އިޝްހާ ދޮރުން އެތެރެ އަށް ވަންނަން ދިޔަ މަންޒަރު ބަލަން ރީހާން އިންއިރު އޭނާ ގެ ތުންފަތުގައި ވަނީ ހިނިތުންވުމެކެވެ. އެހެންއިންދާ އޭނާ ފަހަތް ބަލައިލަން މަޖްބޫރުވީ މީހަކު އޭނާ ގެ ކޮނޑުގައި އަތްބީއްސާލުމުންނެވެ. ފަހަތް ބަލައިލުމާއެކު ރީހާން ގެ ހިނިތުންވުން ފަނޑުވެ ރުޅިވެރިކަމަށް ބަދަލުވިއެވެ. ******************** ” ކަލޭ މިތާ ކީއްކުރަނީ،” ރުޅިއައިއްސާހުރެ ކުރިމަތީގައި ހުރި ޔޫލީ އަށް އަމާޒުކޮށް ރީހާން ބުނެލިއެވެ. ”އަހަރެންގެ ގޭކައިރި މީ ، ރީހާން މިތާ ކީއްކުރަނީ ” ތުއިވެލާފައި […]
އެންމެންނަށް ގެއަށްއާދެވުނު އިރު މަޢްރިބް ނަމާދަށް ގޮވާފިއެވެ. އީމާ އަދި ޒިހާން އެމީހުންނާ ވަކިވެގަތީ އަނެތްކާ ވެސް ކަމެތް ރާވަން ނިންމާފައެވެ. ” ވަރަށް ގުޅޭ ދޯ އިޝޫ އެން ރީހާން ” ޒިހާން ގެ ސައިކަލު ފަހަތުގައި އިނދެފައި އޭނާ ގެ ބުރަކަށީ ލައްވެލަމުން އީމާ ބުނެލިއެވެ. ” އާން ވަރަށް ގުޅޭ ” ހިނިތުންވެލަމުން ޒިހާން ބުނެލިއެވެ. އީމާ ގެ ގެއާ ހަމަވުމުން ފައިބާ ހިތް ނުވެފައި އިންނަމަވެސް އަނދިރިވެފައިވުމުން އީމާ ސައިކަލުން ފައިބަމުން […]
އޭގެ ހަފްތާ އެއް ފަހެވެ. ވޭތުވެގެން ދިޔަ ދުވަސްތަކުގައި ރީހާން އަދި އިޝްހާ ދިމާވެލާލެއް ކުޑަކޮށް ނަމަވެސް ގިނަވިއެވެ. ރީހާން ހުމެއިދް މެން ގެ އަށް އަންނަނީ ހުމެއިދް އެކަމަށް އެދޭވަރުންނެވެ. މި ސަބަބާ ހުރެ އިޝްހާ އާދެމީހުންގެ ގުޅުން ވެސް ކުރިއާއި ބަލާފައި ރަނގަޅުވަމުން ދިޔައެވެ. ހުކުރު ދުވަހުގެ މެންދުރުވަގުތެވެ. މާލޭގެ މަގުތަށް ހަލަބޮލިވެފައިވަނީ ހުކުރަށް އެކިއެކި މިސްކިތް މިސްކިތާ ދިމާލަށް ދުއްވަމުން ދިޔަ ސައިކަލާ ކާރުންނެވެ. ހިނގާފާ ދަމުން ދިޔަ މީހުން ވެސް ވަކި […]
އިޝްހާ ކުރިމަތީގައި އިން ރީހާން އަށް ފުންކޮށްބަލައިލީ މިފެންނަނީ ހުވަފެނެއް ތޯ ޔަޤީން ކޮށްލުމަށެވެ. ރީހާން ވެސް އިޝްހާ ފެނުމާއެކު ދިޔައީ ސިއްސާގެންނެވެ. ހިތުގެ ކަނެއްގައި އިޝްހާ އާއި އިންނަން ޖެހޭތީ އެކަމާ އުފާކުރަމުން ދިޔައެވެ. ދެމީހުން ތިބިގޮތުން މަޙްމޫދްމެން ތިބީ ނަގަން ވިމާނަ އެއް ނޭނގިފައެވެ. ” ދަރިފުޅުމެން އެކަކު އަނެކަކު ދަންނަން ތަ؟” އަޙްމަދް އަހާލިއެވެ. ހައިރާންވެފައި ތިބި ދެމީހުން ވެސް ހަމަބިމަށް އާދެވުނެވެ. ” ނޫން ނުދަންނަން އަޅުގަނޑެއް ” ނުވާކަމަކަށް ހަދާލައިފައި […]
މަޑުހިނގުމެއް ގައި ހިނގަމުން ދިޔަ އިޝްހާ ގެ މިސްރާބުވަނީ އީމާ މެން ގެއާއި ދިމާލަށެވެ. ކަޅު އަބާޔާ އަކާ ގަދަ ދަނބުކުލައިގެ ޝޯލް އިޝްހާ އަށް ނުހަނު ގުޅެއެވެ. ކޮންމެ ދުވަހެކޭ އެއްފަދައިން އިޝްހާގެ މޫނުމަތީގައި ވަނީ ތާޒާކަމެވެ. ނަމަވެސް އިޝްހާ ގެ ސިކުނޑީގައި އެނބުރެމުން ދަނީ ހުމެއިދް ގެ ވާހަކަ ތަކެވެ. މިއަދު ހުމެއިދް އަށް ޖަވާބެއް ދޭން ޖެހުނަސް އޭނާ ގެ ސިކުނޑި އަދި އެއްވެސް ކޮޅަކަށް ބުރައެތް ނުވެއެވެ. ” މޯރނިންގް އިޝޫ […]
ގެއަށް ވަދެގެން އައި އިޝްހާ ހުރީ ވަރުބަލިވެފައެވެ. އީމާ ފަހަތުން ދުވުމުގެ ސަބަބުން އޭނާ ހުރީ ވަރުބަލިވެގެން ނޭވާކޮޅަށް ޖެހިފައެވެ. ފުރަތަމަ ވެސް އަތުގައި އޮތް އަތްދަބަސް ސޯފާއަތް އެއްލާލައިފައި ދިޔައީ ފެން ބޯށެވެ. ގޭތެރެ އިން ޔުސްރާ އާއި ހުމެއިދު ނުފެނިގެން ގުޅަން އުޅޮނިކޮށް އިޝްހާގެ ސިކުނޑީގައި ކޮށްޓާލީ މިއަދު އެދެމީހުން ހުމެއިދް ގެ އެކުވެރިއެތް ގެއަށް ދިޔަކަން ހަނދާން ވުމުންނެވެ. އަމިއްލަ ހަނދާން ބަލިކަމާ މެދު ޝަކުވާކޮށްލަމުން އިޝްހާ ކޮޓަރިއަތް ވަންނަން މިސްރާބުޖެހިއެވެ. ************************************* […]
ކެބިން ތެރެއަށް ވަނުމަށް ފަހު ރީހާން އޭނާ އަށް ޙާއްސަ ކޮށްފައި ހުރި ބޮޑު ލެދާ ގޮނޑީގައި އިށީންދެލަމުން ބިއްލޫރި މޭޒުގައި ދެއުނޅަބޮށި ވިއްދާލުމަށް ފަހު އޭނާ ގެ ދެއަތުތެރޭގައި މޫނު ފޮރުވާލިއެވެ. ޔޫލީ ގެ ކަންތައް މާ މައްޗަށް ގޮސްފައި ވުމުން ރީހާން ގެ ރުޅިގަނޑު ވަނީ ފަޅައިގެން ދާވަރަށް ގޮސްފައެވެ. އަންހެން ކުއްޖަކު އޭނާ އާއި ގާތް ވެލިޔަސް ޔޫލީ ހުންނަނީ ތުންފިތްތައިގެންނެވެ. ކޮންމެސް ގޮތަކުން އެ ކުއްޖާ އަށް އަބަދުވެސް ހުންނަނީ ގާ […]
ފަތިހުގެ ހިތްގައިމު ވަގުތު ބެލްކަނީގެ ރެއިލިން ގައި އަތް އަޅުވާލައިގެން ހުރި އިޝްހާ ހުރީ މާލޭގެ ހަމަހިމޭން ވެފައިވާ މަގުތައްމަށްޗަށް ނަޒަރު ހުއްޓާލައިގެންނެވެ. ދޭތެރެ ދޭތެރެ އިން އޭނާ ގެ އަތުގައި ހުރި ކޮފީ ޖޯޑުން ކޯވަރެއް ދަމާލައެވެ. އިޝްހާ ގެ ދޮންދޮން މޫނުގައި ވަނީ ފިރިހެން ކުދިންގެ ހިތްތަށް ކަތިލާފަދަ ރީތި ހިނިތުންވުމެކެވެ. ލައިފައިވާ ކަޅުކުލައިގެ ކަކުލާހަމައަށް އަންނަ ހެދުމުގައި އެއްވެސް ވަތްތަރެއް ޖައްސާފައި ނުވާއިރު އަޅައިގެން ހުރި ވައް ބުރުގަލުން އެކަނިވެސް އިޝްހާ އަކީ […]
ޖެހެމުން ދާ މަޑުވައިރޯޅިތައް ދިޔައީ ގޮނޑުދޮށުގައި ރާޅުޖަހާ ފަށުގައި ހުރި އަޔާ އާ ސަމާސާ ކުރަމުންނެވެ. ލައިގެން ހުރި ތުނިތުނި ކަޅުކުލައިގެ ވައްތިރިހެދުން ވަނީ ހެދުމުގެ ބަންދާ ދިމާއިން ރޫޖައްސާފައެވެ. އެހެދުމަކީ ތުނިހެދުމަކަށް ވުމުން ވަޔާ އެކު ނިކަން ރީއްޗަށް ނަށާލައެވެ. އަޅާއިގެން ހުރި ކަޅުކުލައިގެ ޝޯލް ވަޔާ ދިޔަ ނުދިނުމަށްޓަކައި އެއްއަތުން މޭމަތީ ހިފަހައްޓައިލައިގެން ހުއްޓެވެ. ހަވީރުގެ ހިޔާ ޖެހިފައިވާ ވަގުތުކަމުން އެތަނުގައި އެކި ފުރަފުރައިގެ މީހުން ހަރަކާތް ތެރިވަމުން ދިޔައެވެ. މަޢުނަވީ ހިނިތުންވުމެތް ކުޑަކުޑަ […]