* ކިއަނާ މަޑުމަޑުން ފަހަތަށް އެނބުރުނެވެ. ކިއަނާގެ ކަޅި ލަސްލަހުން ދަތުރުކުރީ ގޭގެ މައިދޮރާއި ވީ ދިމާލަށެވެ. ކިއަނާ އެދިމާލަށް ބަލަހައްޓައިގެން ހުރުމުން ނަވާލްވެސް ބަލާލިއެވެ. ނަވާލްގެ ދެފައިން ވާގިދޫވާން އުޅުނުހެން ހީވިއެވެ. “ނަވާލް.. އައި ކޭން އެކްސްޕްލެއިން…….” މިޝްލާގެ އަޑުގައިވަނީ ޖެހިލުންވެފައިވާ ކަމުގެ އަސަރުތަކެވެ. އެ ވަށްމޫނުން ބިރުވެރިކަމުގެ އިންޒާރު ދެމުން ގެންދިޔައިރު ނިތްމަތި ދަލުން ތެމިފައިވެއެވެ. އެތައް އިރެއް ވަންދެން ދެމީހުން އެކަކު އަނެކަކުގެ ދެލޮލަށް ބަލަން ހުއްޓެވެ. އެންމެފަހުން ނަވާލްގެ ދޫ ހަރަކާތް […]
*ޝަފްވާންގެ ގާތުގައި ހުރި އަންހެންކުއްޖާ ފެނުމުން މިޝަލްއަށް ދުއްވައިނުގަނެވުނީ ހަމަ ކިރިޔާއެވެ. ފިޔަވަޅުތައް އިހުނަށްވުރެ ބާރުކޮށްފައި މިޝަލް ހިނގައިގަތްއިރު ދެލޮލުން ވިދައިގަތީ ރުޅިވެރިކަމާއި ހަސަދަވެރިކަމެވެ. އެވަރަށް ދެކޮޅު ބަލާފައި ހިނގަމުން ދިޔަސް ޔައުލާން ކުއްޖެއްގެ ގައިގައި ޖެހުނެވެ. ތަނެއް ދޮރެއް ނުބަލާ ހިނގައިގަތް މިޝަލްގެ މޫނު ގޮސް ޖެހުނީ ފިރިހެން ކުއްޖެއްގެ ތަނަވަސް މޭމަތީގައެވެ. ނޭފަތަށް ވީތަދުން މިޝަލް ނޭފަތުގައި އަތް އަޅާ ބާރުކޮށްލިގޮތަށް ފަހަތަށް ޖެހުނެވެ. ކިތަންމެ އަވަސް އަރުވާލާފައި ހުއްޓަސް އެއަންހެންކުއްޖާއަށް އަނިޔާއެއް ވީކަމަކަށް […]
* “އާނ ނަވާލްބޭ.. ދެވިދާނެތަ ބޭރު ގޮނޑީގައި އަޅުވާފައި އޮތް ރުމާކޮޅު ބަލާ..؟ އޭތި ހިކިދާނެ..” ކިއަނާ އެދުމުން ނަވާލް ކޮޅަށް ތެދުވިއެވެ. ސިޓިންގރޫމް ކައިރީހުރި ގޮނޑީގައި ފަންކާ އާއި ވާނެހެން އަޅުވާލާފައިވާ ދަނބު ރުމާކޮޅު ނަގައިގެން ހިނގައިގަތް ނަވާލްގެ ފިޔަވަޅުތައް ގަނޑުވީ މީހަކު ދޮރުގައި ޓަކި ޖަހާލި އަޑު އިވިގެންނެވެ. ހައިރާންވެފައި ނަވާލަށް ފުރަތަމަ ބަލާލެވުނީ ގަޑިއަށެވެ. ހަޔެއް ޖަހަން އުޅެނީއެވެ. އެވަގުތު އެގެއަށް އަންނާނެ މީހަކު ނޫޅޭނެއެވެ. ނަވާލް ދޮރު ހުޅުވާލިއެވެ. ކުރިމަތީ ހުރި […]
* “އޯލްރައިޓް.. އަސްލު ބައްދަލުކުރަން ބޭނުންވެފައި ހުންނަތާ ދުވަސްކޮޅެއް ވެއްޖެ..” ޝަފްވާން އެހެން ބުނެލީ މިއަލްގެ މޫނަށް ބަލަން ހުރެއެވެ. މިއަލް އެއްބުމަ ހިއްލާލީ ޝަފްވާން އޭނަގެ މޫނަށް އަރާފައިބާ ކުލަތައް ތަރުޖަމާކުރަމުންދިޔަކަން ރޭކާލުމުންނެވެ. އެއަހާލީ ކީއްވެތޯކަން ޝަފްވާނަށް ދޭހަވިއެވެ. “ގިޓާ..” ދުލުގައި ދަތް އަޅާލާފައި ޝަފްވާން ބުނެލީ ހީނލަމުންނެވެ. މިއަލް ދެލޯބޮޑުކޮށްލި ގޮތުން ޝަފްވާންގެ ގާތަށް ހިނިއައެވެ. ހީވަނީ އޭނައާއި ވާހަކަނުދައްކަން ހުވާކޮށްގެން އިންހެންނެވެ. “މާދަން ނޫން އަނެއް ދުވަހު އެ ރިޓާރން ކޮށްފާނަން.. ކަމެއްގެ […]
* ދެއަތް ޖީބަށް ޖަހާލައިގެން ހިނގަނިކޮށް ޝަފްވާނަށް އޭނަގެ ހިތްއެދޭ ސޫރަ ދައްކާލައިފިއެވެ. މިޝްލާ އިނީ ލޯންޗްގައެވެ. ހިތަށް އެތައް އެއްޗެއް އަރާ ފައިބަމުން ދިޔަޔަސް މިޝްލާ އިނީ ކެތް ކޮށްގެންނެވެ. އޭނަ ފުރިކަން އެނގޭނީވެސް އަލީސާއަށް އެކަންޏެވެ. އޮއްސެމުންދިޔަ އިރަށް ނަޒަރު ހުސްކޮށްލައިގެން އިންއިރު އެދެލޮލުން ކޮންމެވެސް ވަރަކަށް ކަރުނަ ވިދައެވެ. އޮރެންޖާއި ރީނދުލުގެ ކުލަތައް ފެވިފައިވާ އުޑުމައްޗަށް ބަލާލާފައި މިޝްލާ ބަލާލީ އުނގުމަތީގައި އޮތް ކަޅު ފޮތަށެވެ. އެއީ ޒައިހާން ވަކިވުމުގެ ކުރިން ބުނި […]
* އެތައް ދުވަހަކަށްފަހު ޝަފްވާން ފެނުމުން އެ ހިތް އަދިވެސް ހީވަނީ އުދުހިގަނެފާނެހެންނެވެ. ޝަފްވާންގެ ގައިގައި އޮޅުލައިގަންނަން ބޭނުންވިއެވެ. އެ މޫނުގައި ބޮސްދޭން ބޭނުންވިއެވެ. ލޯބިވާވަރު ބުނެދޭހިތްވިއެވެ. ނަމަވެސް މިޝަލް ކެތްކުރީ އޭނަގެ ޕްލޭނާއި އެއްގޮތަށް އަމަލު ކުރުމަށެވެ. އަދިވެސް އެތުންފަތްމަތިން ހިނިތުންވުން ފިލާނުގޮސް ހުއްޓެވެ. މޫނުމަތި އުޖާލާވެފައި ހުރިއިރު މިޝަލް އުފަލާއިއެކީ ސްކިޕްކުރަމުން އެޕާރޓްމެންޓްތައް ހުރި އަނދިރިގަނޑު ތެރެއަށް ގެއްލުނެވެ. * ޖެހިގެން އައި ދުވަހު ހޭލިގޮތަށް ފެންވަރައިގެން މިއަލް ލީ ކަކުލަށްވުރެ ކުޑަތަންކޮޅެއް މައްޗަށް […]
* “މަރިޔަމް މިޝަލް ޒާހިރު” އޭ ޖަހާފައިވާ އައިޑީ ކާރޑަށް ބަލާލާފައި މިޝަލް ފުންނޭވާއެއް ލިއެވެ. އެއީ މިއަލް އާއި މިޝްލާގެ ނަމާއި ގުޅުވާފައި މިޝަލް ޚިޔާރުކުރި ނަމެކެވެ. މިހާރު އޭނައަކީ “ޓޮމްބޯއި”އެކެވެ. އޭނަ ލައި އުޅެނީވެސް ފުޅާ ބެލްސް ނުވަތަ ސޯޓްކޮޅުތައް އަދި އެހާ ގަޔަށް ދޫ އޯވަރސައިޒް ޓީޝާރޓްތަކެވެ. މީހަކަށް އޭނަ ވަކިކުރަން އެނގިދާނެތީ މިޝަލް އުޅެނީވެސް މާސްކް ނުވަތަ ސްކާރފްތަކުން މޫނު ނިވާކޮށްގެންނެވެ. ފަހަތުން ނުވަތަ ދުރުން މީހަކަށް އޭނަ ފެނިއްޖެނަމަ އޭނަ […]
* ކާރު ދޮރު ހުޅުވާ ހިނގައިގަތް ނަމަވެސް އެދިމާލަށް ދެވުމުގެ ކުރިން ފިރިހެނަކު ސައިކަލަށް އަރާ ދުއްވާލައިފިއެވެ. ކިތަންމެ ބާރަށް ގޮސް އަނެއްކާ ކާރަށް އަރާ ދުއްވާލިޔަސް އެ ސައިކަލު ލޮލުކޮޅަށް އޮބާލައިފިއެވެ. ޔައުލާންއަށް ހުންގާނުގައި ދެއަތުން ޖެހުނެވެ. އިސްތަށިގަނޑުގައި އަތް ހިންގާލަމުން ޔައުލާން ގެއަށް ދާން ދުއްވާލިއެވެ. މިއަލް މިކޮޅަށް އަންނަންވީ ސަބަބަކީ ކޮބާބާވައެވެ.؟ އަނެއްކާ މިއަލްއަށްވެސް މިލީންގެ ވާހަކަތައް އިވުނީބާއެވެ. އަމިއްލަ ނަފްސަށްވުރެވެސް މިއަލް އާއި ދޭތެރޭ ޔައުލާނަށް ހަމްދަރުދީވެވުނެވެ. ހަމަލޮލަށް ދުށުމުގެ އެންމެ […]
ޔައުލާން ގެއަށް ދޫކޮށްލުމުން އެހަފްތާތަކުގެތެރޭގައި އޭނައަށް ނުލިބި ހުރި ޚަބަރުތައް ލިބިގެންދިޔައެވެ. ޒައިހާން ކޯމާއަކުން ހޭއެރީ ހަމަ ދެދުވަހެއް ކުރިންކަމާއި މިޝްލާވެސް ހިތާމަތަކުން ފުރިބާރުވެފައިވާ ހިތަކާއި އެކީގައި ޒައިހާންގެ ހިދުމަތުގައި ހުއްޓެވެ. އެއީ އަންގާރަ ދުވަހެކެވެ. ޒައިހާން ޔައުލާން އާއި ބައްދަލުކުރަން ބޭނުންވެގެން ބުނީ އެދުވަހެވެ. ހޮސްޕިޓަލްތެރެއަށް ނެގި ފިޔަވަޅާއިއެކީގައި އޭނަގެ މޫނުމަތިން ފެންނަނީ ހުސްކަމެވެ. ދިރިއުޅުމުގެ މަގްސަދުވެސް ގެއްލުނީއެވެ. ޔައުލާންގެ ދެލޮލުގައި ހިތާމައިގެ ފުން ކަނޑެއް އޮއިދަމަމުންދިޔަފަދައެވެ. ހިކިފައިވާ ތުންފަތާއި ރަތްވެ ވަޅުވަންނަވަރުވެފައިވާ ދެލޯ ފެނިއްޖެނަމަ […]