އެކުއްޖާ 2 – 14
* “ނީޝް.. ނީޝް ލޯބިވަނީ މި ފިރިހެނާ ދެކެ..؟” ރޫހާންއަށް ހިތާހިތުން އެހެން އަހާލެވުނުއިރު އަތް މުށްކަވާލެވިއްޖެއެވެ. އިޒްކާން ޖީބަށް އަތްޖަހާލައިގެން ދިޔައިރު ރޫހާންގެ އެ ކަޅިއެޅުމުން އިޒްކާން ފިއްސާލަން އުޅޭފަދައެވެ. އެންމެފަހުން ކެތްނުވެގެން ރޫހާން އެދިޔަގޮތަށް އިޒްކާންގެ މޫނުމަތީ ގައިހުރި ބާރެއްލާފައި ޖެއްސެވެ. “އެއީ.. އެއީ މަގޭ މީހެއް… ކަލޭ އޭނައާއި ގާތްވާން ނޫޅޭ..!!” އައިސްފައިވާ ރުޅިން ރޫހާން ހަޅޭއްލަވައިގަތެވެ. *
އައި ރުޅިން އިޒްކާން ރޫހާންގެ މޫނަށް ކަޅިއަޅާލިއެވެ. އަދި އަޅާވެސްނުލާ ކުރރިއަށް ހިނގައިގަތެވެ. ވީތަދުން ރޫހާންގެ ކޯކަށިގަނޑު ފުނޑޭވަރަށް އެތިފަހަރެއް ޖަހަން ބޭނުންވިނަމަވެސް އެވަގުތުވ އަތިރި މަތީގައި ފުދޭވަރަކަށް މީހުން ހުރުމާއި އެކު އިޒްކާން ބޭނުންވީ ތަޅާފޮޅުމެއް ނުހިންގާވޭތޯއެވެ. ރޫހާން ވެސް އިތުރަށް އިޒްކާން ގާތުގައި މަޑުކުރާކަށް ނޫޅުނެވެ. އަނބުރާ އައިކޮޅަށް ހިނގައިގަނެފިއެވެ. ހިޔާންގެ ކަންކަމާއި ބޯގޮވާފައި ހުއްޓާ އަނެއްކާ ރޫހާން އައިސް އިޒްކާންގެ ރުޅި އަރުވާލައިފިއެވެ. ހަމަ ރަނގަޅަށް ވެސް އިޒްކާން ހުރީ ބޯގޮވާވަރުވެފައެވެ.
އަސުރަށް ގޮވަން އުޅުނު ވަގުތެވެ. ނީޝަލް ގޭތެރޭ ލާފަދަ ދޫ ހަރުވާޅަކާއި އަތްދިގު ޓީޝާޓެއް ލައިގެން ބަދިގޭގައި ހުރީ ޒިވީންއަށް ހަވީރުގެ ސައި ހަދަން އެހީވާށެވެ. އޭރު އަލާން އައިސް ގެއަށް ވަންނަނީއެވެ. “ޒިވީ.. ނީޝް.. ހާދަ ބުރަކޮށްލައިގެން..؟” އަލާން އެއްސެވެ. “އެލަން އާއި ޒާއިން އަންނަންވާއިރަށް ހަވީރުގެ ސައިފޮދު ތައްޔާރު ކުރަނީއެއްނު..” ޒިވީން ބުނެލިއެވެ. “ޔަމް ވަރަށް މީރު ވަސްދުވާ އެބަ… މިހާރުވެސް ބަނޑުހައިވެއްޖެ..” އަލާންގެ މިސްރާބު ހުރީ މޭޒުމަތީގައި ހުރި ޑޯނަޓް ތަކާއި ދިމާލަށެވެ. “އޭތް ތި އަދި ނުކާނެއޭ.. އަދި ޗޮކްލެޓްވެސް ނާޅަން ޑޯނނަޓްތަކަކަށް..” އަލާން ޑޯނަޓް ތަކާއި ކައިރިވުމުން ޒިވީން ހަޅޭއްލަވައިގަތެވެ. އަލާން ދެކަންފަތުގައި އަތްއެޅިއެވެ. އަދި ގޮތް ދޫނުކޮށް ޑޯނަޓްތަކާއި ކައިރިވިއެވެ. “ދެން އަޅޭ… މަށަށް ޔަގީން ޒުކާނންވެސް އެލަންއަށްވުރެ ބަސް އަހާނެކަން..” ޒިވީން ތުންދަމާލާފައި ދެރަވާކަމަށް ހެދުނެވެ. ތުންފަތުގައި ދަތްއަޅާލާފައި އަލާން އަވަހަށް ޑޯނަޓްތަކާއި ދުރަށް ޖެހުނެވެ.
ޒިވީން އާއި އަލާންގެ މެދުގައި ކުޅެވެމުން ދިޔަ ޑްރާމާ ބަލަން ނީޝަލް އިނީ އެތެރެއިން ހީލަހީލައެވެ. އޭރު ޒީޝް ކޮޓަރިން ނުކުންނަނީއެވެ. އެކެއް ޖެހިއިރު ރޮއިރޮއިފައި ނިދި މީހާ އެ ހިއްލާލީ ތިނެއް ޖަހަނިކޮށެވެ. “ގޮވާލިނަމަ.. ގަޑިން ކިހާވަރެއްތަ..؟” އާފުރިލާފައި ޒީޝް އެއްސެވެ. “ގަޑިން މިހާރު.. ތިނެއް ޖަހަނީ..” ބޯއަރިކޮށްލަމުން ނީޝަލް ގަޑިއަށް ބަލާލާފައި ބުނެލިއެވެ. ޒީޝްގެ ރަތްވެފައިވާ ދެ ލޮލަށް ބަލާލާފައި ޒިވީންގެ ހިތަށް ތަދުވިއެވެ. އަލާންވެސް ތުންފަތުގައި ދަތްއަޅާލިއެވެ. އަމިއްލަ ލޭގެ ކޮއްކޮއަކަށް ނުވިޔަސް އަލާން އެވަރަށް ޒީޝްދެކެ ލޯބިވެއެވެ.
ނީޝަލް ކޮޅަށް ތެދުވާން އުޅުނެވެ. ޒީޝްގެ ގާތަށް ދާށެވެ. އެއަށްވުރެ ކުރިން ޒޒިވީން ގޮސް ޒީޝް ސޯފާގައި ބައިންދާފައި ޒީޝްގެ ކައިރީގައި އިށީނެވެ. އަލާންވެސް ގޮސް ޒީޝްގެ ގާތުގައި އިށީނެވެ. ނީޝަލްވެސް އައިސިންގ ބޭގް ބާއްވާފައި ގޮސް ސޯފާ ކުރިމަތީގައި ކުޑަކަކޫ ޖަހާލައިގެން އިށިނެވެ. “ޒީޝް.. ތިއްތަ މިއީ ބްރޭކްއަޕްގެ އެކްސްޕަރޓެއް ނޫން.. އެކަމަކު ތިއްތައަށް އިނގޭ އެއްޗަކީ ޒީޝް އެމީހަކަށް އެންމެ ބޭނުންވި ދުވަހު ދޫކޮށްލާފައި ދިޔަ މޮޔައަކަށްޓަކައި އެންމެ ކަރުނަތިއްކެއް ވެސް ބޭކާރު ކޮށްލާކަށް ނުވާނެކަން.. ކޯޗެކޭ ބުނީ.. ރައިހާންއެކޭ ދޯ އޭނައަށް ކިޔަނީ..؟” ޒިވީން އެ ނަން ކިޔާލުމުން ނީޝަލްގެ ބޮލުގައި ރިހުމެއް އުފެދުނެވެ. ނަމަވެސް ޒީޝްއަށްޓަކައި ކެތްކޮށްލައިގެން ނީޝަލް އިނެވެ
ޒިވީން އެހެން ބުނެލުމާއި އެކީގައި ޒީޝްގެ ބަޑިފަޅައިގެން ދިޔައެވެ. ޒިވީންގެ ކޮނޑުގައި ބޯ އަޅައިގެން އޮވެ ޒީޝް ރޮމުން ދިޔަވަރަކަށް ޒިވީން ޒީޝްގެ ބުރަކަށީގައި ފިރުމަމުން ދިޔައެވެ. “އެއީ ތެދެއް ބޭބީ.. ތިބުނާ ރައިހާންއަށް ނޭނގޭ އެއްކަމެއް އެބައޮތް..” އަލާން އެހެން ބުނެލުމުން ޒީޝް ރުއިން ހުއްޓާލިއެވެ.
އަދި ގިސްލަމުން އަލާންގެ މޫނަށް ބަލާލިއެވެ. “ރައިހާން.. އަދި އޭނަޔަށް ދުވަސްކޮޅަކުން ވިސްނޭނެ އޭނަގެ އަތުގައި އޮތް ޖަވާހިރު ގެއްލުނީކަން އޭނަ ބޭކާރު ގާތަކެއް ހޮވަނިކޮށް…” މާނަފުން ޖުމްލައެއް ބުނެލާފައި އަލާން ޒީޝްގެ ބޮލުގައި ފިރުމާލިއެވެ. ޒީޝް ނީޝަލްގެ ގައިގައި ބައްދައިގަތެވެ. ޒިވީން އާއި އަލާން ދެފަރާތުން ބައްދާލިއެވެ. އެވަގުތު ވެގެން ދިޔައީ ޒުކާންވެސް ކޮޓަރިން ނުކުމެގެން އައި ވަގުތެވެ. ސޯފާގައި އެންމެން އެކުގައި ބައްދާލައިގެން އިނުމުން އެ ޅަ ހިތަށްވެސް އަސަރު ކުރީ ކަންނޭނގެއެވެ. އަލާން އާއި ޒިވީންގެ އަތްތައް ތެރެއިން ފުރޭނިގެން ކަހަލަގޮތަކަށް ވަދެ ޒީޝްގެ ގައިގައި ބައްދައިގަތެވެ.
“މިއަދު ބަލަން އުޅުނު ފިލްމްވެސް ނުބެލުނީއެއްނު..” ހޫރީން ފޯނުނަގާ ނީޝަލް އާއި އިޒްކާންއަށް މިއަދު ކެންސަލްކަމަށް އަންގާލާފައި ބުނެލިއެވެ. ހޫރީން ސީ ވީޑް ފެހިކުލައިގެ ހެދުމަކާއި ޑެނިމް ޖިންސެއް ލައިގެން ކޮޓަރިން ނުކުތް ވަގުތާއި އަނގަޔަށް ސިނގިރޭޓެއް ޖަހާލަމުން ހިޔާން ނުކުތް ވަގުތު ވެގެން ދިޔައީ އެއް ވަގުތުކޮޅަކަށެވެ. “އައްޗީޑި ދެން ދޮންބޭ..! މަންމައަށް އެނގިއްޖެއްޔާ ދޮންބެގެ ދުވަސްދާނެ..” ހިޔާންގެ އަނގަޔަށް ޖަހާލި ސިނގިރޭޓަށް އިޝާރާތް ކޮށްލާފައި ހޫރީން ބުނެލިއެވެ.
“މަންމައަކަށް ނޭނގޭނެއޭ.. ދޮންބެއަށް އަށާރަ ވެއްޖެ އެހެންނޫނަސް..” ހިޔާން ބުނެލިއެވެ. “ދެން އަށާރަ އަހަރު ވިޔަސް އޭގެ މާނައެއް ނޫންދޯ ސިނގިރޭޓް ބޯންވިއްޔޭ..؟” ހޫރީން ހުރީ ހިޔާން ސިނގިރޭޓް ބޯތީ ހިތްހަމަނުޖެހިފައެވެ. “ސާބަހޭ.. މަންމައަށް ނުވެސް އިނގޭނެ… މަންމައަށް އިނގޭނީ ހަމައެކަނި މީހަކު ބުނިއްޔާ.. ދޮންބެ ސިނގިރޭޓް ބޯކަން އިނގޭނީ އިޒްކާންއަށް.. ދެން އާހިލަށް.. ދެން ހޫރުޕަރީއަށް… ދެން ފައިލަމަށް.. ދެން އެނގޭނީ އައިހަމްއަށް..” ހިޔާން ލިސްޓެއް ކިޔާލިއެވެ. އައިހަމްގެ ނަން އިވުމާއި އެކީގައި ހޫރީން މިއަދުގެ ހާދިސާ މަތިން ހަނދާންވިއެވެ. ހޫރީން ގެއްލިފައި ހުރުމުން ހިޔާން ދެތިންފަހަރަކު ހޫރީންގެ މޫނުމަތީގައި އަތް ހޫރާލިއެވެ. އެވަރުންވެސް ހޫރީން ހުރީ ޚިޔާލަކަށް ގެއްލި ހުސްވެފައެވެ. ހިޔާން ހޫރީންގެ ކަންފަތްބުޑުގައި ފުއްޓަތްކެއް ޖަހާލުމާއި އެކީ ހޫރީން ސިހިފައި އަވަހަށް ނުވާކަމަށް ހަދާލިއެވެ. “އޭ ކިހިނެތްވީ..؟ ކޮން ޚިޔާލެއްގައި..؟ އަނެއްކާ ދޮންބެގެ ފޮނި ހޫރުޕަރީއަށް ލޯބިވާކުއްޖެއް ލިބުނީތަ..؟” ހިޔާން އެހެން ބުނުމާއި އެކީގައި ހޫރީން އަވަހަށް ދުރު ބަލާލިއެވެ.
“ދެންމެ އެ ލިސްޓް ކީއިރު ކޮންމެވެސް މީހަކާއި ދޭތެރޭ ވިސްނަން ހުރީދޯ.. ކާކުބާ..؟ ދެންމެ މަށަށް މި ކިޔުނީ… އިޒްކާން.. ފައިލަމް.. އާހިލް.. އައިހަމް.. މިތަނުން މީހެއްދޯ..؟ ގައިމުވެސް އާހިލްގަނޑެއް ނޫން… އެއީ ޅަ ބޭބީއެއް.. ދެން ހުރީ ފައިލަމް.. މިރަށު އެންމެންނަށްވެސް އިނގޭނެ އެއީ ތާކުހުރި ޕްލޭބޯއިއެއް ކަން… އެކަން އެނގިހުރެ ހޫރުޕަރީ ފައިލަމަށް ހިތްކިޔާނެހެންނެއް ހިޔެއް ނުވޭ.. ދެން ކިހިނެތްތާދޯ އިނގޭނީ.. ހަމަ ލޯބިވެވިދާނެ..” ހިޔާން އަމިއްލަ ޚިޔާލީފޮލާ ކައްކަމުން ދިޔައެވެ. “ދެން މަ ކީ އިޒްކާން.. އަނެއްކާ އޭނައެއް ނޫންދޯ..؟ މަގޭ ބެސްޓް ބަޑީ މިގެއަށް މަގޭ ޅިޔަނުގެ ގޮތުގައި އަންނަން އުޅެނީބާ އަނެއްކާ..؟” ހިޔާން އެ ޚިޔާލީފޮލާގެ ރަހަ ތަފާތު ކުރަމުން ގެންދިޔައެވެ.
“އެންމެ ފަހަށް މަށަށް ކިޔުނީ އައިހަމް.. ސިފައަށް ބަލާނަމަ ފައިލަމުގެ ތަތްގަނޑެއް… އެކަމަކު އެއީ އެންމެ މަޑުން ހުންނަ ސޮރު.. ދުވަހެއް ކޮޅުން އަންހެންކުއްޖަކާއި ދިމާލަށް ވަށްކަޅިންވެސް ބަލާލާފައި ނުވާ މީހާ މިއަދު އަންހެންކުއްޖެއް ދެކެ ލޯބިވާކަން ހާމަކޮށްފި..” ހިޔާން އެހެން ބުނުމުން ހޫރީން ކުޑަކޮށް ސިހުނެވެ. އެކަމާއި ހުރެ ހޫރީންވެސް ހައިރާންވިއެވެ. އައިހަމްގެ ނަން ބުނުމުން ހޫރީންއަށް ކޮން ކަމެއް ހެއްޔެވެ.؟ އައިހަމް އޭނާ ލޯބިވާ މީހެއްދެކެ ލޯބިވެދާނެ ނޫންހެއްޔެވެ.؟ ހޫރީން އަވަހަށް ސަމާލުކަން ދިނީ ހިޔާންއަށެވެ. އަނެއްކާ އެހެން ޚިޔާލުތަކެއްގެ ތެރެއަށް ގެއްލިދާކަށް ހޫރީން ބޭނުމެއް ނުވެއެވެ. “މި ހަތަރު މީހުން ތެރެއިން ކާކުބާ..؟” ހިޔާން ޚިޔާލީފޮލާ ކައްކާ ނިންމާލިއެވެ.
“ސާބަހޭ ދޮންބޭ… މަ ހުރީ އެސައިންމެންޓާއި ދޭތެރޭ ވިސްނާށޭ… ހަތަރު ދުވަސް ފަހުން އެއީ ބުރާސްފަތި ދުވަސް… މަ އަދި ނުވެސް ފަށަން..” ހޫރީން އަވަހަށް ބުނެލިއެވެ. އަސްލު ވިސްނަން ހުރީ މިއަދު އޭނަޔާއި އައިހަމް އާއި ބައްދަލުވި ގޮތުގެ މަތިން ނަމަވެސް ހިޔާން އެއްވެސް ގޮތަކުން ދިމާކޮށްފާނެތީ ހޫރީންއަށް ތެދުހަދާކަށް ނުކެރުނެވެ. “އެހެންނޫނަސް ދޮންބެ ލޯބިވާ ކުޑަކުޑަ ހޫރުޕަރީ މަންމަ ގާތުގައި ދޮންބެ ސިނގިރޭޓް ބޯ ވާހަކައެއް ނުވެސް ބުނާނަމެއްނު ދޯ..؟” ހިޔާން ވަރަށް ރާގު ލާފައި ބުނެލިއެވެ. ބުނެލީކީއެއް ނޫނެވެ. ނުގޮތަކަށް ހައިނާގެ ގާތުގައި ހޫރީން އެވާހަކަ ނުބުނާނެކަމުގެ ޔަގީންކަން ހޯދީއެވެ. “އޯކޭ އޯކޭ މަ ނޫޅެން މަންމަ ކައިރީ ދޮންބެ ސިނގިރޭޓް ބޯ ވާހަކަ ކުޓުވާކަށް.. އެކަމަކު ގޭތެރޭ ނޫނީ މަގޭ ގާތުގައި ތި ބޮއިފިއްޔާ މުޅި ރަށަށް އިވޭވަރަށް ތި ވާހަކަ ބުނާނަން…” ހޫރީން އިންޒާރު ދިނެވެ.
“ހޫރުޕަރީ ކޮންތާކަށް ތި ދަނީ..؟” ގެއިން ނުކުންނަން ދަމުން ހިޔާން އެއްސެވެ. “މަ މިއުޅެނީ އެ މަ……” އަވަސް އަރުވާލަން ހަދައިގެން ހޫރީންއަށް މައިހާ ގެއްލުނު ދިމާލަށޭ ނުބުނެވުނީ ކިރިޔާއެވެ. “މައި ކޭކްސް ކެފޭއަށް ދާންވެގެން…” ހޫރީން ބުނެލިއެވެ. މައި ކޭކްސް ކެފޭ އާއި މައިހާ ގެއްލުނު ދިމާއަކީ ފުދޭވަރަކަށް ގާތުގައި ހުންނަ ދެތަނެވެ. “ޔަގީނޭ ކޮންމެވެސް މީހަކާ މީޓުކުރަންކަން.. ދޮންބެ ދަންތަ ލައިދޭން..؟ އެކަނި ދާކަށް ނުވާނެ.. މިހާރު އަންހެން ކުދިން ވަރަށް އެބަ ކިޑްނެޕް ކުރޭ…” ސިއްރު ހިނިތުންވުމެއް ހީނލާފައި ހިޔާން ބުނެލިއެވެ. ދެކޮޅު ހެދުމެއް ނެތި ހޫރީން އެއްބަސްވިއެވެ. ފައިމަގުގައި ހިނގާފައި ދިޔުމަށްވުރެ ސައިކަލުގައި ދިޔުމުން މާ ރަނގަޅުވާނެއެވެ.
ހިޔާން ސައިކަލުގައި ގޮސް މައި ކޭކްސް ކެފޭ ކުރިމަތީގައި މަޑުކޮށްލުމުން ޒާތަކަށް ހީނލާފައި ހޫރީން އެތެރެއަށް ވަންނަން ހިނގައިގަތެވެ. އެވަގުތު އެތެރޭގައި ހުރި މީހާ ފެނިފައި ހިޔާންގެ ހިނިގަނޑު ފަޅައިގެން ދިޔައެވެ. “އޭ ބަލަ ހޫރުޕަރީ… ހޫރީން މީނަޔާ ބައްދަލުކުރަން ވެގެންތަ މިތަނަށް އައިސް ތިއުޅެނީ..؟” ހިޔާން ހީނހީނފައި އެހެން އެހުމުން ހޫރީންގެ ހހިތުގެ ތެޅުން ފަންސާސްގުނަ ބާރުވިއެވެ. އަވަސްނޭވާތަކެއް ބޭރު ކުރަމުން ހޫރީންއަށް ކެފޭތެރޭ ހުރި މީހާއަށް ބަލާލެވުނެވެ.
ހަވީރު ސައިބޮއިގެން ނީޝަލް އާއި ޒީޝް ހުރީ ބޭރު އުނދޯލީގައި އިށީނދެލައިގެންނެވެ. އުނދޯލި ކުރިމަތީގައި ހުރި ބޮޑު ފޭރު ގަހުގައި އެލުވާފައިވާ ހެއްލާ ޖޯލީގައި ނައިލް އޮތެވެ. ކޮންޓެއިނަރއެއްގެ ތެރެއަށް ފެތިފައިވާ ސްލައިމް ގަނޑެއް ހެންނެވެ. އުނދޯލީގައި އިންނައިރު ނީޝަލްގެ އިސްތަށިގަނޑު ތިރީގައިވާ ވެލިގަނޑުގައި ކޭއްތޭވަރުން ނީޝަލް ހުރީ އިސްތަށިގަނޑު ކުރިމައްޗަށް ގެނެސް އުނގުގައި ފަތުރާލައިގެންނެވެ. ވައިލެޓް ކުލައިގެ ނެއިލްޕޮލިޝް ޖައްސާފައިވާ ނިޔަފަތިތަކަށް ބަލަން ހުރެފައި ޒީޝް ނައިލްގެ މޫނަށް ބަލާލިއެވެ.
ނީޝަލް އާއި ޒީޝް އުނދޯއްޔަށް އައީ ނައިލްގެ އެދުމަށެވެ. ބޮޑު ވާހަކައެއް ބުނަން އޮތްކަމަށް ނައިލް ބުނުމުން ތެޅިގަނެފައި ފެންވަރައިގެން ޒީޝްއާއި ނީޝަލް އެތަނުގައި ހުރީ އެހެންވެގެންނެވެ. “ނައިލް އިޓްސް އޯކޭ.. ނައިލް އެވާހަކަ ދޮންތިމެން ކައިރީގައި ބުނަން ރެޑީވެވުނީމައި ބުންޏަސް އޯކޭ..” ނީޝަލް ބުނެލިއެވެ. “އެ ވާހަކަ ބުނަން މަ ތައްޔާރޭ.. އެ ވާހަކަ ކިޔައިދޭން ފަށާނެގޮތެއް ނޭނގިގެންނޭ މިއުޅެނީ..” ނައިލް ބޯ ކަހާލާފައި ބުނެލިއެވެ. “ވާހަކަ އެއްކޮށް ފަށައިގެން ކިޔައިދިނަސް މައްސަލައެއް ނެތޭ.. ނައިލްއަށް އެނގެއެއްނު ޒީޝްކުޑާމެން ނައިލް އެއްޗެއް ހިއްސާ ކުރަން ބޭނުން ވަންޏާ އަބަދުވެސް ފްރީވާނެކަން..” ޒީޝް ބެލީ ނައިލްގެ ނުތަނަވަސްކަން ފިލުވާލަދެވޭތޯއެވެ. ނީޝަލް ވެސް ޒީޝްގެ ވާހަކައާއި އެއްބަސްވުމުގެ ގޮތުން ބޯޖަހާލލިއެވެ.
“މީ އަމްމްމް..” ނައިލް ވާހަކަ ފަށަން އުޅުނެވެ. ދެތިންފަހަރަކު ކަރުވެސް ކެހެލިއެވެ. ވާހަކަ ފަށަންވީ ގޮތެއް ނޭނގިގެން ނައިލް މިހާރު ހަތްވަރަކަށް ފަހަރު ކަރުކެހިލާފައި އަރުތެރެ ސާފުކޮށްލައިފިއެވެ. “އެހެރަ މާ ވަރަށް ރީތިދޯ..؟ އެއަށް ކޮން ނަމެއްތަ ކިޔަނީ..؟” ނައިލް އެއްސެވެ. ޒީޝް ނައިލް އިޝާރާތް ކޮށްލި ކުދިރަތްމާ ގަހަށް ބަލާލާފައި ބޯހޫރާލިއެވެ. “މަލުގެ ވާހަކަ ދައްކަންތަ ތިއުޅެނީ..؟” ޒީޝް އެއްސެވެ. “އާނ.. މަށަށް ވަރަށް ކަމުދާ މަލެއް ފެނިގެން މިއުޅެނީ..” ނައިލް ދުރު ބަލާލާފައި ލައިގެން ހުރި ގަމީހުގެ ގިރުވާން ރީތިކޮށްލައިފިއެވެ.
“ކުދިރަތްމާ..؟ އެއަށްވުރެ މާ ރީތިވާނެ ޑެއިޒީ ވެސް… ޓިއުލިޕްވެސް… ދެން ރޯޒްވެސް.. ލިލީވެސް… ސަންފްލާވަރ ވެސް..” ޒީޝްއަށް ނައިލް ނުގޮތަކަށް މާނަ ކުރި ޖުމްލަ ނަގައެއްނުގަނެވުނެވެ. އެއް ފައްޗަކަށް ޒީޝްއަށް ކަމުދާ ވައްތަރުތަކުގެ މާތަކުގެ ނަންތައް ކިޔާލެވުނީވެސް އެހެންވެއެވެ. ނައިލް ނިތްކުރީގައި އަތްއެޅިއެވެ. “ކުޑާ މަ ލައްވާ ސީދާ ސީދާކޮށް ބުނުވަންތަ ތިއުޅެނީ..؟ މަ ބުނެފާނަމޭ.. އެ ވާހަކަ ބުނަން މަށަށް ކެރިދާނެޔޭ.. މަށަށް ކުއްޖެއް ދެކެ ލޯބި ވެވިއްޖެ..” ކޮޅަށް ތެދުވެފައި ކަށިން ހިތްވަރު ނެރިގެން ނައިލް އިއުލާންކޮށްލިއެވެ.
ނީޝަލްއަށް ކޮޅަށް ތެދުވެވުނުއިރު ޒީޝްގެ އަނގަހުޅުވިފައިވާލެއް ބޮޑުކަމުން ހީވަނީ ދެންމެދެންމޭން ދަތްދޮޅި ގޮސް ބިންމަތީގައި ޖެހިދާނެހެންނެވެ. “ކާކު..؟ ނަން ބުނެބަ..؟ އަހަރެމެންނަށް ފަހަރިއާއި ބައްދަލުކުރެވޭނީ ކޮން ދުވަހަކުން..؟” ހަމަހޭވެރިކަންވެ ޒީޝް ތެދުވިގޮތަށް އެއްސެވެ. މީހަކު ފޯރި އަރައިގެން މަރުވާނަމަ މިހާރު ޒީޝް މަރުވެއްޖައީހެވެ.
“ސާބަސް ސާބަސް އަދި އޭނަޔަށް ފަހަރި ކިޔާވަރެއް ނުވެޔޭ… އަދި ނުވެސް އަހަމޭ.. އަދި ހަމަ ޖަސްޓް ފްރެންޑްސްއޭ…” ނައިލް ބުނެލިއެވެ. “ދޮންތި ކުރިންވެސް ނައިލް ކައިރީ ބުނިންދޯ އަންހެން ކުދިންނަކީ ނުރައްކާތެރި ބައެއް ނޫނޭ..” ނީޝަލް ބުނެލިއެވެ. “ނޫން އަދިވެސް އަންހެންކުދިން ވަރަށް ބިރުވެރި.. ދެން އުޅޭނެ އޯކޭ އަންހެން ކުދިން… އެއީ މަންމަ، ދޮންތަ، ކުޑާ، އައިންދައްތަ، ތިއްތަ ދެން އިޝްހާ..” ނައިލް ބުނެލިއެވެ. “ވާއު އާޗާ.. ފިއުޗަރ ފަހަރީގެ ނަމަކީ އިޝްހާ ދޯ..؟” ޒީޝް ބުނެލިއެވެ. “މާ ޝްޝްޝް ގިނަވަނީދޯ މިހާރު… ނީޝް.. ޒީޝް… އިޝް.. ޝްޝްޝް..” ނައިލް ބުނެލިއެވެ. “ދެން އެ ރަނގަޅު ވާނެއޭ… އަޅޭ އައިމް ސޯ ހެޕީ ފޯރ ޔޫ… ކިޔާދީބަލަ ސްޓޯރީ އެއްކޮށް ޕްލީޒް…” ޒީޝް އެދުނެވެ. ނައިލް ކުޑަކޮށް ރަކިވެފައި ހުރެ ނަމަވެސް ކިޔައިދޭން ފެށިއެވެ.
“މަށާއި އިޝްހާ އާއި ދިމާވީ އެންމެ ފުރަތަމަ މިކޮޅަށް އައި ދުވަހު… ފިހާރައިން އިޝްހާ ނުކުތް ގަޑީގައި އެދުވަހު މަށަށްވެސް ދެވުނީ… އެދުވަހު މަ ގަތް ބިރުން އިޝްހާ މަގޭ ގައިގައި ޖެހި ތިރިއަށް ވެއްޓުނީމަ ވެސް ތެދުވަން އެހީނުވެ މަ ދިޔައީ ދުރަށް… ސްކޫލަށް ދިޔަ ދުވަހު އެނގުނީ އަހަރެމެން ދެމީހުން އުޅެނީ އެއް ކްލާހެއްގައި ކަން.. ދެން އޭގެ ފަހުން އައި ދުވަހަކުވެސް އޭނަގެ ގައިގައި ޖެހުނު.. އެދުވަހުން ފެށިގެން އޭނަ މަށަށް ސްޓޯކަރގެ ނަމުން ނަން ދިނީ… ދެން ފެނުނީ ބީޗަށް ދިޔަ ދުވަހު… އެ އިޝްހާ ފެނުނީމައި ދެން ނޭނގެ ވީގޮތެއް.. މަގޭ ކުއްލިއަކަށް ސިކުނޑި ގޯސްވީހެން މަށަށް ހީވަނީ… އޭނަވެސް ހުރީ ޕޮޕްކޯރން ގަންނަން ގޮސް.. މަށާއި ދިމާލަށް ސްޓޯކަރގެ ނަމުން ގޮވީމަ އަސްލު ފާޑެއްގެ ރުޅިއެއް އައީ… އައި ވޯންޓެޑް ހަރ ޓު ކޯލް ސަމްތިންގ ނައިސް ޓު މީ… އެހެންވެ އެދުވަހު ރުޅިއައިސްގެން ގޮސް މަށަށް އޭނަ ގައިގައި ބައްދައިވެސް ލެވުނު.. ލޯބިވާ ކަން ވެސް ބުނެވުނު… އެކަމަކު އޭނަ ދެން އެއްޗެކޭ ނުބުނެ ދިޔައީ ގެއަށް.. ދެން މިއަދު ސްކޫލަކަށްވެސް ނާދޭ… މަށަށް ހީވަނީ އިޝްހާ ސްކޫލަށް ނައީ މަށާއި ހެދިއޭ…” ނައިލް އޭނާގެ ވާހަކަ ކިޔައިދީ ނިންމާލިއެވެ.
“ވާއު… ހީވަނީ ލަވް ބެލްވިންގެ ވާހަކައެއް އަޑުއަހާލެވުނުހެން..” ޒީޝް ހުރީ އާޝޯހު ވެފައެވެ. “ވެދާނެއްނު އިޝްހާ ބަލިވީކަމަށްވެސް..؟ ނޫނީ ކޮންމެވެސް ބޮޑު އެހެން ކަމެއް ދިމާވެގެން ސްކޫލަށް ނުދެވުނީ ކަމަށް ވެސް..؟ ނައިލް އަދި އަމިއްލަ ނަފްސަށް ބްލޭމް ކުރާވަރެއް ނުވޭ… އިޝްހާ ވެސް ފަހަރެއްގައި ހަމަ ނައިލްދެކެ ލޯބިވެދާނެއެއްނު…؟” ނީޝަލް ބުނެލިއެވެ.
ނެޒެލީ ދިގުވެފައިވާ އޭނާގެ ނިޔަފަތިތަކާއި ކުޅެމުންދިޔަ މަންޒަރު ބަލަން ރޫހާން އިނެވެ. މާޔާގެ ކޯލެއް އައުމުން ރޫހާން އިންތަނުގައި އިނދެ ފޯނު ނެގިއެވެ. ސިއްރުން ނަމަވެސް ނެޒެލީ އޭނާ ދައްކާ ވާހަކަތައް އަޑުއަހާނެކަން އިނގޭތީއެވެ. “ދަރިފުޅާ… އަދި މަންމަ ވެސް އެބައޮތް ކަމެއް ކުރަންވެފައި.. މަންމަ މާދަމާ ކައިޔަން ނޫނީ އޭނަ އަށް ގުޅާނަން… އެމީހުން އޭރރުން ބިރުން ގޮސް ތެޅިފޮޅޭނެ…” މާޔާ އެހެން ބުނެލުމުން ރޫހާން ކުޑަކޮށް ހީނލިއެވެ.
“މަންމާ… މަށާއި ނީޝަލް އާއި ދިމާވެއްޖެ..” ރޫހާން މާޔާއަށް ހޫނު ހަބަރެއް ދިނެވެ. “ނާހަމަ ތެދެއް..؟ ވަރަށް ރަނގަޅު… މައި އީވިލް ލިޓްލް ބޯއި…” މާޔާގެ އަޑުން އެކަނިވެސް އޭނާ އުފާވެފައި ހުރި މިންވަރާއި އޭނާގެ މަކަރުވެރިކަން ހާމަވޭވޭ ހުއްޓެވެ. “އަދި ނީޝަލް ހަނދާނެއް ނުވޭ އަހަރެން މީ ކާކު ކަމެއް… ޒެލީ ވެސް ވަކިކުރަން އެނގޭނެ ހެންނެއް ހިޔެއް ނުވޭ.. މިކޮޅުގައި ހުންނަ ކޮލެޖެއްގައި ނީޝަލް އުޅެނީ… އާ ބެސްޓްފްރެންޑެއްވެސް ހޯދައިފި ކަންނޭނގެ..” ނެޒެލީއަށް އިއްވަންވެގެން ގަސްތުގައި ރޫހާން ބުނެލިއެވެ.
އެވާހަކަ އަޑުއިވުމުން ނެޒެލީ ތުންފަތުގައި ދަތް އަޅާލާފައި ކަރުނަތައް ކޮންޓްރޯލްކުރަން މަސައްކަތް ކުރިއެވެ. އިރުކޮޅެއް ވަންދެން މާޔާ އާއި ވާހަކަ ދައްކަން ހުރެފައި ރޫހާން ގޮސް ނެޒެލީގެ ގާތުގައި އިށީނެވެ. “ރޫ… އެކަން ތިކުރީ ގަސްތުގައި ދޯ..؟” ނެޒެލީ ކުރަކިވެފައިވާ އަޑަކުން އެއްސެވެ. “އާނ ހަމަ ގަސްތުގައި… މަށަށް އިނގޭ ޒެލީ ކޮންމެވެސް ގޮތަކުން ނަމަވެސް މަ ދައްކާ ވާހަކަ އަޑުއަހާނެ ކަން..” ރޫހާން ދޮގު ހަދާކަށް ނޫޅުނެވެ. “އެހެންވީމައި ނީޝް އާ ކޮލެޖަކަށް ގޮސް އާ އެކުވެރިންނާއި އާ ބެސްޓް ފްރެންޑެއް ހޯދި ވާހަކަ ބުނީވެސް ހަމަ ގަސްތުގައި ދޯ..؟” ރޫހާން އެ ހަދަނީ ތެދު ހެން ހީވުމާއި އެކީގައި ނެޒެލީ ހިތްވަރުކޮށްފައި އެއްސެވެ. “އެވެސް ހަމަ ގަސްތުގައި..” ރޫހާން ބުނެލިއެވެ. ނެޒެލީގެ ބުމަ ގޮށްޖެހުނެވެ.
“އަދި އެއްދުވަހަކުން ރޫ ތި ކުރި ހުރިހާ ކަމެއްގެ ބަދަލު އިރާދަކުރެއްވިއްޔާ މާތް ﷲ ދައްކަވާނެ… ނީޝް އެހާ އުފަލުގައި އުޅެނިކޮށް ކާކު ނީޝްއަށް އެހާލު ޖެއްސީ..؟ ހަމަ ރޫ… ތި ރޫހާން.. ލޯބީގެ ނަމުގައި ފަނަރަ ވަރަކަށް އަހަރުގެ ކުޑަކުޑަ ނީޝްއަށް އެތައް ދޮގު ތަކެއް ހަދާފައި އެންމެފަހުން ނީޝްއަށް ހިތުހުރި ގޮތެއް ހަދާލީ ކާކު..؟ ހަމަ ރޫ… މާޔާ އާންޓްގެ ބަހަށް ނީޝްގެ ފުރާނަ ދުއްވާލަން އުޅުނީ ކާކު..؟ ހަމަ ރޫ އެއްނު..؟ ނީޝަލްގެ މެމޮރީޒްތައް ލޫޒް ވެފައިވަނީ ކާކާއި ހެދި..؟ ހަމަ ރޫ އާއި ހެދިއޭ… ހަމަ ތި ރޫހާން އާއި ހެދިއޭ..!!” ނެޒެލީގެ ރުޅި ކޮންޓްރޯލުން ނެއްޓިއެވެ. އަޑުކޮޅަށް ނެޒެލީ ރޫހާން އާއި ދިމާލަށް ހަޅޭއްލަވައިގަތެވެ.
= ނުނިމޭ =
2 Comments!
Comments are closed.
Vrh Sali mi part vxxx ♥️
Masha Allah♥️
Pis roohaan vxxx dhw fight kuran jehey tha konme hen?
Alex zeesh ah Evy gothe dhw vrh dera Hama raihaan kanthakey dhw♥️
Ziveen aa alaan haadha ROM eyy mihaaaru vxx dhw hehehehhe♥️
Kaaku baa hooryn dhiya cafe gaa huree aiham baa edemeehun vrh guley aslu ♥️
Wow nail ah vxx lwbi vevuny dhw fahun ♥️
Omg past revel vany dhw ♥️
Waiting for the next part ♥️
Love uuu sooo much Yoon♥️
Stay safe and take care,♥️
Vrh bodah thank u Ril dear ?✨? Yesh dhw poor Xyshh 🙁 Ahahaha labba Ziveen and Alaan never changed 😀 Lets see dhw kaaku kan My cakes cafe thereyga iny… yeshh finally Nyle got a girl whom he luvs ? Labba past is slowly getting revealed.. Keep wating dearlss insha allah 4rth ga kiyaalan libeyne 😀 Keep waiting… Aww love u more nd more Ril ?✨? So happy to see your lwbi comment again ? You stay safe too dear ?✨? and take gud care