* “މަރިޔަމް…. އަވްލީން އަލީ..؟؟؟” އައިޑީކާޑް ކިޔާލާފައި ކައިޔަންއަށް އެހުނެވެ. އަވްލީން ހިނިތުން ވެފައި ބޯ ޖަހާލިއެވެ. “ކުރަން ބޭނުންވާ ސުވާލެއް ކުރޭ..! ޖަވާބު ދޭނަން..” ކައިޔަން އަނގައޮރި ކޮށްގެން ހުންނަން ފެށުމުން އަވްލީން ބުނެލިއެވެ. “އަވްލީންއޭ..؟؟؟؟” ކައިޔަން ހުރީ އޮޅިފައެވެ. * ”އެކަމަކު.. އެކަމަކު.. މިއީ ކޮން ގޮތަކުން ކިހިނެތްވާނެ ކަމެއް..؟” ކައިޔަންއަކަށް ގަބޫލެއް ނުކުރެވުނެވެ. ”ކިޔައިދޭނަން.. އަޑުއަހައްޗޭ…” އަވްލީން އިށީނުމުން ކައިޔަންވެސް މަޑުމަޑުން އިށީނެވެ. *********** “އަޅުގަނޑަށް ކިޔަނީ މަރިޔަމް އަވްލީން އަލީ.. އަޅުގަނޑުގެ […]
* “އައި…………….” ހައިނާ އެ ވާހަކަ ބުނަން ވެގެން ފެށިއެވެ. * “އައިމް ޑޭޓިންގ އިކޫ….” ހައިނާ ބުނެލިއެެވެ. “އި.. އިކުވާން.. އިކޫ.. ހީ އާސްކްޑް މީ އައުޓް.. އެންޑް އައި ސެއިޑް ޔެސް..” ހައިނާ ކިޔައިދިނެވެ. “އޭނ..؟؟؟” ހާސްވެފައިވާ ވަރުން ހައިނާ ބުނި ވާހަކަ ކައިޔަންއަށް އިވުނީ ރަނގަޅަކަށެއް ނޫނެވެ. “ވީ އެއްޗަކީ މީގެ ދެ މަސް ހާ ދުވަސް ކުރިން ވީ ސްޓާޓެޑް.. އިހަކަށް ސިއްރު ކޮއްލައިގެން އުޅެން އަހަރެމެން ދެ މީހުންވެސް ބޭނުންވީ.. […]
* ކައިޔަން ކުޑަކޮށް މާޔޫސްވިއެވެ. ފެނިގެން އަނެއްކާ މިއުޅެނީ ޖިންނިއެއް ނޫންބާވައެވެ.؟ * ގޭޓު ހުޅުވުމުން ހީވީ ހަތަޔަކުން ކުޅަނދުރު ބައިގަނޑެއް އުދުހިގަތް ހެންނެވެ. އެހާވެސް ގިނަ ބެލެނިވެރިން އެކުއެކީގައި އެތެރެއަށް ވަންނަން ފަށައިފިއެވެ. އެކުއްޖާގެ ޚިޔާލުތަކުގެ ތެރޭގައި ގެނބިފައި ހުރި ކައިޔަން އަށް ބޯހޫރުވާލެވުނެވެ. ޒިވީންމެން މިއަދު އަވަހަށް ސްކޫލް ނިމޭ މަތިން ކައިޔަން ހުރީ ރަނގަޅަށް ވެސް ހަނދާން ނެތިފައެވެ. ވާނީވެސް އެހެންނެވެ. އެ ކުއްޖާގެ އަސްލު ނޭނގެނީސް ކައިޔަންއަށް ދެން ހަމަ […]
* “އަވީނާ ދައްތާ..” އެންމެ ފަހުން ކައިޔަންގެ ދުލުން ބޭރުވިއެވެ. * “ކައި.. ޔަން..” އަވީނާއަށް ބުނެވުނެވެ. ކައިޔަންއަށް ގޮސް އަވީނާގެ ގައިގައި އޮޅުލައިގަނެވުނެވެ. އޭރު އަވީނާގެ ލޮލުންވެސް ހޯސްލާފައި ކަރުނަތައް ފައިބަމުންދިޔައެވެ. ނުރޮއި ހުރި ކަމުގައި ވިޔަސް އަވީނާ ފެނުމުން ކައިޔަން އުފާވެފައިވާ ވަރު އެ މޫނު މަތިން ދައްކުވައިދެއެވެ. “ދޮންބޭ..! ކިހިނެތްވީތަ..؟ އަނެއްކާ ދޮންބެގެ އެކްސް އެއްތަ..؟” ދެންމެ ފެނުނު ބީރައްޓެހި އަންހެން މީހާގެ ގައިގައި އެހާ ގާތްކޮށް ކައިޔަން އޮޅުލައިގަނެގެން […]
* ކައިޔަންއަށާއި ޒިވީންއަށް ގެއަށް ފޯރުނުއިރު ކުރިމަތީގައި ހުރި ގެއަށް ބަޔަކު ބަދަލުވިކަމުގެ ނިޝާން ތައް ފެނެއެވެ. އެގޭގެ ގާތުގައި ޕާކުކޮއްފައި ބޮޑު ޕިކަޕެއް އޮތެވެ. އޭގެން ދެމީހަކުވެގެން މުދާތައް ބާލަމުންދިޔައެވެ. “ކޫލް.. އާ ނެއިބަރސް.. މިރޭ ވާނެ އެމީހުންނަށް ވެލްކަމް ކިޔަންދާން..” ޒިވީން ވަގުތުން ގޮތެއް ނިންމިއެވެ. ކައިޔަން ބޯޖަހާލިއެވެ. ކުއްލިއަކަށް ކައިޔަންގެ ލޮލުގައި އަޅައިގަތީ ކުރިމަތީގައި ހުރި ގޭގެ އުނދޯލީގައި އިށީނދެލައިގެން ހުރި އަންހެންކުއްޖެކެވެ. އެކުއްޖާ ހުރީ ފުރަގަސްދީގެންކަމުން އެކުއްޖާގެ މޫނު ރަނގަޅަކަށެއް ނުފެނެ […]
“އާދޭ އަތްލަން.. ޔަގީން ނާތްލެވޭނެކަން…” އަތިރިމަތީގެ ހުދު ދޮންވެލިގަނޑުމަތީގައި ވައިރޯޅިއެއްހާ ބާރަށް ދުވެފައިދަމުން ކައިޔަން ބުނެލިއެވެ. “ކައީ! މަޑު…” ކައިޔަންގެ ފަހަތުން ދުވެފައި އައި ރަނާ ވަރުބަލިވެގެން ދޮންވެލިގަނޑުމައްޗަށް ވެއްޓިގަތެވެ. ފަހަތުން އައި އިކުވާން އިށީނދެގެން އިން ރަނާގެ ގައިގައި ޖެހި އިދިފުށަށް ވެއްޓުނެވެ. ކައިޔަންއަކީ ސަތާރައަހަރުގެ ކުއްޖެކެވެ. އެންމެންވެސް ކައިޔަން ސިފަކުރަނީ ރަސްކަލެއްގެގޮތުގައެވެ. އެހެން ނުވާންވީ ސަބަބެއްނެތެވެ. ބިޔަ ހަށިގަނޑާއި ރީތިކަމުންވެސް ކައިޔަންގެ ނަންވަނީ މަޝްހޫރު ވެފައެވެ. ދިގުވެފައިވާ ބުޅި އިސްތަށިގަނޑު ފަންކަމުން ޖެހޭ ކުދި […]
* ”އަޝާން..! އުލްޔާ..! މިހާރު އެތެރެއަށް ވަދޭ..” ލަހުފާ ބާރަކަށް ގޮވާލިއެވެ. ކައިޔަންއާއި ޒިވީން އެއަޑަށް ދިނީ ބީރު ކަންފަތެކެވެ. “އަޅާނުލާ.. އަހަރެމެންނަށް މާފަސޭހައެއްނު.. ލަހުފާގެ އުފަންވާންއޮތް ދަރިޔައްޓަކައި މަޑުކުރޭ.. އެމީހުން ދާތާކަށް ގޮސްގެން އުޅެފާނެ.. މަގުމަތީގައި ނިދާފާނެ.. ޑަސްބިން ތަކުން ކައި އުޅެފާނެ.. ކިސަޑުން ފެން ބޮއިފާނެ.. ފެންވަރާނުލާ ގަދަ އަވީގައި ތެޅިފާނެ.. ނިކަމެތި ކަމުގެތެރޭގައި މަރުވެގެން ގޮސް ކުނިވެދާނެ..” މުޖާހިދު ލަހުފާގެ އަތުގައި ހިފާ ކޮޓަރީގެތެރެ އަށް ވަނެވެ. ބޭރުގައި ޕާކުކޮއްފައިވާ ކަޅުކުލައިގެ ޕްރައިވެޓްކާރަށް […]