ނަމާދަށް ބަންގިގޮވުމާއެކު ރިޔާން އަދި ޔޫއާންވެސް ގެއިންނިކުމެގެން ދިޔައީ ފިހާރަކޮށްގެން އަންނާނަން ކަމަށް ބުނެފައެވެ. އެހެންކަމުން ޔުލީން އަދި ލައިހާ ނަމާދުކޮށްގެން ކައްކަން ވާން ޖެހޭ ތައްޔާރީތައްވާން ފެށިއެވެ. ” ޔުލީ ދެން ލައިފް ގާކިހިނެއް ހަދާނީ ނުހާން އަށް ފަހުން އެހެން ފިރިހެން ކުއްޖަކާ ގުޅެން ނުވިސްނަން ތަ ؟ ” ފިޔާކޮށަން ހުރި ލައިހާ ބުނެލިއެވެ. ” ނޭނގެ ދޯ ، އަދިވެސް ގެޓް އޯވާ އެތް ނުވޭ ނުހާން އަކަށް ، ހިއެއް […]
” ލައީ ޔޫލުކް ކިޔުޓް ބައިދަވޭ ” ރިޔާން ހުރެލާފައި ބުނެލި އެއްޗަކުން ލައިހާ ގެ ދެކޯ ރަތްވެލިއެވެ. އެހެންކަމުން ބާރަށް ޔުލީންމެން ކައިރިއަށް މިސްރާބުޖެހިއެވެ. ރިޔާންވެސް ހީލަމުން އޭނާގެ އިސްތަށިގަނޑުގައި އަތްހިންގާލަމުން ލައިހާ ފަހަތުން ދިޔައެވެ. ************ ލައިހާ އަދި ރިޔާން ފެނުމުން ޔުލީން އަށް އެދިމާލަށް ބަލައިލެވުނެވެ. ” ކޮންތާކުން ދެމީހުން ހާދަ ލަސްވީ ” ޔުލީން އަހާލިއެވެ. ” ޔުލީ ވީ ސޯއިޓް ނުހާން ގަނޑު ކުރިކަންތައް ، ” ލައިހާ ޔުލީން […]
ޔުލީންގެ އަތުގެ މުލަށްދަނޑީ ހިފާމީހަކު އަނބުރާލީ ކުއްލިއަކަށް ކަމުން ޔުލީން އަށް ޔޫއާން ގެ އަތުގައި ހިފަހައްޓާލެވުނެވެ. ކުރިމަތީ ޔުލީން އަދި ޔޫއާން އަށް ބަލަން ހުރި މީހަކު ފެނި ޔުލީންގެ މޫނުމަތީގެ ކުލަވަރު ބަދަލުވެލިއެވެ. ޔުއާން އަށް ވެސް ކޮންމެސް ވަރަކަށް އެއީ ކާކުކަން ނަގައިގަނެވުނެވެ. ********* ކުރިމަތީގައި ދެލޯކުޑަކޮށްލާގެން ބަލަން ހުރި ނުހާން ފެނި ޔުލީންގެ މޫނުމަތީގެ ކުލަވަރުބަދަލުވެލިއެވެ. ” ކަލޭ އުޅޭ ވައްތަރު އެއްފަހަރާ ކިތަށް ފިރިހެނުން ޖައްސަން ކަމަށް ތިއޮޅެނީ އެ […]
ނުހާން އޭނާ ކައިރިން ލާފައި ދިޔަ ސައިކަލުގައި ފިރިހެނެއް ގައިގައި އޮޅުލައިގަނެގެން އިން ޔުލީންފެނި ހައިރާންވިއެވެ. ނަމަވެސް މަގުމައްޗަށް ސަމާލުކަން ދިނީ ދުއްވާ އެއްޗެހި ގިނަކަމުންނެވެ. ” ލައީ މިހާރު ކީއްވެ ވާހަކަ ނުދައްކަނީ ؟ ” ލައިހާ ގެ ގެއާކައިރި އަށް ސައިކަލު މަޑުކޮށްލަމުން ރިޔާން އަހާލިއެވެ. ލައިހާ އަށް ހަމައެކަނި ހިނިތުންވެލެވުނީއެވެ. ” ހަމަ ކުރިން އުޅުނުހެން ފްރެންޑްކޮށް އުޅެވޭނެ އެތް ނު ދޯ ، ސޯ ނަންބަރ ދެވިދާނެތަ ؟ ” ހިތްވަރުކޮށްލާފައި […]
ގެއާކައިރި އޮތް ހިމަ އަނދިރި ގޯޅިއަށްއެޅުމާއެކު ލައިހާ ގެ ހިތުގައި ބިރުވެރިކަން އުފެދުނެވެ. ދުވަހަކީ އެ ގޯޅީގައި ހަރުކޮށްފައި އިން ލައިޓް އަނދާފައި އިން ދުވަހެކެވެ. ރިޔާން އާތަންކޮޅެއް ގަތްވެލީ ރައްކާތެރިކަން އިޙްސާސް ކުރެވޭތީއެވެ. ******** ލައިހާ ބިރުގެންފައިވާ ކަން ރިޔާން އަށް އިނގުމުން ހުދު އޭނާވެސް ލައިހާ ކައިރި އަށް ޖެހިލިއެވެ. މަގުގެ މެދާހިސާބުން އެއްޗަކަށް އެރުނުހެން ހީވެގެން ލައިހާ ތޫލިއަޑަކުން ހަޅޭލަވާގަންނަމުން ރިޔާން ގެ އަތުގައި އޮޅުލައިގަންނަމުން އޭނާ ގެ ގަމީސް އަތަށް ބޮނޑިކޮށްލިއެވެ. […]
ދެލޯފިއްތާލައިގެން ހެވިފައިހުރި ޔުލީން ޔޫއާން ގެ ގައިން ވަކިނުވެ ހުރެ ދެލޯހުޅުވާލަމުން ކުރިމައްޗަށް ބަލައިލިއެވެ. އެއާއެކު އޭނާގެ ދެލޯބޮޑުވިއެވެ. އެތްފަހަރު ހޭންހުރި ރިޔާން އަށް ބަލައިލަމުން އަނެއްފަހަރު އޭނާގެ ދެއަތުތެރޭގައިވާ ފިރިހެން ކުއްޖާ އަށް ބަލައިލިއެވެ. އެއާއެކު އިހުނަށް ވުރެ ދެލޯބޮޑުވެގެން ގޮސް އެދޮންމޫނު ލޭކޮޅެއް ހާ ރަތްވެގެން ދިޔައެވެ. ********** އަވަސް ހަރަކާތަކާއެކު އެޒުވާނާ ގައިން އަތް ނައްޓުވާލަމުން ރިޔާން ކައިރި އަށް ޖެހިލިއެވެ. ” ޔުލީ ސާބަސް ، ހަމަ ދޮންބެ ވަކިކުރަން ނޭނގުނީތަ […]
ސްކޫލުން ނިކުން ގޮތަށް ލައިހާ އާ ޔުލީން ވަކިވެލީ ނުހާން އެތާގައި ހުރުމުންނެވެ. ލައިހާ އަށް އަތްހޫރުވާލުމަށް ފަހު ޔުލީން މިސްރާބުޖެހީ އެތާކައިރީ ފޯނެއްގައި ހުރި ނުހާން ކައިރިއަށެވެ. ހީހީފައި ނުހާން ފޯނުގައި ހުރިއިރު ޔުލީން ހައިރާން ކަންމަތީގައި އޭނާކައިރިއަށް މިސްރާބުޖެހިއެވެ. ކައިރީގައި ހުއްޓެލި ޔުލީން ފެނުމާއެކު ނުހާން އަށް ސިހުން ލިބި ކަންފަތާ ފޯނުވަކިކޮށްލެވުނެވެ. އަވަސްއަވަހަށް ފޯނުކަނޑާލަމުން މީހާ މޫނުމައްޗަށް ވެރިވެފައިވާ ހާސްކަން ފިލުވަން މަސައްކަތް ކުރިޔަސް އޭނާ ގެ މޫނުމަތީގައި ހާސްކަމާ ނުތަނަވަސް ކަންވެއެވެ. […]
ފަތިހުގެ ވަގުތުކަމުން މަގުމަތިވަނީ ވަރަށް ހަމަހިމޭން ކޮށެވެ. މަދުމަދުން ދުއްވާ އެއްޗެއް ގެ ހިލަމެއް ވާއިރު ގިނައިން ފެންނަނީ ކަސްރަތަށް ދުވަން ނިކުމެ އުޅޭ މަދު މީސްކޮޅެކެވެ. މިމީހުންގެ ތެރޭގައި މަޑުމަޑުން ދުވަމުން ދިޔަ ޒުވާން ފުރައިގެ އަންހެން ކުއްޖާ އަކަށް މާހައުލުގައި ހިނގަމުން ދިޔަ އެއްވެސް ކަމަކަށް ފަރުވަލެއް ނުބެހެއްޓެއެވެ. އެއަށްވުރެ ބޮޑަށް މިކުއްޖާ ގެ ސަމާލުކަން ދަމައިގަނެފައިވަނީ ކަންފަތުގައި ޖަހާފައި އިން އެއާރޕޮޑްއިން އިވެމުން ދިޔަ މަޝްހޫރު ކޭޕޮޕް ގުރޫޕް އެތްކަމަށް ވާ ބީޓީއެސްގެ […]
މިދެމީހުންގެ ހަރަކާއްތަކަށް ބަލަހައްޓައިގެން ހުރި ސަނާގެ މޫނުމަތީ ވަނީ ހިނިތުންވުމެކެވެ. އީނާ ގެ ދިރިއުޅުމަށް ވެސް ޙާއްސަ ފަރާތެއް އައިސްފިކަމަށްޓަކާ އޭނާ އުފާކުރިއެވެ. އަދިވަކިން ބޮޑަށް އެއީ މިއޮތް ހުރިހާ ދުވަހު އޭނާ ލޯކުރިމަތީ އުޅޭ އެންމެ އިތުބާރު ކުރެވޭ އެކަކަށް ވީމައެވެ. މާގިނައިރެތް ނުވެ މާއިޒް އާއި އީނާ ވެސް ވަކިވީ މާދަމާ ދިމާވާން ނިންމާފައެވެ. އެއިރު ސަނާ ވެސް އެތެރެ އަށް ވަންތާ ކިތަންމެ އިރެކެވެ. ******************** ފޯނުހިފައިގެން އިން ޔޫލީ ދިޔައި ފޯނާ […]