Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމައެހެނިހެންލޯބި

އެކުއްޖާ 2 – 40

yooon
yooon 10 Stories100 Comments100 Login100 Stories500 Comments
June 27, 2021 8 Mins Read
5 Comments

* “ލިޔާންބޭ.. ކައިޔަން ބޭބެ މެންނާއި އެކީގައި ނީޝަލްގެ ކޮއްކޮ އާއި ނީޝަލްވެސް އަނބުރާ ދިޔައީތަ..؟” ޔަގީން ކުރަންވެގެން އައިހަމް އެހެން އެހީ ހޫރީންގެ މޫނަށް ބަލާލާފައެވެ. “އާނ.. ނީޝަލް އަނބުރާ ފްރާންސަށް ހިނގައްޖެ..” ލިޔާން އެހެން ބުނެލުމާއި އެކީގައި އިޒްކާންއަށް ހީވީ މީހަކު އޭނާގެ ބޯމައްޗަށް ބޮމެއް ގޮއްވާލި ހެންނެވެ. *

“ނޫން ތީ ކިހިނެތްވާނެ ކަމެއް..؟” ހޫރީން ލިޔާން ސަމާސާ ކުރަނީކަމަށް ހިތާ ބުނެލިއެވެ. “ދޮގެއް ނޫނޭ އެއީ.. ދެންމެ އެ ފްލައިޓް ނައްޓާލީ..” ޒިވީން އެހެން ބުނެލިގޮތުން އިޒްކާންއަށް ހީވީ ދުނިޔެ ނިމުމަކަށް އައިހެންނެވެ. “ނީޝް….” އިރުކޮޅެއް ވަންދެން ޖެހިބުދެއްހެން ހުރެފައި އިޒްކާން އެހެން އެއްވެސް މީހަކަށް ނުބަލާ ހޫރީންގެ އަތުގައި ހިފާ ދަމަމުން އެއާރޕޯޓުން ބޭރަށް ނެރުނެވެ. އައިހަމް ކަންބޮޑުވެފައި ފަހަތުން ދިޔައެވެ.

“ހޫރީން ކީއްވެ މަށަށް ދޮގު ހެދީ..؟” އިޒްކާން ރުޅިއައިސްފައި ހުރުމުން ހޫރީން ޖެހިލުންވާގޮތްވިއެވެ. “އިޓްސް ނޮޓް އަ ލައި ތަކުރުފާނު.. އަހަރެން ހުވާ ކޮށްފައިވެސް ބުނެފާނަން ނީޝަލް މިއަދު އަހަރެންނަށް ހުރިހާ ވާހަކައެއް ކިޔައިދިން.. އިޒްކާން ކުރެން މައާފަށް އެދެން ބޭނުންވާ ވާހަކަ ވެސް ބުނި.. އަދި އޭނަ ހުރީވެސް މަށާއި އެކީގައި ތިގެއަށް ދާންވެގެން.. އެކަމަކު އޭނަގެ ތިއްތަ ގެއަށް އަންނާށޭ ބުނެގެން ތިގެއަށް ނުވަދެ ދިޔައީވެސް.. ނީޝް މަށަށް ވެސް އަނބުރާ ދާން އުޅޭ ވާހަކަ އަންގައެއް ނުލާ..” ހޫރީން ބުނެލިއެވެ. ހިސާބަކަށް ކަންބޮޑުވެފައި ހުރެއެވެ. އިޒްކާން އޭނާ ދައްކާ ވާހަކަތައް ގަބޫލު ނުކޮށްފާނެހެން ހީވާތީއެވެ.

“ހޫރީން..” އިޒްކާން ފުން ނޭވާއެއް ލިއެވެ. “ނީޝް.. ނީޝް އެންމެފަހަރަކުވެސް ބުނިތަ އަހަރެން ދެކެ ލޯބިވެޔޭ..؟” ދުރު ބަލަހައްޓައިގެން ހުރެ އިޒްކާން އެއްސެވެ. ހޫރީންގެ އަނގަ ބަންދުވިއެވެ. ދުލުގައި ތަޅެއް ލެވުނު ކަހަލައެވެ. ހޫރީންގެ އެ ހަމަހިމޭން ކަމުން އިޒްކާންއަށް އޭނާ ބޭނުންވާ ޖަވާބު ލިބުނެވެ. އިޒްކާން އިސްދަށަށް ޖަހާލި މަންޒަރު ފެނިފައި ހޫރީން އަވަހަށް އިޒްކާންގެ ކޮނޑުގައި ހިފާއްޓާލަން އުޅުނެވެ. އޭރު އަމިއްލަ މޮޔަކަމަށް ހޫރީންއަށް ދިޔައީ މަލާމާތް ކުރެވެމުންނެވެ. ހޫރީންގެ ހަރަކާތްތައް ގަނޑުވީ އިޒްކާން ހޭން ފެށުމުންނެވެ. އެ ހޭވިފައިވާ އިސްތަށިގަނޑު ލޯމައްޗަށް ވެއްޓިފައި ވާތީ އެދެލޮލުން ފެންނަމުން ދާ ކުލަވަރު ހޫރީންއަށް ފެންނަގޮތެއް ނުވިއެވެ. “ވަޓް އަ ޓްރެޖެޑީ.. ސޯ ސޭޑް.. ސޯ ހާޓްބްރޭކިންގ.. ސޯ ޑޭމް ހާރޓްބްރޭކިންގ..” އިޒްކާން އަނބުރާ ދާން ހިނގައިގަތެވެ. ހޫރީން އިޒްކާން ފަހަތުން ދާންވެގެން ނެގި ފިޔަވަޅު ހުއްޓުވީ އައިހަމްއެވެ. މިފަދަ ވަގުތެއްގައި އިޒްކާންއަށް ވަގުތުކޮޅެއް ދިނުމަކީ މުހިންމުކަމެއް ކަމަށް އައިހަމް ބުނެލިއެވެ. އޭރު އައިހަމްގެ ދެލޮލުގައިވެސް ވިދަނީ އިޒްކާން އާއި ދޭތެރޭ އޮތް ހަމްދަރުދީއެވެ.

އަނބުރާ ރަށަށް ދިޔައިރު އިޒްކާން، އައިހަމް އަދި ހޫރީންގެ ތެރެއިން އެކަކުވެސް އަނގަޔަކުން ނުބުނެއެވެ. އެކަން ފާހަގަވެގެން ރަނާމެން ސުވާލު ވެސް ކުރިއެވެ. ނަމަވެސް އެމީހުންނަށް އެ ދިގު ހިތާމަވެރި ވާހަކަ ކިޔައިދޭނީ ކޮން ދުލަކުން ހެއްޔެވެ.؟ އެންމެން ވެސް ހަނުހުރީއެވެ. އާހިލްއަށް އެ ވާހަކަ އެނގުނީ އައިހަމްގެ ފަރާތުންނެވެ. ރަށަށް ދިޔަ މަގުމަތީގައި އާހިލް އައިރީންއަށް ވީހާވެސް ކުރުކޮށް ނީޝަލް އާއި އިޒްކާންގެ ވާހަކައިގައި ވީގޮތް ކިޔައިދިނެވެ. އެންމެ ފުރަތަމަ އައިރީން އެވަރުކަމެއް ސިއްރުކޮށްގެން ގެންގުޅުނީތީ ޝަކުވާވެސް ކުރިއެވެ. އައިރީން އިޒްކާން އާއި ދޭތެރޭ ހަމްދަރުދީވިއެވެ. ދޮންބެގެ ހާލަށްޓަކައި ހިތާމަކުރެވުނެވެ. އެދެލޮލުންވެސް ކަރުނަ އައެވެ. ތަގުދީރުގެ ނިޔާ މިހާ ބޭއިންސާފު ވެރިވީ ކީއްވެގެން ހެއްޔެވެ.؟ އައިރީން ހިތާހިތުން ކުދި ކިޔަމުން ގެންދިޔައީ ކަރުނަތައް ގިނަވެފައިވާ ލޮލަކާއި އެކީގައެވެ.

“މަންމާ..” ކާން އިނދެފައި ރޫހާން ކޮޅަށް ތެދުވިއެވެ. “ކީކޭ..؟” އަނގަފުރާ ސެލެޑް އަޅައިގެން އިން މާޔާ ރޫހާންގެ މޫނަށް ބަލާލިއެވެ. “މިކަން ހުއްޓާލަން ހިނގާ…” ބުނަން ނުބުނަން ހުރެފައި ރޫހާން ބުނެލިއެވެ. މާޔާގެ މޫނުމައްޗަށް ދެން އަރާނެ ކުލަވަރު އަންދާޒާ ކޮށްލަމުންނެވެ. މާޔާ ކޮޅަށް ތެދުވިއެވެ. އެދެލޮލުގައި ވަނީ އިންޒާރުގެ ކުލަވަރެކެވެ. “ކީކޭ ތި ކިޔަނީ.. ރޫ.. ކިތައް އަހަރު ވެއްޖެ އަހަރެމެން މިކަމާއި އުޅޭތާ..؟ އިޓް ބިގޭން ސިންސް ދަ ޑޭ ވީ މޫވްޑް އިން ވިތް ދެޓް ސައިކޭޓްރިސްޓް ވިޗް..! ކިތައް އަހަރު..؟ ސާދަ އަހަރަށް ވުރެވެސް ގިނަ ދުވަސް ވެދާނެ މިހާރު.. އެންޑް ޔޫ ޖަސްޓް ވޯންޓް ޓު ގިވް އަޕް..؟؟ އެންޑް ވޭސްޓް އެވްރީ ސިންގަލް ތިންގް އެންޑް އޯލް ދަ އެފޯރޓް ވީ ޕުޓް އިން ދިސް ވޯރކް..؟؟” މާޔާގެ ގާތަށް ރުޅިއައިކަން ވަރަށް ރީއްޗަށް އެ ދެލޮލުން ފެނުނެވެ. “ތިކަމަކީ ދުވަހަކުވެސް ކާމިޔާބުވާނެ ކަމެއް ނޫން..” ރޫހާން ފިނިގޮތަކަށް ބުނެލައިފިއެވެ. ރުޅިން ގޮސް މާޔާގެ މޫނު ރަތްވެއްޖެއެވެ. “ވަޓް ގޮޓް އިން ޓު ޔޫ..؟؟ އޭނ..؟ ބުނެބަލަ.. ކޮން ބޭހެއް ކައިގެން ތި މޮޔަ ވަނީ..؟” މާޔާ ދަތްކުނޑި ވިކައިގަނެފައި އެއްސެވެ. އެ އަތް މުއްކަވާލާފައި ވާއިރު ދެބުމަ ވަނީ ގޮށްޖެހިފައެވެ. “ނަތިންގ.. އަހަރެން ބޭނުންވަނީ ހުއްޓާލަން.. އައި ޑޯންޓް ވޯންޓް ޓު ވޭސްޓް މައި ލައިފް ޑުއިންގ ދީސް ތިންގްސް އެނީމޯ.. މަންމަގެ ސައިޑްގައި އަހަރެން ކިތައް ދުވަހު ހުރެފިން.. ކިތައް ދުވަސް ބޭކާރު ކޮށްލައިފިން..؟ އައި ވޯންޓް ޓު ލިވް ޕްރޮޕަރލީ ލައިފް މޯމް.. މަންމައަށް އެހީ ވެދިނުމަށްޓަކައި އަހަރެން ނުކުރަނީ ކޮން ކަމެއް..؟ މަންމައަށް ކައިޔަން ބޭބެ ހޯދައިދޭން އެތައް ބަޔެއްގެ ދިރިއުޅުން ނަރަކައަށް ހަދާލަން އެހީވެފައި އަހަރެން މިހާރުވެސް މިތަނުގައި މިހުރީ މަންމަ ބުނި ބަސް އަހައިގެން..” ރޫހާން ބުނެލިއެވެ. އަދި މާޔާއަށް ފުރުސަތެއް ނުދީ އަނެއްކާވެސް ފެށިއެވެ.

“މަންމައަށް ވިސްނޭތަ މަންމަ، މަންމަގެ އަމިއްލަ ލޯބި ހޯދަންވެގެން އަމިއްލަ ދަރިފުޅުގެ ލޯތްބާއި ވަކިކޮށްލެވުނުކަން..؟” ރޫހާން މާނަފުންކޮށް ދެން ބުނެލި ޖުމްލައިން ބުނަންވީ އެއްޗެއް މާޔާއަކަށް ނުވިސްނުނެވެ. އަނގައިގައި ޒިބެއް އެޅުވުނު ފަދައެވެ. ނަމަވެސް ރޫހާން އެ ބުނެލީ ނީޝަލްގެ ވާހަކަކަން މާޔާއަށް ދޭހަވިއެވެ. “އަހަރެން މިކަން ދެން މި ހުއްޓާލީ… އައި ޑޯންޓް ކެއަރ.. އަހަރެން ނީޝަލް އާއި ވައި އެޅޭކަށް ދެން ބޭނުމެއް ނޫން.. އެހުރިހާ ކަމަކަށް ފަހު ނީޝަލް އަހަންނަށް ލިބުމަކީ ވަރަށް ހެއްވާ ކަމެއް.. އަދި އެއީ ދުވަހަކުވެސް ނުވާނެކަމެއް… އައި ސްޓިލް ލަވް ހަރ.. އެ ވަރުކޮށްފައި ވެސް.. އަހަރެންގެ ހިތުން ނީޝަލްގެ ނަމެއް ނުފޮހެވޭނެ..” ރޫހާންގެ ދެލޯ ފެންކަޅިވީ ނަމަވެސް އަޑުގައިވަނީ ހަރުކަމާއި ޔަގީންކަމެވެ.

“އައިލް ޖަސްޓް ގޯ ޓު ފްރާންސް އޯރ މެލޭޝިޔާ.. އެންޑް ހޭވް ފަން ވިތް ދަ ގާރލްސް އެޓް ބާރސް އޯރ ސަމްތިންގ.. އެންޑް ލިވް ދަ ލައިފް އައި ވޯންޓް..” ރޫހާން ބުނެލިއެވެ.

“ވަން މޯރ ތިންގް މަންމާ.. މަންމައަށް އިނގޭތަ މަންމައަށް މިހާ ދުވަސްވީއިރުވެސް ކައިޔަން ބޭބެ ނުލިބުނީ ކީއްވެގެންކަން..؟” ރޫހާން އެހެން ބުނެލުމާއި އެކީގައި މާޔާގެ ދެލޯ ރޫހާންގެ މޫނަށް ހުއްޓުނެވެ.

“ލޯތްބަކީ ގަދަކަމުން އަތުލައިގަނެވޭ އެއްޗެއް ނޫން.. މަންމަ ތިއުޅުނީ ކައިޔަން ބޭބެއާއި އަވް އާންޓްގެ މެދަށް ވަންނަން.. އެދެމެދުގައި ވަނީ ސާފްތާހިރު ތެދު ލޯބި.. އެ ދެހިތުގެ ފުންމިނުން އެދެމީހުން އެކަކު އަނެކަކު ދެކެ ލޯބިވޭ.. ހަޔާތުގައި ދިމާވާ ކޮންމެ އަޑިގުޑަންގަނޑަކާއި ކުރިމަތިލަނީ ދެމީހުން އެއްކޮށް.. އެއް ހަށްޓަކާއި ފުރާނައެއްގެ ގޮތުގައި… އެއީ ލޯތްބަކީ..” ރޫހާން ބުނެލިއެވެ. “އިނގޭތަ އަހަރެން މި ނީޝް ދޫކޮށްލީ ކީއްވެގެންކަން..؟” ރޫހާން ހުއްޓާނުލާ ކުރިއަށް ގެންދިޔައެވެ. “އެއީ އެ އިޒްކާން ކިޔާ ފިރިހެން ކުއްޖާ އާއި ނީޝްގެ ދެމެދުގައިވީ ލޯބި އަހަންނަށް ފެނިފައިވާތީ.. އެންމެ ކުރީކޮޅުވެސް އަހަރެންނަށް އެ ލޯބި ފެނުނު.. އެދެމީހުން އެކަކު އަނެކަކުގެ ލޮލަށް ބަލާލާއިރު އެ ފެންނަ ތެދުކަން… ހީނލާއިރު އެ ފެންނަ ޔަގީންކަން.. އެކަމަކު ނީޝަލްދެކެ ވާލޯބިން އަހަރެން ހުރީ އެކަމަށް ކަނުލޮލެއް ދީގެން.. ނުފެންނަކަމަށް ހަދައިގެން.. އެކަމަކު ދެން މި ހުއްޓާލީ.. ނީޝަލްގެ ލޯބި އިރެއްގައި ނަމަވެސް އަހަންނަށް ލިބުނީތީ ޝުކުރުކުރަން.. އަހަރެން އަދިވެސް ޔަގީންކަންދެން އިޒްކާންއަށްވުރެ ބޮޑަށް އަހަރެން ނީޝަލް ދެކެ ލޯބިވާކަމަށް.. އެކަމަކު ނީޝް އިޒްކާންދެކެ ވާލޯތްބާއި އަހަރެންނަށް ގާތްވެސް ނުކުރެވޭނެ..” ރޫހާން މާޔާގެ މޫނަށް ބަލާލިއެވެ. ބަސްހުއްޓިފައިވާ މާޔާ ހުރީ އަދިވެސް ރޫހާންގެ މޫނަށް ބަލާށެވެ.

“މަންމަގެ މައްސަލައަކީ ހުއްޓަންވީކަން ނޭނގުން.. އެމީހަކާއި ހެދި އޮބްސެސްވުން.. އުންމީދެއްނެތް ލޯތްބެއްގެ ފަހަތުން ދުވުން.. އަހަރެން މި ހުއްޓާލީ.. އިޒްކާން އާއި ނީޝަލް ވަކިވިޔަސް ވަކި ނުވިޔަސް އަހަންނަށް ނީޝް ނުލިބޭނެކަން އިނގޭތީ.. އެއީ އަހަރެމެން ދެމެދުގައި ހުރި ތަފާތަކީ.. އަހަރެންނަށް ހުއްޓަންވީ ވަގުތު އެނގުން..” ރޫހާން ދެޖީބަށް އަތް ޖަހާލިއެވެ.

“މިރެއިން މިރެއަށް އަހަރެން ފުރާނަން.. ނުވަތަ ފުރޭތޯ މަސައްކަތް ކުރާނަން.. އަހަރެންނާއި ދޭތެރޭ ކަންބޮޑު ނުވާތި.. ފުލުހުން އަތުގައި ނުޖެހި އުޅުމަކީ އަހަރެންނަށް އާކަމެއް ނޫން…” ރޫހާން އެ ޖުމްލަ ބުނެ ނިންމާލާއިރަށް އެ ގޭ ބޭރުން ފުލުހުންގެ ކާރުން އިވޭ ސައިރެންގެ އަޑު އިވެން ފެށިއެވެ. މާޔާގެ ރުޅިއައިސްފައިވާ މޫނުމަތިން ނުތަނަވަސްކަން ފެންނާކަށް މިނެޓެއްވެސް ނުނެގިއެވެ. ހާސްވެ ހުރެފައި މާޔާ ބަލާލީ ރޫހާންގެ މޫނަށެވެ. “ރޫހާން.. ކީއްތި… ކީއްތިކުރީ..؟ ކޮން އަޑެއް..؟ ކޮން.. ފުލުހުން..” އަޑުތުރުތުރުއަޅަން ފެށުމުން މާޔާއަށް ވާހަކައެއް ނުދެއްކުނެވެ. އެރޭ އަދި އޭނާ ހުރީ ބޭސް ނުކައިކަމުން ބޮލަށް އެނބުރުން އަރަން ފެށިއެވެ.

“ސޮރީ މޯމް..” ފަހަތަށް ފިޔަވަޅު ނަގަން ފެށި ރޫހާންގެ ތުންފަތްމަތީގައި ވަނީ ކުޑަ ހިނިތުންވުމެކެވެ. ފަހަތަށް ޖެހެމުން ޖެހެމުން ގޮސް ރޫހާން ކޮޓަރިއަށް ވަނެވެ. ރޫހާން ބޭނުން ކުރީ ނެޒެލީވެސް ސަލާމަތްވާން ބޭނުންކުރި މަގެވެ. ފެންލައިޓުން ބޭރަށް ފުންމާލާފައި ފައި ހުރިބާރެއް ލާފައި ރޫހާން ދުއްވައިގަތީ ފުލުހަކަށްވެސް އޭނާ އަތުލުމަށް ނުކުޅަދާނަ ވާނެކަން އިނގޭތީއެވެ. މާޔާގެ ބޮލަށް ބަރު ވާންފެށިއެވެ. އޭނާގެ ސިކުނޑި އޭނާއަށް ޚިޔާލީ މަންޒަރުތަކެއް ދައްކަން ފެށިއެވެ. އެތެރެއިން ދޮރު ނުހުޅުވައިގެން އެންމެފަހުން ފުލުހުން ތަޅު ހަލާކުކޮށްލާފައި އެތެރެއަށް ވަނެވެ. އެންމެ ކުރީގައި ހުރި އަލާންގެ ލޮލުގައި މާޔާގެ ސޫރަ އަޅައިގަތެވެ. ފުލުހުންގެ ޔުނީފޯމްގައި ހުރި އަލާންއަށް ބަލާލާފައި އަނެއްކާވެސް މާޔާ ފާރަށް ބަލަންފެށިއެވެ. ފާރާއި ދިމާލަށް ބަލަހައްޓައިގެން ހެވިފައި ހުރި މާޔާ ހީވަނީ ހަގީގަތުގައި ވެސް މޮޔަވެފައިވާ މީހެއް ހެންނެވެ. ކައިޔަން އޭނާއަށް ކުރުކޮށް ނަމަވެސް ކިޔައިދީފައިވާ ގޮތުން އެއީ ކައިޔަން އާއި އަވްލީންގެ ހަޔާތް އެފުށްމިފުށަށް ޖަހާލުމުގެ މަގުސަދުގައި އައި ކޮޅިގަނޑުގެ އަސްލުކަން ނަގައިގަންނަން އަލާންއަށް ނެގީ މިނެޓެކެވެ.

“އެރެސްޓް ހާރ..” އަލާން އެހެން ބުނެލުމުން ފަހަތުގައި ހުރި ދެފުލުހުން ގޮސް މާޔާގެ އަތުގައި ބިޑި އެޅުވިއެވެ. އަދި މާޔާ ގެއިން ބޭރަށް ނެރެންވެގެން މާޔާ ގޮވައިގެން ދެ ފުލުހުން ހިނގައިގަތެވެ. މާޔާ ހަޅޭއްލަވައިގަތެވެ. “ނޫން..!! ނޫން..! އަހަރެންނާއި ކައި އާއި ވަކި ނުކުރޭ.. އަހަރެންގެ ގައިން ދޫކޮށްލާ..! މިބުނީނު ދޫކުރާށޭ..!! ކައީ ބަލަ އެމީހުން މިއޮއް އަހަރެން ގެންދަނީ.. އެމީހުން ކައިރީ ބުނެބަލަ އަހަރެންގެ ގައިން ދޫކޮށްލާށޭ.. އޭތް ބަލަ ގައިގައި އަތްނުލާށޭ..! ކައިޔަން އަހަރެން ސަލާމަތްކޮށްދީ.. އެމީހުން އެ އަހަރެން ގެންދަނީ… ކައީ..!!” ފާރުދޮށުގައި ހުރި ކައިޔަން ފެންނަނީ މާޔާއަށް އެކަންޏެވެ. އޭނާގެ ސިކުނޑި އޭނާއަށް ދައްކަމުން ގެންދިޔަ ޚިޔާލީ ކައިޔަންއެކެވެ. އަލާން ނިތްކުރިމަތީގައި އަތް އަޅާފައި ބޭރަށް ނުކުތެވެ. އަދި މީގެ ފަނަރަވަރަކަށް މިނެޓް ކުރިން ނުދަންނަ ނަންބަރަކުން އޭނާއަށް ކުރި މެސެޖަށް އަނެއްކާވެސް ބަލާލިއެވެ. މިހާ ދުވަސް ވަންދެން މާޔާ ކުރި ހުރިހާ ކަމެއް އެ ކަމެއް ކުރި ސަބަބާއި ތާރީޚާއި އެކީގައި އެފަރާތަކުން ބުނެދީފައި ވެއެވެ. އެ ފަރާތަކީ ކޮބައިކަން ނޭނގުނަސް އެއީ މާޔާ އާއި ގާތް ގުޅުމެއް އޮތް ފަރާތެކޭ އަލާންގެ ހިތަށް އެރިއެވެ. އޭނާ އަދި އެފަރާތެއް ހޯދާނެއެވެ. އެކަމަށް އޭނާ ބޭނުންވަނީ އެހީއެވެ. ވަރަށް ކުޅަދާނަ ފަރާތެއްގެ އެހީއެކެވެ. ދެން ބޮލަށް ވަތް ނަމަކުން އަލާންގެ ތުންފަތް މައްޗަށް ހިނިތުންވުމެއް ވެރިވިއެވެ. ފޯނު ނަގާ ނަންބަރަކަށް ޑައިލްކޮށްލި އިރު އަލާންގެ މޫނުމަތިން ފޮރުވުމެއް ނެތި ހިތްހަމަ ޖެހުން ފެންނަން ހުއްޓެވެ.

“ދަރިފުޅާ..؟” ހައިނާ ކޮޓަރީގެ ދޮރުގައި ޓަކި ޖަހާލިއަޑަށް އެނދުމަތީގައި ‘ދަ ސައިލެންޓް ޕޭޝަންޓް’ ނަމަކަށް ކިޔާ ވާހަކަ ފޮތެއްގެ ތެރެއަށް ގެނބިފައި އޮތް ހޫރީންއަށް ހޭވެރިކަމެއް ވެރިވިއެވެ. “ދަރިފުޅު ހޯދަން އައިސް އެބަހުރި..” ފުޅާ ހިނިތުންވުމަކާއި އެކީގައި ހައިނާ ބުނެލީ އެހެން އެކަންޏެވެ. އައީ އައިހަމް ކަމަށް ހިތާ ހޫރީން ބޭރަށް ނުކުތީ އެވަގުތު އޭނާ އިން ގޮތަށެވެ. ގޭގައި ލާކަހަލަ މަޑު ފިޔާތޮށި ކުލައިގެ ޕިޖާމާ ޕޭންޓްސް އާއި އެކީގައި ލައިގެން ހުރީ ގަދަ ރަތްކުލައިގެ ޓީޝާޓެކެވެ. ތަރުތީބެއް ނެތި ހޭވިފައިވާ އިސްތަށިގަނޑުގައި އެއްއަތުން ފުނާ އަޅަމުން އަނެއް އަތުން ވާހަކަ ފޮތް ހިފާއްޓައިގެން ހުރެ ހޫރީން ނުކުތެވެ.

މޭޒުމަތީގައި އޮތް ވޫލްކޮޅުން އިސްތަށިގަނޑުގައި ހުޅިއެއް ޖަހާފައި ހޫރީން ކުރިމައްޗަށް ބަލާލި ގަޑީގައި ސޯފާގައި އިން އަލާން ފެނިފައި އަތުން ވަރު ދޫވެގެން ގޮސް ފޮތް ބިންމައްޗަށް ވެއްޓުނެވެ. އެ ފޮތް ނަގާފައި އަލާންއަށް ހީނލާފައި ކުރިއަށް ހިނގައިގަންނަން އުޅެނިކޮށް ފޮތްތެރެއަށް ލީ ފޯނު ވެއްޓުނެވެ. އަމިއްލަ ނަފްސާއި ދިމާލަށް ކިޔުނުހާ އެއްޗެއް ކިޔަމުން ހޫރީން ލަދުގަނެފައި އަލާންއަށް ހީނލިއެވެ. ދެން އިށީންނަން ހިނގައިގަތް ވަގުތު އަމިއްލަ ފައިދަތި އެޅުނު ނަމަވެސް ހޫރީންއަށް ގޮތަކަށް ސޯފާގައި އިށީނދެވުނެވެ.

“އަލާން ބޭބޭ.. ވަޓް އަ ޕްރެޝަރ… އައި މީން އަ ޕްލެޝަރ ޓު.. މީޓް ޔޫ..” ފޯރި އަރާފައިވާވަރުން ހޫރީންއަށް ވާހަކަ ދެއްކުނީވެސް އަޅައަޅައިގަންނަމުންނެވެ. ރަށުން ތެރެއިން ކޮންމެ ދުވަހަކުހެން ފެނުނު ނަމަވެސް މިއަދު ހޫރީންގެ ހިތަށް އާދަޔާޚިލާފް ޖޯޝެއް ލިބިގެން އުޅެނީ ކީއްވެ ކަމެއް ނޭނގުނެވެ. “މިއައީ ހޫރީންއާއި ވާހަކަ ދައްކާލަންވެގެން..” ހޫރީން އުޅުނުގޮތުން ހިނިއައިސްފައި ހުރި އަލާން ބުނެލިއެވެ. “އަހަރެން..؟ މަ..؟” ހޫރީން ދެފަހަރަކު އަމިއްލަ ގައިގައި އިނގިލި ޖައްސާލާފައި އެއްސެވެ. “އާދެ..” އަލާންއަށް ހިނިގަނޑު މަތަކޮށްގެން ހުރެވުނީ ކިރިޔާއެވެ. އޭނާ އެގެއަށް އައީ ޕްރޮފެޝަނަލް ކަމަކު ކަމަށްވާތީ އޭނާއަށް ބަނޑުގައި މަތަކޮށްގެން ހުރި ހިނިގަނޑު މިނިވަންކުރަން ހާލަތު ތަން ނުދިނީއެވެ. ބަދިގޭގައި ސިޓިންގރޫމަށް ލޯ ދީގެން ހައިނާ ހުއްޓެވެ. އަލާން މިގެއަށް އަންނަން ޖެހުނީ ކީއްވެގެންތޯ ބަލާށެވެ.

“އަހަރެން މިއައީ ހޫރީންގެ ގާތު ކަމަކު ކިޔަން ވެގެން..” އަލާން އެހެން ބުނެލިތާ ސިކުންތެއް ވެސް ނުވަނީސް ކޮން ކަމެއްހޭ ހޫރީން އެއްސެވެ. “އިޓްސް ރިލޭޓެޑް ޓު އަ ކޭސް..” “އެއްކަލަ ކޭސްތަ..؟ އެކަމަކު އެ ކޭސް ދޫކޮށްލައިފިއެއްނު..؟” އަލާން އިތުރަށް ކިޔައިދޭން އަނގަ ހުޅުވާލިތަނާހެން ހޫރީން އެއްސެވެ. ހިޔާންމެން އަނިޔާ ކުރި އަންހެންކުދިންތައް އެ ކޭސް ދޫކޮށްލި އަޑު ހޫރީންއަށްވެސް އިވުނު ކަމުގެ ހެއްކެކެވެ.

“އެ ކޭހެއް ނޫން.. އާ ކޭހެއް..” އަލާން ބުނެލިއެވެ. “އަ ނިއު ވަން..؟ އެކަމަކު ކޮން އާ ކަމެއް ވީ..؟ ނޫހަކުން ވެސް އެހާ ސީރިއަސް ކަމެއް ވެގެން އުޅޭކަމަކަށް ނުކިޔާ.. އަނެއްކާ މީ މީޑިޔާއަށްވެސް ރިލީޒް ނުކުރާ ކޭހެއްތަ..؟؟” ހޫރީން ސުވާލަކަށް ފަހު ސުވާލެއް ކުރަމުން ގެންދިޔުމުން އަލާން ބޯ ކަހާލިއެވެ. “ނޫން.. ވަރަށް ފަހުން މާޔާ ކިޔާ ތިރީހުގެ އެންމެ ފަހު އަހަރުތައް ގުނަމުން ދާ އަންހެނެއް ހައްޔަރު ކުރި ވާހަކަ ވާނީ ހިއްސާ ކުރެވިފައި.. އެނގޭތަ އެއީ ކާކުކަން..؟” އަލާން އެއްސެވެ. “ނޫން..” ހޫރީން ވިސްނާކަށް ބޭނުމެއް ނުވިއެވެ.

“ނީޝަލް އާއި ހޫރީން އަކީ ވަރަށް ގާތް ދެއެކުވެރިންނެއްނު..؟” އަލާން ކައިޔަން އޭނާއަށް މާޔާ އާއި ބެހޭގޮތުން ކިޔައިދީފައިވާ މިންވަރަށް ހޫރީންއަށް ކިޔައިދިނެވެ. މާޔާ އާއި ރޫހާންގެ ވާހަކަތަކެވެ. އަނެއްގޮތުން ބުނާނަމަ ނީޝަލްގެ އަނދިރި މާޒީއެވެ. އެ ވާހަކަތައް ކިޔައިދިންއިރު ހޫރީންއަށް ހުރެވުނީ ގަނޑުވެފައެވެ. ދެލޮލުން އޮހޮރެން ތައްޔާރުވެފައިވާ ކަރުނަތައް ހައްޔަރުކޮށްލާފައި ހޫރީން ނޭފަތް ދަމާލިއެވެ. “އައި ނެވަރ ނިއު ނީޝް އަކީ އެހާބޮޑުކަމެއް ތަހަންމަލުކޮށްފައިވާ ކުއްޖެއްކަމެއް.. ޝީ ވޯޒް ޖަސްޓް ލައިކް އެނީ އަދަރ ނޯރމަލް ގާރލް ވެން ވީ މެޓް.. ހުރިހާ ކަމެއް ގޯސްވެ ބަދަލުވެގެން ދިޔައީ އަހަރެންނާއި ހެދި.. އަހަރެންގެ އަމިއްލަ އެދުން ބޮޑުވީމައި.. އެރޭ އަހަރެން އެ ކޭސް ނިންމަން ބޭނުންވެފައިވާވަރުން ނީޝަލްއަށް ކުރާނެ އަސަރެއް ވިސްނާނުލާ އައި ވިޓްނެސްއެއްގެ ގޮތުގައި ނީޝް ބޭނުން ކުރެވުނީ..” ހޫރީން ދެލޯ ފޮހެލިއެވެ. “ނީޝްއަށް އަސަރު ކުރިއްޔޭ.. އޭނައަށް އަސަރެއް ކުރަންވީ ކީއްވެގެން..؟” އަލާންއަށް އޮޅުންއެރިއެވެ. ހިތިގޮތަކަށް ހީނލާފައި ހޫރީން އިޒްކާން އާއި ނީޝަލްގެ ވާހަކަ އަލިފުން ޔާއަށް އަލާންއަށް ކިޔައިދިނެވެ.

“މަޑުކޮށްބަލަ..!!” އަލާންއަށް އެވާހަކަތައް ކިޔައިދީ ނިމުނުހާ އަވަހަކަށް ހޫރީން ކުއްލިއެއް ޖަހާފައި ތެދުވިގޮތުން ހީވަނީ މީހަކު ހޫރީންގެ ގަޔަށް ޕިނެއް ހަރާލި ހެންނެވެ. “އަލާން ބޭބެ ތިބުނީއެއްނު ދޯ.. އަމްމް.. ތިބުނާ ރޫހާންއެކޭ ކިޔާ މީހާ..؟ މާޔާ ހައްޔަރު ކުރަން ވެގެން މާޔާ އެވަގުތު ހުރި ތަނުގެ ނަމާއި ހާދިސާތަކާއި އެކީގައި މެސެޖް ފޮނުވި ޕްރައިމް ސަސްޕެކްޓްގެ ގޮތުގައި ބެލެވޭ މާޔާ ޝަރީފްގެ ދަރިފުޅު އުމުރުން އަށާރަ އަހަރުގެ ފިރިހެން ކުއްޖާ ރޫހާން.. ކޭސްއަކީ އޭނަ ހޯދުންތަ..؟” އޭނާ ނުވެސް ބުނަނީސް ހޫރީންއަށް ކުރަންޖެހޭ މަސައްކަތް ނަގައިގަނެވުނީތީ އަލާން ފަޚުރުވެރިވިއެވެ. އެހީ ހޯދަން މި އާދެވުނީވެސް ރަނގަޅު ކުއްޖެއް ކައިރިއަށްކަން ޔަގީންވިއެވެ. “އާނ އެއީ ކޭސް އަކީ..” އަލާން ހޫރީންގެ މޫނަށް ބަލާލިއެވެ. ހޫރީން އިތުރަށް އެއްޗެއް ބުނަން ބޭނުންވެގެން އުޅޭހެން ހީވާތީއެވެ. “ކިހިނެތްވީ..؟؟” އަލާން އެއްސެވެ. “އްމްމް.. ކަމެއް ނުވޭ..” ހިތަށް އެރި ސުވާލު އަހަން އުޅެފައިވެސް ހޫރީން އެ ސުވާލެއް ނޭހިއެވެ. އޭނާ އަހަން އުޅުނީ ނީޝަލް ގޮވައިގެން އަވްލީންމެން ފްރާންސަށް ދާންވީ ސަބަބެވެ. ކިތަންމެ ވިސްނުން ތޫނަކަސް ހޫރީންއަށް އެއީ މާޔާ އާއި ރޫހާން ކިބައިން ނީޝަލް ސަލާމަތް ކުރަންވެގެން ކަމެއް ނަގައެއްނުގަނެވުނެވެ. އަލާންއަށްވެސް ވާހަކަތައް ކިޔައިދިން އިރު އެބައި ސާފު ނުކޮށްދެވުނީއެވެ.

“ކޮލެޖް ނިމުނުހާ އަވަހަކަށް ހޫރީންއަށް އެބައޮތް ފުރުސަތު.. ފުލުހުންނާއި ގުޅުމަށް.. ބޭނުންވަނީ ހިތްވަރު.. ހުރިހާ ޓްރެއިނިންގއެއް ނިންމާފައި ބޭބެއަށް ޕްރޮފެޝަނަލްކޮށް އެހީވެދޭން ހޫރީން ބޭނުމެއް ނުވޭތަ..؟ ޕޮލިސް ޑިޕާރޓްމެންޓްގެ ކްރިމިނަލް އިންވެސްޓިގޭޝަން ޑިވިޝަން އާއި ގުޅޭކަށް ބޭނުމެއް ނޫންތަ..؟” އަލާން ދެން ބުނެލި ޖުމްލައިން ހޫރީން ބޭނުންވީ އުދުހިގަންނާށެވެ. އަލާންގެ ގޮހޮރު ނުކުންނާނެހާ ބާރަށް އޮޅުލައިނުގަނެވުނީވެސް ހިތްވަރުކުރެވުނު ވަރުންނެވެ. “ދެން އޮތް އަހަރު ނިމޭނެ ދެވަނަ ސެމެސްޓަރ އާއި ތިންވަނަ ސެމެސްޓަރ.. އެ ނިމުނުހާ އަވަހަކަށް ޖޮއިން ވާނަން.. އެންޑް އައި ވިލް ޓްރައި މައި ބެސްޓް..!” އުފަލުންގޮސް ހޫރީން ހީވަނީ އުޑަށް އަރާފާނެހެންނެވެ. އެވަގުތަކީ އައިހަމް ގެއަށް ވަތް ވަގުތެވެ. “ހޫރީން….” “ބޭބް ޔޫ ނޯ ވަޓް..؟ މައި ޑްރީމްސް އާރ ކަމިންގ ޓްރޫ..!!” އަލާންއަކަށް ހައިނާއަކަށް ނުބަލާ ހޫރީން ގޮސް އައިހަމްގެ ގައިގައި ބައްދާލިއެވެ. “ސީމްސް ލައިކް އިޓްސް ޔުއަރ ޕްރައިވެޓް ޓައިމް..” ހިނިއައިސްފައި ހުރެ އަލާން ތެދުވިއެވެ. “ގުޑްލަކް މިސް ހޫރީން..” ދިޔުމުގެ ކުރިން އަލާން ހީނލާފައި ބުނެލިއެވެ. ނުފެންނަ ދަތްކޮޅުވެސް ދައްކާލައިގެން ހުރެ ހޫރީން އަވަސްއަވަހަށް ބޯ ޖަހާލިއެވެ.

“އާނ އަދި މިއޮތީ ކުއްޖެއް ހޫރީން އާއި ހަވާލު ކުރާށޭ ބުނެފައި ދިން އެއްޗެއް.. މި ލިބުމަށް ފަހު މީގައި ލިޔެފައިވާ ހުރިހާ އެންމެންނަށް މި ޕާސްކޮށްދިނުމަށް ވެސް އެދުނު..” އަލާން ހޫރީންގެ އަތަށް ލައިދިނީ ޕެންޑްރައިވެކެވެ.

ލެޕްޓޮޕަށް އެ ޕެންޑްރައިވް ޖަހާފައި ހޫރީން ބަލާލިއިރު އެ ޕެންޑްރައިވް ތެރޭގައި ދެނޯޓް އޮތެވެ. ހޫރީން ހުޅުވާލީ ފުރަތަމަ ނޯޓެވެ. “ދޮންބޭ…” ހޫރީންއަށް ބުނެވުނެވެ. އެއީ ހިޔާން ލިޔެފައިވާ އެއްޗެކެވެ. އޭގައި ވަނީ ކޮންމެ މީހެއްގެ ފަރާތުން ވެސް މައާފަށް އެދިފައެވެ. ނިކަން ބޮޑުކޮށް ހިތުގެ އެންމެ ފުންމިނަށް އަސަރު ކުރާނެ ފަދައިން ފަށުވި ބަސްތަކެއް ބޭނުން ކޮށްގެން ހިޔާން މައާފަށް އެދިފައިވެއެވެ. އަދި އެ ނޯޓް އައިހަމް އާއި އާހިލަށްވެސް ދެއްކުމަށް ހިޔާން ލިޔެފައި އޮތެވެ. އަދި ދެވަނަ ނޯޓް ހަމައެކަނި އިޒްކާންއަށް ކިޔަން ދޭންވެސް އަންގާފައިވެއެވެ.

އެވަގުތަކީ ހިޔާން އައިސް ގެއަށް ވަތް ވަގުތެވެ. “ދޮންބޭ..!” ހޫރީން ހިޔާން އާއި ދިމާލަށް ދުއްވައިގަތެވެ. އަދި ހިޔާންގެ އަތުތެރެއަށް ވަތްއިރު ހޫރީން ދެލޮލުން ރޮނގަކަށް ކަރުނަ ނީރާލާފައިވެއެވެ. ހިނިތުންވެފައި ހިޔާން ހޫރީން ގެނެސް މޭގައި ޖައްސާލިއެވެ. އަދި ސޯފާގައި އިން އައިހަމްގެ މޫނަށް ބަލާލިއެވެ. އައިހަމް ބޯ އަނބުރާލީ ފަހަތަށެވެ. ހިޔާންގެ ހިނިތުންވުން ފޮހެވުނެވެ. ނަމަވެސް ހިތާހިތުން އޭނައަށް އެކަން ހައްގުކަމަށް ގަބޫލުކުރިއެވެ. އަދި އޭނައަށް މާފު ކުރަން އުނދަގޫ ވާނެކަން އިނގޭތީއެވެ. ލޭގެގޮތުން އޭނާ އާއި ގުޅޭތީ ހޫރީންއަށް އޭނާއަށް މައާފް ކުރަން ފަސޭހަ ވާނެކަން ހިޔާންއަށް ވިސްނެއެވެ. ފަހަތަށް އެނބުރިގެން އިން އައިހަމްގެ ތުންފަތްމަތީގައި ހިނިތުންވުމެއް ވިއެވެ. ހިތާހިތުން އޭނާ ހިޔާންއަށް މާފު ކުރި ނަމަވެސް އެކަން ނުދައްކާ ހުރީ އިތުރަށް ތަޅުވާލުމަށެވެ. އެ ހުރިހާކަމަކަށްފަހު ހިޔާންއަށް އަދި މާ ބޮޑަށްވެސް ސަޒާ ހައްގެވެ.

 

= ނުނިމޭ =

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

yooon
Follow Me Written By

yooon

10 Stories100 Comments100 Login100 Stories500 Comments

Transcend reality in this little safe space <3

Other Articles

Previous

ވަކިވެދިޔަޔަސް…(5)

Next

ވިސްނުނީ މާލަހުން…

Next
June 28, 2021

ވިސްނުނީ މާލަހުން…

Previews
June 27, 2021

ވަކިވެދިޔަޔަސް…(5)

5 Comments!

  1. yooon yooon says:
    June 27, 2021 at 10:57 pm

    Hello my dearest readers ? This part is a little short compared to the previous parts… Yoon dhn mi site ah insha allah daily koh uplwd kuran fashaanan.. 2 sites ah uplwd kurumuga difficulties thakaka kurimathi vaathy mi stry up kurumugai lasthakeh vaathy adhivx eh faharu readers ge kibain maafah edhen.. Ekujja S2 nimeyne I am guessing 43 wana part gai.. So happy you all enjoyed and kept reading and supporting me thru hard times and happy times too ?? Really appreciate you all so much.. And thankiu all so much ? Ly guys so much ? Stay safe and take care everyone ? Lots of good wishes yoon ge faraathun hurihaa kudhinnah vx ✨

  2. yooon yooon says:
    June 27, 2021 at 10:59 pm

    And also Ekujja S2 ge fahu part ga mi story ninmaafa yoon liyaane story aa behey gothun kuda info eh hihsaa kohleveyne… Vrh bodah shukuriyya ??

  3. Rooya Xek says:
    June 28, 2021 at 9:00 am

    Hei yooony ? nice mi part vex masha allah ? n I’m v v happy to hear mi site ah gavaaidun mi vaahaka laane ohh ? n mi vaahakaiga dhn othy de thin part kan egynyma vex .. So curious 4 next part n story twoo ? n ly too ? hope to c u in up next part ? untill tc n stay safe ??

    1. yooon yooon says:
      June 28, 2021 at 2:45 pm

      Hei dear ? Vrh bodah thankiu Rooya Xek ? Hehe glad to knw that ur happy and that you enjoyed this part too.. Thnx a lot ✨ Lym dear… And see you in prt 41… you stay safe and take good care too ingeii dear ?

  4. maiherr.r says:
    June 28, 2021 at 2:09 pm

    Hey yooon!!!
    Mi part vx vrh reethi. Dhen kon iraku izkaan and neesh meet vaany?!? And when is next part ??? Vrh avahah up kohdhehchey…

Comments are closed.

Next Episodeއެކުއްޖާ 2 – 41←


All Right Reserved!