އެކުއްޖާ 2 – 37
* “ތެރަޕީ އެންޑް ޓައިމް.. ޕޭޝަންޓް ރަނގަޅުވާހާ އަވަހަކަށް އެކަން ކުރެވިދާނެ އިނގޭތޯ.. އެކަމަކު އަޅުގަނޑަށް ބޮޑަށް ބުރަވެވެނީ އެކަން ނުކުރަން.. އެހެން ހައްދަވައިފިނަމަ އެކްސިޑެންޓްގެ މަތިން ހަނދާން އާވެ ޕޭޝަންޓް ޓްރައުމާއެއް ތެރެއަށް ގޮސްދާނެ.. ނަމަވެސް އެކަން ކުރައްވާނނަމަ ވަގުތު ވީހާވެސް ރަނގަޅަށް ބޭނުންކުރައްވާ.. އޭރުން އެކަން ކުރެވިދާނެ.. އެކަމަކު މިކަމުގައި އަޅުގަނޑަކަށް އެއްވެސް ޔަގީންކަމެއް ނުދެވޭނެ..” ޑޮކްޓަރު ކިޔައިދިނެވެ. “އަދި މީގެވެސް އިތުރުން ތެރަޕީ……….” “ނޫން ތިކަން ކޮށްގެންނެއް ނުވާނެ..!!” ޑޮކްޓަރުގެ ވާހަކަ މެދުކަނޑާލީ ދެން އަވްލީން ބުނެލި ޖުމްލައެވެ. *
އެއަޑަށް ޑޮކްޓަރުގެ އިތުރުން ކައިޔަންވެސް އަވްލީންގެ މޫނަށް ބަލާލީ ހައިރާންވެ ހުރެއެވެ. “އެކަމަކު އަވް…” ކައިޔަންއަށް ވާހަކަ ދައްކަން ފުރުސަތެއް ނުދީ އަވްލީން ފެށިއެވެ. “ޝަލްގެ ހަނދާންތައް އަނބުރާ ގެންނަން އެއްވެސް މަސައްކަތެއް ކޮށްގެންނެއް ނުވާނެ.. އަހަރެން ބޭނުމެއް ނޫން ޝަލް އެ މާޔާ އާއި ރޫހާންގެ މަތިން ހަނދާން ކުރާކަށް ވެސް.. ޝަލް ރަނގަޅުވާހާ އަވަހަކަށް އަހަރެން ޝަލްއަށް ތެރަޕީ ދޭން ފަށާނަން.. ޝަލް ރިކަވަރ ވީހާ އަވަހަކަށް ޝަލް ފޮނުވާނީ ރާއްޖެއަށް.. އަނބުރާ އޭނާގެ އަމިއްލަ ފަސްގަނޑަށް.. ޝަލް އެކަންޏެއް ނޫން.. ނައިލްވެސް.. އެމީހުން ހުންނާނީ އެލަން އާއި ޒިވީ އަދި ޒާއިން އާއި އައިން އާއި އެކީގައި.. ޝަލް ވީތަން މާޔާއަށް އެނގިއްޖެނަމަ އޭނަ ޝަލް ހޯދާނެ.. މަރާލަންވެސް މަސައްކަތް ކޮށްފާނެ.. އެހެންވީމައި މިއިން އެއްވެސް ކަމެއް އަހަރެމެން ތިން މީހުން ނޫން މީހަކަށް އެނގިގެންނެއް ނުވާނެ.. ސާފުވެއްޖެ..؟” އަވްލީންގެ ސިކުނޑި ހާސްވެފައިވާވަރުން ރަނގަޅަށް ވިސްނާވެސްނުލާ ރޭވުމެއް ރޭވިއެވެ.
“އޯކޭ..” ކައިޔަންގެ ދުލުން ބޭރުވީ އެންމެ ލަފްޒެކެވެ. ނީޝަލް ރައްކާތެރިކުރަން ދެން ހަދާނެ ގޮތެއް އެވަގުތު ކައިޔަންގެ ބޮލަށްވެސް ނައީއެވެ. ޑޮކްޓަރުވެސް ފުން ނޭވާއެއް ލާފައި ބޯ ޖަހާލިއެވެ. އަވްލީން ލުއި ފިޔަވަޅުތަކެއްގައި ގޮސް ނީޝަލްގެ ރޫމަށް ވަނެވެ. އޭރު ނައިލް ނީޝަލްގެ އަތުގައި ހިފާ ބާރު ކޮށްލައިގެން އިނެވެ. ނީޝަލްގެ މޫނުމަތިން ފެންނަނީ ވަރުބަލިކަމެވެ. އަވްލީން އެތަނުގައި އިންދާ ނީޝަލް ނިދާލައިފިއެވެ. އިރުކޮޅެއް ނުވަނީސް ރޫމްގައި ޓަކި ޖަހާލި އަޑު އިވުނެވެ. ”ވަދޭ..” ކައިޔަން އެހެން ބުނެލިކަމެއްވެސް ނޭނގެނީސް އެމީލް އާއި ނެޒެލީ ދުވެފައި އައިސް ވަނެވެ.
“އިޒް ޝީ ގޮއިންގ ޓު ބީ އޯލްރައިޓް..؟؟” ނީޝަލް އޮތް ހާލު ފެނިފައި އެމީލް ހުރީ އަނގަމަތީގައި އަތް އަޅައިގެންނެވެ. ނެޒެލީގެ ދެލޯ ފުރިގެން ބަންޑުންވިއެވެ. “އައި ރިގްރެޓް އިޓް ސޯ މަޗް.. އައިމް ސޯ ސޮރީ ނީޝަލް..” އެވަގުތު ނެޒެލީ ބުނި ޖުމްލަ އެތަނުގައި ހުރި އެކަކަށް ވެސް އަޑެއް ނީވުނެވެ. “ޝީ އިޒް ގޮއިންގ ޓު ބީ ފައިން އިންޝާ ﷲ.. ޒެލީ އެމީލް އަދި ގެއަކަށް ވެސް ނުދަންތަ..؟ ގަޑިން އެ ހަތަރެއް ޖަހަނީ.. އިޓްސް ގޮއިންގ ޓު ބީ މޯރނިން ސޫން..” އަވްލީން އެއްސެވެ. “އެމީލް.. ދޭ ގެއަށް.. އަހަރެން މިތަނުގައި މަޑުކުރާނަން..” އެމީލް ހުންނަން ގަދަ ހަދަހަދާ ހުއްޓާ ނެޒެލީ އޭނާ ފޮނުވާލިއެވެ. “ކައި ވެސް ދެން ދޭ ނައިލް ގޮވައިގެން ގެއަށް.. އަހަރެންނާއި ޒެލީ މިތާ އިންނާނަން ދޯ ޒެލީ..؟” އަވްލީން ނެޒެލީއަށް ދޯ ދިނުމުން ނެޒެލީ އަވަހަށް ބޯ ޖަހާލިއެވެ.
އޭގެ މަހެއް ހާ ދުވަސް ފަހެވެ. ނީޝަލް ގެއަށް ދޫކޮށްލައިފިއެވެ. ފިޒިއޮތެރަޕީގެ އެހީގައި ނީޝަލްއަށް މިހާރު ކުޑަކޮށް ނަމަވެސް ހަރަކާތްތެރިވެ އުޅެވެއެވެ. އަވްލީން ވީހާވެސް އަވަހަކަށް ނީޝަލްއަށް ތެރަޕީ ދޭން ފެށިއެވެ. ނީޝަލް އެކްސިޑެންޓްވީ ހަބަރު ލިބިގެން އޭނާއަށް ގޮވާލަން އެތައް ބަޔެއް އައެވެ. ނަމަވެސް އަވްލީން އެމީހުންނާއި ނީޝަލް ބައްދަލުވިޔަކަ ނުދިނެވެ. ނީޝަލް އާއި ބައްދަލު ކުރުމުގެ ހުއްދަ އާއިލާއިން ބޭރުން ލިބިފައިވަނީ ނެޒެލީ އާއި އެމީލްއއަށް އެކަންޏެވެ. ކައިޔަން އާއި އަވްލީންގެ ފުރިހަމަ އެހީގައި ނީޝަލް ދިޔައީ އޭނާގެ ހަނދާންތައް އާވޭތޯ މަސައްކަތް ކުރަމުންނެވެ. އޭނާ އަދިވެސް ކުރީގެ ބައެއް ހަނދާންތައް ފަނޑުފަނޑުކޮށް ހުއްޓެވެ. ނަމަވެސް ރޫހާން އާއި މާޔާގެ މަތިން އެއްކޮށްހެން ނީޝަލް ވަނީ ހަނދާން ނެތިފައެވެ. ނެޒެލީ އާއި އެމީލްގެ މަތިންވެސް ނީޝަލް ހަނދާންވީ އެތައް ދުވަހެއް ފަހުންނެވެ. އަވްލީންގެ އެދުމުގެ މައްޗަށް އެންމެންވެސް އެ އެކްސިޑެންޓްގެ ވާހަކަ ވަނީ ނީޝަލްއަށް ސިއްރުކޮށްފައެވެ. ނީޝަލް މުޅިންހެން ރަނގަޅުވާން އެއް އަހަރު ދުވަސް ނެގިއެވެ. ނީޝަލް ރާއްޖެ ފޮނުވާލަން އުޅޭ ވާހަކަ އެމީލް ކައިރީ ނުބުނެ އަވްލީން އެކަން އެންގީ ނެޒެލީއަށް އެކަންޏެވެ. އެއްވެސް ވަރަކަށް ނީޝަލްއަށް ބުރައެއް ނުޖައްސާ ވީހާވެސް އުފަލުގައި އަވްލީން ނީޝަލް ގެންގުޅުނެވެ. ނީޝަލްގެ ހަނދާންތައް ދިޔަ ފަހުން އޭނާއަށް އެތައް ބަދަލެއް އައެވެ. ހިތްހެޔޮކަމާއި ހިތްތިރިކަމެވެ. ވާހަކަ ދައްކާއިރު ހިނިތުންވެލައިގެން ނޫނީ ވާހަކައެއް ނުދައްކައެވެ. މީހުންނާއި ދޭތެރޭ ކަންތައްތައް ކުރާއިރުވެސް ރީތި ރަނގަޅުގޮތެއް ބަހައްޓަމުން ނީޝަލް ގެންދިޔައެވެ.
ނީޝަލްއަށް އަށާރަ އަހަރު ފުރެން އޮތް އަހަރު އަވްލީން އާއި ކައިޔަން މުޅި ދުނިޔެއަށް ސިއްރުން ނީޝަލް އާއި ނައިލް ރާއްޖެއަށް ފޮނުވިއެވެ. މީގެ ފަހުން ދެން ދުވަހަކުވެސް މާޔާ އާއި ރޫހާންއަށް ދެން ނީޝަލް ނުފެންނާނެކަމަށް އުންމީދު ކޮށްގެންނެވެ. އެމީހުންގެ ހަޔާތުގެ ސަފްހާތަކުގައި ލިޔެވުނު ނުރައްކާތެރިކަމުގެ ބާބު ނިމުނީކަމަށް ހިތާއެވެ. ނަމަވެސް އެ ދިރިއުޅުމަށް އައި ކޮޅިގަނޑުގެ ނިމުން ދައްކާލަން ކައިރިވެސް ނުވެއެވެ. ވިސްނާނުލާ އަވްލީންއަށް އެޅުނު ކަތި ފިޔަވަޅުގެ ނަތީޖާ ނިކުންނާނީ ކިހާ ހިތިކޮށްކަން އަވްލީންއަށް ކުރިން އެނގުނު ނަމައެވެ.
**********
“މާޔާ… ވަޓް އަ ބި-” “ރަނޫ ސްޓޮޕް އިޓް..” ރަނާގެ ޖުމްލަ ހައިނާ މެދުކަނޑާލީ ބެދިފައިވީ އަޑަކުންނެވެ. އަވްލީން އެ ކިޔައިދިން ވާހަކަތައް ވެގެން ދިޔައީ ހައިނާ އާއި ރަނާގެ ދެލޮލުންވެސް ކަރުނަ ގެނެސްދިން ފަދަ ވާހަކައަކަށެވެ. ހައިނާ ތުންފަތުގައި ދަތް އަޅާލައިގެން އިންއިރު ރަނާގެ ދެލޮލުން ކަރުނަ ވިދަމުން ގެންދިޔައެވެ. “އައި ހޭޓް ހާރ ސޯ މަޗް.. އެކަމަކު އަހަރެންވެސް އިރެއްގައި އުޅުނީ ހަމަ އެހެން… ކައިގެ ލޯބީގައި ދީވާނާވެގެން.. އެކަމަކު މާޔާ.. އޭނަ ހައްދުން ބޭރުވެފައި އެހުރީ.. އޭނަގެ ހިތުގައި ބިރުގެ ކަންފުޅެއްވެސް ނުވަނީތަ..؟ ހެޔޮނުވާނެ އެހެން ހަދަން.. މިހާރު އޭގެ ފަހުން ކިތައް އަހަރު އެވަނީ..؟؟ އޭނަ ހުއްޓާލާކަށް ނުވޭތަ..؟ ލޯތްބެއް ގަދަކަމުން ނުހޯދޭނެކަން އޭނާއަށް ނުވިސްނެނީތަ..؟” ރަނާ އިނީ ފެންކަޅިވެފައެވެ. އަވްލީން ހިތިގޮތަކަށް ހީނލިއެވެ. “މިކަމުގައި ވަނީ ހަމަ އަހަރެންގެ ކުށް.. މާޔާ ކައިޔަން ދެކެ ލޯބިވާކަން ކުރިންވެސް އެނގުނުނަމަ އަހަރެންނަށް މި ކަންތައްގަނޑު ހުއްޓުވުނީސް.. ނީޝް އެހާ ބޮޑު ތަކުލީފެއް އުފުލާކަށް ނުޖެހުނީސް.. އައިމް ސޯ ސޮރީ ބޭބީ..” އަވްލީން ދަބަހުން އަވި އައިނު ނަގާ ލޯ ފޮރުވވިއެވެ. މީހަކަށް އޭނަ ރޯތަން ދައްކާކަށް އަވްލީން ބޭނުމެއް ނުވެއެވެ. “ދެން ޒިވީއަށް ތިކަން އަންގައިފިންތަ..؟ މާޔާ އެކޮޅުގައި އުޅޭ ވާހަކަ..؟” ހައިނާ އެއްސެވެ. “އަހަރެން މި ބަލަނީ ޒިވީއަށް މިކަން ނާންގާވޭތޯ.. ޒިވީއަށް މާޔާ އެކޮޅުގައި އުޅޭކަން އެނގިއްޖެއްޔާ ނީޝް ގެއިން ބޭރަކަށްވެސް ނުފޮނުވާނެ.. އޭރުން ނީޝްއަށް ޝައްކުވެދާނެ.. މިހާ ދުވަސް ވަންދެން އަހަރެން މި ފޮރުވައިގެން އުޅުނު ވާހަކަތައް އަހަރެން ނީޝްއަށް ކިޔައިދޭނީ ކޮން ދުލަކުން…” އަވްލީންގެ އަޑު އައީ ކެނޑިކެނޑިގެންނެވެ. “އަހަރެމެން ނީޝްއަށް ބަލާނަން.. އަވް ހާސްނުވޭ.. އަދި ވީހާވެސް އަވަހަކަށް ރާއްޖެއަށް އާދޭ..” ރަނާ ކޯލް ނިންމާލިއެވެ.
************
( “އެ ރޭ” ނީޝަލްގެ ނަޒަރުން )
ނީޝަލް އޮތީ ފުން ނިންޖެއްގެ ތެރޭގައެވެ. އޭނާގެ ސިކުނޑި ފިލްމެއް ފަދައިން ދައްކަމުން ދިޔަ މަންޒަރުތައް ނީޝަލްއަށް ފެންނަމުން ދިޔައެވެ. ކުރިން އޭނާ ހަނދާން ނެތިފައިވީ ހުރިހާ ކަމެކެވެ.
********
ވިއްސާރަ ދުވަހެކެވެ. ދޭތެރެއަކުން ގުގުރާލާއިރުގައި ހީވަނީ އެތައްހާސް ސްޕީކަރަކުން ޕްލޭ ކުރާ ބިރުވެރި އަޑުފައްގަނޑެއް ހެންނެވެ. ހިނދުކޮޅަކުން ހިނދުކޮޅަކުންހެން ވިދާލާއިރު ކަޅު ވިލާތަކުން އަނދިރި ކޮށްފައިވާ މާހައުލު ދަނީ އަލިވެގެންނެވެ.
“މަންމާ.. އަހަރެން އޯކޭތަ މިރޭ ސްކޫލްގައި ބާއްވާ ފަން ނައިޓަށް ދިޔަސް..؟” ހޮޓް ޗޮކްލެޓް ބޯން ސޯޅަ އަހަރުން ފުރެން ގާތްވެފައި އިން ނީޝަލް އަވްލީންގެ ގާތު އަހާލިއެވެ. ގުގުރިއެއް ޖަހާލީ އެވަގުތެވެ. އަޑުގަދަވެގެން ޓީވީއަށް ގެއްލިފައި ހުރި ނައިލްވެސް މޫނު ހަދާލައިފިއއެވެ. “މިރޭ ހާދަ އަނދިރިއެއް ވާނެޔޭ.. އަދި އެ ވާރޭވެސް ވެހެނީ.. ނީޝް ލާން ދަނީ ކާކު..؟ ބައްޕަވެސް މިރޭ ޑިއުޓީގައި.. މަންމައަކަށް ނުފެނޭ މިރޭ ދާކަށް..” އަވްލީން ހިތްހަމަނުޖެހުން ފާޅުކުރުމުން ނީޝަލް މޫނު ހަދާލިއެވެ. އެ ފެހި ދެލޯ ގޮސް އަމާޒުވީ ނައިލްގެ މޫނަށެވެ. “އަޅެ އެ ދެން އޯކޭވާނެޔޭ މަންމާ.. މަ ވެސް ދާނަމޭ މިރޭ… އެހެންނޫނަސް އަހަރެމެން ދެމީހުންނަށް ދެވޭނެއްނު ބަހުގައި ވެސް..؟” ޓީވީ ނިއްވާލާފައި އައި ނައިލް އެރީ ނީޝަލްގެ ކޮޅަށެވެ. ނީޝަލްގެ ތުންފަތްމައްޗަށް ހިނިތުންވުމެއް ވެރިވިއެވެ. “ޔަގީންތަ ދޮންތައާއެކީ ނައިލްއަށް ބަސްއަހައިގެން ހުރެވޭނެކަން..؟” އަވްލީން އެއްސެވެ. ނައިލް އަކީ ހަލަނި މިޒާޖެއްގެ ކުއްޖަކަށް ވާތީއެވެ.
“މަ ދޮންތަ އާއެކީ ހުންނާނަމޭ..” ނައިލް ނީޝަލްގެ އަތުން ހޮޓްޗޮކްލެޓް ތަށި ދދަމައިގަތެވެ. “މީހަކު ދޮންތި ގެންގޮސްފިއްޔާޔޯ..؟” އަވްލީން އެއްސެވެ. ސީރިއަސްކޮށެއް ނޫނެވެ. ނައިލް ދޭ ޖަވާބު އަޑުއަހާ ހިތުންނެވެ. “އޯ ޕްލީޒް މޯމް.. މިރޭ ދޮންތަ އާއި އެކީގައި ދާން ފިރިހެނެއް އެބަ ހުއްޓޭ..” ނައިލް ވަރަށް ގަދަވެފައި ބުނެލިއެވެ. “ކާކުތަ..؟ އަނެއްކާ ޖޯން ސީނާ ނޫންބާ..؟” ނީޝަލް ހީނގަތެވެ. ޖެއްސުމަށެވެ. ”ނޫނެކޭ މަށޭ މަށޭ..!!” ނައިލް ރުޅި މޫނު ހެދިއެވެ.
ނައިލް ތިއުޅެނީ މޫނުގައި އަދި އެންމެ އިސްތައްޓެއް ވެސް ނުފަޅައިގެން..” ނީޝަލް އަނެއްކާވެސް ހޭންފެށިއެވެ. ނައިލް މޫނު ކުނިކޮށްލާފައި ގޮސް އަނެއްކާވެސް ޓީވީ ހުޅުވާލިއެވެ. “ދަންޏާ ލަސްނުކޮށް ގެއަށް އަންނަން ޖެހޭނެ.. އެހެންކުދިން އެތާ މަޑުކުރަނިއްޔޭ ކިޔާފައި މަޑުނުކޮށް ގެއަށް އަންނާތި އެންމެ ލަސްވެގެންވެސް ދިހަގަޑި ބައިވުމުގެ ކުރިން..” އަވްލީން އެހެން ބުނުމުން ނީޝަލްގެ މޫނު އަލިވެގެން ދިޔައެވެ. ”އެއްކަލަ މަންމަ.. އޯލްވޭސް ގިވިންގ ކަރފިއުޒް..” ނައިލް ބުނެލިއެވެ. “އޯކޭ ދިޔަސް…” އަވްލީން އެހެން ބުނެލުމުން އެތަނަށް ހީވީ ބޮޑު އީދު އައިހެންނެވެ. ނައިލް އާއި ނީޝަލް އަތާއަތް ޖެއްސެވެ.
“ހައި އާންޓް އަވްލީން..” ކުއްލިއަކަށް ރޫހާން އައިސް އެގެއަށް ވަނެވެ. ”އަނހަ ރޫހާން..؟ ހާދަ ނުވަގުތެއްގައި ތިއައީ..؟ ވާރޭ ވެހޭއެއްނު އެބަ..؟؟” އަވްލީންގެ ހިނިތުންވެފައި އެއްސެވެ. ކުރީ އަހަރު މާޔާ އެގެއިން ބޭރުކޮށްލުމަށްފަހު ވެސް ރޫހާން ބަރާބަރަށް އެގެއަށް އައިސް އުޅެއެވެ. އަވްލީންގެ ހިތް ރޫހާން އާއި ދޭތެރޭ ސާފެވެ. އެއީ މާޔާގެ ރޭވުންތަކުގެ ތެރޭގައި ރޫހާންވެސް އުޅޭކަން އަވްލީންއަށް ދެން މިގެއަށް ނައިހެއް ނުހުރެވޭނެއްނު..؟” ލައިގެން ހުރި ވާރޭކޯޓު ބާލަމުން ރޫހާން ބުނެލިއެވެ. ނީޝަލް އާއި ދިމާލަށް އެއްލޯ މަރާލަމުންނެވެ.
ނީޝަލް އާއި ރޫހާން ރައްޓެހިވެގެން އުޅޭކަން ސިއްރުވެފައިވަނީ ކައިޔަން، އަވްލީން އަދި މާޔާއަށް އެކަންޏެވެ. މުޅި ސްކޫލްގައިވެސް އެންމެ މަޝްހޫރު ދެމީހުންނަކީ ރޫހާން އާއި ނީޝަލްއެވެ. ރޫހާންގެ އެއްލޯ މަރާލުމަށް ނީޝަލް ރައްދު ދިނީ ކުޑަ ފްލައިން ކިސް އަކުންނެވެ.
ނައިލް ފަކުރުގަންނަ ވައްތަރެއް ޖައްސާލިއެވެ. ނީޝަލް ތެދުވެ ރޫހާން އާއި ނައިލް ގޮވައިގެން ކޮޓަރިއަށް ވަނެވެ. ނައިލް ވަތްތަނާ ނީޝަލްގެ އަތުގެ ހޫނު އެތިފަހަރެއް ނައިލްގެ ކޮނޑަށް އެރިއެވެ. “ކިރިޔާއެއްނު މަންމައަށް އަހަރެމެން މިދަނީ ފަން ނައިޓަކަށް ނޫންކަން ބަސްޓުނުވީ..” ނީޝަލް ފޮނި ރާގަކަށް ބުނެލިއެވެ. ފުރާވަރަށް އެރިފަހުން ސްކޫލުން ނީޝަލްއަށް ލިބުނު މަޝްހޫރުކަން ވަނީ އޭނާ މުޅިން ބަދަލުކޮށްލާފައެވެ. ނީޝަލްހާ ފޮނިކުއްޖެއް މި އުޑުހިޔާ ދަށުގައި އުޅޭނެކަމެއް ނޭނގެއެވެ.
މިރެއަށް އޮތް ޕްލޭންތައް ރޫހާންއަށް ނީޝަލް ކިޔައިދިނެވެ. “ވަރަށް ކަޑަދޯ މާޔާ އާންޓް ރޫ މިރޭ ނުފޮނުވާތީ..” ނީޝަލް ބުނެލިއެވެ. “ނޫން… އައި ހޭވް އަދަރ ޕްލޭންސް ފޮ ޓުނައިޓް…” ރޫހާން ބުނެލިއެވެ. އެ މައުސޫމްކަމުން ފުރިގެންވީ އަޑުގައި ފޮރުވިފައިވާ މަކަރުވެރިކަން ނީޝަލްއަށް ނަގައިގަންނާކަށް ނޭނގުނެވެ. އެއަށްވުރެ ބޮޑަށް ނީޝަލް ރޫހާންދެކެ ލޯބިވެއެވެ. ނީޝަލް އާއި ރޫހާން މާ ފޮޅުވަން ފެށުމުން ނައިލް އޯކަށް ދެމޭ އަޑު ލައްވަމުން އަވަހަށް ކޮޓަރިން ނުކުތެވެ.
އެރޭ ނީޝަލް ލީ ގަޔަށް ބާރު ރަތްކުލައިގެ ފަލަމަސްގަނޑާއި ހަމައަށް އަރާވަރުގެ ހެދުމެކެވެ. އޭގެ މަތިން ލާން ކަޅުރަތް ކުލައިގެ ލެދަރ ޖެކެޓެއް ނަގާފައި ރަތްކުލައިން ފަރުމާ ކުރެވިފައިވާ ބޫޓަކަށް އެރިއެވެ. އެ ދިގު އިސްތަށިގަނޑު ނުހަނު ރީއްޗަށް ފުނާ އަޅާފައި އެކިގޮތްގޮތް ހެދިއެވެ. އަތުގެ ނިޔަފަތިތައްވެސް ލޭރަތްކުލަ އާއި ކަޅު ކުލައިގެ ނެއިލްޕޮލިޝް އިން ނުހަނު ޒީނަތްތެރި ކުރިއެވެ. ފައުންޑޭޝަން މޫނުގައި އުނގުޅާ ރީތިކޮށް ނިންމާލާފައި ތުންފަތުގައި ރަތްކުލައިގެ މެޓް ލިޕްސްޓިކް ޖެއްސިއެވެ. ވަރަށް ފަރުވާތެރިކަމާއި އެކީގައި އައިލައިނަރ އާއި މަސްކަރާ އަޅާ ނިންމާލިއިރު ނީޝަލް ވައްތަރީ ކުޑަކުދިން ކުޅޭ ބާރބީ ޑޯލްއަކާއެވެ. ނަމަވެސް އެ ރީތިކަމަށް ކުޑަވެސް އުނިކަމެއް ނާދެއެވެ. ވިއްޔާވެސް ވީ ރީއްޗެވެ. އެންމެ ފަހުގެ ހޭންޑްބޭގް އަޅުވާލަމުން ގަޔަށް ސެންޓް ޖަހާ މީރުވަސް ދުއްވާލާފައި ނީޝަލް ނުކުތެވެ.
ނައިލް އޭރު ހުރީ ރަތްކުލައަކަށްދާ ސޫޓެއް ލައިގެންނެވެ. އާދައިގެ ގޮތަކަށް އިސްތަށިގަނޑު ހަދާފައި ވާއިރު އަތުކުރީގައި ރިހިކުލައިގެ ގަޑިއެއް އޮތެވެ. “ދޮންތާ.. ކުރިންފަހަރު ވެސް އާޝާގެ ޕާރޓީއަށް ދިޔައީމައި އަހަރެމެން ބަސްޓްވީ.. އެދުވަހު ދޮންތަ ރެޑް ވައިން ބުއިކަން ސިއްރު ކުރެވުނީވެސް ހާދަ ވަރަކުންނޭ.. މިފަހަރު ބަސްޓް ވެއްޖެއްޔާ މަށަށް ޔަގީން ދޮންތަ އަލްކޮހޯލް ބުއިކަމާއި އެކީގައި ރޫ އާއި ރައްޓެހިވެގެން އުޅޭކަންވެސް ބަސްޓްވާނެކަން..” ނައިލް ހުރީ ބިރުންނެވެ. އެ މޫނުމައްޗަށް ވެރިވެފައިވަނީ ނުތަނަވަސްކަމެކެވެ. އޭނާގެ ހިތް ތެޅޭއަޑު މޭލެއް ދުރަށްވެސް އިވޭނެ ކަންނޭނގެއެވެ.
ނީޝަލް ނައިލްގެ ތުންފަތުގައި އިނގިލި ޖައްސާލިއެވެ. “ޝްޝްޝް.. ބޮޑު ބޭބީއަކަށް ނުވެ ދެން އާދެބަލަ ދޯ.. މިއީ ހަމަ ޕާރޓީއެކޭ.. އިޓްސް ނޯރމަލް ފޯ އަސް ޓީނޭޖާސް.. ތިހާ ފިނޑިވެގެން އުޅޭތީއޭ ހުރިހާ ކަމެއް އަބަދުވެސް ގޯހުން ގޯހަށް ދަނީ.. މިހާރު ގަޑިވެސް ޖެހިއްޖެ.. އެމީލް އާއި ޒެލީ މިހާރު ހުންނާނެ އަހަރެން ނައިސް ލަސްވެގެން.. ރޫހާން މިރޭ ބިޒީވެގެން ޕާރޓީއަކަށް ނުދާނެ.. ދެންވެސް ޅަ ދަރިއެއްހެން ބޮޑާހާކަން ނުހުރެ އާދެބަލަ..” ނީޝަލް ރުންކުރު ރާގަކަށް އެހެން ބުނުމުން ނައިލް އާހެއް ދޫކޮށްލާފައި ހިނގައިގަތެވެ.
”ގާރލް ހާދަ ލަހެއްވީ..؟” ނީޝަލް އާއި ނައިލްއަށް ޕާރޓީއަށް ދެވުނުއިރު ނެޒެލީ އާއި އެމީލް ހުރީ އެތަނުގައެވެ. “މާފުކުރޭ.. އަހަރެންގެ މިހިރަ ފިނޑި ކޮއްކޮ އާއި ހެދި..” ނީޝަލް ނައިލްއަށް ލޯ އަޅާލިއެވެ. “ދޮންތާ އަހަރެން ދަނީ މި..” ނައިލް ދުރަށް ދިޔައެވެ. ނެޒެލީ އާއި އެމީލް އާއި ވާހަކަ އަޅުވާލައިގެން ވަގުތު ދިޔަގޮތްވެސް ނީޝަލްއަށް ނޭނގުނެވެ. ޖަހާފައިވާ އަޑުގަދަ މިޔުޒިކަށް ނަށަން ވެގެން ތިން މީހުންވެސް އެރިއެވެ.
“ޝަލް..” ރޫހާންގެ އަޑު އިވުނުހެން ހީވެގެން ނީޝަލް ފަހަތަށް އެނބުރުނެވެ. ކުރިމަތީގައި ރަތް ފިނިފެންމަލެއް ހިފައިގެން ހުރި ރޫހާން ފެނިފައި ނީޝަލްއަށް އަނގަ މަތީގައި އަތް އެޅުނެވެ. އޭނާގެ އުފާވެރިކަމަށް އެތައް ގުނައެއް އިތުރުވިއެވެ. ރޫހާން ދިއްކޮށްލި މަލުގައި ހިފަމުން ނީޝަލް ހީނލީ ލަދުރަކި ގޮތަކަށެވެ. އެންމެން ހޯބޯލައްވަން ފެށުމުން ޖަހަމުން ދިޔަ ފޯރިގަދަ މިޔުޒިކް ހަމަހިމޭން ރީތި ރާގަކަށް ބަދަލު ކޮށްލާފައި ރޫހާން އާއި ނީޝަލްއަށް ފުރުސަތު ދިނެވެ.
ރޫހާން އާއި އެކީގައި ނަށަމުން ދިޔަ ނީޝަލްގެ އަތުގައި ވޮޑްކާ ފުޅިއެއް އޮތެވެ. ވަގުތު ފާއިތުވަމުން ދިޔަވަރަކަށް ނީޝަލްއަށް ވާނުވާ ނޭނގެން ފެށިއެވެ. ދަނޑިވަޅަކަށް ބަލަބަލާ ހުރި ރޫހާން ނީޝަލް އޭނާގެ އަތްދަނޑިމައްޗަށް ލީކަން ނީޝަލްއަށް އިހުސާސްވިއެވެ. މާބޮޑު އެއްޗެކޭ ހީނުކޮށް ނީޝަލް ރޫހާންގެ ކަރުގައި އަތް ވަށާލިއެވެ. ރޫހާން ނީޝަލް ގެންދިޔައީ މަރާމާތު ކުރަން ބަންދު ކޮށްފައި ހުރި ޕްރޮޖެކްޝަން ރޫމަށެވެ. “އަހަރެމެން މިހުރީ ކޮންތާކު..؟” ނީޝަލް އެހެން އެހި ރާގުން އޭނާ އެހުރީ ހަމައިގައި ނޫންކަން ރޫހާންއަށް އިހުސާސްވިއެވެ. ރޫހާން އޭނާގެ މޫނަށް ބަލާލިހެން ހީވުމުން ނީޝަލް ހީނލައިފިއެވެ. އެއްޗެކޭ ނުބުނެ ރޫހާން ނީޝަލް ގޮނޑިއަކާ ލައި ބަނދެލިއެވެ. މާޔާ އަންގާފައިވާ ގޮތަށެވެ. މާޔާގެ އަމުރަށް އެ ހިތުގައި ނީޝަލްއަށް ވީ ލޯތްބަށް ފަސްއަޅައިގެން ރޫހާން ހުރީ ނިކަން ބޮޑަށް ކެތްކޮށްގެންނެވެ. “ރޫ ވަޓް އާރ ޔޫ ޑުއިން..؟؟” ނީޝަލް ހުރީ މުޅިން ޑްރަންކް ވެފައި ކަމަށް ނުވާތީ ވެގެން އުޅޭގޮތް ކޮންމެވެސް ވަރަކަށް ނީޝަލްއަށް ފަހުމުވިއެވެ. ނީޝަލް ގަދަ ހެދުމުންވެސް ރޫހާން އަޅައެއް ނުއްޔެވެ. އަދި މިރޭ ވެގެން ދާނީ ނީޝަލްގެ ފަހު ރެއަށްކަން ނުގޮތަކަށް ރޫހާން ނީޝަލްއަށް އަންގައިދިނެވެ. އޭނަ ދުވަހަކުވެސް ނީޝަލް ދެކެ ލޯބިނުވާކަމާއި މާޔާގެ އަމުރަށް އޭނާ ނީޝަލް މަރާލަން އުޅޭ ވާހަކަ ބުނީ ހިތްމަތީގައި ގާގަނޑެއް ބާއްވައިގެންނެވެ.
އެވަގުތު ގަތް ބިރާއި އެކީގައި އައި ރުޅީން ނީޝަލް ދެފަރާތަށް ތެޅިގަތްގަތީނުން ގޮނޑިއާއި އެކީގައި ބިންމައްޗަށް ވެއްޓުނެވެ. ނީޝަލް މިނިވަންވީ އެ ނިކަމެތި ގޮނޑި ހަލާކު ވުމުންނެވެ. އަރިއަރިއަކަށް ނަމަވެސް ފަޔަށް ލެވުނުހާ ބާރެއް ލާފައި ނީޝަލް ދުއްވައިގަތެވެ. އެފަދަކަމަކަށް ނުވިސްނައި ހުރި ރޫހާންއަށް އެއްލިއަތުން ހިފުނީ ނީޝަލް ލައިގެން ހުރި ހެދުމުގައެވެ. ގަޔަށް ބާރުކޮށްހުރި އެ ހެދުން އިރެން ނެގީ ސިކުންތެކެވެ. ނީޝަލް ޕްރޮޖެކްޝަން ރޫމުން ނިކުމެ ދުއްވައިގަތެވެ. ފަހަތުން ރޫހާން އަންނަކަން އެނގިހުރެއެވެ.
އަނދިރި އިމާރާތެއްގެ ފަހަތުގައި ހުރި ހަނި ގޯޅިއެއް އަޅާފައި ނީޝަލްއަށް ނުކުމެވުނީ ގަބުރުސްތާނެއް ކުރިމައްޗަށެވެ. ވަރުބަލިވެގެން ނީޝަލް ދުވުން ހުއްޓާލިއެވެ. ނިތްކުރިމަތީގައި ވިދަމުން ދިޔަ ދާތިކިތައް އަތުގެ ނުފުށުން ފޮހެލިއިރު މާނޭވާ ލެވެމުން ދިޔައެވެ. “ޝަލް..!” ފަހަތުން ރޫހާންގެ އަޑު އިވުމުން ނީޝަލްއަށް ދެލޯ މަރާލެވުނެވެ. ރޫހާންގެ އަމަލުތަކުން އެ ކުރަން އުޅުނީ ރަނގަޅު ކަމެއް ނޫންކަން އޭނާއަށް ކަށަވަރު ކޮށްދީފިއެވެ. ކިތަންމެ ލޯބިވިޔަސް ރޫހާންއަށް އެ ފަދަ ފުރުސަތެއް ނުދޭނެއެވެ.
“އަދިވެސް ދުވާނީތަ..؟ ޝަލްއަށް ހީވޭތަ އަހަރެންނަށް ފިލޭނެހެން..؟” ދުވެދުވެ ވަރުބަލިވެފައިވާކަން ރޫހާންގެ ރާގުން އަންގައިދިނެވެ. “އަހަރެންނަށް ހެޔޮ.. މިރޭ ރޫ ކުރަން އުޅުނީ ގޯސްކަމެއް ކަން ނޭނގޭހާ އަހަރެން މޮޔައެއް ނޫން..” ނީޝަލް ރައްދުދިނެވެ. “ނީޝް ތި ބުއީ ރާ.. ކުރީ ގޯސްކަމެކޭ ކިޔާ ޝަލްއަށް އަހަރެންނާއި ދިމާލަށް އިނގިލި ދިއްކުރެވެން އެބަ އޮތްތަ..؟” ރޫހާން އެއްސެވެ. “އަހަރެންނަށް ހެވޭ.. މިރޭ ރޫ ތިއުޅުނީ އަހަރެން މަރާލަން.. އަހަރެންގެ ނަސީބު ކަންނޭނގެ އެކަން ވުމުގެ ކުރިން ރޫގެ އަތްދަށުން ސަލާމަތްވުމަކީވެސް.. ޕްލަސް އައި ޑޯންޓް ވޯންޓް ޓު ޑޫ ދިސް.. އައިމް ބްރޭކިންގ އަޕް ވިތް ޔޫ، ޔޫ ޖާރކް.. ކަލޭ ތި ކިޔަނީ އަހަންނާއި ރައްޓެހިވީވެސް އަމިއްލަ މަންމަގެ އަމިއްލަ އެދުން ބޮޑު ކަމުންނޭ ދޯ.. އެކަމަކު.. އެކަމަކު އެ ހުރިހާ ދުވަހެއް ވީއިރު…..” ނީޝަލް ޖުމްލަ މެދުކަނޑާލިއެވެ. “އަހަރެން ރޫއަށް އިތުބާރު ކުރިން.. ބަޓް ނޮޓް އެނީމޯ… ނައު ގެޓް ލޮސްޓް ޔޫ ގޯޑްޑޭމް ސަން އޮފް އަ….” ނީޝަލް ޖުމްލަ ފުރިހަމަ ކުރުމުގެ ކުރިން ކަނާތަށް ބަލާލެވުނީ ގަދަ އައްޔެއް އެޅުމުންނެވެ. ވައިސޫރިއެއްހާ އަވަހަށް އޭނާ އާއި ދިމާލަށް އެ އަންނަނީ ކާރެއްކަން އެނގުމުން ނީޝަލްއަށް ހަރަކާތެއް ގެންނާކަށް ނޭނގުނެވެ. ނަމަވެސް ހަމަ ވިސްނުން ލިބުނުއިރު ވަގުތު ފާއިތުވެއްޖެއެވެ. ކާރުގައި ޖެހި ނީޝަލް ވިއްސައިގެން ދިޔައެވެ. އެ ހަރު ދަގަނޑު ހޮޅިދަނޑީގައި ނުލާހިކު ބާރަށް ބޯ ޖެހުނުކަން ނީޝަލްއަށް އެނގުނެވެ. ނަމަވެސް ވަށައިގެން އަނދިރިވަމުން ގޮސް ނީޝަލްގެ ދެލޯ މެރުނެވެ.
**********
އިޒްކާން ހުރީ ކުރިމަތީގައި ހުރި އައިހަމް އާއި އާހިލްގެ އިތުރުން ހޫރީންއަށް ބަލާށެވެ. “ކައެ މޮޔައީ ދޯ ހަމަ.. ގޭގެ ދޮރު ތަޅުނުލާ ތިހުރީ ކީއްވެތަ..؟ ދެންމެ އަހަރެމެންގެ ބަދަލުގައި ފައިލަމު ނޫނީ ހިޔާން ވަތްނަމަޔޯ..؟” އާހިލް އެއްސެވެ. ރުޅިއައިސް ރަތްވެފައި ހުރެއެވެ. އެ މޫނު ހީވަނީ ރަތް މިރުހެއް ހެންނެވެ.
“ކަލޭމެންނަށް ކިހިނެތްވެފައި ތިހުރީ..؟” އިޒްކާންގެ އަޑުގައިވީ ވަޅޯކަން ފާހަގަ ވުމުން ހޫރީން އިސް ޖަހާލައިފިއެވެ. އަދިވެސް އިޒްކާން ހަމައަކަށް ނޭޅޭކަން އެނގުމުންނެވެ. “ހިޔާން އާއި ފައިލަމް..” އައިހަމް އެހެން ބުނުމުން އިތުރު އޮޅުންފިލުވައިދިނުމެއް އިޒްކާންއަކަށް ބޭނުމެއް ނުވިއެވެ. އައިރުޅިން އިޒްކާން ދަތްކުނޑި ވިކާލުމުން ހޫރީން އަވަހަށް ގޮސް އިޒްކާންގެ ކޮނޑު މަތީގައި އަތް ބާއްވާލިއެވެ. “އެ ދަންވަރު ތިނެއް ޖަހަނީ.. ހޮސްޕިޓަލަށް ނޫނީ ގެއަށް ދިޔަނަމަ..” މަޑުމައިތިރި ރާގަކަށް އިޒްކާން ބުންޏެވެ. ”މިދެމީހުންނަށް އަނިޔާވެފައި ހުރީ.. އަހަރެމެންގެ ގެ އެހާ ދުރު.. މަށަކަށް ނޭނގޭ ކާރު ދުއްވާކަށް.. އެހެންވެ މިގެއަށް މި އައީ..” ހޫރީން ކިޔައިދިނެވެ.
“ނީޝަލް ކޮބާ..؟؟؟” އަވަސްއަވަހަށް ހޫރީން އަހާލިއެވެ. “މަގޭ ކޮޓަރީގައި..” އިޒްކާން އެތެރެއަށް އިޝާރާތް ކޮށްލިއެވެ. “ހައު އިޒް ޝީ..؟” ހޫރީން އެއްސެވެ. “އަނބުރައިގަނެފައި އަދިވެސް..” އިޒްކާން ދެމުން ގެންދިޔައީ ކުރު ޖަވާބުތަކެވެ. ކުރިންރޭ ވެގެން ދިޔަގޮތުން އޭނާއަށް ކޮށްފައިވާ އަސަރު ފޮރުވަން އިޒްކާން ނުކުޅެދުނެވެ.
“ދޮންބޭ..؟؟” ކުއްލިއަކަށް އައިރީން އޭނާގެ ކޮޓަރިން ނުކުތުމުން އިޒްކާން ކުޑަކޮށް ސިހުނެވެ. “އައި..؟ މަންމަމެން ކޮބާ..؟ ކީއްވެ އެކަނި ގޭގައި..؟” އަޑުގައިވާ ނުތަނަވަސްކަމާއި ހިތްދަތި ކަމުގެ އަސަރުތައް ވަންހަނާ ކޮށްލަމުން އިޒްކާން އެއްސެވެ. “ހައިނާދައްތަމެންގެ ގޭގައި.. ދޮންބެ އާއި ހިޔާން ބޭބެ އާއި ހޫރީން ދައްތަ ނާންނާތީ މަންމަ ބުނެގެން ބައްޕަ ދިޔައީ ތިމީހުން ހޯދަން.. މަންމަ އާއި ބައްޕަ މިރޭ ހުންނާނީ އެގޭގައި.. އެކަމަކު ދޮންބޭ.. ދޮންބެ މިހާއިރުވީއިރު ކީއްވެ ގެއަށް ނައީ..؟” ދެބަދޭތެރޭގައި ހުރި އައިރީންއަށް އެތަނުގައި ހުރި އެހެން މީހުން ފާހަގަ ކުރެވުނުހެންނެއް ހިޔެއް ނުވެއެވެ. ވާނީ ވެސް އެހެންތާއެވެ. ނިދިއައިސްގެން ގޮސް އައިރީންއަށް ހުރެވުނީވެސް އެއްލޯ މަރައިގެންނެވެ. “ކުޑަ ކަމެއް ވެގެން.. އައި ކީއްވެ ނުނިދާ..؟” އިޒްކާން އަހާލިއެވެ. އައިރީންގެ ހާލަތު ފެނުމުން ނުހެވުނިއްޔާ ދެރައެވެ.
“އެއީ ދޮންބެ އަންނަން ދެން..” އާފުރިލާފައި އެއްފަރާތަކަށް ބަލާލި އައިރީންގގެ ކަޅި ގޮސް ހުއްޓުނީ ސީދާ އާހިލްގެ މޫނަށެވެ. އައިރީންގެ ދެލޯ ބޮޑުވިއެވެ. އައިސް ހުރި ނިދި ދިޔައީ ކޮންތާކަށް ކަމެއް ވެސް ނޭނގުނެވެ. ލަދުން ގޮސް އައިރީންއަށް މޫނުމަތީގައި އަތް އެޅުނެވެ. އާހިލްގެ ގާތަށް އައީ ނުލަފާ ހިންޏެކެވެ. އެ މަންޒަރު ބަލަން ލާނެތް ހިނިތުންވުމެއް ވެރިކޮށްލައިގެން އައިހަމް ހުއްޓެވެ. “އާދޭ ކޮޓަރިއަށް..” އައިރީން ލަދުގަތްކަން އެނގިގެން އިޒްކާންވެސް ފާޑަކަށް ހިނިއައިސްފައި ހުރެ ކޮޓަރިއަށް ދިޔައެވެ. ފަހަތުން ހޫރީން ގޮސް ވަނެވެ. ލަދުން ބޯހަލާކުވެފައި ހުރި އައިރީންވެސް ގޮވައިގެންނެވެ. އައިހަމް އާހިލް ގޮވައިގެން އެތެރެއަށް ވަނީ ހުއްޓުމެއް ނެތި ދިމާ ކުރަމުންނެވެ.
ނީޝަލް މަޑުމަޑުން ދެލޯ ހުޅުވާލިއެވެ. އެތެރެއަށް މީހުންތައް ވަންނަން ފެށުމުން އަނެއްކާވެސް ނީޝަލް އަނބުރައިގަނެފައި އޮތް މީހެއް ފަދައިން ދެލޯ މަރާލިއެވެ. އަނބުރާ އައި ހަނދާންތަކާއި ދޭތެރޭ ވިސްނާލަން ނީޝަލް ސިކުންތެއް ނަމަވެސް ބޭނުންވިއެވެ.
ހޫރީން ގޮސް އިޒްކާންގެ އަތުގައި ހިފާ ހުއްޓުވިއެވެ. “އިޒްކާން.. އައި ބިލީވް ޔޫ.. އިޒްކާންގެ ކުށެއް ނެތްކަމަށް އަހަރެން ހިތުގެ އެންމެ އަޑިން ގަބޫލު ކުރަން..” ހޫރީން ބުނެލިއެވެ. އިޒްކާން އިސްދަށަށް ޖަހާފައި ހިނިތުންވިއެވެ. “އަހަރެންގެ ކުށެއް އެބައޮތް.. ޔާން.. ހިޔާން އެހުރިހާ ކަމެއް ކުރިއިރުވެސް އަހަރެން އެކަން ނުހުއްޓުވީތީ.. އައި ފެއިލްޑް އޭޒް އަ ބެސްޓް ފްރެންޑް.. އެންޑް އައި ފެއިލްޑް އޭޒް އަ ހިއުމަން..” އިޒްކާންގެ އަޑުގައި އަދިވެސް ވަނީ މޮޅިވެރިކަމެވެ. ނަމަވެސް ޔާންގެ ބަދަލުގައި ހިޔާންގެ ނަމުން ކިޔުމުން އިޒްކާން ހިޔާން ދެކެ އައިސްފައިވާ ރުޅީގެ ހޫނުކަން ބަޔާންކޮށްދެއެވެ.
“އެހެންވިއްޔާ އަހަރެމެންވެސް މިހުރީ ކަލެއާއި އެކީއެއްނު..؟ އަހަރެންމެންވެސް އޭނައެއް ނުހުއްޓުވަން ސޯ..” އައިހަމް ދެކޮނޑު އަރުވާލިއެވެ. “އައިހަމް.. ދޭ ހޮސްޕިޓަލަށް.. އަހަރެން ހުދާއަށް ގުޅާނަން..” އެއްވެސް އަސަރެއް ނުވާ ރާގަކަށް ހޫރީން ބުނެލިއެވެ.
“އާނ އަހަރެން އެ އަނބުރާ ބުނަން ހަނދާނެއް ނެތް ދޯ.. ސޮރީއޭ..” އައިހަމް އެ ބުނި ޖުމްލަ ސާފުނުވެގެން ހޫރީން އެއްބުމަ އަރުވާލިއެވެ. “ހެހެ އައި ލަވް ޔޫ ޓޫ..” އައިހަމް އެހެން ބުނެލުމާއި އެކީގައި ވަގުތުވެސް ހުއްޓުނުގެން ހޫރީންއަށް ހީވިއެވެ. “ނޯ.. ނޯ ޔޫ ލައިކް ހުދާ.. އޭނ..؟؟؟” ހޫރީންއަށް އޮޅުނެވެ. އެ މޫނުމަތީގައިވާ ލޯބި ކުލަވަރުން އައިހަމް އެ ކޯތާފަތުގައި ހިފާ ބާރުކޮށްލަން ބޭނުންވިއެވެ. “އަހަރެން ލޯބިވަނީ ހުދާދެކެއެއް ނޫނޭ.. އަހަރެންނނަށް ލޯބިވެވިގެން މިއުޅެނީ ކްލާހުގައި ފިލާވަޅަށް ސަމާލުކަން ނުދީ ގްލިޓަރ ޕެންތައް އަނގަޔަށް ލައިގެން އުޅޭ ކުއްޖެއް ދެކެ.. ކިރިޔާވެސް ސިހޭއިރަށް ގާތުގައި ހުންނަ މީހާގެ ލޮކް އަޅުވާ އަތްފައި ބިންދައިގެންދާހާވަރު ކޮށްލާ ކުއްޖެއް ދެކެ.. އަދި ވަރަށް ޑިޓެކްޓިވްއެއް ކަމަށް ހެދިގެން އުޅޭ ލޯބި ލޯބި ފިއުޗަރ ޕޮލިސް ކުއްޖެއް ދެކެ..” އައިހަމް ހިނިއައިސްފައި ބޮޑު ޕެރެގްރާފެއް ކިޔާ ނިންމާލިއިރު ހޫރީންގެ މޫނުމަތި ވަނީ ރަތްވެފައެވެ. ލަދުން ގޮސް ތުންފަތުގައި ދަތް އަޅާލައިގެން ހޫރީން ދުރު ބަލަން ފެށުމާއި އެކީގައި އައިހަމްގެ ހިނިގަނޑު ފަޅައިގެން ދިޔައެވެ. ރަތްވެފައިވާ އެމޫނު އައިހަމްގެ މޭގައި ޖައްސާލަމުން އާހިލަށް އެއްލޯ މަރާލިއެވެ. “ޑީލް އިޒް އަ ޑީލް..” އައިހަމް ވައިއަޑަކުން އެހެން ބުނުމުން އާހިލް ރަކިވެގެން ބޯ ކަހާލައިފިއެވެ. އައިހަމް ހޫރީންދެކެ ލޯބިވާ ވާހަކަ ބުނާ ދުވަހުން އައިރީންގެ ގާތުގައި އޭނާގެ އިހުސާސްތައް ބަންޑުން ކޮށްލަން އެއްބަސްވެވުނުކަމުގެ މޮޔަ އާހިލްގެ ހިތަށް އެރިއއެވެ.
“އެހެމް.. ފަހުން ދޯ.. މިރޭ ދޯ.. ތަންކޮޅެއް ލަސްކޮށްލާފައި ދޯ..؟” އާހިލް ހުރީ ރަނގަޅަށް ވެސް ރަކިވެފައެވެ. އައިހަމް ޕިސްޕިސް ކިޔާފައި އެންމެރަނގަޅޭ ބުންޏެވެ.
”އެހެމް އެހެމް.. ކޮންގްރާ ހޫރު ކަމަނާ.. އަދި އައިހަމްއަށް..” ހިތް ކުދިކުދިވެފައި ހުރި ނަމަވެސް އެކުވެރިޔާގެ އުފަލުގައި އިޒްކާން ބައިވެރިވިއެވެ. “އަހަރެމެން އެންމެންނަށް ވެސް އެނގޭ އެކަން ކުރީ ހިޔާން އާއި ފައިލަމް ކަން.. ޝަހާމާ ހުދާ މައިހާ ރައުލާ ދެން ވެސް ހުރި އަންހެން ކުއްޖަކަށް އިހާނެތިކޮށް ކަންތައްތައް ކުރީ އެދެމީހުންކަން އެނގޭ.. އިޒްކާން.. އަހަރެމެން މިހުރީ ކަލެއާއި އެއްކޮޅަށޭ..” އާހިލް އިޒްކާންގެ ކޮނޑުގައި އަތް ބާއްވާލިއެވެ. އަދި ހިނިތުންވެފައއި ބޯ ޖަހާލީ ޔަގީންކަން ދިނުމުގެ ގޮތުންނެވެ. އާހިލްގެ ނަޒަރު ގޮސް އަމާޒުވީ ނީޝަލްގެ އަތާއި ގުޅިލާމެހިފައިވާ އިޒްކާންގެ އަތަށެވެ. އާހިލްގެ ހިތުގައިވެސް ރިއްސާލިއެވެ.
އެ ވާހަކަތައް އަޑުއަހަން ދެލޯ މަރައިގެން އޮތް ނީޝަލްއަށް އޮޅުނެވެ. އޭނައަށށް އެނގޭ ގޮތުގައި މިތާ ނުބައި މީހަކީ އިޒްކާންއެވެ. ނަމަވެސް ހިޔާން….. ނީޝަލްއަށް ވިސްނަން އޮވެވވުނެވެ. ގަބޫލުކުރަންވީ ކޮން ވާހަކައެއްކަން ނޭނގިފައެވެ. ކޮންމެ ގޮތެއް ވިޔަސް ނީޝަލް އިޒްކާންއަށް ކުރި އިތުބާރުގައި ވަނީ ރެނދުއަޅާފައެވެ. ނީޝަލް އަވަހަށް އާފުރިލާފައި ދެންމެ ނިދާ ހޭލި މީހެއް ފަދައިން ތެދުވިއެވެ. އޭރު އޭނާގެ ބޮލުގައިވީ ރިހުން ވަނީ އެއްކޮށްހެން ގޮސްފައެވެ. ވަށައިގެންވާ މީހުންނަށް ބަލާލާފައި ނީޝަލްގެ ކަޅި ގޮސް ތަތްވީ އިޒްކާންގެ މޫނުމަތީގައެވެ. އެ މޫނުމަތީގައިވާ އޭނައާއި ދޭތެރޭ އިޒްކާން ކަންބޮޑުވެފައިވާވަރު އެއީ ރޭގަނޑު ފަދައިން ދައްކުވައިދެއެވެ.
= ނުނިމޭ =
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
3 Comments!
Comments are closed.





Habbu vrh habbu ???????
Varah varah varah varah varah reethi ❤️❤️❤️❤️
Vrh vrh vrh vrh vrh vrh loabivey yoonsissy dheke??????
LYSM❤️??
nice!????
luv this part too!❤❤???
waitin for the next part???
What ????? Neesh consumed drugs in past.. ??? asluves hyves nukuraa varuge dark side eh oih dww neesh ge .. im in a so big shock ??? hope neesh ah hurihaa kameh egumun kurin ulhunu gothah ulhen nufashaane kamah ??? n hope izkaan ge innocence neeshal ah saabithu vaane kamah ?? yoon ur so talented.. ehaa bodu twist eh genai iruvex realize nuvaa varu kohfa .. really allah gave u a big creativity ??? so hope anehbai avahah annaane kamah ??? c u there ❤️❤️❤️ n tc ???