Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމައެހެނިހެންލޯބި

ތި ސޫރަ ނޫން 24

yooon
yooon 10 Stories100 Comments100 Login100 Stories500 Comments
September 24, 2021 6 Mins Read
9 Comments

* ކިއަނާ މަޑުމަޑުން ފަހަތަށް އެނބުރުނެވެ. ކިއަނާގެ ކަޅި ލަސްލަހުން ދަތުރުކުރީ ގޭގެ މައިދޮރާއި ވީ ދިމާލަށެވެ. ކިއަނާ އެދިމާލަށް ބަލަހައްޓައިގެން ހުރުމުން ނަވާލްވެސް ބަލާލިއެވެ. ނަވާލްގެ ދެފައިން ވާގިދޫވާން އުޅުނުހެން ހީވިއެވެ. “ނަވާލް.. އައި ކޭން އެކްސްޕްލެއިން…….” މިޝްލާގެ އަޑުގައިވަނީ ޖެހިލުންވެފައިވާ ކަމުގެ އަސަރުތަކެވެ. އެ ވަށްމޫނުން ބިރުވެރިކަމުގެ އިންޒާރު ދެމުން ގެންދިޔައިރު ނިތްމަތި ދަލުން ތެމިފައިވެއެވެ. އެތައް އިރެއް ވަންދެން ދެމީހުން އެކަކު އަނެކަކުގެ ދެލޮލަށް ބަލަން ހުއްޓެވެ. އެންމެފަހުން ނަވާލްގެ ދޫ ހަރަކާތް ކުރިއެވެ. ”މިޝީ…” *

“އަހަރެން އިތުރު ވާހަކައެއް އަހާކަށް ބޭނުމެއް ނޫން..” މިޝްލާ އެއްޗެކޭ ބުނަން އަނގަ ހުޅުވާލިތަނާ ނަވާލް އަތް އުފުލާލާފައި އެކަން މަނާކުރިއެވެ. “އެކަމަކު……” “މިޝްލާ އަހަރެން މި ދައްކާ ވާހަކަ އަޑު ނީވެނީތަ..؟” ނަވާލް އެ ބުނި ޖުމްލައަށްވުރެ ބޮޑަށް މިޝްލާގެ ހިތް ޒަޚަމްކޮށްލީ އޭނަ އާއި ދިމާލަށް މިޝްލާއޭ ކިޔާ ނަވާލް މުޚާތަބު ކުރި ގޮތުންނެވެ. “ނަވާލް ޕްލީޒް.. އެންމެ ފުރުސަތެއް ނަމަވެސް ދީބަލަ.. އަހަރެން މިއައި ސަބަބު ބުނެދޭން.. ހަމަ އެންމެ ފުރުސަތެއް..” މިޝްލާގެ އަޑު ކުރެހުނެވެ. “މިބުނީނު ބޭނުމެއް ނޫނޭ…” އެއަޑަށް ހަރުކަށިކަން ގެންނަން ބޭނުންވިޔަސް ނަވާލްގެ އަޑުވެސް ތުރުތުރުލައިގަތެވެ. ކިއަނާ ހުރީ މެދުގައި ހަދާނެގޮތެއް ނޭނގިފައެވެ. މިޝްލާ ފެނުނު ފުރަތަމަ ފަހަރުވެސް އެއީ މިއަލް އާއި ގުޅުމެއްވާ ފަރާތެއްކަމަށް ކިއަނާއަށް ހީވި ނަމަވެސް މިހާރު މިވަނީ ޔަގީންވެފައެވެ. މިއަލްގެ މަންމައެވެ. އެހާ ދުވަސް ވަންދެން މިއަލް އިންތިޒާރުކުރި މަންމައެވެ. “ނަވާލް…..” މިޝްލާ އާދޭހުގެ ރާގަކަށް ނަވާލްގެ ނަން ކިޔާލައިފިއެވެ. މިޝްލާ ދުރުކުރަން ހުރި ނަވާލްގެ އަޒުމަށް ލޮޅުން އަރަންފެށިއެވެ. އެކަރުނަވީ ދެލޮލުން ނަވާލްގެ މޫނަށް ބަލަމުން ގެންދިޔަގޮތާއި ވޭނީ ގޮތަކަށް ކިޔާލާ އޭނަގެ ނަން ގެންދިޔައީ ނަވާލްގެ ހިތަށް އަސަރު ކުރުވަމުންނެވެ.

“މިޝީ އަހަރެން…” ނަވާލްގެ ޖުމްލަ ކަރުތެރޭ ތާށިވިއެވެ. ކުރިއަށް ގެންދާނެގޮތެއް ނުވިސްނުނީއެވެ. “މަންމާ..” ތަނުގެ ހިމޭންކަން ފޫދުއްވާލީ ރީއަލްގެ ކުރަކި އަޑުންނެވެ. އިސްޖެހިފައިވާ މިޝްލާ އިސް އުފުލާލިއިރު ދެލޯބޮޑުކޮށްލާފައި ނަވާލް ފަހަތަށް ބަލާލަނީއެވެ. އޭރު ހަމައެކަނި އަޅި ސްވެޓްޕޭންޓްސް އެއްގައި ރީއަލް ދޮރުމަތީގައި ހުއްޓުން އަރާފައި ހުއްޓެވެ. އަތުގައި ބާލީސް އޮތްއިރު ރީއަލްގެ ލޮލަށް ކަރުނަ ފާއްދާލަން ނެގީ ހިނދުކޮޅެކެވެ.

މިއަލްއަށް އިނދެވުނުގޮތް އިހުސާސްވީ އޭގެ ސަތާރަވަރަކަށް މިނެޓް ފަހުންނެވެ. އަވަހަށް ދެލޯ ފުހެލާ މިއަލް ޔައުލާން އާއި ދުރަށް ޖެހިލައިފިއެވެ. ކަރުނަތައް ހުއްޓުވަން ބޭނުންވިޔަސް އެކަމެއް ނުވެއެވެ. އެހިތަށް ތަދުވެފައިވަނީ މާބޮޑަށެވެ. “އެލް.. މީ…” ޔައުލާންގެ އަޑު ބެދުނެވެ. “މީ އަހަރެމެން ކެތްތެރި ވާންޖެހޭ ވަގުތު.. ދުއާ ކުރަންވީ.. ސުވަރުގެއިން އަހަރެމެންނާއި ލީން އާއި ބައްދަލުވޭތޯ..” ފަޅިފަޅި ވެފައިވީ ހިތަކާއި އެކީގައިވެސް ޔައުލާން މިއަލްއަށް ހިތްވަރު ލައިދިނެވެ. “އަހަންނާއި ބައްދަލުވުމުގެ ކުރިން…” މިއަލްއަށް ގިސްލެވުނެވެ. “ވައި އިޒް ދިސް ސޯ އަންފެއަރ ޔުއެލް..” މިއަލް މޫނުމަތީގައި އަތް އެޅިއެވެ. “ޝްޝްޝް.. ތިހެން ބުނާކަށް ނުވާނެ.. ﷲ އޯލްވޭޒް ހޭޒް ދަ ޕާރފެކްޓް ޕްލޭން ފޯރ އެވްރީވަން އެންޑް އެވްރީތިންގ.. އަދި ހެޔޮ މިންވަރާއި ނުބައި މިންވަރަށް އީމާންވާން ޖެހޭނެ.. ކެތްތެރިވާން ޖެހޭނެ.. ދިސް އިޒް އަ ހާރޑް ސިޗުއޭޝަން.. ފޯރ ބޯތް އޮފް އަސް.. އައި ނޯ ދެޓް.. އައި ކޭން ފީލް މައި ހާރޓް އޭކިންގ ޓޫ.. ޝީ ވޯޒް…” ޔައުލާންގެ އަޑު އަނެއްކާވެސް ބެދިގެން ދިޔައެވެ.

“ޝީ ވޯޒް..؟” މިއަލްއަށް އެބައި ފާހަގަވިއެވެ. “އާނ އެލް.. މިލީން އެއީ އަހަންނަށް ވަރަށް ޚާއްސަ ކުއްޖެއް.. އޯލްދޯ އައި ނެވަރ ޓޯލްޑް އެނީވަން.. ނައިން ޓެން ހިސާބުގައި ޔަގީންވި އަހަރެންގެ ހިތުގައި މިލީންއަށް ދެވިފައިވަނީ ހަމައެކަނި އެންމެ ގާތްއެކުވެރިޔާގެ ދަރަޖަ ނޫންކަން.. އިޓް ވޯޒް މޯރ ދެން ދެޓް.. އެތައް ދުވަހެއް ވަންދެން އަހަރެން ލީން ދެކެ ލޯބިވިން.. ލީންގެ ހިތުގައި ވޯ އެހެން މީހެއް ނަމަވެސް އެކަން ބަލައިގަތިން.. އެކުވެރިކަންވެސް ގެއްލިދާނެކަމުގެ ބިރަށް އަހަރެން ހުރީ ލީންއަށް ވީ އިހުސާސްތަކަށް ފަސްއަޅައިގެން.. އެހެން އަންހެންކުއްޖަކާއި ގުޅުމުގެ ޚިޔާލުވެސް ނުކުރަނީ ލީން ހުރީތީ.. މަ ހީކުރީ ދުވަސްކޮޅެއް ވީމައި އެކަން ހިތުން ފިލާނެކަމަށް.. އަދި އެހެން ކުއްޖެއް މި ހަޔާތް ފަޅުފިލުވާދޭނެކަމަށް.. އެކަމަކު އެހެންނެއްނުވި.. ދުވަހަކަށްވުރެ ދުވަހަކުން ލީންދެކެ ވީލޯބި ދިޔައީ އިތުރުވަމުން.. އައި ކުޑް ނޮޓް ސްޓޮޕް ލަވިންގ ހަރ އޯރ މިސިންގ ހަރ ވެން ޝީ އިޒް ނޮޓް އެރައުންޑް.. އެލް ފުރަތަމަ ފެނުނީމައި އެހާ ފާޑަކަށް އުޅެވުނީވެސް ލީންގެ މަތިން ހަނދާންވާވަރުން.. އެކަމަކު ދެން… ލައިފް ޓުކް އަ ޓަރން ނޯވަން ވޯޒް އެކްސްޕެކްޓިންގ.. ލީން އަހަރެމެންނާއި..” ޔައުލާން އެހިސާބަށް ހުއްޓާލާފައި ދުރު ބަލަންފެށިއެވެ.

އެވާހަކަތައް އަޑުއަހަން މިއަލް އިނީ ހައިރާން ވެފައެވެ. ރަށުގައިވެސް ޔައުލާން އެފަދަ ވާހަކައެއް ނުދައްކާތީ އޭނައަށް ފަހުން ހީކުރެވުނީ މިލީން އާއި ޔައުލާންއަކީ ވަރަށް ގާތް ދެ ރައްޓެހިން ކަމަށެވެ. ނަމަވެސް ހަގީގަތަކަށް ވީ ޔައުލާން މިލީންދެކެ ހިތާއި ފުރާނައިން ލޯބިވާކަމެވެ. މިއަލްގެ ދެލޯ އަނެއްކާ ވެސް ފުރުނެވެ. “ގެއަށް ދާން ނުވަނީ..؟” ޔައުލާން އަހާލިއެވެ. “ނޫން.. ހިނގާދާން..” އޮއްސެމުން ދިޔަ އިރަށް ބަލާލާފައި މިއަލް ތެދުވެ ހެދުން ރީތި ކޮށްލިއެވެ. “ދެން.. މަންމަމެން ކޮބާ..؟” މިއަލް އެއްސެވެ. “މިއްތަ ދޯ..” ޔައުލާން ކުޑަކޮށް ހީނލިއެވެ. “މިއްތަ ވަރަށް ހާޓްބްރޯކެން ވެފައި އިނީ..  އެކަމަކު މިހާރު ފުދޭވަރަކަށް ރަނގަޅު އަލްހަމްދުލިއްﷲ.. އަދި ދުނިޔެދޫކޮށް ދިޔައީ ލީން އެކަންޏެއް ނޫން.. ލީންގެ ބައްޕަ.. ދޮންބައްޕަވެސް.. ޒާހުބެވެސް..” ޔައުލާން ބުނެލިއެވެ. ޒައިހާން އަކީ ކާކުކަން ޔައުލާން ކުރިން ބުނެދީފައިވާތީ މިއަލްއަށް އެނގުނެވެ. މިއަލް ތުންފަތުގައި ދައިގަތެވެ. އަދި މިޝްލާއަށް ކިހާ އަސަރެއް ކުރާނެހެއްޔެވެ.؟ ޒައިހާން އަދި މިލީންވެސް އޭނަ ދޫކޮށް ދިޔައީއެވެ. މިޝްލާގެ ހިތްވަރުގަދަކަމަށް މިއަލްއަށް ހިތާހިތުން ތައުރީފްކުރެވުނެވެ. އޭނައަކީ މިޝްލާނަމަ ހިތުގައި އަޅާ ވޭނަށް ކެތްނުކުރެވިގެން އެކަނިވެސް މަރުވީސްކަން ޔަގީނެވެ.

“އެލް..” އަހުނަފް މާދުރުން ހަނާ އަޅާލިއެވެ. ޔައުލާންއަށް ފަހުން ގުޅާނެކަމަށް ބުނެފައި މިއަލް އަހުނަފް އާއި ދިމާލަށް މިސްރާބު ޖެއްސެވެ. އޭރު ޝަފްވާން އިޒާ އުރާލައިގެން ހުއްޓެވެ. “އަނެއްކާ ބިޓުތަ..؟” މިއަލް އަރާ ހަމަވުމުން އަހުނަފް ޖެއްސުމުގެ ރާގަކަށް އެއްސެވެ. މިއަލްއަށް ފުރަތަމަވެސް ބަލާލެވުނީ ޝަފްވާންގެ މޫނަށެވެ. އޭރު ޝަފްވާން މިއަލްގެ މޫނަށް ބަލަހައްޓައިގެން ހުރިގޮތުން ހީވަނީ އަވަސް ޖަވާބެއް ބޭނުންވެފައި އިން ހެންނެވެ. “ނޫން.. ޖަސްޓް އަ ފްރެންޑް..” މިއަލް މަޑުމަޑުން ޖަވާބެއް ދިނެވެ. ޝަފްވާންގެ ކުލައޮއްސިފައިވާ މޫނަށް އުޖާލާކަން ވެރިވީ ކަނު އަނދިރި ދުވަހެއްގެ އިރު ދައްކާލި ފަދައިންނެވެ. ދަތްކޮޅު އެކީއެކަށް ފެނިގެން ދިޔައިރު ޝަފްވާން މިއަލްގެ މޫނަށް ބަލާލީ އުފަލުން ފޮޅިފައެވެ. ޝަފްވާންގެ މޫނަށް ވެރިވި ކުލަތައް ފެނިފައި މިއަލްގެ ތުންފަތްމައްޗަށް ވެސް ހިނިތުންވުމެއް ވެރިވާން އުޅުނެވެ. ނަމަވެސް ޝަފްވާނަށް ފެނިދާނެތީ މިއަލް އެ ޝުއޫރުތައް އަވަހަށް ފޮރުވާލައިފިއެވެ. “ކަމެއް ގޯސްވީތަ..؟” މިއަލްގެ މޫނުމަތިން މާޔޫސްކަން ފެނުމުން ތަނާ އަހާލިއެވެ. ”މްމް ނޮޕް..” މިއަލް ބޯ ހޫރާލިއެވެ.

“މަށާއި ތަނާ އާއި އިންނު މިދަނީ ދުރުމަގުން ހިނގާލާފައި.. މިއަލް ދާން ހިނގާ..” އަހުނަފް މިއަލްގެ އަތުގައި ހިއްޕެވެ. އޭގެ ކުރިން ޝަފްވާން މިއަލްގެ އަނެއް އަތުގައި ހިފާލައިފިއެވެ. އަހުނަފް އާއި މިއަލްވެސް ޝަފްވާންގެ މޫނަށް ބަލާލީ ހައިރާންވެފައެވެ. “ކާރު އެބައޮތެއްނު..؟ ދަންތަ ލައިދޭން..؟” ޝަފްވާން އެއްސެވެ. “މިބުނީ.. މިއާ ހީވަނީ ވަރަށް ވަރުބަލިވެފައި ހުރިހެން..” އެހެން މީހުން އޭނައަށް ބަލަހައްޓައިގެން ހުރިގޮތް ފެނިފައި ޝަފްވާން އިސްތަށިގަނޑު ތެރެއަށް އަތް މަހާލަމުން ބުނެލިއެވެ. މިއަލް ބޮޑަށް އަޅައިގަތީ ޝަފްވާން ބޭނުންކުރި ނަމެވެ. މިފަހަރު މިއަލްއަށް ހިނިތުންވުމެއް ނުފޮރުވުނެވެ. އަހުނަފް ފާޑަކަށް ބަލަން ހުރެފައި ކާރު ތަޅުދަނޑި ޝަފްވާނަށް އެއްލިއެވެ. އެއްއަތުން ތަޅުދަނޑި ހިފާފައި އަހުނަފަށް އެއްލޯ މަރާލާފައި ޝަފްވާން މިއަލް ގޮވައިގެން ހިނގައިގަތެވެ.

“އެދެމީހުން ކަމެއްތަ..؟” އިޒާއަށް ނީވޭނެކަމަށް ތަނާ އެއްސެވެ. “އެދެމީހުން ކަމެއްތަ..؟” އިޒާވެސް ކިޔާލިއެވެ. އަހުނަފް ތަނާއަށް ބަލާލީ ޕިސްޕިސް ކިޔަމުންނެވެ. ލޯބިންނެވެ. “ނޭނގެ މަށަކަށް.. އެކަމް ޝަފްވާނު އުޅޭގޮތުން މަށަށް ވަރަށް ޝައްކު.. ލީން އާއި ޑޭޓް ކުރިއިރުވެސް އެފަދައަކުން އުޅުންތަނެއް މަ ނުދެކެން..” އަހުނަފް ތަނާގެ ކަންފަތްދޮށަށް ގުދުވެފައި ބުނެލިއެވެ. “ޔަޕް މަށަށްވެސް އެކަހަލަ ޝައްކެއް ވެގެންނޭ މި އެހީ..” ތަނާ ބުނެލިއެވެ. އަހުނަފްވެސް ބޯޖަހާލީ އެއްބަސްވުމުގެ ގޮތުންނެވެ. “އަދި އެލް އޯކޭތަ..؟” ތަނާ ހުރީ މިއަލް ހުރިގޮތުން ކަންބޮޑުވެފައެވެ. ކަމެއްވެގެން ތަނާވެސް ރޯއިރު ހުންނަގޮތަކަށް މިއަލްގެ ލޯވެސް ހުރުމުންނެވެ. “ގެއަށް ގޮސްފަ އަހާނީ ދެން.. ބޭބީ ކަންބޮޑުނުވޭ..” ތަނާ ހިތްހަމަޖެއްސުވޭތޯ އަހުނަފް ބެއްޔެވެ. ތަނާ ހީނލިއެވެ. އަދި ލުއިގޮތަކަށް އަހުނަފްގެ އަތުގައި ހިފިއެވެ.

“އެދެމީހުން ކަމެއްތަ..؟” އިޒާގެ އެހެން ބުނެލުމުން އަހުނަފްގެ އިތުރުން ތަނާވެސް ނިތްކުރިމަތީގައި އަތް އެޅިއެވެ.

ކާރަށް އެރިއިރުވެސް މިއަލްގެ ހިތުގެ ތެޅުމަށް ބަދަލެއް ނާދެއެވެ. ޝަފްވާން ކާރަށް އަރާ ހަމަޖެހިލާފައި މިއަލްގެ މޫނަށް ނޫންގޮތަކަށް ބަލާލިއެވެ. އަދި ކާރު ދުއްވާލީ މަޑުމަޑުން ލަވައެއް ކިޔަމުންނެވެ.

“ސޯ..” ޝަފްވާން ވާހަކަ ދެއްކިއަޑަށް މިއަލް އަވަހަށް ސަމާލުކަން ދިނެވެ. “ކީކޭ..؟” މިއަލްގެ އަޑު ނުކުތީ ހީކުރިވަރަށްވުރެ މަޑުންނެވެ. ”ހީވަނީ ބީރައްޓެއްސެއް ފެނިގެން ބަލަން އިންހެން.. ޑޯންޓް ފީލް ލައިކް ދެޓް އިނގޭ.. ތިގެއިން އަހަރެން ވަރަށް ފެންނާނެ.. އަހަރެންމީ ހައިއްތަގެވެސް ފޭވަރިޓް..” ޝަފްވާން ބުނެލިއެވެ. މިއަލް އެއްމިޔަނަކަށް ހީނލިއެވެ. “މިއަލް ދޯ ނަމަކީ.. އެކޮޅު ރަށު ކުއްޖެއް ދޯ ތީ..؟” ޝަފްވާން އެއްސެވެ. ”އާނ.. އެންޑް އާނ..” މިއަލް ދެސުވާލަށްވެސް ޖަވާބުދިނެވެ. ޝަފްވާން މިފަހަރު ހަމައެކަނި ބޯޖަހާލީއެވެ. މިއަލް އިސްވެ ވާހަކަދައްކަން ނުކެރިފައި އިނުމުން ކާރު ތެރޭ އިވެމުން ދިޔައީ “އެޓް މައި ވޯރސްޓް” ކިޔާ ލަވައިގެ އަޑު އެކަންޏެވެ. “އޭ އަދި އެބައޮތޭ އަދި އެއްވާހަކަ ބުނަންވެފައި..” ޝަފްވާން އެހެން ބުނެލީ ކާރުގެ ދުވެލި ބާރުކުރަމުންނެވެ. “ބުނެބަ.. ހުއްދަ ނޭހިޔަސް..” މިއަލް މަޑު ހުނުމަކާއި އެކީގައި ބުނެލައިފިއެވެ. އެ ހިނިތުންވުމުން ނަޒަރު ވަކި ކޮށްލަން ނޭނގި ޝަފްވާން އިނެވެ. އެ ހިނިތުންވުމަކީ ޝަފްވާން މޮޔަކޮށްލަފަދަ ހިނިތުންވުމެކެވެ. “ސޮރީއޭ ބުނަން..” ޝަފްވާން ބުނެލިއެވެ. މިއަލް ސީޓްގައި އިންގޮތަށް އިނދެ ކަރު އަނބުރާލީ އެއް ބުމަ މައްޗަށް އަރުވާލަމުންނެވެ. ޝަފްވާން މި މާފަށް އެދެނީ ކީއްވެ ހެއްޔެވެ.؟ “ފޯރ އެވްރީތިން.. ގިޓާރ ގެނެވުނީތީ.. އަދި މިއަދު ދިމާވި ފުލުހުންގެ ކަމުގައިވެސް މިއާ ބައިވެރިކުރެވުނީތީ.. އަދި އިތުރަށް…..” ކުށްވެރިވެފައިވާ ނަޒަރަކުން ޝަފްވާން ބަލާލީ މިއަލްގެ ތުންފަތަށެވެ. ޝަފްވާން ބުނަން އުޅުނީ ކީކޭކަން އެނގުމުން މިއަލްގެ ދެކޯތާފަތަށް ޖަންބުކުލަ އެރިއެވެ. އަދި އަވަސްއަވަހަށް ދުރަށް ބަލާލިއެވެ. ލަދުގަންނުވަންވެސް މޮޅު މީހެކެވެ. މިއަލްގެ ހިތަށް އެރިއެވެ.

“އި..އިޓްސް ފައިން..” މިއަލްގެ އަޑު ނުކުތީވެސް އަޅައަޅައިގަންނަމުންނެވެ. “އަސްލުވެސް އޮޅުމަކުން އިނގޭ.. މިއާ ހަޅޭއްލަވައިގަނެފާނެތީ..” ޝަފްވާން އެވާހަކަ ދައްކަން ފެށުމުން މިއަލްގެ ދެކޯތާފަތް އިތުރަށް ރަތްވިއެވެ. “އަނގަމަތީގައި އަތްއެޅިނަމަ އެވީނު..!” އެ ޖުމްލަތައްވީ މިއަލްގެ ހިތުތެރޭގައެވެ. “ބަޓް އައި އެންޖޯއިޑް އެވްރީ ސިންގަލް ސެކަންޑް އޮފް އިޓް..” ވައިއަޑަކުން އެހެން ބުނި ނަމަވެސް  މިއަލްގެ ކަންފަތާއި ހަމައަށް އެޖުމްލަވެސް ފޯރިއެވެ. ލަދުގަނެފައި މިއަލް މަޑުމަޑުން ޝަފްވާންގެ އަތުގައި ޖެއްސެވެ. މިއަލްގެ މި ކުއްލި ހަރަކާތުން ހައިރާންވި ނަމަވެސް ޝަފްވާން ހޭންފެށިއެވެ. މިއަލް ލަދުގަތީމައި އިންނަލެއް ވަރަށް ލޯތްބެވެ.

“ނޯވަން ކޯލްސް މީ މިއާ..” މިއަލް ބިއްލޫރިގަނޑު ތެރެއިން ބޭރުބަލަން އިނދެ ބުނެލިއެވެ. “އޯހް ސްވީޓް.. އެކަން އިނގޭތީއޭ އެނަމުން ކިޔަނީވެސް..” ޝަފްވާން މިއަލް ބޭރުގައިވާ މަންޒަރުން ލޯ ވަކިކޮށްލާފައި އޭނައަށް ބަލާލުމުން އެއްލޯމަރާލައިފިއެވެ. “ވަޓް އަ ފްލާރޓް..” ހިތަށް އެރި އެތިން މިއަލްގެ ގާތަށް ހިނިއައެވެ. މިއަލް ހީނލުމުން ޝަފްވާންގެ ތުންފަތްމަތީގައި ވެސް ހިނިތުންވުމެއް ދުވެލިއެވެ.

ޖެހިގެން އައި ދުވަހު އިރުއެރީ މިއަލްގެ އިތުރުން ޝަފްވާންވެސް ހޭލާއޮއްވައެވެ. ޝަފްވާން ފޯނަށް ބަލާލިއެވެ. މިއަލް ކޮޓަރީގައި ހަރުކޮށްފައިވާ ކަލަންޑަރަށް ބަލާލިއެވެ. “ފައިނަލީ… ހޮނިހިރު ދުވަސް..” ދެތަނެއްގައި ހުއްޓަސް ދެމީހުންވެސް ނިކަން ބޮޑަށް ހިނިތުންވެލީ އެކައްޗެއް ކިޔާފައެވެ.

މިޝްލާ އިނީ ރީއަލްގެ އެނދުގައެވެ. ރީއަލްއަށް އޮތީ ނިދިފައެވެ. މިޝްލާ މަޑުމަޑުން ރީއަލްގެ ބޮލުގައި ފިރުމާލާފައި ތެދުވި ވަގުތު އުނގުމަތިން ކަރުދާސްކޮޅެއް ވެއްޓުނެވެ. މިޝްލާ ގުދުވެ އެ ނަގާފައި ކިޔާލީ ހިނިތުންވެފައެވެ. “ޕްރޮމިސް ޔޫ ވޯންޓް ލީވް..؟” ރީއަލް އޭގައި ޖަހާފައިވެއެވެ. “އައި ޕްރޮމިސް ސްވީޓްހާރޓް..” މިޝްލާ ގަނޑުކޮޅު ފަތްޖަހާލާފައި މޭޒުމަތީ ބޭއްވިއެވެ. ހިންމިއަކަށް ދޮރު ހުޅުވައިގެން ބަލަން ހުރި ނަވާލް އަވަހަށް ދުރަށް ޖެހުނީ މިޝްލާ އެދިމާލަށް އަންނަ މަންޒަރު ފެނިފައެވެ. މިޝްލާ ސިހުނެވެ. ކުއްލިއަކަށް ނަވާލް ފެނުމުންނެވެ. އެ ރުޅިވެރި ނަޒަރު އަމާޒުވެފައި ވަނީ އޭނަގެ މޫނަށް ކަން އެނގުމުން މިޝްލާ ދެރަވިއެވެ.

“ކީއްކުރަންވެގެން އައީ..؟ ރީއަލްވެސް އަތުލެވޭތޯ..؟” ނަވާލްގެ އަޑުގައިވަނީ ހަރުކަށިކަމެވެ. މިޝްލާ ވެސް މިފަހަރު އިސްކުރީ ރުޅިއެވެ. “އަބަދުވެސް އަހަރެންދޯ ގޯސްމީހާއަށް ވަނީ..؟” މިޝްލާ ދެލޯ ކުޑަކޮށްލާފައި ޝަހާދަތް އިނގިލި އަމިއްލަ މީހާ އާއި ދިމާލަށް ދިއްކޮށްލާފައި އެހެން ބުނެލިގޮތުން ނަވާލް ކައިރިއަށް ހިނިއަންނަގޮތްވިއެވެ. “ޒައިހާން ކޮބާ..؟ އޭނަ ނުގެނައީ ކީއްވެ..؟” އެ އަޑުގައިވީ މަލާމާތުގެ ރާގެވެ. މިޝްލާ ހިތުގައި ޖެހުނެވެ. “ޒައިހާން މިދުނިޔެ ދޫކޮށްފި.. އުފާވެއްޖެތަ..؟” މިޝްލާ ބާރު އަޑަކުން އެހެން ބުނިގޮތަށް ގޮސް ވަނީ ބަދިގެއަށެވެ. ނަވާލް ހުއްޓުންއެރިއެވެ. ބާރު ފިޔަވަޅުތަކެއްގައި ނަވާލް ގޮސް މިޝްލާ ކުރިމަތީ ހުއްޓުނެވެ. “ޒައިހާން..” ނަވާލް އެއްޗެކޭ ބުނުމުގެ ކުރިން މިޝްލާ ބޯން އިން ފެންތަށިން ވަރަށް ބާރަށް ފެންފޮދެއް ދަމާލިއެވެ. އަޑުއަހަން ބޭނުންނުވާ ކަން އެންގުމުގެ ގޮތުންނެވެ. “ދެނޯ..؟ މިލީން އެކަނިކޮށްލާފައި ތިއައީ..؟” ނަވާލް އެއްސެވެ. “މިލީން ވެސް.. މިދުނިޔެއަށް އަލްވަދާއު ކިޔައިފި..” އެޖުމްލައިން ނަވާލަށް ހީވީ ކަންފަތްދޮށުގައި ބޮމެއް ގޮއްވާލިހެންނެވެ. ވެއްޓެން އުޅޭހެން ހީވުމުން ނަވާލް އަވަހަށް މޭޒުކަނުގައި އަތް ޖައްސާލާ އަމިއްލަ ނަފްސު ހިފޭއްޓިއެވެ. އޭރު އެދެލޮލުން ކަރުނަ އަންނަމުން ދިޔައެވެ. އިތުރު އެއްޗެކޭ ނުބުނެ ނަވާލް ގޮސް ވަނީ ކޮޓަރިއަށެވެ. އިތުރު އެއްޗެއް އަހާނެހާ ހިތްވަރެއް ނެތިގެންނެވެ.

މެންދުރަށް ކެއްކީ މިޝްލާއެވެ. ކިއަނާ އެގެއަށް އައިސް އިރުކޮޅެއް ވަންދެން ބީރައްޓެހިވެފައި އިނެވެ. ނަމަވެސް އަނގަގަދަކަމުން މިޝްލާ އާއި ކިއަނާގެ ގުޅުން ބަދަހިވީ ނުލާހިކު އަވަހަށެވެ. ކިއަނާ އާއި ރީއަލްގެ ގުޅުން އެނގުމުން މިޝްލާ ހުރީ ވަރަށް ހިތްހަމަޖެހިފައެވެ. ކިއަނާއަކީ ރަނގަޅު ކުއްޖެކެވެ. ރީއަލްގެ ބައިވެރިއަކަށް އެއަށްވުރެ ރަނގަޅު ކުއްޖެއް ނުލިބޭނެއެވެ. ރީއަލްއަށް ކާންދިނީ ސީދާ މިޝްލާގެ އަތުންނެވެ. ރީއަލް އޮތީ ބަލިވެ ނަމަވެސް ކޮޅުނެތްކޮޅަށް އުފާވެފައެވެ. މިދުވަސް އާދޭތޯ އޭނަ ހާދަވަރަކަށް އިންތިޒާރުކޮށްފިއެވެ. މިޝްލާ ގާތު ރީއަލް އެތައް ޝަކުވާއެއް ކުރިއެވެ. ރޯންވެސް ރުޔެވެ. އެންމެފަހުން ދެމީހުންވެސް އެތައް ވާހަކައެއް ދެއްކިއެވެ. ކިއަނާވެސް ބައިވެރިކޮށްގެންނެވެ.

“މިޝަލް..” ހޮސްޕިޓަލް ސާފްކުރާ ބައިން މީހަކު ގޮވާލުމާއި އެކީގައި ސެނެޓައިޒަރ ފުޅިއެއް ހިފައިގެން ހުރި މިޝަލް އެނބުރުނެވެ. “ވަރަށް އަވަހަށް ބައްދަލުވުން ބާއްވާ ރޫމަށް..” އެމީހާ އެހެން ބުނެލާފައި ދިޔައީ އެކޮޅަށެވެ. މިޝަލް ދެއަތް ފޮހެލާފައި ލިފްޓަށް އެރިއެވެ. “ކީކޭތޯ..؟” މިޝަލް އެތެރެއަށްވަދެ އަދަބުވެރިކަމާއި އެކީގައި އަހާލިއެވެ. “އެކޮޅު ރަށުގެ ހޮސްޕިޓަލަށް ބޭނުންވާ ބައެއް ސަޕްލައިސް ފޮނުވާއިރު ދާ ޓީމްގައި ހިމެނުނު ވާހަކަ އަންގާލަންވެގެން..” ގޮނޑީގައި އިށީނދެގެން އިން ފިރިހެން މީހާ ބުނެލައިފިއެވެ. މިޝަލް އިތުރު އެއްޗެކޭ ނުބުނެ ބޯޖަހާލިއެވެ. ފުރުން އޮންނާނެ ދުވަހަކީ މާދަމާކަމަށް އަދި އިތުރު މައުލޫމާތު ވައިބަރގައި ހިއްސާކުރާނެ ވާހަކަ ބުނުމުން މިޝަލް އިޒުނައަށް އެދިފައި އެތަނުން ނުކުމެގެންދިޔައެވެ.

 

= ނުނިމޭ =

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

yooon
Follow Me Written By

yooon

10 Stories100 Comments100 Login100 Stories500 Comments

Transcend reality in this little safe space <3

Other Articles

Previous

ދިމާވި އާދަޔާ ޚިލާފް ޒުވާނާ(ފަންސާސް އެއްވަނަ ބައި)

Next

1 ދެފުށްކެހެރި

Next
September 24, 2021

1 ދެފުށްކެހެރި

Previews
September 23, 2021

ދިމާވި އާދަޔާ ޚިލާފް ޒުވާނާ(ފަންސާސް އެއްވަނަ ބައި)

9 Comments!

  1. Rooya Xek says:
    September 24, 2021 at 1:46 pm

    Nice masha allah ❤️❤️ whn next ? waiting for it curiously ?? tc n stay safe lv ???

    1. yooon yooon says:
      September 25, 2021 at 6:02 pm

      Thankyouu so much Rooya Xek ? I’m not sure abt the next hehe.. but within the next week I think.. Upcoming tests ehe.. You stay safe and tgc too dear ??

  2. Eevss says:
    September 24, 2021 at 5:22 pm

    wow mi part vs vrh reethi..kon irakun aneh part?

    1. yooon yooon says:
      September 25, 2021 at 6:04 pm

      Thankyou so much Eevss ? Yoon akah vx yageeneh noon nxt genesdheveynee kn irakun kameh… Will try my best to uplwd it soon

  3. Aishath faruha Abdullaa says:
    September 24, 2021 at 9:17 pm

    Alheyyy… Finally up vejje… Ehn part thakekey eh Gothah mipart vx Vrh reethi….masha allah….? When next??? Ummeedhkuran Vrh avahah up kohla dheynekamah…..❤️Curiously waiting for the next….❤️
    n ingey Vrh busy vgn noonee up nukoh nuhunnaanekan….?ehaa burakoh ulhemun vx kiyunthennahtakai thiya Heydha kuravvaa aguhuri vaguthah Vrh bodah Shukuru… Jazakillah kaaigen.. ?
    N sorry thankolheh lahaa comment kureveythee…eii kuda massalaeh dhimaavegen… ?Mihaaru comment mikuranee vx Ehn kuhjehge ehchakunn….
    Up vikan Mihaa lahaa ingunee vx Ehn ve… ?
    Sstc ly?❤️

    1. Aishath faruha Abdullaa says:
      September 24, 2021 at 9:19 pm

      Jazakillah khairan…. ?❤️

    2. yooon yooon says:
      September 25, 2021 at 6:05 pm

      Thankyouu so much Faruha ? So happy that u understand my situation dear.. And its alr u dnt need to say swry ? U stay safe and tgc too.. lym ? nd wlc wlc ehe

    3. Aishath faruha Abdullaa says:
      September 26, 2021 at 11:46 am

      When next???Curiously waiting for the next…… ❤️

  4. Shaheema Ibrahim says:
    September 25, 2021 at 4:07 pm

    V reethi…..

Comments are closed.

Next Episodeތި ސޫރަ ނޫން 25←


All Right Reserved!