި ބިޒީވެގެން އަވަހަށް ފޯނު ކަނޑާލައެވެ. ރޭގަނޑުވެސް “ގުޑްނައިޓް” ކިޔަންނޫނީ މެސެޖެއްވެސް ނުކޮށްލާނެއެވެ. އަނެއްކާ އެއީ އަލޫކް ކިހިނެއްވެގެން އުޅޭ ގޮތެއްބާއެވެ؟ އޭނާ މަތިން އަލޫކް ފޫހިވީބާއެވެ. ނުނިދިފައި އެތައް އިރަކު އޮތުމަށްފަހު މަލާކްބެލްކަންޏަށް ނުކުތެވެ. ހާސްވެފައިވާ އޭނާގެ ސިކުނޑިއަށް ލުއިކަމެއްލިބޭތޯއެވެ. ތާޒާ ފިނިރޯޅިތަކިން ހިތްހަމަޖެހުން ހޯދަމުން ދިޔަ މަލާކަށް ސިހުން ލިބުނީ މަގުގެ އެއްފަރާތެއްގައި ޕާރކުކޮށްފައި އޮތް މެޓްބްލެކް ކުލައިގެ ކާރު ފެނުމުންނެވެ. އެއްވެސް […]
މަލާކް އަވަސް އަވަހަށް ކާންއިން އައިސްކްރީމްތަށި ފްރިޖަށްލުމަށްފަހު އަތްދޮވެލައިގެން ކޮޓަރިއަށްވަނެވެ. އަލަމާރި ހުޅުވާލުމަށްފަހު ލާނެ ހެދުމަކާމެދު ވިސްނާލިއެވެ. ނަމަވެސް އެހާއިރު ވިސްނަންހުރެވޭކަށްވެސް ނެތެވެ. އަލޫކް އަންނަންވާއިރަށް ރެޑީވާން ޖެހޭނެއެވެ. އެންމެ ފަހުން، ކަޅުކުލައިގެ ޑެނިމް ޖިންސަކާއި ކަކުލަށްވުރެ ތިރިޔަށްހުންނަވަރުގެ ޓަޔާރޑްސްލީވް، ގަދަ ނޭވީ ބްލޫ ކުލައިގެ ޓޮޕެއްލުމަށްފަހު، އިސްތަށިގަނޑުގައި ހުޅިއެއްޖަހާލިއެވެ. އަދި ތުންފަތުގައި މަަޑުމަޑު ފިޔާތޮށި ލިޕްގްލޮސްއެއް ޖައްސާލުމަށްފަހު ފޯނުން ގަޑި ބަލާލިއެވެ. އަދި އޭނާގެ ލެދަރ ހޭންޑްބޭގަށް ފޯނާއި ޓިޝޫ ޕެކެޓެއްލުމަށްފަހު ސެންޓު ޖަހާލިއެވެ. އަދިވެސް […]