އެކުއްޖާ 19
* “ޔޫ ވިލް ސޭ ދެޓް.. ދޮންބެ ހުރިހާ ކަމެއްގެ މަތިންހަނދާން ނެތުނީމައި ވާނީ އެހެންނެއްނު..؟ އަޅެ ދޮންބެ އަވްލީން މަތިން ހަނދާނެއްނުވޭތަ…؟ އަވްލީންދެކެ ދޮންބެ ލައިކްވީމަތިން ހަނދާނެއްނުވޭތަ..؟ ސްކޫލަށް ވަޒީފާއަށް ދިޔަމަތި ހަނދާނެއް ނުވޭތަ..؟ ހައިނާއާއި ދޮންބެގެ ބެސްޓް ފްރެންޑް ސްޓާޓްކުރި މަތިން ހަނދާނެއްނުވޭތަ..؟ އަނެއްކޮޅުން އެނުރައްކާތެރި އެކްސިޑެންޓްގެ މަތިން ހަނދާނެއްނުވޭތަ…؟ އަޅެ އެންމެ ކުޑަމިނުން އަވްގެ މަތިން ހަނދާނެއްނުވޭތަ..؟ ދޮންބެ އަވްދެކެ ވީ ލޯބި ހަނދާނެއްނުވޭތަ.؟!!” ޒިވީން ރޮމުން ހަޅޭއްލަވައިގަތެވެ. *
“އަވް..؟ އަވްލީން..؟” ކައިޔަންއަށް އެނަން ބުނެވުމާއެކީގައި ދެލޯމަރާލެވުނެވެ. ބޮޑު ފުސްގަނޑެއްގެ ތެރެއިން ކައިޔަންގެ ނަމުން ވަރަށް ރީތި އަންހެން އަޑެއް ގޮވާލިއެވެ. ކައިޔަންއަށް ބޯހޫރާލާފައި ލޯ ހުޅުވާލެވުނެވެ. އެވަގުތުކޮޅުގައި ދިގު ފަން އިސްތަށިގަނޑެއްގެ މަތިންވެސް ހަނދާންވިއެވެ. “ޒިވް.. ކޯއްޗެކޭ ތިކިޔަނީ..؟ އަވްލީންއަކީ ކާކުތަ..؟ ތިކިޔަނީ ކޮންއެކްސިޑެންޓެއްގެ ވާހަކައެއްތަ..؟” ކައިޔަންއަށް އޮޅުން އެރިއެވެ. ”އެކްސިޑެންޓް ނުވާނަމަ ދޮންބެއަށް ތިލިބިފައިވަނީ ކޮން އަނިޔާތަކެއް..؟ އަވްލީންއަކީ ދޮންބެގެ ލޯބިވާ ގަރލްފްރެންޑް… އެވަރުވެސް ހަނދާނެއްނުވޭތަ..؟؟” ޒިވީން ރޮމުން ކިޔައިދިނެވެ.
”ޒިވީ.. ޒިވީގެ ތިޔަ ފެންޓަސީ އެކުވެރިޔާއަކީ ދޮންބެ ގަރލްފްރެންޑެއްނޫން.. އައިމް އެލޯން..” ކައިޔަން އެހެން ބުނެލިގޮތަށް ކޮޓަރިއަށް ވަނެވެ. އަދި ތައްޔާރުވެލައިގެން ނުކުތީ ޔޫޝުއަލްއަށް ދިޔުމަށެވެ.
ކައިޔަންއަށް ޔޫޝުއަލްއާއި ހަމައަށް ފޯރުނުއިރު އެންމެން ހަމައަށް ތިއްބެވެ. އިކުވާންއާއި ހައިނާވެސް ހުއްޓެވެ. އޭރުވެސް ހައިނާގެ ބޮލުގައި ބެންޑޭޖް އަޅާފައިވެއެވެ.
“އޭ ހައި.. ބޮލަށް ކިހިނެތްވެފައި..؟” ކައިޔަން އައިގޮތަށް އައިސް އެއްސެވެ. އިކުވާން ހައިރާންވިއެވެ. ވާނީވެސް އެހެންނެވެ، އެދުވަހު އިކުވާންގެ ކުރިމަތީ ވީޑިޔޯ ޕްލޭ ކުރަމުން ރުއި ކައިޔަންގެ މޫނުމަތިން އެއްވެސް އަސަރެއް ފެންނަން ނެތުމުންނެވެ. ކައިޔަން އެބޮޑު ހާދިސާގެ މަތިންވެސް ހަދާން ނެތީހެއްޔެވެ.؟
“ކައި.” ހައިނާގެ ލޮލުން ކަރުނަތިއްކެއް ވެއްޓުނެވެ. “އަޅޭ… ދެން ހުރިހާ އެންމެން ކީއްވެގެންތަ ކައި ފެންނައިރަށް ރޮނީ..؟ ކައި ހޮސްޕިޓަލްގައި އޮތްއިރުވެސް ކައިގެ ރޫމްމޭޓަކަށް އޮތް އަންހެންކުއްޖާވެސް އޮވެގެން ކައިއާއި ދިމާލަށް ބަލަބަލާފައި ރޮނީ…” ކައިޔަން ބުނެލިއެވެ. އެވަގުތު ކޮޅުގައިވެސް އެ ކުއްޖާގެ ރީތި ސޫރަ ހިތަށް އެރުމުން ކައިޔަންގެ ތުންފަތްމައްޗަށް ލާނެތް ހިނިތުންވުމެއް ވެރިވިއެވެ.
”ކޮން ކުއްޖެއް..؟” ކައިޔަންގެ ހަނދާން ހުރިގޮތް ބަލާލަން ހައިނާ ސުވާލުކުރީ ގަސްތުގައެވެ. ”ކުރު އިސްތަށިގަނޑެއް ހުރި އަންހެން ކުއްޖެއް.. ފަންކޮށް ހުރި ވިދުންގަދަ އިސްތަށިގަނޑެއް.. އޭ ރާނީގެ ގާތުގައި ނުބުނައްޗޭ.. ދެޓް ގަރލް އިސް ވެރީ ޕްރީޓީ.. އެވަރު ލޮލެއް އަދި ކައި މިއިން ދުވަހަކުވެސް ނުދެކެން.. ވަރަށް އެސްތެޓިކް ގްރީންއެއް ގައި އެ ލޯ ހުރީ.. ރީތި ތުންފަތަކާއި މޫނެއް.. ވަަރަށް އޮމާން ހެން ހީވަނީ… ރިއަލީ.. ފެނުނުއިރަށް ބޭނުންވި އެ މޫނުމަތީގައި އަތް ބީއްސާލަން.. އެކުއްޖާ ހަމަ ވަރަށް ކިއުޓް..” ކައިޔަން ލޯ މަރާލައިގެންހުރެ އަވްލީން ސިފަކޮއްދިނެވެ. ކައިޔަންގެ ވާހަކަތައް ހުރިގޮތުން މިނެޓަކަށް ނަމަވެސް އިކުވާންގެ ގާތަށް ހިނިއައެވެ.
ހައިނާއަށް އިކުވާންގެ ގައިގައި ބައްދާލެވުނެވެ. އުފާވި ވަރުންނެވެ. ކައިޔަންގެ ހަނދާންތައް ކައިޔަން ދޫކޮއްލާފައި ދިޔަކަމުގައި ވިޔަސް އެހިތުގައި އަދިވެސް އަވްލީންގެ ސޫރަ ފެވިފައި ވާތީއެވެ. ރަނާއަށް އަދިވެސް އެ ހިތުން މަގާމެއް ހުސްނުވާކަމުގެ ކޮޅުމަތި ފެންނަމުން ދާތީއެވެ.
“ގައިމު ޔޫޝުއަލްއަކުން ދެކުނު ހަނދާނެއް ނުވޭ… ދެމީހުން މާ ވެފައި ތި އޮޅުލަނީ އަނެއްކާ ކިހިނެތް ވީތަ..؟ އިކޫ ދަންނަ ކުއްޖެއްތަ..؟” ކައިޔަން އެއްސެވެ. “ކައިޔަން.. އަމްމް.. ކައި ބަލާލަންވީނު.. ވާހަކަ ދައްކާލަން މަސައްކަތް ކުރަންވީނު..؟” ހައިނާ ބުނެލިއެވެ. ލިބުނު ކުޑަކުޑަ ވަގުތުކޮޅު ތެރޭގައި ހައިނާ ވިސްނާލީ ނިކަން މޮޅުކޮށެވެ. ކައިޔަންއާއި އަވްލީން އަނެއްކާ ތަތްކޮށްލެވޭނީ ކައިޔަން އިސް ނަގައިގެންކަން ހައިނާއަށް ވިސްނުނީ ތޯއްޗެކެވެ.
“ހްމްމް.. ވާހަކަ ދައްކާނަން.. ނަމްބަރު އެނގޭތަ..؟ އުޅޭ ގެ އެނގޭތަ..؟ އެކަމަކު ކަލޭމެން ދެމީހުން ދެން ހެޔޮނުވާނެ ރަނާގާތުގައި މިވާހަކަ ނުބުނައްޗޭ… ޕްލީޒް ޕްލީޒް ޕްލީޒް..” ކައިޔަން އެދުނެވެ. ހީވީ ކުޑަކުއްޖަކު ޗޮކްލެޓަކަށް އެދި އާދޭސް ކުރަން ފެށިހެންނެވެ. “ހޫމް މަގޭ އަނގަ ބަންދު ކޮށްފީމޭ…” އިކުވާން އަނގައިގައި ‘ޒިބު އަޅުވަމުން’ ބުނެލިއެވެ. ކައިޔަން އިކުވާންއާއި ހައިނާއާއި ވަކިވީ އެދެމީހުން ލައްވާ ވައުދު ކުރުވާފައެވެ. ރަނާގެ ގާތުގައި އަވްލީންއާއި ގުޅިގެން އެއްވެސް އެއްޗެކޭ ނުބުނާނެ ކަމަށެވެ. އަވްލީންގެ ތުންފަތް މަތިން އަނެއްކާވެސް ހިނިތުންވުމެއް ދެކެން ކެތްމަދުވެފައި ހުރި އިކުވާން އާއި ހައިނާ އެކަމާއި އެއްބަސްވީ ހިތުން ރުހުމުންނެވެ.
ހަ މަސް ދުވަސް ފާއިތުވެގެން ދިޔައީ ނުހަނު ހަލުވި ކޮށެވެ. އަވްލީންގެ ހާލަށް ކުޑަ ހެޔޮ ބަދަލެއް އައިސްފިއެވެ. ސްކޫލަށް ވަޒީފާއަށް ދަމުން އަވްލީން މިހާރު ކޮލެޖަށްވެސް ދެއެވެ. އަވްލީން އުޅެމުން އަންނަނީ ވަރަށް ބިޒީ ދިރިއުޅުމެކެެވެ. ފަތިހު ފަތިހާ ސްކޫލަށް ގޮސް މެންދުރު ގެއަށް އަންނަގޮތަށް އަވްލީން ދަނީ ކޮލެޖަށެވެ. އެންމެ ވަގުތުކޮޅަކުވެސް އަވްލީން ކުރާނެކަމެއް ނެތިފައި ހުންނާކަށް ބޭނުމެއް ނުވެއެވެ. އެކަނި ކަމެއް ނުކޮށް ހުންނަނަމަ ކައިޔަންގެ ހަނދާންތައް އަނެއްކާ އާވާން ފަށާތީއެވެ. ވީވަރަކުން އެކަނި ނުހުރެވޭތޯ އަވްލީން ބަލައެވެ. ގޭ އެންމެން ކުރާ ކަންތަކުގައި އަވްލީންވެސް ބައިވެރިވެގެން އުޅުނެވެ. ނަމަވެސް އަވްލީންގެ ހިތުގައި ކައިޔަންއަށް އޮތް ލޯތްބަށް ކުޑަވެސް ބަދަލެއް ނާދެއެވެ. ކިތަންމެ ވަރަކަށް ކައިޔަން މަތިން ހަނދާން ނައްތާލަން މަސައްކަތް ކުރި ކަމުގައި ވިޔަސް އެއީ ކާމިޔާބު ވެފައި ނެތް ކަމެކެވެ. ހުވަފެނުންވެސް ކައިޔަން ނޫން މީހެއް ނުފެނެއެވެ.
ފާއިތުވި ދުވަސްކޮޅުގައި އަލާންއާއި ޒިިވީން ވެސް އުޅެނީ ނުހަނު ބިޒީ ކޮށެވެ. އެއީ ސެޕްޓެންބަރު މަހުގައި އޯލެވެލް ޓެސްޓްތައް ފަށާތީއެވެ. ސްކޫލުން އަންނަގޮތަށް އައިސް ދެމީހުންވެސް އުޅެނީ ކިޔެވުމުގައި އަވަދި ނެތިއެވެ. އަވީނާމެންގެ ގެއަށްދާން މުޖާހިދު ވަނީ ޒިވީންއަށް މަނާ ކޮށްފައެވެ. ޒިވީން އަލާންއާއެކީ ކިޔަވަނީ ވީޑިޔޯ ކޯލް ކޮށްގެންނެވެ. ޒާއިން އާއި އައިންވެސް އުޅެމުން ދިޔައީ ނުހަނު ހަމަޖެހިގެންނެވެ. ޒާއިން އުޅެނީވެސް އެކަނި މާއެކަނި އެގޭގައެވެ. ކައިޔަން އަނބުރާ އަންނާނެކަމަށް ޒާއިންގެ ހިތް ބުނާވަރުން ޒާއިން އެގޭގައި އުޅެމުން ދިޔައީ ދަތިކަމެއް ނެތިއެވެ. އައިންވެސް ގިނަވަގުތު ހޭދަ ކުރަނީ އެގޭގައެވެ.
އަވީނާ ކައިޔަންގެ ހާލު ބަލަން ގުޅައެވެ. އަވީނާ ފަރުހާން ކައިޔަންއަށް ތައާރަފް ކޮށްދީ އަލާންވެސް ކައިޔަންއަށް ތައާރަފް ކޮށްދިނެވެ. ނަމަވެސް އަވްލީންގެ އެދުމަށް އަވީނާ އަވްލީންއަކީ ކާކުކަމެއް ކައިޔަންގެ ގާތަކު ނުބުނެއެވެ.
ކައިޔަންވެސް އުޅެމުން ދިޔައީ ނުހަނު ހަމަޖެހިގެންނެވެ. އެއް ފުރާޅެއް ދަށުގައި އުޅޭއިރުވެސް އަމިއްލަ ކޮއްކޮގެ ހިތާމަތައް ދެނެގަންނަން ކައިޔަން ވަނީ ނުކުޅެދިފައެވެ. ކައިޔަން ދެކޭގޮތުގައި ޒިވީންވެސް އެއުޅެނީ ނުހަނު ހަމަޖެހިގެންނެވެ. ނަމަވެސް ޒިވީން ރޮމުން ކައިޔަންގެ ގާތު ހަޅޭއްލެވި ދުވަހަށްފަހު ޒިވީންގެ ދުރުކަން ކައިޔަންއަށް ވަނީ ފާހަގަ ކުރެވިފައެެވެ. އެކަން މާ ބޮޑު ނުކޮށް ކައިޔަންގެ ސިކުނޑީގައި ވަނީ އެކުއްޖާ ހޯދާ ވާހަކަ ދެއްކުމެވެެ. އެކުއްޖާ އާންމުކޮށް މަގުމަތިން ފެންނަ ގަޑިތައް ފާހަގަކޮށް ކައިޔަން ކޮންމެ ދުވަހަކު އެވަގުތަށް ބޭރަށް ދެއެވެ. އެކުއްޖާ ކޮލެޖަށްދާކަން އެނގުމާއެކީ ކޮލެޖް ނިމޭ ގަޑީގައި ކައިޔަން ކާރުތެރޭ ހުރެ އެކުއްޖާއަށް ބަލައެވެ. އެކުއްޖާއާއި ވާހަކަ ދައްކަން ކައިޔަން މަސައްކަތް ކުރި ދުވަހު އެކަން ކާމިޔާބު ނުވީ ކައިޔަން ފެނުނުއިރަށް އެކުއްޖާ ދުއްވައިގަތުމުންނެވެ. އަދިވެސް ކައިޔަން އުންމީދު ގެއްލުވައެއް ނުލައެވެ. ކޮންމެވެސް އެއް ދުވަހަކުން އެކުއްޖާ ކައިޔަންއާއި ވާހަކަ ދައްކާނެކަމުގެ ޔަގީންކަން ކައިޔަންގެ ހިތުގައި އޮވެއެވެ.
“ދަރިފުޅާ އަޝް… ދޭބަލަ ފިހާރައިން ޒީޝް ކާން ޔޯގަޓް ތައްޓެއް ގަނެގެން އަންނަން.. މިއަދު އަދި ޒީޝް ހެނދުނު ގަޑީ ބޮޑާ ދައްކާފައި ނުކަޔޭ..” ވަރުދެރަ ގޮތަކަށް ފިޔާ ކޮށަން އިން ލަހުފާ ކައިޔަންގެ ގާތުން އެދުނެވެ. ފޯނު ކުޅެން އިނދެފައި ކައިޔަން އަވަހަށް ދިޔައީ އެގާރަގަޑި ބައިވިކަން އެނގުމުންނެވެ. އެއީ އެކުއްޖާ ކޮލެޖަށް ދާ ގަޑިކަން ކައިޔަންވަނީ ފާހަގަ ކޮށްފައެވެ. ގެއާއި ޖެހިގެން ކަހަލަ ގޮތަކަށް ފިހާރައެއް ހުރިއިރުވެސް ކައިޔަން ކާރަށް އަރާ ނައްޓާލީ ކޮލެޖާއި ދިމާލަށެވެ. ކޮލެޖްގެ ގާތުގައި ހުންނަ ފިހާރައިން ޔޯގަޓް ތައްޓެއް ގަނެލެވިދާނެއެވެ.
ކުޑަކުޑަ ޒީޝް ފެހި ހެދުންކޮޅެއް ލައްވާފައި ޒިވީން ޒީޝްގެ ދެކޮލުގައި ހިފާ ހީނލިއެވެ. “ދޮންތިގެ ޗަބީކޮޅު.. އަވަހަށް ބޮޑުވެބަލަ… ޒިވީން ބުނެލިއެވެ. ހަތް މަސްވެފައިވާ ޒީޝްގެ ހުރީ ހަމަ ލަހުފާގެ ލޮލުގައި ހުންނަ މުށިކުލައެވެ. ޒިވީންގެ ލޮލުގައި ހުންނަ ކުލަވެސް މެއެވެ. ބޮޑު ދެލޮލުގައި ހުރި އެސްފިޔަތައް ދިގު ކަމުން ނުލާހިކު ލޯތްބެެވެ. ކުޑަ ނޭފަތަކާއި ރަތްރަތް ތުންފަތެއް ލިބިފައި ހުރި ޒީޝް ފެންނަ ކޮންމެ މީހެއްގެ ހިތް ލޯބިން ބަންޑުން ކޮށްލާނެކަން ޔަގީނެވެ. އެ ތުއްތު އަޑުން ހީނލާއިރު ވާތު ކޮލަށް އަރާފައި ހުންނަ އަޑިކޮޅެއް ހުރެއެވެ. ލަހުފާގެވެސް މުޖާހިދުގެވެސް އަޑިކޮޅެއް އަރާފައެއް ނުހުރެއެވެ. އެންމެންވެސް ނިންމީ އެއީ ގުދުރަތުން ޒީޝްއަށް ލިބިފައިވާ ހަދިޔާއެއް ކަމުގައެވެ. ޒީޝްއަށް މަޖާވެގެން ހޭއިރު އެ ބޮޑު ދެ ކޮލަށް އަރާފައިވާ ފިޔާތޮށި ކުލަ ގަދަވެގެން ދެއެވެ. ތުންފަތް ކައިރީ އުފަންވީއިރުވެސް ހުންނަ ކަޅުތިލައަކީ ޒީޝް އެހާ ރީތިވުމުގެ އެއް ސަބަބެވެ.
“އެލަން… ދިވެހިގަޑީގައި ދިން ނޯޓްތައް ޒިވީއަށް ފޮނުވަދީބަލަ..” ވީޑިޔޯ ކޯލް ކޮށްގެން އިނދެ ޒިވީން އެދުނެވެ. އޭރު ޒީޝް ރަބަރު ކަކުންޏަކާއި ކުޅެން އިނީ ވަރަށް ހަމަޖެހިލައިގެންނެވެ. ދޭތެރެ ދޭތެރެއިން ޒީޝް އުފަލުން ޖަހާލާ މަޑު ހިނިގަނޑަކީ ޒިވީންއަށްވެސް ހިނިތުންވެވޭ އެއް ސަބަބެވެ. “މި ފޮނުވަނީ…” ހިނިތުންވެފައި ހުރެ އަލާން ބުނެލިއެވެ. ޒިވީން ހުރީ ހިސާބު ޓެކްސްޓް ފޮތް ހިފައިގެންނެވެ. ޖަވާބު ގެންނާނެ މެތަޑްތަކާއި ފޯމިއުލާރތައް ކިޔަމުން ދަނިކޮށް ޒިވީންއަށް އިވުނީ ކޮޓަރި ތެރޭގައި ހުންނަ ލަކުޑި މޭޒު ގުޑުން އަޑެވެ.
ކަމަކަށް ނުހަދާ ޒިވީން އެދިމާލަށް ބަލާލިގަޑީ ދެލޯ ހީވީ އަތަށް ވެއްޓުނު ހެންނެވެ. އޭރު އެނދުން ތިރިއަށް ފައިބައިގެން ޒީޝް ބަޔޯ ޖަހަމުން ގޮސް ޖެހުނީ އެތާ ހުންނަ ލަކުޑި މޭޒުގައެވެ. ރީއްޗަކަށް ބަހައްޓާފައި ހުންނަ މާރބްލްސްތައް އަޅާފައިހުރި ބިއްލޫރި ފުޅި ވެއްޓެން ދިޔަ ވަގުތު އޭގެ އަމާޒު ފަތްގަނޑަކަށްވެފައި ވަނީ ޒީޝްއެެވެ. ޒިވީންއަށް ޒީޝްއޭ ކިޔާ ހަޅޭއްލަވައިގަނެވުނެވެ. ޒިވީންއަށް ޒީޝްއާއި ހަމައަށް ނުދެވެނީސް އެ ބިއްްލޫރި ފުޅި ވެއްޓުނެވެ. ޒީޝްގެ ވޭނީ ރުއިމުގެ އަޑާއި ދޮރު ބަންކިޔާފައި ހުޅުވުނު އަޑު އިވިގެން ދިޔައީ އެއްފަހަރާއެވެ. ދޮރު ކުރިމަތީ ސާރިދޯޅެއްހެން ބަލަހައްޓައިގެން ހުރި މުޖާހިދު ފެނިފައި ޒިވީން ގަތީ އަމަށަކު ބިރެއް ނޫނެވެ.
ކައިޔަން ފިހާރައަށް ވަދެފައި ސްޓްރޯބެރީ ޔޯގަޓް ތައްޓެއް ނަގައިގެން ކައުންޓަރުގެ ގާތަށް ދިޔައިރު އަވްލީން ވެސް އެ ފިހާރައަށް ވަންނަނީއެވެ. ކައިޔަންގެ ދެލޯ ބޮޑުވިއެވެ. ޔޯގަޓްތަށިވެސް އަތުން ދޫނުވީ ކިރިޔާއެވެ. އޭރު ކައުންޓަރުގައި ހުރި އަންހެންކުއްޖާ ކައިޔަންއަށް ތުއި ދެއްކެމުން ދިޔައިރުވެސް ކައިޔަންގެ ނަޒަރު އަވްލީންގެ މޫނުން ދުރެއް ނުވެއެވެ. ބިސްކޮލާޓާ ޕެކެޓެއް ނަގައިގެން އަވްލީން ކައުންޓަރުގެ ގާތުގައި ހުއްޓުނެވެ. ގައިގައި ޖެހޭނުޖެހޭ ހިސާބުގައި ހުރި ކައިޔަން އަވްލީންއަށް ފެނުނީ ދެނެވެ. އަވްލީން ސިހިފައި ކައިޔަންގެ މޫނަށް ބަލަހައްޓައިގެން ހުރިއިރު ކައިޔަންގެ ތުންފަތުގައި ކުޅެލާފައިވަނީ ހިނިތުންވުމެކެވެ.
ޒިވީންގެ އަތް ތުރުތުރު ލާންފެށީ މުޖާހިދު ދެން ހަދާނެ ގޮތެއް ނޭނގޭތީއެވެ. ހީކުރިގޮތާއި ޚިލާފަށް ދެލޯ އަޅައަޅާފައި މުޖާހިދު ދިޔައީއެވެ. ޒިވީން ހައިރާން ނުވާން މަސައްކަތް ކުރިޔަސް ހައިރާންވެއްޖެއެވެ. އަމިއްލަ ދަރިޔަކަށް އެހެންވީ މަންޒަރު ފެނިފައި މުޖާހިދަށް އަސަރު ނުކުރަނީ ހެއްޔެވެ.؟ ރޮވިފައިހުރެ ޒިވީން ޒީޝްގެ ގާތަށް ދިޔައެވެ. ޒީޝްގެ ނަސީބު ފުދޭވަރަކަށް ރަނގަޅެވެ. ބިއްލޫރި ފުޅި ވެއްޓިފައިވަނީ ޒީޝްގެ ފައި ކައިރިއަށެވެ. ނަމަވެސް ތެޅުނު ވަގުތު ބިއްލޫރިކޮޅެއް ވަނީ ޒީޝްގެ ކަނާތު ބުމަ ކައިރިއަށް ވަދެފައެވެ. އެތަނުން ލޭ އަންނަމުން ދިޔަވަރަކަށް ޒީޝްގެ ދެލޮލުން ކަރުނަ އަންނަމުން ދިޔައެވެ. ޒިވީން އަވަހަށް ޒީޝް އުރާލައިގެން ހޮސްޕިޓަލަށް ދިޔައީ ދުވެފައެވެ.
ޒިވީން ނުކުތް މަންޒަރު ދެކިފައި މުޖާހިދު ނުބައި ފާޑަކަށް ހީނލިއެވެ. އަދި ފޯނު ނަގާ މީހަކަށް ގުޅާލިއެވެ. އެ އާ ފޯނަކީ އެންމެ ފަހުގެ އަގުބޮޑު ފޯނެކެވެ. ފައިސާހުރި މީހަކަށް ވުމާއެކު މުޖާހިދަށް އެ ފޯނު ގަތުން ވީ އެސްފިިޔަ ޖަހާލުން ފަދަ ކަމަކަށެވެ. “ސަރ… މިކޮޅުން ރޫމް ހަމަޖެހިއްޖެ.. ޕޭޝަންޓް އަންނަ ގަޑިއެއް ބުނެލަދެއްވުން އެދެން…” އެކޮޅުގައި ހުރި މީހާ ބުނެލި ޖުމްލައިން މުޖާހިދުގެ ހިނިތުންވުން ފުޅާވިއެވެ. “ހަމަ މިއަދު ދާނެ…” މުޖާހިދު އެހެން ބުނުމާއެކީ އެކޮޅުން ޝުކުރިއްޔާއޭ ބުނެ ފޯނު ކަނޑާލިއެވެ. މުޖާހިދު ހިނިގަނޑެއް ޖަހާލީ ދެނެވެ.
“އޭތް މަޑުކޮއްބަލަ..” ކައުންޓަރު މައްޗަށް ފަންސާސް ރުފިޔާ ލާފައި ސޭޓަކަށް އިން ކުއްޖާ ބާކީ ރުފިޔާ ނުދެނީސް ކޮތަޅު ހިފައިގެން ނުކުތް އަވްލީންއަށް ކައިޔަން ގޮވާލިއެވެ. ބާކީވި ރުފިޔާ ހިފައިގެން ކައިޔަން ޔޯގަޓް ތަށިވެސް ހިފައިގެން ނުކުތްގޮތަށް އަވްލީންގެ އަތުގައި ހިފާ އެދިމާލަށް އަނބުރާލިއެވެ. ކައިޔަން ސިހުނީ އަވްލީންގެ ލޮލުން ފައިބަމުން ދިޔަ ކަރުނަތައް ފެނިފައެވެ.
“އެތަންކޮޅުގައި ފެން ނުޖައްސައްޗޭ…” ބޭސްއަޅާ ނިމުމުން ޑޮކްޓަރު ބުނެލިއެވެ. ޒިވީން ޝުކުރު އަދާ ކޮށްފައި ޒީޝް އުރާލިއެވެ. އޭރު ޒީޝް ރުއިން ހުއްޓާލައިފިއެވެ. ހީނލާފައި ޒީޝް ދޮންތައޭ ކިޔަން ކުރި މަސައްކަތް އަޑުއަހާފައި ޒިވީންގެ ލޮލުން ނީރާލީ އުފާވެރިކަމުގެ ކަރުނައެވެ. ޒީޝްއަށް ބޮޑު އަނިޔާއެއް ނުލިބުނީތީ ޒިވީން ހަމްދު ކުރިއެވެ.
ކައިޔަން އިތުރު ބަހެއް ނުބުނެ އަވްލީންގެ ލޮލުން އައި ކަރުނަތައް ފޮހެލަދީފައި އަވްލީން ހިފައިގެން ހުރި ކޮތަޅުގެ ތެރެއަށް ބާކީވި ލާރިކޮޅު ލާފައި ކައިޔަން ކާރަށް އެރިއެވެ. ގެއަށްދާން ދުއްވާލަމުން ކައިޔަން އަދި އެއްފަހަރު އަވްލީންގެ ހައިރާންކަމުން ފުރިގެންވީ މޫނަށް ބަަލާލިއެވެ. ކައިޔަން ގޯޅިއަކުން ލަނބާލުމުން އަވްލީންގެ ލޮލުން އަނެއްކާވެސް ކަރުނަތައް އޮހިގަތެވެ. “ކަ.. ކައި.. ޑޫ ޔޫ ރިމެންބަރ…؟؟؟” އަވްލީންގެ ދުލުން ބޭރުވީ އެ ޖުމްލަ އެކަންޏެވެ.
ކައިޔަން ގެއަށް ވަތްއިރު ލަހުފާ ކުނި ކަހަން ހުއްޓެވެ. ލަހުފާގެ އަތުގައި ފިހިގަނޑު އޮތްތަން ފެނުމާއެކީ ކައިޔަންއަށް ބުނެދޭން ނޭނގޭ ކަހަލަ އުނދަގޫތަކެއް ވާންފެށިއެވެ. އަވަހަށް މިރުސް ކޮތަޅު މޭޒު މަތީ ބަހައްޓާފައި ކައިޔަން ކޮޓަރިއަށް ވަދެ ބޮލުގައި އަޅާލިއެވެ. ހީވަނީ ހަނދާން ކުރަން ބޭނުން ނުވާކަމެއް ހަނދާންވާން އުޅެނީހެންނެވެ. ދެލޯ މަރާޅި ވަގުތު ކައިޔަންއަށް ސިފަވީ ލަހުފާ ފިހިގަނޑެއް ހިފައިގެން އަޝާން އުލްޔާ ހަމަ މިހާރު އެތެރެއަށް ވަަންނާށޭ ބުނެލި ގޮތެވެ. ކައިޔަން ސިހިފައި ލޯ ހުޅުވާލިއެވެ. “ވަޓް އިޒް ހެޕެނިން ޓު މީ..؟” ކައިޔަން ބޮލުގައި އަތް އުނގުޅާލާފައި ތެދުވި ވަގުތު މުޖާހިދު އައިސް ވަނެވެ. ބަހެއް ނުބުނެ މުޖާހިދު ދިއްކޮށްލީ ކައިޔަންގެ ލަގޭޖެވެ.
އެ ލަގޭޖް ފެނިފައި ކައިޔަންގެ ބޮލަށް އުނދަގޫވިއެވެ. “ކައިޔަން އަވަހަށް ޕެކް ކުރޭ…” މުޖާހިދު އިތުރު ވާހަކައެއް ދައްކަން ނުހަދާ ބުނެލިއެވެ. “އޭނ..؟؟” ކައިޔަންއަށް އެހެން ބުނެވުނީ ބޭއިޚްތިޔާރުގައެވެ. މުޖާހިދު ލޯ އަޅާލުމުން ކައިޔަން ލަގޭޖަށް ސާމާނު އަޅަން ފެށީ ސުވާލު އުފެދިފައި ހުރެއެވެ.
“ކައިޔަން.. ކައިޔަން ހުންނަންވާނީ މިތަނުގައި..” މުޖާހިދު ބުނެލިއެވެ. “އެއީ ކީއްވެ..؟” ކައިޔަން އެއްސެވެ. “އެއީ މަންމަ ބުނެގެން..” މުޖާހިދު ބޮޑު ދޮގެއް ހަދާލިއެވެ. “އޯކޭ..” ކައިޔަން އެތަނުގައި ހުރި ކޮޓަރި އަކަށްވަދެ އެއްޗެހިތައް އަންޕެކް ކުރަން ފެށިއެވެ. ނުބައި ގޮތަކަށް ހީލުމަށްފަހު މުޖާހިދު އެ އިމާރާތުން ނުކުމެ އެތަނުގެ ނަންބޯޑަށް ބަލާލިއެވެ. އެއީ ރަށުގެ ‘މެންޓަލް ބިލްޑިންގ’އެވެ. ކުރުކޮށް ބުނާނަމަ އެމް ބީ ބިލްޑިންގއެވެ. އެތަނަކީ ސިކުނޑީގެ މައްސަލަ ހުންނަ މީހުންނަށް ޚާއްސަ ތަނެކެވެ. އެތަނުގައި ރެންޓް ދެއްކުމުން އެމީހަކު ބޭނުންވާގޮތަށް ކަންކަން ކޮއްދޭނެއެވެ. ޑޮކްޓަރުންވެސް ތިބޭނެއެވެ. ކާތަކެތި ފޯރު ކޮށްދޭނެއެވެ. ނުލަފާ ފާޑަކަށް ހީނލާފައި މުޖާހިދު ނެގި ފިޔަވަޅު ހުއްޓުވަން ޖެހުނީ ފޯނު ރިންގު ވުމުންނެވެ.
“ހަލޯ..؟ ވީ އާރ އޮން ދަ ވޭ..” އެކޮޅުން ޖެހުނު އަންހެން އަޑުން މުޖާހިދު ހީނގަތެވެ. ”ޔެސް ޕްލީޒް.. އެޑްވާންސް ޕެއިޑް.. ނައު ޖަސްޓް ކީޕް އޮން ޕެއިންގ ދަ ރެންޓް.. ތައުސަންޑް ޑޮލާރސް ފޮ ވަން މަންތް..!” މުޖާހިދު އެހެން ބުނެލުމާއެކީ އެ އަންހެން ކުއްޖާ ތުއި އަޑަކުން އޯކޭ އޭ ބުނެލިއެވެ. “ޕްލޭން ކާމިޔާބު.. ކައިޔަން… ކަލޭ ދެން ތިތާ ހުރޭ… މިހާރު ތީ ޕޭޝަންޓެއް… އަހަރެން ކަލޭގެ ކޮޓަރިވެސް ކުއްޔަށް ދީފިން..!” މުޖާހިދު ހީނގަނެފައި ކުރިއަށް ހިނގައިގަތެވެ.
ލޯންޗު ގާތް ކޮށްލުމާއެކީ އޭގެން ދޮން އަންހެންކުއްޖެއް ފޭބިއެވެ. ދިިގު ބްލޮންޑް އިސްތަށިގަނޑު ނުހަނު ރީއްޗެވެ. އެކުއްޖާގެ ފަހަތުން ފޭބީ މެދުއުމުރުގެ ފުރައެއްގެ އަންހެނެކެވެ. އެ އަންހެންމީހާ ލޯންޗުން ފޭބުމާއެކީ ލޯންޗް ދުއްވާލިއެވެ. “މަންމާ.. އެހުރީ ކާރު އައިސް..!” ދުރުގައި އޮތް ކާރަށް އިޝާރާތް ކޮށްލަމުން އެ އަންހެންކުއްޖާ ބުނެލިއެވެ. “ވެލްކަމް ވެލްކަމް..” މުޖާހިދުގެ އަޑަށް އެ އަންހެން ކުއްޖާ ފަހަތް ބަލާލަމުން ހިނިތުންވެލިއެވެ. “ވަން މިނެޓް..” އެ އަންހެން މީހާ ބުނެލިއެވެ. މުޖާހިދުގެ އިތުރުން އެ އަންހެން ކުއްޖާވެސް ހައިރާންވެފައި އެ އަންހެންމީހާގެ މޫނަށް ބަލާލިއެވެ.
“އަހަރެން އެބައޮތް ކަމެއް ކުރަންވެފައި.. އަހަރެން ގުޅީމައި ބަލާ އާދެވޭނެތަ..؟” އެ އަންހެން މީހާ މުޖާހިދަށް ބަލާލަމުން އަހާލިއެވެ. “އާނ.. އެންމެ ރަނގަޅު..” މުޖާހިދު އެހެން ބުނުމުން އެ އަންހެން މީހާ ރަށުތެރެއަށް އަރަން ހިނގައިގަތެވެ. ގެނައި ލަގޭޖްތަކާއި ހުރިހާ ސާމާނެއް ކާރަށް އަރުވައިގެން މުޖާހިދު އެ އަންހެން ކުއްޖާ ގޮވައިގެން ދުއްވާލިއެވެ. ކައިޔަންގެ ކޮޓަރި ކުއްޔަށް ހިފި މީހުން ގޮވައިގެން އެ ގެއަށް ދަނީ ކަމަށް ބުނެ ލަހުފާއަށް މެސެޖް ކޮށްލިއެވެ. ލަހުފާ ކިތަންމެ ދެކޮޅު ހެދިޔަސް މުޖާހިދު ކަން ކުރާނީ މުޖާހިދު ބޭނުންވާ ގޮތަކަށެވެ.
ޒާއިން އާއި އައިން ހުރީ ޓެބުން ޕަބްޖީ ކުޅޭށެވެ. ފޯރީގައި ދެމީހުން ކުޅެމުން ދިޔަ ކުޅުން ހުއްޓާލަން ޖެހުނީ ދޮރުގައި ޓަކި ޖެހި އަޑު އިވުމުންނެވެ. ކަންފަތުން ހެޑްސެޓް ނައްޓާލުމަށް ފަހު ޒާއިން ދޮރާއި ދިމާލަށް ހިނގައިގަތެވެ. ދޮރު ހުޅުވާފައި ޒާއިން އެތަނުގައި ހުރި ދޮން އަންހެން މީހާއާއި ދިމާލަށް ބަލާލިއެވެ. ކަޅު އިސްތަށިގަނޑުގައި އޮތީ ހުޅިއެއް ޖަހާފައެވެ. ލައިގެން ހުރި އަޅި ހެދުމުގެ މަތިން ލައިގެން ހުރި ރަތް ކޯޓް ނުހަނު ރީއްޗެވެ. އަޅައިގެން ހުރި އަވި އައިނުގެ ސަބަބުން ދެލޯ ފޮރުވިފައިވީ ނަމަވެސް އެ ބަލަނީ ޒާއިންއާއި ދިމާލަށް ކަން އެނގެއެވެ.
“އައިން ދަރިފުޅާ ހިނގާ ގެއަށް ދާން ދެން.. އެ އިރުއޮއްސެނީ..!” އަވީނާ ގޮވާލިއަޑަށް އައިން ދުވެލާފައި އައެވެ. ކުރިމަތީގައި ހުރި އަންހެން މީހާ އަވީނާއާއި ދިމާލަށް އެނބުރިލަމުން އައިނު ނެގިއެވެ. އެ އަންހެން މީހާއާއި އަވީނާގެ ހަތަރު ކަޅި ހަމަވިއެވެ. އަވީނާ ސިއްސައިގެން ދިޔަވަރުން އައިންގެ އަތަށް ބާރު ކޮށްލެވުނެވެ. އައިންގެ އަތުން ޓެބު ވެއްޓުނެވެ. އޭރު އޮތީ ”ގޭމް އޯވަރ” އޭ އަރާފައެވެ. ހިނިތުންވެގެން ހުރި އަންހެން މީހާގެ މޫނު ފެނިފައި ހަމަ ރަނގަޅަށްވެސް ”ގޭމް އޯވާރ” ވީއޭ އަވީނާގެ ހިތަށް އެރިއެވެ.
= ނުނިމޭ =
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
10 Comments!
Comments are closed.





This pert is also very lovely lysm Yoon curiously waiting for the next???
Alhey thank u dear ?? Love You More Een ?
Mi part vx vrh salhi❤❤kn irakun next part nerenyy….next part kiyaahithun hureveny hama kiriyaa ingey….
Thanks My fan 😉
Maasha allah vvv reethi Mi part vx.?….. Kaaku aiimabaa game over vy???it’s very curious?…… Btw Waiting fr nxt part.☺️…? Ly sisss
Thank you Kylie ?? Hope u read the nxt part to find out ?? Luv u more sisss ??
Varah Varah Varah Varah reethi ❣️?✨?
Maa sha Allah ???????????
Curiously waiting waiting waiting waiting for the next part ????? ly ?✨?❤️?
Thank you thank you thank you soo much ??
Love you moreee Livy.. ?? Thnk u again ??
Haadha foohivey mihaaru dhen mi vaahaka kiyan…….vaahaka liyaa kuhjaa maa ginain seen create kuranee…. Mee ah kamu nudiyas mi vaahaka kamuda kudhin thibeyne…..dhen mi mujaahid bodu kamen… Ekamu vaahaka liyaa gio kamudhey?????????…. Ekamaku vxi inshallah vaahaka nimen dhen kiyaanan.
Aslu Mee ge life ga dhimaavi kamakaa mi vaahaka aai varah gulhey… Zeveen ah mujaahidh dhahkaa rulhiverikan me ah vx dhimaavi vefa hureema ehandaan anehkaa vx aavaathee shakuvaa kurevunee…. I am really sorry if u feel anything like sad…. But Keep writing your story…
Oh dear I’m very sorry 🙁 Hope You feel better soon Xeen 🙂 Glad to hear that u will keep on reading till the end 🙂 🙂