ގާތުގާވުމަށް ހިތް އެދެނީ (6)
ޔުލީންގެ އަތުގެ މުލަށްދަނޑީ ހިފާމީހަކު އަނބުރާލީ ކުއްލިއަކަށް ކަމުން ޔުލީން އަށް ޔޫއާން ގެ އަތުގައި ހިފަހައްޓާލެވުނެވެ. ކުރިމަތީ ޔުލީން އަދި ޔޫއާން އަށް ބަލަން ހުރި މީހަކު ފެނި ޔުލީންގެ މޫނުމަތީގެ ކުލަވަރު ބަދަލުވެލިއެވެ. ޔުއާން އަށް ވެސް ކޮންމެސް ވަރަކަށް އެއީ ކާކުކަން ނަގައިގަނެވުނެވެ.
*********
ކުރިމަތީގައި ދެލޯކުޑަކޮށްލާގެން ބަލަން ހުރި ނުހާން ފެނި ޔުލީންގެ މޫނުމަތީގެ ކުލަވަރުބަދަލުވެލިއެވެ. ” ކަލޭ އުޅޭ ވައްތަރު އެއްފަހަރާ ކިތަށް ފިރިހެނުން ޖައްސަން ކަމަށް ތިއޮޅެނީ އެ ” ޔުލީން ގެ އަތަށް ބާރުކޮށްލަމުން ނުހާން ބުނެލިއެވެ. ” ނުހާން އަށް ކޮންބެހޭކަމެއް ނުހާން ވެސް އެއްފަހަރާ ކިތައް އަންހެނުން ޖައްސާނަން ވަކި މަށަށް ކިޔަން ނުހާންތީ ކާކު އެއްރޭ އެތް އަންހެނަކު ސައިކަލު ފަހަތަށް ލާގެން ދިޔައީ އާ އަނެއްދުވަހު އެހެން އަންހެނެއް ގޮވާގެން ރެސްޓޯރެންޓްގާ ، ” ރުޅިއައިސްފައި ހުރެ ޔުލީން އަށް ވެސް ބުނެލެވުނީ ތަންކޮޅެއް ބާރަށެވެ. އެތާ މީހުން ނެތުމަކީ އެމީހުންގެ ނަސީބެވެ. ” ހުރި ލަދުކުޑަކަން މިހާރުވެސް އަހަރެން ކަލޭ ދޫކޮށްލަބަލަ އޮންނާނެ ރޮއެ ހޭރެން ، ހަމަ ފޭކް އެކްޓިން ޖައްސަން ” ކުރިއަށްވުރެ ބާރަށް ޔުލީންގެ އަތުގައި ހިފާލަމުން ނުހާން ބުނެލިއެވެ. އަތަށް ތަދުވެގެން ޔުލީން އަށް ނުހާން އަތުގައި ހިފަހައްޓާލެވުނެވެ. މަންޒަރުބަލަން ހުރި ޔޫއާން އަށް ކެތްވީ އެހިސާބަށެވެ. ޔުލީން ގެ އަތުގައި ހިފަހައްޓައިލައިގެން ހުރި ނުހާންގެ އަތް ޔުލީންގެ އަތާ ދުރުކޮށްލަމުން ޔުލީންގެ އަތުގައި ހިފާލިއެވެ. އެއިރު ވާހަކައިގައި ތިބެ ލައިހާ އަދި ރިޔާން އަށް ތަންކޮޅެއް ދުރުން ވެސް މިމަންޒަރުފެނުނެވެ. ވާނުވާ ލައިޙާ އަށް އިނގުނަސް ރިޔާން ހުރީ ސުވާލުމާކެއް ގެ ތެރޭގައެވެ. ނަމަވެސް އެ ފިރިހެނާ ޔުލީން އަތުގައި އަތްލުމުން އޭނާގެ ލޭކެކުނު ފަދައެވެ. އަތުގައި އޮތް އައިސްކްރީމްވެސް ބިންމައްޗަށް ވެއްޓުނެވެ. ދެއަތް މުއްކަވާލަމުން އެދިމާލަށް ދާން ދިޔަނަމަވެސް އޭނާ ހުއްޓުވީ ލައިހާއެވެ. ރިޔާން ގެ އަތުގެ މުލައްދަނޑީ ހިފަހައްޓާލީ މިވަގުތު އެތަނަށް ރިޔާން ދިޔަނުދިނުމަށެވެ. ” ރިޔާން ކާމް ޑައުން އެން އާދެބަލަ ” ރުޅިއައިސްފައިހުރި ރިޔާން އަށް ބަލައިލަމުން ލައިހާ ބުނެލިއެވެ. ރިޔާން ހަމައަކަށް އެޅުނީ އިރުކޮޅެއް ފަހުންނެވެ. އެހެންކަމުން އެތަނުން ލައިހާގެ އަތުގައި ހިފައިގެން ދާން ހިނގައިގަތެވެ. ” ލައި އެތާ އެވަނީކީއް އެން އެއީ ކާކު ، ލައީ އަށް އިނގޭނެ ހެން ހީވަނީ އެއީ ކާކުކަން ދޯ ” އެތާ ތަންކޮޅެއް ދުރުގައި ހުރި ސިމެންތިގޮނޑިތަކުގައި ހަމަޖެހިނުލެވެނީސް ރިޔާން އަހާލިއެވެ. އެއާއެކު ލައިހާ އެއްވެސް ކަމެއް ފޮރުވުމެއް ނެތި ރިޔާން އަށް ކިޔާދިނީ ދެން އިތުރަށް ސިއްރުކޮށްގެން ވާނެ ފައިދާއެއް ނޯންނާނެތިއެވެ.
” އޯ ޔުލީންގެ ލޯބިވެރިޔާ ދޯ ” އެތްމިޔަކަނިން ހީލަމުން ނުހާން ބުނެލިއެވެ. ” ކަލެއަށް ކީއް ” ފަރުވާކުޑަގޮތަކަށް ޔޫއާން ބުނެލިއެވެ. ” އަހަރެން ވާހަކަ ދައްކަން މިއޮޅެނީ ކަލެއަކާ ނޫން ، ސޯ ގެޓް ލޮސްޓް ” ޔޫއާންގެ ކޮނޑުގައި އަތްތަޅާލަމުން ނުހާން ބުނެލިއެވެ. ” ނުހާން ޕްލީޒް މިތަނުން ދޭ ” ކުރަކިވެފައިވާ އަޑަކާއެކު ޔުލީން ބުނެލިއެވެ. ” ހުސް އެކްޓިން ، ބުނަން ދެން ކަލޭ ކިތަންމެ ވަރަކަށް ރޮއެ އާދޭސް ކުރިޔަސް އަހަރެން ތި ޔުލީން އަކާ ނޫޅޭނަން ސޯ ވީ އާޑަން މިއަދަށް ފަހު މި ނުހާން އެތް ތިޔުލީން އެތް ނުދަންނަން އެން ޔުލީން އަށް ވުރެ މާރަނގަޅު ކުދިން އަހަރެންނަން ވާނެ ” މަލާމާތުގެ ރާގަކަށް ނުހާން ބުނެލިއެވެ. ” އޯކޭ ދެން ދޭ މިތަނުން އަހަރެންވެސް ނުހާން ނުދަންނަން ، ތިޔަކިޔާ އަންހެނެއް ކައިރި އަށް ދޭ ” ދެލޯފެންކަޅިވެ އަޑުކުރަކިވެފައި ވީނަމަވެސް ޔުލީން ބުނެލީ ރުޅިވެރިކަމާއެކުއެވެ. އެއްޗެކޭ ނުބުނެ ނުޙާން ދިޔައީ އެތްމިޔަކަނިން ހީލާފައެވެ. އެއިރު ހަމަރަނގަޅަށް ވެސް ޔުލީން އަށް ރޮވިއްޖެއެވެ. ޔޫއާން ހުރީ ބުނާނެ އެއްޗެއް ނޭނގިފައެވެ. ލައިހާ މެން ފެނޭތޯ ވެސް ދެތިން ފަހަރަކު ބެލިއްޖެއެވެ. ނަމަވެސް ޔުލީން ގެ ލޮލުން ކަރުނަ އަންނަތަން ބަލާކަށް އޭނާއަކަށް ކެތެއް ނުވެއެވެ. އެތާހުންނަން ބޭނުންނުވެގެން ޔުލީން ދުއްވާގަތީ މޫދުދޮށާ ދިމާލުގައި ހުރިގަސްތަކުގެ ނިވަލަށެވެ. ޔޫއާން އަށް ޔުލީންގެ ފަހަތުން ދެވުނެވެ. ގަސްތަކުގެ ނިވަލަށް ދެވުނުހެނެއް ހީނުވެ ޔުލީންގެ ބަޑިފަޅާގެން ދިޔައެވެ. އެވަގުތު އެތަނަށް ޔޫއާން އަށް އާދެވުނެވެ. މަޑުފިޔަވަޅުތަކެއްގައި ފަސްގަނޑުގައި އިށީދެލައިގެން އިން ޔުލީން ކައިރިއަށް ދެވުނެވެ. ޔުލީންގެ ކޮނޑުގައި ޔޫއާން އަށް އަތްލެވުނީ ބޭއިޙްތިޔާރުގައެވެ. ރުޔުމުގެ ސަބަބުން ރަތްވެފައިވާ އެ ދޮންމޫނު ފެނި ޔޫއާން ޔުލީން އޭނާގެ އަތުތެރޭގައި ފޮރުވާލިއެވެ. މީހެއްގެ އޯގާތެރިކަމަށް ބޭނުންވެފައި ހުރި ޔުލީން އަށް ޔޫއާންގެ ގަމީސް ދެއަތުތެރެ އަށް ބޮނޑިކޮށްލެވުނެވެ. އޭގެ ފަނަރަވަރަކަށް މިނެޓް ފަހުން ޔުލީންގެ ރުޔުން ހުއްޓި މީހާހަމައަކަށް އެޅެން ފެށިއެވެ. އެހެންކަމުން ޔޫއާން ގެ މޭމަތިން ބޯނަގަމުން އިސްޖަހާލީ ޔޫއާން އަށް ބަލަން ނުކެރިގެންނެވެ. ޔޫއާން އަށް މިކަން އިނގުމުން ޔުލީންގެ ދަތްދޮޅީގައި ހިފާލަމުން އޭނާގެ މޫނަށް ބަލައިލިއެވެ. ” ލުކް ޔުލީން ، ނުހާންގެ ވާހަކަ ތަކާ އަޅާނުލާބަ ، ބްރޭކްއަޕްވެގެން އޭނާ އަށް ކަމެއް ނުވާއިރު ޔުލީން ވެސް އޭނާ ކުރިމަތީ ކަމެއް ނުވާކަމަކަށް ހެދީމާ ނިމުނީއެތްނު ، ނުހާން ހީކުރާނީ ޔޫއާ ވީކް އޭ އެހެންވެ ޔުލީން ހާޓް ކުރަން މަސައްކަތް ކުރާނެ ސޯ ބީބްރޭވް ގާރލް، ޔުލީން ބޭނުން ވާގަނޑިތަކުގައި އަހަރެން އަބަދުވެސް ޔުލީން އަށް ހެލްޕް ވެދޭނަން އިނގޭ ، އެހެންމާ ދެން ނުރޯތި އައިނޯ ދެރަވާނެކަން އެކަމް ކެތްތެރިވާންޥާނެ އިނގޭ ނުހާން އަކީ ހުރިހަމައެކަނި ފިރިހެނެއް ނޫނެންނު ސޯ ކުރިން އުޅޭހެން މަޖާކޮށް އުޅެބަ ” ޔުލީން ގެ ދެލޮލަށް ބަލައިލަމުން ޔޫއާން ބުނެލިއެވެ. ޔޫއާންގެ ވާހަކަ ތަކާމެދު ޔުލީން ވިސްނަމުންދިޔައެވެ. ” އެކަމް އަހަރެން ވަރަށް ވެސް ލޯބިވޭ ނުހާން ދެކެ ހަޔާތުގައި ވެވުނު އެންމެ ފުރަތަމަ ލޯބިއެއީ ، ދެން ކިހިނެއް ކަމެއް ނުވާކަމަކަށް ހަދައިގެން އަހަރެން ހުންނާނީ ، އަހަރެން ގެ ހިތަށް ތަދުވޭ ނުޙާން އެހެން އަންހެން ކުދިންނާ ގާތްކޮށްއުޅެ ސަމާސާ ކުރާތީ ދެން އަހަރެން ކިހިނެއް ހަދާނީ ” ކުރަކިވެފައި ވާ އަޑަކާއެކު ޔުލީން ބުނެލިއެވެ. ޔޫއާންގެ ހިތަށް ވެސް ތަދުވެލިއެވެ. އެހެންނަމަވެސް ޔުލީން އަށް ހިތްވަރުދޭން އޭނާ ބޭނުންވިއެވެ. ” ދުވަސް ވާވަރަކުން ޔުލީން އަށް ނުހާން މަތިން ހަނދާންވެސް ނެތޭނެ ، ބްރޭވްވާންވާނެ ، އެކަހަލަ މީހުންނަށްޓަކައި ކަރުނައަޅާ ރޮވުމަކީ ހަމަ ބޭކާރުކަމެއް ، ތިމާގެ އިޙްސާސްތަކަށް ޤަދަރުނުކުރަން ނޭނގޭ މީހުންނަށްޓަކަ ރޯކަށް ނުވާނެ ސޯ ސްޓޮޕް ” ޔުލީންގެ ކަރުނަތައް ފޮހެލަމުން ޔޫއާން ބުނެލިއެވެ. ” ޔެސް ޔޫއާރ ރައިޓް ނުހާން ގެ ޗާޕްޓާ އެނިމުނީ ސޯ ދެން އަހަރެން ނުރޯން މަސައްކަތް ކުރާނަން ، ތެންކްޔޫ އެން ސޮރީ ޔޫއާން ” އިސްޖަހާލަމުން ޔުލީން ބުނެލިއެވެ. ” ގުޑް ، އެން ނޯނީޑް އައިއެމް ވިތްޔޫ ޔުލީން އެކަންޏެއް ނުވާނެ އިނގޭ ، އެން ދެން ހީލާ ، އެން ގައިމު އަހަރެންމީ ޔުލީންގެ އެނެމީއެކޯ މިހާރު އަހަރެން މީ ޔުލީންގެ ދުޝްމަނަކީ ނޫންދޯ ” ޔުލީން ހެއްވާލަން ޔޫއާން ބުނެލިއެވެ. އެކަން ކާމިޔާބުވެސް ވިއެވެ. ” ޔެސް ތީ އަހަރެން ގެ ދުޝްމަނެއް ، އަހަރެން ކުރިން ޔޫއާން ދެކެ ވަރަށް ވަރަށް ފޫހިވޭ ކިރިޔާ ހަމަ ޔޫއާން އަށް ލަޑެއް ނުދީ ހުރެވެނީ ، ބަޓް ނައު މިއަދައްފަހު ކުޑަކޮށް ޔުއާން ދެކެ ފޫހިވަނީ ” ހީލަމުން ޔުލީން ބުނެލިއެވެ . ” ހިނގާދާން ދެން މިހާރު ރިޔާން މެން ހުންނާނެ ހޯދާލާފާ ” ވެލިގަނޑުން ތެދުވެލަމުން ޔޫއާން ބުނެލިއެވެ. ޔުލީންވެސް ތެދުވެލިއެވެ. އެއާއެކު އެތާ ގަސްތަކާ ނިވާވެގެން ހުރި ރިޔާން އަދި ލައިހާ އަށް ބާރަކަށް އެއްފަރާތައް ޖެހެވުނެވެ. ޔުލީން އަދި ޔޫއާން މިތަނަށް އައިތަން ފެނިގެން ރިޔާން އަދި ލައިހާ ވެސް މިތަނަށް އައެތްކަމަކު ދެމީހުންވެސް ފޮރުވިގެން ހުރީ ޔޫއާން ޔުލީން ކައިރި ހުރުމުންނެވެ. ރިޔާން ލައިހާގެ އަތުގައި ހިފާލައިގެން ހުރެ ގަސްތަކުތެރެ އަށް ވަނެވެ އެއިރު ޔޫއާން އަދި ޔުލީން ކުރިން ތިބި ދިމާލަށް ދަނީއެވެ. ލައިހާ އަށް ހުރެވުނީ ރިޔާންގެ މޭގައި ބޯއަޅާލައިގެންނެވެ. އެހެންކަމުން އޭނާގެ ކޯތާފަތަށް ވަނީ ރަތްކަމެއް ވެރިވެފައެވެ. ރިޔާން ގެ މޭމަތިން ބޯނަގަމުން ލައިހާ އެހެން ދިމާލަކަށް ބަލައިލީ ރިޔާން އާ ދިމާލަށް ބަލަން ނުކެރިގެންނެވެ. ” ލައީ ވަރަށް ލޯބި ބްލަޝް ވާއިރު ” ލައިހާ ކައިރި އަށް ޖެހިލަމުން ރިޔާން ވައިއަޑުން ބުނެލިއެވެ. އެއާއެކު ލައިހާގެ ހިތްތެޅެލިއެވެ. ބަނޑުގައި ކޮކާ ވެސް އުދުހެން ފެށިހެން ހީވެލިއެވެ. ލައިޙާގެ އަމަލުތައް ހުރިގޮތް ފެނުމުން ރިޔާން އަށް ހިނިތުންވެލެވުނީ ލައިހާ އޭނާދެކެ ގަޔާވާހެން ހީވެގެންނެވެ. އެއްޗެކޭ ނުބުނެ ލައިހާ އެތަނުން ދާން ހިނގައިގަތީ އިތުރަށް އެތާ ހުންނަން ވެއްޖެ ނަމަ އޭނާގެ އިޙްސާސް ތައް ބޭރުވެދާނޭތީއެވެ. ރިޔާން ވެސް އެތަނުން ލައިހާގެ ފަހަތުން ދިޔައެވެ. ” ލައީ ހީވޭތަ ޔޫއާން ޔުލީ ދެކެ ލައިކް ވާހެން ؟ ” ދެމީހުންގެ ދެމެދުގައިވާ ނުތަނަވަސް ކަން ކަނޑުވާލަމުން ރިޔާން ބުނެލިއެވެ. ” ވަރަށް ހީވޭ ދެންމެ ޔޫއާން ގެ ހަރަކާތްތަކާ ދެއްކި ވާހަކައިންނާ ބެހެއްޓި ގާތްކަމުން ހީވޭ ” އެކަކު އަނެކަކާ ތޮޅެން ތިބި ޔުލީން އަދި ޔޫއާން އަށް ބަލައިލަމުން ލައިހާ ބުނެލިއެވެ. ” އަހާނަމޭ ޔޫއާން ކައިރި ” ހެވިފައި ހުރެ ރިޔާން ބުނެލިއެވެ. ” ޔޫއާން ޔުލީ ދެކެ ލައިކް ވާނަމަ ރިޔާން އެއްބަސްވާނަން ތަ ؟ ” ރިޔާން އަށް ބަލައިލަމުން ލައިހާ އަހާލިއެވެ. ” ޔެސް ކިރިޔާ އަހަރެން ކަންނޭގެ އެންމެ އުފާވާނީ ” ހެމުންހެމުން ރިޔާން ބުނެލިއެވެ. ” ކީއްވެ ރިޔާން އެކަނި އަހަރެން ވެސް ވަރަށް އުފާވާނެ ޔުލީ އަށް ޔޫއާން ލިބުނީމާ އެ ނުހާން ގަނޑަށް ވުރެ ރަނގަޅެއް ނު ” އަނގަޔަށް ވައްތަރެއް ޖައްސާލަމުން ލައިހާ ބުނެލިއެވެ. ” ލައީ ޔޫލުކް ކިޔުޓް ބައިދަވޭ ” ރިޔާން ހުރެލާފައި ބުނެލި އެއްޗަކުން ލައިހާ ގެ ދެކޯ ރަތްވެލިއެވެ. އެހެންކަމުން ބާރަށް ޔުލީންމެން ކައިރިއަށް މިސްރާބުޖެހިއެވެ. ރިޔާންވެސް ހީލަމުން އޭނާގެ އިސްތަށިގަނޑުގައި އަތްހިންގާލަމުން ލައިހާ ފަހަތުން ދިޔައެވެ.
(ނުނިމޭ)
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
9 Comments!
Comments are closed.




masha allah vvvvv reethi hma mi prt vx ingey sisoooooo… alheyyy e nuhaan gandu… ughhhh!!! vrh foohivey e meehaa gandu dheke.. dhn yooaan and yuleen vx lwbi vanee dhw.. hehe.. vrh cute vaane ehn veeru.. yuleen dhooni i know furathama vevey lwbi eii vrh special ehcheh kan.. handhaan nahthaalan vx undhagoovaane kan.. but, eii asluga hama heeva ehcheh.. dhuvas vaa varakun ekan mathinvx handhaan netheyne (just like me).. beynunvanee hama kuda kuda hivvareh.. eyah vure maa rangalhu meehaku libeyne.. hehe dhw ril sisyyy?? dhn laiha and riyaan dhw gulhuvan v… e dhuvahakah dhn mi inthizaaru kurevenee.. again masha allah vvv reethiineymi prt vx sisyyy… curious for the nxt prt…
lyssssssssssssssssssmm
future lhiyanbe nd family enmennah vx magey salaam ingey.. haassa koh ril sis ge dad ah… hehehehe.. buney mashah vx chocolate kolheh fonuvahchey ingey.. haha..
Hello readers
Hope u like this part
Next part soon ISA
stay safe and Tvgc
In reply to Nayaa
Thank uu soo much naayuu dhoonyy
vrh ufaavehje mi part kamudhiyakan inguny maa
hehehehe nuhaan dhw Ril vxx nikan foohiveyy nuhaan deke
neyge dhw dhn vaagothe balamaa dhw hehehe. hahaha naayuu yuleen ah dhin naseyhai vrh fahkaa ingey yuleen kairi bunelaanameyy. labba naayuu thiyabuny hama ragalah duvas vaavarakun hadhaan netheyne.
aaan inthizaaru kohlaa eduvahakah ingeyy .
again thank uu soo much luwss for this awseom cmnt . next part vxx ISA vrh avaha libyne kiyaalan.
lymmmmmmmmmmm
hahaha aaan salaam bunelaana enmenah naayuuuge . hahaha aan ril ge dad ah vxx naayuu ge salaam bunelaana choclate koleh vxx fonuvanvee thaa dhw ehnmaa
stay safe and Tvgc ingeyy
eyyy manjeyyy… mee thr aa vhk…
adhi vx cl genevey gotheh nuvegenye mi ulhenee kudhinney
Hey luv ❤ ? mi stry kuriah dhaa goiyh vrh reethi masha allah.. next kiyrlr hithun kehmadhu vefa myndhy mihaaru hehe ? when next? ? curiouslyyyy waitin’ luv yaaaa ?
In reply to ReeshA CoronA
Labba eyy reeshoo mee YEOJA ge new stry akee
Ehentha koyaa ekam nikan CL kiyaa hie vey ingeyy try kuraacheyy upkureveythw ISA adhi vaane . I’m waitting
In reply to magnummm
owh heyyy luwss
Thank uuu soo much darl. Glade to know it ingeyy.
Next ISA vrh avaha . vaki date eh bunedeveykah nei cause schl huluvuny maa but will try for tmorow
waitu kohlaa ingeyy
luvya moreee
stay safe and tvgc
Vrh vrh reethi ?
When next
???♥️♥️♥️♥️??
In reply to RaNa
Thank u soo much. vrh ufaavehje kamudhiyakan inguny maa
next ISA soon keep waitting
stay safe and tvgc