އެކުއްޖާ 2 – 35
* “ނީޝް..” އިޒްކާން ނީޝަލްގެ ގައިގައި ހިފާލަން އުޅުނު ވަގުތު ނީޝަލްގެ ގައިން ވަރު ދޫވިއެވެ. ބޮލަށް އެނބުރުން އެރީއެވެ. އަތް ތެމިފައި ހުރުމުން އިޒްކާންގެ އަތުން ސޮހިގެން ގޮސް އަނެއްކާވެސް ނީޝަލް ގޮސް ޖެހުނީ ފެންގަނޑު ތެރެއަށެވެ. ނީޝަލް ނަގަން ވެގެން އަތް ދިމާކޮށްލި އިޒްކާންއަށް ލޯމަތީ އަތް އަޅާފައި ކަނާތް ފަރާތަށް ބަލާލެވުނީ އައްޔެއް އެޅުމުންނެވެ. އަނދިރިއަށް ލޯހޭނިފައި ހުއްޓާ އެ އަލި އެޅުމުން އިޒްކާންގެ ލޮލަށް އުނދަގޫވިއެވެ. ނީޝަލް އާއި ދިމާލަށް އަންނަން އުޅުނު ހިޔާން އާއި ދުރުގައި ހަދާނެގޮތެއް ނޭނގިފައި ހުރި ފައިލަމްވެސް ބަލާލިއެވެ. އެމީހުންނާއި އަރާ ހަމަ ކުރެވޭހާ ގާތުގައި ހުރި ރޫހާންވެސް ކަނާތް ފަޅިއަށް ބަލާލައިފިއެވެ. ކާރެކެވެ. ވިދުވަރެއްހާ ހަލުވިކޮށް އެ މަގުން ލާފައި ކާރެއް އަންނަނީއެވެ. އޭގެ އަމާޒު ފަތްގަނޑަކަށް ވެފައިވަނީ ނީޝަލްއެވެ. ސިކުނޑި ރަތް ސިގުނަލް އެޅުމާއި އެކީގައި އިޒްކާންގެ އަތް ވަގުތުން ނީޝަލް އާއި ދިމާލަށް ދާންވެގެން ހަރަކާތް ކުރިއެވެ. ކާރުގެ ކުރީގައި ހުރި ލައިޓަށް ބަލާލެވުމާއި އެކީ ނީޝަލްއަށް ހީވީ މީހަކު އޭނާގެ ބޯ މައްޗަށް ބަރު އެއްޗެއް ވައްޓާލިހެންނެވެ. ދިރިހުއްޓާ ބަނޑަށް ތޫނުއެއްޗެއް ކޮއްޕާލިއަސް އެހާ ތަދެއް ނުވާނެ ކަންނޭނގެއެވެ. އެވަގުތު ނީޝަލްގެ ބޮލުގައި އެޅި ތަދުން ބޮލުގައި އަތް އަޅާފައި ނީޝަލްއަށް ކަރު ފަޅައިގެން ދާހާ ބާރަށް ހަޅޭއްލަވައިގަނެވުނެވެ. *
ނީޝަލް އާއި އެކީގައިހެން އިޒްކާންއަށްވެސް ހަޅޭއްލަވައިގަނެވުނެވެ. ވެހެމުން ދިޔަ ވާރޭގެ ތެރެއިން ވިދާލިއެވެ. ކާރުގެ ލައިޓްތައް ނިވުނެވެ. އެވަގުތު ކާރު ދުއްވަން ހުރި މީހާ ބޭރަށް ނުކުތެވެ. އެހެން އެންމެން ވާނުވާގައި އެ މީހާގެ މޫނަށް ބަލަން ހުރިއިރު ރޫހާންގެ ދެލޮލުން އުފާވެރިކަން ވިދައިގަތް ނަމަވެސް މޫނުމަތިން ފެނުނީ ހައިރާންކަމެވެ. “މަންމާ…” ރޫހާންގެ ދުލުން ބޭރުވިއއެވެ. ނީޝަލް ކިރިޔަކިރިޔާ ލޯ ހުޅުވާލާފައި ކުރިމަތީގައި ހުރި މީހާއަށް ބަލާލިއެވެ. ލޮލަށް ފުސްވެފައިވާ ވަރުން ނީޝަލްއަށް އެތަނުގައި ކޮޅަށް ހުރި މީހާގެ މޫނު ސާފުވީވެސް އެތައް އިރެއް ފަހުންނެވެ. “މާއްތާ…” ނީޝަލްއަށް ވެސް ބުނެވުނެވެ.
”ދެޓްސް ރައިޓް ޝަލް..” ވިދާލި ވިދުވަރުގެ ތެރެއިން މާޔާގެ މޫނުގައިވާ ވިހަ ހިނިތުންވުން އެތަނުގައި ހުރި އެކަކަށް ވެސް ވަންހަނާއެއް ނުވިއެވެ. މާޔާގެ ކަޅި ނީޝަލްގެ މޫނުން ކަނާތް ފަރާތަށް ދަތުރު ކުރަން ފެށިއެވެ. މިހާރު މާޔާގެ އެ ތޫނު ނަޒަރު ގޮސް ހުއްޓިފައިވަނީ ސީދާ އިޒްކާންގެ މޫނަށެވެ.
ލިބުނު ރަނުގެ ފުރުސަތުގައި އިޒްކާން ނީޝަލް އަތްދަނޑިމައްޗަށް ލީގޮތަށް ގައިހުރި ބާރެއްލާ ދުރަށް ދުއްވައިގަތެވެ. ކުރަންވީ ހަރަކާތެއް ނޭނގިފައިހުރި ހިޔާން އާއި ފައިލަމަށް އެކަން އިހުސާސްވީހެންނެއް ހިޔެއް ނުވެއެވެ. މާޔާ އައުމުގެ ކުއްލި ޝޮކުގައި ހުރި ރޫހާންއަށް ވެސް އެކަން ރޭކައެއްނުލައެވެ.
އިޒްކާން ގެއަށް ނައުމާއި ހޫރީން އާއި ހިޔާންގެ ތެރެއިން އެކަކުވެސް ގެއަށް ނައިސްގެން ހައިނާ އާއި ރަނާގެ އެދުމަށް ކާރުގައި ނުކުތް ލިޔާންއަށް މާޔާ ހުރި މަގަށް އެޅުމަކީ އިއްތިފާގެއް ކަމެއް ނުވަތަ ނޫންކަމެއް ނޭނގުނެވެ. “މާޔާ..؟؟؟” ކާރުގެ ކުރީގައިވާ ލައިޓް އެޅިފައިވަނީ ސީދާ މާޔާގެ މޫނަށެވެ. މާޔާގެ ގާތުގައި ހުރި ދިގު ފިރިހެން ކުއްޖާގެ މޫނު ލިޔާންއަށް ފެނުނީ ދެނެވެ. “ރޫހާން..” ލިޔާންގެ އަޑު ނުކުތީ ކިރިޔާއެވެ. މާޔާ ނުވަތަ ރޫހާން ކުރެން އެކަކަށްވެސް އޭނާގެ މޫނު ފެނުމުގެ ކުރިން ލިޔާން އަވަހަށް ކާރު އަނބުރާލައިފިއެވެ. ތެޅެމުން ދިޔަ ހިތަކާއި އެކީގައި ލިޔާންއަށް ގުޅުނީ އަވްލީންގެ ނަންބަރަށެވެ.
ދުވެފައި ގޮސް އިޒްކާން ހުއްޓުނީ އޭނާގެ ގޭގެ ކުރިމަތީގައެވެ. ވަގުތުން ޖިންސު ޖީބުގައި އޮތް ގޭގެ ތަޅުދަނޑި ނަގާ ދޮރު ހުޅުވާލިއެވެ. ރަނާ އާއި ލިޔާން ކޮންމެ ސުވާލެއް ކުރިޔަސް ހެޔޮކަމަށެވެ. ނަމަވެސް އިޒްކާން ހީކުރިގޮތާއި ޚިލާފަށް ގޭތެރެ ފަޅެވެ. ރަނާ ނުވަތަ ލިޔާންގެ ނިޝާނެއް ނެތެވެ. ދެކޮޅު ބަލާފައި އިޒްކާން ގޮސް ވަނީ އޭނާގެ ކޮޓަރިއަށެވެ. ތެމިފޯވެފައިވާ ނީޝަލްގެ ހޭ ހުރިހެންނެއް ހިޔެއް ނުވެއެވެ. އިޒްކާން ކަންބޮޑުވިއެވެ. އިޒްކާން ކުރިއަށް އަޅާ ކޮންމެ ފިޔަވަޅަކާއި އެކީގައި ފްލޯރިންގ ތެމެމުން ދިޔަ ނަމަވެސް އިޒްކާން އެކަމާއި ދޭތެރޭ ފަރުވާލެއް ބަހައްޓާހެންނެއް ހިޔެއް ނުވެއެވެ. އެނދު ކައިރިއަށް އިޒްކާން ކުޑަކަކޫ މައްޗަށް ތިރިވީ ފުންނިންޖެއްގެ ތެރރޭގައި އޮތްހެން ހީވާ ނީޝަލްގެ މޫނަށް ބަލަމުންނެވެ. އިޒްކާންއަށް ނީޝަލްގެ ގަނޑުފެންގަނޑެއްހާ ފިނި އަތްތިލައިގައި ހިފާލެވުނުއިރު އެދެލޯ ފުރި ބާރުވެއްޖެއެވެ. މިރޭ ވާން ޖެހޭނީ އޭނާގެ ހަޔާތުގައި އަންނަން ޖެހޭ އެންމެ އުފާވެރި ދުވަހަށެވެ. ނަމަވެސް އެވީ ކިހިނެތް ހެއްޔެވެ.؟ އަރައިގެން ދިޔަ އޮޅުންގަނޑުގެ ސަބަބުން މިހާރު އޭނާ އެތައްހާސް މަރަކުން މަރާލައިފިއެވެ. އެ ހިތުގައި މެދުކެނޑުމެއް ނެތި އަޅަމުން ދިޔަ ވޭނަކީ ދުލުން ބަޔާން ކޮށްދޭންވެސް ކުޅަދާނަ ނުވވާފަދަ ވޭނެކެވެ. ނީޝަލްއަށް އެ ހިތް އެދެމުންދާ ވަރު ދެލޮލުން އޮހިގަތް ތެދު ކަރުނަތައް ނުވާނަމަ ހެތްކަކަށް ދެން އޮތީ ކޯޗެއް ހެއްޔެވެ.؟
“އިޒްކާން…” ކާރަށް އަރައިގެން ދިޔަ މާޔާ އާއި ރޫހާންއަށް ބަލަން ހުރި ފައިލަމް ސިހުނީ ހިޔާންގެ އަޑަށެވެ. “އޭނަ ނީޝަލް ގެންގޮސްފި..!” ހިޔާންގެ ދެލޮލުގައި ރޯވި ހުޅުކޮޅުގެ ހހޫނުކަން ފައިލަމަށް ވެސް އިހުސާސް ކުރެވުނު ފަދައެވެ. “އާދޭ.. އޭނައަށް އަދި އެހާ ދުރަށް ދެވޭހާ އިރެއް ނުވޭ..” ހިޔާން މިރޭ ރަނގަޅަށް ވެސް އެހުރީ މޮޔަވެފައެވެ. ވެހެމުން ދިޔަ ވާރެއަށް ވިދަމުން ދިޔަ ވިދުވަރަށް ސަމާލުކަމެއް ނުދީ އަވަސް ފިޔަވަޅު ތަކެއްގައި ހިނގައިގަތް ހިޔާން ހުއްޓުވީ އޭނާގެ ކުރިމައްޗަށް މަޑުކޮށްލި ކާރެވެ.
“ބްލޮންޑީ..” ކާރުން ފޭބި ހޫރީން ފެނިފައި ފައިލަމަށް ބުނެވުނެވެ. އެރޭ ރޫމް 204 އިން ނުކުތްއިރު އޭނާއަށް ފެނުނު އަންހެން ކުއްޖާ އަކީ މިއީތާއެވެ. ”ބްލޯންޑިއޭ..؟ އެކޯޗެއް..؟” ހިޔާންއަށް ފައިލަމް ބުނި ބަސް އިވުނީ ރަނގަޅަކަށެއް ނޫނެވެ. ހިޔާންގެ މައްސަލައެއް ނޫނެވެ. ވެހެމުން ދިޔަ ވާރޭގެ މައްސަލައެކެވެ. “ހޫރީން..” ހިޔާންއަށް ފާޑަކަށް ހީނލެވުނީއެވެ. ނަމަވެސް އެހިތް ފުރެމުން ދިޔައީ ސުވާލުންނެވެ. ހޫރީން މިތާ ކީއްކުރަނީ ހެއްޔެވެ.؟ ހޫރީން މިވަގުތު ހުންނަން ޖެހޭނީ އެބުނާ ޑޭޓްއެއް ނިންމާފައި ގޭގައެއް ނޫން ހެއްޔެވެ.؟ ހިޔާންގެ ސުވާލުތަކަށް ބޮޅެއް އިތުރުވީ އެ ކާރރުން ދެން ފޭބި ދެމީހުން ފެނިފައެވެ. އާދެ އައިހަމް އާއި އާހިލް ފެނިފައެވެ. “މިތާ..؟” ފައިލަމްގެ ދުލަށްވުރެ ކުރިން ހަރަކާތް ކުރީ ހިޔާންގެ ދުލެވެ. އައިހަމް އާއި އާހިލް އައިސް ހުރި ރުޅި ހަވަރަކަށް ފޫޓް ދުރުގައި ހުއްޓަކަސް އިހުސާސް ކުރެވޭހާވެއެވެ. ދެމީހުންވެސް ދެބުމަ ގޮށްޖަހާލައިގެން ހުރިއިރު އަތް ވަނީ މުއްކެވިފައެވެ. ނަމަވެސް އެދެމީހުންނާއި ހިލާފަށް ހޫރީންގެ ދެލޮލުގައި ވިދަމުން ދިޔައީ ކަރުނައެވެ. މޫނުމަތީގައި ވަނީ މޮޅިވެރިކަމެވެ. އެ ތުންފަތުގައި ކުރިން ހުންނަ ރީތި ހިނިތުންވުމެއް ނެތެވެ އެއްޗެކޭ ބުނަން އުޅުނު ހިޔާން މަޑުކުރުވީވެސް ވާރޭގެ ތެރެއިން ހޫރީން ވެފައިވާ ދެރަ އޭނާއަށް ފެނުމުންނެވެ. “ހޫރީން..” ހިޔާން ހައިރާންވެފައި ގޮވާލިއެވެ.
“ދޮންބޭ..” ހިޔާންއަށް ގޮވާލިއިރު ހޫރީންގެ އަޑުގައިވީ ތުރުތުރު އެޅުން ހިޔާންގެ ލޯލިތައް ކޮޅަށް ޖައްސާލުމުގައި ކާމިޔާބު ކޮށްފިއެވެ. “ދޮންބެ ކީއްވެ އެފަދަ އަމަލެއް ކުރީ..؟؟” ހޫރީންގެ ދުލުން ދެން ބޭރުކޮށްލި ޖުމްލައިން އިސްޖަހާލާފައި ހިޔާންއަށް ޒާތަކަށް ހީނލެވުނެވެ. ދެނން ވީ ހޫރީން ހީކުރި ގޮތެއް ނޫނެވެ. ހިޔާން ހޭންފެށީއެވެ. އަސްލަށްވެސް ހޭބުއްދި ފިލާފައިވާ މީހެއް ފަދައިންނެވެ. “ސޯ ޔޫ ނޯ…” ހިޔާންގެ ދުލުން ބޭރުވީ އެ ޖުމްލައެވެ. “އައި ނޯ..؟ އައި ނޯ..؟؟ އެއީތަ ދޮންބެ ބުނަން އޮތް ހުރިހާވެސް އެއްޗަކީ..؟” ހޫރީންގެ އެ ޖުމްލަތައް އަރުން މިނިވަންވީ ހަޅޭކެއްގެ ގޮތުގައެވެ. ހޫރީން ދިޔަގޮތަށް ގޮސް ހިޔާންގެ ދެއަތުގައި ހިއްޕެވެ. “މާފަކަށް ވެސް ނޭދޭނަންތަ..؟ ތި އުޅުމެއް ނުދޫކޮށްލާނަންތަ..؟ ޑޫ ޔޫ ހޭވް އެނީ އައިޑިއާ ހައު މެނީ ލައިވްސް ޔޫ ހޭވް ރުއިންޑް..؟ ދޮންބެއަށް ހަމަ ނޭނގެނީތަ ކިތައް މީހުން ކަމެއް ދޮންބެ ތި އަމަލުތަކުން ހިތާމަ ކުރަނީ..؟ ދޮންބެ ކުރިން އަނިޔާ ކުރި ހުރިހާ އަންހެން ކުއްޖެއް.. ދެން ޝަހާމާ ހުދާ.. މައިހާ.. ރައުލާ.. އަދި އީޝާވެސް.. އެ އެންމެންނަށް ވާނެހާ ތަދަކާއި ދޭތެރޭ ދޮންބެ ވިސްނާލިންތަ..؟ ފިޒިކަލީ އެމީހުންނަށް ލިބުނު ހުރިހާ އަނިޔާއެއް ފަސޭހަ ވެގެން ހިނގައިދާނެ.. އެކަމަކު އިމޯޝަނަލީ…. އިމޯޝަނަލީ އެމީހުންގެ ހިތުގައި އެޅުނު ކޫރުންތައް ފިލައިގެން ދާނެހެން ދޮންބެއަށް ހީވޭތަ..؟؟” ހޫރީންއަށް އެހިސާބަށް ބުނެވުނުއިރު ރޮވިއްޖެއެވެ.
ހޫރީން ދައްކަމުން ދިޔަ ހުރިހާ ވާހަކައެއް ދެއްކިއިރު އައިހަމްއަށް ދަތްކުނޑިވިކާލައިގެން ކެތްކުރެވުނީ ހަމަ ކިރިޔާއެވެ. ވެގެންވާނަމަ ސިކުންތެއްވެސް ލަސްނުކޮށް އޭނާ ހިޔާންގެ މޫނު ނޮޅޅާލީހެވެ. ނަމަވެސް ހޫރީން ދައްކަން ހުރި ވާހަކައެއް ދައްކަންދެން އައިހަމް ހުރީ ކެތްކުރެވޭނެ އެންމެ މަތީ ދަރަޖައަށް ކެތް ކޮށްގެންނެވެ.
“ދެން އިޒްކާންއޯ…؟ އެއީ މިހުރިހާ އަހަރެއްގެ ތެރޭގައި ދޮންބެ އާއި އެކީގައި އަބަދުވެސްވީ ދޮންބެގެ އެންމެ ގާތް އެކުވެރިޔާއެއް ނޫންތަ..؟؟ ކޮންމެ ފަދަ ހާލަތެއްގައި ވެސް އެކުގައި ހުރި މީހާއެއް ނޫންތަ..؟ އެންމެ ދަތި ވަގުތު ތަކުގައިވެސް ދޮންބެ އަނބުރާ ނަގައިދޭން ހުރި ރަހުމަތްތެރިޔާއެއް ނޫންތަ..؟ އިޒްކާން ނީޝް ދެކެ ލޯބިވާކަން އެންމެ ފުރަތަމަ ދުވަހުންސުރެވެސް ދޮންބެއަށް އެނގޭކަން އަހަންނަށް އެނގޭ.. އެކަމަކު ދޮންބެ ކީއްތިކުރީ..؟ ހަމަ އެންމެ ބޭނުމަކަށްޓަކައި އިޒްކާން އަޑިނޭނގޭ އަނދަވަޅެއްގެ ތެރެއަށް ވައްޓާލީ.. ނީޝް އާއި އިޒްކާން ދުރުކުރުވީ.. ވެލް ކޮންގްރެޖުލޭޝަންސް ދޮންބޭ.. ދޮންބެގެ އީވިލް ރޭވުންތައް ވަރަށް ރަނގަޅަށް ކާމިޔާބުވެއްޖެ.. ނީޝަލް އާއި އިޒްކާން ދުރު ވެއްޖެ.. އެންމެ ގާތް އެކުވެރިޔާއަށްޓަކައި ވެސް ދޮންބެއަށް ކުރެވުނު ކަމެއް ނެތް…” ހޫރީންގެ އެންމެ ފަހު ޖުމްލަ އާއި އެކީގައި ހިޔާން ހޫރީންގެ އަތް ގައިހުރި ބާރެއްލާފައި ފޮޅުވާލިއެވެ.
ހޫރީން ގޮސް ވެލިގަނޑުމައްޗަށް ވެއްޓުނެވެ. ބިންމަތީ އަތް ވިދުނު ގޮތަކުން އެތަނަށް އެރި ތަދުން ހޫރީންގެ އަނގައިން އާހެއް ބޭރުވިއެވެ. ހޫރީން އެ ކީ އެއްޗެއްސާއި ދޭތެރޭ އަޅާނުލާ ހުރި ނަމަވެސް ހޫރީން ވެއްޓުނު މަންޒަރު ފެނިފައި ހިޔާން ދެރަވިއެވެ. ބޭރުފުށުން ކުށެއްނެތް ރީތި އިންސާނެއް އެކަމަކު އެތެރެފުށުން އިފުރީތެއްހާ ނުލަފާ ނަމަވެސް ހޫރީން އެއީ އޭނާއާއި އެއް ލެޔެއް ހިއްސާކުރާ އޭނާގެ ކޮއްކޮއެވެ. އެ ކޮއްކޮއަށް އަނިޔާއެއް ވާކަށް ހިޔާންއެއް ނޭދެއެވެ. ދެންމެވެސް ހޫރީންއަށް އެ ތަދުވީ އޭނަޔާއި ހެދިކަން އެނގުމުން ހިޔާން އަމިއްލަ ނަފްސަށް އަޑުލެވުނެވެ.
އެ މަންޒަރު ވެގެން ދިޔައީ އައިހަމްގެ އަލިފާންގަނޑެއް ފަދަ ރުޅިއަށް އެޅުނު ޕޕެޓްރޯލް ހަމަކަށެވެ. އަވަސް ފިޔަވަޅުތަކެއްގައި ގޮސް ހިޔާންގެ މޫނުމަތީގައި ޖެހުނެވެ. އެންމެ ފަހަރަކުއެއް ނޫނެވެ. ދެތިން ހަތަރު ފަހަރުއެވެ. “ކަލޭ މޮޔަވީތަ..؟؟” ހިޔާން އައިހަމްގެ އަނގަމަތީ ޖެއްސެވެ. އަނގަމަތީގައި އަތް އަޅާފައި ޝިކާރަވެރިއެއް އޭނާގެ ޝިކާރައަކާއި ދިމާލަށށް ބަލާލާ އުސޫލުން އައިހަމް ހިޔާންއަށް ބަލާލިއިރު ތުންފަތް ފެޅި އައި ލޭތައް ފުހެލައިފިއެވެ. އާހިލް ގޮސް ހިޔާންގެ ފައިގައި ޖެއްސެވެ. އައިހަމްގެ ކޮޅަށް ވެސް މީހަކު ހުރިކަން އަންގާލައިދޭން ވެގެންނެވެ. “ތީ ހޯހޯ ކަމެކޭ ކުޑަ ސޮރާ..” އާހިލާއި ކުރިމަތިލީ ފައިލަމެވެ. އެތަން ފެނި އައިހަމްގެ ރުޅި އިތުރަށް ގަދަވިއެވެ. އެތަނުގައި ކޮޅަށް އެހުރީ ހަމަ އޭނާގެ ބޭބެ ހެއްޔޭ ވެސް ހިތަށް އެރިއެވެ.
އެ ފެށިގެން ދިޔަ ތަޅާފޮޅުންގަނޑު ހޫރީންއަށް ފެނުނީ ބިރުވެރި މަންޒަރެއްގެ ސިފައިގައެވެ. ހިޔާން އައިހަމް ބިންމައްޗަށް ވައްޓާލާފައި އޭނާގެ އަތް އަނބުރާލިލެއް ބާރުކަމުން ހޫރީންއަށް ވެސް އޭގެ ތަދު ވީހެން ހީވިއެވެ. އެވަގުތު ފަޒާތެރޭ ގުގުމާލީ އައިހަމްގެ ވޭނީ ހަޅޭކުގެ އަޑެވެ. އެ ހަޅޭކުގެ އަޑު ހޫރީން އާއި ހަމައަށް ވާސިލުވީ ހޮނު ގުގުރިއެއްގެ ސިފައިގައެވެ. އާހިލްގެ ނޭފަތުން ލޭ އަންނަމުން ދިޔަ ނަމަވެސް އޭނާގެ ފަރާތުން ފައިލަމަށް ލިބިފައިވާ އަނިޔާތައް މަދެއް ނޫނެވެ. އެއީ ފަޅު ހިސާބެއް ކަމީ ނަސީބެއް ނުވަތަ ބަދު ނަސީބެއް ކަމެއް ނޭނގުނެވެ. މީހުން ހުރި ނަމަ ވަގުތުން އެމީހުންގެ އެހީތެރިކަން ލިބުނީހެވެ. ނަމަވެސް މީހުން ހުރިނަމަ މާދަން އެއް އަޑަކަށް ކިޔާނީ އެވާހަކައެވެ.
ފައިން ހިޔާންގެ ގައިގައި އަޅާ ކޮއްޕާލާފައި ތެދުވަން އައިހަމް މަސައްކަތް ކުރިއެވެ. ނަމަވެސް ވާތަށް ވަމުން ދިޔަ ތަދުން އައިހަމަށް އެކަންވީ ދޫ އުޅަނބޮށީގައި ޖެއްސުން ފަދަ ކަމަކަށެވެ. ހިޔާންގެ ފައިގެ ހަމަލާ ބުރަކައްޓަށް އެރީ ލަހެއް ފަހެއް ނުވެއެވެ. އައިހަމް ބަނޑުވަތަށް ދެމުނުއިރު މޫނާއި ގައިގެ އެތަން މިތާ ވެލި ތަތްލަވައިފިއެވެ. އައިހަމް އަނެއް ފަރާތަށް ފުރޮޅާލާފައި ހިޔާން އޭނާގެ ކަނާތުފައިން އެރީ އައިހަމްގެ މޭމައްޗަށެވެ. ނޭވާލާން ދަތިވެގެން އައިހަމް ތެޅިފޮޅިގަތެވެ. އެ މަންޒަރު ބަލަން ހޫރީންއަށް ކުޅަދާނައެއް ނުވިއެވެ. އައިހަމްގެ މޫނުމަތީ އޭނާގެ ހހޭވެރިކަން ދާވަރަށް ޖަހަން އަތް މަޅާލި ހިޔާން ހުއްޓުވީ އެދެމެދަށް ވަތް ހޫރީންއެވެ.
“އަނިޔާވާން ބޭނުން ނޫނިއްޔާ އެއްފަރާތްވޭ.. ހޫރީންއަށް އަނިޔާ ކުރާކަށް ދޮންބެ ބޭނުމެއް ނޫން..” ހިޔާން ދަތްކުނޑިވިކާލާފައި ލޮލުގެ އިޝާރާތުން އެއްފަރާތްވާން ބުނެލިއެވެ. ހޫރީން ދެފަރާތަށް ބޯ ހޫރާލިއެވެ. ހިޔާން އޭނާގެ ގައިގައި ޖެއްސަސް ހެޔޮކަމަށް ހޫރީން ހުރީ އަތަކަށް ގުޑިވެސް ނުލަން އަޒުމު ކަނޑައަޅައިގެންނެވެ. އައިހަމްގެ ގައިގައި ދެން ހިޔާން ޖަހާނޭ ކޮންމެ ފަހަރަކީ ހޫރީންގެ ހިތަށް ދެވޭ ހަމަލާއަކަށް ވާނެއެވެ.
އާހިލްގެ ކަރުގައި ހިފާ ދުރަށް ކޮއްޕާލާފައި ފައިލަމް ހިންދެމިލައިފިއެވެ. އޭރު ނިތްކުރީގައިވާ ދާތިކިތައް ތިރިއަށް ދިޔައީ ބޯ ފެޅިފައި ހުރުމުން އައިސްފައިވާ ލޭތަކާއި އެކީގައެވެ. އާހިލް އޮތީ ފުރޮޅިލަންވެސް ނޭނގިފައެވެ. ފައިލަމް އާހިލްގެ ކަރުގައި ހިފިތަން ރަތްވެފައި ހުއއްޓެވެ. ފައިލަމްގެ ދިގު ނިޔަފަތިތައް ވެސް ވަނީ އާހިލްގެ މޫނާއި ދެއަތުގައި ރަތް ނިޝާންތަކެއް ދޫކޮށްފައެވެ. މޫނުގެ ދެފަރާތުގައި ފައިލަމްގެ ނިޔަފަތިތަކުގެ ޕްރިންޓް ރަނގަޅަށް ފެންނަން ހުއްޓެވެ. ހީވަނީ ވަލުޖަނަވާރެއްގެ ޝިކާރަ އަކަށް އާހިލް ވެފައި ވާހެންނެވެ.
ހިޔާން އަތް ތިރިކޮށްލިއެވެ. އަދި ހޫރީންގެ ލޮލަށް ބަލަން ހުރެފައި އަނބުރާލައިފިއެވެ. ހޫރީންއަށް އަނިޔާއެއް ދޭން ހިޔާން ނުކުޅެދުނީއެވެ. ދުރުގައި ހުރި ފައިލަމް އާއި އެކީގައި ހިޔާން ގޮސް ގެއަށް ދާ ގޯޅިއަށް އެޅިއެވެ. ހިޔާން އާއި ފައިލަމް ލޯ މަތިން ގެއްލުމުން ހޫރީން ވަގުތުން ތިރިވިއެވެ. ލޯ މެރިފައި އޮތް އައިހަމްގެ މޫނު ފެނުމުން ހޫރީންގެ ހިތް އިރާލެވުނު ފަދައެވެ. އއައިހަމްގެ ހަށިގަނޑުގައި ހޫރީންއަށް ހިފާ ތަޅުވައިގަނެވުނީ ދެވަނަ ވިސްނުމަކާއި ނުލައެވެ.
“ޑޭމްއިޓް އައިހަމް.. ތިހެން ނޯވެބަލަ.. ލޯ ހުޅުވަބަލަ… ޕްލީޒް..” އައިހަމްގެ މޫނުމަތީގައި ދެއަތުން ތަޅަމުން ހޫރީންއަށް ކިޔުނެވެ. އެވަރުންވެސް އައިހަމް ހަރަކާތެއް ނެތިފައި އޮތުމުން ހޫރީންގެ ހިތް ދިޔައީ ނުތަނަވަސް ވަމުންނެވެ. “ޕްލީޒް ޕްލީޒް ޕް.ލީ.ޒް…” އަކުރުތަކަށް ދަމާލާފައި ހޫރީން އާދޭސް ކުރިއެވެ. އެންމެ ފަހަރަކު ނަމަވެސް ލޯ ހުޅުވާލުމަށެވެ. “އައިހަމް.. ޑޭމް އިޓް… ހޭލަބަލަ.. ދޮންބެ ގޮސްފިޔޭ… ފައިލަމްވެސް..” ހޫރީންގެ އާދޭސްތައް ދިޔައީ ކުރިއަށެވެ. ފެންކަޅިވެފައިވާ އެ ދެލޯ ދެންމެ ދެންމޭން ބަންޑުން ޖަހާލަފާނެޔޭ ހީވެއެވެ. އެހިތުގައި މިވަގުތު އަޅަމުން އެ ގެންދިޔަ ވޭން ހިޔާލަށް ވެސް ނުގެނެވޭނެއެވެ. “އެޓްލީސްޓް ހުދާއަށްޓަކައި ތެދުވެބަލަ… އައިހަމް ނެތިއްޔާ ހުދާއަށް ވާނީ ކިހިނެތް..؟؟ ހޭލަބަލަ..” ހިތްމަތީ ގާގަނޑެއް ބާއްވައިގެން އިނދެ ހޫރީން އެދުނެވެ. “ހުދާ ހާދަ ދެރައެއްވާނެޔޭ… ހަރ ޕްރެޝަސް ބޯއިފްރެންޑްސް ޑެތް..؟؟؟ އޭނައަށް ކެތެއް ނުވާނެ..” ހޫރީން އެހެން ކިޔަމުން ދިޔަސް އެންމެންނަށްވެސް އެ ދުވަސް އަންނާނެކަން ވިސްނެއެވެ.
“ޖަސްޓް.. އޯހް ގޯޑް ޑޭމްއިޓް..!! އައި ލަވް ޔޫ.. އޯކޭ..؟ އަހަރެންނަށް އައިހަމް ދެކެ ލޯބިވެވިއްޖެ… އަހަންނަށްޓަކައި ތެދުވެބަލަ.. ނޫނީ އެޓްލީސްޓް ސޭ އިޓް ބެކް..” ރޮވިފައި އިނދެ އެތައް ދުވަހެއް ވަންދެން ނުބުނަން އެތެރެހަށީގައި ފިއްތާލައިގެން ހުރި ވާހަކަ ހޫރީން ބޭރުކޮއްލިއެވެ. “ޔެސް އަހަރެން ހުދާދެކެ ހަސަދަވެރިވަން.. އައިހަމްގެ ލޯބި އޭނައަށް ލިބުނީމަ… އަހަރެން ނޫޅެން ތިދެމީހުންގެ މެދަށް ވަންނާކަށް.. އެކަމަކުވެސް އައިހަމް ރިމެންބަރ ދިސް.. އައި ލަވް ޔޫ.. އައި ލަވް ޔޫ ސޯ މަޗް..” ކަރުނަވީ ދެލޮލާއި އެކީގައި އެހެން ބުނެ ނިންމާލިއިރު ހޫރީންއަށް ތުންފަތުގައި ދަތް އަޅާލެވިއްޖެއެވެ. އޭނާ ރޯކަށް ބޭނުމެއް ނޫނެވެ. ނަމަވެސް ކަންދިމާކުރިގޮތުން ނުހިފޭއްޓިގެން ލޮލުން ކަރުނަތައް ބަންޑުން ޖަހާލިއެވެ. ހޫރީން އިސްޖަހާލީ އެ ކަރުނަތައް ކާކަށް ފޮރުވަން ކަމެއް ނޭނގުނެވެ.
“އައުޗް…” އައިހަމްގެ އަޑަށް ހޫރީން އިސްއުފުލާ ބަލާލިއެވެ. ލޯ ހުޅުވައިގެން ޒާތަކަށް ހިނިއައިސް އޮތް އައިހަމް ފެނިފައި ހޫރީންއަށް ގަބޫލެއްވެސް ނުކުރެވުނެވެ. “ޑިޑް މައި އައިޒް މެލުފަންކްޝަން..؟” ލޯ އޭނާއަށް ދައްކަމުންގެންދާ ޚިޔާލީ މަންޒަރުތަކެކޭ ހީވެގެން ހޫރީން އަނެއްކާވެސް އިސްޖަހާލިއެވެ. “އައު.. އައޫޗް..!!” އަނެއްކާވެސް އައިހަމް ހަޅޭއްލަވައިގަތް އަޑަށް ހޫރީންއަށް އެއީ އަސްލުކަން ދޭހަވިއެވެ. އަނެއްކާވެސް ހޫރީންގެ ދެލޯ ފުރިބާރުވިއެވެ. މިފަހަރު އެއީ އުފާވެރިކަމުގެ ކަރުނައެވެ.
“ލެގް… ލެގް ލެގް ލެގް..!!!” އައިހަމް ދެލޯ މަރާ ފިއްތާލައިގެން ހުރެ ބުނެލިއެވެ. ހޫރީން އޭނާގެ ފަޔާއި ދިމާލަށް ބަލާލިއެވެ. އަދި ގަޔަށް ކަށްޓެއް ޖެހި ފަދައިން އަވަހަށް އެއްފަރާތަކަށް ޖެހުނެވެ. އޭނާގެ ފައި ހުރީ އައިހަމްގެ އަނިޔާވި އަތްމަތީގައި ކަމުން އައިހަމްއަށް ތަދުވީއެވެ. އޭރު އާހިލް ތެދުވެއްޖެއެވެ. ކިތަންމެ އަނިޔާވެފައި ހުއްޓަކަސް އެ ތުންފަތްމަތީގައި ދިމާކުރާފަދަ ހިނިތުންވުމެއް ނުފިލާ ފެންނަން ހުއްޓެވެ.
ހޫރީންގެ އެހީގައި އައިހަމް އާއި އާހިލް ކާރަށް އެރިއެވެ. އޭރު ކާރު ދުއްވަން ހުރި މީހާ ބަހަބަރެވެ. ޔަގީނެވެ. އެ ހިނގި ތަޅާފޮޅުގަނޑު ބަލަން އެސޮރުގެ ދެލޮލަށް ކެތްނުވާނީއެވެ. ހޫރީން ކާރަށް އަރާފައި ނުފަރިތަ ގޮތަކަށް ކާރު ދުއްވާލައިފިއެވެ. އިކުވާން ފަސޭހަކަމާއި އެކީ ކާރު ދުއްވާ އުޅޭ މަންޒަރު ހޫރީންއަށް ވަނީ ފެނިފައެވެ. ނަމަވެސް އިކުވާން ކާރު ދުއްވާތަން ދައްކާހާ ފަސޭހަކޮށް ހޫރީންއަކަށް ނުދުއްވުނެވެ. ދެތިން ފަހަރަކު ގެއެއްގެ ފާރުގައި ނުޖެހުނުކަން ވެސް އެއީ ނަސީބެވެ. ހިރެމުން ހިރެމުން ކަހަލަ ގޮތަކަށް ހޫރީން ކުރިއަށް ދިޔައެވެ. އިޒްކާންގެ ގެއާއި އަރާ ހަމަކޮށްފައި އިތުރަކަށް ނުދުއްވޭނެކަމަށް ބަލާފައި ހޫރީން ފޭބިއެވެ. ހިޔާން އާއި އެކީ އެގެއަށް އައިސް އައިސް އެގޭގެ ތަޅުދަނޑި އޮންނަ ތަންވެސް ހޫރީންއަށް އެނގެއެވެ.
ނަމަވެސް ގޭގެ ދޮރު ހުޅުވާ އަޅާފައި ހުރުމުން ހޫރީން ހައިރާންވިއެވެ. ފްލޯރިންގ މަތީގައި ފެނުގެ ފިޔަވަޅުތަކެއް ފެންނަން ހުރުމުން ހޫރީންގެ ދުލުކުރިއަށް ފުރަތަމަވެސް އައީ އިޒްކާންގެ ނަމެވެ.
ނީޝަލްގެ އަތުގައި ހިފައިގެން އެ މޫނަށް ބަލަން ހުރި އިޒްކާން ސިހުނީ މީހަކު ތިރީގައި އުޅޭ އަޑު އިވުމުންނެވެ. ދޮރު ނުލައްޕާ ހުރިކަން ހަނދާންވުމުން ނީޝަލްގެ އަތުގައި ބޮސްދީފައި އިޒްކާން ބޭރަށް ނުކުތެވެ. ނަމަވެސް ތިރީގައި ހުރި ހޫރީން އާއި އައިހަމްގެ އިތުރުން އާހހިލް ފެނިފައި އިޒްކާންގެ ހައިރާންކަން އެތައް ގުނައަކަށް އިތުރުވިއެވެ. “ކަލޭމެން މިތާ..؟؟” އިޒްކާންއަށް އެހުނެވެ.
މާޔާ ރޫހާން ގޮވައިގެން ދިޔައީ ރޫހާން ނެޒެލީ ގައިދުކޮށްގެން އުޅުނު ގެއަށެވެ. ނަމަވެސް ވެގެން އުޅޭ ގޮތް ރޫހާން މާޔާއަށް ކިޔައިދިނުމާއި އެކީގައި މާޔާ އެހާ ހިތްހަމަޖެހުނު ހެންނެއް ހިޔެއް ނުވެއެވެ. “ޒެލީ ފިލީދޯ..؟” މާޔާ އެއްސެވެ. ޖަވާބުގައި ރޫހާން ލައްވާލީ ހޫމްއެކެވެ. “ޝަލް ހާދަ ބޮޑުވެއްޖެޔޭ.. އެކަމަކު ރޫ.. ދަރިފުޅު ބުނީމެއްނޫންތަ ޝަލްގެ ހަނދާންތައް އަދިވެސް އަނބުރާ ނާދެޔޭ..؟؟” މާޔާ އެއްސެވެ. އޭނާއަށް ވެސް ވަނީ ނީޝަލް “މާއްތަ” އޭ ގޮވާލި އަޑު އިވިފައިކަމުން ހައިރާން ވެގެންނެވެ.
“އުހުން.. އަހަރެންނަށް ހީވަނީ މަޑުމަޑުން އަންނަމުންނޭ އެ ދަނީ.. މިރޭ ޝަލް ހަޅޭއްލަވައިގަތް އަޑު އެހިންތަ..؟ އެއީ އަހަރެން ފިލްމަކުން ދެކުނު ކަހަލަ މަންޒަރެއް.. ދަ އެންޑްމޯސްޓް ސްކްރީމް (ޚިޔާލީ ނަމެއް) ކިޔާ ފިލްމްއިން ވެސް ދައްކާނީ ޝަލްގެ ހަޔާތާއި ވަރަށް އެއްގޮތް ވާހަކައެއް.. އޭގައި އުޅޭ ވިކްޓޯރިއާ ކިޔާ އަންހެން ކުއްޖާގެ ވެސް ހަނދާންތައް ދާނީ.. އއޭނާވެސް ދާނީ އެހެން ވިލެޖްއަކަށް އެހެން ވީމައި.. އެތަނުން ވިކްޓޯރިއާ އާއި އޯސްޓިން ދިމާވާނީ.. ދޭ އޮފްކޯޒް ފޯލް އިން ލަވް.. އެކަމަކު އޭނާގެ ހަނދާންތައް ދާނީ މަޑުމަޑުން އަންނަމުން.. ސޯ އޭނައަށް ވަރަށް ހެޑޭކްސްތައް ލިބޭނެ.. ވަރަށް ގަދަޔަށް ބޮލުގައި ރިއްސާ ކަންކަން ވާނެ.. އެކަހަލަ ކޮންމެ ފަހަރަކުވެސް ވާ ތަދަށް ކެތް ނުކުރެވިގެން ވިކްޓޯރިއާ ހަޅޭއްލަވާނީ.. އޯސްޓިންއަށް ވެސް އޭރު ހުންނާނީ ޝައްކުވެފަ ވިކްޓޯރިއާގެ ހަނދާންތަކަށް ކޮންމެވެސް ކަމެއްވެފައި ހުރިކަނން.. ދެން ކޮންމެވެސް އެއްރެއަކު އޭނާގެ މާޒީއާއި ގުޅުން ހުރި ވަރަށް ބޮޑު ހާދިސާއެއް ހިނގާނީ… އިޓް ޓްރިގަރސް ހާރ މެމޮރީޒް.. އެހެންވެ އެ ގަޑީގައި އޭނާ ވަރަށް ބާރަށް ހަޅޭއްލަވައއިގަންނާނީ.. އެހެންވެ އެ ފިލްމަށް ދަ އެންޑްމޯސްޓް ސްކްރީމް ކިޔަނީ.. އޭގެ މާނަ އަކީ އަމް.. އެންމެފަހުގެ ހަޅޭއްލަވައިގަތުން.. އައި ތިންކް.. ދެން އޭނަ ހަނދާންތައް އަންނާނީ.. ވވިކްޓޯރިއާ އަނބުރާ އޭނަ އުޅުނު ވިލެޖަށް ދާނީ އޭނާ ކުރިން ރައްޓެހިވީ ބޭވަފާތެރި ލޫކަސް ކައިރިއަށް.. އެކަމަކު މާފަހުން ވިކްޓޯރިއާ އަށް އިނގޭނީ އޭނަ ލޯބިވަނީ އޯސްޓިން ދެކެ ކަން.. ލޫކަސް ދެކެ ނޫންކަން.. ސޯ ދެން އޯސްޓިން އާއި ވިކްޓޯރިއާގެ ހެޕިލީ އެވާރ އާފްޓަރ އިން އެ ފިލްމް ނިމުނީ..” ރޫހާން ކިޔައިދިނެވެ.
“އެހެންވީމައި ރޫ ތި ބުނަނީ ޝަލް އެވަގުތު ހަޅޭއްލަވައިގަތީ އޭނާގެ އެންޑްމޯސްޓް ސްކްރީމް އޭތަ..؟” މާޔާއަށް ރޫހާން ބުނެދޭން އުޅުނު ވާހަކަ ނަގައިގަނެވުނެވެ. “އާނ..” ރޫހާނން ދިނީ ކުރު ޖަވާބެކެވެ. “އޭނާގެ ހަނދާންތައް އަންނަންދެން މަޑު ކުރަމާ.. އަހަރެންނަށް ޔަގީން ނެޒެލީ އަވްލީންގަނޑަށް މި ހަބަރު ދޭނެކަން.. އޭގެ ކުރިން ރޫ އަދިވެސް ބަލަންވީ އޭނަ އަހަރެމެންގެ އަތްދަށަށް ގެނެވޭތޯ..” މާޔާ ބުނެލިއެވެ. “އާނ..” އެހެން ބުނެ ރޫހާން ނުކުތީ ބޭރަށެވެ.
ނީޝަލް އޮތީ ފުންނިންޖެއްގެ ތެރޭގައެވެ. އޭނާގެ ސިކުނޑި ފިލްމެއް ފަދައިން ދައްކަމުން ދިޔަ މަންޒަރުތައް ނީޝަލްއަށް ފެންނަމުން ދިޔައެވެ. އޭނާ ހަނދާން ނެތިފައިވީ ހުރިހާ ކަމެކެވެ.
= ނުނިމޭ =
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
2 Comments!
Comments are closed.





nice!
love this part tooo❤❤❤❤
waiting for the next part
Hey yoon. How r u.? Story v nice. Masha Allah?? V inthizaaru kurevunu ?? Like komme duvahaku check kurevunu ?? maazyge baaky bai dww dhn annaany. ?? So curious.. N wishing u all the best ?? Anehbai avas kohla dehcheyy ❤️❤️❤️❤️❤️