* ހައިނާ ޗޮކްލެޓް އައިސްކްރީމް ގަނެލައިގެން ކަމުން އައެވެ. “އޯވް ޔޫޝުއަލްގެ މަތިން ހާދަ ހަނދާން ވެޔޭ..” ހައިނާ އައިސްކްރީމް ބޮމުން އެމީހުން ޔޫޝުއަލް ބާއްވާތަން ހުރި މަގުން އައެވެ. ޖޯލިފަތިތައް ހުރަސް ކޮއްފައި އެތާ ގާތުގައިވާ ވީރާނާ ވެފައިވާ ކުޑަ ގެގަނޑާއި އަރާހަމަވިއެވެ. “މިގެ އެހެންޏާ ހާދަ އަލިކޮށޭ ހުންނަނީ..؟” ހައިނާ ސުވާލު އުފެދުނެވެ. އެގޭތެރޭގެ ހާލު ބަލާލާ ހިތްވިއެވެ. އައިސްކްރީމް ތަށި ހިފައިގެން މަޑުމަޑުން ހައިނާ އެގޭތެރެއަށް ވަނެވެ. އޭރު އެތަނުގައި ވަނީ […]
* އަވްލީންގެ ލޮލުން އޮހިގަތީ އުފާވެރިކަމުގެ ކަރުނަކަމެއް ރުޅިވެރިކަމުގެ ކަރުނަކަމެއް ދެރަވުމުގެ ކަރުނަ ކަމެއް ނޭނގެއެވެ. އަވްލީންއަށް ބުނެދޭން ދަތި ގޮތްތަކެއްވިއެވެ. އެދިގުކޮއްލާފައިވާ އިސްތަށިގަނޑުގެ ތެރެއިން އަވްލީންއަށް އެއީ ލިޔާން ކަން އެނގެން ސިކުންތެއްވެސް ނުނެގިއެވެ. “އަވްބޭބީ.. ލޯންގް ޓައިމް ނޯ ސީ..” * ކުރިމަތީގައި ހުރި ލިޔާން ބުނެލިއެވެ. އަވްލީންގެ ޗޭނުފަށް ތަކުން ސަލާމަތްވާން ބޭނުންވިއެވެ. ލިޔާން އާއި ސަލާމް ކޮއްލަން އެހިތް ތެޅިފޮޅުނެވެ. އެއީ ކައިޔަން ފެނުމުން ވެސް އަވްލީންއަށް ނުވިވަރެކެވެ. “ކިހިނެތްވެގެން މިހާރު […]
* “ކައިޔަންގެ ލޯބި މަށަށް ނުލިބުނީ ކަލޭގެ ލޯފަދަ ލޮލެއް ނުލިބުނީމައިތަ.؟” ރަނާ ހަޅޭއްލަވައިގަނެފައި އަވްލީންގެ ލޮލަށް ކަތުރު ވައްދާލަން އައެވެ. ރަނާގެ މުޅި މޫނަށް ލޭބުރައިގެންދިޔައެވެ. ރަނާ ދެފަރާތަށް ކަތުރު އަނބުރާލިއެވެ. އަވްލީން ހަޅޭއްލަވައިގަތް އަޑަށް ވިހަ ހިނިތުންވުމަކުން ހީލާފައި އަވްލީންގެ ލެއިން ކަޅިވެފައި ހުރި ދެލޮލަށް ނަޒަރެއް ހިންގާލަން ރަނާ އެދިމާލަށް ބަލާލިއެވެ. * ރަނާގެ ލޮލުގައި އަޅައިގަތީ ކައިޔަންއެވެ. ކަތުރު ގޮސް ހެރިފައިވަނީ ކައިޔަންގެ ބުރަކައްޓަށެވެ. ކައިޔަން ލައިގެން ހުރި އަޅި […]
* އަނެއް ދުވަސް ފެށުނީ ނުލާހިކު މަޖާކަމާއެކީގައެވެ. ހެނދުނު ސައިބޯލިގޮތަށް އަނެއްކާވެސް އެރުނީ ޕޫލަށެވެ. މެންދުރުގަޑީގައި ދިޔައީ ހިނގާލާށެވެ. ދޮންވެލިގަނޑު މަތީގައި ހިނގަމުން ކައިޔަން އަނެއްކާ ކުރިމައްޗަ ށްހުރި ގަސްބޮނޑިއަށް ބަލާލެވުމާއެކީގައި ކޮންމެވެސް ކަޅުއެއްޗެއް ލޮލުގައި އަޅައިގަތެވެ. ”އަޅެފަހެ މިއީ ކޮންކަމެއް..؟” ކައިޔަން ބޯހޫރާލާފައި ގޮސް އަވީނާ މެންނާއި އެއްހަމަ ކުރިއެވެ. * ހަވީރު ވަގުތުގައިވެސް އެއެއްޗެއް ދެތިންފަހަރަށް ކައިޔަންއަށް ފެނުނެވެ. ނިދާ ވަގުތު ޖެހުމުން އަނެއްކާ ވެސް އިއްޔެރޭ ގަސް ބޮނޑި ތެރެއިން ފެނުނު […]
* ”އެއްވެސްއިރަކު ރަނާދެކެ ހައިނާ ލައިކެއްނުވޭ.. އަބަދުވެސް ރުޅިއައިސް ހުންނާނީ.. އެހެންވެ ދެން ކޮން ބެސްޓްފްރެންޑެކޭ ކިޔާކަށް..؟ ކައިޔަންގާތުގައި މިއަދު ވާހަކަދެއްކީމެއްނު ރަނާއޭ ކިޔައިގެން.. އެއީތަ ބެސްޓްފްރެންޑްއިން އުޅޭ ގޮތަކީ..؟ ގޮސްފަ ބެސްޓްފްރެންޑް ލައިކްވާ ފިރިހެން ކުއްޖާގެ ގާތުގައި ބެސްޓްފްރެންޑްގެ ވާހަކަދެއްކުން.. އާނ.. ރަނާއަށް ހެޔޮ ދެން.. އެއަންހެންކުއްޖާ ގަނޑު ބެސްޓްފްރެންޑަކަށް ހަދައިގެން އުޅޭ.. ދެން ހެޔޮ… ނައު ގެޓް ލޮސްޓް ޔޫ ބެކްސްޓެބަރ…!!!” ރަނާ ރުޅިއައިސްގެން ހަޅޭއްލަވައިގަތެވެ. “ފައިން.. ތިއީ ހައި ނުވެސް ދަންނަ މީހެއް. […]
* “ވުޕްސް.. މާފުކުރޭ..” ހޫޑީ ލައިގެން ހުރި އެޒުވާނާ ބުނެލިއެވެ. އެމީހާގެ ހުޑްގެތެރެއިން މޫނު ފެންނަ ވަރެއްނުވިއެވެ. އަވްލީންގެ ހިތް ޝައްކާއިވަހުމުން ފުރުނެވެ. ގައިމުވެސް އެއީ އަވްލީން ދެނެފަރިތަ އަޑެކެވެ. ނަމަވެސް ޔަގީންކުރެވޭނެގޮތެއްނެތެވެ. އަވްލީން އެޒުވާނާއަށް މާފުކޮއްފައި އެތެރެއަށްވަނެވެ. އެޒުވާނާ ހުރީ އަވްލީންއާއި ދިމާލަށް ބަލަހައްޓައިގެންނެވެ. އެމީހާ ހުޑް ތަންކޮޅެއް މަތިކޮއްލާފައި ވިހަ ހީނލުމެއް ހީނލިއެވެ. * އަވްލީން ފަސްތަށި ވެނީލާ އައިސްކްރީމާއި ތިންވެނީލާ އައިސްކްރީމް ބަކެޓް ހިފައިގެން ކުރިއަށް ފިޔަ ވަޅެއްއެޅިއެވެ. “އޭތް ވާރޭގެޕަރީ…” ކުއްލިއަކަށް […]
* ގުރްއާނުގެ މާތް ކަލިމަތަކުން ހޯލްތެރެ ގުގުމާލުމާއެކީ އެންމެން މަޑުވިއެވެ. ގުރްއާން ކިޔަވާ ނިމުމުން ހުށައަޅައިދޭން ހުރި ކުއްޖާ ޕްރިންސިޕަލް ވާހަކަފުޅު ދެއްކެވުމަށް ފުރުސަތު ދިނެވެ. ކަޅު ކުލައިގެ ޓަކްސީޑޯގެ ޓައީ ރީތިކޮއްލަމުން ޕްރިންސިޕަލް ސްޓޭޖަށް އެރުއްވިއެވެ. ދެތިން ކަރުކެހެލުމަކަށް ފަހު ޕްރިންސިޕަލް ހިނިތުންވެލާފައި އައިސް ތިބި އެންމެންނަށް މަރުހަބާގެ ފަށުވި ބަސްކޮޅެއް އިއްވާލިއެވެ. “އާދެ.. ހިނގާ ހުރިހާ އާ މުވައްޒަފުންނަށް މަރުހަބާ ދަންނަވާލަމާ..” ޕްރިންސިޕަލް ގޮވާލިއެވެ. ”އިސްމާއިލް ކައިޔަން..، މަރިޔަމް އަވްލީން އަލީ..، ހައްވާ ހައިނާ […]
* “އެންމެ ރަނގަޅު… ކަލެއަށް އިތުބާރު ކުރާނަން.. ކޮބާ ޕްލޭނަކީ..؟؟ މަ މި ވިސްނަނީ ކަލެއަށް އެ އަންހެން ކުއްޖާގަނޑު އެނގޭކަމަށް އިނގޭ…! ދެން ކިޔާބަލަ.. މަށަށް އެހީ ވާނަންދޯ..؟” ރަނާ ގޮތެއް ނިންމީ ވިސްނާވެސް ނުލައެވެ. “އެކަމަކު ހަމަ އެންމެ ކަމެއްގެ މަތިން…” އެ ޒުވާނާ ބުނެލިއެވެ. * ގާގަނޑު މައްޗަށް އެރުމަށްފަހު ކައިޔަން އަވްލީންއަށް އަތް ދިއްކޮއްލިއެވެ. އެއަތަށް ބަލާލާފައި އަވްލީން ނުހިފަން ހުރެފައި ވެސް ހިފިއެވެ. ދެމީހުން ވެސް ވިނަގަނޑު މަތީގައި އިށީނެވެ. […]
* ލިޔާން އަވްލީން ދޫކޮއްލިގޮތަށް ކައިޔަން އަވްލީންގެ މަތިން ހަނދާންނައްތާލަން އަވްލީން ބޭނުމެއްނުވެއެވެ. އެއީ ދެން އެއްއިރަކުވެސް އަވްލީން ބޭނުންވާނެ ގޮތެއް ނޫނެވެ. ކައިޔަން ފެނުމުން ލިޔާންގެ ހަނދާންތައް އާވަނީ ކައިޔަންގެ އަޅާލުމުންނެވެ. * “ވާރޭޕަރީއަށް ކިޔަނީ އަވްލީންތަ..؟” ހައިނާ ކޮރިޑޯގެތެރެއިން ހިނގާފައި ދަމުން އެއްސެވެ. “ވާރޭޕަރީ އޭކިޔާފައި ނުކިޔަބަލަ.. އެއީ އަވްލީންއޭ… އަވްލީން އެއީ ހަމައެކަނި މައި…. އަމްމް.. އޮފީސްމޭޓްއޭ..” ކައިޔަންއަށް ބުނެވުނީ ދުލުކުރިއަށް އައި ފުރަތަމަ ބަހެވެ. “އޮފީސްމޭޓްވެސް ދުވަސްކޮޅަކުން ބަދަލުވާނެ ސޯލްމޭޓަށް.. އެކަމަކު […]