Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ހިތާމައެހެނިހެންލޯބި

އެކުއްޖާ 2 – 15

yooon 10 Stories100 Comments100 Login100 Stories
January 5, 2021 8 Mins Read
5 Comments

* “އަދި އެއްދުވަހަކުން ރޫ ތި ކުރި ހުރިހާ ކަމެއްގެ ބަދަލު އިރާދަކުރެއްވިއްޔާ މާތް ﷲ ދައްކަވާނެ… ނީޝް އެހާ އުފަލުގައި އުޅެނިކޮށް ކާކު ނީޝްއަށް އެހާލު ޖެއްސީ..؟ ހަމަ ރޫ… ތި ރޫހާން.. ލޯބީގެ ނަމުގައި ފަނަރަ ވަރަކަށް އަހަރުގެ ކުޑަކުޑަ ނީޝްއަށް އެތައް ދޮގު ތަކެއް ހަދާފައި އެންމެ ފަހުން ނީޝްއަށް ހިތުހުރި ގޮތެއް ހަދާލީ ކާކު..؟ ހަމަ ރޫ… މާޔާ އާންޓްގެ ބަހަށް ނީޝްގެ ފުރާނަ ދުއްވާލަން އުޅުނީ ކާކު..؟ ހަމަ ރޫ އެއްނު..؟ ނީޝަލްގެ މެމޮރީޒްތައް ލޫޒް ވެފައިވަނީ ކާކާއި ހެދި..؟ ހަމަ ރޫ އާއި ހެދިއޭ… ހަމަ ތި ރޫހާން އާއި ހެދިއޭ..!!” ނެޒެލީގެ ރުޅި ކޮންޓްރޯލުން ނެއްޓިއެވެ. އަޑުކޮޅަށް ނެޒެލީ ރޫހާން އާއި ދިމާލަށް ހަޅޭއްލަވައިގަތެވެ. *

ހޫރީންއަށް ކެފޭ ތެރޭގައި ހުރި މީހާއަށް ބަލާލެވުނެވެ. ކެފޭތެރެ ފަޅެވެ. އެތަނުގައި ހުރީ ހަމައެކަނި އެ ކެފޭގައި މަސައްކަތް ކުރާ މީހާ އެކަންޏެވެ. ހޫރީން ނޫން އެކަކުވެސް ނެތެވެ. ހިޔާން އެހެން ބުނެލީ ޖެއްސުމަށްކަން އެނގިގެން ހޫރީން ތުންއަނބުރާލާފައި ގޮސް އިށީނެވެ. “ދޮންބެ މިދަނީ ފައިލަމް އާއި ބައްދަލު ކުރަން.. ނިމުނީމައި ގުޅައްޗޭ..” ހިޔާން ބުނެލިއެވެ. “ގުޅާނަމޭ.. ދެންވެސް އަވަހަށް ދޭބަލަ..” ހޫރީން ޖުމްލައިގެ ފަހުބައި ބުނެލީ ހަމައެކަނި އޭނާއަށް އިވޭވަރަށެވެ. ހިޔާން ދިޔުމުން ހޫރީން ދިހަވަރަކަށް މިނެޓް އެތަނުގައި މަޑުކޮށްގެން ހުރެފައި ހިޔާން ނެތްކަން ޔަގީންކޮށްފައި ހިނގައިގަތީ މައިހާ ގެއްލުނު ދިމާލަށެވެ. އޭރު ކެފޭގައި މަސައްކަތްކުރަން ހުރި މީހާ އަނގަ ހަދައިގެން ހޫރީން ދިޔަ ދިމާލަށް ބަލަން ހުއްޓެވެ. މީހުން މަދު ދުވަހަކު އައި ހަމަ އެކަނި ކަސްޓަމަރުވެސް އޯޑަރ ނުކޮށް ދިޔުމުން ކަޑަވީ ކަންނޭނގެއެވެ.

ރޫހާން ނެޒެލީގެ މޫނަށް ކަޅި އަޅާލީ ހަމަ ކުއްލިއަކަށެވެ. އަލިފާނުގެ ބެލުމަކުން ނެޒެލީގެ ބޮލުން ފެށިގެން ފަޔާއި ހަމައަށް ބަލާލިއިރު ރޫހާންގެ ދެލޯ ނުރައްކާތެރިކަމުން ވިދައިގަތެވެ. ދިޔަގޮތަށް ގޮސް ނެޒެލީގެ ނޭވާ އިހުސާސްވާ ހިސާބުގައި ރޫހާން މަޑުކޮށްލިއެވެ. “ކީކޭ..؟” ރުޅިއައިސްގެން ގޮސް ކަންފަތުން ދުން ނިކުންނަހާ ވަރުވެފައި ހުރިނަމަވެސް ރޫހާންގެ އަޑުގައިވަނީ މަޑުމައިތިރިކަމެވެ. އެ މަޑުމައިތިރިކަމުން ނެޒެލީގެ ގައިން ހީބިހި ނަގައިގަތެވެ. “އެ.. އެއްޗެކޭ ނޫން.. ނަތިންގ..” ނެޒެލީއަށް ކިޔުނު އެއްޗެހި ހަނދާންވުމުން ތުންފަތުގައި ދަތް އަޅާލާފައި ދުރު ބަލާލިއެވެ. ދެލޮލުން ރޮނގަކަށް ކަރުނަ ފޭދުނެވެ. ތިމާ މީހާގެ ނިކަމެތިކަން ހިތަށް އެރުމުން ނެޒެލީގެ ހިތަށް އަސަރު ކުރީއެވެ.

“ގުޑް…” ރޫހާން އިތުރަށް ނެޒެލީގެ މޫނާއި ދިމާލަށް ގުދުވިއެވެ. ރޫހާންގެ ހޫނު ނޭވާތައް ހުރަހެއް ނެތި އޭނާގެ މޫނުގައި ބީހެން ފެށުމުން ތެޅިގަނެފައި ނެޒެލީއަށް އަވަހަށް ދުރަށް ޖެހިލެވުނެވެ. އުޅެވޭ ނަމަ ރޫހާން އާއި އެއް ދުނިޔެއެއް ގައި ވެސް ނެޒެލީ ނޫޅުނީހެވެ. ދެލޯ މަރާ ފިއްތާލާފައި ނެޒެލީ ހަމަޖެހެން މަސައްކަތް ކުރިއެވެ. ލޯ ހުޅުވާލެވުމާއި އެކީ ނެޒެލީއަށް ފެނުނީ ރޫހާންގެ މޫނެވެ. ޖެހޭ ނުޖެހޭ ހިސާބުގައި ރޫހާން ހުރިއިރު ރޫހާންގެ ތުންފަތް މަތީގައި ދުވެލާފައިވަނީ ނުރައްކާތެރިކަމުން ފުރިފައިވީ ހިނިތުންވުމެކެވެ. “ދެންމެ ކީ އެއްޗެހި ސިއްރެއްގެ ގޮތުގައި ބާއްވައިދީ.. އެހެން މީހެއްގެ ކައިރީގައި ނުބުނާތި.. އޯ ވެއިޓް.. އަހަރެން ހަނދާން ނެތުނީ.. އަހަރެންގެ ގައިދުގައި ހުރެ ޒެލީއަށް ކާކުގެ ކައިރީ ދޯ އެހުރިހާ ވާހަކައެއް ކިޔައިދެވޭނީ..؟” ރޫހާން ޖުމްލަ ނިންމާލީ ނެޒެލީއަށް މަލާމާތް ކޮށްލާފައެވެ.

ނެޒެލީ ތުންފަތުގައި ކުރިއަށްވުރެ ބާރަށް ދަތްއަޅާލިގޮތުން ހީވީ ތުންފަތް ކަނޑައިގެން ނުގޮސްގެން އުޅޭހެންނެވެ. އެމަންޒަރު ރޫހާންއަށް ފެނުމުން ކާމިޔާބުގެ ހިނިތުންވުމެއް ދައްކާލާފައި ކޮޓަރިން ނުކުމެގެން ދަމުން ރަނގަޅަށް ތަޅުލިއެވެ. ނެޒެލީ އަލުން އެނދަށް އަރާ ކަކުލުގައި ބޯ ޖައްސާލާފައި ދެފައިގައި އައްސާފައިވާ ޗޭނުތަކަށް ބަލާލިއެވެ. ނައްޓަން މަސައްކަތް ކޮށްކޮށް ނެޒެލީގެ ފައިން އެތައް ތަނެއް ވަނީ ކަނޑައިގެން ނުވަތަ ހަން މަށައިގެން ގޮސްފައެވެ. ނާއުންމީދުވެފައި އިނދެ ނެޒެލީ މޫނު ފޮރުވާލީ އޭނާގެ ލޮލުން ފައިބަން ފެށި ހޫނު ކަރުނަތައް ކާކަށް ނުދައްކަން ވެގެން ހެއްޔެވެ.؟

ޖެހިގެން އައި ދުވަހުގެ ހެނދުނެވެ. ފަތިސް ނަމާދު ކޮށްގެން ނީޝަލް އިނީ ޒީޝްގެ ލެޕްޓޮޕްގެ ގާތުގައެވެ. އޭރު ގަޑިން ފަހެއް ޖެހީއެވެ. ޒީޝް ވެސް ހެނދުނު ހެނދުނާއި ހޭލައިގެން ޒިވީންއަށް އެހީވާން ގޮސް ހުއްޓެވެ. ޒީޝް ޒިވީންއަށް އެހީވާން ދިޔުމުން ނީޝަލް ފެށީ އެސައިންމެންޓަށް މައުލޫމާތު އެއްކުރާށެވެ. ދީފައިވާ ނޯޓްސްތަކުން މުހިންމު ބައިބައި ފާހަގަ ކުރަމުން އަދި މުހިންމު ޕޭޖް ތަކުގައި ނީޝަލް ދިޔައީ ސްޓިކީ ނޯޓްސްތައް ހަރު ކުރަމުންނެވެ. އެސައިންމެންޓަށް ބޭނުންވާނެ ގިނަ މައުލޫމާތު އެއްކުރެވުމުން ނީޝަލް ލެޕްޓޮޕް ނިއްވާލާފައި ޗާޖަރަށް ޖެހީ ޒީޝް އެހެން އެދިފައި ވާކަން ހަނދާންވުމުންނެވެ. “ނީޝީ.. ދޮންނަން ލާން އަދި ހެދުމެއް އެބަ އޮތްތަ..؟” ޒީޝް ކޮޓަރި ތެރެއަށް ބޯ ދިއްކޮށްލާފައި އެއްސެވެ. “ޔެސް.. އެބަ ދެން..” ނީޝަލްއަށް ކުރިން ދުވަހަކު އޭނާ ކޮލެޖަށް ލައިގެން ދިޔަ ހެދުން ފެނުމުން ބުނެވުނެވެ. “އަވަސް އަވަސް..” ޒީޝް އެހެން ބުނުމުން ނީޝަލް އަވަހަށް ތެދުވެފައި ގޮސް އެ ހެދުމާއި ޖިންސް ނެގިއެވެ. “މީ ކޯޗެއް..؟” ނީޝަލްއަށް ޖިންސްގެ ޖީބުން ނުކުމެފައިވާ ކަރުދާސްކޮޅު ފެނުމުން އަވަހަށް އެ ނެގިއެވެ.

ޒީޝްއަށް އެ ހެދުމާއި ޖިންސް ދީފައި ނީޝަލް އަވަހަށް ބެލީ އެއީ ކޯޗެއްތޯއެވެ. “ހޫރީން ދިން ގަނޑުކޮޅު…” ނީޝަލްއަށް އަމިއްލަ ބޮލުގައި ޖަހާލެވުނެވެ. ކުރިން ދުވަހަކު އަލާންއާއި ހަވާލުކޮށްދޭށޭ ބުނެ ހޫރީން ނީޝަލްގެ އަތަށް ދިން ގަނޑުކޮޅު އަލާންއަށް ދޭން ނީޝަލް ހުރީ ހަނދާންނެތިފައެވެ. “ތިއްތާ…” ނީޝަލް ކޮޓަރިން ނުކުތެވެ. އޭރު މާއިރާ ހޭލައިގެނން ނައިލް ހުރީ ސްކޫލަށް ދާން ތައްޔާރު ވެގެންނެވެ. ކުރިމަތީގައި ހުރި ސައިތަށިން އެތިފޮދަކަށްފަހު އެތިފޮދެއް ބޮމުން ދިޔައިރު ނައިލްގެ ދެލޯ އަމާޒުވެފައިވަނީ އަތުގައި އޮތް ފޯނަށެވެ. “ތިއްތަބޭ ޑިއުޓީ ނިންމާފައި އައީމައި މީތި ތިއްތަބޭގެ އަތަށް ދެއްޗޭ… މީ ފްރެންޑެއް ތިއްތަބެއާއި ހަވާލު ކޮށްދޭށޭ ކިޔާފައި ދިން އެއްޗެއް..” ނީޝަލް އެ ކަރުދާސް ކޮޅު ޒިވީންގެ އަތަށް ލައިދިނެވެ. “އާނ ދޭނަން..” އެ ކަރުދާސްކޮޅާއި ހަވާލުވެފައި ޒިވީން އަނބުރާ ކުރަން ހުރި މަސައްކަތުގައި މަޝްއޫލުވިއެވެ.

ނީޝަލް ކޮޓަރިއަށް ވަންނަން ދަމުން ނައިލްގެ ފޯނަށް ލޮލުގެ އެންމެހިމަ ކޮޅުން ނަޒަރެއް ދިނެވެ. އޭރު ނައިލް ހުރީ އަންހެންކުއްޖެއްގެ ފޮޓޯއަކަށް ބަލާށެވެ. ކޮނޑާއި ހަމައަށް އަރާވަރުގެ ބުޅި އިސްތަށިގަނޑަކާއި ރީތި ބޮޑު ދެލޯ ހުރި އަންހެން ކުއްޖާ ނުހަނު މައުސޫމް ވައްތަރު ޖަހައެވެ. އެ އަންހެންކުއްޖާގެ ކައިރީގައި ކުޑަކުޑަ އަންހެންކުއްޖެއް ހުއްޓެވެ. “ނައިލް..” ނީޝަލް ގޮވާލުމާއި އެކީ ނައިލް ނީޝަލްގެ މޫނަށް ބަލާލިއެވެ. “ހްމްމް..؟” ކަންނެތް ރާގަކަށް ނައިލް އެއްސެވެ. “އެއީ އިޝް ދޯ..؟” ނީޝަލް އަހާލީ ޔަގީން ކުރަންވެގެންނެވެ. “އާނ.. މީ އިޝްހާ.. ދެން އެހުރީ އޭނަގެ ކޮއްކޮ ރުހާ..” ނައިލް އިޝާރާތް ކޮށްލީ ތިރީގައި ހުރި ކުޑަ އަންހެން ކުއްޖާއަށެވެ. ނީޝަލް ޒާތަކަށް ހީނލި މަންޒަރު ފެނިފައި ނައިލް މޫނު ހަދާލިއެވެ. “މަށަށް އިނގޭ ދޮންތަވެސް ބިޓެއް ހުންނަކަން..” ނައިލް ބުނެލިއެވެ. ނީޝަލްގެ މޫނުމަތީގައިވާ ކުލަވަރު ބަދަލުވާން ސިކުންތެއްވެސް ނުނެގިއެވެ.

“ދޮންތަގެ ނުހުރެޔޭ.. ނައިލް ދައްކާ ވާހަކަ..” ނީޝަލް ވަރަށް ނުވާކަމަށް ހެދުނެވެ. “މަށަށް ސިއްރެއް ނުކުރެވޭނެ އިނގޭ.. މަ ދޮންތަ އާއި އެކީގައި ފަނަރަ އަހަރު ދުވަހާއި ދެތިން މަސް ވަންދެން އުޅެފީމޭ ދެން އަދި މަށަށް ސިއްރު ކުރެވޭތޯ އެބަ އުޅެއެއްނު..” ނައިލް ލާނެތް ހިނިގަނޑެއް ޖަހާލާފައި އެއްލޯ މަރާލިއެވެ. ނީޝަލް ތުންފަތުގައި ހަފާލާފައި ނައިލްއަށް ލޮލުގެ އިޝާރާތުން އެވާހަކަ ހުއްޓާލަން އެދުނެވެ. އެކަން ވެގެންދިޔައީ ނައިލްއަށް ލިބުނު އިތުރު ހިތްވަރަކަށެވެ. “ދޮންތަ ކޮލެޖަށް ލާން އަންނަ ކުއްޖާ..!! ދޮންތަ ކޮލެޖަށް ލާން އަންނަ ކުއްޖާ..!!” ނައިލްއަށް އިޒްކާންގެ ނަން ނޭނގޭތީ ކިޔަން ފެށީ އެހެންނެވެ. ނީޝަލް ލަދުން އަވަހަށް ދުރު ބަލާލި ގަޑީގައި ޖޫސްތައްޓެއް ބޯން އިން ޒީޝް ވެސް ނީޝަލް އާއި ދިމާކުރުމުގެ ގޮތުން ހޭންފެށިތަން ފެނުނެވެ. އަވަހަށް ފެން ތައްޓެއް ބޯލާފައި ނީޝަލް ކޮޓަރިއަށް ދިޔައީ ތައްޔާރުވާށެވެ. މިއަދު އިޒްކާން އަންނާނެކަމެއް ނުވަތަ ނާންނާނެ ކަމެއް ނީޝަލްއަށް ޔަގީނެއް ނޫނެވެ. ނަމަވެސް މިހާރު ކޮލެޖަށް ދާ މަގު އެނގޭތީ ނީޝަލްއަށް ހިނގާފައި އެހިސާބަށް ދާން އުނދަގުލެއް ނުވާނެއެވެ.

މޭރީގޯލްޑް ކުލައިގެ ފަލަމަސްގަނޑާއި ހަމައަށް އަންނަވަރުގެ ހެދުމަކާއި އައިސްބްލޫ ޖިންސެއް ލައިގެން ފުނާ އަޅާފައި އިސްތަށިގަނޑުގެ އަރިމައްޗަކަށް މޭރީގޯލްޑް ކުލައިގެ ކުޑަކުޑަ މަލެއް ޖަހާލިއެވެ. އަދި އިސްތަށިގަނޑު ދޫކޮށްލީ އިޒްކާންއަށް އެންމެ ކަމުދަނީ އެހެން ހުންނައިރުކަން ނީޝަލްއަށް އެނގިފައި ވާތީއެވެ. ދަބަސް އަޅުވައިގެން ބޭރަށް ނުކުތްއިރަށް ނައިލް އާއި ޒީޝް އެއްއަޑަކުން ހޭން ފެށިއެވެ. “ކިހިނެތްވީ..؟” އެ ހެނީ ދިމާކުރަންކަން އެނގޭތީ ނީޝަލް އެއްސެވެ. “މިހާރު ކުޑާގެ އަލްބަމްތައް ތަ…. ކޮލެޖްގައި… ކިޔަވައިދެނީ..؟” ޒީޝް ވާހަކަ ދެއްކުނީ އުނދަގުލުންނެވެ.

ހެވިފައި ބޯޖަހާލި ނައިލް ހުރީ ނޭވާ ނައިސްފައެވެ. ހީނހީނ ގޮހެވެ. “ކޮލެޖްގައި ކިޔަވައިދެނީ ކުޑާގެ އަލްބަމް ހެއްޔޭ..؟” ނީޝަލްއަށް ހުރެވުނީ ވާނުވާގައެވެ. “ދެން ވަޓްއެވަރ.. ތި އަތުން ހިފައިގެން ގެންދެވެނީ ކޯޗެއްތޯ އަދި އެއްފަހަރު ބަލާބަލަ..” ޒީޝް ބުނެލިއެވެ. “ދޮންތި ހަމަ ރރަނގަޅަށް ވެސް އެހުރީ ކޮލެޖަށް ލާން އަންނަ ކުއްޖާ އާއި ހެދި މޮޔަވެފައި.. މި ވާހަކަ ނޫހަށްވެސް އަރުވަން ވެއްޖެ..” ސައިތަށި ހުސްކޮށްލާފައި ތެދުވަމުން ނައިލް ބުނެލިއެވެ. ނީޝަލް އަވަހަށް ހިފައިގެން ހުރެވުނު ޒީޝް ގެ އަލްބަމް އަލުން ކޮޓަރިއަށް ލާފައި ގެންދަން ޖެހޭ ފޮތް ހިފައިގެން ނުކުތެވެ.

އޭރު ގަޑިން ހަޔެއް ޖެހީއެވެ. ކުޑަކޮށް ހިނގާލަން ދިޔުމުގެ މަގްސަދުގައި ނީޝަލް ގެއިން ނުކުތީ އަވަހަށެވެ. އޭރު ނައިލް ވަރަށް ބަސްއަހާ ކުއްޖަކަށް ވެގެން ނުކުތްގޮތަށް މިސްރާބު ޖެހީ ސްކޫލަށް ދާށެވެ. މިފަހަކަށް އައިސް އަވަހަށް ގެއިން ނުކުމެ ސްކޫލަށް ގޮސް ލައިބްރަރީ ގައި އިނދެގެން ކިޔެވުމަކީ ނައިލްގެ އާދައެކެވެ.

އައިހަމް ގެއިން ނުކުތީ ފައިލަމްއަށްވުރެ ކުރިންނެވެ. އަޅި ކުލައިގެ ހޫޑީ އަކާއި ކަޅުކުލައިގެ ކެރެޓް ޖިންސެއް ލައިގެން އައިހަމް ހުރިއިރު ބަލާލަން ނުހަނު ރީއްޗެވެ. އެ އަޅައިގަންނަ ގޮތެއް ހުންނަ ދެލޯ އަވިއައިނެއްގެ އެހީގައި ހިމާޔަތްކޮށްފައި ވީ ނަމަވެސް އައިހަމްގެ ރީތިކަމަށް ބަދަލެއް ނާދެއެވެ. “އޭތް…!!!” މާ ދުރުން މީހަކު ގޮވާލި އަޑަށް އައިހަމް ފަހަތް ބަލާލިއެވެ. އޭރު ސްކޫލް ޔުނީފޯރމް ލައިގެން ތެޅެމުން ފޮޅެމުން ކަހަލަގޮތަކަށް އާހިލް އެދިމާލަށް އަންނަނީއެވެ. “ކަލޭ.. ކަލޭ…” އައިހަމް އާއި އަރާ ހަމަކޮށްފައި އާހިލަށް ވާހަކައެއް ނުދެއްކުނެވެ. ވަރުބަލިވެފައި ހުރުމުންނެވެ. “ކީއްވެގެން އިއްޔެ ކެފޭއަށް ނުދިޔައީ..؟ މަ ހުރީމޭ ވަރަށް ގިނައިރު އެތަނުގައި ކަލޭ އާދޭތޯ މަޑުކޮށްގެން.. ވަރަށް ފޫހިވޭ… އެ ހުރިހާ ވަގުތެއް ބޭކާރޭ ވެގެން ދިޔައީ…” ހަމަނޭވާއެއް ލެވޭވަރުވުމުން އާހިލް ޝަކުވާ ފުނި އައިހަމްގެ ބޮލަށް އޮއްސާލިއެވެ. އޭރު ހޫނުވެގެން ގޮސް އާހިލްގެ ކަންހުޅިން ދާތިކިތައް ފެންނަމުން ދެއެވެ.

“އެސައިންމެންޓް ހަދަން ޖެހޭތީ މަ ހަނދާން ނެތުނީއޭ..” އައިހަމް ބުނެލިއެވެ. ”ކަލޭމެން އެންމެން މިހާރު ވަރަށް ފާޑަކަށް ތި އުޅެނީ އިނގޭ.. ކުރިން ނުކިޔަވާ ބަސްނާހާ އުޅުނު ބައެއް.. ހޫނ މަ މި ދައްކަނީ ކަލެއާއި އިޒްކާންގެ ވާހަކައޭ.. މިހާރު ދެމީހުންވެސް ބަސްއަހައިގެން ކިޔަވާވަރުން ހީވަނީ އޭ ސްޓަރ ހޯދައިގެން ތިބި މާމޮޅު މާހިރުންތަކެއް ހެން..” އާހިލް މޫނަށް ވައްތަރެއް ޖައްސާލަމުން ބުނެލިއެވެ. “ކިޔެވިޔަސް ހަޅޭއްލަވާނެ.. ނުކިޔެވިޔަސް ހަޅޭއްލަވާނެ.. އެވެސް މަރު.. މިވެސް މަރު..” ނިތްކުރިމަތީގައި އަތް ބާއްވާލާފައި އައިހަމް ބުނެލިއެވެ.

“ދެން.. އޯކޭޔޭ.. މައްސަލައެއް ނެތޭ… މިގަޑީ ވާހަކަ ދެއްކިދާނެއެއް ނޫންތަ..؟” އާހިލް ބުނެލިއެވެ. ގަޑިއަށް ބަލާލާފައި އައިހަމް އެއްބަސްވިއެވެ. ދެމީހުން އެކުގައި ހިނގައިގަތެވެ. އާހިލް އައިހަމްއަށްވުރެ ކުރީ ވަރަށް ކުޑަ ތަންކޮޅެކެވެ. “ހޫން ދެން ފަށަންވެއްޖެއެއްނު..؟” އަނގަމަޑުން ލައިގެން އާހިލް ހިނގާތީ އައިހަމް އެންމެފަހުން ބުނެލިއެވެ. “މަށަށް އިނގޭ ކަލޭ ލައިކް ވަނީ ހުދާ ދެކެ ނޫންކަން..” އާހިލް ލޯ އަޅާލާފައި ބުނެލިއެވެ. “ކިހިނެތް އެނގުނީ..؟” އައިހަމް އެއްސެވެ. “ބަލަ މަމީ ކަލޭގެ ބްރޯއޭ.. މަށަށް ނޭނގިނުދާނެ.. މަށަށް އެނގޭ ކަލޭ ލައިކް ވަނީ ކާކު ދެކެކަންވެސް..” އާހިލް އެހެން ބުނުމުން އައިހަމް ހައިރާންވެފައި ވަގުތުން ސީރިއަސްވިއެވެ. “ކާކުދެކެ..؟” އައިހަމް އެއްސެވެ.

“ހިޔާންގެ ކޮއްކޮ ދެކެއެއްނު..؟ ހޫރުޕަރީ ދެކެއެއްނު..؟” ވަރަށް ހަމަޖެހިލާފައި އާހިލް ޖަވާބު ދިނީ އެއްބުމަ މައްޗަށް އަރުވާލާފައެވެ. ފޮނި ކަނޑާލުމުގެ ގޮތުންނެވެ.

ނީޝަލް އަތިރިމަތީ މަގުން ލާފައި ކުރިއަށް ހިނގައިގަތެވެ. މޫދުގެ ލޮނުގަނޑަށް ބަލާލުމުން ނީޝަލްގެ ސިކުނޑި މާ ރަނގަޅަށްވެސް ތާޒާވެގެން ދިޔައެވެ. ދޮން ކުރަމުން ދިޔަ އިރުގެ ރީތި ފޮޓޯއެއް ނަގާފައި ނީޝަލް ދަންނަ އެންމެންނާއި ހިއްސާ ކުރިއެވެ. އަދި ކުރިއަށް ހިނގަން ފެށިއެވެ. އޭރު ޖެހެމުން ދިޔަ މަޑު ވައިރޯޅިތައް ނީޝަލްގެ އިސްތަށިގަނޑަށް ހަމަލާ ދެމުން ދިޔައެވެ.

ދުރުގައި ޑޭންޑަލައިން ކުލައިގެ ގަމީހަކާއި ކަޅުކުލައިގެ ޖިންސެއް ލައިގެން އިޒްކާން ހުރީ ނީޝަލްގެ ހަރަކާތްތަކަށް ބަލާށެވެ. ހަށަން ބަނދެލައިގެން ހުރިއިރު ޖެހޭ ވައިރޯޅިތައް އިޒްކާންގެ އިސްތަށިގަނޑަށް ވެސް ގޯނާ ކުރަމުން ދިޔައެވެ. މޫނުމައްޗަށް އެޅެމުންދިޔަ އިސްތަށިތައް އެއްފަރާތް ކޮށްލާފައި އިޒްކާން ހިނިތުންވެލީ މިނިވަން ކޮކާލެއް ފަދައިން އުޅެމުން ދިޔަ ނީޝަލް ފެނިފައެވެ. ނީޝަލް ކުރިއަށް ދިޔަ ވަރަކަށް ނީޝަލްއަށް ހިލަމެއް ނުވާނެހެން އިޒްކާންވެސް ނީޝަލްގެ ފަހަތުން ހިނގަމުން ދެއެވެ.

ނީޝަލް ބަލާ އެގެއަށް ދިޔުމުން ޒިވީން އިޒްކާން ބަލާއައިސްފާނެތީ ނީޝަލް މާކުރިން ހިނގައްޖެޔޭ ބުނުމުން އިޒްކާންއަށް ބުނާނެ އެއްޗެއް ނޭނގުނެވެ. އެވަގުތު އިޒްކާންގެ ހިތަށް އެރީ އަނެއްކާ އިޒްކާން ނޫން މީހަކު ނީޝަލް ބަލާ އައީ ނޫންބާވައެވެ. ނީޝަލް ދިޔައީ އަބަދު އިޒްކާންއަށް ނީޝަލް ކޮލެޖަށް ލައިދިނުމުގެ ބުރަ ނުޖައްސަންވެގެންކަން ޒިވީން ބުނެދިނުމުން އިޒްކާންއަށް ހިނިއައެވެ. އިޒްކާންއަށް ނީޝަލްގެ އެއްވެސް ކަމެއް ދުވަހަކުވެސް ބުރަ އަކަށް ނުވާނެކަން ނީޝަލްއަށް އަދިވެސް ނުވިސްނެނީ ހެއްޔެވެ.؟ ނީޝަލް ހޯދަންވެގެންނާއި އިޒްކާންއަށް ބޯ ހަމަޖައްސާލަންވެގެން އެޅުނީ އަތިރިމަތީ މަގަށެވެ. އިއްތިފާގުން ނީޝަލްވެސް ހުރީ އަތިރިމަތީ މަގުގައެވެ.

“އޭތް ނީޝް….” އިރުކޮޅެއް ވަންދެން ނީޝަލްގެ ހަރަކާތްތަކުން ހިތްހަމަޖެހުން ހޯދާލާފައި ފުޅާ ހިނިތުންވުމަކާއި އެކީގައި އިޒްކާން ގޮވާލިއެވެ.

އާހިލް ހޫރީންގެ ނަން ބުނުމުން އައިހަމް ސިހިފައި އާހިލްގެ މޫނަށް ބަލާލީ ބިރެއް ފެނުނު ފަދައިންނެވެ. އެމަންޒަރު ފެނި އާހިލް އަޑުގެ ކޮޅަށް ހީނގަތެވެ. “މަށަށް އޭރުވެސް އެނގުނޭ ކަލޭ ލޯބިވަނީ ހޫރީން ދެކެ ކަން… ބުޅާ ގޯނިން ބޭރުވެއްޖެ.. ދެން އިތުރަށް ސިއްރުކުރަން ނޫޅޭ ބްރޯ…” އާހިލް ހީނގަނެފައި ބުނެލިއެވެ. އައިހަމް ދުރު ބަލާލިއެވެ. “ކަލެއަށް ކިހިނެތްހޭ އެނގުނީ..؟” އައިހަމް ސީރިއަސް ވެފައި ބުނެލިއެވެ. “ތިން ފަހަރެއްގެ މަތިން މަށަށް ކަލޭ ހޫރީންގެ ފޮޓޯއަށް ބަލަނިކޮށް.. ދެން އަދި ދެކުނިން ކަލޭ ހޫރީންއަށް ވަގަށް ބަލާތަންވެސް… ދެން އިޓް ވޯޒް ހަމަ އޮބްވިއަސް.. ކަލޭ ލޯބިވަނީ ހޫރީން ދެކެ..” އާހިލް ދިމާކުރާ ރާގަކަށް ބުނެލިއެވެ. އެންމެފަހުން އައިހަމްއަށް ޖެހުނީ އެއްބަސްވާށެވެ. “ކަލޭ މީހެއް ކައިރީ ބުނެފިއްޔާ ރަށުގެ ބާ މިސްކިތުގައި ހުންނަ ވަޅަށް ވައްޓާލާނަން އިނގޭ…” އައިހަމް ބުނެލިއެވެ. “އާނ މަ ނުބުނާނަމޭ މީހެއް ގާތު…” އާހިލް ވައުދުވިއެވެ.

“ދެން ކަލޭ.. ކަލޭ ލޯބިވާ ކުއްޖާއަކީ އަސްލު ތިބުނާ ކުއްޖާއެއް ނޫންދޯ..؟” ވިސްނުންތެރިކަމާއި އެކީ އައިހަމް އެއްސެވެ. ”ކަލޭ ވަރަށް ބޯބޮޑުވެއްޖެޔޭ ދޯ މިހާރު.. އާނ މަ ނޫޅެން އެ ރައުލާއާއި ހެދިއެއް.. އެއީ ރަނގަޅު ކުއްޖެއް އެކަމަކު މަގޭ ޓައިޕެއް ނޫން..” ސްކޫލް ފަޓުލޫންގެ ޖީބަށް އަތް ޖަހާލާފައި އާހިލް ބުނެލިއެވެ. “އެހެހެ ކަލޭމެންނަށް މިހާ ދުވަސްވީއިރުވެސް ނޭނގުނީތީ މަ ހިތާމަކުރަން.. އެއީ އައިރީން.. އިޒްކާންގެ އައި… އިޒްކާންގެ ލޯބިވާ އައި ޕްރިންސެސް..” ހިނިގަނޑެއް ޖަހާލާފައި އާހިލް އެހެން ބުނުމުން އައިހަމް ފުރަތަމަ ހީކުރީ ސަމާސާ ކުރަނީކަމަށެވެ. ނަމަވެސް އާހިލް ކުރިން ނުހުންނަ ފަދައިން ރަކިވެފައި ހުންނަން ފެށުމުން އާހިލް އެ ހަދަނީ ތެދުކަން އައިހަމްއަށް އެނގުނެވެ. ހިނި އައިސްފައި އައިހަމް އާހިލްގެ ބުރަކަށީގައި ޖަހާލިއެވެ. ދެމީހުންގެ ހިނިގަނޑުވެސް ފަޅައިގެން ދިޔައީ ދެނެވެ. ހެމުން ހެމުން އައިހަމް އާއި އާހިލް ކުރިއަށް ހިނގައިގަތެވެ.

ނީޝަލް ސިހިފައި ފަހަތަށް ބަލާލިތަން ފެނިފައި އިޒްކާންގެ ތުންފަތް މައްޗަށް ވެރިވި ހިނިތުންވުން އިތުރަށް ފުޅާވިއެވެ. އެއްކޮނޑަށް ދަބަސް އެއްލައިގެން އިޒްކާން އަތް ހޫރާލިއެވެ. އިޒްކާން އެދިމާލަށް އަންނަތަން ފެނިފައި ނީޝަލްގެ ގާތަށް ހިނިއައެވެ. މިހާރު އިޝްހާ ނައިލް އާއި ދިމާލަށް ސްޓޯކާރއޭ ކީގޮތަށް ނީޝަލްއަށް އިޒްކާންއާއި ދިމާލަށް ސްޓޯކާރއޭ ކިޔާ ގޮވަން މިވަނީ މަޖުބޫރުވެފައެވެ. ނީޝަލް ހުންނަ ކޮންމެތަނެއް ކަހަލަގޮތަކަށް އިޒްކާންއަށް އެބަ އިނގެއެވެ.

“ދެން އަހަރެން ކޮންމެ ދުވަހަކުވެސް ނީޝް ކޮލެޖަށް ލާން ދާނީ… އެގޮތް ރަނގަޅެއްނު..؟ ނޫނެކޭ ބުނެފިއްޔާ ކޮލެޖަކަށް ނުވައްދާނަން…” ސަމާސާ ހިނިތުންވުމަކާއި އެކީގައި އިޒްކާން ބުނެލިއެވެ. ހީނލާފައި ނީޝަލް ބޯ ޖަހާލިއެވެ. “އަން…” އިޒްކާން އެހެން ބުނުމުން ނީޝަލްއަށް އިޒްކާންގެ އަތަށް ބަލާލެވުނެވެ. “އަހަންނަށް އިނގޭ ނީޝް ތިއައީ ގެއިން ސައި ނުބޮއިކަން..” އިޒްކާން ހުރީ އައިސްކްރީމް ސޯޑާ ދަޅެއް ދިއްކޮށްލައިގެންނެވެ. ނީޝަލް އޭގައި ހިފަމުން ޝުކުރު އަދާކުރިއެވެ.

އިޒްކާން ވެލިގަނޑުމަތީގައި އިށީންނަމުން ނީޝަލްގެ އަތުގައި ހިފާ ވެލިގަނޑު މަތީގައި ބޭންދިއެވެ. އަދި ދަބަހުން އައިސްކޮފީ ޕެކެޓެއް ނަގާ އަނގަޔަށް ހޮޅި ޖަހާލިއެވެ. ނީޝަލް އައިސްކްރީމް ސޯޑާ ދަޅު ކަނޑާލާފައި އޭގެން ރަހަ ބަލާލިއެވެ.

އިޒްކާން ނީޝަލްގެ ފަލަމަސްގަނޑުގައި ބޯ އަޅާލީ އެއްޗެކޭ ބުނެވެސް ނުލައެވެ. ނީޝަލް ރުޅިނާންނާނެ ކަން ޔަގީނާއި ގާތަށް އެނގޭތީއެވެ. ކަންވީވެސް އެހެންނެވެ. ނީޝަލް ތުންފަތަށް ލުއި ހިނިތުންވުމެއް ވެރި ކޮށްލައިގެން އިނީއެވެ. އިޒްކާން ވެސް ހަމަޖެހިލިއެވެ. އިޒްކާންގެ ލޮލަށް ނިދިއަންނަން ފެށީ ނީޝަލް މަޑުމަޑުން އިޒްކާންގެ އިސްތަށިގަނޑާއި ކުޅެން ފެށުމުންނެވެ. އެއީ ނީޝަލްއަށް އާދަވެފައިވާ ކަމެކެވެ. ނައިލް ނުވަތަ ކައިޔަންވެސް ގާތުގައި ހުރެއްޖެ ނަމަ އެއިން މީހެއް އިސްތަށިގަނޑާއި ކުޅެ ނުލާ ނީޝަލްއަށް ނުހުރެވޭނެއެވެ.

ނިދިދާނެތީ އިޒްކާން ފެށީ ނީޝަލްގެ އިސްތަށިގަނޑާއި ކުޅޭށެވެ. އެގޮތަށް ފަނަރަވަރަކަށް މިނެޓް ވަންދެން ދެމީހުންވެސް އެކަކު އަނެކަކުގެ އިސްތަށިގަނޑާއި ކުޅެން އިނެވެ. ނީޝަލް ރާޅު ޖަހަމުން ދިޔަ މަންޒަރު ބަލަން އިންއިރު އިޒްކާން އޮތީ ނީޝަލްގެ މޫނަށް ބަލާށެވެ. ދޭތެރެ ދޭތެރެއިން ނީޝަލް ހީނލާއިރު އިޒްކާން އޮތީ އެސްފިޔަ ޖަހާލަންވެސް ހަނދާން ނެތިފައެވެ.

“ދެން ދާން ހިނގާ.. މިހާރު މާ ގިނައިރުވެސް ވެއްޖެ..” ކުޑަ ހިނިތުންވުމަކާއި އެކީގައި ނީޝަލް އެހެން ބުނެލި ރާގުން އެކަނިވެސް ނީޝަލް އެތަނުން ދާހިތްނެތްކަން އިޒްކާންއަށް އެނގުނެވެ. “ދާންވީ..؟” އިޒްކާން އެހެން ބުނުމުން ނީޝަލްގެ ތުންފަތަށް ރަކި ހިނިތުންވުމެއް އައެވެ. “ޔެސް އެ ނޫނީ ގަޑީ ޖެހޭނެ..” ނީޝަލް އެހެން ބުނެފައި ތެދުވާން އުޅުމުން އިޒްކާން ނީޝަލްގެ އަތުގައި ހިފާ ދޮންވެލިގަނޑުގެ މައްޗަށް ވައްޓާލިއެވެ. ނަމަވެސް ވަރަށް ބަލައިގެންނެވެ. ނީޝަލްއަށް ކުޑަވެސް އަނިޔާއެއް ވާކަށް އިޒްކާންއެއް ނޭދެއެވެ. ލޯބިވެވުމުން ކުރެވޭ އެންމެ ކުޑަ އިހުސާސްވެސް އިޒްކާންއަށް ދަނީ ކުރެވެމުންނެވެ.

ދެމީހުންގެ ފޮޓޯއެއް ނަގާފައި އިޒްކާން ތެދުވިއެވެ. “އެބަ އަންނަން ސައިކަލު ނަގައިގެން… މަޑުކުރޭ އިނގޭ..” އިޒްކާން ތެދުވެ ގައިން ވެލި ފޮޅާލިއެވެ. ނީޝަލް ހީނލާފައި އާނއެކޭ ބުނެ ބޯ ޖަހާލިއެވެ.
އިޒްކާން ދިޔަތާ މިނެޓެއް ފަހުން ނީޝަލް ކޮޅަށް ތެދުވިއެވެ. ހަމަ އެވަގުތު ނީޝަލްގެ ފޯނަށް މެސެޖެއް އައެވެ. ވައިބަރ އިންނެވެ. ނީޝަލް އެ ހުޅުވާލިއެވެ.

“ހެލޯ ޝަލްކޮއްކީ…” އެ މެސެޖް ކިޔާލާފައި ނީޝަލްގެ ހިތް ތެޅިގަތީ އާދަޔާޚިލާފަށް ބާރުމިނެއްގައެވެ. އެއީ އޭނާ ވަރަށް ދަންނަ ނަމެކޭ ހިތަށް އެރިއެވެ. ނީޝަލް ދެން ބަލާލީ އެ މެސެޖް ފޮނުވި މީހާގެ ޕްރޮފައިލަށް ލާފައިވާ ފޮޓޯއަށެވެ. އެ ފޮޓޯއިން ފެންނަނީ އަންހެން މީހެއްގެ އެއް ލޮލެވެ. ނުލާހިކު ގަދަތަށް އަނދުން އަޅާ ފަވާލާފައިވާ އަޅިކުލައިގެ އެ ދެލޯ ފެނިފައި ނީޝަލްއަށް ހީވީ މީހަކު އޭނާގެ ބޮލަށް ބަރު އެއްޗެއް ވައްޓާލިހެންނެވެ. ދެން ނީޝަލް ބަލާލީ އެ އަންހެން މީހާގެ ނަމަށެވެ. “މާޔާ.. މާއްތަ.. އާންޓް..” ބްރެކެޓެއްގެ ތެރޭގައި ޖަހާފައިވާ އެނަން ކިޔުނު މޮޔަ ނީޝަލްގެ ހިތަށް އެރިއެވެ. އެ ނަން ކިޔުމުން ބޮލަށް ވެރިވެރިގަތް ރިހުން ވީ ގަދައެވެ. “މާއްތަ… ޝަލްގެ މާއްތަ…” ނީޝަލްއަށް މަޑުމަޑުން ބުނެލެވުނެވެ.

 

= ނުނިމޭ =

Share Article

Follow Me Written By

yooon

10 Stories100 Comments100 Login100 Stories

Transcend reality in this little safe space <3

Other Articles

Previous

މަންޒިލް 23

Next

ލޯބިވާ ޔާރާ 2

Next
January 5, 2021

ލޯބިވާ ޔާރާ 2

Previews
January 4, 2021

މަންޒިލް 23

5 Comments!

  1. Insi kuhjja says:
    January 5, 2021 at 1:42 pm

    Agaiin me first dhw? Vrh reethi mi bai vess. Dhen in bai avahah kiyaalan libeyne kamah ummeedhu kuran. Stay safe. Take care

  2. ?Ril? says:
    January 5, 2021 at 2:47 pm

    Wow vrh Sali mi part vxx
    Masha Allah♥️
    Aley mi roohaan gaagaa insaanihyathu ge kameh vxx nei dhw Yoon aa bunaakah esorah ragalu reethi varuge ladeh deythi ingey
    Hahahahah Aley nail aa zeesh vxx dhw Hama heehee balivehje
    Awwwwnnnn haadha lwbi eyy neeshal aa izkaan beach gaa heyda kuri vaguthu Masha Allah made for each other ♥️♥️
    Enme fahun Inguny nu aiham aa Sahil lwbi vaa kuhjaa dhw ♥️♥️
    Waiting for the next part
    Love u soo much ♥️♥️
    Stay safe and take care♥️♥️

  3. s.n.o.w.f.l.a.k.e Maash says:
    January 5, 2021 at 5:04 pm

    V. V. V. V reethi maasha Allah ???

    1. yooon says:
      January 5, 2021 at 5:14 pm

      Aww thank you so much Maash ?✨? Rlly happy to see your comment 😀 Take care Maash ?✨?

  4. s.n.o.w.f.l.a.k.e Maash says:
    January 5, 2021 at 5:15 pm

    V. V. V. V reethi maasha Allah ???
    Ruhaan haadha goahey thi vaa gothun viyya nezely nafsaany ves vaanethw
    ehcheh???
    poor nezely???.
    Oh god aahil and aireen??? ???
    Maayaa aa roohaan mi ulhyney neeshal ge life hell ah hadhan???
    Alhey neesh ge kon kusheh ovegenbaa emeehun ehen hadhany???
    When is next part???
    Waiting for the next part curiously ???
    LYSSM yooon tc???

Comments are closed.


All Right Reserved!