* ސައިކަލަކާއި ސައިކަލެއް ދޫކޮށްލާފައި ހިޔާންމެންގެ ކައިރިއަށް ޝައްކެއް ނުވާނެހެން ދާން އުޅުނު ހޫރީންގެ ފިޔަވަޅުތައް މަޑު ޖައްސާލަން ޖެހުނީ ފޯނަށް އެއްފަހަރާ ކަހަލަގޮތަކަށް އިންސްޓަގްރާމްއިން ދެ ނޮޓިފިކޭޝަން ލިބުމުންނެވެ. ހޫރީން ދެކޮޅު ބަލާލީ ވަގުކޮށެވެ. އަދި ފޯނު ނަގާ އިންސްޓަގްރާމް ހުޅުވާލިއެވެ. ލިބުނު ކުއްލި ޝޮކުން ހޫރީންގެ ދެލޮލަށް ކަރުނަ ޖަމާވިއެވެ. * އައިހަމް ކޮށްފައިވާ ޕޯސްޓެކެވެ. ހުދާގެ ވަރަށް ރީތި ފޮޓޯއެކެވެ. ހޫރީންގެ ދެލޮލަށް ކަރުނަ ޖަމާވީ އައިހަމް ހުދާ ދެކެ ވާ ލޯބި […]
* ވީ އުފަލާއި އެކީގައި އިޒްކާން ސައިކަލު ދުއްވާލިއިރު ނީޝަލްގެ އަތް އޭނާގެ ގައިގައި ވަށާލެވުނު އިހުސާސް ކުރެވުނެވެ. ކުއްލިއެއް ޖަހާ އިޒްކާން ދުއްވާލި ގަޑީގައި ނީޝަލް ގޮސް ތަތްވީ އިޒްކާންގެ ބުރަކަށީގައެވެ. “އޭ ފަހަތަށް ނުޖެހޭތި.. ފަހަތަށް ޖެހިއްޖެނަމަ މަށަށް ހީވަނީ އަހަރެމެންގެ ފަހަތުން އަންނަ ސައިކަލެއްގައި ހުންނަ މީހެއް ނީޝް ރީތިކަމުން ނުހުރެވިގެން ނީޝް ޖަހައިގަނެފާނެއޭ.. ޖަސްޓް ސްޓޭ ވިތް މީ…” އިޒްކާން ނީޝަލް ފަހަތަށް ޖެހުނަނުދޭންވެގެން ބޭނުން ކުރި ބަހަނާ އާއި ހެދި […]
* ތެމިފައިވާ ބުޅި އިސްތަށިގަނޑު ތުވާލިން ހިއްކަމުން ދިޔައިރު ކޮޓަރީގައި ޖައްސާފައިވާ އޭސީގެ ފިނިކަމުން އިޒްކާން ތުރުތުރު އެޅިއެވެ. އެނދުމަތީ ބާއްވާފައި އޮތް ގަމީސް ނަގަން އުޅެނިކޮށް އިޒްކާންގެ ފޯނަށް ނޮޓިފިކޭޝަނެއް އައެވެ. ހިޔާންގެ މެސެޖެކެވެ. އިޒްކާންގެ ނިތަށް ރޫގިނަވިއެވެ. މޫނަށް ވައްތަރެއް ޖައްސާލެވުނީވެސް ބޭއިޚްތިޔާރުގައެވެ. އޭނައާއި ހިޔާން ދިމާނުވީތާ ވާހަކަވެސް ނުދައްކާތާ އެތަކެއް ދުވަހެއް ވެއްޖެއެވެ. މިއަދު ކުއްލިއަކަށް ހިޔާންގެ މެސެޖެއް ލިބުމުން އެ ބަލާލަން އިޒްކާންގެ ހިތުގައި ޝައުގުވެރިކަން އުފެދުނެވެ. * “ނުވައެއް ޖަހަން […]
* “ވެދާނެ..” ނީޝަލްވެސް އެއީ ހަގީގަތެއް ކަމަށް އެއްބަސްވާކަށް ބޭނުމެއް ނުވިއެވެ. ”ދޮންބެ އާއި އެކީ އެހުރީ އައިހަމް ނޫނީ ފައިލަމް.. އެކަމުގައި އިޒްކާން އަދި އެ އާހިލް ވެސް އުޅެންޏާ..؟” ހޫރީން ދެން ބުނެލީ ނީޝަލް ނުވެސް ވިސްނާ އޮތް ކަމެކެވެ. “ރިއަލީ..؟؟ ހިޔާން ތިކަހަލަ ކަމެއް ނުކުރާނެ.. ވަކިން އިޒްކާން… އޭނަ އެކަހަލަ އެއްވެސް ކަމެއްގައި ބައިވެރިވާން ޚިޔާލެއް ވެސް ނުކުރާނެ..” ނީޝަލް ވަގުތުން ދެބަސްވިއެވެ. އެހިތުގައި އިޒްކާން އާއި ދޭތެރޭ އެވަރުގެ ޔަގީންކަން […]
* ވާރޭ ކޯޓް ލައިގެން ވާރޭތެރޭގައި ބުރެއް ޖަހަން ވެގެން ނުކުތް އިޒްކާންއަށް ސައިކަލު މަޑުކޮށްލެވުނެވެ. ފެނުނު މަންޒަރަކުންނެވެ. “މާމަ ދިން ކުޑަ..” އިޒްކާންއަށް ބުނެވުނެވެ. މާ ދުރުން ކުޑައެއްގެ ހިޔަލުގެ ދަށުގައި ހުރި ކުއްޖާގެ މޫނު ނުފެންނާތީ އިޒްކާން އަވަހަށް ދުއްވާލީ އެކުއްޖާ އާއި އަރާ ހަމަވޭތޯއެވެ. ޝައްކެއްވެސް ނެތެވެ. އެއީ މީގެ އަހަރުތަކެއް ކުރިން އިޒްކާންގެ މާމަ ދުނިޔެއަށް އަލްވަދާއު ކިޔުމުގެ ކުރިން މާމަ އޭނާއަށް ހާއްސަކޮށް ހަދައިދިން ކުޑައެކެވެ. ކިތަންމެ ދުވަސް ވިޔަސް […]
* އެ ވޯޑް ޑޮކިއުމެންޓް ހުޅުވާ އެއަށް ބަލާލާފައި އިޒްކާންގެ ނިތަށް ރޫ ގިނަވިއެވެ. hiyAnq bEnunqvanI nICalq.. wizqkAnq kalE mikanq huwqTuvanq bEnunq vAnama hiyaAnq huwqTuvA mA lasq nuvanIsq CUrA rEpq kurIvesq hama HiyAnq.. mA vagutewq netq.. wavasqkurE “އިޒްކާން.. ކަލޭގެ ސިކުނޑި އަދިވެސް މަސައްކަތް ކުރަންޏާ ނިކަން ރަނގަޅަށް ވިސްނައިގެން މި ކޯޑްގެ އަސްލު މާނަ ހޯދާ.. މާ ލަސްވުމުގެ ކުރިން..” އާހިލްގެ މެސެޖްގައި ވިއެވެ. * […]
* “މަންމާ.. މަންމަ ތި ކުރާ ހުރިހާ ކަމެއް އަހަރެންނަށް އެބަ އިނގޭ.. އަވްލީން ދައްތަ އާއި ޝަލްމެން ދެކެ މަންމަ ތިކުރާ ނަފްރަތާއި އެހުރިހާ ކަމެއްވެސް އެބަ އިނގޭ..” ރޫހާން ބުނެލި އެ ދެ ޖުމްލައިން އެކަނި ވެސް މާޔާގެ ހިތް ތެޅިގަތެވެ. “އަނެއްކާ.. އަނެއްކާ ރޫހާން އަވްލީން އާއި ކައިގެ ގާތުގައިގައި އެ ވާހަކަ ބުނާނީބާ..؟” މާޔާއަށް ހިތާހިތުން އަމިއްލަ ނަފްސާއި ސުވާލު ކުރެވުނެވެ. ގޮށްޖެހިފައިވާ ދެ ބުމައިގެ ދަށުގައިވާ އެ ތޫނު ލޮލުން […]
* “ކައިޔަން..” މާޔާ ހުވަފެނީ ގޮތަކަށް ހީނލިއެވެ. އަވްލީންއަށް އޭނާގެ މާޒީގެ ވާހަކަ ކިޔައިދިން އިރު މާޔާ އެއްކަމެއް ސިއްރުކުރިއެވެ. ކައިޔަން އަކީ މާޔާގެ ހިތުގައި ވިކާލި އެންމެ ފުރަތަމަ މީހާ ކަމެވެ. އަނެއް ގޮތަށް ބުނާނަމަ ކައިޔަން އަކީ މާޔާއަށް އެންމެ ފުރަތަމަ ލޯބިވެވުނު މީހާ ކަމެވެ. * “މާޔާ.. ފެންތައްޓެއް ގެނެސްދީބަލަ..” ކައިޔަން އެހެން ބުނެލި އަޑަށް މާޔާއަށް ޚިޔާލުތަކުން ބޭރު ވެވުނެވެ. “އާނ މި ގެނެސްދެނީ..” މާޔާ ކައިޔަންއަށް ފެންތައްޓެއް ގެނެސްދިނެވެ. “ޝުކުރިއްޔާ..” […]
* އިޒްކާން ދެން ސުވާލު ކުރީ އެތަނުގައި ހުރި ފިރިހެން ކުއްޖަކާއެވެ. “ނޭނގޭތަ..؟ ކޮލެޖް އަންހެން ކުއްޖެއް ސީދާ ކޮލެޖް ތެރޭގައި ރޭޕް ކޮށްލައިގެން އެބައުޅޭ..” އެ ފިރިހެން ކުއްޖާ އިއްވާލި ޚަބަރު ވެގެން ދިޔައީ އިޒްކާންގެ ކަންފަތް ދޮށުގައި ޖަހާލި ހޮނު ގުގުރިއަކަށެވެ. * “ކަލެއަށް އިނގެއެއްނު އެއީ އަހަރެމެންގެ ކަމެއް ކަން ދޯ..؟” އެހެން އެންމެންނާއި ތަންކޮޅެއް އެކަހެރި ވެގެން ހިޔާން އާއި ފައިލަމް ހުރީ އައިހަމް ގޮވައިގެންނެވެ. “އިނގެއެއްނޫން.. މަށަށް ހަމަ ޔަގީން […]