* “މިލީ ލިސެން ކެއާފުލީ.. ވީ އާރ ނޮޓް އަސް އެނީމޯ.. ނޮޓް އެނީމޯ.. އައިމް ބްރޭކިންގ އަޕް ވިތް ޔޫ..” ޝަފްވާން އެންމެ ފަހުން ހިތަށްއެރި އެއްޗެއް ލިޔެލާފައި މެސެޖް ފޮނުވާލިއެވެ. * އެފަދަ ކުރުކުރު އިބާރާތަކުން ބުނެލި ކަމުގައިވިޔަސް އޭނަ ބުނެދޭން ބޭނުންވާ ވާހަކަ މިލީންއަށް ނަގައިގަނެވޭނެކަން އެނގޭތީއެވެ. އެހެން މީހުން ހަދާހެން ވާހަކައެއްހާ ދިގުކޮށް ލިޔެފައި ކުޑަ މެސެޖެއް ފޮނުވާނެހާ ހިތްވަރު އޭނާގެ ގައިގައި ނެތީމައެވެ. “ވަޓް..؟؟؟” “ވައި..؟؟؟” “ވަޓް ދަ — […]
* ދޮރުމަތީގައި ކަޅުކުލައިގެ ޖިންސަކާއި އެކީ ކަޅުކުލައިގެ ޓީޝާޓެއް މަތިން ރަތްކުލައިގެ ބްލޭޒަރއެއް ލައިގެން ކޮނޑުގައި ކަޅު ދަބަހެއް އަޅުވާލައިގެން ހުރި ފިރިހެން ކުއްޖާގެ މޫނު ފެނިފައި މިއަލް ހައިރާންވިއެވެ. މިއޮއްފަދަ ގަޑީގައި މިއައީ ކާކު ބާވައެވެ.؟ މިއަލްއަށް އެ ފިރިހެން ކުއްޖާގެ މޫނަށް ބަލަހައްޓައިގެން ހުރެވުނެވެ. * “މި ގޭގައިތޯ ނަވާލްބޭ އުޅެނީ..؟ އަޅުގަނޑު މީ…..” އެ ފިރިހެން ކުއްޖާ ބުނަން އުޅުނު ޖުމްލަ މަޑު ޖައްސާލުމުން މިއަލްއަށް އިސްއުފުލާލާ ބަލާލެވުނެވެ. އޭރު އެފިރިހެން ކުއްޖާ […]
* ނިތްކުރި މަތީ މުތީތަކެއް ފަދައިން ވިދަމުން ދިޔަ ދާ ތިކިތައް ފޮހެލަމުން ޝަފްވާން ބެލީ ހަމަޖެހެލެވޭތޯއެވެ. ނަމަވެސް ދެންމެ އެ ފެނުނު އަންހެން ކުއްޖާއަކީ މިލީންއަށް ވެދާނެޔޭ ހިތް ބުނަމުން ގެންދިޔައީ ކީއްވެގެން ކަމެއް ނޭނގުނެވެ. ހަމަ އެ އޮމާން މޫނެވެ. ތަފާތު ވިދުމެއް ހުންނަ އެސްފިޔަ ބޯ ދެލޮލެވެ. ފިޔާތޮށިކުލައިގެ ދެ ތުންފަތެވެ. * “ނުވާނެ…! ޝީ އިޒް ނޮޓް މިލީން…” މިލީންގެ ހުންނަނީ ފަންފަން އިސްތަށިގަނޑެކެވެ. ނަމަވެސް މިރޭ ދިމާވި އަންހެންކުއްޖާގެ ހުރީ […]
* “މަންމަގެ ރަން ދޫންޏާ ނިދާލާށޭ.. ނިދާލާށޭ..” މިއަލް ކިޔަންފެށީ މިޝްލާ މިއަލް ނިންދަވަންވެގެން ކިޔާ އުޅުނު ނާނާއެއްކަމަށް ސަފީނާ ބުނެދިން ނާނާއެކެވެ. ނަވާލް މަޑުމަޑުން މިއަލްގެ ކޮޓަރީގެ ދޮރު ހިންމިއަކަށް ހުޅުވާލިއެވެ. ފިޔާތޮށި ކުލައިގެ ޓީޝާޓްކޮޅަކާއި ނޭވީ ބްލޫ ކުލައިގެ ޖިންސެއް ލައިގެން އެ ރާޅުބާނި އިސްތަށިގަނޑުވެސް ހާވާލައިގެން ގިޓާރ ކުޅެން އިން މިއަލް ފެނިފައި ނަވާލްއަށް ހީވީ ލޯކުރިމަތީގައި ހަމަ މިޝްލާ ފެނުނު ހެންނެވެ. * ކަނޑާލި ފޮޓޯގަނޑެއް ފަދައިން ނަވާލްގެ ހަނދާނަށް އައީ […]
* ޔައުލާންގެ ހިތުގައި މިލީންއަށް ދެވިފައި ވަނީ އާދައިގެ ދަރަޖައެއް ނޫންކަން ދައްކުވާދެނީ ރިއަރވިއު ލޯގަނޑު ކޮޅުން ފެންނަމުން ދިޔަ މިލީންގެ މޫނަށް ހުއްޓިފައިވާ ޔައުލާންގެ ދެ ލޮލެވެ. ޒައިހާން، މިޝްލާ އަދި ޒާމިން އިނުމުން ޔައުލާން އެއްޗެކޭ ނުބުނެ އިން ކަމުގައި ވިޔަސް ދެލޯ މިލީންގެ މޫނުން ދުރެއް ނުވެއެވެ. * “މަންމަގެ ލޯބިވާ ދަރިފުޅާ.. ލީން.. މާވަރަކުން ކާކާތަ ތި ޗެޓް ކުރަނީ..؟” މިޝްލާގެ ގާތަށް ވެސް ހުރީ ހިނިއައިސްފައެވެ. މިލީންގެ ކޯތާފަތް ކުރިއަށްވުރެ […]
ހަވީރުގެ ހިތްގައިމު ވަގުތު ނިމި އިރުއޮއްސެން ފެށި ވަގުތެވެ. އުޑުމަތި ހީވަނީ ރަތާއި ރީނދޫ ކުލައިން ފަވާލާފައި ވާހެންނެވެ. އިރުގެ އެއްބައި ފެނުން މަތީގައި ފެންނަން ހުރިއިރު ހީވަނީ އޮރެންޖް ކުލައިގެ ކްރިސްޓަލް ބޯޅައެއް ދިއްލިފައި ހުރިހެންނެވެ. ފަޒާގައި ތެތްފިނިކަން ފެތުރެން ފެށިއިރު އެ ޖެހިލާ ހަމަހިމޭން ވައިރޯޅިއަށް ގަސްތައްވެސް އިޖާބަ ދެމުން ދިޔައެވެ. ހަވީރުގެ ފިންޏަށް އަތިރިމައްޗަށް ނުކުމެ އުޅުން މީހުންނާއި ކުދިންތައް މަދުވާން ފަށައިފިއެވެ. ގަޑިއަށް ބަލާލާފައި ބެލެނިވެރިންވެސް އެމީހުންގެ ކުދިން ގޮވައިގެން ރަށުތެރެ […]
އުމުރުން އެންމެ ތޭރަ އަހަރުގައި ކުރިމަތިވި ހަނދާނުން ފުހެލަން ދަތި ހާދިސާތަކަކާއި ހެދި މިއަލްގެ ދިރިއެޅުމަށް ވަނީ ހިޔަނި އެޅިފައެވެ. އެކަމާއި ހެދި އުމުރުން އަށާރަ އަހަރު ވީއިރު ވެސް މިއަލްއަށް ދަނީ ނަފްސާނީ ގޮތުން ކޮންމެވެސް ވަރަކަށް އަސަރު ކުރަމުންނެވެ. އެހެންވެސް މީހުންނެކޭ އެއްފަދައިން ރަނގަޅު އާދައިގެ ދިރިއުޅުމެއް އުޅެވޭތޯ މިއަލް މަސައްކަތް ކުރެއެވެ. ހުރިހަމައެކަނި ބޭބެ ރީއަލް އާއި ލޯބިވާ ބައްޕަ ނަވާލް އާއި ދެގޮތެއްނުވެ އަބަދު ވެސް އެކުގައިވީ އެންމެ ގާތް އެކުވެރިޔާ ކިއަނާ […]
* “ބުނަން.. ނީޝަލްގެ އަހަރެމެންނާއި ވަކިވެ ފްރާންސަށް ދިޔަސް އިޒްކާން ނީޝަލް ދެކެ ލޯބިވާވަރަށް މަށަށް ހިޔެއްނުވޭ އެކަކަށް ވެސް ލޯބިވެވޭނެ ހެންނެއް… ރެއާއި ދުވާލު އިޒްކާންގެ ހިތުގައި ރަނިކަން ކުރަނީ ނީޝަލް އެކަނި.. ނީޝަލް ނެތުމުގެ ހިތާމައިގައި އެސޮރަށް ވާވަރެއްވެފައި އެހުންނަނީ.. ހިކިގެންގޮސް އަނަރޫފަވެފައި.. ހީ ޓޭކްސް ސިނގިރޭޓްސް.. އެންޑް އީވެން ޑްރިންކްސް އަލްކޮހޯލް.. ފެނޭތަ ނީޝް ދިޔުމުން އިޒްކާން ދެރަވެގެން އުޅޭވަރު..؟ އަލާންބޭބެގެ ފަރާތުން އަހަންނަށް އެ ރޫހާންގެ ވާހަކަ އެނގިފައި ވަނީ މިހާރު.. […]
* ”ކީކޭ އިޒްކާން..؟” ޚިޔާލީ ދުނިޔެއެއްގައި ހުރެފައި ނީޝަލްއަށް އެހުނެވެ. ޒީޝް ކާން އިން އައިސްކްރީމްތަށި ވެއްޓުނެވެ. އަނގައިގައި ވާހާ ވެނީލާ އައިސްކްރީމްތަކެއް ޓެންގެ ގަޔަށް ވެރުނެވެ. ނީޝަލް އަވަހަށް އަނގަމަތީގައި އަތް އަޅާފައި ދެ ފަރާތް ބަލާލީ އެ އަޑުއިވޭ ހިސާބުގައި އިތުރު އެހެން މީހަކު ހުރިތޯއެވެ. ޓެން ނަގާ މޭޒުމަތީގައި ބައިންދާފައި ޒީޝް ވަގުތުން ދުވެފައި އައެވެ. އަހަރެން ވީއިރުވެސް ނީޝަލް އިޒްކާންގެ ނަން މީހަކަށް އިވޭވަރަށް ބުނީ ދެންމެ އެކަންޏެވެ. * “ނީޝް..؟؟ […]