* ސޯފާގައި ފާޑަކަށް އިސްތަށިގަނޑު ހާވާލައިގެން އިން މާޔާ ފެނިފައި ހަމަ ރަނގަޅަށްވެސް އަވްލީން ދިޔައީ ސިއްސައިގެންނެވެ. “މަ.. މާޔާ..” އަވްލީންގެ ދޫ ހަރަކާތެއް ނުކުރިއެވެ. އެހެންކަމުން ބުނަން ބޭނުންވި ވާހަކަތައް ހީވީ ކަރުތެރޭ ތާށިވީހެންނެވެ. މާޔާ އިން ތަނުން ކޮޅަށް ތެދުވި ވަގުތުގައި ބެލްކަނިން މާޔާގެ މޫނަށް އެޅުނު ހަނދުވަރުގެ ފަނޑު އަލިން އަވްލީންއަށް މާޔާގެ ދެލޯ ރަނގަޅަށް ފެނުނެވެ. ގަދަޔަށް އަނދުން އަޅާލާފައިވާ މާޔާގެ އެ ރީތި ދެލޯ އަވްލީންއަށް ފެނުނީ މާރިދެއްގެ ދެލޮލަށް […]
* “އިޒްކާން ނީޝަލް ދެކެ ލޯބިވޭތަ..؟” ހޫރީން އެ ސުވާލު ކުރި ވަގުތު ވެގެން ދިޔައީ ހިޔާން ފައިލަމް ގޮވައިގެން ސައިކަލުގައި އިޒްކާން އާއި ހޫރީން ކުރިމައްޗަށް އެރުނު ވަގުތެވެ. ހިޔާން ފާޑަކަށް ލޯ ހަނި ކޮށްލިގޮތުން ހިޔާންއަށް ހޫރީން އެ ކުރި ސުވާލު އަޑު އިވިއްޖެކަން ޔަގީންވިއެވެ. އިޒްކާން ފުންނޭވާއެއް ލާފައި ހީނލިއެވެ. “ނޫން… އަހަރެން ނީޝަލް ދެކެ ލޯތްބެއް ނުވޭ..” އިޒްކާން ކުޑަ ހިނިތުންވުމަކާއި އެކީ ބުނެލީ އެއީ މާބޮޑުކަމެއް ނޫން ފަދައިންނެވެ. * […]
* މައި ކޭކްސް ކެފޭގެ ވަންނަ ދޮރު ކައިރީ އިންދާފައިވާ ބޮޑު ގަހުގެ ފަތްތަކާއި ގޮފިތަކުން ނިވާވެފައިވާ ސީސީޓީވީ ކެމެރާއެއް ފެނުމުންނެވެ. ވީ އުފަލުން ހޫރީން ނަށަމުން ކަހަލަ ގޮތަކަށް އެ ދިމާލަށް ދާންވެގެން ނެގި ފިޔަވަޅުމަތީގައި ހުއްޓެން މަޖުބޫރުވީ ދެން ފެނުނު މަންޒަރުންނެވެ. * އޭރު މައި ކޭކްސް ކެފޭ ތެރެއިން އާހިލް އާއި އައިހަމް ނުކުންނަނީއެވެ. “ހޫރީން..؟ މިތާ..؟” ހޫރީން މައި ކޭކްސް ކެފޭ ހިސާބުގަނޑުން ފެނުމުން އައިހަމް އެއްސެވެ. ކުރިން ނުފެންނަ މަންޒަރަކަށް […]
“މާޔާ..” އަވްލީންގެ ލޮލުން ކަރުނަ ހިލުނެވެ. އަވްލީންއަށް ފީނައިގަނެވުނީ މީގެ ބާރަވަރަކަށް އަހަރު ކުރީގެ ހަނދާންތަކަށެވެ. އެއީ އަވްލީންގެ ހަޔާތުގައި ލިޔެވުނު މާޔާ ނަމަކަށް ކިޔުނު ބާބުގެ ފެށުމެވެ. އަވްލީންގެ ހަޔާތަށް ހެޔޮކަމުގެ ސިފައިގައި އައި ބިރުވެރި ޒަލްޒަލާގެ ހަނދާންތަކެވެ. އެ ހަނދާންތައް އާވާން ފެށުމުން އަވްލީން އެއްއަރިއަކަށް އޮށޯވެލިއެވެ. ބާރަ އަހަރު ކުރިން ********** ހޮސްޕިޓަލުގެ ބޭރުގައި މަޑުކޮށްލައިގެން ހުރި އަވްލީންގެ އިންތިޒާރަށް ނިމުމެއް އައީ ކައިޔަން ކާރުގައި އޭނާ ބަލާ އައުމުންނެވެ. […]
* “ޒެލީ..!!” ބޮލުގައި އަތް އަޅައިގެން ތިރިވެ އިނދެ ނީޝަލްއަށް ހަޅޭއްލަވައިގަނެވުނެވެ. “ނީޝް..” ނެޒެލީއަށް ބުނެވުނެވެ. އައްސާފައިވާ އަތް މިންޖުކުރެވޭތޯ ބަލަމުންނެވެ. * އަވްލީން ހުރީ ޑިއުޓީ ގަޑި ނިމުމުން ކައިޔަން ބަލާ އަންނަންދެން ހޮސްޕިޓަލުން ބޭރުގައި ހުރި ބެންޗެއްގައި އިށީނދެލައިގެންނެވެ. ފްރާންސްގެ ހަލަބޮލި މަގަށް ނަޒަރު ހުއްޓާލައިގެން އިންއިރު އޭނާ އާއި ދިމާލަށް މީހަކު އަންނަކަމެއް އަވްލީން ނުދަނެ ހުއްޓެވެ. “އަވް…” މީހަކު އޭނާއަށް ގޮވާލުމާއި އެކީގައި އަވްލީން ފަހަތަށް އެނބުރި ބަލާލިއެވެ. ފަހަތުގައި އެރިކް […]
* ޓަކި ޖެހުން ހުއްޓުނު ތަނާ ދެން އިވުނީ ތަޅުދަނޑިއެއްގެ އަޑެވެ. ހައިނާއަށް ދެލޯ ބޮޑުކޮށްލެވުނެވެ. އެމީހެއްގެ އަތުގައި މިގޭގެ ތަޅުދަނޑިވެސް އޮތީ ހެއްޔެވެ.؟ “މާތްކަލާކޯ…!!!” ހައިނާ އަވަހަށް އަތު ޖެހޭ ހިސާބުގައި ހުރި ދެވަޅި އާއި ތަވާ ނެގިއެވެ. އެމީހެއް ކައިރިއަށް އައިސްފިއްޔާ ޖަހަން ތައްޔާރު ވާށެވެ. މިނެޓެއް ނުވަނީސް އެގޭ ދޮރު ހުޅުވާލި އަޑު އިވުނެވެ. ހައިނާ ތަވާ އަތަށް ހެޔޮވަރު ކޮށްލީ ކުރިއަށް ހިނގައިގަންނަމުންނެވެ. * ހައިނާ ކުރިއަށް ނެގި ފިޔަވަޅު މަތީގައި […]
* “ހެލޯ ޝަލްކޮއްކީ..” އެމެސެޖް ކިޔާލާފައި ނީޝަލްގެ ހިތް ތެޅިގަތީ އާދަޔާޚިލާފަށް ބާރުމިނެއް ގައެވެ. އެއީ އޭނާ ވަރަށް ދަންނަ ނަމެކޭ ހިތަށް އެރިއެވެ. ނީޝަލް ދެން ބަލާލީ އެ މެސެޖް ފޮނުވި މީހާގެ ޕްރޮފައިލަށް ލާފައިވާ ފޮޓޯއަށެވެ. އެ ފޮޓޯއިން ފެންނަނީ އަންހެން މީހެއްގެ އެއް ލޮލެވެ. ނުލާހިކު ގަދަޔަށް އަނދުން އަޅާ ފަވާލާފައިވާ އަޅިކުލައިގެ އެ ދެލޯ ފެނިފައި ނީޝަލލްއަށް ހީވީ މީހަކު އޭނާގެ ބޮލަށް ބަރު އެއްޗެއް ވައްޓާލިހެންނެވެ. ދެން ނީޝަލް ބަލާލީ […]
* “އަދި އެއްދުވަހަކުން ރޫ ތި ކުރި ހުރިހާ ކަމެއްގެ ބަދަލު އިރާދަކުރެއްވިއްޔާ މާތް ﷲ ދައްކަވާނެ… ނީޝް އެހާ އުފަލުގައި އުޅެނިކޮށް ކާކު ނީޝްއަށް އެހާލު ޖެއްސީ..؟ ހަމަ ރޫ… ތި ރޫހާން.. ލޯބީގެ ނަމުގައި ފަނަރަ ވަރަކަށް އަހަރުގެ ކުޑަކުޑަ ނީޝްއަށް އެތައް ދޮގު ތަކެއް ހަދާފައި އެންމެ ފަހުން ނީޝްއަށް ހިތުހުރި ގޮތެއް ހަދާލީ ކާކު..؟ ހަމަ ރޫ… މާޔާ އާންޓްގެ ބަހަށް ނީޝްގެ ފުރާނަ ދުއްވާލަން އުޅުނީ ކާކު..؟ ހަމަ ރޫ […]
* “ނީޝް.. ނީޝް ލޯބިވަނީ މި ފިރިހެނާ ދެކެ..؟” ރޫހާންއަށް ހިތާހިތުން އެހެން އަހާލެވުނުއިރު އަތް މުށްކަވާލެވިއްޖެއެވެ. އިޒްކާން ޖީބަށް އަތްޖަހާލައިގެން ދިޔައިރު ރޫހާންގެ އެ ކަޅިއެޅުމުން އިޒްކާން ފިއްސާލަން އުޅޭފަދައެވެ. އެންމެފަހުން ކެތްނުވެގެން ރޫހާން އެދިޔަގޮތަށް އިޒްކާންގެ މޫނުމަތީ ގައިހުރި ބާރެއްލާފައި ޖެއްސެވެ. “އެއީ.. އެއީ މަގޭ މީހެއް… ކަލޭ އޭނައާއި ގާތްވާން ނޫޅޭ..!!” އައިސްފައިވާ ރުޅިން ރޫހާން ހަޅޭއްލަވައިގަތެވެ. * އައި ރުޅިން އިޒްކާން ރޫހާންގެ މޫނަށް ކަޅިއަޅާލިއެވެ. އަދި އަޅާވެސްނުލާ ކުރރިއަށް ހިނގައިގަތެވެ. […]