* ހިނިތުންވެފައި ހިޔާން ހޫރީން ގެނެސް މޭގައި ޖައްސާލިއެވެ. އަދި ސޯފާގައި އިން އައިހަމްގެ މޫނަށް ބަލާލިއެވެ. އައިހަމް ބޯ އަނބުރާލީ ފަހަތަށެވެ. ހިޔާންގެ ހިނިތުންވުން ފޮހެވުނެވެ. ނަމަވެސް ހިތާހިތުން އޭނައަށް އެކަން ހައްގުކަމަށް ގަބޫލުކުރިއެވެ. އަދި އޭނައަށް މާފު ކުރަން އުނދަގޫ ވާނެކަން އިނގޭތީއެވެ. ލޭގެގޮތުން އޭނާ އާއި ގުޅޭތީ ހޫރީންއަށް އޭނާއަށް މައާފް ކުރަން ފަސޭހަ ވާނެކަން ހިޔާންއަށް ވިސްނެއެވެ. ފަހަތަށް އެނބުރިގެން އިން އައިހަމްގެ ތުންފަތްމަތީގައި ހިނިތުންވުމެއް ވިއެވެ. ހިތާހިތުން އޭނާ ހިޔާންއަށް […]
* “ލިޔާންބޭ.. ކައިޔަން ބޭބެ މެންނާއި އެކީގައި ނީޝަލްގެ ކޮއްކޮ އާއި ނީޝަލްވެސް އަނބުރާ ދިޔައީތަ..؟” ޔަގީން ކުރަންވެގެން އައިހަމް އެހެން އެހީ ހޫރީންގެ މޫނަށް ބަލާލާފައެވެ. “އާނ.. ނީޝަލް އަނބުރާ ފްރާންސަށް ހިނގައްޖެ..” ލިޔާން އެހެން ބުނެލުމާއި އެކީގައި އިޒްކާންއަށް ހީވީ މީހަކު އޭނާގެ ބޯމައްޗަށް ބޮމެއް ގޮއްވާލި ހެންނެވެ. * “ނޫން ތީ ކިހިނެތްވާނެ ކަމެއް..؟” ހޫރީން ލިޔާން ސަމާސާ ކުރަނީކަމަށް ހިތާ ބުނެލިއެވެ. “ދޮގެއް ނޫނޭ އެއީ.. ދެންމެ އެ ފްލައިޓް ނައްޓާލީ..” […]
* އިޒްކާން މެސެޖް ކުރި ކަމުގެ އުފަލުގައި ނީޝަލް ގެއަށް ވަނީ ދެން އޭނައަށް ކުރިމަތި ލާން ޖެހޭނީ ކޮންކަމަކާއި އަދި ކާކާއި ކަން ނޭނގި ހުރެއެވެ. ނީޝަލް ގެއަށް ވަންނަން ހިއްލާލި ފިޔަވަޅު މަތީގައި ގަނޑުވިއެވެ. ކުރިމަތީގައި ހުރި ދެ ސޫރައަށް ބަލާލެވުމާއި އެކީގައި ނީޝަލްގެ ދެބުމަ ކައިރިވިއެވެ. ތުންފަތް މަތީގައިވާ ހިނިތުންވުންވެސް ފިލައިގެން ދިޔައީ ދާދި އަވަހަށެވެ. ނީޝަލްގެ ދެލޮލުގައިވަނީ ތަރުޖަމާކުރަން ނޭނގޭ ފަދަ ކުލަވަރެކެވެ. * ދެވަނަ ސިކުންތުކޮޅުގައި ނީޝަލްގެ މޫނުމަތި އަލިވެގެންދިޔައެވެ. […]
* ނީޝަލް އަވަހަށް އާފުރިލާފައި ދެންމެ ނިދާ ހޭލި މީހެއް ފަދައިން ތެދުވިއެވެ. އޭރު އޭނާގެ ބޮލުގައިވީ ރިހުން ވަނީ އެއްކޮށްހެން ގޮސްފައެވެ. ވަށައިގެންވާ މީހުންނަށް ބަލާލާފައި ނީޝަލްގެ ކަޅި ގޮސް ތަތްވީ އިޒްކާންގެ މޫނުމަތީގައެވެ. އެ މޫނުމަތީގައިވާ އޭނައާއި ދޭތެރޭ އިޒްކާން ކަންބޮޑުވެފައި ވާވަރު އެއީ ރޭގަނޑު ފަދައިން ދައްކުވައިދެއެވެ. * “ނީޝް..” އައިހަމްގެ އަތުން ނެއްޓިގެން ހޫރީން ދުވެފައި ގޮސް ނީޝަލްގެ ގާތުގައި އިށީނެވެ. ނީޝަލްގެ ހާލު އޮޅުންފިލުވިއިރު ހޫރީންގެ ދެލޮލުގައި ވަނީ ކަންބޮޑުވުމުގެ […]
* “ތެރަޕީ އެންޑް ޓައިމް.. ޕޭޝަންޓް ރަނގަޅުވާހާ އަވަހަކަށް އެކަން ކުރެވިދާނެ އިނގޭތޯ.. އެކަމަކު އަޅުގަނޑަށް ބޮޑަށް ބުރަވެވެނީ އެކަން ނުކުރަން.. އެހެން ހައްދަވައިފިނަމަ އެކްސިޑެންޓްގެ މަތިން ހަނދާން އާވެ ޕޭޝަންޓް ޓްރައުމާއެއް ތެރެއަށް ގޮސްދާނެ.. ނަމަވެސް އެކަން ކުރައްވާނނަމަ ވަގުތު ވީހާވެސް ރަނގަޅަށް ބޭނުންކުރައްވާ.. އޭރުން އެކަން ކުރެވިދާނެ.. އެކަމަކު މިކަމުގައި އަޅުގަނޑަކަށް އެއްވެސް ޔަގީންކަމެއް ނުދެވޭނެ..” ޑޮކްޓަރު ކިޔައިދިނެވެ. “އަދި މީގެވެސް އިތުރުން ތެރަޕީ……….” “ނޫން ތިކަން ކޮށްގެންނެއް ނުވާނެ..!!” ޑޮކްޓަރުގެ ވާހަކަ މެދުކަނޑާލީ […]
* ނީޝަލް އޮތީ ފުންނިންޖެއްގެ ތެރޭގައެވެ. އޭނާގެ ސިކުނޑި ފިލްމެއް ފަދައިން ދައްކަމުން ދިޔަ މަންޒަރުތައް ނީޝަލްއަށް ފެންނަމުން ދިޔައެވެ. އޭނާ ހަނދާން ނެތިފައިވީ ހުރިހާ ކަމެކެވެ. * ފަތިހު ހޭލައިގެން ސައި ތައްޔާރު ކުރަން ހުރި އަވްލީންއަށް އިއްޔެރޭ ލިޔާންގެ ފަރާތުން މިސްކޯލެއް ލިބިފައިވާކަން އެނގުނީ ތަންކޮޅެއް ފަހުންނެވެ. ކައިޔަން ސައިބޯން އިށީނުމުން އަވްލީން ދިޔައީ ކޮޓަރިއަށެވެ. އެތެރެއިން މަޑު ފިޔާތޮށި ކުލައިގެ ގަމީހެއް ލާފައި ކަޅުކުލައިގެ އޮފީސް ޕޭންޓްސް އާއި އެކީގައި ބެގީ ކޮށްލިއެވެ. […]
* “ނީޝް..” އިޒްކާން ނީޝަލްގެ ގައިގައި ހިފާލަން އުޅުނު ވަގުތު ނީޝަލްގެ ގައިން ވަރު ދޫވިއެވެ. ބޮލަށް އެނބުރުން އެރީއެވެ. އަތް ތެމިފައި ހުރުމުން އިޒްކާންގެ އަތުން ސޮހިގެން ގޮސް އަނެއްކާވެސް ނީޝަލް ގޮސް ޖެހުނީ ފެންގަނޑު ތެރެއަށެވެ. ނީޝަލް ނަގަން ވެގެން އަތް ދިމާކޮށްލި އިޒްކާންއަށް ލޯމަތީ އަތް އަޅާފައި ކަނާތް ފަރާތަށް ބަލާލެވުނީ އައްޔެއް އެޅުމުންނެވެ. އަނދިރިއަށް ލޯހޭނިފައި ހުއްޓާ އެ އަލި އެޅުމުން އިޒްކާންގެ ލޮލަށް އުނދަގޫވިއެވެ. ނީޝަލް އާއި ދިމާލަށް އަންނަން […]
* މަރުވެފައިވާ މައްޔިތެއްހެން އޮތް އީޝާ ފެނި އިޒްކާންގެ ހިތަށް އުނދަގޫވިއެވެ. ހިޔާން ހުއްޓުވުނު ނަމައޭ ވެސް ހިތަށް އެރިއެވެ. އަންނައުނެއް ނުވާ އީޝާގެ ހަށިގަނޑު ނިވާ ކުރުމުގެ ނިޔަތުގައި އިޒްކާން ރަޖާގަނޑު ނަގާފައި އީޝާގެ ގައިގައި އެ އަޅާލަން ގުދުވިއެވެ. ހޫރީން ދޮރުގައި ފައިން ޖެއްސެވެ. ތަޅުލާފައި ކަމަށެވެ. ނަމަވެސް ދޮރު ވަގުތުން ހުޅުވުނެވެ. ހޫރީންގެ އިތުރުން ހޫރީންގެ ފަހަތުގައި ހުރި ނީޝަލްގެ ލޮލުގައިވެސް އަޅައިގަތީ އަނިޔާވެފައިވާ އީޝާ އާއި ދިމާއަށް ގުދުވެގެން އޮތް އިޒްކާންއެވެ. […]
* އިޒްކާން.. އައިހަމް.. ދޮންބޭ.. ދޮންބެމެން މިފަދަ ދަށު ދަރަޖައަކަށް ވެއްޓިގަނެފާނެކަމަށް އަހަރެން ދުވަހަކުވެސް ހިޔެއް ނުކުރަން..” ހޫރީން ދެފަހަރަކު ނޭފަތް ދަމާލިއެވެ. އަދި ކުރިއަށް ހިނގައިގަތީ ނީޝަލްއަށް މި މަންޒަރު ދައްކަން ބޭނުން ވުމުންނެވެ. އޭނާ އަލާންއަށް މި ކޭސް ނިންމައިދޭއިރު އައި ވިޓްނެސްއެއް ހުންނަން ބޭނުންވާތީއެވެ. ނީޝަލް ހުރީ ސައިޕްރީޕީޑިއަމް ޕާރކްގައި ކަން އެނގޭތީ ހޫރީން ދުއްވައިގަތީ ނީޝަލް ގޮވައިގެން އައުމަށެވެ. ނީޝަލްގެ ހިތަށް ކުރާނެ އަސަރަކަށް ބަލަން އެވަގުތު ހޫރީން ހަނދާނެއް ނެތެވެ. […]