* އިޒްކާން ތެދުވެ އުޑުމަތީގައި ތަރުތީބެއް ނެތި އުކާލެވިފައިވާ ތަރިތަކަށް ބަލާލިއެވެ. “ނީޝަލް..” އިޒްކާންއަށް ވައިއަޑުން އެ ނަން ކިޔާލެވުނެވެ. އަދި ޓީޝާޓުގައި ހަރުލާފައި އޮތް ކެވެލިކޮޅު ވަރަށް ބަލައިގެން ޓީޝާޓާއި ވަކިކޮށްލިއެވެ. “އިޒް ދެޓް ރިއަލީ ޔޫ..؟” އިޒްކާންއަށް އަހާލެވުނެވެ. * ޖެހިގެން އައި ދުވަހު ހެނދުނު ހެނދުނާއި ނީޝަލް ތެދުވިއެވެ. ހެނދުނު އަވަހަށް ހޭލުމަކީ ނީޝަލްގެ ގައިގައި ހަރުލާފައިވާ އާދައެކެވެ. ކުޑަ ގޮތަކަށް ފެންވަރާލައިގެން ނީޝަލް ލީ އަޅި ކުލައިގެ އަތްދިގު ޓީޝާޓަކާއި ކަޅުކުލައިގެ […]
* ކުއްލިއަކަށް މީހަކު ދޮރުގައި ޓަކި ޖެހިއެވެ. “އަހަރެން ދޮރު ހުޅުވަން މިދަނީ..” އައިން ތެދުވާން އުޅުނުތަން ފެނުމުން ނީޝަލް އަވަސްއަވަހަށް ތެދުވިއެވެ. އަދި ގޮސް ދޮރު ހުޅުވާލިއެވެ. “ނީޝް..!!!” ދޮރު ހުޅުވާލުމާއި އެކީގައި މީހަކު އޭނާގެ ނަމުން ގޮވާލުމުން ނީޝަލްގެ ހިތް ތެޅިލައިގެން ދިޔައެވެ. ލަސްލަހުން ކުރިމަތީގައި ހުރި މީހާގެ މޫނަށް ނީޝަލްއަށް ބަލާލެވުނެވެ. * “ކުޑާ..!!” ނީޝަލްއަށް ކުރިމަތީގައި ހުރި ޒީޝްގެ ގައިގައި އޮޅުލައިގަނެވުނެވެ. “ނީޝީ..” ޒީޝް ވެސް ނީޝަލްގެ ގައިގައި ހަމަ އެހާ […]
*ނީޝަލް ކޮނޑާއި ހަމައަށް އަރާވަރުގެ ވަށާފާރު މަތީގައި ބަހައްޓާފައި ހުރި ކުޑަ ދަބަސް ނަގަންވެގެން އަތް ދިމާކޮށްލި ތަނާހެން މީހެއްގެ ގައިގައި ލައިގަތެވެ. ދުވެފައި ދިޔަ އިޒްކާންއަށް މީހެއްގެ ގައިގައި އޭނާ ޖެހުނުކަމުގެ އިހުސާސް ކުރެވުނެވެ.* ލިބުނު ސިހުމާއި އެކީގައި ނީޝަލްއަށް ފްރެންޗް ބަހުން ދެތިން ޖުމްލައެއް ބުނެލެވުނެވެ. ނީޝަލްއަށް ވެއްޓެންދިޔަ ވަގުތު ހިފާ ބާރުކޮށްލެވުނީ ކުރިމަތީގައި ހުރި މީހާގެ ޓީޝާޓުގައެވެ. އިޒްކާންއަށްވެސް ބޭއިޚްތިޔާރުގައި ކުރިމަތީހުރި ކުއްޖާގެ ކޮނޑުގައި ހިފާ ކުއްލިއަކަށް ގަޔާ ކައިރި ކޮށްލެވުނެވެ. އެކުއްޖާ […]
ފެންނަމުން ދިޔައީ ފްރާންސްގެ ހޮސްޕިޓަލެކެވެ. އެކިއެކި ޑޮކްޓަރުންނާއި ނަރުހުން ހަރަކާތްތެރިވަމުން ދިޔައިރު އެތަނުގައި ތިބި ބަލި މީހުންގެ އަދަދު ވެސް ވަކި މަދެއް ނޫނެވެ. އެގާރަ އަހަރުގެ އިޒްކާން ކުރިއަށް ދިޔައީ ލަސް ހިނގުމެއް ގައެވެ. ދެލޮލުން ހޯސްލާފައި ފައިބަމުން ދިޔަ ކަރުނަތައް އެކުޑަ ދެއަތުން ފޮހެމުން އިޒްކާން ކުރިއަށް ދިޔައިރު ބަލާލާ ކޮންމެ މީހެއްގެ ލޮލުންވެސް ފާޅުވަމުން ގެންދަނީ ހަމްދަރުދީއެވެ. މަޑުމަޑުން ރޮމުން ދިޔަ އިޒްކާން ގޮސް އިށީނީ ކައިރީގައި ހުރި ގޮނޑިއެއްގައެވެ. އޭރުވެސް އިޒްކާންގެ […]
“ކައިޔަން.. ކައިޔަން..” މާޔާގެ ދުލުން ބޭރުވަމުން ދިޔަ ނަން ވެހެމުން ދިޔަ ވާރޭގެ ތެރެއިންވެސް ސާފުވަމުން ދިޔައެވެ. ބޯކޮށް ވެހެމުންދިޔަ ވާރޭ ތެރޭގައި ހުދުކުލައިގެ ފައިތިލައާއއި ހަމައަށް އަރާވަރުގެ ދިގު ހެދުމެއް ލައިގެން މާޔާ އިނީ ފްރާންސްގެ ހިސާބެއްގައި ހުރި ޕާރކެއްގެ ތެރޭގައި ބަހައްޓާފައި ހުރި ބެންޗްގައި އިށީނދެލައިގެންނެވެ. ކޯތާފަތުގައި ބޮސްދީފައި އޮހޮރެން ތައްޔާރަށް ހުރި ކަރުނަތައް ކޮންޓްރޯލް ކުރަންވެގެން ތުންފަތުގައި ދަތް އަޅާލައިގެން އިން މާޔާގެ ދެލޮލަށް ބަލާލި މީހާއަށް ވެސް އެ ދެލޮލުގައިވާ ވޭނާއި […]
To all my dearest readers… I am really sorry for being late on the updates of –Ekujja S2-… After a week or 2 I uploaded the last part of –Fiya Faiyh- story, my exams and re-assessments started… That is the main reason why I couldn’t upload –Ekujja S2-… I am really sorry… But my exams […]
* “ޒައިލީން ބޭނުންވާގޮތަށް އެންމެފަހުންވީ.. އައުލްކީން ބަލިވެއްޖެ. އަހަރެންގެ ނިމުންވެސް އައިސްފި ޒައިދާންއާއި އަލްޔާވެސް އޯކޭ.. ހެއިލަންވެސް ސަލާމަތް ކޮއްދެވިއްޖެ.. ޒައިލީންއަށް އަމިއްލަ ހަޔާތް ލިބިއްޖެ.. ޖިންނިއަކާއި ނުލާ އަމިއްލަ ދުވަސްތައް ވޭތުކޮއްލުމުގެ ނަސީބު އަލުން ލިބެނީ.. އަނބުރާ ނޯމަލްވަނީ.. އިތުރަށް އައުލްކީންއެއް ނާންނާނެ.. އަހަރެންނާއި ކުރިމަތިލާފައި ދެން ރޯކަށް ނުޖެހޭނެ.. ކަންބޮޑުވާވަރު ކަމެއް ދުވަހަކު ނުވާނެ.. އަބަދުވެސް އުޅެވޭނީ އުފަލުގައި.. ދެރަވުމެއް ހިތާމަކުރުމަށް އަބަދަށް އަލްވަދާއު ކިޔާލަން ތައްޔާރުވޭ… އަނބުރާ ކަންތައް ރަނގަޅުވެއްޖެ.. ހެއިލަންއާއެކީ ދެން […]
* “އެހެންވިއްޔާ ވިންގް ބޯއީގެ ޕްރިންސެސްއަކީ އެ ދައްތި ތަ..؟” މައުސޫމު ގޮތަކަށް އެމީލިޔާ ޒައިލީންއާއި ދިމާލަށް އިނގިލި ދިއްކޮށްލާފައި އެއްސެވެ. ހީހީ ބަލިވާވަރުވެފައި ހުރި ޒައިދާން އާއި އަލްޔާގެ ޝައުގުވެރި ކަން އެ ޖުމްލަ ދަމައިގަތް އިރު ހެއިލަން ހުރީ ނޭވާ ހިފާއްޓާލައިގެންނެވެ. އެމީލިޔާ އަހާލި ސުވާލު އަޑު އިވުމުން ހޭންހުރި ޒައިލީންއަށް ހުނުން ހުއްޓާލެވުނެވެ. އެއްމިޔަކަނަކަށް ހީނލައިގެން ހުރި ރަވިކާންއަށް ޒައިލީންގެ ލޮލަށް ބަލާލެވުނެވެ. ވަގުތުން ދެމީހުންގެ ހަތަރުކަޅި ބައްދަލުވިއެވެ. * ސިކުންތުކޮޅެއް ނުވަނީސް […]
* ރަވިކާން ބުމަ ގޮށްޖަހާލީ ކުޑަދޮރަށް އެޅުނު ހިޔަނި ފެނިފައެވެ. ޒައިލީން އެނބުރި ބަލާލީ އޭނާއަށް ހުރެވުނީ ކުޑަދޮރަށް ފުރަގަސް ދީގެން ކަމުންނެވެ. ނަމަވެސް ރަނގަޅަށް ބަލާ ނުލެވިގެން އުޅެނިކޮށް ކުއްލިއަކަށް ރަވިކާން ޒައިލީންގެ އަތުގައި ހިފާ ގާތަށް ދަމައިގަތެވެ. ރަވިކާން އަވަސްއަރުވާލާފައި ދަމާލިގޮތުން އަތަށް ތަދުވި ނަމަވެސް ޒައިލީންގެ ބޮލުގައި ޖަހާލީ ނުރައްކާތެރިކަމުގެ ރަނގަބީލެކެވެ. ކަމެއްވާން އުޅޭހެން ހީވެގެން ޒައިލީންގެ ހިތް ތެޅިގަތީ އެހެނެއް ބަލާފައެއް ނޫނެވެ. ދެން ޒައިލީންގެ ކަންފަތުގައި ޖެހުނީ އާދިޔަންގެ ހުނުމުގެ […]