ގާތުގާވުމަށް ހިތް އެދެނީ (5)
ނުހާން އޭނާ ކައިރިން ލާފައި ދިޔަ ސައިކަލުގައި ފިރިހެނެއް ގައިގައި އޮޅުލައިގަނެގެން އިން ޔުލީންފެނި ހައިރާންވިއެވެ. ނަމަވެސް މަގުމައްޗަށް ސަމާލުކަން ދިނީ ދުއްވާ އެއްޗެހި ގިނަކަމުންނެވެ.
” ލައީ މިހާރު ކީއްވެ ވާހަކަ ނުދައްކަނީ ؟ ” ލައިހާ ގެ ގެއާކައިރި އަށް ސައިކަލު މަޑުކޮށްލަމުން ރިޔާން އަހާލިއެވެ. ލައިހާ އަށް ހަމައެކަނި ހިނިތުންވެލެވުނީއެވެ. ” ހަމަ ކުރިން އުޅުނުހެން ފްރެންޑްކޮށް އުޅެވޭނެ އެތް ނު ދޯ ، ސޯ ނަންބަރ ދެވިދާނެތަ ؟ ” ހިތްވަރުކޮށްލާފައި ރިޔާން އަހާލިއެވެ. މޫނުމަތިން ނުދެއްކިއެތްކަމަކު ލައިހާ އުފަލުން މޮޔަވާވަރުވެއްޖެއެވެ. ” ޔެސް ވައިނޮޓް ” ހިނިތުންވެލަމުން ލައިހާ ބުނެލިއެވެ. އަދި އޭނާ ނަންބަރު ރިޔާން އަށް ކިޔާދިނެވެ. ” ދެން ދަނީ އިނގޭ ” ގޭތެރެ އަށް ވަންނަން ހިނގާގަންނަމުން ލައިހާ ބުނެލިއެވެ. ރިޔާން ބޯޖަހާލަމުން ލައިހާ އަށް އަތްހޫރާލިއެވެ. ލައިހާ ވެސް އަތްހޫރާލަމުން އެތެރެ އަށް ވަދެ ރިޔާން އަށް ނުފެންނާނެހެން ސިޑިކައިރި މަޑުކޮށްލިއެވެ. ހިތާވީފަޅީ އަތް އަޅާލަމުން ލައިހާ އަށް ހިނިތުންވެވުނެވެ.
” ސޮރީ އެން ތެންކިޔޫ އިނގޭ ” ސައިކަލުން ފައިބަމުން ފަހަތް ބަލައިލަމުން ޔުލީން ބުނެލިއެވެ. ” ހޫމް އޯކޭ އެކަމް އެހެން ހެދީކީއްވެކަން ބުނެދެވިދާނެތަ” ޔޫއާން އަހާލިއެވެ. ” މައި ސޯކޯލްޑް ބޯއިފްރެންޑް އެތަނުން ދިޔައީ އެހެންވެ” ޔުލީން ބުނެލިއެވެ. ” އޯހް ބީއެފް އެތް ހުރޭތަ ؟ ” ހިތަށް ގޮތެއް ވެލިނަމަވެސް ޔޫއާން އަހާލިއެވެ. ” ހޫމް ، ދޮންބެ ކައިރި އެހަށް ނުބުނާތި ބުނެފީއާ އައިވިލް ނޮޓް ސްޕެއާރ ޔޫ ” ދެލޯއަޅާލަމުން ޔުލީން ބުނެލިއެވެ. ” ހަހަހަ އޯކޭ މެޑަމް ، އެކަމް ބީއެފް އެތް ހުންނައިރު ކީއްވެ އެހެންކަންތައް ކުރީ އަނެއްކާ އޭނަ އަށް ދައްކަން އެވެސް ” ޔޫއާން އަހާލިއެވެ. ” ކަމެއް ނުވޭ ނުހާން ޖެލަސް ކޮށްލަން ބޭނުން ވެގެން ، އޭނަ އެކަންޏަކަށް ނޫނެންނު ޗީޓް ކުރެވޭނީކީ އެހެންވެ ” ހިޔާލަކަށް ގެއްލި ހުރެ ޔުލީން ބުނެލީ މާޔޫސްވެފައި ހުރެއެވެ. ” އޯހް އޯކޭ ” އިތުރު ސުވާލެއް އެހުން ރަނގަޅުނުވާނެ ހެން ހީވެގެން ޔޫއާން ބުނެލިއެވެ. ” ވެއިޓް ، ނޯ، ޔޫއާން އަށް މިކިޔާދެވުނީ ދޯ ، ޖަސްޓް ފޮގެޓް ” ޔޫއާން އަށް ބަލައިލަމުން ޔުލީން ބުނެލިއެވެ. އެއްޗެކޭ ނުބުނެ ޔުލީން އެތެރެ އަށް ވަންނަމުން ޔޫއާން އަށް ތަންދެއްކިއެވެ. އެއިރު ސައިކަލުގައި ރިޔާން އެހިސާބަށް އައިސްފިއެވެ. ” ދޮންބޭ ހިނގާބަ މިއަދު ހަވީރު ދާން އަހަރުމެނާއެކު ފޫހިވާނެ އެތް ނު ދޯ އަދިކިރިޔާ އެތްނު މާލެ ތިޔައީ ދާނެ ތަނެއް ވެސް ނޭނގެއެތް ނު ދޯ ތިދެމީހުންނަކަށް ، ދެމީހުންވެސް ރެޑީވާތި އިނގޭ ” ޔުލީން ބުނެލިއެވެ. އޭނާ އަށް ލިބިފައިވާ ހިތާމަ ތަކުން ކުރި ހޯދުމަށް ޔުލީން މޫނުމައްޗަށް އުފާވެރިކަން ގެނައެވެ. އެހެންނަމަވެސް އެހިތް ދިޔައީ ރޮމުންނެވެ. އެންމެން އެތެރެ އަށް ވަމުނުގެ ކުރިން ޔުލީން ގޮސް ކޮޓަރިއަށް ވަދެ އެނދުމައްޗަށް ވެއްޓިގަތީ ލައިގެން އޮތް އެއްޗެހި ވެސް ބަދަލުނުކޮށެވެ. އިސާހިތަކު މޫނުއަޅައިގެން އޮތް ބާލީސް ތެމިގެން ދިޔައީ ޔުލީން ގެ ލޮލުން ފައިބަމުން ދިޔަ ކަރުނަތަކުންނެވެ. މީހާ އަށް ގިސްލެވުނީ ވެސް ރުޔުމުގެ ތެރެއިންނެވެ. ކޮޓަރީގެ ހަތަރުފާރު ތެރޭގައި ޔުލީން ގެ ގިސްލުމުގެ އަޑު ހަރުލާފައިވެއެވެ. ޔުލީން ގެ ކޮޓަރީ ދޮރުކައިރި ހުރި ޔޫއާން ގެ ކަންފަތާ ހަމަ އަށް އެވޭނީ ރުޔުމުގެ އަޑުއިވިގެން ދިޔައެވެ. އޭނާގެ ހިތްތޮރުފިގެން ދިޔަކަހަލައެވެ. ޔުލީން ގެ ހިތާމަ ތައް އޭނާގެ ހިތަށް އެނގުންވެލިއެވެ. ރިޔާން ބުނެގެން ކާން ބަލާއައެތްކަމަކު ޔުލީން އަށް ވަގުތުދެމުން ޔޫއާން އެތަނުން ދިޔައީއެވެ. ” ކޮބާ ޔުލީ ނުލައެތް ނު ތިއައީ ” ޔުއާން އެކަނި އަންނަތަން ފެނިގެން ރިޔާން އަހާލިއެވެ. ” ދޮރުގައި ޓަކިދިނިން ހީވަނީ ފާހަނާގައި އުޅޭހެން ، އަންނާނެ އެންނު ” ދޮގެއް ހަދާލަމުން ޔޫއާން ރިޔާން ހަމަޖައްސާލިއެވެ.
ގެއަށް ވަނީއްސުރެ އުޖާލާވެފައިވާ ލައިހާގެ މޫނު ނޫރީން އަށް ފާހަގަވިއެވެ. އަބަދުހެން ހިނިތުންވެލާފައި ލައިހާ ހުންނައިރު ކޮންމެސް ކަމެއްވެއްޖެކަން ނޫރީން ގެ ސިކުނޑިއަށް ނަގައިގަނެވުނެވެ. ” ދަރިފުޅާ ކިހިނެއްވީ ، މިއަދު މާއުފާވެރި ކަމެއް ހިނގީތަ ” ކެބެޖް ކޮށަން ހެވިފައި އިން ލައިހާ އަށް ބަލައިލަމުން ނޫރީން އަހާލިއެވެ. ” ކަމެއް ނުވޭ މަންމާ ، އަނެއްހެން އުފާވެރިކަމެއް ނުވޭ ” ހީލަމުން ލައިހާ ބުނެލިއެވެ. ނޫރީން ވެސް ހިނިތުންވެލަމުން މަސައްކަތާގެން ކުރިއަށް ދިޔައެވެ. ދެމައިންވެގެން މެންދުރަށް ކަންކަން އަވަދިވެގެން އުޅެގަތެވެ. ކައްކާ ނިމުމާއެކީ ލައިހާ ކޮޓަރިއަށް ވަދެލީ ހޫނެވެފައި ހުރުމުން ފިނިކޮށްލާށެވެ. އެހެންކަމުން ފެންވަރާލުމަށް ފަހު ޖާރޒީ އަކާ މާޖެހިފޮތީގައި ފަހާފައި ހުރި ފުއްޕި ހަރުވާޅެއް ލައިހާ ލިއެވެ. އެއަށް ފަހު އިސްތަށިގަނޑުހާވާލަމުން އެނދުމައްޗައް ވެއްޓިގަތެވެ. ފޫހިވެގެން ކުރާނެ ކަމެއްނެތުމުން އޮންލައިން ވެލިއެވެ. އެއިރު ވައިބާއިން އައިސްފައި އިން ރިޔާންގެ މެސެޖް ފެނުމުން ލައިހާގެ ހިތްއަވަސްވެލިއެވެ. މޭމަތީގައި ފޯނުޖައްސާލަމުން ލޯމަރާލިއެވެ. އެއަށްފަހު އަނެއްކާ ވެސް ސްކްރީނަށް ބަލައިލަމުން ރިޔާން ގެ މެސެޖް ހުޅުވާލިއެވެ. ” ހައެ ލައީ ” މިމެސެޖް ފެނިފައި ލައިހާ ހިނިތުންވެލަމުން ރިޕްލައި ދިނެވެ. އެއާއެކު ނުލާހިކު އަވަހަށް ރިޔާން ގެ ރިޕްލައި އައެވެ. ލައިހާގެ ހިތްއަވަސްވެލިއެވެ. އެގޮތަށް ރިޔާން އާ މެސެޖް ކުރަން ލައިހާ އަށް އޮވެވުނީ ކިހާއިރަކު ކަމެއްނޭނގެއެވެ. މީހާ އަށް ހަމަހޭވެރިކަން ވީ ތިނެއްވެސް ޖަހާބޮޑުވެފައި ހުރިފަހުންނެވެ. އަވަހަށް ރިޔާން އަށް ބާއި ޖަހާލަމުން އެނދުން ތެދުވެލިއެވެ. ގިނައިރު ރިޔާންއާ ވާހަކަދައްކާލެވުމުން ލައިހާ ހީވަނީ އުފަލުން އުދުއްސާގެން ހިނގައިދާނެހެންނެވެ. ތެދުވެލަމުން އިސްތަށިގަނޑުގައި ފުނާއަޅާލަމުން ބަންގިގޮވަން ވާއިރަށް ކުޑަކޮށްފެންވަރާލަން ދިޔައެވެ. ލައިގެންހުރި މަޑުމުށިކުލައެތްގެ އަބާޔާގެ އަތް ފުޅާކޮށްލެވިފައިވާއިރު ހެދުމަށް އެއްވެސް ގޮތެއް ހަދާފައެތް ނުވެއެވެ. އެހެންކަމުން އާދައިގެ ގޮތެއް އެހެދުމުގައި ހުރެއެވެ. ބަންގިގޮވުމާއެކު ނަމާދުކޮށްލައިގެން ލޯގަނޑުކުރިމަތީ ހުއްޓިލަމުން މެރޫން ކުލައިގެ ޝޯލް ރީތިގޮތަކަށް އަޅާލަމުން ހެދުމާއެތްކޮށް އިންނަ ބަންދު މެދުން އައްސާލިއެވެ. ލޯގަނޑުން އަމިއްލަ ސޫރައަށް ބަލައިލުމަށްފަހު ތުންފަތުގައި މަޑު ފިޔާތޮށިކުލައެއް ޖައްސާލިއެވެ. އެއަށްފަހު ކޮޓަރިން ނިކުމެގެން ދިޔައީ ކަޅުކުލައިގެ އަތްދަބަސް އަޅުވާލައިގެންނެވެ. ނޫރީން ކައިރި ބުނުމަށްފަހު ލައިހާ އެޕާޓްމެންޓާއިން ނިކުމެގެން ދިޔައެވެ. ފަނަރަ މިނެޓް ހިނގުމަށް ފަހު ޔުލީން މެންގެއަށް ދެވުނުއިރު ލައިހާ ހުރީ ކުޑަކޮށް ވަރުބަލިވެފައެވެ. ދޮރުހުޅުވުމަށް ފަހަތަށް ދޮރުކޮށްޕާލިވަގުތުވީ އެތެރެ އިންވެސް ދޮރު ހުޅުވާލި ވަގުތަށެވެ. އެހެންކަމުން ނުވިސްނާހުރި ލައިހާ ގޮސް ތައްވީ އެތެރެ އިން ދޮރުހުޅުވާލި ރިޔާންގެ މޭމަތީގައެވެ. ރިޔާންގެ ގައިން ދުވި ފިރިހެންވަންތަ ސެންޓްގެ ސަބަބުން ލޯމަޜާލަމުން ލައިހާ އަށް ނޭފަތް އެތެރެއަށް ދަމާލެވުނެވެ. ލައިހާގެ އުނގަނޑުގައި ރިޔާން އަށް އަތްއަޅޫވާލެވުނީ ލައިހާ ވެއްޓުނަ ނުދޭށެވެ. ލައިހާ އާ އެހާ ކައިރި ހުންނަން ޖެހުމުން ރިޔާންގެ ހިތް މަޑަކުން ނޯތެވެ. ހަމަހޭވެރިކަން ވީ މީހެއްފަދައިން އަވަސްއަވަހަށް ލައިހާ އަށް ދުރައްޖެހެލިއެވެ. ” ސޮރީ ” ލައިޙާ އާ ރިޔާން އާ ދެމީހުންނަށް އެކުއެކީ ބުނެލެވުނެވެ. އެއާއެކު ދެމީހުންނަށް ހިނިތުންވެލެވުނީވެސް އެތްފަހަރާއެވެ. އެއިރު ޔުލީން ނިކުމެގެން އަންނަނީ ޔޫއާން އާ ތޮޅެމުން ކަހަލަ ގޮތަކަށެވެ. ޔުލީން ގެ މޫޑް ރަނގަޅުކޮށްލުމަށް ޔޫއާން ވެސް ޔުލީން އާ ޖެއްސުން ކޮށްލައެވެ. ” ސާބަސް މިތިބަ ތޮޅޭ ދެމީހުނަށް ” ރިޔާން އަށް ބުނެލެވުނެވެ. ” މި ސައިކޯ އަށް ސާބަސް ދީ ދޮންބޭ ” ޔޫއާން އަށް ދެލޯ އަޅާލަމުން ޔުލީން ބުނެލިއެވެ. އަވަސްއަވަހަށް ލައިހާ ކައިރިއަށް ޖެހިލަމުން ޔުލީން ލައިހާގެ އަތުގައި ހިފާލަމުން ނިމެލިއެވެ. ” ބަލަ ތީތަ އަހަރުން ދެމީހުންނަށް ދަޢުވަތު ދީފާ އުޅޭ ގޮތް ” ޔުލީން ފަހަތުން ނިކުންނަމުން ރިޔާން ބުނެލިއެވެ. ” އުޕްސް ސޮރީ އަވަހަށް އާދޭ ، އެން ލައީ ދޮންބެމެން ފޫހިވެފައި ތިބޭތީ އެމީހުންވެސް ބައިވެރިކޮށްލީ އިނގޭ” ލައިހާ އަށް ބަލައިލަމުން ޔުލީން ބުނެލިއެވެ. ” އޯކޭ ” ލައިހާ ބުނެލިއެވެ. އޭނާގެ ހިތް އުފާވެލީ ރިޔާން ވެސް އަންނަކަން އިނގުމުންނެވެ. ” އައިނޯ ލައީ އޯކޭ ވާނެކަން އެހެންވެ ނުބުނީކުރިން ” ޔުލީން ބުނެލިއެވެ.
ރިޔާން އަދި ޔޫއާންގެ ސައިކަލުގައި މިފަހަރުވެސް ޔުލީން އަދި ލައިހާ ދިޔައެވެ. ހަތަރުމީހުން ރަސްފަންނަން އައިސް ހަމަޖެހެލީ މީހުން މަދު ތަނެއްގައެވެ. ތަންކޮޅެއް ދުރުކަމުން ތިބިމީހުންގެ އަދަދު އަތުގެ އިނގިލިތަކުން ގުނާލެވޭހާއެވެ. ހަތަރުމީހުން އެތާ ހަމަޖެހިލުމާއެކު ލައިހާ އައިސްކޯން ގަންނަން ދާން މިސްރާބުޖެހިއެވެ ލައިހާ އެކަނި ނުފޮނުވަންވެގެން ރިޔާން ލައިހާގެ ފަހަތުން ދިޔައެވެ. އެވަގުތު އެތާ ޔުލީން އަދި ޔޫއާން އެކަނިވިއެވެ. ދައްކާނެ ވާހަކަ އެތް ނެތިފައި ދެމީހުންނަށް ތިބެވުނީއެވެ. ” އޭ ޔުލީން ތީނައަރަނީ ފަންޏެއް ބުރުގަލަށް ” ޔުއާން ބުނެލިއެވެ. ” އޭން ކޮބާ ؟ ، ފޮޅާލަބަލަ ޕްލީސް ” ކޮޅައްޖެހުނު ޔުލީން ޔޫއާން އާގާތްވެލަމުން ބުނެލިއެވެ. ” އާން މަޑެއް” މިހެން ބުނެ ޔޫއާން ޔުލީންގެ ބުރުގަލުގައި އިން ފަނިނަގާ އަތަށްލަމުން ޔުލީން ބިރުގަންނަވާލިއެވެ. ” ދެން ، ހަމަމިހާރު ތިދުރައްލާ އެހެންނޫނީ ފަހުން ޔޫވިލް ރިގެރެޓް ” އިންޒާރެއް ދެމުން ޔުލީން ބުނެލިއެވެ. ބިރުގަންނަ ކަމަށް ހަދާލަމުން ޔޫއާން ފަނިދުރަށްލަމުން ހިނިގަނޑެއް ޖަހާލިއެވެ. ޔުލީން ޔޫއާން އަށް ލޯއަޅާލިއެވެ. އެވަގުތު ޔުލީންގެ އަތުގެ މުލަށްދަނޑީ ހިފާމީހަކު އަނބުރާލީ ކުއްލިއަކަށް ކަމުން ޔުލީން އަށް ޔޫއާން ގެ އަތުގައި ހިފަހައްޓާލެވުނެވެ. ކުރިމަތީ ޔުލީން އަދި ޔޫއާން އަށް ބަލަން ހުރި މީހަކު ފެނި ޔުލީންގެ މޫނުމަތީގެ ކުލަވަރު ބަދަލުވެލިއެވެ. ޔޫއާން އަށް ވެސް ކޮންމެސް ވަރަކަށް އެއީ ކާކުކަން ނަގައިގަނެވުނެވެ.
(ނުނިމޭ)
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
8 Comments!
Comments are closed.




Hello readers ❤️❤️
hope u like this part 2❤️❤️
Next part ISA tmrow or day after tmorw❤️❤️
Keep waiting ❤️❤️
Stay safe ❤️❤️and tvgc❤️❤️
hey sis.. vvvvvvv reethi ingey mi prt vx sisyyy… sorryyy migadeega neiy maa dhigu cmnt eh kohleveykah ingey… ekm vx vvvv reethi masha allah.. waiting for the nxt prt.. ss nd tvgc darl… lysssssmmmm
Nice story
Vrh reethi
Eii nuhaan fhe
Spelling mistake
In reply to Nayaa
Hlw naayuu.
Thank you soo much . vrh ufaavehje kamudhiyakan inguny maa. Hehehehe issoke eyy maadigu cmnt eh nukohliyas i am happy with small cmnts also dear. Anyhow thank uu vvvv bodah lwbi koluu
next part ISA soon waitu kohlaa ingeyy
lymmmmmm
stay safe and tvgc
In reply to Unkown One
Thank uu soo much
glade u like it
stay safe and tvgc
in reply to RaNa
Thank uu soo much dear
vrh ufaavehje kamudhiyakan inguny maa
hehehe eyy nuhaan thw noonee ehn meehe thw ingeyne next part gaa . waitu kohlaa ingeyy
stay safe and tvgc