* އިޒްކާން އާއި އެއްވަރަކަށް ހިނގަންފެށި ނީޝަލްގެ ހިތުގައިވަނީ އެންމެ ސުވާލެކެވެ. “އޭނަޔަށް އަހަރެންގެ ނަން އެނގުނީ ކިހިނެތް..؟” ނީޝަލްއަށް އަމިއްލަ ނަފްސާއި ސުވާލު ކުރެވުނެވެ. ނީޝަލް އޮޅުންގަނޑެއްގެ ތެރޭގައި ހުރިއިރު ނީޝަލް ސަލާމަތް ކޮށްފައި ހިނގައިގަތް ރޫހާންގެ ތުންފަތުގެ އެއްކޮޅުން އަނެއްކޮޅަށް ދުވެލާފައިވަނީ ކާމިޔާބީގެ ފަޚުރުވެރި ހިނިތުންވުމެކެވެ. * ކުރިއަށް އޮތް ޓެސްޓަށް ތައްޔާރު ވާންވެގެން މިއަދު ކޮލެޖުގައި ބައިވަރު ފަރިތަކުރުންތައް ދިނެވެ. ފަހު ފަރިތަކުރުން ދިން ވަގުތު ހިޔާން އާއި ފައިލަމް އައިހަމް ގޮވައިގެން […]
* އިޒްކާން ވައިރޯޅިއެއްހާ ބާރަށް ސައިކަލު ދުއްވަން ފެށުމުން ނީޝަލްއަށް ބޭއިޚްތިޔާރުގައި އިޒްކާން ގައިގައި ބާރުބާރަށް ހިފާއްޓާލެވުނެވެ. އިޒްކާންގެ ގައިގައި ބޮނޑިވެގެން ކަހަލަ ގޮތަކަށް އިން ނީޝަލްގެ ހިތުގެ ތެޅުން އިޒްކާންއަށް އިހުސާސްވަމުން ދިޔައެވެ. މީހަކު ރޭހެއްގައި ވެސް ނުދުއްވާނެހާ ބާރަށް ސައިކަލުގައި ނީޝަލް ގޮވައިގެން ދިޔަ އިޒްކާންއަށް ބަލަން ތިންވަނަ ފަރާތެއް ވެސް ހުއްޓެވެ. ގެއެއްގައި އުނަގަނޑާއި ހަމައަށް ރާނާފައިވާ ފާރުބުރި މަތީގައި އިން ރޫހާންގެ އަތް މުއްކެވިގެން ދިޔައެވެ. ބާރު ސްޕީޑެއްގައި ކޮލެޖަށް ދާން […]
* “ނެފިއު ހާދަ ލަސްވެއްޖެޔޭ..” ޕޮޕްކޯން ގަންނަންވެގެން ފޮނުވި ނައިލް ފަނަރަ މިނެޓް ވީއިރުވެސް އަނބުރާ ނައުމުން ޒީޝް ބުނެލިއެވެ. “އަސްލުވެސްދޯ.. އަހަރެން އަންނާނަން ނައިލް ކޮބާތޯ ބަލާލާފައި…” ނީޝަލް އަވަހަށް ތެދުވެގެން ހިނގައިގަތެވެ. ޕޮޕްކޯން ވިއްކާ ތަނުގެ ކުރިމައްޗަށް އަރާފައި ނީޝަލްއަށް ހުއްޓެން މަޖުބޫރުވީ ފެނުނު މަންޒަރުންނެވެ. ބޭއިޚްތިޔާރުގައި އަނގަމަތީ އަތް އެޅުނުއިރު ނީޝަލްގެ ދެލޯ ފެންކަޅިވިއެވެ. * ސެލޫންގައި ހުރިއިރު ރަނާގެ ހަނދާނަށް އަންނަމުން ދިޔައީ ކައިޔަން ގުޅާފައި ދެއްކި ވާހަކަތަކެވެ. ******** “ރަނޫ… […]
* “އަނހަ.. ޔާން ކައެގެ މޭމަތީގައި މިއޮތީ ކޯޗެއް..؟” ހިޔާންގެ ގަމީހަށް އިޝާރާތް ކޮއްލަމުން ފައިލަމް އަހާލިއެވެ. “ކޯޗެއް..؟” ހިޔާން އެއްސެވެ. ލައިގެން ހުރި މެރޫން ކުލައިގެ ގަމީހަށް ބަލާލަމުންނެވެ. “މަށަށް ހީވަނީ ގިނަ މީހުން އެއަށް ކިޔާ އުޅެނީ ހަސަދައޭ…” ފައިލަމް އެހެން ބުނެ ހިޔާންގެ ލޮލަށް ބަލާލިއެވެ. ހިޔާންގެ ލޮލުން އެކަނިވެސް އިޒްކާން އާއި ނީޝަލް ދުރުކުރުވަން ބޭނުންވާ މިންވަރު އަންގައިދެއެވެ. * “ކައި… މިއަދު ހައިނާ ނޫނީ ރަނޫއަށް ގުޅާލައްޗޭ…” ހޮސްޕިޓަލަށް ވަންނަންވެގެން […]
* އެނދު ކައިރީ ހުރި މޭޒު މަތީގައި ދެ ނޫޑްލްސްތަށި ބަހައްޓަމުން ރޫހާން އިށީނދެ އެ އަންހެން ކުއްޖާގެ ހޭވިފައިވާ އިސްތަށިގަނޑު ރީތިކޮށްލާފައި އެ އޮމާން ކޯތާފަތުގައި ތުންފަތް ޖައްސާލީ އެ އަންހެން ކުއްޖާ ނުވެސް ވިސްނާ ހުއްޓައެވެ. ކަރަންޓުގައި ޖެހުނު ފަދައިން އެ އަންހެންކުއްޖާ ރޫހާން އާއި ދުރަށް ޖެހުނެވެ. “ނެޒެލީ…” ރޫހާން ގޮވާލިއެވެ. * ނެޒެލީއޭ ކިޔާ ރޫހާން ވާހަކަ ދެއްކި އަންހެންކުއްޖާ ފުރަތަމަ ފަހަރަށް އިސްއުފުލާ ބަލާލިއެވެ. ވަރުދެރަ އެ މޫނުމަތިން ހިތާމަވެރިކަން […]
“ނީޝް… އައި ސްޓޫޑް ބައި ޔުއަރ ސައިޑް… އެންޑް އައި ޑިޑް ނޮޓް ވޯކް އަވޭ.. ޔޫ ޕުޝްޑް މީ އަވޭ…” ރޫހާން އެ ޖުމްލަ ކިޔާލިއިރު އަޑުގައި ހުރި ވޭނީކަމުން އެކަނިވެސް މީހެއްގެ ހިތް ކުދިކުދި ކޮށްލަފާނެއެވެ. އެހެން އިރުކޮޅަކު ހުރުމަށްފަހު ރޫހާން ފޯނު ނެގިއެވެ. މާޔާގެ މެސެޖެއް ފެނުނީ މާ ފަހުންނެވެ. “އޭނަޔަށް ގުޅިޔަސް ހެޔޮ..” މާޔާގެ ކުރު މެސެޖް އިން ރޫހާން ހިނިތުންވެލިއެވެ. އެއީ އެ މެސެޖަކަށް އޭނާ އިންތިޒާރު ކުރި މެސެޖެވެ. […]
* ދަލުން ފޯވެފައިވާ އެ އަންހެން ކުއްޖާގެ މޫނަށް ރޫހާން ބަލާލިއެވެ. ރޫހާން ސިނގިރޭޓްގެ ކޮޅު އެ އަންހެން ކުއްޖާގެ ފަލަމަސްގަނޑުގައި ޖައްސާލުމުން ވޭނީ އާހެއް ބޭރުކޮށްލާފައި އެ އަންހެން ކުއްޖާ ދެލޯ ތަންމިނަށް ހުޅުވާލިއިރު އެދެލޮލުން ބިރުގަނެފައިވާ މިންވަރު ހާމަކޮށްދެއެވެ. ނުރައްކާތެރިގޮތަކަށް އެ އަންހެން ކުއްޖާގެ މޫނަށް ބަލަން ހުރި ރޫހާން އެއް މިޔަކަނުން ހިނިތުންވެލިތަން ފެނިފައި އެ އަންހެންކުއްޖާގެ ހިތުގެ ތެޅުން ބާރުވިއެވެ. “ހެއި ދެއަރ ލަވްލީ… ޔޫ ވޯކް އަޕް…..” އެ ކޮޓަރީގެ […]
* “އިށީންނަން ދިޔަސް އެންމެ ރަނގަޅު..” ލެކްޗަރާ ބުނެލިއެވެ. ނީޝަލް ޝުކުރު އަދާކޮއްފައި އިށީންނަން ދިޔައެވެ. ނީޝަލް އައިސް އިށީންނަންދެން އިޒްކާން ހުރީ ހިނިތުންވެލައިގެންނެވެ. “ޔޫ ޑިޑް ގްރޭޓް..” އިޒްކާން ތައުރީފު ކޮއްލިއެވެ. “ރިއަލީ..؟ ތޭންކްސް..” ނީޝަލްވެސް ހީނލިއެވެ. ހޫރީން ފާޑަކަށް އިޒްކާންގެ މޫނަށް ބަލާލިއެވެ. އިޒްކާންގެ މޫނުމަތީގައިވާ އުފާވެރިކަމުގެ ފަހަތުގައި ދެވަނަ މަގުސަދެއް ވާކަމަށް ހޫރީންއަށް ހީކުރެވުނެވެ. * ލެކްޗަރާ ކިޔަވައިދޭން ފެށުމުން އެންމެން ލެކްޗަރާއަށް ސަމާލުކަން ދިނެވެ. ލެކްޗަރާގެ ވާހަކަތައް އަޑު އަހަން ހުރިކަމަކު […]
* އިޒްކާން ވަށައިގެން ހޯދާލިއިރަކު ނީޝަލް ފެންނާކަށް ނެތެވެ. ދެކޮނޑު އަރުވާލާފައި އަދިވެސް ނީޝަލް ފެނޭތޯ ކުޑަކޮށް ހޯދާލާފައި އިޒްކާން ވެސް ކްލާހަށް ވަންނަން ދިޔައެވެ. ނީޝަލް އިސްތަށިގަނޑާއި ކުޅެމުން ކްލާސް ފެނޭތޯ ހިނގަހިނގާ ހުއްޓާ މީހެއްގެ ގައިގައި ލައިގަތެވެ. ބޮލަށް ވީ ތަދުން ބޮލުގައި އަތް ޖައްސާލާފައި ނީޝަލްއަށް ކުރިމައްޗަށް ބަލާލެވުނެވެ. * އޭރު ނީޝަލްގެ ކުރިމަތީގައި ހުރި އަންހެން ކުއްޖާވެސް ބޮލުގައި އަތް ޖައްސާލައިގެން ހުއްޓެވެ. އެ އަންހެން ކުއްޖާވެސް ނީޝަލްއަށް ބަލާލީ ހައިރާންވެފައި […]