Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ގާތުގާވުމަށް ހިތް އެދެނީ (1)

🌹YEOJA🌹 Level 610 Stories100 Login100 Comments
August 1, 2021 5 Mins Read
8 Comments

ފަތިހުގެ ވަގުތުކަމުން މަގުމަތިވަނީ ވަރަށް ހަމަހިމޭން ކޮށެވެ. މަދުމަދުން ދުއްވާ އެއްޗެއް ގެ ހިލަމެއް ވާއިރު ގިނައިން ފެންނަނީ ކަސްރަތަށް ދުވަން ނިކުމެ އުޅޭ މަދު މީސްކޮޅެކެވެ. މިމީހުންގެ ތެރޭގައި މަޑުމަޑުން ދުވަމުން ދިޔަ ޒުވާން ފުރައިގެ އަންހެން ކުއްޖާ އަކަށް މާހައުލުގައި ހިނގަމުން ދިޔަ އެއްވެސް ކަމަކަށް ފަރުވަލެއް ނުބެހެއްޓެއެވެ. އެއަށްވުރެ ބޮޑަށް މިކުއްޖާ ގެ ސަމާލުކަން ދަމައިގަނެފައިވަނީ ކަންފަތުގައި ޖަހާފައި އިން އެއާރޕޮޑްއިން އިވެމުން ދިޔަ މަޝްހޫރު ކޭޕޮޕް ގުރޫޕް އެތްކަމަށް ވާ ބީޓީއެސްގެ ލަވައަކަށެވެ. ދޭތެރެ ދޭތެރެ އިން ލަވައިގެ ތަންކޮޅެއް ވައި އަޑުން ކިޔެއެވެ.

މިކުއްޖާ ހުއްޓުން އެރީ އޭނާގެ ކޮނޑުގައި މީހަކު އަތްބާއްވާލިކަމުގެ އިޙްސާސް ކުރެވުމުންނެވެ. އެހެންކަމުން ފަހަތް ބަލައިލީ ކާކުތޯ ބެލުމުގެ ޝައުޤުއޮތުމުންނެވެ. ފަހަތުގައި ހުރި ހަމަ އޭނާ އެކޭ އެތްފުރާގެ އަންހެން ކުއްޖާ ފެނި ކަންފަތުގައި ޖަހާފައި އިން އެއާޕޮޑްއިން އިވެމުން ދިޔަ ލަވަ ނިތްވާލިއެވެ. ” ބަލަ ލައިހާ އަހަރެން ހާދަވަރަކަށް ގޮވާފީމޭ ، މިހާރު ކަރުގައި ލޭރަހަ ވެސް ލާހާވެއްޖެ ” ކަރުގައި އަތްހާކާލަމުން ލައިހާ ގެ އެކުވެރިޔާ ޔުލީން ބުނެލިއެވެ. ” ސޮރީ ޔުލީ އެއާޕޮޑް ޖަހާގެން ހުރީ މާ ނޭނގުނީ ޔުލީ ގޮވިކަން ” ލައިހާ ބުނެލިއެވެ. ” ސާބަސް ދެން ދުވަން ނިކުމެ އުޅޭއިރު އަހަންނަށް ވެސް އަންގާލާނަމައެންނު އަހަރެން އެކަނިވެގެން” ޔުލީން ބުނެލިއެވެ. ” އާން ދެން އަންގާލާނަން އެހެންނޫނަސް މިއަދޭ މިގެން އަދިކިރިޔާ ނިކުތީ ދުވަން މިއޮތް މަންމަ ކިޔާވަރުން މިނިކުތީވެސް ” އަނގަޔަށް ވައްތަރެއް ޖައްސާލަމުން ލައިހާ ބުނެލިއެވެ. ” ހެހެ ، ދެން ހިނގާ ” ދުވަން ފަށަމުން ޔުލީން ބުނެލިއެވެ. ލައިހާ އަދި ޔުލީން އާ ދެމީހުން ދުވެ ނިންމާލީ ރަސްފަންނާ ހަމައިންނެވެ. އެތާ ހުރިސިމެންތި ގޮނޑިތަކުގައި ދެމީހުން ފޫޖައްސާލީ ވަރުބަލި ފިލުވާލުމަށެވެ. ” ލައީ އިނގޭތަ މާދަން ދޮންބެ އަންނާނެ ،” ވާހަކަ ދައްކަމުން ގޮސް ޔުލީން ބުނެލިއެވެ. އެއާއެކު ލައިހާގެ މޫނުމަތީގެ ކުލަވަރުތައް ބަދުވެލިއެވެ. ޔުލީން ގެ ފަރާތުން ރިޔާން އަންނަ ހަބަރުލިބުމާއެކު އޭނާގެ ހިތުގައި ކުރީއްސުރެ ޖަހަމުން ދިޔަ ވިންދު އައުވެގެން ދިޔަފަދައެވެ. ރިޔާން އަކީ ލައިހާ ގެ ސްކޫލް ދުއަރުއްސުރެ އޭނާގެ ހިތްދެވިފައި ވާ ފިރިހެންކުއްޖާ އެވެ. ޔުލީންއާއެކު އެގެއަށް ގޮސް ގޮސް ރިޔާން އާ ލައިހާ ބައްދަލުވެ އެކުވެރިކަން މިދެމެދުގައި ވެސް އުފެދުނެވެ. ނަމަވެސް ލައިހާ ގެ ހިތުގައި ރިޔާން އަށްޓަކައި ޙާއްސަ މަޤާމެއް އަބަދުވެސް ހުސްވެފައިވެއެވެ. މިކަމަކީ އަދި އޭނާގެ ހިތުގައި ވަންހަނާވެފައިވާ ސިއްރެކެވެ.

” އޭއި ކޮންވިސްނުމެއްގައި ” ވާހަކަ ދައްކާދައްކާ ވެސް ލައިހާ އަނގައިން ނުބުނުމުން ޔުލީން ތަންކޮޅެއް ބާރަށް ބުނެލިއެވެ. ” ނަތިންގް ” ލައިހާ ބުނެލިއެވެ. ” މާދަން އަންނަން ވާނެ އިނގޭ އީވެނިންގާ އަހަރެންގެ ގެއަށް ، ޕްލީސް ލައީ އިނގޭ ” އާދޭހާއެކު ޔުލީން ބުނެލިއެވެ. ދާން ނުކެރުނެއް ކަމަކު ލައިހާ އެއްބަސްވެލިއެވެ. ” މަންމަ ވެސް އަހާނެ ލައީ އަހަރުން ގެއަށް ނާންނާނީ ކީއްވެހޭ ވެސް ، އަހަރެން ބުނިން މަންމަ ކައިރި ލައީ ސްކޫލް ގައި ބިޒީވެގެން އުޅޭވާހަކަ ” ޔުލީން ބުނެލިއެވެ. ” އާންދެން ބިޒީއީ ހަމަ ، ދެން އެކަމް ދާނަން އިނގޭ ” ލައިހާ ބުނެލިއެވެ.

ލައިހާ އަކީ ޢުމުރުން އެކާވީސް އަހަރުގެ ޒުވާން ޖިންސު ލަތީފެކެވެ. ޕްރީސް ސްކޫލެއްގައި ވަޒީފާގައި އުޅޭއިރު ލައިހާ ގެ ބައްޕަ ޒިޔާދު އަކީ އޮފީހެއްގައި މަސައްކަތް ކުރާ މީހެކެވެ. ލައިހާގެ މަންމަ ނޫރީން އަކީ ގެވެހި އަންބެކެވެ. ޔުލީން އަދި ލައިހާ އަކީ ސްކޫލް ދައުރުއްސުރެ އެންމެ ގާތް ދެރަޙްމަތްތެރިންނެވެ. ދެމީހުން މަސައްކަތް ފެށީވެސް އެއްދާއިރާއަކުންނެވެ. ލައިހާ އެކޭ އެއްފަދައިން ޔުލީން ވެސް މަސައްކަތް ކުރަނީ ލައިހާ އާ އެއްސްކޫލް އެއްގައެވެ. ދެމީހުންގެ ދިރިއުޅުމުގައި ހުރިހާ އުފަލެއް މިލްކްވެފައިވާ ކަހަލައެވެ.

” އޭއި ހިނގާދާން ދެން ، މިހާރުއެއޮތް އައީ ޅިޔަންބެ މަންޖެ ބަލާ ” އެދިމާލަށް އަންނަމުން ދިޔަ ނުހާން ފެނި ލާނެތް ރާގަކަށް ލައިހާ ބުނެލީ ޔުލީން އާ ދިމާކޮށްލުމަށެވެ. ” ދެން ލައީ އަދިހުރެބަލަ މަ ދިމާކޮށްލަންވެސް ދުވަހެއް އަންނާނެ އެދުވަހުން ހުރޭ ” ލަދުގަނެފާ ވީނަމަވެސް ޔުލީން ބުނެލިއެވެ. ދެމީހުން އެކީ ތެދުވީ އެހިސާބަށް ނުހާން އައުމުގެ ކުރިންނެވެ. ” ހައި ލައީ ” އެދެމީހުންނާ ހަމަކޮށްފައި ނުހާން ލައިހާ އަށް ގޮވާލިއެވެ. ” ޔެސް ނުހާން ” ލާނެތް ރާގެއްގައި ނަމަވެސް ލައިޙާ ޖަވާބުދިނެވެ. ” ލައީ ދަނީ އިނގޭ މާދަން ހަމަ ގައިމަށްވެސް އަންނަން ޖެހޭނެ ” ދެލޯ ކުޑަކޮށްލަމުން ލައިހާ އާ ދިމާލަށް ބަލައިލަމުން ޔުލީން ބުނެލިއެވެ. ހެމުން ހެމުން ލައިހާ އެއްބަސް ވެލިއެވެ. ޔުލީން އަދި ނުހާން ވެސް އަތުގުޅާލަމުން އެތަނުން ދިޔައީ ލައިހާ ވެސް ގެއަށް ދާން މިސްރާބުޖެހުމުންނެވެ. މަގުމަތީގައި ހިނގަމުން ދިޔައިރުވެސް ލައިހާ ގެ ސިކުނޑީގައި އެނބުރެމުން ދިޔައީ ރިޔާން ގެ ހިޔާލުތަކެވެ. ދޭތެރެ ދޭތެރެ އިން އެތުންފަތަށް ވެރިވަނީ ފިރިހެން ކުދިންގެ ހިތްތައް ކަތިލާނެ ފަދަ ރީތިހިނިތުންވުމެކެވެ. ދެކޮލަށް އެޅޭ އަޑިކޮޅުގެ ސަބަބުން އެ ހިނިތުންވުން އިތުރަށް ފުރިހަމަ ވެގެން ދާފަދައެވެ. އެކިއެކި ހިޔާލުތަކުގައި ހުރެ ލައިހާ ގޭތެރެ އަށް ވަދެގެން ދިޔައީ ސްކޫލް އަށް ދާން ވާއިރަށް ތައްޔާރުވެލުމަށެވެ. އެއިރު ބަދިގެތެރޭގައި ނޫރީން ހަރަކާތްތެރިވަމުން ދިޔައިރު ސޯފާގައި ޓީވީ ހުޅުވާލައިގެން ޒިޔާދު އިނީ އޮފީހަށް ދާން ތައްޔާރުވެގެންނެވެ. ” މަންމާ މިއަންނަނީ ފެންވަރާލައިގެން އިނގޭ ” ބަދިގެތެރެ އަށް ބޯދިއްކޮށްލަމުން ލައިހާ ބުނެލިއެވެ. ހިނިތުންވެލަމުން ނޫރީން ބޯޖަހާލަމުން ރިހަކޮޅު ކެއްކުމާގެން އަވަދިވެގަތެވެ.

****************

ކޮލެޖް ގޭޓު ދޮށުގައި ހުއްޓިލައިގެން ހުރި ފިރިހެންކުއްޖާ ފެނި ކޮންމެ އަންހެން ކުއްޖެއްގެ ވެސް ހިތުގެ ތެޅުން ބާރުވެގެންދާނެކަން ޔަޤީނެވެ. އެތެރެ އަށް ވަންނަމުން ދިޔަ ކޮންމެ އަންހެން ކުއްޖެއް ވެސް ފަހަތައް އެނބުރި އެނބުރި ބަލަމުން ދިޔައީ ޒުވާނާ ގެ ރީތިކަން ފެނި އާޝޯހް ވާ ހާލުއެވެ. ނަމަވެސް މިއީ އެ ކޮލެޖް އަށް އައު މޫނެއް ނޫނެވެ. ކޮންމެ ދުވަހަކު ވެސް ފެނިދެނެވި ކަމުގައިވިޔަސް ޒުވާނާ އަށް ލިބިފައިވާ ރީތިކަމަކީ ދެވަނަ ފަހަރަށް ނުބަލާ ނުހުރެވޭފަދަ ރީތިކަމެކެވެ. ދޮން ހަންގަނޑެއް ލިބިފައިވާއިރު އެ ފުން ކަޅުކަން ގަދަ ކަޅީގައިވަނީ ތަފާތު އަސަރެކެވެ. ހުދުކުލައިގެ ޓީޝާޓެއް ލާފައިވާއިރު އެއާގުޅޭގޮތުން ކަޅުކުލައިގެ ޖިންސެއް ލާފައިވެއެވެ. އަރާފައިވާ ކަޅުކުލައިގެ ސްނިކާސް ބޫޓުގެ ސަބަބުން މީހާ ގެ ފުރިހަމަކަން އިތުރުކޮށްދެއެވެ. ލިބިފައިވާ ފަންއިސްތަށިގަނޑާކީ ކޮންމެ މީހެއްވެސް އަތްހިންގާލަން ބޭނުން ވާނޭފަދަ އިސްތަށިގަނޑެކެވެ. ދޭތެރެ ދޭތެރެ އިން އަތުގައި އޮތް އައިފޯން އަށް ބަލައިލައެވެ. މާގިނައިރެއް ނުވެ އެ ޒުވާނާ ކައިރިއަށް އައިސް ހުއްޓެލީ އެޒުވާނާއެކޭ އެތްއިސްކޮޅެއް ހުންނަ ރީތި ފިރިހެން ކުއްޖެކެވެ. ” ސާބަސް ޔޫއާން ކަލެއަށް ، ހާދަ ލަހެކޭ ތިވަނީ ދޯ ، އަންހެން ކުއްޖަކަށް ވުރެ ކަލޭގެ ހާލަތު ދެރައެއް ނު ” އެ ޒުވާނާ ބުނެލިއެވެ. ” ހޫމްހޫމް ކަލެއަށް ވެސް ސާބަހޭ ދަގްރޭޓް ރިޔާން ހުރިހާ އަންހެންކުދިންގެ ހިތްތައް ކޮށަމުން ތިދަނީ ތިތާ ހުރެގެން ” ލާނެތް ރާގަކަށް ޔޫއާން ބުނެލިއެވެ. ” ހެވޭ އަހަންނަށް ކިތަންމެ އަންހެން ކުއްޖެއް މަށާހެދިގެން އުޅުނަސް އަހަރެން ގެ ހިތުގައިވަނީ ހަމަ އެންމެ ނަމެއްކަން އިނގެއެތްނު ، އެހެންނޫނަސް ދެން މާދަން ރާއްޖެ ދާއިރު މިބެލުންތަކުން ސަލާމަތް ވާނެއެތްނު ،” އެތްދިމާލަކަށް ނަޒަރު ހުއްޓާލައިގެން ހުރެ ރިޔާން ބުނެލިއެވެ. ” އާނއެކޭ ދޯ ، އޭއި އަހަރެން ވެސް މިހާރު ރާއްޖެ ދާގޮތަށް ހަމަޖެހިއްޖެ ، މަންމަ މެން އެވަރަށް ކިޔާ އަނެއްކާ ދެން ކޮލެޖް ނިމުނީމާ ކުރާނެ ވަކިކަމެއް ނެތް ސޯ ރިޔާން އާއެކު މަ ވެސް ދާންކަމަށް ” ކޮނޑުގައި އަޅުވާފައިވާ ބެކްޕެކްގެ ވާގަނޑަށް ދަމާލަމުން ޔޫއާން ބުނެލިއެވެ. ” އޭ އަސްލުތަ ސަޅި އިނގޭ ބްރޯ ދެން މަ ނުޖެހޭނެ މާލެގޮސްވެސް ފޫހިވެގެން އުޅޭކަށް ” ފޯރިއާއެކުރިޔާން ބުނެލިއެވެ. ދެއެކުވެރިން ވެސް ވާހަކައިގައިތިބެގެން ކޮލެޖް އަށް ވަދެގެން ދިޔައީ އުފާވެލާފައެވެ. ރިޔާން އަދި ޔޫއާން އަކީވެސް ސްކޫލުދައުރުއްސުރެ އެކުވެރިންނެވެ. ދެމީހުން ވެސް ކިޔަވާނިމިގެން މެލޭޝީޔާ އަށް އައީ އިތުރު ތަޢޫލީމަށެވެ. ޢުމުރުން ބާވީސް އަހަރުގެ މިދެމީހުން ވެސް ކިޔަވަމުން އަންނަނީ ބިޒްނަސްދާއިރާއިންނެވެ.

************************

ފެންވަރާ ތާޒާވެލައިގެން ލައިހާ ނިކުތީ ކަޅު އަބަޔާއެތްލައިގެންނެވެ. ފަންކާގެ ވަޔާއެކުވިހުރިގެން ދާ އިސްތަށިތައް މަސަލަސް ކޮށްލުމަށް ލައިހާ އަވަސްވެގަތީ އެ ފަން އިސްތަށިގަނޑުގައި ފުނާއަޅާލުމަށެވެ. ފުނާއަޅާލުމަށް ފަހު  ލައިހާ އަވަސްވެގަތީ އެއާއެތްކޮށް އަޅަން ނަގާފައިއިން ކަޅުކުލައިގެ ޝޯލް އެޅުމަށެވެ. އެންމެ ފަހުކަމަކަށް ކުޑަކޮށް ފަލަކޮށްއިން  ބަންދެއް މެދުގައި އައްސާލިއެވެ. ކޮޓަރިން ނިކުތުމުގެ ކުރިން ސޯފާގައި ބައިންދާފައި އިން އަތްދަބަސް ހިފައިގެން ލައިހާ ކޮޓަރިން ނިކުމެލިއެވެ. ކާކޮޓަރިއަށް ވަންއިރު ޒިޔާދު މޭޒުދޮށުގައި އިން އިރު ނޫރީން ކާތަށިތައް އަތުރަން އުޅެއެވެ. މަންމަ އަށް އެހީވެލުމަށް ފަހު ލައިހާ ވެސް އާއިލާ އާ އެތްކޮށް ސައިގައި ބާވެރިވެލިއެވެ. އެދޭތެރޭ މާގިނަ ޥާހަކަ ނުދެކުނެއް ކަމަކު ޒިޔާދު ދޭތެރެ ދޭތެރެ އިން އަނގައިން ބުނެލައެވެ. މަޑުހިނގުމެއް ގައި ލައިހާބޭރަށް ނިކުން އިރު ނުހާން އާއެކު ސައިކަލުގައި އެދިމާލަށް ޔުލީން އާދެއެވެ. އެހެންކަމުން ލައިހާ މަޑުކޮށްލީ ޔުލީން އައުމުން ދާށެވެ.

*************

ކިޔެވުމަށް ސަމާލުކަން ދޭން ކިތަންމެ ވަރަކަށް މަސައްކަތް ކުރިއެތްކަމަކު ރިޔާން ގެ ހިޔާލުތަކުގައި ވަނީ ހަމަ އެންމް ސޫރައެކެވެ. އެ ސޫރައެތް ދުށުމަށް އޭނާގެ ހިތް އެދިގޮވަމުން ދިޔައީ އެތައް ފަހަރަކުއެވެ. ނަމަވެސް އެސޫރަ ދުށުމުގެ ނަސީބެއް އަދި ރިޔާން އަކަށް ލިބިފައެތް ނުވެއެވެ. ހިޔާލުތަކުން ރިޔާން އަށް ނިކުމެވުނީ ކައިރި އިން ޔޫއާން އޭނާގައިގައި ކޮށްޓާލުމުންނެވެ. ދެފަރާތައް ބޯހޫރުވާލުމަށްފަހު ރިޔާން ފިޅާވަޅަށް ސަމާލުކަން ދެވޭތޯބެލީ މިއަދުމީ ކިޔަވާނެ އެންމެ ފަހުދުވަހަށް ވުމާއެކުއެވެ.

(ނުނިމޭ)

ނޯޓް :

ހެލޯރީޑާރސް އައެމް ބެކް ވިތް އަ ނިޔު ސްޓޯރީ

އަޅުގަނޑުގެ ދިގުވާހަކަ ތީއޭ މިހިތުގެ ދިރުމަކީ އަށް ފަހު ދެން ގެނެސްދޭން އަޅުގަނޑު ނިންމާފައި ވާ ވާހަކަ ” ގާތުގައި ވުމަށް ހިތް އެދެނީ ” އަށް ވެސް ކުރީ ވާހަކަ ތަކަށް ލިބުނުފަދަ ތަރުހީބެއް ލިބޭނެ ކަމަށް އުންމީދުކުރަން. އަޅުގަނޑަށް ވީހާ އަވަހަކަށް މިވާޙަކަ ގިނަގިނައިން އަޕްކޮށްދެވޭތޯ މަސައްކަތް ކުރާނަން އިންޝާﷲ . މި ވާހަކަ ވެސް ކިޔުންތެރިންނަށް ކަމުދާނެ ކަމަށް އުންމީދުކުރަން . ދެން ހުރި ބައިތަކަށް އިންތިޒާރުކޮށްލާ .

ސްޓޭސޭފް އެން ޓޭކް ކެއާރ

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

🌹YEOJA🌹

Level 610 Stories100 Login100 Comments

Other Articles

Previous

ތިޔަ ލޯތްބަށް އެދެމޭ 2 – 25 (ފަހުބައި)

Next

ބަދަލް 4

Next
August 1, 2021

ބަދަލް 4

Previews
August 1, 2021

ތިޔަ ލޯތްބަށް އެދެމޭ 2 – 25 (ފަހުބައި)

8 Comments!

  1. ?YEOJA? says:
    August 1, 2021 at 4:35 pm

    Hello readers❤️❤️
    After a long times dhw ❤️❤️
    Here is the 1st part of gaathugaa vumah hie edeny . Hope u all readers will like this part.
    Mi vhk akee alugadu dhn liyaane enme fahu long stry kamugai dhanavaala. Kuri ah othy alugadu ge 9 ge aharukanun kuri ah vure bodah kiyevumah vaguthu huskuran alugadu beynun vaathy deythere deythere in dhn alugadu up kohladeynee kuru vhk
    Next part ISA soon
    Keep waiting❤️❤️
    Stay safe and take care❤️❤️

  2. Nayaa Nayaa says:
    August 1, 2021 at 4:47 pm

    kaleyney! enme fahun pub kohfi dhw! pis pis… ma huree miadhu pub nukohfiyyaa e Aattey kathilan kamah.. hama huvaa mi bunee..
    ey bro hama vvvvvvvvvvvvvvvvv salhi ey mi stry vx ingey… vvv lwbi… vrh kiyaahiy vey eba…next prt up kohdhehche ingey avahah… waiting for the nxt prt.. ss nd tvgc care sisyyyyyyyy… ilyssssssssssssmmmmmm <333

  3. ?YEOJA? says:
    August 1, 2021 at 7:08 pm

    In reply to Nayaa
    Hehhehe dhn konmes irakun stry tha pub kuraanethaa dhw .???? Naseebeh nu kathilaan nujehunu Kan vxx???
    Thank uuu soo much naayuu❤️❤️ . Vrh ufaavehje stry kamudhiyakan inguny maa❤️❤️❤️❤️❤️
    ISA next part vrh avaha kiyaalan libeyne
    Stay safe ❤️and take care❤️❤️
    Love u moree ❤️❤️

  4. luvza says:
    August 1, 2021 at 11:26 pm

    hi yeoja thankolheh lahun dhw mi cmnt kurevuny
    but kurin kiyan jassaifin ?
    welcome back ingey new story ah ves?
    i really love your stories u guys inspire me more and more…
    btw first part kiyaafa curiouse vejje next bayah waitting waitting ingey ❤❤
    lysssm
    tvgc
    ss
    bye
    gn

  5. ?YEOJA? says:
    August 2, 2021 at 8:28 am

    In reply to luvza
    Hii luvza
    Noo ehgothakah vxx adhi laheh nuve eh nu hehe❤️❤️
    Owh okeyy ❤️❤️. Hehe Thankx ingeyy luvza ❤️❤️
    Thank uu soo much luvza. Happy to know dear❤️❤️. ISA next part vxx avaha kiyaalan libeyne ❤️❤️. Keep waiting dear❤️❤️
    Lymmmm❤️❤️
    Stay safe and take care ❤️❤️

  6. ?Zai? says:
    August 2, 2021 at 9:56 pm

    ??? ?????
    ?????? ?? ???? ?????????
    ?ℎ? ???? ?? ?????? ?????????❤️❤️
    ?? ??????? ℎ???? ?? ??? ? ??? ???? ???? ?❤️❤️
    ??? ? ???? ?????? ? ???? ?ℎ? ??? ?? ?ℎ? ????❤️❤️
    ?ℎ?? ?? ???? ???? ❤️❤️
    ????????? ??????? ?? ???? ????❤️❤️
    ❤️?????❤️?????❤️???
    ??❤️❤️
    ??❤️❤️

  7. ?YEOJA? says:
    August 3, 2021 at 3:12 pm

    Next part mihaaru vaany submit kurevifaa
    ISA avaha kiyaalan libeyne
    Stay safe ❤️?

  8. ?Zai? says:
    August 3, 2021 at 9:11 pm

    Hii yeoja❤️
    The stry is really beautiful ❤️❤️
    Ur really telented ❤️❤️
    Masha Allah❤️❤️
    nd while reading i felt like i was in the stry ❤️❤️
    I was lost in the stry till end❤️❤️
    Nd welcome back with the new stry❤️❤️
    Long time noo see❤️❤️❤️
    Missed you soo much siss❤️❤️❤️
    The stunning cover pic attracted me to read the stry❤️❤️❤️
    Waiting for the next ep siss❤️❤️
    Swwwrry fr late comment ??
    Isa I’ll surport the stry till end❤️❤️❤️
    Tc❤️
    Ss❤️
    Sh❤️❤️
    Lysssssssssssssssssssssssemmmm❤️❤️
    Myssssssssssssssssssssssssssmm ❤️❤️

Comments are closed.

Next Episodeގާތުގާވުމަށް ހިތް އެދެނީ (2)←


All Right Reserved!