Skip to content
އެސްފިޔަ

އެކުއްޖާ 20

 

* ކުރިމަތީގައި ހުރި އަންހެން މީހާ އަވީނާއާއި ދިމާލަށް އެނބުރިލަމުން އައިނު ނެގިއެވެ. އެ އަންހެން މީހާއާއި އަވީނާގެ ހަތަރު ކަޅި ހަމަވިއެވެ. އަވީނާ ސިއްސައިގެން ދިޔަވަރުން އައިންގެ އަތަށް ބާރު ކޮށްލެވުނެވެ. އައިންގެ އަތުން ޓެބު ވެއްޓުނެވެ. އޭރު އޮތީ ގޭމް އޯވަރއޭ އަރާފައެވެ. ހިނިތުންވެގެން ހުރި އަންހެންމީހާގެ މޫނު ފެނިފައި ހަމަ ރަނގަޅަށްވެސް ގޭމް އޯވާރ ވީއޭ އަވީނާގެ ހިތަށް އެރިއެވެ.*

”އި.. އި.. އިތުޤާ.. އިތުޤާލް..!” އަވީނާއަށް ހިތާހިތުން ކިޔާލެވުނެވެ. “މީ ރޯންގު ހައުސްތަ..؟؟؟” އަތުގައި އޮތް ފޯނަށް ބަލާލާފައި އިތުޤާލް އަހާލިއެވެ. ޒާއިން ފާޑަކަށް ކާކު ހޯދަންހޭ އަހާލައިފިއެވެ. “ކަމެއް ނޫން.. އަން…” އިތުޤާލް ހިނިތުންވެފައި ޒާއިންއާއި އައިންއަށް ދެ ޗޮކްލެޓް ދިނެވެ.

އައިންއާއި ޒާއިން އުފަލުން ގޮތެއް ނެތެވެ. ޝުކުރިއްޔާއޭ ވެސް ނުބުނެ ޗޮކްލެޓް ނިއުޅާލައިގެން ކާން ފެށިއިރު ހީވަނީ އެއީ މިއިން ދުވަހަކުވެސް ކާއެއްޗެއް ނުލިބޭ ދެ ދަރިން ހެންނެވެ. އަތް ދަބަސް ކޮނޑަށް ހެޔޮވަރު ކޮށްލާފައި ދަމުން އިތުޤާލް އަވީނާއާއި ދިމާލަށް ބަލާލީ މާނަވީ ބެލުމަކުންނެވެ.

*****

“އިތުޤާލް..!” ހަޅޭއްލަވައިގަނެފައި އަވީނާއަށް ހޭލެވުނެވެ. ދެންމެ ފެނުނީ ހުވަފެނެއްކަން ޔަގީން ވުމުން އަވީނާ ކުޑަކޮށް ހަމަޖެހޭ ގޮތްވިއެވެ. ހުވަފެން ފެށުނީ ޒާއިންއާއި އައިންއާއި ހިސާބުންނެވެ. “އަހަރެންނަށް ކީއްވެ ހުވަފެނުން އިތުޤާލް ފެންނަން ޖެހުނީ..؟” އަވީނާއަށް ހިތާހިތުން އެހުނެވެ.

އެ އަންހެން މީހާ ރަށުތެރެ ކުޑަކޮށް ބަލާލާފައި މުޖާހިދަށް ގުޅިއެވެ. މުޖާހިދު އައިސް އެ އަންހެން މީހާ ގެއަށް ގެންގޮސްދިނެވެ. “ފީލް ފްރީ… އެނީތިންގ އިން ދިސް ހައުސް އިޒް އޯލްސޯ ޔުއަރސް..” މުޖާހިދު އެހެން ބުނެލިއަޑަށް ޒީޝްއަށް ކާންދޭން ސޯފާގައި އިށީނދެގެން ހުރި ޒިވީން ހައިރާންވެފައި ބަލާލިއެވެ. ”އެހެންދޯ..؟ އެކަމް ބުނަން… އަހަރެންނަށްވެސް އެނގެޔޭ ދިވެހިން ވާހަކަ ދައްކަން…” ހެވިފައި ހުރެ އެ އަންހެންމީހާ ބުނެލިއެވެ.

“މައި އެޕޮލޮޖީޒް… އަވަހަށް ރޫމްއަށް ގޮސް ފްރެޝްވެގެން އާދޭ ކާން…” މުޖާހިދު ބުނެލިއެވެ. އެ އަންހެން މީހާ ކޮޓަރިއަށް ވަނެވެ. މުޖާހިދު ލަހުފާއަށް ގޮވަމުން ގޮސް އެދެމީހުންގެ ކޮޓަރިއަށް ވަނެވެ. ސަތާރަވަރަކަށް އަހަރުގެ އެ އަންހެންކުއްޖާ ދިޔައީ ޒިވީންގެ ގާތަށެވެ. ”ހެލޯ..” ފަރުވާކުޑަ ގޮތަކަށް ޒިވީން ބުނެލިއެވެ. “ހައި.. ކޮން ނަމެއްތަ ކިޔަނީ..؟ މަ މީ އަފްލީން…” އަފްލީން ކުއްޖާ ތައާރަފް ވެލިއެވެ. ”ޒިވީން..” ސަލާމް ކޮށްލަން އަތްވެސް ދިއްކޮށްނުލާ ޒިވީން ބުނެލިއެވެ.

އަފްލީން ފާޑަކަށް އަނގަ ހަދާލާފައި ފެންފޮދެއް ބޯލައިގެން ކޮޓަރިއަށް ވަނެވެ. ޒިވީން ޒީޝްއަށް ކާންދީ ނިންމާލާފައި ކޮޓަރިއަށް ވަނެވެ. ޒީޝް ނިދާތޯ ޒިވީން މަޑުމަޑުން ” އިރޭޒް ޔޫ ” ލަވައިގެ ރާގު އަޅުވަމުން ދިޔައެވެ. އެއީ ޒީޝްގެ ނާނާއެވެ.

ލެކްޗަރާ ކްލާހުން ނުކުތުމުން އަވްލީން ފޮތްބޮނޑި މޭގައި ޖައްސާލައިގެން ނުކުތެވެ. “އަވް ކޮންކަމަކާއި ދޭތެރޭ ތި ވިސްނަނީ..؟ މިފަހަކަށް އައިސް އަވް ހާދަ ހިމޭނަކުންނޭ ތިހުންނަނީ…؟” އަވްލީން ސިހުނީ އިފާ ވާހަކަ ދެއްކި އަޑަށެވެ. އިފާއަކީ އަނގަގަދަ ކަމުގެ މިސާލެކެވެ. އަނގަގަދަ މިތުރަކަށްވެސް ދޫ ނުކުރާނެކަން ޔަގީނެވެ. ނަމަވެސް އިފާއަކީ މޮޅު ކުއްޖެކެވެ. ކްލާހުގެ ތެރެއިން އެންމެ މޮޅު ކުދިންގެ ތެރޭގައި އިފާ ހިމެނޭނެއެވެ. އަނގަގަދަ ސަކަ މިޒާޖެއްގެ ވެރި ކުއްޖެކެވެ. “އުހުމް.. ނުވިސްނަމޭ…” އަވްލީން ކުޑަކޮށް ހީނލަމުން ބުނެލިއެވެ.

ކުއްލިއަކަށް އަވްލީންގެ ލޮލުގައި ކަޅު ކާރެއް އަޅައިގަތެވެ. ނަންބަރު ބޯޑު ފެނުމުން އެކަނިވެސް އަވްލީންގެ ލޮލަށް ކަރުނަ ޖަމާވިއެވެ. މަޑުމަޑުން އަވްލީންއަށް ބަލާލެވުނީ ކާރުތެރެއަށެވެ. ކާރުތެރޭ އަވްލީންގެ ހަރަކާތްތަކަށް ގެއްލި ހުސްވެފައި އިން ކައިޔަންގެ ދެލޮލަށް އަވްލީންއަށް ބަލާލެވުނެވެ.

ހުދު ޓީޝާޓެއް މަތިން ކަޅު ހޫޑީ ޖެކެޓްއެއް ލައިގެން ހުރި ކައިޔަން ފެންނަނީ ނުހަނު ރީތިކޮށެވެ. އަޅައިގެން ހުރި އައިނުގެ ސަބަބުން ލޯ ފޮރުވިފައިވީ ކަމުގައިވިޔަސް އަވްލީންއާއި ދިމާލަށް ބަލަންހުރި ކަން އެނގެއެވެ. ހޫޑީގެ ސަބަބުން އިސްތަށިގަނޑުގެ ބޮޑުބައި ވަނީ ނިވާވެފައެވެ. އެފަހުން ކައިޔަން އިސްތަށިގަނޑު ކޮށާފައި ނުވާކަން އެނގެނީ ބުޅިކޮށް ހުރި އެއިސްތަށިގަނޑު ކަންފަތަށްވުރެ ތިރިއަށް ދިގުވެފައި ވުމުންނެވެ. ދެ މީހުންގެ ނަޒަރު ބައްދަލުވުމާއެކީ ކައިޔަން ހިނިތުންވެލިއެވެ. އަވްލީންވެސް ހީނލަން ނުހީލަން ހުރެފައި ހީނލިއެވެ.

“މިހާރު ކޮންކަމަކާއި ހުރެ ތި ހެނީ..؟” ގާތުގައި ވިއްދާފައި އިފާ ހުރިކަން ހަނދާންވީވެސް އިފާ ހިނިގަނޑެއް ޖަހާލާފައި ވާހަކަ ދެއްކުމުންނެވެ. “ކަމެއް ނުވޭ.. އެއްޗެއް ހިތަށް އެރީމައި ހަމަ ހެވުނީ…” އަވްލީން ސިއްރު ސިއްރުން ހީނލާފައި އިފާއާއި ދިމާލަށް އެނބުރުނެވެ. “އޭތް އަވް… މަ މި ދަނީ…. ދޮންބެ ބަލާ އައިސްފި..” އިފާ އަވްލީންގެ ކޮނޑުގައި ޖަހާލާފައި ގޮސް ދުރުގައި ހުރި ފިރިހެންކުއްޖާ އާއި އަރާ ހަމަ ކުރިއެވެ.

“އަމްމް.. އަހަރެއްގައި ތިންސަތޭކަ ފަސްދޮޅަސް ފަސް ދުވަސް ހުންނާނެ.. އޭތި އިންޓު ތިނެއް ވާނީ އެއްހާސް ނުވަދިހަ ފަހެއް.. ދެން……” ރަނާ ކަލްކިއުލޭޓަރެއް ހިފައިގެން އެނދުމަތީ އޮތެވެ. “ދެން ހުރިހާ މަހެއްގެ ދުވަސްތައް އެއްކޮށްލާނީ..” ރަނާ ލިޔާން ހައްޔަރު ކުރި ފަހުން ވޭތުވެދިޔަ މަސްތަކުގެ ދުވަސްތައް އެއްކޮށްލިއެވެ. “ވޭތުވި މަސްތަކުގެ އަދަދުތައް އެއްކޮށްލީމައި އަންނާނީ…. ތިންސަތޭކަ ހަތެއް..” ރަނާ ފަރިތަކަމާއެކީ ކަލްކިއުލޭޓަރުގެ ނަމްބަރުތަކަށް ފިތަމުން ދިޔައެވެ.

ވާނީވެސް އެހެންނެވެ. ކުރިން އުޅުނު ކޮސްމެޓިކްސް ފިހާރައިގެ ފެންވަރު ދަށްކަމުން ރަނާ ބޭނުން ކުރަން ޖެހުނީ ކުޑަ ކަލްކިއުލޭޓަރުގަނޑެއް ވިއްޔާއެވެ. ފަރިތަ ނުވާންވީ ސަަބަބެއް ނެތެވެ. “އެހެންވީމާ ޖަވާބު ގެންނަންޏާ ޖެހޭނީ…… އެއްހާސް ނުވަދިހަ ފަހެއް މައިނަސް ތިންސަތޭކަ ހަތެއް ހަދަން…. އޭރުން ފައިނަލް ޖަވާބަކަށް އަންނާނީ….. ހަތްސަތޭކަ އަށްޑިހަ އަށެއް..!!” ރަނާ ބޭނުންވި ޖަވާބު ލިބުނެވެ.

“ލިޔާން އަދި ޖަލުގައި ހޭދަކުރަން އެބައޮތް ހަތްސަތޭކަ އަށްޑިހަ އަށް ދުވަސް…” މާޔޫސް ކަމާއެކީ ރަނާ ކަލްކިއުލޭޓަރު ބޭއްވިއެވެ. ކުއްލިއަކަށް ފޯނު ރިންގު ވާންފެށިއެވެ. ފޯނު ކަމަށް ހިތާ ރަނާއަށް ފުރަތަމަ ނެގުނީ ކަލްކިއުލޭޓަރެވެ. ޕިސްޕިސް ކިޔަމުން ރަނާ ފޯނު ބަލާލިއިރު ކައިޔަން ގުޅަނީއެވެ. އުފާވާން ބޭނުންވިޔަސް ރަނާއަށް އުފަލެއް ނުވެވުނެވެ. އެހާ ދުވަސް ވަންދެން މަސައްކަތް ކޮށްކޮށްފައި ކައިޔަން އަނބުރާ ރަނާގެ މިލްކަކަށް ވުމުން ރަނާއަށް އަދި ހިތްހަމަ ޖެހުމެއް ނުލިބެއެވެ. ހީވަނީ އަދި ކޮންމެވެސް އެއްކަމެއް މަދުވެފައިވާ ހެންނެވެ. އެއީ ކޮންކަމެއް ކަމެއް ރަނާގެ ސިކުނޑިއަކަށް އަދިވެސް ނުވިސްނެއެވެ.

“ޔޫޝުއަލްއަށް ދަންތަ މިރޭ..؟؟” ފޯނު ނަގާ ކަންފަތުގައި ޖައްސާލުމާއެކީ ކައިޔަން އަހާލިއެވެ. “އާނ ކައި ބަލީތަ..؟” އަސަރެއް ނެތް އަޑަކުން ރަނާ އަހާލައިފިއެވެ. ”ނޫން.. ކިހިނެތްވީ..؟ އަނެއްކާ ރަނޫ ބަލީތަ..؟” ކައިޔަން އަހާލިއެވެ. “އުހުމް..” ރަނާ ފޯނު ބޭއްވިއެވެ. ބޭއްވިގޮތަށް ރަނާ މޫނުމަތީގައި ބާލީސް އަޅައިގެން އެތައްއިރެއް ވަންދެން ވިސްނަން އޮތެވެ. “ކޮންކަމެއްތަ މަށަށް މަދު ވެގެން މި އުޅެނީ..؟؟ ކުޑައިރުއްސުރެ ފުރާނަ ފަދައިން ލޯބިވި ކައި އެއީ މިހާރު އަހަރެންގެ މީހެއް… ދެން މަށަށް ކީއްވެހޭ ހަމަޖެހިނުލެވިގެން މި އުޅެނީ..؟؟؟” ރަނާއަށް އަމިއްލަ ނަފްސާއި ކުރެވުނީ އަދި ޖަވާބެއް ނެތް ސުވާލެކެވެ.

އަވީނާއަށް ކައިޔަން އެމް ބީ ބިލްޑިންގއަށް ބަދަލުކުރި ޚަބަރު ލިބުނީ އޭގެ ދެހަފްތާ ފަހުންނެވެ. އަވީނާއާއި އަލާންއާއި ފަރުހާން ކައިޔަންއާއި ވާހަކަ ދެއްކުމަށް މެންޓަލް ބިލްޑިންގަށް ދިޔައެވެ.

“ދަރިފުޅާ ކައިޔަން..!!” މެންޓަލް ބިލްޑިންގގެ ތެރެއިން ކައިޔަންގެ ކޮޓަރިއަށްވަދެ ކައިޔަން ފެނި އަވީނާއަށް ގޮވާލެވުނީވެސް ދަރިފުޅޭ ކިޔާފައެވެ. ވާނީވެސް އެހެންތާއެވެ. ކައިޔަން މުޖާހިދާއި ހަވާލު ކުރުމުން ހަދާލިގޮތް ފެނިފައެވެ. “ހައި އަވީނާދައްތާ.. މިތަނުގައި ކީއްކުރަނީ..؟” ކައިޔަން އެއްސެވެ. “ދައްތަމެން މިއައީ ކައިޔަން ބަލާ.. އަވަހަށް އާދޭ ގެއަށް ދާން…” އަވީނާ ބުނެލިއެވެ. “ނޫން އަޅުގަނޑު ހުންނަން ބޭނުމީ މަންމަ ބުނާ ތަނުގައި.. އެންޑް މިތަން މާ ބޮލަށް ފަސޭހަ.. ބޭނުންއިރަކު ބޭރަށްވެސް ދެވޭ…” ކައިޔަން ދެކޮޅު ހެދިއެވެ.

“ކައިދޮންބޭ ދެން ޕްލީޒް.. ދެން އާދޭ.. ޒިވީވެސް އެބަހުރި ދޮންބެ އަންނަން ދެން..” އަލާން ބުނެލިއެވެ. “ކާކުތަ ތިއީ..؟ ޒިވީއޭ..؟ ޒިވީ ކޮބާ..؟” ކައިޔަން އަހާލިއެވެ. “އަހަރެމެންގެ ގޭގައި.. ކައިދޮންބެގެ ބައްޕަ ކައިދޮންބެ މިތަނަށް ލާފައި ދިޔުމުން ޒިވީ އައީ.. ހަމައެކަނި ޒިވީއެއް ނޫން.. ޒީޝްވެސް ގޮވައިގެން…. ޒިވީ އައީ މުޖާހިދުގެ އަނިޔާތަކަށް ކެތް ނުކުރެވިގެން…!” ކައިޔަން ނެތް ހަފްތާތަކުގައި ވީ ކަންކަން އަލާން ކިޔައިދިނެވެ.

“ބައްޕަ އެކަކަށްވެސް އަނިޔާއެއް ނުކުރާނެ… ބައްޕަ……………….” ކައިޔަން އެހެން ބުނިތަނާ ބޮލުގައި ރިއްސައިގަތެވެ. އަރައިގަތް ތަދުން ކައިޔަންއަށް ދެލޯ މަރާލެވުނެވެ. މުޖާހިދު ކައިޔަން ލައްވާ ކުރުވި ބުރަ މަސައްކަތްތަކާއި ޒިވީންއަށް ކުރި އަނިޔާތައް މަތިން ކުޑަކޮށް ހަނދާންވިއެވެ. ކައިޔަންއަށް ދެލޯ ހުޅުވާލުމުގެ ފުރުސަތު ލިބުމުގެ ކުރިން ރީތި ދިގު އިސްތަށިގަނޑެއް އަނެއްކާ ފުސްގަނޑެއްގެ ތެރެއިން ފެނުނެވެ. ކައިޔަންއަށް ލޯ ހުޅުވާލެވުނު އިރު ހުރީ ކުޑަކޮށް ބުމަ ގޮށްޖެހިފައެވެ.

“އަޅުގަނޑު އަންނަންވީމައި އަންނާނަން… މަންމަ ބުނާގޮތް ހަދައިގެން އިހަކަށް ހުންނަން ބޭނުމީ..” ކައިޔަން ބުނެލިއެވެ. އަވީނާމެން އެންމެފަހުން އެތަނުން ނުކުތީއެވެ. ކައިޔަން އެމީހުންނާއެކީ ނާންނާނެ ކަން އެނގުމުންނެވެ.

*****************

“އޭ ދެން އަވްލީން.. ޕްލީޒް…. މިޖޮބް އަވް އެކްސެޕްޓު ކޮއްބަލަ.. މިއޮތީ އެ ބިލްޑިންގެ އެއްވެސް ސައިކޭޓްރިސްޓަކަށް ކައިޔަން ހޭންޑަލް ނުކުރެވުނު ވާހަކަ.. ނޯވަން..! އަދި އަވްގެ ހުވަފެނަކީވެސް ސައިކޭޓްރިސްޓަކަށް ވުމެއްނު..؟ އެހެންނޫނަސް ކައިޔަންދެކެ އަދިވެސް އަވް ވަރަށް ލޯބިވެއެއްނު..؟ ދެން މިކިޔަނި ރަނޫ އުޅުނު ގޮތަށް އުޅޭށެކޭއެއް ނޫން.. މިޖޮބަށް ޓްރައިއެއް ދީފައި ކައިޔަންގެ މެމޮރީސްތައް އަލުން އާވާނެ ގޮތަށް ހަދަން ހިނގާށޭ..” ހުކުރު ދުވަހު ހަވީރުގެ ފިންޏަށް ޔޫޝުއަލް ބާއްވާ ތަނުގެ ގާތުގައި ހުރި ހެއްލާ ޖޯލިތަކުގައި އިށީނދެގެން އިން އަވްލީންއަށް އިކުވާން ބުނެލިއެވެ.

އެތާ ހަރުކޮށްފައި އިން ޕޯސްޓަރަށް އަވްލީންވެސް ބަލާލިއެވެ. މެންޓަލް ބިލްޑިންގެ ޕޭޝަންޓެއްގެ ސައިކޭޓްރިސްޓްއަށް ވުމަށް ފުރުސަތު ހުޅުވާލާފައިވާ ވާހަކަ ޖަހާފައި އޮތެވެ.

“އެއީ ވަރަށް ގިނަ މީހުންނަށް ވާގޮތެއް.. މެމޮރީސްތައް ދިޔުމަކީ މިހާ އެކްސިޑެންޓް ގިނަ ދުވަސްކޮޅު އާ ކަމެއް ނޫން… އެހުރީނު އެލިއާނާ އެންޑްރޫސް ވެސް.. އެލިއާނާއަކީ ދެހާސް ފަސްވަނަ އަހަރު ޕްލޭން ކްރޭޝްއެއްގައި ސަވައިވް ވީ ބާރަ މީހުންގެ ތެރެއިން އެކަކު.. އެކަމަކުވެސް އެ ޕްލޭން ކްރޭޝް ގައި އޭނާގެ ހަނދާންތައް ދިޔައީ… ދެން އެލީގެ ބޯއިފްރެންޑްއާއި ފްރެންޑުން ވަރަކަށް މަސައްކަތް ކޮއްގެން އެލީގެ ހުރިހާ ހަނދާނެއް އަނބުރާ އައީ.. މީހުން އެއަށް ކިޔާ އުޅެނީ ކޮންމެވެސް މެމޮރީ މިރެކަލްއެކޭ..” ހައިނާ ބުނެލިއެވެ. “ވަޓްސް ދަ ޕޮއިންޓް ނައު..؟؟ ރަނާ އާއި ކައި ދެން..” އަވްލީންއަށް ޖުމްލައިގެ ފަހުބައި ފުރިހަމައެއް ނުކުރެވުނެވެ. އެއަށްވުރެ ހިތުގައި ޖެހިއްޖެއެވެ. ލޮލުން ނީރާލި ކަރުނަތައް ހިމޭނުން ހުންނަން މަޖުބޫރު ކޮއްލައިފިއެވެ.

“އަވް.. ތި ކަރުނަތަކަކީ އަވް ކައިދެކެ އަދިވެސް ލޯބިވާކަމުގެ ވަރުގަދަ ހެއްކެއް..” އިކުވާން ބުނެލިއެވެ. އަވްލީން އަވަހަށް ނުވާކަމަށް ހަދާފައި އަވަހަށް ކަރުނަތައް ފޮހެލިއެވެ. “އަވް ކިތަންމެ ފަހަރަކު ކަރުނަ ފޮހުނަސް އަވް ހިތުގައިލާފައިވާ ލަކުނެއް ނުފޮހެވޭނެ.. ކައިޔަން ބިލޯންގްސް ޓު ޔޫ…! ޕްލީޒް އަވް..!! އަހަރެމެންނަށާއި އަވްގެ ތިޔަ ހިތަށްޓަކައި ގިވް އިޓް އަ ޝޮޓް..!” ހައިނާ ވިސްނައިދިނެވެ.

“އަވް ކިޔަވާ ކޮލެޖްގައި އުޅޭ ބައިވަރު ކުދިންވެސް އެބަ ޓްރައި ކުރޭ ކައިޔަންގެ ސައިކޭޓްރިސްޓްއަށް ވެވޭތޯ.. އެކަމް ފުރަތަމަ ޓްރައިއަށް ދިޔަ ކުއްޖާއަކަށް އެ ޖޮބެއް ނުލިބުނު.. އަވްގެ ކޮލެޖްގެ ލެކްޗަރާމެން ވެސް އެ ޖޮބު ނަގަނީ އެސެސްމެންޓަކަށް… ކައިޔަންގެ ސައިކޭޓްރިސްޓްއަށް ވެވޭ ކުއްޖާއަށް އޮޓޯމެޓިކް ކޮށް ލިބޭނެޔޯ ޖެހިގެން އޮތް ސެމެސްޓަރއަށް ދިޔުމުގެ ފުރުސަތު…” ފޯނުން އެ ރަށަށް ޚާއްސަ އޮންލައިން ނޫސް ބަލާލަމުން ހައިނާ ބުނެލިއެވެ. “ސީ އަވް..؟ ކައިޔަންގެ ސައިކޭޓްރިސްޓަށް ވާން އަވްއަށް ފުރުސަތު ލިބިއްޖެނަމަ ފަސޭހަވާނީ އަވްގެ ހިތަށް އެކަންޏެއް ނޫން.. އަވްގެ ކިޔެވުމަށްވެސް މީގެ ސަބަބުން އެތައް ފައިދާއެއް ކުރާނެ..” އިކުވާން ހައިނާގެ ވާހަކައަށް ބާރުދިނެވެ.

އަވްލީން ހިތްދަތިވެފައި ހުރެ ދުރު ބަލާލިއެވެ. އޭރު ތަންކޮޅެއް ދުރުގައި ކައިޔަންއާއި ރަނާގެ އިތުރުން ކުދިން ކޮޅެއް އަނބު މަޖާ ހަދައިގެން ކަނީއެވެ. އޭރު ކައިޔަން ހުރީ އަވްލީންއާއި ދިމާ ބަލާށެވެ.

“ސީ..؟؟؟ ކައިޔަންވެސް ނުލާހިކު ބޭނުންވެޔޭ އަވްއާއި ވާހަކަ ދައްކަން..” ހައިނާ ކައިޔަންއަށް އިޝާރާތް ކޮށްލަމުން ބުނެލިއެވެ. “އެނގެޔޭ ކައި ބޭނުންވާކަން.. އެކަމަކު… ކައި އަވްގެ މަތިން ހަނދާނެއް ނުވާނެ.. ދެން ކައި އަވްއާއި ވާހަކަ ދައްކާގޮތުން ހީވާނީ ފުރަތަމަ ދިމާވި ދުވަސްކޮޅު ވާހަކަ ދައްކާހެން… އެހެންވެ ވަރަށް ދެރަވޭ…” އަވްލީން ބުނެލިއެވެ. “އެކަމް އަވް.. އަދި އެއްފަހަރު ވިސްނާލާ… ޕްލީޒް… ކައިޔަންއަށްޓަކައި….” އިކުވާން ޖުމްލަ ނިންމާލިގޮތުން އެކަމާއި ދޭތެރޭ ވިސްނާލަން އަވްލީންއަށް މަޖުބޫރުވިއެވެ.

”ވިސްނާނަން….” އަވްލީން ދިން ޖަވާބުން ހައިނާގެ ތުންފަތްމައްޗަށް ހިނިތުންވުމެއް އައެވެ. “ނައު ދެޓްސް މައި ގަރލް… އަވަހަށް ޖަވާބެއް ވިސްނައްޗޭ.. ޓްރައި އައުޓްތަކަށް އޮތް ފުރުސަތު އޮތީ އަންގާރަ ދުވަހާއި ޖެހެންދެން… މިއީ ހުކުރު.. އާދީއްތަ ދުވަހުގެ ކުރިން އަހަރެން ބޭނުން އަވްގެ ޖަވާބު އެނގެން..” އިކުވާން ވާހަކަ ދައްކާލި ރާގުން ހީވީ އެއީ ތަނެއްގެ ވެރިމީހާ ހެންނެވެ.

އަވްލީން ކުޑަކޮށް ހިނިތުންވެލާފައި ގަޑި ބަލާލިއެވެ. “އަޅެ.. އައިމް ލޭޓް..!! އޭ އިކޫ.. ހައި.. އަވް ދެން މި ދަނީ އިނގޭ… އެބައޮތް ކުޑަކަމަކު މަންމައަށް ހެލްޕްވާން ޖެހިފައި..” އަވްލީން ބުނެލިއެވެ. އަވްލީން ހެދީ ދޮގެވެ. އަސްލު އަވީނާ ކަމަކު ނުވެސް ކިޔައެވެ. އަވްލީން އަވަހަށް ދާން ބޭނުންވީ ކައިޔަން ބަލާވަރުން ކެތް ނުކުރެވިގެންނެވެ.

ދިޔަ މަގުމަތީގައި އަވްލީން އަދި އެއްފަހަރު ފަހަތް ބަލާލިއެވެ. އިކުވާން ހަނާ އަޅާލިއެވެ. ހައިނާ ހިނިތުންވެފައި ވައިއަޑުން ގުޑް ލަކްއޭ ބުނެލިއެވެ. އަވްލީން ބަލާލީ ކައިޔަންގެ މޫނަށެވެ. އޭރުވެސް ކައިޔަން ހުރީ އަވްލީންއަށް ބަލާށެވެ. އަވްލީން ލޮލުކޮޅަށް އޮބާލުމުން ނޫނީ އެހެން ދިމާއަކަށް ނުބަލަން ހުވާކޮށްގެން ހުރި ކަހަލައެވެ.

އަވްލީން ކުޑަކޮށް ހީނލާފައި ދިޔައެވެ. އޭރު ރަނާ މަޖާ ކޮށްކޮށްފައި ކަނީއެވެ. ކައިޔަންއަކީވެސް އެތާ ނެތް މީހެއް ފަދައެވެ. އިރުކޮޅަކުން އިކުވާން އާއި ހައިނާވެސް ގޮސް އަނބު މަޖާ ކެއުމުގައި ބައިވެރި ވެއްޖެއެވެ.
އަވްލީން ގެއަށް ވަންނަނިކޮށް މީހަކު އަވްލީންއޭ ކިޔާ ގޮވާލިއެވެ. އަޑު އައީ ފަހަތަކުންނެއް ނޫނެވެ. ގޭތެރެއިންނެވެ. އަވްލީން ހައިރާންވެފައި އެތެރެއަށް ވަދެ ހައިހީލް ބާލާފައި ބޫޓު ހަރުގަނޑަށް ލިއެވެ. އޭރު އަވީނާ އިސްޖަހާލައިގެން ހުއްޓެވެ. އަވްލީން އަވަހަށް ފޮތްތައް މޭޒުމަތީ ބަހައްޓާފައި އެތެރެއަށް ވަނެވެ. ސޯފާގައި އިށީނދެލައިގެން ހުރި ދޮން އަންހެން މީހާއާއި ދިމާލަށް އަވްލީންއަށް ބަލާލެވުނީ ބީރައްޓެހި ނަޒަރަކުންނެވެ.

“މަންމާ.. ކިހިނެތްވީ..؟” އަވްލީންގެ ނަޒަރު އަދިވެސް އެ އަންހެންމީހާގެ މޫނަކުން ނުނެއްޓެއެވެ. ”އަހަރެން މާދަމާ އަދި އަންނާނަން.. އަވީ.. އިންތިޒާރު ކުރާތި…” އެ އަންހެންމީހާ ހެދުމަށް ދަމާލަމުން ލޮލުގައި އަޅައިގެން ހުރި އަވިއައިނު ރީތި ކޮށްލިއެވެ. އަދި ބޮކްސް ހީލްއަކަށް އަރައިގެން ގެއިން ނުކުތެވެ. އަވީނާ ބަހެއް ނުބުނެ ވަނީ ކޮޓަރިއަށެވެ. އަވްލީން ދެކޮނޑު އަރުވާލާފައި ކޮޓަރިއަށް ގޮސް ފެންވަރަށް ވަނެވެ.
އާދީއްތަ ދުވަސް އައީ އަވްލީން އާދީއްތަ ދުވަސް އައުން ލަސްވާނެކަމަށް ދުއާ ކޮށްކޮށް އިންދައެވެ. އެނދުމަތީ އޮވެ އަވްލީން ކަރުނަތައް ހިންދާލާފައި މޫނުމަތި އެއްކޮށް ފޮހެލިއެވެ. ހުރިހާ ހިތްދަތިކަމެއް އެއްފަރާތް ކޮއްލުމަށެވެ. ކަށިން ހިތްވަރު ނެރެ އެ ހިތްވަރުގަދަ ކޮއްފައި ތެދުވިއެވެ. ލޯބިވާ ކައިޔަންއަށްޓަކައެވެ.

“ކޮބާ..؟” އަވްލީން ގުޅުމުން އިކުވާން ފޯނު ނަގާފައި އަހާލިއެވެ. “ޑިސައިޑް ކޮށްފިން.. ޓްރައިއެއް ދޭނަން…” އަވްލީންގެ ޖުމްލައިން ހައިނާ ހީގަތް އަޑު އިވުނެވެ. ހުރީ އިކުވާން އެކަނި ނޫންކަން އެ ޔަގީންވީއެވެ. އާދީއްތަ ދުވަހަށް އިރު އެރީއްސުރެ އިކުވާންއާއި ހައިނާ އެހުރީ އަވްލީންގެ ޖަވާބަކަށް އިންތިޒާރު ކުރަންކަން ޔަގީނެވެ.

އަވްލީން ފެންވަރާލައިގެން އައިސްބްލޫ ޖިންސުސޯޓަކާއި ނޭވީބްލޫ އަތްދިގު ޓީޝާޓެއް ލިއެވެ. އެޓީޝާޓު ގައި ބޮޑު ހިތެއްގެތެރޭގައި އިނގިރޭސި އަކުރުތައް ތެރެއިން ކޭ ލިޔެލާފައިވެއެވެ. އެއަކުރަކީ ކައިޔަން ކަމަށް ބަލާލާފައި އަވްލީން ހިތް ހަމަޖައްސާލިއެވެ.

އަވްލީން ފައިލަކަށް މާލޭ ކޮލެޖްގައި އުޅުނު ދުވަސްވަރު ލިބުނު ހުރިހާ އެއްޗެއް އަޅާލުމަށްފަހު އަތް ދަބަސް ކޮނޑުގައި އަޅުވާލިއެވެ. އަދި ފުންނޭވާއެއް ލާފައި ބޭރަށް ނުކުތެވެ. “ސަންތީ…! ކޮންތާކަށް ތި ދަނީ..؟؟” ކާން އިނދެފައި އަލާން އަހާލިއެވެ. “ކޮލެޖުގެ އެކްސްޓްރާ ކްރެޑިޓްސް ކަމަކަށް…” އަލާންއަށް އެ ބުނި އެތީގެ މާނަ ސާފު ނުވާނެކަން އެނގޭ ހާލު އަވްލީން ބުނެލިއެވެ. “އޯކޭ ސަންތީ.. ގުޑް ލަކް..” އަލާން ފާޑަކަށް ބޯ އަރިކޮށްލާފައި ބުނެލިއެވެ. އަވްލީން ބޫޓު ހަރުގަނޑުން ނޫ ކޮކާތަކެއް ކުރަހާފައިވާ ބޫޓަކަށް އަރައިގެން ނުކުތެވެ.

އަވްލީންއަށް ހިތްވަރު ދިނުމުގެ އިކުވާންއާއި ހައިނާ މެންޓަލް ބިލްޑިންގއަށް އަވްލީންއާއި އެކީ ދިޔައެވެ. އެތެރެއަށް ވަދެފައި ލިފްޓް ކުރިމަތީގައި އަވްލީން ހުއްޓުނެވެ. “މިސާލަކަށް އަވްއަށް ކައިގެ ކުރިމަތީގައި ރޮވުނީޔޯ..؟ އޭރުންނޯ..؟؟؟ އިކޫ… ހައި… އައި ކާންޓް…..” އަވްލީން އުޅުނީ އަނބުރާލާފައި ނުކުންނާށެވެ. ”އަވް އަވްއަށް މި ހިސާބަށް އާދެވުނީ ހާދަ ހިތްވަރެއް ކޮއްގެންނޭ.. ދެން އަނެއްކާ ފަހަތަށް އެނބުރުނީމައި އަވްއަށް ލިބޭނީ ކޯއްޗެއް..؟” ހައިނާ ބުނެލިއެވެ. އަވްލީން ފުންނޭވާއެއް ލުމަށްފަހުގައި ލިފްޓަށް އެރިއެވެ.

ޓްރައި އައުޓްސްއާއި ހަމައަށް ދެވުނުއިރު އަވްލީންގެ އަތް ތުރުތުރުލައެވެ. އޭރު އެތަނުގައި ފަސް ކުދިންގެ ކިޔޫއެއް އޮތެވެ. އަވްލީން ގޮނޑިއެއްގައި އިށީނދެ ހަމަޖެހިލެވޭތޯ ބެއްޔެވެ.

“އައްސަލާމު އަލައިކުމް..!” އެއްކަލަ އަންހެން މީހާގެ އަޑަށް އަވީނާ ދެލޯ މަރާލިއެވެ. “އަހަރެންނަށް އިތުޤާލް ހުވަފެނުގައި މިފެނުނީ އިތުޤާލް ހަމަ މި ރަށަށް އައީމަތާ..” އަވީނާއަށް ބުނެވުނެވެ.

“ވައަލައިކުމުއް ސަލާމް..!” އަވީނާ ދޮރު ކައިރިއަށް ގޮސް އެ އަންހެންމީހާގެ ގާތުގައި އެތެރެއަށް ވަންނަން އެދުނެވެ. “އިތުޤާލް…” އަވީނާ މަޑުމަޑުން ގޮވާލިއެވެ. ”ކޮބާތަ..؟ އަވްލީން..؟” އިތުޤާލް އަހާލިއެވެ.
“ތިއެއް ނޫނޭ އިތުޤާލް..” އިތުޤާލް މާ ހަމަޖެހިގެން ހުރުމުން އަވީނާ ނުތަނަވަސްވިއެވެ. “ވަރަށް އުފާވެއްޖެ ސަތާރަ އަހަރު ވަންދެން އަހަރެން ހަވާލުކުރި ދެ އަމާނާތަށް ހެޔޮކޮށް ހިތީމައި…” އިތުޤާލް ހިނިތުންވެލިއެވެ. އޭރުވެސް އިތުޤާލް ހުރީ އަވި އައިނު އަޅައިގެންނެވެ. ހިޔާވާ ފުރާޅެއްގެ ދަށުގައި ހުރެވެސް އިތުޤާލް އައިނު ނަގާ ޚިޔާލެއް ނުކުރިއެވެ.

“މަރިޔަމް އަވްލީން….” އެތެރޭން ކުއްޖަކު ނުކުމެ އަވްލީންއަށް ގޮވާލިއެވެ. އަވްލީން ތެދުވެގެން ގޮސް އިންޓަވިއު އަށް ޚާއްސަ ކުރެވިފައިވާ ތަނަށް ވަނެވެ.

“އީތަން ކޮބާ..؟؟” އަވީނާ އަހާލި ސުވާލަށް އިތުޤާލް ޖަވާބު ނުދީ އިރުކޮޅަކު ހުއްޓެވެ. “މަރުވެއްޖެ.. އީތަން މަރުވެއްޖެ…” އިތުޤާލް ބުނެލި ޖުމްލައިން އަވީނާ ހައިރާންވެފައި އިތުރަށް ސުވާލު ކުރަން އުޅުނެވެ.
އޭރު އިންޓަވިއު ކުރަން ހުރީ ކައިޔަންއެވެ. މޭޒުދޮށުގައި ކައިޔަން އިން އެހާ ޕްރޮފެޝަނަލް ވައްތަރެއް ނުޖަހައެވެ. އަޅި ޓީޝާޓަކާއި ނޭވީބްލޫ ޖިންސެއްގައި ކައިޔަން ހުރިއިރު ކައިޔަންގެ ޓީޝާޓުގައި ހިތެއްގެ ތެރޭ ‘އޭ’ އަކުރެއް އަޅާފައިވެއެވެ. އަވްލީން ހުރިތަނަށް ގަނޑުވެއްޖެއެވެ. އިތުރަށް އެންމެ ފިޔަވަޅެއް ވެސް އަވްލީން ނުކުޅެދުނެވެ. ދެލޯ މަރާލާ ފުންނޭވާއެއް ލާފައި ކައިޔަން އަވްލީންގެ މޫނަށް ބަލާލި ގޮތުން ހީވީ ދިގު އިންތިޒާރެއްގެ ނިމުން އައީ ހެންނެވެ.

“ކީކޭ ތި ކިޔަނީ..؟ އެހެންވެގެންތަ މިކޮޅަށް އަނެއްކާ ތި އައީ..؟” އަވީނާ އިތުޤާލްގެ ކޮނޑުގައި ހިފާ ތަޅުވައިގަންނަމުން އަހާލިއެވެ އިތުޤާލް ނުރުހިފައި އަވީނާގެ އަތް ފޮޅުވާލިއެވެ. “އަހަރެންނަކަށް ނުޖެހޭ އަވީ ކުރާ ކޮންމެ ކޮންމެ ސުވާލަކަށް ޖަވާބު ދޭކަށް…” އިތުޤާލް އެހެން ބުނެލުމުން އަވީނާގެ މޫނު މައްޗަށް އަރާ ފައިބަމުން ދިޔަ ކުލަތައް ބަދަލުވިއެވެ.

ކައިޔަން ކުރަން ފެށި ކޮންމެ ސުވާލަކަށް ދޭން ޖެހޭ ޖަވާބު އަވްލީން ފުރިހަމައަށް ދެމުން ދިޔައެވެ. ކޮލެޖްގެ ފަރާތުން އައި މީހުންވެސް ހުރީ ވަރަށް ފަޚުރުވެރި ވެފައެވެ. އެ މީހުންގެ ލޮލުން ހީވަނީ އެއީ އަހަރެމެންގެ ރަން ދަރިވަރޭ ބުނާހެންނެވެ. ”އެންމެ ރަނގަޅު.. އަވް.. އެއް ދުވަސް ދެ ދުވަސް ނޫނީ ހަފްތާއެއް ވަންދެން ނުޖެހޭނެ މަޑު ކުރާކަށް.. އަވްއަށް އަހަރެންގެ ސައިކޭޓްރިސްޓްގެ މަގާމު ދީފިން… ކޮންގްރެޖުލޭޝަން…” ކައިޔަން އަވްއޭ ބުނެލުމުން އަވްލީންގެ ބަޑި ފަޅައިގެން ދިޔައެވެ.

އެތަނުން ދިޔުމުގެ އިޒުނައަކަށްވެސް ނޭދި އަވްލީން ދުވެފައި ބޭރަށް ނުކުތެވެ. “އެހެން ވެދާނެ.. އެއީ މާ އުފާވީމައި ވީގޮތަކަށްވެސް ވެދާނެ..” ކައިޔަންވެސް ހުރީ އެހެން ދުނިޔެއެއްގައެވެ. އޭނައަށް ރީތި ވެގެން ފާރަލީ އެކުއްޖާގެ ނަން އެނގުމުންނެވެ. އެ ދުވަހުގެ ފަހުން އަވްލީން ވާނީ އޭނައާއި އެންމެ ގާތުގައިކަން އެނގުމުން ކައިޔަންގެ ގާތަށް އަންނަނީ އާދަޔާޚިލާފެއްގެ ފޯރިއެކެވެ.

އަވްލީން ފާޚާނާއަށް ވަނެވެ. ހިތް ތަކުރާރު ކޮށް ބުނަމުން ގެންދިޔައީ ކައިޔަން އަވްލީންގެ މަތިން ހަނދާންވާ ކަމަށެވެ. ކައިޔަން އަވްއޭ ބުނެލިގޮތުން އަވްލީން ހަނދާންވީ ކައިޔަން އެންމެ ފުރަތަމަ އަވްލީންއާއި ދިމާލަށް އަވްއޭ ކިޔާ ގޮވާލި ދުވަސް މަތިންނެވެ. “އޭ ލިފްޓެއް ދެންތަ..؟” ފާޚާނާއިން ނުކުތްތަނާ ފުރަތަމަވެސް ޖެހުނީ ކައިޔަންގެ ގައިގައެވެ. “އަމް.. ތޭންކްސް..” އަވްލީންއަށް އިތުރަކަށް އެއްވެސް އެއްޗެކޭއެއް ނުބުނެވުނެވެ. “ކީއްވެތަ އަބަދު ރޮނީ..؟ ތީ ރޯ މެޝިނެއްތަ..؟” އަވްލީންގެ ދެލޯ ފޮހެދެމުން ކައިޔަން އަހާލީ ސަމާސާ ރާގަކަށެވެ.

ހީނލާފައި އަވްލީން ނުކުންނަން ހިނގައިގަތެވެ. ކައިޔަން ކާރަށް އެރުމުން އަވްލީން އެރިއެވެ. އޭރު ރަނާ އައިސް މެންޓަލް ބިލްޑިންގއާއި އަރާ ހަމަވަނީއެވެ.

”މިހާރު ކައި މި ޖަހަނީ ކޮން ސަކަރާތެއް..؟” ރަނާއަށް އެހުނެވެ. އަވްލީން ފަހަތަށް އެނބުރިގެން ހުރުމުން އެއީ އަވްލީން ކަމެއް ރަނާއަކަށް ނޭނގުނެވެ. ރަނާ ދެކޮނޑު އަރުވާލާފައި ގޮސް ވަނީ މެންޓަލް ބިލްޑިންގއާއި މާ ދުރުނޫން ހިސާބެއްގައި ހުރި ޕޮލިސް ސްޓޭޝަންއަށެވެ. “އަމްމް.. ލިޔާން…” ރަނާ އެހެން ބުނެލުމުން އެތަނުގައި ހުރި އަންހެން ފުލުސް މީހާ ދެކޮނޑު އަރުވާލާފައި ބޯ ހޫރާލިއެވެ. ”ލިޔާން މިހާރު މިތާކު ނެތް.. އޭނަ އެސްކޭޕް ވެއްޖެ..! ރެއިންސުރެ ފަށައިގެން އަހަރެމެން މި މަސައްކަތް ކުރަނީ ލިޔާން ހޯދޭތޯ..!” އެ އަންހެންމީހާ ބުނެލި ޖުމްލައިން ރަނާއަށް ބޮލުގައި ޖަހާލެވުނެވެ. “އޯކޭ..” އަވަހަށް ރަނާ މިސްރާބު ޖެހީ އެތަނުން ނުކުންނަން ދާށެވެ.

”އޭތް ރަންގަނޑު..!” ބަލާ އަންނަން ބުނި ކުއްޖާ ބަލާ އާދޭތޯ ހުއްތާ ފަހަތުން މީހަކު ގޮވާލިއެވެ. ރަނާއަށް ހީވީ މުޅި ދުނިޔެ ހުއްޓުނު ހެންނެވެ. ފަހަތަށް އެނބުރެވުނީ ބޭއިޚްތިޔާރުގައެވެ. “ލިޔާން..!” ކިތަންމެ ބަދަލުވެފައި ހުރިކަމުގައި ވިޔަސް ރަނާއަށް ލިޔާންގެ އަޑު އޮޅުވައެއް ނުލެވުނެވެ.

ކައިޔަން އަވްލީންގެ ގޭ ކުރިމަތީގައި ކާރު މަޑުކޮއްލިއެވެ. “އަވީނާ ދައްތަމެންގެ ގޭގައިތަ އަވް އުޅެނީ އޭނ..؟” ކައިޔަން އެހެން އަހާލުމުން އަވްލީން ބޯ ޖަހާލާފައި ފޭބިއެވެ. އަވްލީން އެތެރެއަށް ވަންނަން ދެން ކައިޔަން ހިނިތުންވެފައި ބަލަން ހުއްޓެވެ. ކައިޔަން އިތުރު ސުވާލެއް ނުކުރީތީވެސް ނަސީބޭ އަވްލީންގެ ހިތަށް އެރިއެވެ.

“އެއައީ..” އަވީނާ މަޑުމަޑުން ބުނެލިއެވެ. އިތުޤާލް މަޑުމަޑުން ފަހަތް ބަލާލިއެވެ. އޭރު އަވްލީން އައިސް ވަންނަނީއެވެ. “އަވް..” އަވީނާ އަވްލީންގެ ގާތު އައިސްބަލާށޭ ބުނަން އިޝާރާތް ކޮށްލިއެވެ.

“އަވްލީން..” އިތުޤާލް ދިޔަގޮތަށް ގޮސް އަވްލީންގެ ގައިގައި ބައްދާލައިފިއެވެ. ހައިރާންވީ ވަރުން އަވްލީންއަށް އަނގަޔަށް ވައްތަރެއް ޖައްސާލެވުނެވެ. އެހެން ނުވާންވީ ސަބަބެއް ނެތެވެ. ނުވެސް ދަންނަ އަންހެނަކު އައިސް ކުއްލިއަކަށް ބައްދާލީމައި ވާނީ އެހެންނެވެ. “އަވް ދަރިފުޅާ މިއީ…………” އަވީނާ އެއްޗެކޭ ބުނުމުގެ ކުރިން އިތުޤާލް އަވީނާ ހުއްޓުވިއެވެ. އަވްލީންގެ އޮމާން މޫނުމަތީ އަތް ބީއްސާލާފައި އިތުޤާލް ހީނލިއެވެ. “ހަމަ އަހަރެންގެ މޫނު… އެހާ އޮމާން..” އިތުޤާލް އަޅައިގެން ހުރި އަވި އައިނު ނެގިއެވެ.

އަވްލީންއަށް ހިނިތުންވާކަށްވެސް ނޭނގުނެވެ. ހައިރާންވީ ވަރުން މިއީ ހުވަފެނެއް ނޫންބާވައޭ ވެސް ހިތަށް އެރިއެވެ. ސޯފާގައި އިށީނދެގެން އިން އަލާންގެ އަނގަ ވަނީ ތަންމިނަށް ހުޅުވިފައެވެ.

“ތީ އަހަރެންގެ……..” އަލާން އަހާލަން އުޅުނެވެ. “ތީ އަހަރެންގެ މަންމަތަ..؟؟” އަވްލީންގެ ލޮލުގައި ހުންނަ އެ އާދަޔާޚިލާފް ފެހިކުލަ ހުރި އިތުޤާލްގެ ދެލޯ ފެނިފައި އަވްލީންއަށް އެހުނެވެ.

= ނުނިމޭ =

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Comments (21)

  1. Een

    This part is Hama perfect…. When next????? Lysm Yoon .. and me first dho???????♥️♥️♥️♥️??????

    1. yoooon
      Een

      Labba Een dear you 1st ?? I’m sorry.. Maybe tmrw I’ll upload 21.. very sorry for the late uploading ? And thank you so much.. ? Love you more dear ????

  2. Kylie

    Maasha allah vv reethi Mi part vx?….. Avlynge mom aiima v ufaavejje?….. Bt eyrun aveenaa dhattha haadha dheravaane ey dhw?…. 17 aharu vandhen gengulhuneema vaany vx ehn dhw?…. Btw waiting fr nxt part.?… Ly sissy???…. Stay safe

    1. yoooon
      Kylie

      Hope you read part 21 to find out Kylie ??? Really happy you keep on reading ? Love you more Sissy ??? you stay Safe too Kylie ??

  3. yoon ge fan

    VRH SALHI MI PART VX❤❤❤NEXT PART AVAHH NEREDHHCHEYY……EKAHALA THNKOLH NUVAANENNU NIMMAKACHH

    1. yoooon
      yoon ge fan

      Aw thank you so much My fan ??????…. Ending in twists is a habit of mine dear ??? Hope you read part 21 too dear.. Love you very much ???????

  4. Nww-she

    Mi part vess varah salhi, Masha Allah
    Curiously waiting for the next part
    Stay safe
    ❤❤❤❤❤❤❤❤❤❤
    When next?????????

    1. yoooon
      Nww-she

      Next part tmrw dear.. 🙁 sorry for the lateness.. I’ll try to upload part 22 sooner than that ? and thanks a lot Nww-she ???? Very happy to know you still keep on reading this story ? You stay safe too dear and love you ???

  5. Livy

    Varah Varah Varah reethi ❣️?✨? maa sha Allah ??? curiously waiting waiting waiting waiting for the next part ❤️???

    1. yoooon
      Livy

      Awwwww ?????? thank you Livy ? that’s very sweet of you.. Keep on waiting.. I hope you all enjoy reading part 21 too ?? Stay safe Livy dear.. and love you ?????

  6. Yoon

    Huh mimyhaagandu dheke Hardha foohi veyey nuves engey hen masha heevany story liyanves sahaadhaiy mi buny dramatic girl gandeh huhhh???????? adhi magey nick name ves athu laifiyey ???? I hate you so much

    1. yoooon
      Yoon

      Ummm very sorry dear ? Yoon is my nickname too, Dhen story nukiyas I’m thankful you commented.. Hate me all you want dear… I’m not gonna say bad things about you ? some ppl say The word dramatic is my middle name.. so I do not feel anything for that dear ? Pls go right ahead and hate me ? I do not feel bad because insha allah I know there are more lovers than haters ? Love you all and Thank you “Yoon” I appreciate you atleast reading this story.. Love you dearling ??? I’m sorry but I really do not have any feelings for comments like that ??☺☺

  7. ?Ril?

    Edoge Yoooon mi story varah reethi Hama habeys
    And for me it’s not dramatic it’s amazing no matter what others say I am with u yoooon dear. Love u so much❤❤❤????

    1. yoooon
      ?Ril?

      Alheyyy thank u so much Ril ?? I’m so happy to know that there are readers like you ??? Love you so much more dear ?????

    2. Reader
      ?Ril?

      I agree☺️❤️

  8. ?Ril?

    And stay safe
    Take care?❤❤??

    1. yoooon
      ?Ril?

      You stay safe 2 Ril dear ?? Tc ??

  9. Reader

    Hey you! When next? Varah inthizaaru kurevey eba BTW story hama Varah habeys ingey ?☺️

    1. yoooon
      Reader

      Hii ?? Yoon mihaaru submit koffin ?? Maybe tmrw It will be up.. So sorry for being late dear 🙁 And thank you very much reader ?? Hope you keep on readin ????

  10. Wafa

    Vvv reethi

    1. yoooon
      Wafa

      Oh thank you very much dearling ?? Even though the comment is very little it means so much to me ????? Thanks Wafa

Comments are closed.