އެކުއްޖާ 2 – 39
* އިޒްކާން މެސެޖް ކުރި ކަމުގެ އުފަލުގައި ނީޝަލް ގެއަށް ވަނީ ދެން އޭނައަށް ކުރިމަތި ލާން ޖެހޭނީ ކޮންކަމަކާއި އަދި ކާކާއި ކަން ނޭނގި ހުރެއެވެ. ނީޝަލް ގެއަށް ވަންނަން ހިއްލާލި ފިޔަވަޅު މަތީގައި ގަނޑުވިއެވެ. ކުރިމަތީގައި ހުރި ދެ ސޫރައަށް ބަލާލެވުމާއި އެކީގައި ނީޝަލްގެ ދެބުމަ ކައިރިވިއެވެ. ތުންފަތް މަތީގައިވާ ހިނިތުންވުންވެސް ފިލައިގެން ދިޔައީ ދާދި އަވަހަށެވެ. ނީޝަލްގެ ދެލޮލުގައިވަނީ ތަރުޖަމާކުރަން ނޭނގޭ ފަދަ ކުލަވަރެކެވެ. *
ދެވަނަ ސިކުންތުކޮޅުގައި ނީޝަލްގެ މޫނުމަތި އަލިވެގެންދިޔައެވެ. މަންމާއޭ ކިޔާ ހަޅޭއްލަވައިގަނެފައި ކުރިމަތީގައި ހުރި އަވްލީންގެ ގައިގައި ނީޝަލް އޮޅުލައިގަތެވެ. އަވްލީންއަށް ބެލެންސް ކުރެވުނީވެސް ހަމަ ކިރިޔާއެވެ. “ކިހިނެތްތަ ދޫނީ.. ސަޕްރައިޒް ކަމުދޭތަ..؟” ހެވިފައި ހުރެ ކައިޔަން އެއްސެވެ. ނީޝަލް ކައިޔަންގެ މޫނަށް ބަލާލާފައި ބޯޖަހާލައިފިއެވެ. “ވަރަށް ކަމުދޭ.. މަންމަމެން ކޮންއިރަކު ރަށަށް އައީ..؟ ދެން ޑޭޑްގެ ކޮންޕެނީ އޯ..؟ މަންމަ ޗުއްޓީ ނެގީތަ..؟” ނީޝަލް އެއްފަހަރާ އެތަކެއް ސުވާލެއް ކޮއްލިއެވެ. ”ހޮސްޕިޓަލުން ވެކޭއެއް ދިނީމައި މަންމަ އާއި ބައްޕަ މިއައީ.. ދަރިފުޅުމެން ދެކިނުލާ މަންމައަށް ހުރެވޭނެހެން ހީވޭތަ..؟” އަވްލީން ބުރުގާ ރީތިކޮށްލަމުން އެއްސެވެ. “އައިމް ސޯ އެކްސައިޓެޑް..!” ނީޝަލް އަދިވެސް ފުމެނީއެވެ. އުފަލުން ގޮސް އެ ރީތި ދަތްތައް ވެސް ވަނީ ފެންނާށެވެ. “ނައިލް އަދި ސްކޫލުން ނާދޭ ދޯ..؟ ޒީޝް ކުޑާ އަދި ނުހޭލާ.. މިގޭގައި ހޭލާ ހުރީ މި ކުޑަކުޑަ ފުށްގަނޑު އެކަނިދޯ..؟” ކައިޔަން ތިރީގައި މައުސޫމްގޮތަކަށް ބަލަހައްޓައިގެން ހުރި ޒުކާން އުރާލިއެވެ. “ކުޑާ ނުހޭލާތަ..؟ އާނ ނައިލް އަދި ސްކޫލަކުން ނާދޭ.. ވަރަށް އަވަހަށް އަންނާނެ އެކަމަކު.. އައިން ދައްތައަށް ވެސް ނިދުނީދޯ..؟” ނީޝަލް ބޫޓު ބާލާފައި އެތެރެއަށް ވަނެވެ. “ތިއްތަ ޑިއުޓީއަށް ދިޔައީ ބައްޕަމެން ކެއީމަ.. އަލާން އާއި ޒާން ވެސް ހުންނާނެ ސަޕްރައިޒްވެފައި މިއަދު ގެއަށް އައީމަ..” ކައިޔަން ހިނިގަނޑެއް ޖަހާލިއެވެ.
ނައިލް، އަލާން އަދި ޒާއިން ގެއަށް އައީ އެކީ އެކުގައި ހެންނެވެ. ސޯފާގައި ޓީވީ ބަލަން އިން ކައިޔަންއަށް ކޮންމެވެސް އެއްޗެކޭ ބުނެފައި އަލާން ގުދުވެ ބޫޓުގެ ނާޑުވާ މޮހަން ފެށިއެވެ. “ދޮންބޭ..؟؟؟؟” ޒާއިންގެ އަޑަށް އަލާންއަށް ހަމަހޭވެރިކަންވީ ކަންނޭނގެއެވެ. ދެލޯ ބޮޑުކޮށްލާފައި ދެމީހުންވެސް ކައިޔަންގެ މޫނަށް ބަލާލިއިރު ހީވަނީ ދެންމެދެންމޭން ގޮސް ގަޔަށްބޮލަށް އަރައިގަނެފާނެ ހެންނެވެ. ނައިލްވެސް އަނގަ ތަންމިނަށް ހުޅުވައިގެން ހުއްޓެވެ. އެންމެފަހުން ނުހުރެވިގެން ކައިޔަން ފެށީ ހޭށެވެ. ތިން މީހުން އާގަމަވެފައި ކައިޔަންގެ މޫނަށް ބަލަން ހުރިއިރު ކައިޔަން ހީނހީނ ގޮސް ބަލިވަނީއެވެ. އަލާންމެން ޖެހި ބުދެއްހެން ހަރަކާތެއް ގެންނަން ނޭނގިފައި ހުރުމުން އެންމެފަހުން ތެދުވެގެން ގޮސް އެމީހުންގެ ގައިގައި ބައްދާލަން ޖެހުނީ ކައިޔަންއަށެވެ.
އިތުރަށް ފޯރިގަދަވީ ޒިވީން ގެއަށް އައިސް ޒީޝް ހޭލެއްވުމުންނެވެ. މެންދުރުގެ ކެއުމަށް އެންމެން އެރީ އެއްކޮށެވެ. ދުވަސްގަނޑަކަށްފަހު އާއިލާ އެއްތަން ވުމުގެ ސަބަބުން އެންމެންނަށް ކުރެވެނީ ވަރަށް ތަފާތު އުފާވެރި އިހުސާސެކެވެ. ކައިފައި އެންމެން ހީނ މަޖާކުރިއެވެ.
އެއްގަޑި ބައި ހާއިރު އަވްލީން ނީޝަލް އާއި ނައިލްއަށް ގޮވާ ގެނައެވެ. “ނީޝް.. ނައިލް.. މަންމަމެން މިކޮޅަށް މި އައީ ހަމަ މިއަދު ދާގޮތަށް..” އަވްލީން ދިން ހަބަރުން މާޔޫސްކަން ވެރިވީ ނީޝަލްގެ މޫނަށް އެކަންޏެއް ނޫނެވެ. ނައިލްވެސް ތުން އޫކޮށްލައިފިއެވެ. “އެކަމަކު ދެތިން ދުވަސް.. އޯރ ވީކެއް ވަރު ވަންދެންވެސް މަޑެއް ނުކުރެވޭނެތަ..؟” ނައިލް ދެރަވެފައިވާ އަޑަކުން އަހާލައިފިއެވެ. “ނޫން ދޫންޏާ..” ކައިޔަން ބޯ ހަލުވާލިއެވެ. ނުހުރެވޭނެކަން އަންގާލަންވެގެންނެވެ. “ދެން މަންމަމެން ދިޔައީމަ ވަރަށް ފޫއްސޭ..” ނައިލް ޝަކުވާކުރަން ފެށިއެވެ. އެދެލޮލުން ފެންނަނީ އާދޭހުގެ ކުލަވަރެވެ. ކައިޔަން އަވްލީންގެ މޫނަށް ބަލާލިއެވެ. ހަމަ އެފަދައިން އަވްލީންވެސް ބަލާލީ ކައިޔަންގެ މޫނަށެވެ. ހަތަރުކަޅި ހަމަވުމުން އެދެމެދުގައި ސިއްރު މެސެޖެއް ބަދަލު ކުރެވުނެވެ. “މިފަހަރު މަންމަމެން އެނބުރި ފްރާންސަށް ދާނީ ތިދެކުދިންވެސް ގޮވައިގެން..” ހިނދުކޮޅަކު ހަނު ހުރެފައި އަވްލީން ދޭން އޮތް އެންމެ ބޮޑު ހަބަރުގެ ސުރުހީ އަޅާލިއެވެ. ނީޝަލްގެ ދެބުމަ ކައިރިވިއެވެ. “ވަޓް އާރ ޔޫ ސެއިންގ މޯމް..؟ ވީ އާރ ނޮޓް ގޮއިންގ ޓު ލީވް…” ނީޝަލް ފޮނި އަޑަކުން އެހެން ބުނެލިގޮތުން ކައިޔަން އާއި އަވްލީންގެ ކަޅި ނީޝަލްގެ މޫނަށް އަމާޒުވިއެވެ. އެ ރާގަކީ ނީޝަލްގެ ހަނދާންތައް ދިޔުމުގެ ކުރިން އޭނާ އާންމުކޮށް ވާހަކަދައްކާ އުޅޭ ރާގު ކަމަށްވާތީއެވެ.
“ނައިލް.. ގޯ ޕެކް ޔުއަރ ބޭގްސް.. ވީ އާރ ލީވިންގ އެޓް ފޯ..” ކައިޔަން ކޮޓަރި އާއި ދިމާލަށް އިޝާރާތް ކުރުމުން މަޑުމޮޅިވެފައި ހުރެ ނައިލް ހިނގައިގަތެވެ. ޒިވީން އާއި އަލާންގެ މޫނަށް އެއްވެސް ހައިރާންކަމެއް ވެރިވެފައި ނުވާތީ މާކުރިންވެސް އެ ދެމީހުންނަށް ކަން ވާނެގޮތް އެނގިފައި އޮތްކަން ހާމަވެގެން ދިޔައެވެ. ނީޝަލް ވަކިވަކިން އެންމެންގެ މޫނަށް ބަލާލިއެވެ. އެ ރީތި ދެލޮލުން ފެންނަމުން ދަނީ ހިތްހަމަނުޖެހުމެވެ. “އައިމް ގޮއިންގ ޓު އަ ކޮލެޖް ނައު.. އައި ހޭވް ގޮޓް ނިއު ފްރެންޑްސް ހިއަރ.. ފްރެންޑްސް އައި ވިލް ނެވަރ ގެޓް އެގެއިން.. ފްރެންޑްސް ލައިކް ފްރެންޑްސް ހިއަރ އިޒް ނޮޓް އެޓް ފްރާންސް.. ނައިލް އިޒް ގޮއިންގ ޓު އޭން އެމޭޒިންގ ސްކޫލް.. ވިތް އޯސަމް ފްރެންޑްސް އެންޑް ކައިންޑް ޓީޗަރސް.. އަވަރ ލައިފް އިޒް ސޯ ޕާރފެކްޓް ހިއަރ.. ވައި ޑޫ ޔޫ ވޯންޓް ޓު ޓޭކް އަސް ބެކް..؟؟” ނީޝަލް އެހެން އަހާލިއިރު އަޑުގައި ތުރުތުރެއް އުފެދިފައިވިއެވެ. “އިޓްސް ފޯ ޔުއަރ އޯން ސޭފްޓީ ބޭބީ.. ނީޝް.. އައި ޕްރޮމިސް.. އެކޮޅަށް ގޮސްފައި ހުރިހާ ވާހަކައެއްވެސް ކިޔާދޭނަން..” ކައިޔަން މަސައްކަތް ކުރީ ނީޝަލް ރުޅިއައުމުގެ ކުރިން މަތަކުރާށެވެ.
“އެކަމް ބައްޕާ އަހަރެމެން ތެރެއިން އެކަކުވެސް ބޭނުމެއް ނޫން ފްރާންސަށް ބަދަލުވާކަށް..” ނައިލްއަށާއި އަމިއްލަ ނަފްސަށް އިޝާރާތްކޮށް ނީޝަލް ބުނެލިއެވެ. “ނީޝް..! ނޮޓް އެނަދަރ ވޯޑް..! ގޯ އެންޑް ޕެކް ޔުއަރ ބޭގްސް…! ނައު..!!” އެއްޗެކޭ ބުނަން އުޅުނު ކައިޔަން ހުއްޓުވާފައި އަވްލީން އެހެން ބުނެލީ ފުދޭވަރަކަށް ބާރަށެވެ. ނީޝަލްގެ މޫނުމަތި ބަނަވިއެވެ. އަވްލީންގެ މޫނަށް ފާޑަކަށް ބަލާލާފައި ބިންމަތީގައި ބާރުބާރަށް ފިޔަވަޅު އަޅަމުން ނީޝަލް ކޮޓަރިއަށް ވަދެ ދޮރު ލައްޕާލިލެއް ބާރުކަމުން ގޭގެ ފުރާޅުވެސް ވެއްޓިދާނެހެން ހީވިއެވެ. އެއްޗެކޭ ބުނަން ނޭނގިފައި ހުރި ޒީޝް ކައިޔަންގެ މޫނަށް ބަލާލާފައި ގޮސް ވަނީ ކޮޓަރިއަށެވެ. އެއީ ނީޝަލް ދުވަހަކުވެސް އުޅުނު ގޮތެއް ނޫނެވެ. މިއަދު ކުއްލިއަކަށް ޖަދަލު ކުރާފަދަ ރާގަކަށް ނީޝަލް ކައިޔަން އާއި އަވްލީން އާއި ވާހަކަ ދެއްކީ ކީއްވެގެންތޯ ބަލަން ޒީޝް ކޮންމެހެންވެސް ބޭނުންވިއެވެ.
އައިރީން ހުރީ ފަހާފޮށި ދޮށުގައެވެ. އެ ސިޓިންގރޫމް ތެރޭގައި އެއްއަޑަކަށް އިވެނީ ފަހާފޮށީގެ އަޑެވެ. ލިޔާން އިނީ ޓީވީ ހުޅުވައިގެންނެވެ. އިރުކޮޅެއް ނުވަނީސް ސެލޫން ބަންދުކޮށްފައި ރަނާ ގެއަށް އައެވެ. ވަރުބަލިވެފައި ހުރުމުން ރަނާ މިސްރާބު ޖެހީ ފްރިޖްދޮށަށެވެ. ”އިޒްކާން މެންދުރު ނަމާދު ކުރަންވެސް ނުހޭލާތަ..؟” ލައްޕާފައިވާ އިޒްކާންގެ ކޮޓަރީގެ ދޮރަށް ބަލާލާފައި ރަނާ އެއްސެވެ. “މެންދުރު ނަމާދު ކުރަން މިއަދު މަށާއި އެކީ މިސްކިތަށް އެރި..” ލިޔާން ދެން ބުނެލި ޖުމްލައިން ރަނާއަށް އަނގަޔަށް އެޅި ފެންފޮދު ދިރުވާލެވުނީ ހަމަ ކިރިޔާއެވެ. “އިޒްކާން މިއަދު މިސްކިތަށް އެރީ..؟” އޭނާއަށް އިވުނީ ނުބައިކޮށްހެން ހީވެގެން ރަނާއަށް ތަކުރާރުކޮށްލެވިއްޖެއެވެ. “ރަނޫ އާއި އެއްވަރަކަށް މަ ވެސް މިހުރީ ހައިރާންވެފައޭ.. މިއަދު އޭނަ ސިނގިރޭޓެއްވެސް ނުބޮއޭ..” ލިޔާން ބޭރު ކުރަމުން ދިޔަ ޖުމްލަތައް ދިޔައީ ރަނާއަށް ހައިރާންކަމަށް ފަހު ހައިރާންކަމެއް ދެމުންނެވެ. އިޒްކާން އަނެއްކާ ބަދަލުވީ ބާވައެވެ.؟ ދެން ހިތަށް އެރި އެއްޗަކުން ރަނާއަށް ހިނިތުންވެވުނެވެ. ހިތާހިތުން ހަމްދު ކޮށްލެވުނީ ދަރިފުޅަށް ރަހުމަތް ލެއްވުން އެދި ދުއާ ކުރަމުންނެވެ.
ކޮޓަރިތެރޭގައި އިޒްކާން އިނީ ވިސްނާށެވެ. އެ ތުންފަތްމައްޗަށް ވެރިވެފައި ވަނީ ބަލާ މީހެއްގެ ހިތް ދަމައިގަންނާނެފަދަ ހިނިތުންވުމެކެވެ. ހޫރީން އައިސް ނީޝަލް ވާހަކަ ދައްކައިފިއޭ ބުނިފަހުން އިޒްކާންއަށް ވަނީ އާދަޔާޚިލާފަށް ބޮޑު ހިތްހަމަޖެހުމެއް ލިބިފައެވެ. ނީޝަލް އޭނާ އާއި ދޭތެރޭ ކަންބޮޑުވެ ހުރެ ހާލު އެހިކަމަށް ވެސް ބުނުމުން އިޒްކާންގެ ހިތް ދަނީ އުފަލުން ގޮސް ނަށަމުންނެވެ. ހޫރީން އިޒްކާންއަށް ނީޝަލް އޭނައަށް މާފްދޭން ބޭނުންވާ ވާހަކަ ބުނުމުން ލަހެއްފަހެއް ނުކޮށް ނީޝަލްއަށް މެސެޖް ކުރީވެސް ބައްދަލު ކުރަން ހިތް އެދޭތީއެވެ. އެންމެ ފަހަރަކު ނަމަވެސް ނީޝަލް އާއި އަލުން ވާހަކަ ދައްކާލާ އެ ރީތި މޫނަށް ހިތްފުރެންދެން ބަލާލުމަށް އެދި ހިތް ގޮވާތީއެވެ. މިއަދު ރަލާއި ސިނގިރޭޓާއިވެސް އިޒްކާން ދުރުވީ އެސަބަބާއި ހުރެއެވެ. ނީޝަލް އާއި ބައްދަލު ކުރަން ދާއިރު އެއިން އެކައްޗެއްވެސް ބޭނުން ކުރާކަށް އިޒްކާން ނޭދެއެވެ. ނަމަވެސް ހިތުގެ ކަނަކުން އެ އެއްޗެހި ބޭނުންކުރުމަށް އެދެމުން ދިޔައެވެ. ނަމަވެސް ކެތްތެރިކަމާއި އެކީގައި އެ އިހުސާސްތަކާއި ދެކޮޅަށް އިޒްކާން ހަނގުރާމަ ކުރިއެވެ. ފޯނުން އެޓް މައި ވޯސްޓް ކިޔާ ލަވަ ޖަހާލައިގެން އިންއިރު ފޯނުގެ ޗާރޖު ދިޔަކަމެއް އިޒްކާންއަކަށް ނޭނގުނެވެ. އެއަށްވުރެ ބޮޑަށް އިޒްކާން ވަނީ އޭނާގެ ޚިޔާލު ތަކުގެ ތެރޭގައި ގެނބިފައެވެ.
ހޫރީން އާއި އައިހަމްގެ އިތުރުން އާހިލް އިނީ ހޫރީންމެންގެ ގޭގައެވެ. “ހިޔާން އާއި ފައިލަމްގެ ހަބަރެއް ނުވޭތަ..؟” ކޮލެޖާއި ސްކޫލް ވާހަކަތައް ދައްކަމުން ދަނިކޮށް އައިހަމް އަހާލީ އާހިލް ވެސް ކުރަން ބޭނުންވެފައި ހުރި ސުވާލެކެވެ. “ދޮންބެ ދޯ..” ހޫރީން ދެފައި ވައްކޮށްލަމުން ސޯފާގައި ހަމަޖެހިލިއެވެ. “އެބަ އުޅޭ.. ގެއަށް އަންނާނީ މަދުމަދުން.. މަންމަ ކިތަންމެވަރަކަށް ކިޔަސް ދޮންބެގެ ކަންފަތަކަށް އަޑެއް ނީވޭނެތާ.. ދޭތެރެ ދޭތެރެއިން ދޮންބެ ގެއަށް އަންނާނެ ފައިލަމް އާއި އެކީގައި ވެސް..” ހޫރީން އިސް ޖަހާލައިގެން ހުރެ ޖަވާބުދިނެވެ. “އެހެންދޯ.. އާހިލް ކަލޭގެ މަސައްކަތް ކިހިނެތް ކުރިއަށް ދަނީ..؟” ހޫރީންއަށް އުނދަގޫވިހެން ހީވެ އައިހަމް އަވަހަށް މައުޟޫ އޮޅުވާލިއެވެ. ”ނީޝަލް އެބައުޅޭ މައާފަށް އެދެން..” ކުއްލިއަކަށް އެއްޗެއް ހަނދާންވީ މީހެއް ފަދައިން ދެއަތް ޖަހާފައި ހޫރީން ކުއްލިއަކަށް ފުންމައިގަތެވެ. “އެހެންވީމައި ޕްލޭން ކާމިޔާބުދޯ.. އާހިލް ކަލޭ ހަމަ ގަދައީ..” އައިހަމް ހިނިއައިސްފައި ހުރެ އާހިލްގެ ކޮނޑުގައި ޖަހާލިއެވެ. އާހިލް އެއްބުމަ އަރުވާލާފައި ފޮނިވެލިއެވެ. ކޮންމެ ދުވަހަކު ސްކޫލަށް ދިޔުމުގެ ކުރިން އެ ކޮލެޖަށް ގޮސް ނީޝަލްގެ ޑެސްކަށް އިޒްކާންގެ ކުށެއް ނެތްކަން ހާމަކޮށްފައި ލާ ނޯޓްތައް ލަމުން ދިޔަ ފަރާތަކީ އާހިލެވެ.
“އެމީހުން އަލުން ގުޅެން އުޅެނީތަ..؟” އައިހަމް އެއްސެވެ. “އެމީހުން ކިހިނެތްތަ އަލުން ގުޅޭނީ..؟؟ އެއީ ދުވަހަކުވެސް ގުޅުނު ބައެއް ނޫނޭ..” އާހިލް ބުނެލިއެވެ. “އެ ބުނީ ދޮގެއް ނޫން.. ނީޝް ގާތުށނޫން.. ނީޝްއަށް ސް އެމ އިޒްކާން ރައްޓެހިވާން އުޅުނު ރޭ ދޮންބެ ހުރިހާ ހަޑިއެއް ހޭވީ..” ހޫރީން ބުނެލިއެވެ. “ދެން ހެވޭ.. މިފަހަކަށް އައިސް މަ އެއްޗެކޭ ބުނާއިރަށް އެ ޖުމްލަ ރަނގަޅު ކުރުމަކީ ތިދެމީހުންނަށް ވާޖިބު ކުރައްވާފައިވާ ކަމެއް ހެން ހީވަނީ..” އައިހަމް ތުން އަނބުރާލުމުން ހޫރީންގެ ގާތަށް އައީ ހިންޏެވެ. “ކަލޭމެންނޯ..؟ މަށާއި އައިރީން ރައްޓެހިވީކަން އެނގުނުފަހުން އަހަރެމެންނާއި ދިމާނުކޮށް ހުރުމުން ދެމީހުންނަށްވެސް އަޒާބު ލިބޭހެން ހީވަނީ.. އެހާވެސް ދިމާކުރޭ ވިއްޔާ..” އާހިލް ހުރީ އައިހަމަށް ދޫ ނުދޭށެވެ. އަނެއްކާވެސް އައިހަމް އާއި އާހިލްގެ ކޯޅުންގަނޑު ފެށުމުން އައިހަމްގެ ތުނިކޮށްފައިވާ އިސްތަށިގަނޑުގައި ހޫރީން އަތް ހިންގާލީ ލޯބިން ފުރިގެންވާ ނަޒަރަކުންނެވެ.
“ނީޝް.. ކީއްވެގެންތަ ބައްޕަމެންނާއި އެހެން ވާހަކަ ދެއްކީ..؟” ރުޅިއައިސްފައި ޕެކްކުރަން ހުރި ނީޝަލްގެ މޫނަށް ބަލާލާފައި ޒީޝް އެއްސެވެ. ޒީޝްގެ މޫނުމަތީގައި ވަނީ ކަންބޮޑުވުމެވެ. ”އޯހް ކުޑާ ޑޫ ޔޫ ރިއަލީ ހޭވް ޓު ނޯ އެވްރީތިން..؟” ނީޝަލްގެ ވާހަކަ ދިޔަ މިސްރާބުން ޒީޝްގެ ލޭ ހޫނު ވާގޮތް ވިއެވެ. “ނީޝް އައި ހޭވް ނޯ އައިޑިއާ ވަޓް ދަ ހެކް ހެޕެންޑް.. އެކަމަކު ނީޝް ވަރަށް ބަދަލުވެއްޖެ..” އައި ރުޅީގައި ޒީޝްއަށް ބުނެވުނެވެ. ޕެކްކުރަން ހުރި ނީޝަލްގެ ހަރަކާތްތަކަށްވެސް ހުއްޓުމެއް އައީ އެ ޖުމްލަ އަހާފައެވެ. ޒީޝް އެ ބުނި ޖުމްލަ އާއި ދޭތެރޭ ފިކުރު ހިންގާލުމުން ނީޝަލްއަށްވެސް ވިސްނުނީ ހަމަ އެހެންނެވެ. “އިޒްކާން..” އޭނާގެ ކުޑަ ނަގާ ލަގޭޖްތެރެއަށް ލެވުމާއި އެކީ ނީޝަލް ހަނދާންވިއެވެ. އަވްލީން އާއި ކައިޔަންދެކެ ހިތްހަމަނުޖެހިފައި ހުރެ އޭނަ އާއި އިޒްކާން މިއަދު ބައްދަލު ކުރަން ޖެހޭކަން ހަނދާނުން ކައްސާލީއެވެ. “އޯހް ނޯ..!!” ނީޝަލް ކުއްލިއަކަށް ބޮލުގައި އަތް އަޅާލިއެވެ. އަވަހަށް ފޯނާއި ދިމާލަށް ނީޝަލްގެ އަތް ހަރަކާތް ކުރިއެވެ.
“ދޮންބޭ އާދެބަލަ..” ފަހަން ހުރި ހެދުންކޮޅު ފަހާ ނިމުމުން އައިރީން އެ ކޮތަޅަކަށް ލައިގެން އައެވެ. އިޒްކާން ވަކި އެއްޗެކޭ ބުނަން ނުހަދާ ސައިކަލު ތަޅުދަނޑި ނަގައިގެން ހިނގައިގަތެވެ. އައިރީން އެ އައީ އެ ހެދުން ފަހަން ބުނި މީހާގެ ގެއަށް އެ ލައިދޭން ގެންދަންކަން އިޒްކާންއަށް އެނގޭތީއެވެ.
“ކަމް އޯން ކަމް އޯން..!!” ނީޝަލް އަވަހަށް ބައްދަލު ކުރަން ޖެހޭކަމަށް ބުނެ އިޒްކާންއަށް މެސެޖް ކުރިއެވެ. ނަމަވެސް ނިވިފައިވާ ފޯނާއި އިޒްކާންގެ ދެމެދުގައިވާ ދުރުމިން ދަނީ ބޮޑުވަމުންނެވެ. އެއަށް އިޒްކާން ޖަވާބު ދޭނީ ކިހިނަކުން ހެއްޔެވެ.؟ ނިޔަފަތިތަކުގައި ހަފައިގަންނަމުން ނީޝަލް ދެކޮޅުދެކޮޅަށް ހިނގަން ފެށިއެވެ. ޒީޝް ދެން ކުރާ ސުވާލަކަށް ނީޝަލްގެ ފަރާތުން ޖަވާބެއް ނުލިބޭނެކަން އިނގޭތީ ޒީޝް ބޭރަށް ނުކުތީ މާޔަންއަށް ގުޅަމުންނެވެ.
”ނީޝް.. ގިވް މީ ޔުއަރ ފޯން..” ކުއްލިއަކަށް އަވްލީން އައިސްފައި ނީޝަލްގެ ފޯނު އަތުލިއެވެ. “ފްރާންސަށް ގޮސްފައި މަންމަ އާ ފޯނެއް ގަނެދޭނަން..” މާޔާ އާއި ރޫހާން ކުރެ މީހަކަށް ނީޝަލްގެ ނަންބަރު އެނގި އޭނައަށް ގުޅާފާނެތީ އަވްލީން ބިރުގަތީއެވެ. “ނޫން މަންމާ..!” އަވްލީންގެ އަތުގައިވާ ފޯނާއި ދިމާލަށް ނީޝަލް ފުންމައިގަތީ ބަނޑުހައިވެފައިވާ ވަލުޖަނަވާރެއް ފަދައިންނެވެ. “ފެންވަރަން ވަދޭ.. މިހާރު ދޭއް ޖަހަނީ..” ބޭނުންނުވިޔަސް އަވްލީންއަށް ޖެހުނީ ހަރުކަށިވާށެވެ. ނީޝަލްގެ ދެލޮލަށް ބަލާލުމާއި އެކީގައި އެދެލޯ ފެންކަޅިވެފައިވާކަން އަވްލީންއަށް ފާހަގަވިއެވެ. “އިޒްކާންގެ ބައްޕަމެން ފުރާތަނަށް އަންނާނެތަ..؟” ނީޝަލް އެއްސެވެ. ފުދޭވަރަކަށް މަޑުންނެވެ. “އާނ.. ލިޔާންބެ މެންނާއި ދިމާވެ ވަގުތުކޮޅެއް ހޭދައެއް ނުކޮށްލެވޭނެ.. މިއަދު މިއައީ ހަމަ މިއަދު ފުރާގޮތަށް..” އަވްލީން ޖުމްލައިގެ ފަހުބައި ލަސްލަހުން ކިޔާލީ އަދިވެސް އެއްފަހަރު ނީޝަލްއަށް ހަނދާންކޮށްދޭށެވެ. “އޯކޭ.. ފެންވަރައިގެން އަޅުގަނޑު ނުކުންނާނަން..” ނީޝަލް ކޮޓަރީގެ ދޮރު ހުޅުވާލީ އަވްލީން ބޭރަށް ދާށޭ ބުނާ ފަދައިންނެވެ. އޭރު ސޯފާގައި ދެރަވެފައި އިޝްހާ އާއި ގުޅައިގެން އިން ނައިލް ފެނިފައި ނީޝަލްގެ ހިތުގައި ވޭންއެޅިއެވެ. އޭނަ އާއި އިޒްކާންއަށް ވެސް ވާނީ މިހެން ހެއްޔެވެ.؟ ރަނގަޅަށް މާފުވެސް ނުކުރެވިގެން އުޅެނިކޮށް ވަކިވާނީ ހެއްޔެވެ.؟ ތަގުދީރުގެ ނިޔާ ހާދަ ބޭއިންސާފުވެރިއެވެ. އަވްލީން ސަބަބެއްވެސް ނުބުނެ އޭނާގެ ފޯނު އަތުލީ އޭނައަށް އިޒްކާން އާއި ވާހަކަ ދެއްކެން އޮތް އެންމެ ފަހު ގޮތް ހުއްޓުވަމުންނެވެ. އޭނަ އާއި އިޒްކާން އާއި ބައްދަލުވެވެން އޮތް އެންމެ ފަހު ދޮރު ބަންދުކޮށްލަމުންނެވެ.
“އަހަރެމެންނާއި އެކީގައި ޒީޝް ކުޑާ ވެސް ދާނެ..” ކައިޔަން އެހެން ބުނުމުން ކުޑަކޮށް ނަމަވެސް ނީޝަލް ހިތްހަމަޖެހުނެވެ.
އައިރީން ފެހި ހެދުން އެމީހާ އާއި ހަވާލުކޮށްފައި އައެވެ. އައިރީން ގޮވައިގެން އިޒްކާން ދުއްވާލަން ދިޔައީ މެގްނަމް ގަނެދީފައެވެ. ފަހަކަށް އައިސް އައިރީންއަށް ހުސްކުރަމުން ދިޔަ ވަގުތުތައް މަދުވިހެން ހީވުމުން އިޒްކާން ދުއްވާލަން ދާން ބޭނުންވީއެވެ. އަޅި ޓީޝާޓަކާއި ކަޅު ސޯޓެއް ލައިގެން ހުރި އިޒްކާން ފެންނަމުން ގެންދިޔައީ މީހުން އާޝޯހުވާނެހާ ފުރިހަމަކޮށެވެ. އެހެން ދުވަސްތަކާއި ޚިލާފަށް މިއަދު އެ ތުންފަތްމަތިން މެދުކެނޑުމެއް ނެތި ފެންނަމުން ދިޔަ ހިނިތުންވުން އެ ފިރިހެންވަންތަކަމަށް ދެގުނަ އިތުރުކޮށްދެއެވެ. ދެމީހުން އަތިރިމަތީގައި އިންދާ ލިޔާން ގުޅިއެވެ. “ކައިޔަން ބޭބެ މިކޮޅަށް އައިސްފައި ހަމަ މިއަދު އެކޮޅަށް ފުރަން އެބައުޅޭ.. ދެކުދިންވެސް ފުރުވާ ތަނަށް ދާންވާނެއެއްނު..؟ އެހެންވީމައި އަވަހަށް ގެއަށް އަންނައްޗޭ..” ލިޔާން ބުނެލިއެވެ. އެއްބަސްވެފައި އިޒްކާން އާއި އައިރީން ގެއަށް ދިޔައީ ތައްޔާރު ވާށެވެ. އަވަސް އަރުވަން ހަދައިގެން ނީޝަލް އާއި ނައިލް ވެސް ކައިޔަން މެންނާއި އެކީގައި ފުރާ ވާހަކަ ބުނަން ލިޔާން ހަނދާނެއް ނެތެވެ. އެކަމުން އިޒްކާންއަށް ދެން ވާނެ ގެއްލުމަކީ ލިޔާންއަށް ހިތަށް ގެންނަން ވެސް ފަސޭހަވާނެ ފަދަ ގެއްލުމެއް ނޫނެވެ.
ފެންވަރައިގެން ނީޝަލް އިޖިޕްޝަން ބްލޫ ކުލައިގެ ހެދުމެއް ލިއެވެ. އޭގެ ތިރިން އައިސްބްލޫ ހައިވެއިސްޓެއް ލާފައި ރީތި ވާން ފެށިއެވެ. އިސްތަށިގަނޑުގައި ފުނާ އަޅާފައި ހުޅިއެއް ޖަހާ ހުޅިއާއި ހިސާބަށް ނުފޯރާ ހުރި އިސްތަށިތައް މޫނުމައްޗަށް ވައްޓާލައިފިއެވެ. ތުންފަތުގައި މެރޫން ކުލައިގެ ލިޕްސްޓިކް ޖައްސާ ހިތްވުމުން ނީޝަލް ޒީޝްގެ ލިޕްސްޓިކްތަކުގެ ތެރެއިން ރީތި މެރޫންއެއް ނެގިއެވެ. އޭނާގެ ހަނދާންތައް އެނބުރި އައި ފަހުން އަވްލީންމެން އައުމުން އެއްފަހަރާ އެތަކެއް ސުވާލެއް އަހަން ބޭނުންވި ނަމަވެސް ނީޝަލް ކެތްތެރިވިއެވެ. އަވްލީންމެން މިހާ ދުވަސް ވަންދެން އެ ވާހަކަތައް އޭނައާއި ހިއްސާ ނުކޮށް ސިއްރު ކުރީ މާޔާ އާއި ރޫހާންގެ ކިބައިން ސަލާމަތް ކޮށްދޭން ވެގެންކަން ނީޝަލްއަށް ވިސްނޭތީއެވެ. ނަމަވެސް ހިތުގެ އެންމެ ފުންމިނުގައި ޝަކުވާވެސް ވިއެވެ. ކުރިން އޭނަ އަކީ ގަދަޔަށް މޭކަޕްކޮށްލައިގެން އުޅުނު ކުއްޖަކަށް ވާތީ އެ އާދަ އަލުން އަނބުރާ ކަށީގައި ހިފީކަން ނީޝަލްއަށް އެނގުނެވެ. ހިތާހިތުން ހީނލާފައި ލިޕްސްޓިކް ޖައްސަން ފެށިތަނާހެން ނީޝަލްގެ ހިނިތުންވުން ފަނޑުވިއެވެ.
ކުރިން އޭނައަށް ފެންނަމުންދާ ޒުވާނާ އަކީ ރޫހާންކަން އެނގުމުންނެވެ. ނުރައްކާތެރި ބެލުންތައް ހަދިޔާ ކުރާ އާދަޔާޚިލާފަށް ރީތި އެ ޒުވާނާއަކީ ހަމަ ރޫހާންއެވެ. ހަނދާންތައް އައިފަހުން އެކަމާއި ދޭތެރޭ އެހާވަރަށް ވިސްނިއިރު އޭނާއަށް ކުރިން އެކަން ހަނދާންނުވީ ކީއްވެބާއެވެ. “އަނެއްކާ…..” ނީޝަލްގެ ހަރަކާތްތައް ގަނޑުވިއެވެ. “މަންމަމެން އަހަރެންނާއި ނައިލް އެކޮޅަށް ގެންދަން އެއުޅެނީ ރޫ މިކޮޅުގައި ހުރީމަތަ..؟” ނީޝަލްއަށް އެހުނެވެ. “އެހެންވީމައި އެ އެކްސިޑެންޓްގެ ފަހުން މަންމައަށް އަހަންނާއި ރޫ ރައްޓެހިވެގެން އުޅޭކަން ފަޅާއެރީތާ..” ރޫހާން އާއި މާޔާދެކެ އަވްލީން އާއި ކައިޔަން ހިތްހަމަނުޖެހޭ ހަގީގީ ސަބަބު ނޭނގިހުރެ ނީޝަލްއަށް ހީކުރެވުނީ އެހެންނެވެ.
ލިޕްސްޓިކް ޖައްސާފައި ހޭންޑްބޭގް އަޅުވައިގެން ނީޝަލް އެރީ ނޫކުލައިގެ މާތަކެއް ކުރަހާފައިވާ ހުދު ސްނީކަރސްއަކަށެވެ. އަވްލީންގެ ގާތުގައި ފޯނު ބޭނުންވެގެން ދެތިން ފަހަރަކު އެދުމުން އަވްލީން ކުރީ އިންކާރެވެ. ހުރިހާ ލަގޭޖެއް ކާރަކަށް އަރުވައިގެން މުޅި އާއިލާ އެކީގައި މިސްރާބު ޖެހީ ބަނދަރާއި ދިމާލަށެވެ. ލޯންޗުން އަނެއް ރަށަށް ދެވުނުއިރު ތިނެއް ޖަހަނީއެވެ. ފްލައިޓް ހަމަޖެހިފައިވަނީ ހަތަރެއް ޖަހާއިރަށެވެ. ނީޝަލް ނިޔަފަތިތަކާއި ކުޅެން އެތަނުގައި ހުރީ އިޒްކާން ނައިސްގެންނެވެ. ހޫރީން އާއި އައިހަމްމެންނަށް ވުރެވެސް ބޮޑަށް ނީޝަލް ދެކެން ބޭނުންވާ ސޫރައަކީ އެއީއެވެ.
އިރުކޮޅެއް ނުވަނީސް ހައިނާ އައެވެ. ހީވެސް ނުކުރާ ފަދައިން ހައިނާ އާއި އެކީގައި ނީޝަލްމެން ފުރުވަން ހިޔާންވެސް އައެވެ. އޭނައާއި އެކީގައި ފައިލަމްވެސް ހުރީ އައިހެވެ. ނީޝަލް ހުރީ ހައިރާންވެ އެހާމެ ބިރުވެސް ގަނެފައެވެ. ހިޔާންމެން އެތަނަށް އައީ ކީއްވެ ހެއްޔެވެ.؟ “ހޭވް އަ ސޭފް ޓްރިޕް..” ނީޝަލް ފެނުމާއި އެކީގައި ފައިލަމް އައިސް ބުނެލީ އެހެންނެވެ. ދަތްތައް ފެންނަވަރަށް ހިނިތުންވެފައި ފައިލަމް ދިޔައީ ނީޝަލްގެ ކޮނޑުގައި ޖަހާލާފައެވެ. ރައްދުގައި ބަހެއް ބުނެލަންތޯ ހީނލާކަށް ވެސް ނީޝަލްއަކަށް ނޭނގުނެވެ. އަނެއްކާވެސް ނީޝަލްގެ ކަޅި ހުއްޓުނީ ހިޔާންގެ މޫނަށެވެ. ހިޔާންގެ ދެލޯ ވެސް ނީޝަލްގެ މޫނަށް އަމާޒުވެފައި ވާކަން އެނގޭތީ ނީޝަލްގެ ގައިން ހީބިހި ނަގައިގަތެވެ. ޒީޝްގެ ކައިރިއަށް ދާން ބޭނުންވިޔަސް ފައި ހިއްލާލާނެ ހިތްވަރެއް ނުކުރެވުނެވެ. ކައިޔަން އާއި އަވްލީން އާއި އެކީގައި ޒީޝް ހުރީ އައިން، އަލާން، ޒިވީން އަދި ޒާއިން ކައިރީގައެވެ. އޭރު އައިން ހުރީ އޭނަ ވިހާ ދުވަސް ގާތްވުމާއި އެކީގައި ޒީޝް އާއި ނީޝަލްމެން ދާތީ އަނގަ ހުއްޓުމެއް ނެތި ޝަކުވާ ކުރަމުންނެވެ.
ނީޝަލްގެ ހިތް ތެޅެން ފެށީ ހިޔާން އޭނައާއި ކައިރިއަށް އަންނަން ފެށުމުންނެވެ. އެ ތޫނު ކަޅިން ނީޝަލްގެ ދެލޮލުން ލާފައި ރޫހަށް ބަލަން ހުރި ފަދައެވެ. ސީރިއަސްކަން ފެންނަން ހުރި އެ މޫނުން ނީޝަލްގެ ތެޅެމުން ދިޔަ ހިތަށް ދިޔައީ ބިރުވެރިކަން ވައްދަމުންނެވެ. ހިޔާން އައިސް ނީޝަލްގެ ކުރިމަތީ ހުއްޓުނެވެ. “މަށަށް މާފުކުރޭ..” ހިޔާން ބުނެލީ ހަމައެކަނި އެހެންނެވެ. “އެނގޭ އެއީ ހައްގު އެއްޗެއް ވެސް ނޫންކަން.. އެކަމަކު އެއަށް ނޭދި ހުންނަން ހިތް ނުބުނާތީ..” ހިޔާން އިތުރުކޮށްލިއެވެ. ނީޝަލް ވިސްނާލަން ހުރެފައި މަޑުމަޑުން ބޯ ޖަހާލިއެވެ. ކުށް މައްޗަށް ކުށް ކޮށްގެން އުޅުނު ކަމުގައި ވިޔަސް ހިޔާންވެސް އެއީ އިންސާނެކެވެ. ހިޔާންއަށް ނީޝަލް މައާފް ދިނީ ހިޔާންއަށް ދެވަނަ ފުރުސަތެއް ހައްގުވާތީއެވެ. އެ ފުރުސަތުގެ ބޭނުން ހިފާ ހިޔާން ބަދަލުވާން މަސައްކަތް ކުރާނެކަމުގެ އުންމީދު އޮތީމައެވެ.
“އިޒްކާން ނާދޭދޯ..؟” ހިޔާން މަޑުމަޑުން އެއްސެވެ. ޖަވާބުގައި ނީޝަލް ދެކޮނޑު އަރުވާލިއެވެ. މައާފް ދިން ނަމަވެސް ހިޔާން އާއި ވާހަކަ ދެއްކުން ވެގެން ދިޔައީ ނީޝަލްއަށް އުނދަގޫވި ކަމަކަށެވެ. “އިޒްކާންމެންނަށް ލޯންޗަށް ލައްވާނުލީ.. ދެން އޮތް ލޯންޗުގައި ލިޔާންބެ މެންނާއި އެކީގައި ހޫރީން އާއި އިޒްކާން އަންނާނީ..” ނީޝަލް ނާހަނީސް ހިޔާން ކިޔައިދިނެވެ. ނީޝަލް ސުވާލުގެ ނަޒަރަކުން ހިޔާންގެ މޫނަށް ބަލާލިއެވެ. އެ ބެލުމުން އެކަނިވެސް ނީޝަލް އަހަން ބޭނުންވެގެން އުޅޭ ސުވާލު ހިޔާން ނަގައިގަތެވެ. “އަހަރެން ނީޝަލް ބޭނުންވީ އެންމެ ބޭނުމަކަށް.. އަހަރެން ވަރަށް އަމިއްލައެދުން ބޮޑު ދޯ.. ކުޑައިރުއްސުރެ އެންމެ ގާތް އެކުވެރިޔާ ދުރުކޮށްލާފައި އެ އެކުވެރިޔާގެ ލޯބި ޖަހައިގަންނަން އުޅުމަކީ…” ހިޔާން އަމިއްލަ ނަފްސަށް ޕިސްޕިސް ކިޔާލައިފިއެވެ. “މިއީ އަހަރެން ކުރަން ހުވަފެނުން ދެކުނު ކަމެއްވެސް ނޫން.. އެކަމަކު އެކަންވެސް އަހަންނަށް ކުރެވުނީ.. އަމިއްލަ މޮޔަކަމުން.. އަހަރެން އެ އަންހެންކުދިންތަކުގެ ކިބައިން މައާފަށް އެދުނިން.. އީޝާ ނޫން އެންމެން އަހަރެންނަށް މައާފް ދީފި… އެކުދިންގެ މައިންބަފައިންގެ އެދުމަށް ފުލުހުންވެސް އެ ކޭސް ދޫކޮށްލީ.. އީޝާ އަހަންނަށް މައާފް ނުދިނަސް ކޭސް ދޫކޮށްލި.. އެރޭ ހޫރީން ދެއްކި ވާހަކަތަކުން އަހަންނަށް ބޮޑު ފިލާވަޅެއް ލިބިއްޖެ.. އެކަމަކު އަހަރެންގެ ހަޔާތުގައި މި ޖެހުނީ ބޮޑު ކުނިގަނޑެއް.. އިޒްކާންގެ ފަރާތުން އަހަރެން މައާފަށް އެދޭނެ ގޮތްވެސް ނޭނގޭ.. އެކަމަކު އަހަރެން އެކަން ކޮންމެވެސްގޮތަކުން ކުރާނަން..” ހިޔާން ދުރު ބަލަހައްޓައިގެން ހުރެ ހިނިތުންވެފައި އެހެން ބުނެލިގޮތުން ނީޝަލްގެ ތުންފަތް މައްޗަށްވެސް ހިނިތުންވުމެއް ގެނައެވެ. ވޭތުވެދިޔަ ދުވަސްތަކުގައި ކަންތައްތަކާއި ދޭތެރޭ ވިސްނީ އޭނަ އެކަނި ނޫންކަން އެނގުމުންނެވެ. ހިޔާން އެހުރީ ބަދަލުވެފައިކަން ނީޝަލް ގަބޫލުކުރިއެވެ. އިރުކޮޅެއް ނުވަނީސް ފައިލަމް ދާންވެގެން ގޮވާލުމުން ހިޔާން ނީޝަލްއަށް ރައްކާތެރި އަމާން ދަތުރަކަށް އެދިފައި ހިނގައިގަތެވެ. އަދި އެއާރޕޯޓުން ނުކުތުމުގެ ކުރިން ފަހަތް ބަލާލާ ނީޝަލްއަށް ރީތި ހިނިތުންވުމެއް ހަދިޔާ ކޮށްލިއެވެ. ރައްދުގައި ނީޝަލްވެސް ހީނލިއެވެ.
ލިޔާން އަދިވެސް ނީޝަލްމެން ދާ ވާހަކަ އަންގާފައި ނުވާތީ އިޒްކާން ބޭނުންވީ އެއާރޕޯޓަށް ދިއުން ލަސްކޮށްލާށެވެ. ލޯންޗުން ފޭބިހާ އަވަހަކަށް ރަނާ އާއި ލިޔާން އެއަރޕޯޓަށް ދާން މިސްރާބު ޖެހިއިރު އިޒްކާން، އައިރީން، އާހިލް، އައިހަމް އަދި ހޫރީންގެ މަންޒިލަކަށް ވީ އެންމެ ކައިރިއަށް ހުރި ކެފޭއެވެ. އެންމެން މިލްކްޝޭކަކަށް އޯޑަރު ދިންއިރު އިޒްކާން އާދައިގެ މަތިން އެދުނީ އައިސް ކޮފީއަކަށެވެ. އަތިރިމަތިން އިޒްކާން އާއި އައިރީން ގެއަށް ވަތްހާ އަވަހަކަށް ތައްޔާރުވާން ރަނާ ބުނުމުން ފެންވަރައި ގަމީހާއިން ޖިންސު ލައިގެން ފޯނު ޖީބަށް ކޮއްޕާލެވުނީ ޗާރޖު ހުރިތޯ ނޫންތޯ ނުވެސް ބަލައެވެ.
“އިޒްކާން..” ނީޝަލްގެ ކަޅި އެކި ދިމަދިމާލަށް އުކެމުން ދިޔައީ އެންމެ ފަހަރަކު ނަމަވެސް އިޒްކާންގެ މޫނު ފެނޭތޯއެވެ. ނަމަވެސް ފްލައިޓަށް އަރަން ޖެހުނީ އިޒްކާންގެ މޫނު ނުފެނިއެވެ. ޒިވީންމެންނާއި ސަލާން ގަލާން ކުރިއިރު ނީޝަލް ހުރީ ފޭކް ހިނިތުންވުމެއް ދައްކާލައިގެންނެވެ. ނަމަވެސް އެތަނުގައި ނީޝަލްގެ މޫނުމަތީގައިވީ ހިތާމަ އާއި މާޔޫސްކަން ނުފެންނަ މީހެއް ނެތެވެ. އެންމެންވެސް ހީކުރީ ނީޝަލް އެހާ ދެރަވެގެން އެއުޅެނީ ރާއްޖެ ދޫކޮށް ފްރާންސަށް ދާން ޖެހޭތީ ކަމަށެވެ. ނަމަވެސް ހަގީގަތަކީ އިޒްކާން ދެކިނުލާ ނީޝަލް ދާން ބޭނުން ނުވާކަމެވެ.
“އޭ ދެން ހިނގާ ދާން.. މަންމަ އައިސް ލެކްޗަރު އަޅާނެ އަހަރެމެން ގަޑިއަށް ނުގޮސްފިއްޔާ..” މިލްކްޝޭކް ހުސްކޮށްލާފައި ހޫރީން ބޭރަށް ނުކުތެވެ. ފައިސާ ދައްކާފައި އިޒްކާން ނުކުތީ ދެން ވާނެ ގޮތުގެ ހިލަމެއް ބިލަމެއް ވެސް ނުވާ ހާލުގައެވެ.
ފްލައިޓްގައި އިންއިރު ނީޝަލް އާއި ޒީޝް ޖެހުނީ ދެ ސީޓަކަށެވެ. ނައިލް ނީޝަލްގެ ގާތުގައި އިން އިރު އެ ދެލޮލުންވެސް ފެންނަނީ ރިހުމެވެ. އަންހެން ކުދިންދެކެ ނަފްރަތުކޮށް ފަކުރުން އުޅުނު ނައިލްގެ ހިތާއި ކުޅެލެވުނު ހަމައެކަނި އަންހެންކުއްޖާ ދޫކޮށްލާފައި ދިއުމަކީ ނައިލްވެސް ބޭނުންވާގޮތެވެ. އޭރު ވެސް ނައިލްގެ ސިކުނޑީގައި އެނބުރެމުން ދިޔައީ އިޝްހާގެ ސޫރައެވެ. ދެލޯ ފެންކަޅިވާން އުޅުނުހެން ހީވާތީ ނައިލް ދެއިނގިލި ލޮލުގެ ހިމަކޮޅުގައި ޖައްސާލިއެވެ. ނީޝަލްގެ އަތަށް ބާރުކޮށްލީ ކަރުނަތައް ކޮންޓްރޯލް ކުރުމަށެވެ.
ނީޝަލްވެސް ނައިލްގެ އަތުގައި ބާރަކަށް ހިފާލިއެވެ. ޚުދު ނީޝަލްގެ ހިތް ވެސް ވަނީ ކުދިކުދިވެފައެވެ. އަޑިގަނޑަކަށްފަހު އުސްގަނޑެއް އައިސް އަޑިގަނޑެއް ނައިސް ނުދާނެކަން މިއަދު މިވީ ގޮތުން ނީޝަލްއަށް ޔަގީންވެއްޖެއެވެ. މިއަދު ބޮޑު އުފަލެއް ލިބެން އުޅެނީ ކަމަށް ހިތާ އުޅެނިކޮށް އެ ހިތަށް ވަތް އުފާ ފަޅައިގެން ދިޔައީ ސައިބޯނި ބޮތްކެއް ފަދައިންނެވެ. ހިތާމަވެރިކަން ނީޝަލްގެ މައްޗަށް ގަދަކޮށްލީ ނޭނގިހުއްޓާއެވެ. އޭނަ އިޒްކާންއަށް މެސެޖް ކުރީމައިވެސް އިޒްކާންގެ ފަރާތުން ޖަވާބެއް ނުލިބުމުން ނީޝަލް ހުރީ ވަކިން ބޮޑަށް އިޒްކާން ދެކެން ބޭނުންވެފައެވެ. ލިޔާންމެން އެއާރޕޯޓަށް އައިއިރު އެމީހުންނާއި އެކީގައި އިޒްކާން ނައުމުން ނީޝަލްގެ ހިތުގައި އެޅި ވޭނަކީ ގަލަމަކުން ބަޔާން ކޮށްދެވޭނެފަދަ ވޭނެއް ނޫނެވެ. އިޒްކާން ހަގީގަތުގައިވެސް އޭނާގެ މަތިން ފޫހިވީބާއެވެ.؟ އެހެން ހިތަށް އެރުމުން ނީޝަލްއަށް ޖެހުނީ އަނެއް ފަޅިއަށް މޫނު އަނބުރާލާށެވެ. ނައިލްއަށްތޯ އެހެންމީހަކަށްވެސް އޭނާގެ ކަރުނަތައް ފެންނާކަށް ނީޝަލްއަށް ނޭދެއެވެ.
އިޒްކާންމެން އެއާރޕޯޓަށް ވަތްއިރު އަނބުރާ ރަށަށް ދާންވެގެން ޒިވީން އާއި އަލާންމެން ނުކުންނަނީއެވެ. އެމީހުންގެ ފަހަތުން ލިޔާން އާއި ރަނާވެސް އާދެއެވެ. އިޒްކާން ފެނުމުން ޒިވީން ހީނލިއެވެ. ”ކީއްވެ ލަސްވީ..؟ ދެން އެކުއްޖާއެއް ނުފެންނާނެ..” ޒިވީން ބުނެލިއެވެ. ޒިވީން އެ ބުނީ ނީޝަލްގެ ވާހަކަ ނަމަވެސް އިޒްކާންއަށް ހީކުރެވުނީ ޒިވީން އެދައްކަނީ އަވްލީންގެ ވާހަކަ ކަމަށެވެ. ޒާތަކަށް ހިނިތުންވެލީވެސް އެހެންވެއެވެ.
“ދަރިފުޅުމެން ކީއްވެގެންތަ އެހާ ލަސްވީ..؟ ދެން ކައިޔަން ބޭބެއެއް އަވްލީން ދައްތައެއް ނުފެންނާނެ.. ނައިލްއެއް ވެސް ނުފެންނާނެ.. ނީޝަލްވެސް…” ލިޔާންގެ ދުލުން ނީޝަލްގެ ނަން ބޭރުވުމާއި އެކީގައި އިޒްކާންގެ ތުންފަތުން ހިނިތުންވުން ފޮހެވުނެވެ. ހީވީ ވައިޓް ބޯޑެއްގައި ކުރަހާފައިވާ އެއްޗެއް ޑަސްޓަރަކުން ފޮހެލިގެންނެވެ. “ނީޝަލް..؟” ހޫރީންއަށް ވެސް ހުރީ އޮޅިފައެވެ. ސުވާލުގެ ނަޒަރަކުން ލިޔާންގެ މޫނަށް ބަލަހައްޓައިގެން އައިހަމް އާއި އާހިލް އަދި އައިރީން ހުއްޓެވެ. ތިމަންނަމެން ޖަވާބެއް ބޭނުމޭ ބުނާ ފަދައިންނެވެ. “ލިޔާންބޭ.. ކައިޔަން ބޭބެ މެންނާއި އެކީގައި ނީޝަލްގެ ކޮއްކޮ އާއި ނީޝަލްވެސް އަނބުރާ ދިޔައީތަ..؟” ޔަގީން ކުރަންވެގެން އައިހަމް އެހެން އެހީ ހޫރީންގެ މޫނަށް ބަލާލާފައެވެ.
“އާނ.. ނީޝަލް އަނބުރާ ފްރާންސަށް ހިނގައްޖެ..” ލިޔާން އެހެން ބުނެލުމާއި އެކީގައި އިޒްކާންއަށް ހީވީ މީހަކު އޭނާގެ ބޯމައްޗަށް ބޮމެއް ގޮއްވާލި ހެންނެވެ.
= ނުނިމޭ =
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
5 Comments!
Comments are closed.





Varah reethi mibaives ❤️?
Heekuri gothaa hilaafah AVLEEN aunt and KAIYAN uncle are egeah??
IZKAAN akee Hama best mihaaru SIGGERET ? buin huhttaalaafa namaadhah dhiyaeema vrh ufaavi??ekamu NEESH furaathanah nudhiyaieema dheravi??
When NXT can’t wait ☺️
Thankiu so much gigs ? Hehe lets c dhw nxt waane goiyh.. So happy that you are enjoying.. Next part yoon up kollaanan aneh site ah mi part up v haa avahakah insha allah ✨? Take care and stay safe gigs dear
No ?? emme rythivaan ulhunu picture.. kada ?? but vaahaka kiyaalan v salhi ?? hope anehbai avahah annaane kamah cause i can’t wait ?? so curious ?? n you stay safe ??
Aww thankiu so much Rooya Xek ?? I’m glad your enjoying.. Lets c dhw nxt waane goiyh.. You stay safe and take care too dear
Yooooonn…. mi bai vx vrh reethi as always, hehe.. Maasha Allah ur so talented.. aslu ninni hurihaa bayakah comment nukuriyas baraabarah kiyan inge mivaahaka….
Alheyy.. Poor Izkaan..i feel so emotional while reading this sometimes…
vvvvvvvvv salhi vvvv kiyaahithun kiyey vaahaka eh mee…
#teamyoon