Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމައެހެނިހެންލޯބި

އެކުއްޖާ 2 – 32

yooon
yooon 10 Stories100 Comments100 Login100 Stories500 Comments
May 12, 2021 5 Mins Read
1 Comment

* އިޒްކާން.. އައިހަމް.. ދޮންބޭ.. ދޮންބެމެން މިފަދަ ދަށު ދަރަޖައަކަށް ވެއްޓިގަނެފާނެކަމަށް އަހަރެން ދުވަހަކުވެސް ހިޔެއް ނުކުރަން..” ހޫރީން ދެފަހަރަކު ނޭފަތް ދަމާލިއެވެ. އަދި ކުރިއަށް ހިނގައިގަތީ ނީޝަލްއަށް މި މަންޒަރު ދައްކަން ބޭނުން ވުމުންނެވެ. އޭނާ އަލާންއަށް މި ކޭސް ނިންމައިދޭއިރު އައި ވިޓްނެސްއެއް ހުންނަން ބޭނުންވާތީއެވެ. ނީޝަލް ހުރީ ސައިޕްރީޕީޑިއަމް ޕާރކްގައި ކަން އެނގޭތީ ހޫރީން ދުއްވައިގަތީ ނީޝަލް ގޮވައިގެން އައުމަށެވެ. ނީޝަލްގެ ހިތަށް ކުރާނެ އަސަރަކަށް ބަލަން އެވަގުތު ހޫރީން ހަނދާނެއް ނެތެވެ. *

“އައިހަމް..” ހޫރީންއަށް ހީވީ މީހަކު އޭނާގެ ހިތުގައި ގޮށްމުށުން ތަޅަމުން ދިޔަ ހެންނެވެ. އެހާވެސް އޭނާއަށް ވަނީ އަސަރު ކޮށްފައެވެ.

“ހޭއި ނީޝަލް..” ކުއްލިއަކަށް ހިޔާންގެ މެސެޖެއް އައުމުން ނީޝަލް ފޯނަށް ބަލާލލިއެވެ. ”ހެއި..” ސީންޒޯން ކުރެވުމުން ރިޕްލައި ނުކޮށް ހުންނާކަށް ނީޝަލްއަކަށް ނުކެރުނެވެ. “އާދެބަ ވަރަށް އަވަހަށް ތި ޕާކް ކައިރީ ހުރި ގެސްޓް ހައުސްއަށް.. ރޫމް 204 އަށް…” ހިޔާންގެ މެސެޖް މިނެޓެއް ވެސް ނުވަނީސް ލިބުނެވެ. “އިޒްކާން ބުނެގެން…” ދެންވެސް ހިޔާން ބުނެފައި އޮތެވެ. ހައިރާންވެފައި ހުރެ ނީޝަލް ތެދުވިއެވެ. އަދި ލައިގެން ހުރި ރަތް ހެދުން ރީތި ކޮށްލާފައި ނީޝަލް ކުރިއަށް ހިނގައިގަތެވެ. ދެއަތުން ގައިގައި ބައްދާލައިގެންނެވެ.

ރޭހެއް ނިންމަންވެގެން ދުވާ ދުވުންތެރިއަކަށްވުރެ ވެސް ބާރަށް ހޫރީން ދުވެފައި ދިޔައެވެ. ނީޝަލް ބަލައެވެ. ނަސީބަކުން މާ ދުރަށް ނުދަނީސް ދެކޮޅު ބަލަމުން އެދިމާލަށް ހިނގާފައި އައި ނީޝަލް ފެނުނެވެ. ހޫރީން ދުވެފައި ގޮސް ފިޔަވަޅުތައް ކޮންޓްރޯލް ނުކުރެވިގެން ނީޝަލްގެ ގައިގައި ލައިނުގަތީ ހަމަކިރިޔާއެވެ. ނީޝަލްވެސް އަނގަމަތީ އަތް އަޅާފައި ހޫރީންގެ މޫނަށް ބަލާލިއެވެ. “އިޓްސް މީ އިޓްސް މީ..!!” ހޫރީން އޭނާގެ ހޫޑީ ބޮލާއި ވަކިކޮށްލިއެވެ. “ހޫރީން..؟ މިތާ ކީއްކުރަނީ..؟” ނީޝަލް ވެސް ދިޔައީ ސިއްސައިގެންނެވެ. ކުއްލިއަކަށް ހޫރީން ފެނުމުންނެވެ. “ވަގުތެއް ނެތް.. މަ އެބައޮތް ނީޝްއަށް އެއްޗެއް ދައްކަންވެފައި..!!” ނީޝަލްގެ އަތުގެ ކުޑަހުޅުގައި ހޫރީން ހިފިލެއް ބާރުކަމުން ނީޝަލްއަށް ތަދުވެސް ވިއެވެ. ނަމަވެސް ނީޝަލްއަށް އިތުރަށް އެންމެ ލަފްޒެއްވެސް ނުބުނެވެނީސް ހޫރީން ނީޝަލްގެ އަތުގައި ހިފާ ދަމަމުން ކަހަލަ ގޮތަކަށް ޖޫލިއެޓް ރޯޒް ގެސްޓްހައުސަށް ވަންނަން ހިނގައިގަތެވެ. ނީޝަލްގެ ބޮލުގައި އުފެދިފައިވާ ސުވާލުތަކަށް ބޮޅެއް އިތުރުވިއެވެ. ވާން މިއުޅެނީ ކިހިނެތްކަން ނޭނގުނަސް އެވާން އުޅެނީ ރަނގަޅު ގޮތެއް ނޫންކަން ނީޝަލްގެ ހަވަނަ ހިއްސު އޭނަ އަށް ބުނެދެމުން ގެންދިޔައެވެ.

ނެޒެލީ ވަރުބަލިވެގެން ދޮންވެލިގަނޑު މައްޗަށް ވެއްޓިގަތެވެ. ދުއްވައިގަންނަން ކިތަންމެ ބޭނުންވިޔަސް ފައި އޭނާއަށް އެއްބާރުލުމެއް ނުދިނެވެ. އަވަސް ނޭވާތަކެއް ލަމުން ގެންދިޔައިރު ނެޒެލީގެ ހިތް ދިޔައީ ޑަންޑަންލާފައި ތެޅެމުންނެވެ. ހީވަނީ އެ އަނދިރި ގަސްތަކުގެ ތެރެއިން ކޮންމެވެސް ދިމާލަކުން ރޫހާން ނުކުމެގެން އައިސްފާނެހެންނެވެ. ހިތް ބިރުގަންނަންފެށުމުން ނެޒެލީ ހިތްވަރުލާފައި ކޮޅަށް ތެދުވިއިރު ދެފައި ތުރުތުރުލައެވެ. ވަރުދެރަކޮށް ކުރިއަށް ފިޔަވަޅުތައް ނަގަމުން ގެންދިޔައިރު އޭނާގެ ފައިދަށުވެ ހިކިފަތްތައް ޗަސްޗަސްވާ އަޑު ނޫން އަޑެއް ކަންފަތަކު ނުޖެހެއެވެ. ދޭތެރެ ދޭތެރެއިން އެ ޖެހިލާ ވައިރޯޅިތައް ނެޒެލީގެ ހަށިގަނޑުގައި ބީހިލާއިރު ނުލާހިކު ފިންޏެވެ. ވާރޭ ވެހިގަންނަން އުޅޭކަން އުޑު މައްޗަށް ގަދަކުރަންފެށި އަޅި ވިލާތައް ހެކި ދިނެވެ.

“ޒެލީ….” ރޫހާންގެ އަޑު އެކޯ ވެގެން ގޮސް ނެޒެލީގެ ކަންފަތުގައި ޖެހުމާއި އެކީގައި ތެޅިގަނެފައި ނެޒެލީ ފަހަތް ބަލާލީ ބިރެއް ފެނުނު ފަދައިންނެވެ. އޭރު ދުރުގައި ކަޅުކުލައިގެ އަތްދިގު ގަމީހަކާއި ކަޅު ޖިންސެއް ލައިގެން ހުރި ރޫހާން އަނދިރީގެ ތެރެއިންވެސް ނެޒެލީއަށް ފާހަގަވިއެވެ. ރޫހާންއެކޭ ހިޔަންޏެކޭ ތަފާތެއް ނެތެވެ. ނެޒެލީއަށް ފަހަތަށް ފިޔަވަޅެއް ނެގުނެވެ. “ޒެލީ ކޮންތާކަށް ތިދަނީ..؟؟ ނީޝް ކައިރިއަށް..؟ ހުއް ނީޝަލްއަށް ޒެލީ ތީ ކާކުކަން އެނގޭނަމަތާ.. އަހަރެންގެ މަގަށް ހުރަސް އަޅަން މަސައްކަތް ނުކުރޭ… އެނޫނީ ޒެލީގެ ފުރާނައަށްވެސް ނުރައްކާ ވާނެ.. މިހާރުވެސް އަހަންނަށް ޒެލީގެ މައިންބަފައިންގެ ވަސްވެސް ފުހެލެވިދާނެ.. އެމީލްވެސް މަރާލެވިދާނެ..” އަތުގައި އޮތް ފޯނަށް އިޝާރާތް ކުރަމުން ރޫހާން އެކި ޒާތްޒާތުގެ އިންޒާރުތައް ދެމުން ގެންދިޔައިރު ހީވަނީ މޮޔަވެފައި ހުރި މީހެއް ހެންނެވެ.

ނަމަވެސް މިއަދު އެއިން އިންޒާރަކަށް ނެޒެލީގެ ހިތްވަރު ގުޑާނެ ހެއްޔެވެ.؟ ރޫހާން އެމީލްއަށް ނުވަތަ ނެޒެލީގެ މައިންބަފައިންނަށް ދެރަ ގޮތެއް ނުހަދާނެއެވެ. އެހެން ހަދާކަށް ރޫހާންއަކަށް ނުކެރޭނެއެވެ. ރޫހާން ކުރިން އެމީހުން މަރާލަން ބޭނުންވާނަމަ އެމީހުންނަށް އަޅާލަން އެމީލް ފޮނުވީ ކީއްވެގެން ހެއްޔެވެ.؟ ޔަގީނުންވެސް ރޫހާންގެ ހިތުގައި އެމީހުންނާއި ދޭތެރޭ ކުޑަ ވެސް ލޯތްބެއް އޮތީމައެވެ. ނެޒެލީ ހިތާހިތުން އުންމީދު ކުރިއެވެ. އަދި އަނގައިން ބަހެއް ނުބުނެ އަނެއްކާވެސް ދުރަށް ދުއްވައިގަތެވެ. ދެފަޔަށް ލެވުނުހާ ބާރެއް ލާފައެވެ. ރޫހާން އާއި މާޔާ ވެގެން މިފަހަރު ނީޝަލްއަށް އެ އުޅެނީ ކޮންމެވެސް ގޮތެއް ހަދަންކަން ނެޒެލީއަށް މިއީ ރޭގަނޑުކަން އިނގޭ ފަދައިން އެނގެއެވެ. އެ ކުރަން އުޅޭ ކަމެއްގެ ކިބައިން ނީޝަލް ސަލާމަތް ކުރަން ނެޒެލީ އެހުރީ އަތުކުރި އޮޅާލައިގެންނެވެ. އުންމީދުގެ ހުޅުކޮޅު ނުހަނު ބޮޑަށް ރޯވެފައިވާތީއެވެ.

އަނދިރިގަނޑު ތެރޭ ދެވޭ ނުދެވޭ ދިމާއެއް ނޭނގޭ ހާލު ނެޒެލީ ދުވިއެވެ. އެންމެ ފަހުން ނެޒެލީއަށް ހުއްޓެވުނީ ފޭރުގަހެއްގެ ދޮށުގައެވެ. ފޭރުގަސް ހެދިފައިވާ ގޮތުން ގޭގެ އުސް ވަށާފާރުން ބޭރަށް ލެނބިފައި ހުއްޓެވެ. މިނެޓެއްވެސް ލަސްނުކޮށް ނެޒެލީ ފޭރުގަހަށް އެރިއެވެ. ފްރާންސްގައި ސްކޫލްގައި އުޅުނު އިރު ޖިމް ގަޑީގައި އޭނާއަށް އޭ ލިބޭކަން ނަސީބެވެ. ޖިމް ކްލާހުގައި އިންނަ ޕޯލްގައި ކަސްރަތުކޮށް ޕްރެކްޓިސްކޮށްފައި ވާތީ ފޭރުގަހަށް އެރުން ނެޒެލީއަށް ވެގެން ދިޔައީ ނުހަނު ފަސޭހަ ކަމަކަށެވެ. ވަށާފާރާއި ހަމައަށް އެރުމުން ނެޒެލީ ބިސްމި ކިޔާފައި ތިރިއަށް ފުންމާލިއެވެ.

ބިންމަތީގައި ފައި ޖެހުނު ގޮތަކުން ކަކުލަށް ތަދެއް އެރި ނަމަވެސް ކޮރެއް ޖަހހަމުން ކަހަލަ ގޮތަކަށް ނެޒެލީ ދުއްވައިގަތެވެ. ވާރޭ ކަނި ޖަހަން ފެށުމާއި އެކީގައި މާހައުލު އިތުރަށް ފިނިވިއެވެ. އެ ހަނި މަގުން ލާފައި ދުވެފައި ދިޔަ ނެޒެލީއަށް ނޭނގުނީ ރޫހާން އެހުރީ ސީދާ އޭނާގެ ފަހަތުގައި ކަމެވެ.

ރިސެޕްޝަން އިން ލާފައި ކުރިއަށް ހިނގައިގަތް ހޫރީންގެ އަތް ތުރުތުރު ލާކަން ފާހަގަވުމާއި އެކީ ނީޝަލް އެ އަތް ފޮޅުވާލިއެވެ. “ކިހިނެތްވެގެންތަ މިއުޅެނީ..؟ އިރުކޮޅެއްގެ ކުރިން ހިޔާން ބުންޏޭ ކިޔާ އިޒްކާން ގޮސްފި.. އޭގެ ބައިގަޑިއިރެއް ހާއިރު ފަހުން ހިޔާން ކޮންމެވެސް ރޫމަކަށް އަންނާށޭ ކިޔާ މެސެޖް ކޮށްފި… ދެން އޭގެފަހުން ފަސް މިނެޓްވެސް ނުވަނީސް ހޫރީން އައިސް ތި ދަމަނީ މަގޭ އަތަށް.. މި ވެގެން އުޅޭ ގޮތް ކިޔައިދީފާނަންތަ..؟؟” ނީޝަލްއަށް އޮޅުންއަރާފައި ހުރިވަރުން ވާހަކަ ދެއްކުނީވެސް ފުދޭވަރަކަށް ބާރަށެވެ.

“މި ވެގެން އުޅޭ ގޮތް ނީޝަލްއަށް ދައްކާށޭ އަހަރެން މިއުޅެނީ..” ހޫރީންވެސް ވާހަކަ ދެއްކީ ހަމަ އެހާމެ ބާރަށެވެ. ނީޝަލް ހިމޭންވިއެވެ. އަދި ބަސް އަހާ ކުޑަކުއްޖެއް ފަދައިން ހޫރީން އާއި އެއްވަރަށް ހިނގައިގަތެވެ. ހޫރީން ގޮސް ރޫމްގެ ކުރިމަތީ ހުއްޓިލާފައި ޕައް ކިޔާ ދޮރު ހުޅުވާލިއެވެ.

”ވަޓް ދަ..؟؟؟” އެނދުމަތީގައި އޮތް ދެމީހަކު އަޑުގެ ނެތްތަނަށް ހަޅޭއްލަވައިގަތެވެ. ސިހިފައި ހޫރީން އަވަސް އަވަހަށް މާފަށް އެދިފައި ދޮރު ލައްޕާލައިފިއެވެ. “ލޮލް..” ނީޝަލްގެ ހިނިގަނޑު ފަޅައިގެން ދިޔައީ ދެނެވެ. ސީރިއަސްވެފައި ހުރި ހޫރީންގެ ގާތަށް ވެސް އައީ ހިންޏެވެ. “މިއީތަ އެހާ ސީރިއަސްވެގެން ހޫރީން އަހަންނަށް ދައްކަން އުޅުނު މަންޒަރަކީ..؟ ވީ އާރ އިންވޭޑިންގ ދެއަރ ޕްރައިވެސީ..” ހިނި އައިސްފައި ހުރެ ނީޝަލް އެއްސެވެ. “ނޫނެކޭ..” އެހެން ބުނެފައި ހޫރީން ރޫމްގެ ނަންބަރަށް ނަޒަރެއް ދިނެވެ. “އޫޕްސް..” އަވަސް އަރުވާލަން ހަދައިގެން ހޫރީންއަށް ދެވުނީ ރޫމް 104 އަށެވެ. އަނެއްކާ ވެސް ނީޝަލް ގޮވައިގެން ހޫރީން މިސްރާބު ޖެހީ ލިފްޓާއި ދިމާލަށެވެ.

ކުއްލިއަކަށް ފޯނު ވައިބްރޭޓް ވުމާއި އެކީގައި އިޒްކާން ފޯނު ނަގާ ބަލާލިއެވެ. އާހިލް އޭނާ އާއި އައިހަމް ލައިގެން ހަދާފައިވާ ގްރޫޕަށް ކޮށްފައިވާ މެސެޖެކެވެ. އާހިލް އޭނާގެ ކުރިމަތީގައި އިނދެފައި އަނގަބަހުން ވާހަކަ ނުދައްކާ ފޯނުން އެ މެސެޖް ކުރީ ކީއްވެގެންބާއޭ އިޒްކާންގެ ހިތަށް އެރިއެވެ. “ކަލޭ މަ ފޮނުވި ކޯޑް ނަގައިގަންނާކަށް ވެސް ނޫޅެން ދޯ..؟” އާހިލްގެ މެސެޖްގައި ވިއެވެ. “މަ ބެލީމޭ.. މަށަކަށް އެއިން އެކައްޗެއްވެސް ގެޓެއް ނުވި… ކަލޭ ކޮން ހަޑިއެއް ހާވާފައިތަ އެއީ..؟؟” އިޒްކާން މެސެޖް ކުރިއެވެ. “އެއީ ކަލޭ އާއި ކަލޭގެ ނީޝަލްއަށްޓަކައި މަ ލިޔުނު އެއްޗެއް.. އެކަމަކު އޭގެ ބޭނުން ދިޔައީ ދެން… ކަލެއަށް މަ އިންޒާރު ދިނިން.. ވަގުތެއް ނެތޭ ކިޔާފައި..” އާހިލް ދެން ފޮނުވި މެސެޖް ކިޔާފައި އިޒްކާންގެ ސިކުނޑިއަށް ބާރުވިއެވެ.

“މަށާއި ނީޝްއޭ..؟ އަހަރެމެންނާއި މިކަމާއި ކޮން ގުޅުމެއް..؟” އިޒްކާން އެއްސެވެ. “މަ މި ބުނާ ގޮތަށް ހަދާ.. ކަލޭ އެބަ ޖެހޭ ކޮންމެ ގޮތެއް ހަދާފައިވެސް މިވަގުތުން މިވަގުތަށް މި ރޫމުން ނުކުންނަން އިނގޭ….” އާހިލް އެހެން ބުނެލުމުން ހިންދިރުވާލާފައި އިޒްކާން ހިޔާން އާއި ދިމާލަށް އެނބުރުނެވެ. “ޔާން.. ސީރިއަސްކޮށްވެސް މަ ދާން ވެއްޖެ…” އިޒްކާން ކޮޅަށް ތެދުވިއެވެ. “ހިޔާން.. އެބައޮތް އެއްޗެއް ދައްކަންވެފައި…” ރޫމްއިން ބޭރުގައި އުޅެލާފައި ފައިލަމް އެތެރެއަށް ވަނީވެސް އެންމެ ނުބައި ވަގުތުކޮޅުގައެވެ.

“އައިހަމް.. އާހިލް.. ކަލޭމެން ދެމީހުންވެސް..” އަލަމާރި ކައިރިއަށް ގޮސް އެތެރެއިން ބޮޑު ދެ ހުދު ކޮތަޅު ނަގަމުން ހިޔާން ބުނެލިއެވެ. “ހުދާ… މައިހާ…” އެތެރޭގައިވީ އެދެމީހުންކަން އިނގޭތީ އާހިލް އާއި އައިހަމްއަށް މަޖުބޫރުވީ ހިޔާން އާއި ފައިލަމްގެ ފަހަތުން ހިނގައިގަންނާށެވެ. “މަށޯ..؟” އިޒްކާން ދެލޯ ވަށްކޮށްލާފައި އެއްސެވެ. “އަހަރެމެން އަންނަންދެން ކަލޭ އެނދުގައި ތިއޮތް ޕްރިންސެސް އާއި އެކީގައި ހުރެލަދީ.. މާ އިރެއް ނުވާނެ..” ހިޔާން އައިހަމް އާއި އާހިލް ގޮވައިގެން ބޭރަށް ނުކުތުމުން ފާޑަކަށް ހިނިއައިސްހުރެ ފައިލަމް އެއްލޯ މަރާލާފައި ދަމުން އެ ކޮޓަރީގެ ދޮރު ލައްޕާލިއެވެ.

ހިޔާން ނުކުމެ ފޯނަށް ބަލާލިއިރު ނީޝަލްގެ މެސެޖެއް ލިބިފައި އޮތެވެ. އެހުރީ ޖޫލިއެޓް ރޯޒް ގެސްޓް ހައުސްގެ ތެރޭގައި ކަމަށް ބުނަމުންނެވެ. ހީނލައިގެން ހުރި ހިޔާންގގެ ހިނިތުންވުން ފުޅާވިއެވެ. “އޯހް ނީޝަލް… ޔޫ ވިލް ބީ މައިން.. ޓައިމް ފިކްސެސް އެވްރީތިންގ..” ހިޔާން ކުރިއަށް ހިނގައިގަތްއިރު މިސްރާބު ހުރީ ސްޓޯރ ރޫމާއި ދިމާލަށެވެ.

ހޫރީން މަޑުމަޑުން ގޮސް ރޫމް 204 ކުރިމަތީގައި ހުއްޓުނެވެ. އެތެރެއިން އަޑެއް ބަޑެއް ނީވެތީ ހޫރީން ހާސްވާ ގޮތްވިއެވެ. އަނެއްކާ ހިޔާން އެކުއްޖާ މަރާލީބާއެވެ.؟ ނޫނެކެވެ. އެހެނެއް ނުވާނެއެވެ. އެވާނީ ހިޔާންމެން ރޫމްގައި ނެތީ ކަމަށެވެ. ތެޅެމުން ދިޔަ ހިތަށް ވިސްނައިދީފައި ހޫރީން އެ ރޫމްގެ ދޮރު ހުޅުވާލަން އަތް ދިމާކޮށްލިއެވެ.

މަރުވެފައިވާ މައްޔިތެއްހެން އޮތް އީޝާ ފެނި އިޒްކާންގެ ހިތަށް އުނދަގޫވިއެވެ. އެހުރިހާ ކަމެއް ކުރަން ހިޔާން ދޫކޮށްނުލާ ހިޔާން ހުއްޓުވުނު ނަމައޭ ވެސް ހިތަށް އެރިއެވެ. އަމިއްލަ މޮޔަކަމާއި ހުރެ އިޒްކާންއަށް ބޮލުގައި ދެތިން ފަހަރަކު ޖަހާލެވުނެވެ. އޭނަ އަކީ ވެސް ހިޔާން ހާ ރަހުމެއް ނެތް މީހެއްބާއޭ އެވަގުތު އިޒްކާންގެ ހިތަށް އެރިއެވެ. އަންނައުނެއް ނުވާ އީޝާގެ ހަށިގަނޑު ނިވާ ކޮށްލައިދިނުމުގެ ނިޔަތުގައި އިޒްކާން ރަޖާގަނޑު ނަގާފައި އީޝާގެ ގައިގައި އެ އަޅާލަދޭން ގުދުވިއެވެ.

ހޫރީން ދޮރުގައި ފައިން ޖެއްސެވެ. ތަޅުލާފައި ކަމަށެވެ. ނަމަވެސް ދޮރު ވަގުތުން ހުޅުވުނެވެ. ހޫރީންގެ އިތުރުން ފަހަތުގައި ހުރި ނީޝަލްގެ ލޮލުގައިވެސް އަޅައިގަތީ އަނިޔާވެ މަރުގެ ތުންފަތްމަތީ އޮތް އީޝާ އާއި ދިމާއަށް ގުދުވެގެން އޮތް އިޒްކާންއެވެ. ނީޝަލްގެ ދެލޯ ވަގުތުން ބޮޑުވިއެވެ.

 

= ނުނިމޭ =

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

yooon
Follow Me Written By

yooon

10 Stories100 Comments100 Login100 Stories500 Comments

Transcend reality in this little safe space <3

Other Articles

Previous

ހާފް ހިއުމަން -1

Next

އެދުވަހު ނުގޮވި ނަމަ…

Next
May 12, 2021

އެދުވަހު ނުގޮވި ނަމަ…

Previews
May 12, 2021

ހާފް ހިއުމަން -1

One Comment

  1. StoryyQuyyn says:
    May 12, 2021 at 3:59 pm

    alhe dhen noon.. neesh alhe misunderstand vegen nudhahchey.. izkaan haadha dhera vaane eyyy.. iskaan alhe buneba truth dhen vx.. vvvv salhi mi part vx.. heart eba thelhey hama dhenge part akun vaane gothey neygigen.. waiting for next part curiously

Comments are closed.

Next Episodeއެކުއްޖާ 2 – 33 & 34←


All Right Reserved!