* ކައިޔަން ދިޔަގޮތަށްގޮސް އަވްލީންގެ ގައިގައި ބައްދާލިގޮތަށް ވައިގެ ތެރެއަށް ހިއްލާލިއެވެ. އަވްލީންގެ ލޮލުން ފެނިގެންދިޔައީ ހައިރާންވިކަމުގެ ކުލަވަރެވެ. ”ތިއީ ކާކު..؟؟” އަވްލީން އެއްސެވެ. ކައިޔަންގެ ހިނިތުންވުން ގެއްލިގެން ދިޔައެވެ. ލޯ މަރާލާފައި އަވްލީން ބިމުގައި ބެހެއްޓުނުގޮތެއް ވެސް ކައިޔަންއަކަށް ނޭނގުނެވެ. * ކައިޔަން ހުރީ އެއީ ހުވަފެނަކަށް ވުމަށް އެދި ދުއާ ކުރާށެވެ. އަވީނާ ލަގޭޖް ހިފައިގެން އައިގޮތަށް އައިސް އިސް ޖަހާލައިފިއެވެ. އެ މަންޒަރު ނުބަލަންވެގެން ކައިޔަން އަނެއް ފަރާތަށް އެނބުރުނެވެ. އެންމެންވެސް ހުރީ […]
* ތިން އަހަރު ފަސް * އިޒްކާންގެ ތުއްތު ރުއިމުގެ އަޑަށް ރަނާއަށް ކުރަން ހުރި މަސައްކަތް ވެސް ހުއްޓާލެވުނެވެ. ތަރުކާރީ ތަށި މޭޒުމަތީ ބަހައްޓާފައި އަތް ދޮވެލައިގެން ރަނާ ކޮޓަރިއަށް ވަންނަން ދިޔައެވެ. ކޮޓަރިއަށް ވަތްގޮތަށް ރަނާއަށް ފުރަތަމަ ވަދެވުނީ ފާޚާނާއަށެވެ. އޯކަށް ދަމައިގަތުމުންނެވެ. ފާޚާނާއަށް ވަދެވުނީ ހަމަ ކިރިޔާއެވެ. ރަނާއަށް ހޮޑު ލެވިއްޖެއެވެ. ހޮޑު ލައިލައިފައި ރަނާ އަވަހަށް ފާޚާނާ ތަށި ފްލަޝް ކޮށްލިއެވެ. އެއަޑަށް ލިޔާން އިޒްކާން އުރާލައިގެން ތެޅެމުން ކަހަލަ ގޮތަކަށް […]
އެ ކުއްޖާ ޕާރޓް 24 * އެއީ ރިހިކުލައިގެ ކުޑަކުޑަ ‘ކީ ޗެއިން’ އެކެވެ. އޭގައިވަނީ ކޮންމެވެސް އެއްޗެކޭ ލިޔެލާފައެވެ. އޭތި ކުޑަ ކަމުން ރަނގަޅަށް ނުފެންނާތީ އަވްލީން އާއި ކައިޔަން ބޯ ތިރިކޮށްލިއެވެ. “މަރިޔަމް އަވްލީން.. އައި ލަވް ޔޫ ސޯ މަޗް..” އެ ރިހި ކުލައިގެ ކުޑަ ކީ ޗެއިންގައިވާ އިބާރާތްކޮޅު ދެމީހުންނަށްވެސް ކިޔާލެވުނެވެ. ކައިޔަން ވަގުތުން ތެދުވިއެވެ. އެކުއެކީހެން އަވްލީންއަށް ވެސް ތެދުވެވުނެވެ. ”މަރިޔަމް އަވްލީން.. ތީ އެ ކުއްޖާ އަކީ..!!!!” ކައިޔަން […]
* ކުއްލިއަކަށް ފެނުނު މަންޒަރުން ލިޔާންއަށް ހުއްޓެން މަޖުބޫރުވިއެވެ. ކުރިމަތީ ހުރި އަންހެން ކުއްޖާގެ މޫނަށް ބަލާލާފައި ރަނާ ދެން ބަލާލީ ލިޔާންގެ މޫނަށެވެ. އެ އަންހެން ކުއްޖާ ލިޔާންގެ މޫނަށް ބަލަ ބަލާފައި ހިނގައްޖެއެވެ. ލިޔާންގެ އަބަދުވެސް ކެރުމުގެ ކުލަވަރު ހުންނަ މޫނުމަތިން ނުތަނަވަސްވެފައި ވާކަމުގެ ކުލަވަރު ފެނުމުން ރަނާ ހާސްވިއެވެ. ”އެއީ ކާކުތަ..؟ އޭނަ ކީއްވެގެންތަ މާވަރަކަށް އެ ބެލީ..؟ އޭނައަކީ މިރަށުގައި އުޅޭ ފުލުހެއް ނޫންތަ..؟ އޭނައަށް އަނެއްކާ ތީ ލިޔާންކަން […]
* “އަހަރެން މި ދައްކާ ވާހަކަ ކަނުލާ އަޑު އަހާތި..!” އެތެރެއިން އިވުނީ އަންހެން އަޑެކެވެ. އެއީ މިއަދު އަވްލީންއަށް އިވުނު އަޑެކެވެ. ކާކުބާވައޭ ވިސްނަން ހުއްޓާ އެ އަނދިރި ކޮޓަރި ތެރެއިން އެ އަންހެންމީހާ އައްޔަށް ނުކުމެލިއެވެ. އަވްލީންގެ އަނގަ ތަންމިނަށް ހުޅުވުނެވެ. “ތީ…” އެއްޗެކޭ ބުނަން އަވްލީންގެ ދޫ ހަރަކާތް ކުރިއެވެ. * “ހަލޯ..؟” ރަނާ ހައިނާއަށް ގުޅިއެވެ. ހައިނާ ފޯނު ނެގިކަމުގައި ވިޔަސް ވާހަކައެއް ނުދައްކައެވެ. “ހަލޯ..؟؟” ރަނާ ތަންކޮޅެއް ބާރަށް […]
* “އަވް ދަރިފުޅާ މިއީ…………” އަވީނާ އެއްޗެކޭ ބުނުމުގެ ކުރިން އިތުޤާލް އަވީނާ ހުއްޓުވިއެވެ. އަވްލީންގެ އޮމާން މޫނުމަތީ އަތް ބީއްސާލާފައި އިތުޤާލް ހީނލިއެވެ. އަދި އަޅައިގެން ހުރި އަވި އައިނު ނެގިއެވެ. އަވްލީންއަށް ހިނިތުންވާކަށްވެސް ނޭނގުނެވެ. ހައިރާންވީ ވަރުން މިއީ ހުވަފެނެއް ނޫންބާވައޭ ވެސް ހިތަށް އެރިއެވެ. ސޯފާގައި އިށީނދެގެން އިން އަލާންގެ އަނގަ ވަނީ ތަންމިނަށް ހުޅުވިފައެވެ. “ތީ އަހަރެންގެ……..” އަލާން އަހާލަން އުޅުނެވެ. “ތީ އަހަރެންގެ މަންމަތަ.؟؟” އަވްލީންގެ ލޮލުގައި ހުރި […]
* ކުރިމަތީގައި ހުރި އަންހެން މީހާ އަވީނާއާއި ދިމާލަށް އެނބުރިލަމުން އައިނު ނެގިއެވެ. އެ އަންހެން މީހާއާއި އަވީނާގެ ހަތަރު ކަޅި ހަމަވިއެވެ. އަވީނާ ސިއްސައިގެން ދިޔަވަރުން އައިންގެ އަތަށް ބާރު ކޮށްލެވުނެވެ. އައިންގެ އަތުން ޓެބު ވެއްޓުނެވެ. އޭރު އޮތީ ގޭމް އޯވަރއޭ އަރާފައެވެ. ހިނިތުންވެގެން ހުރި އަންހެންމީހާގެ މޫނު ފެނިފައި ހަމަ ރަނގަޅަށްވެސް ގޭމް އޯވާރ ވީއޭ އަވީނާގެ ހިތަށް އެރިއެވެ.* ”އި.. އި.. އިތުޤާ.. އިތުޤާލް..!” އަވީނާއަށް ހިތާހިތުން ކިޔާލެވުނެވެ. “މީ […]
* “ޔޫ ވިލް ސޭ ދެޓް.. ދޮންބެ ހުރިހާ ކަމެއްގެ މަތިންހަނދާން ނެތުނީމައި ވާނީ އެހެންނެއްނު..؟ އަޅެ ދޮންބެ އަވްލީން މަތިން ހަނދާނެއްނުވޭތަ…؟ އަވްލީންދެކެ ދޮންބެ ލައިކްވީމަތިން ހަނދާނެއްނުވޭތަ..؟ ސްކޫލަށް ވަޒީފާއަށް ދިޔަމަތި ހަނދާނެއް ނުވޭތަ..؟ ހައިނާއާއި ދޮންބެގެ ބެސްޓް ފްރެންޑް ސްޓާޓްކުރި މަތިން ހަނދާނެއްނުވޭތަ..؟ އަނެއްކޮޅުން އެނުރައްކާތެރި އެކްސިޑެންޓްގެ މަތިން ހަނދާނެއްނުވޭތަ…؟ އަޅެ އެންމެ ކުޑަމިނުން އަވްގެ މަތިން ހަނދާނެއްނުވޭތަ..؟ ދޮންބެ އަވްދެކެ ވީ ލޯބި ހަނދާނެއްނުވޭތަ.؟!!” ޒިވީން ރޮމުން ހަޅޭއްލަވައިގަތެވެ. * “އަވް..؟ […]
* “އަޅެ ޖަވާބެއް ނުދޭނަންތަ..؟ ކޮބާތަ އަވްގެ ފޯނު..؟ އަވް ކައިޔަން އަށް ގުޅީމައި ކައިޔަން ޖަވާބެއް ދީފާނެއްނު..؟” އަވްލީންއަށް އެހަމަހިމޭންކަންދެކެ އާދެވުނީ ރުޅިއެވެ. ދެކޮޅު ބަލާލެވުމާއެކީ އޭނާ އޮތް އެނދުގާތުގައި ހުރި މޭޒުމަތީ އޮތް ފޯނު ނުހަނު ފަސޭހައިން ފެނުނެވެ. “ކައިޔަންއެއް ތިފޯނަކަށް ޖަވާބެއް ނުދޭނެ..” އަވީނާއަށް ހިތްވަރުކޮއްލާފައި ބުނެވުނީ އެހެންނެވެ. އަވްލީން ނަމްބަރު ޖަހަޖަހާ ހުރެފައި ގަނޑުވިއެވެ. * “ކޮބާ ކައިޔަން..؟؟” އަވްލީންއަށް އަވީނާގެ ކޮނޑު ގައި ހިފާ ތަޅުވައިގަނެވުނެވެ. ތަޅުވައިގަތްގަތީނުން އައިވީ ބޭގުވެސް […]