* ހިނދަކަށްފަހު ހިނދަކުން އުދާސްވެ ހޫނުވަމުން ގެންދިޔަ އެތަން ހީވަނީ އަވަނެއް ހެންނެވެ. ދާހިއްލަމުންދިޔަ ނަމަވެސް ޔައުލާންއަށް އުނދަގުލެއް ނުވެއެވެ. ކިރެމުން ކަހަލަ ގޮތަކަށް ޔައުލާން ކުރިއަށް ދިޔައީ ބަނޑުގައި އަތް އަޅާ ކެއްސަމުންނެވެ. ދުންތައް އެތެރެހަށްޓަށް ވާސިލުވެ ނޭވާލުމަށް ދަތިވެއްޖެއެވެ. ފެނުން ފުސްވާން ފެށުމާއި އެކީގައި ޔައުލާންއަށް މަންޒަރު ދެނެގަންނަން އުނދަގޫވިއެވެ. ކިރެމުން ކިރެމުން ކަހަލަގޮތަކަށް ޔައުލާން އަދިވެސް ހިނގީ ކުރިއަށެވެ. އަލިފާނުގެ އަސަރު އޭނައާއި ހަމައަށް ފޯރާ ނުފޯރާ ހުއްޓާ މީހަކު އޭނަގެ މެދުހަށީގައި […]
* ޔައުލާން މީހުންގަނޑުގެ ތެރެއިން ފުރޭނިގެން ގޮސް މަޑުކޮށްލީ ވާހަކައިގައި ޖެހިފައި ހުރި ޒައިހާން އާއި ޒާމިން އާއި މިޝްލާގެ ގާތުގައެވެ. “ނަވާލްބޭ.. މިބުނީ ޒާހުބޭ..” * ޔައުލާންއަށް ފުރަތަމަ ނަން ކިޔުނީވެސް ނުބައިކޮށެވެ. ވޭތުވެދިޔަ ހަފްތާގައި ނަވާލްބެ ކިޔާކިޔާ އެހެން ގޮވުނީއެވެ. ޔައުލާންގެ ދުލުން އެ ނަން ބޭރުވުމާއި އެކީގައި މިޝްލާ ކޮށިނޭރީ ކިރިޔާއެވެ. ތުމުގައި ޖައްސާފައިވާ އޮރެންޖް ފެންޓާ ތަށި ދުރުކޮށްލާފައި މިޝްލާ ޔައުލާންގެ މޫނަށް ބަލާލީ ދެލޯ އޮރެންޖެއްހާ ބޮޑު ކޮށްލަމުންނެވެ. “ޒާހުބޭ.. […]
* އޭނާ ދިޔުމުން އޭނާގެ މަތިން ހަނދާންނައްތާނުލާ މެސެޖްކޮށް އުޅެން ވައުދު ކުރުވާފައި ކުޑަކޮށް މިއަލް ގާތްކޮށްލާފައި ޔައުލާން ލޯންޗަށް އެރުމުގެ ކުރިން އެންމެންނަށް އަތް ހޫރާލިއެވެ. ޔައުލާން ދިޔުމުން މިއަލްގެ ހިތަށް ފަޅުކަމެއް ވެރިވިއެވެ. ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ޔައުލާން ވެފައި ވަނީ މިއަލްގެ އިތުބާރު ހޯދި މީހަކަށެވެ. ގާތް އެކުވެރިއަކަށެވެ. ޔައުލާން ދިޔުމުން ވީ ފޫއްސާއި އެކީގައި މިއަލް ގެއަށް ވަތްއިރު ނަވާލް ގެއިން ނިކުންނަން ދަނީއެވެ. ނަވާލްގެ މޫނަށް ބަލާވެސް ނުލާ އިސްދަށަށް […]
* ނަވާލް ގޮސް މިއަލްގެ ކުރިމަތީގައި ކުޑަކަކޫ ޖަހާލައިގެން އިށީނެވެ. “މިއަލް…” ނަވާލް އޭނާއަށް ނަމުން ގޮވާލުމުން ހައިރާންވެފައި މިއަލް ބަލާލިއެވެ. “މީހަކާއި އިންނަން ތައްޔާރުވޭ…” ނަވާލް ދެން ބުނެލި ޖުމްލައިން މިއަލްއަށް އެސްފިޔަ ޖަހާލަންވެސް ނޭނގިފައި އިނދެވުނެވެ. * ފެންބޯން އިން ޔައުލާންވެސް ލޮލުގެ ހިމަކޮޅުން ނަވާލްގެ މޫނަށް ބަލާލީ ސުވާލުގެ ނަޒަރުންނެވެ. ކިއަނާގެ އަނގަ ނުހަނު ބޮޑަށް ހުޅުވުނެވެ. އަޑުއަހަން ހުރި ރީއަލްގެ ހިނިގަނޑު ދިޔައީ ފަޅައިގެންނެވެ. އެހެން އެންމެން ހައިރާންވެފައި ތިބިއިރު ރީއަލް […]
* “އެހެންތަ..؟ ބޭބެ ޖައްސާލަން ދާން އުޅެނިކޮށް ތި ދަނީ.. ކޮން ރައްޓެހި ކުއްޖެއް..؟ އެކޮޅު ރަށުގައި ވެސް އުޅޭނެ ބޭބެ ދަންނަ ކުދިން..” ނަވާލް އެތެރެއަށް ވަންނަމުން ސުވާލު ކުރިއެވެ. ”ޒައިހާން ދަންނަންތަ..؟ ނޫނީ މިޝްލާ..؟” ޔައުލާންގެ ދުލުން ބޭރުވި ޖުމްލައިން އެތެރެއަށް ވަދެ ވަދެހުރި ނަވާލް އަމިއްލަ ފައިދަތިއެޅި ނުވެއްޓުނީ ކިރިޔާއެވެ. ދޮރުކަނީގައި އަތް ޖައްސާލެވުނުކަމީ ނަވާލްގެ ނަސީބެވެ. “ޔުއެލް ތި ދަނީ މިލީން ހޯދަންތަ..؟” ބޭއިޚްތިޔާރުގައި ނަވާލަށް އެހިއްޖެއެވެ. “އާނ.. ބޭބެ ލީން […]
* ނަސީބު ހިފީ ކާކުގެ އަތުގައި ކަމެއް ނޭނގުނެވެ. މިއަލްއަށް ޖެޓީ އާއި ހަމައަށް ފޯރުނުއިރު ލޯންޗު ނައްޓާލައިފިއެވެ. މިއަލްއަށް އަޑުގެ ނެތްތަނަށް ހަޅޭއްލަވައިނުގަނެވުނީ ކިރިޔާއެވެ. “އޯހް ގޯޑް..!!” ޝަފްވާންގެ ލޮލުގައި ޖެޓީ ދޮށުގައި ރޮވެން ކައިރިވެފައި ހުރި މިއަލް އަޅައިގަތެވެ. ގިޓާ ހިފައިގެން ލޯންޗުން ބޭރަށް ފުންމާލަން ވެސް ހިތަށް އެރުމާއި އެކީގައި ޝަފްވާންއަށް ފުންމައިގެން ކޮޅަށް ތެދުވެވުނީ ކޮން ބާރެއް ލިބިގެން ކަމެއް ނޭނގުނެވެ. “ބްރޯ..” އަހުނަފްވެސް ދިޔައީ އެއްލިގެންނެވެ. ލޯންޗުގައި އިން މީހުންތަކުގެ […]
* ރަނގަޅަށް ބޭރަށް ނުކުމެ ދެ ފިޔަވަޅުވެސް ނޭޅެނީސް މިއަލްއަށް ގިޓާރ ކުޅޭ އަޑު އިވިއްޖެއެވެ. އެ ކަމާއި ހުރެ މިއަލް އާދަޔާޚިލާފަށް ފިނިވިއެވެ. ހިތްވެސް ތެޅެންފެށީ ބާރުބާރަށެވެ. މިއަލް ޝަފްވާން ގެ ގާތަށް ދާން ހިނގައިގަތްތަނާހެން އިވުނު އަޑުން ހުއްޓެން މަޖުބޫރުވިއެވެ. * މިޝްލާ މިލީންގެ ކޮޓަރީގެ ދޮރުގައި ޓަކި ޖަހާލައިފިއެވެ. “ކީކޭ މަންމާ..” މިލީން ގޮވާލިއެވެ. މިޝްލާ އެތެރެއަށް ވަނެވެ. “ލީން.. ދަރިފުޅާ ހިނގާބަލަ ދަތުރެއް ދާން..” މިޝްލާ އެހެން ބުނެލީ ކުޑަކޮށް ނުތަނަވަސް […]
* ޝަފްވާން ހުރަސްކޮށް ގޭ މަގަށް އެޅިއިރު މިއަލްގެ ހިތް ބާރުބާރަށް ތެޅެނީއެވެ. ޝަފްވާންއަށްވެސް އެ އަޑު ނީވޭ ކަމެއް ނޭނގެއެވެ. މިއަލް ގޯޅިން ލަނބާލަންދެން ޝަފްވާން ހުރީ ބަލަހައްޓައިގެންނެވެ. މިއަލް ދިޔުމުން ކުޑަ ހީލުމަކުން ޝަފްވާން ހިނިތުންވެލިއެވެ. އަދި ޝަފްވާން މިއަލް އިށީނދެލައިގެން އިން ތަނުގައި އިށީނދެލިއެވެ. މިއަލް ދިޔައީ އެތަނުގައި އޭނާގެ ގިޓާރ ބާއްވާފައިކަން ޝަފްވާނަށް ޔަގީންވީ އެ ގަސްގަނޑު މަތީގައި ލައްގާލާފައި ހުރި ގިޓާރ ފެނިފައެވެ. * “ނޫން.. މަގޭ ގިޓާރ..” އަތުގައި […]
* އެ މޫނުން މިލީން ފެންނާތީ ޔައުލާންއަށް ކުރެވެނީ އެހެންކަހަލަ އިހުސާސެކެވެ. ފުންނޭވާއެއްލާފައި މިއަލް ކޮޅަށް ތެދުވެ އެމީހުންނާއި ކުރިމަތިލިއެވެ. “އޭތް އޭނަގެ އަތަށް ތި އަނބުރާ ދީ..” މިއަލް ކޮންމެވެސް އެއްޗެކޭ ބުނަން އަނގަ ހުޅުވާލި ތަނާހެން ޔައުލާން އައިސްފައި ޖެހިލުންވުމެއްވެސް ނެތި ބުނެލިއެވެ. މިއަލް ކުޑަކޮށް ހައިރާންވިއެވެ. މި ޔުއެލްއަށް މި އުޅެނީ ކިހިނެތް ވެގެން ހެއްޔެވެ.؟ * “ތީ ކާކުތަ..؟؟” ސިޔައްޓެ ގޮވާލިއެވެ. ”ޔައުލާން ޒާމިން ހަލީމް.. ނައިސް ޓު މީޓް ޔޫ..” […]