* ޒައިލީން އެ ދިޔަ ބާރުމިނުގައި ވެއްޓޭނެކަމަށް ހީކޮއްގެން ހުއްޓާ ބިމުގައި ފައި ޖެހުނީ ރީއްޗަށް ކޮޅަށް ހުއްޓައެވެ. ޒައިލީން ދެލޯ ހުޅުވާލަމުން އެދިމާލަށް ބަލާލިއެވެ. ތަންކޮޅެއް ދުރުގައި ޒައިލީންގެ މޫނަށް ބަލަން ހުރި ފިރިހެން ކުއްޖާ ފެނިފައި ޒައިލީންގެ ގައިން ހީބިހި ނަގައިގަތެވެ. * މޫނަށް ބަލާލާފައި އެކުއްޖާވާނީ ޒައިލީންއާއި ގާތްގަނޑަކަށް އެއްވަރެވެ. ކަޅުކުލައިގެ ބޯ އިސްތަށިގަނޑު ވަރަށް ފަނެވެ. އެހާ ދިގު ނޫނަސް އަޅައިގަންނަ ގޮތެއް ހުއްޓެވެ. ލައިގެން ހުރީ ކަޅުކުލައިގެ ޖިންސެއް ހެން […]
* ހެއިލަންއަށް ވެސް އެމަންޒަރު ފެނުނެވެ. “ހަމައެކަނި އަހަރެމެން ހަތަރު މީހުންގެ މެދުގައި އިތުބާރު އޮންނަ ވާހަކަ ބުނި ހަނދާން ވޭތަ..؟ ރައްކާތެރިކަން ލިބުނީމައި ވެގެން އުޅޭގޮތް ކިޔައިދޭނަން.. މި ވަގުތު ހެއިލްއަށް އިތުބާރު ކުރާނަމަ ހެޔޮނުވާނެ އަވަހަށް ކެފެޓޭރިއާއަށް ދުއްވައިގަނޭ..” ޒައިލީންގެ އަތުގައި ހިފަމުން ހެއިލަން ދުއްވައިގަތެވެ. ޒައިލީން ހެއިލަންގެ އަތުގައިހިފާ މަޑުމަޑުން ފަހަތް ބަލާލި ވަގުތު ހިތް ތެޅިގަތީ އެހެނެއް ބަލާފައެއް ނޫނެވެ. ދެލޯ ބޮޑު ކޮށްލައިގެން ހުރެ ކުޑަވަރެއްގެ އިފުރީތެއް ހެން އިޔާން […]
* ރޫމްއާއި ހަމައަށް ދެވެން ވާއިރަށް ޒައިލީން ޒައިދާންގެ ގައިގައި ވަރުގަދަ ބޮނޑިއެއް އަޅައިފިއެވެ. ނެޕްކިން އެއްލާލާފައި ޒައިލީން އަލްޔާގެ އަތުން ތަޅުދަނޑި ހޯދާފައި ދޮރު ހުޅުވިއެވެ. ދޮރު ހުޅުވުނުތަނާ ޒައިލީން ގަނޑުވިއެވެ. ދެލޯ ބޮޑުކޮށްލައިގެން ޒައިލީން ހުރިތަން އަލްޔާ ހެއިލަންއަށް ދައްކާލިއެވެ. ގަލުން ހަދާފައިވާ އެއްޗެއް ފަދައިން ޒައިލީން ހުންނަން ފެށުމުން ހެއިލަން ގޮސް ބަލާލިއެވެ. * ކޮޓަރިއަށް ހީވަނީ ނަގޫރޯޅިއެއް އަރާފައިވާހެންނެވެ. މުޅި ކޮޓަރިވަނީ އެފުށް މިފުށަށް ޖެހިފައެވެ. ތަރުތީބުން ހުރި އެކައްޗެއްވެސް ނެތެވެ. […]
* “އެންމެރަނގަޅު.. މިއީ އެންމެ މުހިންމު ވަގުތުކޮޅު.. މި ސްކޫލްގެ އިންޓަނެޓްއިންވެސް މައުލޫމާތު ނުލިބޭނެ އެންމެ ބޮޑު ހިސްޓްރީ..” އަލްޔާ ވާހަކަފަށަން ކަރުކެހެލިއެވެ. * “ހެތެނީސް އެލްފޯމޭނިޔާ ހައި ސްކޫލްއަކީ ސަތޭކަ އަހަރަށްވުރެ ގިނަ ދުވަސް ވެފައިވާ ތަނެއް.. މިއީ ދެހާސް ވިހިވަނަ އަހަރު.. އެނގޭ އެކަކުވެސް ގަބޫލެއް ނުކުރާނެކަން.. ވަރަށް ކުރިއްސުރެ ފެށިގެން ނަވާރަ ސަތޭކަ ފަސްދޮޅަސް ނުވަވަނަ އަހަރާއި ޖެހެންދެން އެތަނުގައި ހުންނަނީ ފާޑެއްގެ އިމާރާތެއް ބިނާކޮށްފައި.. އެ އިމާރާތަކީ ކުރީ ޒަމާނުގެ ޖިންނީން […]
* ”ކިހިނެތްވީތަ..؟” އަލްޔާ މާ ބާރަކަށް ޓަކިޖަހާތީ ރޫބީ ނުކުމެފައި އެއްސެވެ. “ރޫމްމޭޓް ބައްދަލުވުމެއް.. ޒައިވެސް އެބަހުރި ބޭރުގައި.. ތިމީހުން އަވަހަށް ލަގޭޖަށް ނޫނީ ދަބަހަކަށް ބޭނުންވާ އެއްޗެހި އަޅާ ޕެކް ކޮއްގެން އާދޭ.. އެނގެއެއްނު މިކިޔާ އެއްޗެއް..؟” ލައުރާ ނުކުތުމުން އަލްޔާ ބުނެލިއެވެ. އެ ޖުމްލަ އަހާފައި ޒައިލީން އަށް ކޮޅަށް ތެދުވެވުނެވެ. އަލްޔާއަށް މި ވަނީ ކިހިނެތް ބާވައެވެ.؟ * އިތުރު ސުވާލެއް ނާހާ ރޫބީއާއި ލައުރާ ކޮޓަރިއަށްވަނެވެ. “ޒައި.. މިއީ ޒައިއަށް ނުހަނު […]
* ދަބަސް ގޮނޑީގައި އަޅުވާލަމުން ޒައިލީން ސިއްރުސިއްރުން ވާހަކަ ދައްކަމުން ދިޔަ ކުދިންނަށް ބަލާލިއެވެ. ކުޑަކޮށް ހީލާފައި ޒައިލީން ޖެހިގެން ހުރި އެ ބްލޮންޑް އިސްތަށިގަނޑުލީ ކުއްޖާއަށް ބަލާލިއެވެ. ޒައިލީންއަށް ކުޑަކޮށް ބުމަ އަރުވާލެވުނީ އެ ފިރިހެން ކުއްޖާ ކަޅި ޖަހާނުލާ ޒައިލީންގެ މޫނަށް ބަލަން އިނުމުންނެވެ. * ޒައިލީން ބަލާލުމުން އެ ފިރިހެން ކުއްޖާ އަވަސް އަވަހަށް ދުރަށް ބަލާލިއެވެ. ޒައިލީން ދެކޮނޑު އަރުވާލާފައި ޓީޗަރަށް ސަމާލުކަން ދިނީ ކިޔަވައިދެން ފެށުމުންނެވެ. ނަމަވެސް ދޭތެރެ ދޭތެރެއަކުން […]
* “ސާބަހޭ ޒައީ.. އިންޓަނެޓްއިން ސަރޗް ކޮއްބަލަ މިސްކޫލްގެ ހިސްޓަރީ.. މިއީ ވަރަށް އޯލްޑް ތަނެއް އަލުން ހަދާފައި.. މިހާރު މިތަނުން ކިޔެވި މީހުންވެސް މުސްކުޅި ވެގެން މަރުވެފައިވާކަމަށްވެސް ބުނޭ…” ޒައިދާން ކިޔައިދިނެވެ. “އެހެންތަ…؟ ޒައި ފަހުން ބަލާލާނަން…” ޒައިލީން އެހެން ބުނެފައި ދޮރާ ދިމާލަށް ބަލާލެވުނީ މީހަކު ހުރިހެން ހީވެގެންނެވެ. * “އޯވްހް.. ކާކަށް ގުޅައިގެން..؟ ސްޕެޝަލް ފްރެންޑްތަ..؟” އަލްޔާ ލާނެތް ހިނިތުންވުމަކާއި އެކީ ލޯ ހަނި ކޮއްލަމުން އައިސް ޒައިލީން ގާތު އިށީނެވެ. “އޭނ..؟ […]
އަފްލާމް އަކީ ޔޫ.އެސްގައި ހުންނަ ކުޑަކުޑަ ވިލެޖްއަކަށް އުފަންވި މީހެކެވެ. ރާއްޖެއަށް އަފްލާމް ދިޔަ ފަހަރެއް ގައި އަފްލާމްއާއި ޒައިނާ ދިމާވިއެވެ. ޒައިނާއާއި އަފްލާމްގެ މެދުގައި އެކުވެރިކަމަށްވުރެ ގާތް ގުޅުމެއް އުފެދިގެން ދިޔައީ ހީވެސް ނުކުރާހާ އަވަހަށެވެ. އަފްލާމް އިސްލާމްވީވެސް ޒައިނާ އާއި ބައްދަލުވި ފަހުންނެވެ. އެއަށްފަހު ޒައިނާއާއި އަފްލާމް ކައިވެނި ކޮށްގެން ދިރިއުޅެމުން ދިޔައީ ރާއްޖޭގައެވެ. ޒައިނާގެ އުފަން ރަށުގައެވެ. އަފްލާމްއަކީ ބޭރު މީހަކަށް ވެފައި އާދަޔާޚިލާފަށް ދޮނެވެ. އަފްލާމްގެ ހުންނަނީ ވެސް ނޫ […]
ކުރިމަތީ ހުރި ފިރިހެން މީހާ އަމިއްލަ ކަރުގައި ވަޅި އަޅާލިތަން ފެނުމުން އަނެއް ދެ އަންހެން ކުދިން އަޑުގެ ނެތްތަނަށް ހަޅޭއްލަވައިގަތެވެ. “އަޅެ ނޫން..!! ލޫކްވެސް މަރުވީ..!” ޒައިލީން އަނގަމަތީ އަތް އެޅިއިރު ދެލޯ ވަނީ ފެންކަޅިވެފައެވެ. “ސާބަސް ޒައި.. އެހެންވެގެންނޭ ދޮންބެ ބުނީ ޒައިމެން ކަހަލަ ހިތްބަލި ކުދިން ނުވާނެޔޭ މިކަހަލަ މޫވީތައް ބަލާކަށް.. އެވަރުންވެސް މި މޫވީ ބަލަން ވެއްޖެ ވިއްޔާ..!” ޒައިދާން ޒައިލީންގެ ބޮލުގައި މަޑުމަޑުން ޖަހާލިއެވެ. “ޒައިގެ ފްރެންޑުން ބުނި ޓްރުތް […]