* އަލްޔާ ފުން ނަޒަރަކުން ޒައިދާންގެ ގާތުގައި ކޮންމެވެސް ކަމަކާއި ހުރެ ހޭން ހުރި ރަވިކާން އަށާއި ޒައިލީންއަށް ބަލާލިއެވެ. އަދި އެދެމީހުންނަށް ބަލަން ހުރި ހެއިލަންގެ މޫނަށް އަރާ ފައިބަމުން ދިޔަ ކުލަވަރުތަކަށްވެސް އަލްޔާ ބަލާލިއެވެ. އަލްޔާއަށް ކަމެއް ދޭހަވިއެވެ. ހެއިލަންގެ ހިތުގައި ޒައިލީންއަށް ދެވިފައިވަނީ އާދައިގެ ދަރަޖައެއް ނޫންކަމެވެ. * ތޭންކް ގޯޑް.. ޒައި އޯކޭކަން..” ހެއިލަން އިތުރު ކޮއްލިއެވެ. “ދެން ބްރޯ.. ޒައިއަށް އެއްވެސް ކަހަލަ ގޮތެއް ހަދާފައެއް ނޫންދޯ ތިގެނައީ..؟” ޒައިދާން […]
* ހިޒްލީގެ ވޭނީ ހަޅޭކުގެ އަޑުން ގޭތެރެ ގުގުމައިގެން ދިޔައެވެ. އެކަކަށްވެސް އަޑެއް ނީވުނެވެ. އަޑު އިވޭނީ ވެސް ނުނިދާ އޮތިއްޔާތާއެވެ. އެންމެންވެސް އޮތީ ނިދާ ހަރުވެ ހުވަފެންތައް ބެލުމުގައި އަވަދިނެތިއެވެ. * ޒައިލީންއަށް ހޭލެވުނީ އަލްޔާ ގޮވާލުމުންނެވެ. ރޭގައި ނުނިދިފައި އޮތުމުގެ ސަބަބުން ޒައިލީންއަށް އެންމެ ލަހުން ހޭލެވުނުކަމީވެސް ހަގީގަތެވެ. ޒައިލީންއަށް ފުރަތަމަވެސް ބަލާލެވުނީ ރަވިކާން އަށެވެ. އޭރު ރަވިކާންވެސް ހޭލައިގެން އުޅެއެވެ. ހަމަ އިއްތިފާގުން ޒައިލީންއާއި ދިމާލަށް ރަވިކާންއަށްވެސް ބަލާލެވުނެވެ. ހީވީ ކަރަންޓުގައި ޖެހުނުހެންނެވެ. […]
* އައުލްކީންގެ ފައިބުޑުގައި ބަންޑުން ވެއްޓިފައި އޮތީ މިސްޓަރ ނެއިލޮންއެވެ. އައުލްކީންގެ ލެއިން ތަތްތެޅިފައިވާ ދެއަތަށާއި ހެދުމުގެ ފަސްބަޔަށް ބަލާލާފައި ޒައިލީންގެ ދެލޯ ބޮޑުވިވަރުން ހީވީ އެއަށްވުރެ ބޮޑަށް ދެން ޒައިލީންގެ ދެލޯ ނުހުޅުވޭނެ ހެންނެވެ. ނާމާން ގޮތަކަށް އައުލްކީން ހީލިއެވެ. އައުލްކީން ދެން ދިމާކޮއްލީ ނެއިލޮންގެ ކަރުގައި އަޅާފައިވާ ހަލާކު ނެގުމަށެވެ. ޒައިލީންއަށް ދެލޯ ބޮޑުކޮށްލެވުނެވެ. ރަވިކާން ކިޔައިދިން ގޮތުންނަމަ ނެއިލޮން ވާނީ އައުލްކީންގެ ބާރުތައް އެހަލާކަށް ލާފައެވެ. އައުލްކީންގެ އަތުގައި ހަލާކު ޖެހިއްޖެނަމަ އެއަށްފަހު […]
ކުއްލިއަކަށް ގަދަ ވައިރޯޅިއެއް ޒައިލީންގެ ގައިގައި ބީހިލިއެވެ. ފާޚާނާތެރޭ ހުރި ކުޑަ ފެންލައިޓުން އެފަދަ ބާރު ވައިރޯޅިއެއް ޖެހިދާނެ ކަމަށް ޒައިލީންއަކަށް ގަބޫލެއް ނުކުރެވުނެވެ. ކުރިއަށްވުރެ ބާރަށް ވައި ޖެހެން ފެށުމުން ޒައިލީންއަށް އެދިމާލަށް ބަލަން ހުރެވުނެވެ. ކުއްލިއަކަށް ކުރިމަތިން ފާޅުވީ ރަވިކާންއެވެ. އަމިއްލަ ދެލޯ އޭނާއަށް ޚިޔާލީ މަންޒަރު ދައްކަނީ ހެއްޔެވެ.؟ ނޫނީ ރަވިކާންއާއި ދޭތެރޭ ވިސްނަމުން ގޮސް ޒައިލީންގެ ސިކުނޑީގެ ބާރު ކެނޑުނީ ހެއްޔެވެ.؟ ޒައިލީންއަށް އަމިއްލަ އަތުގައި ވިކާލެވުނެވެ. މިފެންނަނީ ހުވަފެނެއް ނޫނެވެ. […]
* ވިސްނާކަށް މިނެޓެއްވެސް ރަވިކާންއެއް ނުދިނެވެ. ޒައިލީންގެ ދެކޮނޑުގައި ހިފާ ރަވިކާން ވަޅުގެ ތެރެއަށް ޒައިލީން ކޮއްޕާލިއެވެ. ވެއްޓެމުންދިޔަ ޒައިލީންއަށް ހިފުނީ ރަވިކާންގެ ކުޑަވާ އިނގިލީގައެވެ. “ހާސްނުވޭ.. އަހަރެންވެސް އެބަ އަންނަމޭ..” މަލާމާތް ކޮއްލަމުން ރަވިކާން ވަޅަށް ފުންމާލިއެވެ. އަރައިގެން ދިޔައީ ވަރުގަދަ އައްޔެކެވެ. ލޯހުޅުވާލަން ދަތިވެގެން ޒައިލީން ލޯމަރާލިއެވެ. “ޒައި..!؟” ކަންފަތުގައި ޖެހުނީ ޒައިދާންގެ އަޑެވެ. * ޒައިލީންއަށް ލޯހުޅުވާލެވުނުގޮތަށް ފުންމައިގެން ތެދުވެވުނެވެ. ”އޭތް..!! ރަވިކާންގަނޑާ..!!!” ޒައިލީންއަށް އަޑުގެ ނެތްތަނަށް ހަޅޭއްލަވައިގަނެވުނެވެ. އެއަޑަށް ގާތުގައި ހުރި […]
* ޒައިލީންއަށް ހެވިފައި ހުރެވުނީ ރަވިކާން އެކުރަނީ ސަމާސާއެއްހެން ހީވުމުންނެވެ. ނަމަވެސް އެ ދެލޯ ވިދާލި ގޮތުންނާއި ޒައިލީންއާއި ގާތަށް ފިޔަވަޅު އަޅަން ފެށިގޮތުން ޒައިލީންއަށް ދެލޯ ބޮޑު ކޮށްލެވުނެވެ. * “ރަވިކާން ސަމާސާ ނުކޮށްބަލަ.. ޖިންނިއެއްހެން ހެދިގެން ނޫޅެބަލަ..” ޒައިލީން ހަގީގަތަށްވެސް ބިރު ގަނެގެން ބުނެލިއެވެ. ”އަހަރެން މީ ޖިންނިއެއް.. ދެން އަހަރެން ކިހިނެތްތަ ޖިންނިއެއްހެން ނޫޅޭނީ..؟” ރަވިކާން ރަނގަޅު ޖަވާބެއް ދީފައި ބަނޑުހައިވެފައި ހުރި މީހެއް ފަދައިން ދޫ ނެރެލިގޮތުން ހީވަނީ މީރު ކާއެއްޗެއް […]
* ޒައިލީން ރަވިކާން މަރާލަން އިއުލާން ކޮށްފައި އަނބުރާ ޒައިދާންމެންގެ ގާތަށް ދާނީހެއްޔެވެ.؟ ނޫނީ ބާރީ ދިން ދެގޮތުގެ ތެރެއިން ދެވަނަ ގޮތަށް އަމަލުކޮށް އެ އާދަޔާޚިލާފް ތަނުގައި މަޑުކުރަން އެއްބަސް ވާނީ ހެއްޔެވެ.؟ * ************ “އެންމެ ރަނގަޅު.. ތި ކުދިންނަށް މިތަނުގައި ހުރެވިދާނެ.. އެކަމަކު ކުދިންކޮޅަކާއެކީގައި ކޮޓަރި ޝެއާ ކޮއްގެން…” އެ މުސްކުޅި އަންހެން މީހާ ބުނެލިއެވެ. “ވަރަށް ބޮޑަށް ޝުކުރިއްޔާ.. ދައްތަގެ ތި ހެޔޮކަން ދުވަހަކުވެސް ހަނދާނެއް ނުނައްތާލާނަން…” ޒައިދާން އުފާވެފައި ގާތުގައި […]
* ރަވިކާން ފާޑަކަށް ޒައިލީން ގެ މޫނަށް ބަލަން އިނެވެ. ކުއްލިއަކަށް އެ މޫނުގެ ކުލަވަރު ބަދަލުވިތަން ޒައިލީންއަށް ފެނުނެވެ. ވީ ކިހިނެތްތޯ އަހާލަން ޒައިލީން އަނގަ ހުޅުވާލިތަނާ ރަވިކާން އައިސް ޒައިލީން ގަޔާލާ ބޮނޑި ކޮށްލިއެވެ. ޒައިލީންއަށް ލިބުނު ސިހުމުން ހަރަކާތެއް ކޮށްލަން ނޭނގިފައި ހުއްޓާ ރަވިކާން ޒައިލީންގެ ގައިގައި ރަވިކާންގެ ވަރަ އޮޅާލިއެވެ. ހެދި ނުހެދިއެއް ނޭނގުނެވެ. ޝޮކެއް ޖެހިފައި ޒައިލީން އިންދާ ދެން އިވުނީ ރަވިކާންގެ ވޭނީ ހަޅޭކުގެ އަޑެވެ. * ********* […]
* “މީ ރުޅި.. ބިރެއް ނޫން.. ބިރުނަމަ ރަވިކާންގެ އަތުގައި ވިކައިގެން ނަމަވެސް ތިރިއަށް ފުންމާލާނަން..” ޒައިލީން ދޮގެއް ހަދާލިއެވެ. ”ގަދަކަމުން މީހެއް ސަލާމަތެއް ނުކޮއްދެވޭނެ.. އެހެންވެ ދެން މި ދޫކޮއްލަނީ..” ރަވިކާން އެހެން ބުނަމުން ޒައިލީންގެ އުނަގަނޑުން ދޫކޮއްލިއެވެ. * ޒައިލީން ހަޅޭއްލަވައިގަނެފައި ރަވިކާންގެ އަތުގައި އޮޅުލައިގަތެވެ. ޒައިލީންގެ ހިތުގެ ތެޅުން ރަވިކާންގެ އަތަށް އިހުސާސް ވަމުން ދިޔައެވެ. “އަދިވެސް ފުންމާލަން އުޅެއްޗޭ..” ރަވިކާން މަލާމާތުގެ ހިނިގަނޑެއް ޖަހާލާފައި ޒައިލީންއާއި ދިމާލަށް ބަލާލިއެވެ. ރަވިކާންއަށް ކޮންމެ […]