* އެކުގައި ވަގުތުކޮޅެއް ހޭދަކޮށްފައި އަހުނަފާއި ތަނާ ދިޔުމުން މިއަލް އުއްޑުން އޮށޯވެލިއެވެ. އޭނާގެ ހަނދާނަށް ދެން އައީ ޝަފްވާން ވޮލެޓަކުން ވައްކަން ކުރި ހަނދާނެވެ. އެދެމެދުގައި ހިނގާ ކުދިކުދި ވަގުތުކޮޅުތަކުގެ ތެރޭ އޭނާގެ ސިކުނޑި ރަނގަޅަށް މަސައްކަތް ކުރާހެން މިއަލްއަށް ހިޔެއް ނުވެއެވެ. އެ ވާހަކަ އަހަން އުޅެފައި ވެސް އެކަން ހަނދާނުން ކައްސާލައިގެން ދަނީ އޭނާ ސިހުރެއްގައި ޖެހިފައި ވާ ފަދައިންނެވެ. އެ ރީތި ލޮލާއި ހީނލުމަށް ބަލަން އޭނާއަށް އަބަދުހެން ހުރެވެނީ ގެއްލިފައި […]
* “އެކަމަކު ތިކަމަށް އަހަރެން ވެސް އެއްބަސްވަން.. އެކަމް މިގޭގައި ހުންނާކަށް ބޭނުމެއް ނޫން. ނަވާލަށް މީހުންގެ ބަސް ރައްދުވާން ބޭނުމެއް ނޫން..” މިޝްލާ ހާމަކުރީ ހަގީގަތެވެ. އޭނާއޭ ކިޔައިގެން ކޮންމެ އެއްޗެކޭ ކިޔަސް ނަވާލޭ ކިޔައިގެން އަޑުއަރަން އޭނާ ނޭދެއެވެ. ނަވާލް ކުޑަކޮށް ހިނިތުންވެލިއެވެ. “އެންމެ ރަނގަޅު.. ތި ނިންމުން ބަދަލުވެއްޖެނަމަ މިލްރީޝް ވޭލީ އަބަދުވެސް މިޝްލާއަށް މަރުހަބާ ކިޔާނެ..” ނަވާލް ބުނެލިއެވެ. މިޝްލާ ކުޑަކޮށް ހީނލާފައި ބޭރަށް ނިކުތެވެ. މިޝްލާ ލައިދޭންދާން ހިތް ގޮވިޔަސް […]
* ގަނޑަށް ވެސް ވަނީ ފާޑެއްގެ މުށިކުލައެއް އަރާފައެވެ. އެންމެ ފުރަތަމަ ސޮފްހާގެ އެންމެ މަތީގައި ވަނީ ތާރީޚެކެވެ. މިޝްލާ އެ ތާރީޚާއި މެދު ވިސްނާލިއެވެ. އެއީ ރީއަލްގެ އުފަންވި ތާރީޚާއި ގާތް ތާރީޚެކެވެ. ލިޔެފައިވަނީ ތުނޑުފަލަ ދެލިގަދަ ގަލަމަކުންހެން ހީވެއެވެ. “މިއަދަކީ އަހަރެންގެ ޒަމާންވީ ރަހުމަތްތެރިކަމަކަށް ނިމުމެއް އައި ދުވަހެވެ. ވާނީވެސް އެހެންނެވެ. ބަޔަކަށް ކުލަނެތް ހުވަފެންތަކެއް ދައްކާފައި ފުނޑުފުނޑުވީ އެމީހުން ކުރިމަގަށް ކުރި އުންމީދުތައް އެކަންޏެއް ނޫނެވެ. އެ މީހުންގެ ހުރި ހަމައެކަނި ދަރިފުޅުގެ […]
* ޒިދުޔާ އިނީ ލެޕްޓޮޕް ހިފައިގެންނެވެ. އެންމެފަހުގެ އެސައިންމެންޓް ނިންމަނީއެވެ. އެ ފޮނުވަން ޖެހެނީ އެގާރަ ޖެހުމުގެ ކުރިން ކަމަށް ވާއިރު އޭރު ގަޑިން ދިހަގަޑި ސާޅީސް ވަނީއެވެ. މަސައްކަތްތައް ނިންމުން ލަސްކުރުމަކީ ޒިދުޔާގެ އާދައެކެވެ. ސަބަބެއް ނެތެވެ. “އެއީ މިލީންއެއް ނޫންތަ.؟” ފޯނަށް އައި މެސެޖް ކިޔާލަމުން ޒިދުޔާ ބުމަ އަރުވާލިއެވެ. އައިޒަކްގެ މެސެޖެކެވެ. ކުޑަދުވަހުން ފެށިގެން އެ އެންމެން ތައުލީމު ހާސިލުކުރީ އެއް ސްކޫލަކު ކަމުގައިވާތީ ޖީޝަމް އާއި ޒިދުޔާއަށް ވެސް އެއީ ކާކުކަން […]
* އެ ތިންމީހުން އެތެރެއަށް ވަދެގެން ދިޔައިރު ވެސް މިޝަލްއަށް ރޭކާނުއްޔެވެ. އެންމެފަހުން ހޭވެރިކަމެއްވީ އަނދިރިވެގެން ގޮސް ކައިރީ ހުރި ހުދު ލައިޓް ދިއްލުނުތަނާއެވެ. ދެޖީބަށް އަތް ޖަހާލަމުން މިޝަލް އަނބުރާ ގެސްޓް ހައުސްއާއި ދިމާލަށް ހިނގައިގަތެވެ. މިއޮއް އަނދިރީގައި އޭނާއަށް ދާންވީ ދިމާ އެނގިއްޖެއްޔާ ކިތަންމެހާ ވެސް ރަނގަޅެވެ. * ހަފްތާއެއް ފަހެވެ. އަވިގަދަ އަންގާރަ ދުވަހެކެވެ. ކްލާސްތައް ނިމިގެން މިއަލް ނިކުތީ ހިތްހަމަޖެހިފައި ހުރެއެވެ. ކިޔެވުން ރަސްމީކޮށް ފަށާ ފުރަތަމަ ދުވަހުން ފެށިގެން މިއަދާއި […]
* އޭނަ އުޅޭ ގެއެއް ހޯދައިގެން ޔައުލާން އޭނަ ހޯދަން އައިސްފިނަމަ ދެން މިޝަލް ހަދާނީ ކިހިނެތް ހެއްޔެވެ.؟ ހަމަ އެހެން ހިތަށް އަރާއިރަށް މީހަކު އެޕާރޓްމެންޓްގެ ދޮރުގައި ބާރަކަށް ތަޅައިގަނެފިއެވެ. ސިހިފައި މިޝަލްއަށް ފުންމައިގެން ތެދުވެވުނު ގޮތްވެސް ނޭނގުނެވެ. އެންމެ އަވަހަށް އަތު ޖެހުނު ޓީޝާރޓް ބޮލުން ކޮއްޕާލައިގެން މިޝަލް ދޮރާއި ދިމާލަށް ދިޔައީ މަޑު ފިޔަވަޅުތަކެއްގައެވެ. އެހެން ހުއްޓާ އެމީހަކު ދެވަނަ ފަހަރަށްވެސް ދޮރުގައި ތަޅައިގަނެފިއެވެ. އެއަޑަށް މިޝަލް ދިޔައީ ސިއްސައިގެންނެވެ. ކުޑަކޮށް ފުންމައިވެސް […]
އައްސަލާމު އަލައިކުމް އެންމެ ފުރަތަމަވެސް ހުރިހާ ކިޔުންތެރިން ވެސް ދުޅަހެޔޮ ސިއްހަތެއްގައި ހުރިކަމަށް އުންމީދު ކުރަމެވެ. ގިނަ ދުވަސްތަކެއް ކޮށްފައި ކިޔުންތެރިންނާއި ބައްދަލުވުމުން ޔޫން ވަރަށް އުފާކުރަމެވެ. މި ވާހަކަ ގެނެސްދިނުމުގައި ލަސްތަކެއްވީ ކަމަށް ޓަކައި ކިޔުންތެރިންގެ ކިބައިން ނިހާޔަތަށް މައާފަށް އެދެމެވެ. އަދި ކެތްތެރިކަމާއެކު ވާހަކައަށް އިންތިޒާރު ކުރި ހުރިހާ ކުދިންނަށް ވަރަށް ބޮޑަށް ޝުކުރު އަދާކުރަމެވެ. 2021 ވަނަ އަހަރުގެ ޑިސެމްބަރ މަހު 24 ގައި ޔޫން ޕޯސްޓް ކުރި ‘ކިޔުންތެރިންގެ ސަމާލުކަމަށް’ […]
އެންމެ ފުރަތަމަވެސް ”ތި ސޫރަ ނޫން” ވާހަކައިގެ ބައިތައް ލަސްވަމުން ގެންދާ ކަމަށްޓަކައި ޔޫން މައާފަށް އެދެމެވެ. ޔޫންއަކީ ކިޔަވާ ކުއްޖަކަށް ވާތީ ކިޔަވަމުން އިތުރު ހަރަކާތްތަކަށާއި ގަޑިތަކަށް ދަމުން ވާހަކަ ލިޔުމަށް ވަގުތު ހުސް ނުކުރެވޭތީ އެބައިތައް އަޕްލޯޑް ކުރެވޭލެއް ލަސްވަނީއެވެ. މި އަހަރުތަކަކީ ވަރަށް މުހިންމު އަހަރުތަކަކަށް ވާތީ އާއި އެކީގައި ޔޫން މިހާރު ނިންމާފައިވާނީ ވާހަކަ ލިޔުމުން ބްރޭކެއް ނެގުމަށެވެ. އަދި ގިނަ ވަގުތުތައް ކިޔެވުމަށް ހުސް ކުރުމަށެވެ. އަދި ޔޫން ގަސްތު […]
* “މިޝަލް..” ހޮސްޕިޓަލް ސާފްކުރާ ބައިން މީހަކު ގޮވާލުމާއި އެކީގައި ސެނެޓައިޒަރ ފުޅިއެއް ހިފައިގެން ހުރި މިޝަލް އެނބުރުނެވެ. “ވަރަށް އަވަހަށް ބައްދަލުވުން ބާއްވާ ރޫމަށް..” އެމީހާ އެހެން ބުނެލާފައި ދިޔައީ އެކޮޅަށެވެ. މިޝަލް ދެއަތް ފޮހެލާފައި ލިފްޓަށް އެރިއެވެ. “ކީކޭތޯ..؟” މިޝަލް އެތެރެއަށްވަދެ އަދަބުވެރިކަމާއި އެކީގައި އަހާލިއެވެ. “އެކޮޅު ރަށުގެ ހޮސްޕިޓަލަށް ބޭނުންވާ ބައެއް ސަޕްލައިސް ފޮނުވާއިރު ދާ ޓީމްގައި ހިމެނުނު ވާހަކަ އަންގާލަންވެގެން..” ގޮނޑީގައި އިށީނދެގެން އިން ފިރިހެން މީހާ ބުނެލައިފިއެވެ. މިޝަލް އިތުރު […]