Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމައެހެނިހެންލޯބި

ތި ސޫރަ ނޫން 17

yooon
yooon 10 Stories100 Comments100 Login100 Stories500 Comments
September 4, 2021 8 Mins Read
8 Comments

* ކާރު ދޮރު ހުޅުވާ ހިނގައިގަތް ނަމަވެސް އެދިމާލަށް ދެވުމުގެ ކުރިން ފިރިހެނަކު ސައިކަލަށް އަރާ ދުއްވާލައިފިއެވެ. ކިތަންމެ ބާރަށް ގޮސް އަނެއްކާ ކާރަށް އަރާ ދުއްވާލިޔަސް އެ ސައިކަލު ލޮލުކޮޅަށް އޮބާލައިފިއެވެ. ޔައުލާންއަށް ހުންގާނުގައި ދެއަތުން ޖެހުނެވެ. އިސްތަށިގަނޑުގައި އަތް ހިންގާލަމުން ޔައުލާން ގެއަށް ދާން ދުއްވާލިއެވެ. މިއަލް މިކޮޅަށް އަންނަންވީ ސަބަބަކީ ކޮބާބާވައެވެ.؟ އަނެއްކާ މިއަލްއަށްވެސް މިލީންގެ ވާހަކަތައް އިވުނީބާއެވެ. އަމިއްލަ ނަފްސަށްވުރެވެސް މިއަލް އާއި ދޭތެރޭ ޔައުލާނަށް ހަމްދަރުދީވެވުނެވެ. ހަމަލޮލަށް ދުށުމުގެ އެންމެ ފުރުސަތެއްވެސް ނުލިބި މިއަލް އާއި މިލީން ވަކިވީއެވެ. ތާއަބަދުގެ އަބަދަށް ލޯމަރާލީއެވެ. އެ ޚިޔާލުތައް އަނެއްކާވެސް އުނދަގޫ ކުރަން ފެށުމާއި އެކީގައި ޔައުލާން ދުއްވާލީ ގެއަށް ދިޔުމަށެވެ. *

ފަނަރަވަރަކަށް މިނެޓްގެ ކުރު ހިނގުމަކަށްފަހު މިއަލް އާއި ނަވާލަށް ހުރެވުނީ އެއްބުރިއަށް ހިއްލާލާފައި ހުރި ގެއެއްގެ ކުރިމަތީގައެވެ. މައި ދޮރާށީގައި މަޑު ނޫކުލައެއް ލާފައިވާއިރު ގޭގައި ލާފައިވާނީ ވައިލެޓް ކުލައެވެ. ގެއަށް ބަލާލުމުންވެސް އެއީ ބަޔަކު ކުރި ބުރަ މަސައްކަތެއް ކަން އެނގޭހާވެއެވެ. ފުރަތަމަ ފްލޯރގައި ބިއްލޫރިން ހަދާފައިވާ ނިކަން އަޅައިގަންނަކަހަލަ ޑިޒައިންތަކެއް ހުރި ދެ ‘ޖޫލިއެޓް ބެލްކަނި’ ހުއްޓެވެ. މައިދޮރު ކުރިމަތީގައި ލައިޓެއް ހަރުކޮށްފައިވެއެވެ. އަދި ދެފަރާތުގައި ފާޑުވެރިކޮށް އެކި ކުލަ ކުލައިގެ މާތައް ހައްދާލާފައިވެއެވެ. ވިނަތައްވެސް އެއްވަރަކަށް ކޮށާލާފައިވާއިރު އެއްފަޅީގައި ކުޑަކުޑަ ގަރާޖެއް ހަދާފައިވެއެވެ. ގަރާޖްތެރޭގައި އަޅިހުދުކުލައަކަށްދާ ޕިކަޕަކާއި ސައިކަލެއް ޕާރކް ކޮށްފައި ހުއްޓެވެ. ގަރާޖާއި ގޭގައި އޮތް ކުޑަ ހުސްތަންކޮޅުގައި ވެސް ނުހަނު ރީތި މާތަކެއް ހައްދާފައިވެއެވެ. އަދި ތަންކޮޅެއް އެތެރޭގައި ތިން ދޫނިކޮށި އެލުވާފައި ހުއްޓެވެ. ތަފާތު ވައްތަރުގެ ދޫނިތައް އަޑުއަޑުން ލަވަކިޔަމުން ދިޔަ އަޑު އަހާފައި މިއަލްގެ ހިތަށްވެސް ފިނިކަން ލިބިގެން ދިޔައެވެ. ހީނލެވުނީވެސް އިޚްތިޔާރުން ބޭރުގައެވެ.

ނަވާލް ދޮރުގައި ޓަކިޖަހާލުމާއި އެކީގައި ދޮރުހުޅުވީ މެދުއުމުރެއްގެ ފިރިހެނެކެވެ. މޫނުގައި ކުޑަކޮށް ރޫޖެހިފައި ހުއްޓަސް ނަވާލާއި ވައްތަރުގޮތެއް ހުރުމުން އެއީ ނަވާޒުކަން މިއަލް ދެނެގަތެވެ. މިއަލްގެ މޫނަށް ނަވާޒު ބަލާލީ ފުޅާ ހިނިތުންވުމަކާއި އެކީގައެވެ. “ނަވާލް.. މީ އަހަރެމެންގެ އެލްތަ..؟ ހާދަ ބޮޑު ވެއްޖެޔޭ މާޝާ ﷲ.. އަވަހަށް އާދޭ އެތެރެއަށް.. ހައިފާ.. އަވަހަށް ސައިތައްޔާރު ކުރޭ.. މިއަލް މެން އަތުވެއްޖެ..” މިއަލްގެ އަތުގައި ހިފައިގެން ނަވާޒް އެތެރެއަށް ވަންނަން ހިނގައިގަތީ އޭނާގެ އަންހެނުންނަށް ގޮވަމުންނެވެ. ނަވާލް ކުޑަކޮށް ހިނިއައިސްފައި ހުރެ ނަވާޒްގެ ފަހަތުން ވަންނަން ހިނގައިގަތެވެ.

ގޭތެރެއިން މިއަލްއަށް މަރުހަބާކީ ކަކުލާއި ހަމައަށް އަންނަވަރުގެ ހެދުމެއް ލައިގެން އާދައިގެ ކުޑަ ބުރުގަލެއް އަޅައިގެން ހުރި ދޮން އަންހެނެކެވެ. “އެލް.. މިއީ ހައިފާ.. ބޭބެގެ އަންހެނުން..” ނަވާޒު ހައިފާ ގެނެސް މިއަލްއަށް ތައާރަފް ކޮށްދިނެވެ. ނުހަނު ރީތި ހިނިތުންވުމަކާއި އެކީގައި ހައިފާ މިއަލް އާއި ސަލާމްކޮށްލިއެވެ. މިއަލްވެސް ހީނލާފައި ހައިފާ އާއި ސަލާމްކޮށްލައިފިއެވެ. “ދެދީ..!” ރަތް ކުލައިގެ ރީނދޫ މާތަކެއް ހުރި ހެދުންބުރިއެއް ލައްވާފައިވާ ހަތަރުވަރަކަށް އަހަރުގެ އަންހެންކުއްޖެއް ދުވެފައި އައެވެ. “އިންނު..” ނަވާޒު އެ އަންހެންކުއްޖާ އުރާލާ ކޮލުގައި ބޮސްދިނެވެ. “މިއަލް މިއީ އިޒާ.. ބޭބެގެ އެންމެ ހަގުކުއްޖާ.. ދެން އަދި އުޅޭނެ ބޭބެގެ އެންމެ ދޮށީ ކުއްޖާ.. އޭނަ މިވަގުތުވީ ބޭރުގައި.. މިރޭގެ ވަގުތެއްގައި އަންނާނެ.. ކާގަޑީގައި ދިމާވާނެދޯ..” ނަވާޒުގެ އަޑުގައި ބީރައްޓެހިކަމެއް ނުވެއެވެ. އޭނަގެ މަގުސަދަކީ މިއަލްއަށް އާކަމާއި ނުތަނަވަސްކަން އިހުސާސްވިޔަ ނުދީ އެމާހައުލަށް މިއަލް ހޭނުވުމެވެ.

“މިއަލް ދޯ ކިޔަނީ.. ފުރިހަމަ ނަމަކީ ކޮބައިތަ..؟” ހައިފާ އެއްސެވެ. ހައިފާ އަކީ ވަރަށް ހިތްހެޔޮ ފާޑު މީހެއް ވައްތަރު ޖަހައެވެ. ވާހަކަދައްކާއިރުވެސް ހީނލައިގެންހުރެ ނޫނީ ވާހަކަ ދެއްކޭ ކަމަކަށް ނުވެއެވެ. “ހައްވާ މިއަލް..” މިއަލް ނިޔަފަތިތަކާއި ކުޅެމުން ބުނެލިއެވެ. “ވަރަށް ރީތި ނަމެއްދޯ..” ހައިފާ ބުންޏެވެ. “ނަވާލް މަޑުކުރަނީ ކިހާ ދުވަހެއް ވަންދެން..؟” ނަވާޒުގެ އަޑު މިފަހަރު ތަންކޮޅެއް މަޑެވެ. “މާދަން މެންދުރުން އަހަރެން ފުރަން.. އަދި ރިސޯޓަށްވެސް ދާންޖެހޭނެ ވިއްޔަ.. ބޭބޭ އަހަރެން އުންމީދުކުރަން އެލް ރަނގަޅަށް ބަލައިދޭނެކަމަށް.. ތީ މަގޭ ރަންކޮޅު..” ނަވާލް ހާސްވެފައި ހުރިހެން މިއަލްއަށް ހީވިއެވެ. “ތީ އަހާކަހަލަ ސުވާލެއްވެސް ނޫން.. މިއަލް އަބަދުވެސް ހުންނާނީ އުފަލުގައި އިންޝާ ﷲ..” ނަވާޒު ޔަގީންކަން ދިނީ ހީނލާފައެވެ.

“އަވަހަށް ދޭ ތާޒާވެލައިގެން އަންނަން.. ވަރުބަލިވެފައިދޯ ތިހުރީ.. ފެންވަރާލައިގެން އައިސް ދެން ސައިބޯނީ.. ނަވާލް އަވަހަށް ދޭ އިށީންނަން.. މިއަލް އާދޭ ދައްތަ އާއި އެކީ..” ހައިފާ މިއަލް ގެންގޮސް ވެއްދީ ޖެހިޖެހިގެން ހުރި ދެކޮޓަރީގެ ތެރެއިން އެތެރެއަށް ހުރި ކޮޓަރިއަށެވެ. ފެންވަރާލުމަށް ބުނެފައި ހައިފާ ދިޔައީ ނަވާލަށް ސައި ތައްޔާރު ކޮށްދޭށެވެ. ނަވާޒު ލަގޭޖާއި ފޮށިތައް އެތެރެއަށް ވެއްދިއެވެ. އަދި ފެންވަރާލައިގެން ސައިބޯން އައުމަށް އެދުނެވެ. މިއަލް ބޯ ޖަހާލުމުން ނަވާޒު ދިޔައެވެ. ލަކުޑިން ރީއްޗަށް ފަރުމާ ކުރެވިފައިވާ އެ ދޮރު ލައްޕާލާފައި މިއަލް ގޮސް އިށީނީ އެނދުމަތީގައެވެ. އެކޮޓަރީގައި ލެވިފައިވަނީ ހުދުކުލައެވެ. ބެލްކަނި ހުރި ބިތުގައި އަޅިކުލަ ލާފައިވެއެވެވެ. ހުދުކުލައިގެ ލޭސްފާޑަކަށް ހުރި ދޮރުފޮތިތަކެއް ދަމާލާފައި ހުރުމުން ބަލާލަން ރީއްޗެވެ. ވާރޭވިލާ ކުލައިގެ އަލަމާރި އަކާއި މޭޒެއް ހުއްޓެވެ. ކުއީން ސައިޒް އެނދުގައި އަޅާފައިވަނީ އަޅިކުލައިގެ ކުއިލްޓެކެވެ. އަޅި ފަތްތަކެއް ހުރި ހުދު އުރަތަކެއް ވަނީ އެނދުގައި އޮތް ތިން ބާލީހަށް ލައްވާފައެވެ. ހުދުކުލައިގެ ރިފްލެކްޓިވް ޓައިލްސް ޖަހާފައިވާތީ އެހުރެވެނީ ގަނޑުވެފައިވާ ކޯރެއްގެމަތީގައިހެންވެސް ހީވެއެވެ. އަލަމާރި ހުޅުވާލިއިރު އެއްޗެހި އެޅުވުމަށް ކޮނޑު ހުއްޓެވެ. އަދި ތުވާއްޔަކާއި އަންހެންކުއްޖަކަށް ބޭނުންވާނެ ބައެއް އެއްޗެހި ވެސް ހަމައަށް ހުއްޓެވެ.

ފެންވަރާލައިގެން މިއަލް ބޯހިއްކަމުން ނުކުތެވެ. ހެދަރ ވައިލެޓް ކުލައިގެ ބޯ ޓަރޓްލްނެކްއެއް މިއަލް ލީ ފިނިވެފައި ހުރުމުންނެވެ. އެނދާއި ވީ ފަޅީގައި ހަރުކޮށްފައި ހުރި އޭސީގެ ފިނިކަން މެދުމިނެއްގައި ހުއްޓަސް މިއަލް ފެންވަރައިގެން ނުކުތުމުން ހީކަރުވާގޮތްވީއެވެ. އައިސްބްލޫ ޖިންސެއް ލާފައި އަޅި އިސްޓާކީނަކަށް އަރައިގެން މިއަލް ބޯ ހިއްކާލަންވެގެން އިނެވެ. ހެއަރޑްރަޔަރ ފަދަ އެއްޗެއްސަކީ މިއަލް ބޭނުންކުރާކަހަލަ އެއްޗެއް ނޫނެވެ. ފެންވެރިއިރުވެސް މިއަލްއަށް ހޮޑުލެވުނެވެ. އަދިވެސް ހީވަނީ ކަނޑުމަތީގައި ހުރެވޭހެންނެވެ. ލޯންޗު ޕަސްކިޔާފައި ލޮނުގަނޑުމައްޗަށް ޖެހޭއިރު އެ އަރާ ގުޑުންގަނޑު އަރާހެން އަދިވެސް މިއަލްއަށް ހީވެއެވެ. ބެލެންސްކަޓާފާނެހެން ހީވާ ފަހަރުތައްވެސް މަދެއް ނޫނެވެ.

ހައިފާ އައިސް ސައިބޯން ގޮވުމުން މިއަލް ކުޑަގޮތަކަށް ސައިބޯލައިގެން އިނީ ކޮޓަރީގައެވެ. ފުރުމުގެ ކުރިން ނަވާލް މިއަލްއަށް ގަނެދިން ފޯނާއި ކުޅެން ދަސްކުރަން މިއަލް ވަގުތުކޮޅެއް ހޭދަކުރިއެވެ. އަދި ހައިފާ ބުނެދިން ސައިޓަކުން މިއަލް ވާހަކަ ކިޔަން އިނެވެ. ބޮކި ނުޖައްސާ އިނުމުން ރޭގަނޑުވީކަން ވެސް މިއަލްއަށް އިހުސާސްވީ އަނދިރިވުމުންނެވެ. އަވަހަށް ބޮކި ޖައްސާލާފައި މިއަލް މަޣްރިބް ނަމާދަށް އެރިއެވެ. ފޯނަށް އެޅި ޤުރްއާން އެޕްއަކުން އާލްއިމްރާން ސޫރަތުން ފެށިގެންގޮސް އިޝާއަށް ގޮވަންދެން މިއަލް ކިޔަވަން އިނެވެ.

“އެލް.. ކާން އާދޭ..” ހައިފާ ޓަކި ޖަހާލާފައި ގޮވާލިއެވެ. މިއަލް ތެދުވެ ނުކުންނަން ހިނގައިގަތެވެ. މިހާރު ހައިފާވެސް ނަވާޒުވެސް އޭނަ އާއި މުޚާތަބު ކުރަނީ އެލްގެ ނަމުންނެވެ. މިއަލް ކާގެއަށް ވަތްއިރު ނަވާލް އިނެވެ. ކާއެއްޗެހި ތަކެއް ކުރަހާފައިވާ ރަބަރެއް ކާމޭޒުމަތީގައި އަޅާފައިވެއެވެ. މޭޒުގެ މެދުގައި އާވިއަރައަރާހުރި ޕާސްތާ ތައްޓެއް ހުއްޓެވެ. އެއްފަރާތުގައި ބީފް އާއި ސޮސެޖް އަދި ކުކުޅު މަސް އެއްކޮށްގެން އެއްޗެއް ހަދާފައި ހުއްޓެވެ. ނަވާޒަށް މަސް އެހާ މީރު ނުވާތީ ހައިފާ އަބަދުވެސް ކައްކަނީ ޕާސްތާ އާއި މަހާ ވަކިންނެވެ. މިއަލް އިށީނީ ނަވާލްގެ ކައިރީ އިން ގޮނޑީގައެވެ.

“އޭނަ އަދިވެސް ގެއަށް ނާންނަނީތަ..؟ އެ އަށްގަޑި ބައިވަނީ..” ނަވާޒު އެއްސެވެ. “އަންނަން އުޅޭނެ މިހާރު.. އެކުވެރިންތަކަކާއިއެކީ ކުޅެން ނުކުތްގޮތަށް އިޝާ ކުރިން އަންނާނަމޭ ބުނި..” ހައިފާވެސް ގަޑިއަށް ބަލާލީ ތަންކޮޅެއް ހިތްހަމަނުޖެހިފައެވެ. އެދައްކަނީ އެމީހުންގެ ދޮށީ ދަރިފުޅުގެ ވާހަކަކަން މިއަލް ނަގައިގަތެވެ. މިއަލް ޕާސްތާކޮޅެއް ތައްޓަށް އަޅާ ކާންފެށިއެވެ. “ހާދަ މަދުން ތިކަނީ..؟ މީވެސް ހަމަ އެލްގެ ގެއެކޭ.. އަދި އަޅާ..” ނަވާޒު މިއަލްގެ ތަށި ފުރެންދެން ޕާސްތާ އެޅިއެވެ. މިއަލް ނަވާޒަށް ހީނލީ ގަދަކަމުންނެވެ. އޭނަ މިހުރިހާ އެއްޗެއް ކާނީ ކިހިނަކުން ހެއްޔެވެ.؟ މިކައި ހުސްކޮށް ނިމޭއިރު އޭނަ ކަޅު ތާނގިއަކާއި ވައްތަރުވާނެކަން ގައިމެވެ.

ރޭގަނޑުގެ ވަގުތެވެ. ކެވުނުހާ އަވަހަކަށް ޝަފްވާން ގިޓާ ކޭސް ހިފައިގެން އަތިރިމައްޗާއި ދިމާލަށް ހިނގައިގަތެވެ. މީހުންތައް އެތަނަށް އެއްވީ ފޮނިއެއްޗެއް ފެނިގެން އެތަނަށް ހިނި ބައިގަނޑެއް އެއް ފަދައިންނެވެ. ޝަފްވާން މަޑުމަޑުން ގިޓާ ކުޅެން ފެށިއެވެ. ޝަފްވާންގެ އަސަރުގަދަ އަޑާއި ހެދި އެ ލަވަ އަދި އިތުރަށް މީހާގެ އިހުސާސްތަކާއި ކުޅެލާހެން ހީވެއެވެ. ޝަފްވާން ލަވަ ކިޔަން ހުއްޓާ ބަޔަކު އެއްޗެހި ކިޔާހެން ހީވެގެން މަރާލި ދެލޯ ހުޅުވާލިއެވެ. “ކަލެއާއި ހެދި ލީން މަރުވީ…” “ހިތެއް ވެސް ނެތް މީހެއް ކަންނޭނގެ..” “ލީން މަރުވީމަވެސް މީނަ އަދި ފޯރީގަ ލަވަކިޔަނީ.. ކުލުނެއް ހުރި މީހެއް ނޫން..” އެތާ އެއްފަރާތެއްގައި ހުރީ އެމީހުންނާއި އެކީގައި އޭލެވެލް ނިންމި ބައެކެވެ. އެމީހުންވެސް އޭނަ ފަދައިން މިލީންގެ މަރު އޭނަ ބޮލުގައި އަޅުވަނީކަން ޝަފްވާނަށް ވިސްނުނެވެ. ހިތްދެރަވީވަރުން ޝަފްވާންގެ އަޑު ކުރަކިވާން އުޅުނެވެ. ނަމަވެސް ލަވަ ކިޔާ ނިންމާލާފައި ނޫނީ ނުދާން ހިތުލައިގެން އިނދެ ޝަފްވާން ލަވަކިޔާ ނިންމިއެވެ. އޭރުވެސް އެމީހުން “މިލީންގެ މަރުގެ ޒިންމާ ނަގަން ޖެހޭނީ ކަލެއޭ..” “މަރުވާން ދާށޭ…” ފަދަ ޖުމްލަތަކާއި ހަޑިހުތުރު އެއްޗެހިވެސް ގޮވިއެވެ. ޝަފްވާނަށް ލޯބި ކުރާ އެތައް ބަޔަކު ޝަފްވާންގެ ދިފާއުގައި ތެދުވިނަމަވެސް ޝަފްވާންގެ ހިތަށްވީ ތަދު ކަނޑުވައެއް ނުލެވުނެވެ. ދެވަނަ ލަވައެއް ނުކިޔާ ޝަފްވާން ހިނގައިގަތެވެ. ގެއަށް ދާށެވެ. އިތުރަށް އެތަނުގައި މަޑުކުރާ ހިތް ނުވެގެންނެވެ.

“މަންމާ..! ލޯޝަންފުޅި ކޮބާ..؟” މީހަކު ނިކަން ބާރަށް ގޮވާލި އަޑު ކާގެއާއި ހަމައަށްވެސް ފޯރިއެވެ. “ދަރިފުޅު އެބަ އުޅެންތަ..؟ އެތާ ފުނިޖަހާފައި އޮތް ޖާރޒީތައް ތެރޭގައި އޮތްކަންނޭނގެ.. ކުނި ކެހި ގަޑީގައި އެ ފެނުންމަތި ހަނދާންވޭ..” ހައިފާވެސް ނުހަނު ބާރަށް ގޮވާލިއެވެ. އެކޮޅުގައި ހުރި މީހަކަށް އަޑު އިވޭނެ ވަރަށެވެ. “އާނ އޯކޭ ފެނިއްޖެ..” އެކުއްޖާ އެހެން ގޮވާލުމާއި އެކީގައި ހައިފާ ޕިސްޕިސް ކިޔާލިއަޑު އިވުނެވެ. “މިސޮރަކަށްވެސް ނޭނގޭނެ ދުވަހަކު އަމިއްލައަށް ފެނިގެން އެއްޗެއް ހޯދާކަށް..” ހައިފާ ބުނެލިއެވެ.

އިރުކޮޅެއް ނުވަނީސް މީހަކު ކާގެއަށް ވަންނަން އައެވެ. ކަޅުކުލައިގެ ޖާރޒީއަކާއި ހަމަ އެކުލައިގެ ސޯޓެއް ލައިގެން އައިއިރު ދެންމެއަކު ފެންވަރާލައިގެން އައިސް ހުރިހެން ހީވެއެވެ. އިސްތަށިގަނޑުން އަދިވެސް ފެންތިކިތައް ތަޅަމުން ދިޔައިރު އޭނައަށް އެހާ އުނދަގޫ ވާހެންނެއް ހިޔެއް ނުވެއެވެ. އެހުރިހާ މީރު ކާއެއްޗެހިތަކުގެ ވަސް ދަށްކޮށްލާފައި ފިރިހެން ސެންޓެއްގެ މީރުވަސް އެންމެންގެ ނޯއް ދޮށުގައި އެނބުރިގަތެވެ. އެމީހާގެ މޫނު ފެނި ދިރުވާލި ޕާސްތާކޮޅުވެސް ކަރުގެ މެދެއް ހާހިސާބުގައި ތާށިވެ މިއަލް ކޮށިއެވެ. ނަވާލް އަވަހަށް މިއަލްގެ ބުރަކަށީގައި ތަޅައިގަތް އިރު ނަވާޒު ކަންބޮޑުވެފައި ފެންތައްޓެއް ދިއްކޮށްލަނީއެވެ. އަންތަރީސްވެފައި ހުރި ހައިފާގެ ނަޒަރު އެއްފަހަރު ކެއްސަން އިން މިއަލްއަށް އަދި އަނެއްފަހަރު ދޮރުމަތީ ހުރި ޒުވާނާގެ މޫނަށް ހުއްޓެމުން ދިޔައެވެ. ޚުދު އެޒުވާނާގެ މޫނުމަތިންވެސް ފެންނަނީ އިންތިހާ ދަރަޖައިގެ ހައިރާންކަމެވެ. ސިހުން ލިބިފައިވާ އެމޫނު ފެނި މިއަލްއަށް އެސްފިޔަ ޖަހާނުލާ ބަލަން އިނދެވުނެވެ.

 

*************

 

އެއްޗެހިތައް ވެއްޓެމުން ދިޔަ އަޑެވެ. މީހުންގަނޑުގެ ބާރު ހަޅޭކާއި ވޭނީ ރުއިމުގެ އަޑެވެ. ހުޅުގަނޑު ބޮޑުވެ އިތުރަށް ތަން އަނދަން ފެށި ވަގުތެވެ. ރަތް އޮރެންޖް ރީނދޫ ރަތް ކުލަގަދަވުމާއި އެކީގައި ކަޅު ދުންތައްވެސް ކޮށިއަރާވަރަށް އަރަމުން ދިޔައެވެ. ސަލާމަތަށް އެދި އެތައް ބަޔަކު އާދޭސް ކުރަމުން ދިޔައެވެ. އެކަކު އަނެކަކުގެ ނަމުން ގޮވަމުން ދިޔަ އަޑުވެސް އިވެއެވެ. ނުލާހިކު ބާރު އަޑަކާއި އެކީ ބިއްލޫރި ޓްރޮފީ ކޭސް ފުނޑުފުނޑުވެ ބިއްލޫރިތައް ކުދިކުދިވީ އަޑު އިވުނެވެ. ސީލިންގގެ ބޮޑުބައެއް ހަލާކުވެގެން ބިމާއި ހަމަވެ ދޮރުފަތުގައި ބަންކިޔާފައި ޖެހުމާއި އެކީގައި މީހަކު އޭނަގެ ނަމުން ނިކަން ބާރަށް ގޮވާލިއަޑު އިވުމާއި އެކީގައި ނިދިފައި އޮތް މިޝަލްއަށް ފުންމައިގެން ތެދުވެވުނެވެ. ފުންކޮށް އަވަސްކޮށް ނޭވާ ލެވެމުން ދިޔައިރު ނިތްމަތީގައި ފިނި ދާތިކިތައް ފާޅުވެފައި ހުއްޓެވެ. ފަނޑު އޮރެންޖް ނިދާބޮތްކެއް ޖައްސާފައި ހުރިކަމުގައި ވިޔަސް މިޝަލްގެ މޫނުމަތިން ފެންނަމުންދިޔަ ބިރުވެރިކަމާއި ހާސްކަން ހާމައަށް ފެންނަން ހުއްޓެވެ. ދެއަތް ދެއަތާއި މޮޑެމުން ގެންދިޔައިރު މިޝަލް ދެފަރާތަށް ކަޅިއުކަމުން ދިޔައެވެ. ފެނުނު ހުވަފެނަކާއި ހުރެ ހުރެވުނުތަން އަދިވެސް ޔަގީން ނުވީއެވެ.

މިޝަލްގެ ނޭވާ ހަމައަކަށް އެޅުނީ އޭގެ ފަނަރަވަރަކަށް މިނެޓް ފަހުންނެވެ. އެންމެ މީހަކަށް އޮވެވޭ ވަރުގެ އެ ހަނި އެނދުގައި މިޝަލް ދެމިލީ އެއް އަތް ނިތްކުރީގައި ބާއްވާލަމުންނެވެ. ފިނިދާތިކިތައް މިޝަލްގެ އަތުގައި ޖެހުނެވެ. ބިރުގަނެފައި އޮތުމުން އުއްޑުން ނޯވެވިގެން މިޝަލް އެއްފަރާތަކަށް ފުރޮޅުނެވެ. ގައިދަށުގައި އެއްޗެއް އޮތްހެން ހީވެގެން މިޝަލް ތެދުވެ ފާރުކޮޅުގައި ލެނގިލިއެވެ. އަދި އޭނަގެ ގައިދަށުވީ އެތި ނެގިއެވެ. އެއީ ފޮޓޯގަނޑެކެވެ. އެ އަލިފާނުގެ ހާދިސާގެ ކުރިން ނަގާފައިވާ ފޮޓޯއެކެވެ. އެފޮޓޯއަށް އިރުކޮޅެއް ވަންދެން ބަލަހައްޓައިގެން މިޝަލް އިނެވެ. މިޝަލްގެ ދެލޯ ތެމުނީ އެހެން އިންދައެވެ. މިޝަލް އިސްޖަހާލީ އަނގައިން ގިސްލުމުގެ އަޑު ބޭރުވެދާނެތީއެވެ. ގޯލްޑް ރޯޒް ރެސްޓޯރެންޓް ތެރޭގައި ރަންކުލައިގެ ވިދަވިދާ ހެދުމުގައި އޭނަ ނެގި ފޮޓޯ އަތުތެރެއަށް ބޮނޑިކޮށްލާފައި މިޝަލް ދެލޯމަރާ ފިއްތާލިއެވެ.

“ނޫން.. އަހަރެން މިއީ މިލީންއެއް ނޫން..” މިޝަލް ހިތާއިވީ ފަޅީގައި އަތް އަޅާލިއެވެ. މިޝަލްގެ ހަނދާންތައް މިސްރާބުޖެހީ އަލިފާނުގެ ހާދިސާ އޮތް ދުވަހަށެވެ.

 

***

 

އިވިދިޔަ ހަގީގަތްތަކާއި ހުރެ މިލީންގެ ސިކުނޑިވަނީ ސުމަކަށް ގޮސްފައެވެ. އޭނަގެ ޕްލޭން ފުރިހަމަވާން އެންމެ ފިޔަވަޅަކަށް ވެފައި އޮއްވާ ކަންތައްތައް އެފުށްކަންތައްތައް އެފުށްމިފުށަށް ޖެހިގެން ދިޔައީ ކުޑަ ސިކުންތުކޮޅެއްގެ ތެރޭގައެވެ. އެވަގުތު މިލީން ފޯނުން ވާހަކަ ދައްކަމުން އައިސް އެތަނަށް ނާދެވުނުނަމަ އެ ހަގީގަތްތައް އަދިވެސް ވީހީ ސިއްރުވެފައެވެ. ޝަފްވާން ހާސިލު ކުރުމަށްޓަކައި މިލީން ރާވާފައިވަނީ ވަރަށް އެހެންކަހަލަ ރޭވުމެކެވެ. ގިނަ މީހުން ހަދާނެ ފަދައިން ޝަފްވާން ލޯބިވާ އަންހެން ކުއްޖާއަށް ގޮތެއް ހެދުން ނުވަތަ އެދެމެދުގައި ކުނިޖެއްސުން ފަދަ ކަމެއް ކުރާކަށް މިލީންގެ ޚިޔާލެއް ނެތެވެ. ޝަފްވާންއަށް ކަމުނުދަނީ އޭނަކަން މިލީންއަށް ޔަގީންވުމާއި އެކީގައި މިލީންގެ ސިކުނޑިއަށް ފުރަތަމަ ވެސް ވަތް ޚިޔާލަކީ އަމިއްލަ ނަފްސު ބަދަލު ކުރުމެވެ. އެގޮތުން އަނެއްކާވެސް ޝަފްވާންގެ ހިތް އަތުލައިގަތުމެވެ. އެގޮތުން މިލީން ސްވިމިންގ ކާމިޔާބީ ފާޅުކުރި ހަފްލާއަށް ދިޔައީ އެންމެންނަށް ފިލަން ނިންމައިގެންނެވެ. މިޝްލާ އާއި ޒައިހާންގެ ގާތުގައި އުޅުމުން ޝަފްވާނަށް އޭނަ އެއީ ކާކުކަން އެނގޭނެތީ މިލީން އެމީހުންނާއިވެސް ދުރުވާން ނިންމިއެވެ. މިޝްލާ އާއި ޒައިހާން އާއި ވަކިވާން ޖެހޭތީ މިލީންގެ ހިތަށް ކުޅަދާނަނުވާވަރަށް އަސަރުކުރިއެވެ. ޔައުލާން އާއި ދުރަށް ދާން ޖެހޭނެތީ ހިތް ކުދިކުދިވިއެވެ. ނަމަވެސް އޭނައަށް ޝަފްވާންދެކެ ލޯބިވެވިފައި ވަނީ މާބޮޑަށެވެ. ހިތުން އެ ސޫރަ ފުހެނުލެވޭވަރަށެވެ. އެލޯބީގައި އޭނަ ވަނީ ދީވާނާވެފައެވެ. އެލޯބީގައި އޭނަ އެވަރަށް ގަނަތަޅުވަން ޝަފްވާން އޭނައަށް ބޯންދިނީ ކޯޗެއްކަމެއް ނޭނގެއެވެ. މިޝްލާމެންނާއި ދުރުގައި ވަކިން އޭނަ އުޅެން ޖެހުނަސް އޭނައަށް ކޮންމެ ދުވަހަކު އެމީހުން ފެންނާނެކަމަށް ހިތް ބުނެދިނުމާއި އެކީގައި އެކަން ނުކުރުމަށް ސިކުނޑި ދެމުން ގެންދިޔަ ރަތް ސިގްނަލަށް ވިސްނާނުލާ މިލީން އެކަން ކުރީއެވެ.

އެގޮތުން މިލީން ރާވައިފައިވަނީ ހަފްލާ އޮތްތަނުގެ ވޮޝްރޫމް އެކަނި ރޯކޮށްލާށެވެ. އަދި މީހުންގެ ލޯމައްޗަށް އޭނަ ވަކިވީކަމުގެ ދަޅަ ދައްކުވާށެވެ. ފޯނުން މިލީން ވާހަކަ ދައްކަމުން ދިޔައީ އެކަން ކުރަން އޭނަ ހަވާލު ކުރި ބަޔަކާއެވެ. ފޯނުގައި ހުރެ އެންމެ ފަހުފަހަރަށް ޒައިހާންމެންގެ މޫނަށް ބަލާލުމަށްޓަކައި ދިޔަދިޔުމުން ފަޅާއަރައިގެން ދިޔަ ކަންތައްތަކުގެ ސަބަބުން މިލީން އެމީހުން ގާތުގައި ބުނަން އުޅުނު ޖުމްލަ ފުރިހަމަ ނުކުރެވުނެވެ. އެހެންކަންވުމުން އެމީހުން ހީކުރީ އެތަން އެކީއެކަށް ރޯކޮށްލަން މިލީން އެދުނުކަމަށެވެ. އެވަގުތު ބަރު ފިޔަވަޅުތަކެއްގައި އަތްދަބަސް ހިފައިގެން ވޮޝްރޫމަށް ވަދެ މިލީން ހުއްޓުނެވެ. އެތަނުގައި ވެއްޓިފައި އަންހެން ކުއްޖަކު އޮތެވެ. އެއީ ސްވިމް ޓީމްގެ މެންބަރެކެވެ. މިލީންގެ އެކުވެރިއެކެވެ. އޭނަ އޮތްތާކު ބާއްވާފައި ފުރިބާރުވެފައިވީ ލޮލަކާއި ކުނޑި ކުނޑިވެފައިވާ ހިތަކާއި އެކީގައި މިޝްލާ ގާތުގައި އެތައް އެއްޗެކޭ ކިޔަން ހިތަށް އެރިއެވެ. އުމުރުދުވަހު އެހާ ލޯބިން ބައްޕައޭކީ ފަރާތް އެވީ އޭނަގެ ދޮންބައްޕައަށް ކަން އެނގުމާއި އެކީގައި މިލީންގެ ހިތް ފަޅިފަޅިވިއެވެ. ޒައިހާން އާއި މިޝްލާއަށް މިހުރިހާ ކަމެއް އެނގިހުރެ ސިއްރުކުރީތީވެސް މިލީންގެ ހިތުގައި އެތައް ޝަކުވާއެއް ފުނިޖެހުނެވެ. އޭނަގެ އެއްމާބަނޑު ކޮއްކޮއެއް ހުރެއެވެ. އެއްބަނޑު އެއްބަފާ ދޮންބެއެއް ހުރެއެވެ. ބާރަ އަހަރު ވަންދެން މިހުރިހާ ކަމެއް ސިއްރުތަކެއް އޭނައަށް ފޮރުވައު ފަރުދާއެއްގެ ނިވަލުގައި އެ ހުރިހާކަމެއް ވަންހަނާކުރުމަކީ އެއްވެސް އިންސާފެއް ހުރިކަމެއް ނޫނެވެ.

ފައިބަމުން ދިޔަ ކަރުނަތައް ފުހެމުން މިލީން ނެގީ ކަތުރެވެ. ހުޅިއެއް ޖެހި އިސްތަށިގަނޑު ބުޑުން ބުރިކޮށްލިއެވެ. އޭނަ ލައިގެން ހުރި ހެދުންތައް ބާލާ ދަބަހަށް އޭނަ ލީ އާދައިގެ ހެދުން ނަގާ އެ ލިއެވެ. މޫނުގައި ފޮތިގަނޑެއް އޮޅާލާފައި ނުކުންނަން އުޅެނިކޮށް ދެން އޭނައަށް އިވެން ފެށީ އެންމެން ރޯންފެށިއަޑާއި ހުޅުގަނޑު ފަޅަފަޅައިގެންދާ ކަހަލަ އަޑުތަކެވެ. މިނެޓަކަށްވުރެ މިނެޓަކުން އެތަން ހޫނުވަމުން ދިޔަކަން ޚުދު އޭނައަށްވެސް އިހުސާސް ކުރެވެމުން ދިޔައެވެ. ވޮޝްރޫމް ރޯކޮށްލަން ބުނި މީހުންތަކުގެ މަތިން ހަނދާންވީވެސް ދެނެވެ. އެމީހުން މަސައްކަތް ފުރިހަމަކުރީކަމަށް ހީކުރިޔަސް މިލީންގެ ހިތަށް ޝައްކާއި ވަހުމުތައް ވަންނަމުންދިޔައެވެ. މިހާ ފުރާނައަށް ނުރައްކާހުރި ކަމެއް ކޮށްގެން ވެސް ޝަފްވާން ހާސިލްކުރަން މިލީން ހުރީ ތައްޔާރަށެވެ. ޝަފްވާނަށް އޭނަގެ ލޯބި ކުރިއަޅާ ދާނެ މިންވަރު މިލީން ދައްކާނެއެވެ. މިލީން ދެން ނެގީ އޭނަގެ އަތުގައި އަޅާ އެތިކޮޅެވެ. ވެއްޓިފައި އޮތް އަންހެންކުއްޖާގެ އަތުގައި މިލީން އެ އެޅުވީ އެމީހުންނަށް އޭނަގެ ހަނދާނެއްގެ ގޮތުގައި ދިނުމުގެ ގޮތުންނެވެ.

ކުއްލިއަކަށް ވޮޝްރޫމްގެ ދޮރުގައި ބަންކިޔާފައި ނުހަނު ބާރަށް އެއްޗެއް ޖެހުނު އަޑަށް މިލީންވެސް އެއްލިގެން ދިޔައެވެ. ވީގޮތް ބަލަން ދާންވެގެން އޭނަ ދޮރުހުޅުވަން މަސައްކަތްކޮށްކޮށް އެކަމެއް ނުވިއެވެ. މިލީން ހާސްވެހުރެ ދެން ދިމާކުރީ ވޮޝްރޫމްގެ އެފަރާތުގައި ބްލަރސްކްރީން ތަތްކޮށްފައިވީ ކުޑަދޮރުތަކަށެވެ. އެތަނުންވެސް ހުޅުގެ އަސަރު އެހިސާބަށްވެސް ފޯރައިފިއެވެ. ބްލަރސްކްރީން އިންވެސް ފުސްކަމާއި އެކީގައި ފެތުރެމުން ދިޔަ ހުޅުގަނޑު ފެންނަމުން ދިޔައެވެ. އެއްފަރާތުގައި ހަރުކޮށްފައި ހުރި ދަގަނޑު ޓިޝޫ ބޮކްސް ނަގާ ކުޑަދޮރުތަކާއި ދިމާލަށް އެއްލާލުމުން ނުލާހިކު ފަސޭހައިން އެ ތަޅައިގެން ދިޔައެވެ. އެންމެ ފަހުފަހަރަށް ވޮޝްރޫމްގެ ދޮރަށް ބަލާލާފައި މިލީން ކުޑަދޮރުން ބޭރަށް ފުންމާލިއެވެ. ކިތަންމެ ބަލައިގެން ފުންމާލިކަމުގައި ވިޔަސް މިލީންގެ ކަނދުރާ އާއި ވީ ފަޅިން ބައެއް ފިހުނެވެ.

އެތަނުން ނުކުމެވުނުހާ އަވަހަކަށް މިލީން އަތްދަބަހުގައި ހުރިހާ އެއްޗެއް ހަމަތޯ ބަލާލިއެވެ.  ދަބަހުގައި އޮތް ސިޓީއުރަތައް ގުނާލިއެވެ. އެއީ އޭނަ ނެގި ފައިސާތަކެވެ. ކާޑުވެސް އޭގެ ބޭނުންޖެހިދާނެކަމަށް މިލީން ލިއެވެ. ލައިގެން ހުރި ދޫ ޓީޝާޓް ރަނގަޅުކޮށްލާފައި މިލީން އަޅާއިތިކޮށް ދުއްވައިގަތްއިރު އެމްބިއުލާންސްގެ އަޑުތައް އިވެމުން ދިޔައެވެ.

 

***

 

އެހަނދާންތައް އާކޮށްފައި މިޝަލް ދެލޯ ފުހެލިއެވެ. ކަންވީ އޭނަ ހީކުރިގޮތާއި ޚިލާފަށެވެ. އެމީހުންނަށް އިރުޝާދުތައް ސާފުނުވުމުގެ ސަބަބުން ނުވަ މީހުންގެ ފުރާނަ ދިޔައެވެ. ޒައިހާންގެ މަރުގެ ހަބަރު އިވުމުން މިޝަލް ރުއިވަރު އެނގޭނީ ޚުދު އޭނައަށެވެ. މިޝްލާގެ ހާލުބަލާލަން ދާން އޭނަގެ ހިތްތެޅި ފޮޅުނެވެ. ނަމަވެސް މިހާރު އެކަން ކުރާވަރަށްވުރެ މިޝަލް ލަދުގަނެއެވެ. ދެރަވެއެވެ. ޒައިހާންގެ މަރު އޭނައަށް އެޅުވުނީ އޭނަގެ ބޮލުގައެވެ. މިޝްލާގެ ހިތަށްވާނެ ތަދާއި ކުރާނެ އަސަރު މިޝަލްއަށް އަންދާޒާ ކޮށްލަން ދައްޗެވެ. އިތުރުން ޔައުލާންގެ ކާމިޔާބީތަކުގެ ވާހަކަ އަހާފައި މިޝަލް ދެރަވެހުރެ ވެސް ޔައުލާންއާއި ދޭތެރޭ ފަޚުރުވެރިވިއެވެ. މޮޔަވާވަރަށް އޭނަ ޔައުލާންގެ މަތިންވެސް ހަނދާންވެއެވެ. ހަޔާތުގެ އެންމެ ދަތި ވަގުތުތަކުގައިވެސް އޭނަ އާއި އެކީގައިވީ ޔައުލާން ކަމަށްވާތީއެވެ.

ދެން އޭނަ މައިގަނޑު އަމާޒަކަށް ހެދީ ޝަފްވާން ހާސިލު ކުރުމެވެ. އަދި ބައްޕަމެންނާއި ބައްދަލު ކުރުމެވެ. މިޝްލާ އެދުވަހު ބުނި ހުރިހާ އެއްޗެއް ވަނީ މިޝަލްގެ ސިކުނޑީގައި ނޯޓް ކުރެވިފައެވެ. އަލީ ނަވާލް، މުހަންމަދު ރީއަލް އަދި ހައްވާ މިއަލް ވަނީ މިޝަލްގެ ހިތުގައި ބިންވަޅުނެގިފައިވެއެވެ. ދެން މިޝަލް ބަލާލީ އެނދުގެ އެއްފަރާތުގައި ހުރި ކުޑަ މޭޒުމައްޗަށެވެ. “މަރިޔަމް މިޝަލް ޒާހިރު” އޭ ޖަހާފައިވާ އައިޑީ ކާރޑަށް ބަލާލާފައި މިޝަލް ފުންނޭވާއެއް ލިއެވެ. އެއީ މިއަލް އާއި މިޝްލާގެ ނަމާއި ގުޅުވާފައި މިޝަލް ޚިޔާރުކުރި ނަމެކެވެ. މިހާރު އޭނައަކީ “ޓޮމްބޯއި”އެކެވެ. އޭނަ ލައި އުޅެނީވެސް ފުޅާ ބެލްސް ނުވަތަ ސޯޓްކޮޅުތައް އަދި އެހާ ގަޔަށް ދޫ އޯވަރސައިޒް ޓީޝާރޓްތަކެވެ. މީހަކަށް އޭނަ ވަކިކުރަން އެނގިދާނެތީ މިޝަލް އުޅެނީވެސް މާސްކް ނުވަތަ ސްކާރފްތަކުން މޫނު ނިވާކޮށްގެންނެވެ. ފަހަތުން ނުވަތަ ދުރުން މީހަކަށް އޭނަ ފެނިއްޖެނަމަ އޭނަ އަކީ އަންހެން ކުއްޖެއްކަން މީހުންނަށް ލަފާކުރަން ދަތިވާނެއެވެ.

މިޝަލް ގަޑި ބަލާލިއެވެ. ދިހަގަޑި ބައިވަނީއެވެ. “ޝަފްވާން…” އެނަން ކިޔާލިއިރު މިޝަލްގެ ތުންފަތް މަތީގައި ހިނިތުންވުމެއް ދުވެލިއެވެ. އެހިތުގައިވަނީ ނުގުޑާ ފަދަ އަޒުމެކެވެ. އޭނަ ޝަފްވާން ހާސިލް ކުރާނެއެވެ.

 

= ނުނިމޭ =

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

yooon
Follow Me Written By

yooon

10 Stories100 Comments100 Login100 Stories500 Comments

Transcend reality in this little safe space <3

Other Articles

Previous

ދިމާވި އާދަޔާ ޚިލާފް ޒުވާނާ (ތިރީސް ހަތަރުވަނަ ބައި)

Next

ގާތުގާވުމަށް ހިތް އެދެނީ (19)

Next
September 5, 2021

ގާތުގާވުމަށް ހިތް އެދެނީ (19)

Previews
September 4, 2021

ދިމާވި އާދަޔާ ޚިލާފް ޒުވާނާ (ތިރީސް ހަތަރުވަނަ ބައި)

8 Comments!

  1. Rooya Xek says:
    September 4, 2021 at 8:25 pm

    Whn next???? Love it ????

    1. yooon yooon says:
      September 5, 2021 at 10:25 pm

      Thankyoou so much Rooya Xek ?? Insha allah maadhan up kolladheynan part 18th

  2. Aishath Faruha Abdulla says:
    September 5, 2021 at 10:39 am

    Alheyy… Keehve Mi part Ehaa lass v…… Mihaaru mi bai up vithoa balaai balaai varubali vehje… ?By the way Masha Allah Mi part vx varah reethi…. ?When next??? Curiously waiting for the next part……. Thankolheh Avass kohlaathi pls….. ❤️

    1. yooon yooon says:
      September 5, 2021 at 12:52 pm

      Swry dear studies ga vrh busy koh ulheythee las v.. And thankyou so much Faruha ?? Next insha allah tmrw up kolla dheveythw balaanan ? Keep waiting.. Stay safe n tgc

    2. Aishath Faruha Abdulla says:
      September 5, 2021 at 9:10 pm

      Engey keehvehey ahaairu vx buxy v makan lass v up vaaleh.. Sorry ehn ehunee thee… ?Aslu komme meehaku vx emeehehge amilla kankan kohfa hobby eh ge gothugai dhw makahala kankan kuraanee?……. Ekam vx hama lass v thee shakuvaa kohlevunee…. ?Adhi vx ehfaharu sorry….?and I’m waiting…… ❤️
      S S TVGC

    3. yooon yooon says:
      September 5, 2021 at 10:24 pm

      Ehehe its alr dearlss swry nubunaane ? And thanks again Faruha.. You stay safe n tgc too

  3. DevilBoy says:
    September 5, 2021 at 5:47 pm

    New cover fenuneeh suren hama visneny Mishal ey kaaku kama dhey therey. Ey Mileen dho. Varah shocked. Ekamaku Maasha allah varah furihama. Creativity and the concept ah bunaane baheh ney. Keep it up yoon.
    Your biggest FAN

    1. yooon yooon says:
      September 5, 2021 at 10:22 pm

      Thankyou so much DevilBoy ?? Thats so sweet of you.. I’m rlly happy to hear that.. Insha allah will always do my best ? Once again thanks a lot

Comments are closed.

Next Episodeތި ސޫރަ ނޫން 18←


All Right Reserved!