* ޝަފްވާން ޝައްޔާނަށް ބަލާލީ ހިނިއައިސްހުރެއެވެ. އަދި ޝައްޔާނަށް މިއަލް ކަމުދޭތޯ އެއްސެވެ. ކުޑަކޮށް ހީނލާފައި ޝައްޔާން ބޯ ޖަހާލުމުން ޝަފްވާނަށް ނުހުރެވިގެން ހެވުނެވެ. ޝައްޔާން ވީ ހައްތަހާވެސް ރަތްކެވެ. އާ ކަމަކަށް ވުމުން އޭނާއަށް ހަދަންވީ ގޮތް ނޭނގެނީއެވެ. ސިފްރާ އޭނާއަށް ވެސް މިއަލް ވަރަށް ކަމުދާކަމަށް ބުންޏެވެ. ހިތަށް ލިބުނު ފިނިކަމާއެކު ޝަފްވާން ނުހަނު އުފާވިއެވެ. ކެއުން ކުރިއަށް ދިޔައީ އެންމެންގެ މެދުގައި ތަފާތު އެކި ވާހަކަ ދެކެވެމުންނެވެ. އަހުނަފް ގުޅަން ފެށުމާއެކު ޝަފްވާން […]
* ޓަކި ޖަހާލިއަޑަށް ކަށްޓެއް ޖެހިހެން މިޝަލް ތެދުވެ ދޮރު ހުޅުވާލަދިނެވެ. ބޭރުގައި ހުރި މިއަލް ވެސް އަތްދަބަހާއި ކުޅެން ހުރިގޮތުން އޭނާވެސް މިޝަލްއެކޭ އެއްފަދައިން ހުރީ ނުހަނު ނުތަނަވަސްވެފައިކަން މިޝަލް ނަގައިގަތެވެ. އިށީންނަންވީ ތަން ދައްކާފައި މިޝަލް އައީ ދެތަށި ކޮފީ ހިފައިގެންނެވެ. އާވި އަރައަރާހުރި ތަށިން މިއަލް ކޯވަރެއް ބޯލީ ހިތުގެ ތެޅުމަށް ލުޔެއް ލިބޭތޯއެވެ.* “އިނގޭ ކުރަން ބޭނުންވެފައި ބައިވަރު ސުވާލު ހުންނާނެކަން.. މިއަލް ތައްޔާރުތަ..؟ އައި ވިލް ރިފަރ ޓު މައިސެލްފް […]
* ކުއްލިއަކަށް ގޭގެ ބެލް އަޅަންފެށިއެވެ. އޮތްތަނުން ހިއްލާލަން ޔައުލާން ކަންނެތްވިއެވެ. އޭނާ އޮތީ އެހާވެސް އަރާމުގައެވެ. މިވަގުތު ގެއަށް އަންނާނީވެސް ވަކި ކާކުހެއްޔެވެ. އޭނާ ރީއަލް ފޮނުވީ ތަޅުދަނޑި ދީފައެވެ. އަނެއްކާ މިމްރާހު ހެއްޔެވެ.؟ * އެހެން ވިސްނަން އޮއްވާ ދެން އިވުނީ ފިންގަރ ޕްރިންޓް ޖަހައިގެން ދޮރު ހުޅުވި އަޑެވެ. އެ އަޑަށް ޔައުލާން ވަގުތުން ކޮޅަށް ޖެހުނެވެ. އަދި ވަގުތުން ދޮރުހުޅުވާ ބޯދިއްކޮށް ބަލާލިއެވެ. އެތަނުގައި އަތްދަބަހެއް އަޅުވައިގެން ހުރި މިޝަލް ފެނި […]
* “ޝައްޔާން..؟ ޝައްޔާން ވަހީދު..؟” އަމިއްލަ ނަފްސަށް ބުނަން އުޅުމުގެ ތެރޭގައި މިއަލްއަށް އެހެން ބުނެވުނީ ތަންކޮޅެއް ބާރަށެވެ. އެހާވަރުން އޭނާ ޔަގީންކުރަން ބޭނުންވީ ކީއްވެގެންކަމެއް ނޭނގުނެވެ. * އެ ފިރިހެންކުއްޖާގެ ފިޔަވަޅުތައް ހުއްޓުނެވެ. އަދި އިސްއުފުލާލާ ބަލާލީ ހަށިގަނޑު ތަންކޮޅެއް ސީދާ ކޮށްލަމުންނެވެ. ހޭވިފައިވާ އިސްތަށިގަނޑުގެ ތެރެއިން މިއަލްއަށް ފެނުނީ ކަޅު ފުން ދެލޯ އެކަންޏެވެ. ތުންފަތްމަތީ ކަޅުތިލައެއް ހުރިއިރު މޫނުމަތިން ޝަފްވާނާއި ކުޑަކޮށް ވައްތަރުވިއެވެ. ޝައްޔާން ބަލާލީ ފަރުވާކުޑަގޮތަކަށެވެ. އެއާއެކު އޭނާގެ ދެލޮލުން ކުޑަ […]
* “ދަ ވޭވްސް އެންޑް ޔޫ..” އެތަންކޮޅު ކިޔާލާފައި މިޝަލް ލޯހަނިކޮށްލިއެވެ. އެއާއެކު ކޭސްގެ ރީތި ލަވައެއް ހިއްސާކޮށްފައިވެއެވެ. މިޝަލް އަދި ރަނގަޅަށް ބަލާލުމާއެކު ދުވަހަކާއި ގަޑިއެއް ލިޔެލާފައި ވާތަން ފެނުނެވެ. ވަރަށް ރަނގަޅަށް ބަލައިގެން ނޫނީ ފާހަގަ ނުވާހާ އިބާރާތްކޮޅު ސައިޒުން ކުޑައެވެ. މާދަމާ ފަހެއް ޖަހާއިރެވެ. ހިތާހިތުން މިޝަލް ސިކުނޑީގައި އެކަން ނޯޓްކޮށްލިއެވެ. މާދަމާ އެ އަންހެންކުއްޖަކީ ކާކުކަން އޭނާ ހޯދާނެއެވެ. ޝަފްވާން ވެސް ސިއްރުން އުޅޭވަރުން އެކުއްޖެއްގެ އެންމެ ފޮޓޯއެއްހާ ހިސާބު ވެސް […]
* މިއަލްގެ ބަސްތަކުން ޝަފްވާނަށް ހީވީ ދިރުމެއް ލިބުނުހެންނެވެ. ހަގީގަތުގައި ވެސް ހުއްޓާލެވޭތޯ އޭނާ މަސައްކަތް ކުރާތާ ދުވަސްކޮޅެއް ވެއްޖެއެވެ. ނަމަވެސް މާ އެދެވޭ ނަތީޖާއެއް ނުނިކުންނާތީ އޭނާ ނާއުންމީދު ވަނީއެވެ. އޭނާ އަނދިރިކަމުން ފުރިގެންވީ ހޮހޮޅައެއްގައި ގެއްލިފައި ހުއްޓާ މިއަލް މިވީ ރޯވި ދަންމަރަށެވެ. ކޮނޑުގައި އޮތް މިއަލްގެ އަތުގައި ހިފާލަމުން ޝަފްވާން މަޑުމަޑުން ބޯ ޖަހާލިއެވެ. އޭނާ އިތުރަށް މަސައްކަތްކުރާނެކަމަށް ބުނަމުންނެވެ. މިއަލް ހީނލާފައި ބޯ ޖަހާލިއެވެ. އަދިވެސް އެއްފަހަރު ޝަފްވާނަށް އެކަން ވާނެއޭ […]
* “އެކުއްޖާފުޅު އުޅެބޮޑުވީ ކިތަންމެ ހާލުގައި ކަމަށްވިޔަސް އޭނާއަކީ ހިތްވަރުގަދަ ކުއްޖެއް.. ހިތަށް އަރާ ޝަފްވާނަކީ އަސްލު ވެސް ދައްތަގެ ދަރިއަކަށް ވީ ނަމައޭ..” ހައިފާ އެހެން ބުނެލީ ހިތާމަވެރި ގޮތަކަށް ހީނލަމުންނެވެ. މިއަލް ބޯ ޖަހާލީ ހައިފާގެ ވާހަކަކޮޅާއި އެއްބަސްވަމުންނެވެ. އަދި ވިސްނާލިއެވެ. ޝަފްވާންގެ މާޒީއަށް އިޝާރާތްކޮށް ހައިފާ މި ބުނެލި ވާހަކައިން އިހުނަށްވުރެ ވެސް ޝައުގުވެރިވެއްޖެއެވެ. * 34 ޕާޓް 1 ދެމީހުންގެ ވާހަކައަށް ނިމުމެއް އައީ ކުރިން ވެސް ހުޅުވާފައި […]
* “ކޮންމެ ދުވަހަކުވެސް ތި އަންނަނީ ހިނގާފައެއްނު..” ނަވާލު ފެންތަށި ދިއްކޮށްލީ ބަލާވެސް ނުލައެވެ. މާ ނުވާކަމަށް ހެދިގެން އުޅުނަސް މިޝްލާ ކުޑަމިނުން ކާރެއްގައި އަންނަނަމައޭ ނަވާލުގެ ހިތަށް އަރައެވެ. މިޝްލާ ޝުކުރުއަދާކުރަމުން އޭގައި ހިއްޕެވެ. ދަބަހުން ފޮތްނަގާ ހުޅުވާލީ ނިންމި ހިސާބުން ކުރިއަށް ދިޔުމަށެވެ. ނަވާލު ވެސް އައިސް އިށީނެވެ. އޭރު ގޮސްފައިވާ ހިސާބު އިހުސާސްކުރެވި މިޝްލާ ފިނިވާގޮތްވިއެވެ. އޭނާ ނަވާލަށް ކަޅިއެއްލީ ނަވާލަށް ވެސް އެކަން އިހުސާސްވޭތޯ ބަލާލުމަށެވެ. ކިޔުނު ހިސާބަށް އެންމެ ދޮގެއް […]
* މިއަލް ވާހަކަ ކިޔަން އިންދާ ނުދަންނަ ނަންބަރަކުން ގުޅަންފެށިއެވެ. މިއަލް ކުޑަކޮށް ނުކެރި އިނދެ ފޯނު ނެގިއެވެ. މުހިންމު ކޯލަކަށް ވެދާނެތީއެވެ. އެކޮޅުން ފިރިހެނެއްގެ އަޑު އިވުނުހެން ހީވިއެވެ. އެހެނަސް ކީ އެއްޗެއް ސާފެއް ނުވިއެވެ. “ތިއީ ކާކު..؟” މިއަލް އެއްސެވެ. މިއަލްގެ އަޑު އިވުމާއެކު އެކޮޅުން ބަރު ހިނިގަނޑެއް ޖަހާލިއަޑު އިވިގެންދިޔައެވެ. މިއަލްގެ ގައިން ހީބިހި ނަގައިގަތެވެ. އެއާއެކު ނުބައި ބިރެއް އައިސް މީހާ ވަށާލައިފިއެވެ.* “ރިޒްވާން..؟؟” މިއަލްއަށް އަހާލެވުނެވެ. “ކޮންތާކަށް ގޮސް ފިލައިގެން ތިއުޅެނީ..؟ […]