Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ގާތުގާވުމަށް ހިތް އެދެނީ (3)

🌹YEOJA🌹 Level 610 Stories100 Login100 Comments
August 9, 2021 5 Mins Read
4 Comments

ދެލޯފިއްތާލައިގެން ހެވިފައިހުރި ޔުލީން ޔޫއާން ގެ ގައިން ވަކިނުވެ ހުރެ ދެލޯހުޅުވާލަމުން ކުރިމައްޗަށް ބަލައިލިއެވެ. އެއާއެކު އޭނާގެ ދެލޯބޮޑުވިއެވެ. އެތްފަހަރު ހޭންހުރި ރިޔާން އަށް ބަލައިލަމުން އަނެއްފަހަރު އޭނާގެ ދެއަތުތެރޭގައިވާ ފިރިހެން ކުއްޖާ އަށް ބަލައިލިއެވެ. އެއާއެކު އިހުނަށް ވުރެ ދެލޯބޮޑުވެގެން ގޮސް އެދޮންމޫނު ލޭކޮޅެއް ހާ ރަތްވެގެން ދިޔައެވެ.

**********

އަވަސް ހަރަކާތަކާއެކު އެޒުވާނާ ގައިން އަތް ނައްޓުވާލަމުން ރިޔާން ކައިރި އަށް ޖެހިލިއެވެ. ” ޔުލީ ސާބަސް ، ހަމަ ދޮންބެ ވަކިކުރަން ނޭނގުނީތަ ގޮސް ޔޫއާން ގައިގައި ބައްދާލީތިގެން ” ހެމުން ހެމުން ރިޔާން ބުނެލިއެވެ. ” ޔޫއާން ؟ ” ހައިރާންވެފައި ޔުލީން ރިޔާން އަށްބަލައިލިއެވެ. ” ޔެސް ، ދޮންބެގެ ބެސްޓީ ، ބުނީމެންނު ، ” ޔޫއާން ގެ ކޮނޑަށް އަތްވައްޓާލަމުން ރިޔާން ބުންޏެވެ. އެއިރުވެސް ޔޫއާން އަށް ހުރެވުނީ ގަބުއަރާފައެވެ. ހިތާހިތުން ” ޔުލީ ” މި ނަން ކިޔަމުން ދިޔައީ ތަސްބީހަ ފައްޗެއް ހެންނެވެ. ނަމަވެސް މީހާ ހަމައަކަށް އެޅިލީ ރިޔާން ގެ ފަރާތުން ސުވާލެއް އައިސްދާނެކަމުގެ ބިރަށެވެ. ޔޫއާން ގެ ބެލުމުން ޔުލީން އަށް އުނދަގޫވެގެން ގޮސް ޔުއާން އަށް ލޯއަޅާލިއެވެ. މިތަންފެނި ޔުއާން ގެ ތުންފަތަށް ލާނެތް ހިނިތުންވުމެއް ވެރިވިއެވެ. ” ރިޔާން ، ކަލޭ ކޮއްކޮ ވަރަށް ޕްރިޓީ ، މާޝާ ﷲ ” ލާނެތްރާގަކަށް ޔޫއާން ބުނެލިއެވެ. ” ދޯ މިސް މޯލްޑީވްސް ހޮވާނަމަ ވަނައެއްގައި އަޅައިގަންނާނެ  ” ރިޔާން ވެސް ހެމުން ހެމުން ބުނެލިއެވެ. ” ހޫމް ދެން ހެވޭ ދެމީހުން މާ ކަންތައް ބޮޑުނުކުރިޔަސް ، ދެން އާދޭ މަންމަ މެން އެބަތިބި ދޮންބެ ގެ އިންތިޒާރުގައި ” ޔޫއާން އަށް ލޯއަޅާލަމުން ދޫނެރެލާފައި ޔުލީން އެތަނުން ދިޔައެވެ. ” ހާދަ ރުޅިގަދަ ކޮއްކޮ އެކޭ ދޯ ރިޔާން ގެ ހުންނަނީ ” ޔުލީން އަށް އަޑުއިވޭވަރަށް ޔޫއާން ބުނެލިއެވެ. ” ޔެސް ވަރަށް ދުވަސްވާވަރަކަށް ޔޫއާން އަށް ވެސް އިނގޭނެ ” ފޮށިދަމަމުން ހިނގައިގަންނަމުން ރިޔާން ބުނެލިއެވެ. ހީލާފައި ޔޫއާން ވެސް ރިޔާން އާއި އެތްވަރަށް ހިނގައިގަތެވެ. ނުޒްހަތް މެން ކައިރި އައިސް ހުއްޓިލި ޔުލީން ދިޔައީ ޔޫއާން އަށް ކުދިކިޔަމުންނެވެ. އެއިރު އެހިސާބަށް ރިޔާން އަދި ޔޫއާން އަންނަނީއެވެ. ގޮނޑިން ތެދުވެލަމުން ނުޒްހަތް ގޮސް ރިޔާން ގައިގައި ބައްދާލިއެވެ. އެއިރު އެދެލޮލަށް އުފާވެރިކަމުގެ ކަރުނަތައް ޖަމާވީ ދުވަސްތަކެއް ފަހުން ހުރިހަމަ އެކަނި ފިރިހެން ދަރިފުޅު ފެނުމުންނެވެ. ހިނިތުންވެލަމުން ރިޔާން ނުޒްހަތް ގަޔާދުރުކޮށްލުމަށް ފަހު ގޮސް އަދްހަމް ގައިގައި ބައްދާލިއެވެ. އެއަށްފަހު އައިސް ޔޫއާން ކައިރި ހުއްޓެލިއެވެ. ” ޔޫއާން ވެސް އައީ ދޯ މިކޮޅަށް” ހިނިތުންވެލަމުން ނުޒްހަތް ޔޫއާން އަށް ބަލައިލަމުން ބުނެލިއެވެ. އެއާ އެކު ޔުލީން ގެ އަނގަޔަށް ވައްތަރެއް ޖައްސާލެވުނީ ނުޒްހަތް އަށް ޔޫއާން އެނގޭތީއެވެ. ” ޔޫއާން ދައްތަ މެންގޭން ސައިބޮއެގެން ދޯ ދާނީ ” ނުޒްހަތް ބުނެލިއެވެ. ” ނޫނޭ ގެއަށް ގޮސްލާނީ އަޅުގަނޑު ފަހުން އައިސްލާނަން ސައިބޯލަން ” ވަށްކަޅިން އޭނާ އާދިމާލަށް ވައްތަރު ޖައްސަން އިން ޔުލީން އަށް ބަލައިލަމުން ޔޫއާން ބުނެލިއެވެ. ޔޫއާން ޔުލީން އަށް ބަލައިލުމުން ނުވާކަމަކަށް ހަދާފައި ޔުލީން ދުރުބަލައިލިއެވެ. އެންމެން އެކީ އެއާޕޯޓް އިން ނިކުމެގެން ގޮސް ޓެކްސީއެއް ލިބުމުން ޔޫއާން އެމީހުންނާ ވަކިވީ ވަކިން ހުރި ޔުލީން އާ ދިމާލަށް އެތްލޯމަރާލަމުންނެވެ. އަނގަޔަށް ވައްތަރެއް ޖައްސާލަމުން ޔުލީން ގޮސް އެމީހުންގެ ކާރަށް އަރާ ހަމަޖެހިލިއެވެ. ” މަންމާ މިއަދު އަންނާނެ ލައީ ވެސް މީރުއެއްޗެއް ހަދާލަން ވާނެ އިނގޭ ” ވަކިހިސާބަކުން ޔުލީން ބުނެލިއެވެ. އެއާއެކު ރިޔާން ގެ ހިތަށް ގޮތެއް ވެލިއެވެ. ނަމަވެސް ނުވާކަމަކަށް ހަދާލަމުން ފޯނާ ކުޅެން ފެށިއެވެ. ” އެދަރިއަށް ވެސް އަންނާނެ ވަގުތެއް ވެލިކަން ނަސީބެއްނު މަންމަ ލައިހާ ނުފެންނާތީ ހީކުރީ މާލޭގައި ނެތީކަމަށް ވީއްޔަ ” ލުއިގޮތަކަށް ހީލަމުން ނުޒްހަތް ބުނެލިއެވެ. ” ދަރިފުޅާ ލައިހާ ކައިރި ބުނޭ މެންދުރު އަންނާށޭ އިނގޭ ، ” އިރުކޮޅެއް ފަހުން ނުޒްހަތް އިނދެލާފައި ބުނެލިއެވެ. ” ލައްބަ” އެއްބަސްވެލަމުން ޔުލީން ބުނެލިއެވެ.

**********

މާގިނަ މަސައްކަތް ނެތުމުން ލައިހާ ސްކޫލުން އައީ ބާރަ ޖަހަން އުޅެނިކޮށެވެ. ޔުލީން އާއެކު ވަކިހިސާބަކަށް އައިސް ވަކިވެލީ ޔުލީން ގެއަށް ދާން ދިޔުމުންނެވެ. ނުޒްހަތްގެ ދަޢުވަތައް މެންދުރު ދާން ޖެހޭ ވާހަކަ ޔުލީން ބުނީއްސުރެ ބޭނުންނުވި ނަމަވެސް ލައިޙާ އަށް އިންތިޒާރުކުރެވެމުން ދިޔައީ އެގެއަށް ގޮސް ރިޔާން ގެ ސޫރަ ހަމަލޮލަށް ދައްކާލާނެ އިރަކަށެވެ.

މެންދުރު ނަމާދުކޮށްލުމަށް ފަހު ލައިހާ ތައްޔާރުވާން ފެށީ ޔުލީން ބުނެފައި ވާގަނޑިއަށް އެގެއަށް ދިޔުމަށެވެ. އާދައިގެގޮތަކަށް ޝޯލް އަޅާލަމުން ލައިހާ ބަދިގެފަރާތައް ނިކުމެ ނޫރީން ކައިރި ދާވާހަކަ ބުނެލުމަށް ފަހު ގެއިން ނިކުންނަން ދޮރުހުޅުވާލި ވަގުތުވީ ޒިޔާދު ވެސް ދޮރުހުޅުވާލި ވަގުތަށެވެ. ” އަހަ ދަރިފުޅާ ، ކޮންތާކަށް މިއޮތް އަވިގަދަ ގަނޑީ ” އެތެރެ އަށް ވަންނަމުން ޒިޔާދު ހިތްހެޔޮކަމާއެކު އަހާލިއެވެ. ” ޔުލީން މެންގެއަށް ނުޒްހަތް ދައްތަ ދަޢުވަތު ދީގެން ” ލައިހާ ބުނެލިއެވެ. ” އެހެންތަ ، ބައްޕަ ދާންވީތަ ލައިދޭން ” ޒިޔާދުއަހާލިއެވެ. ” ނޫން ބައްޕާ އަޅުގަނޑު ގޮސްފާނަން ހިނގާލާފައި މާދުރެއްވެސް ނޫނެންނު ” ޒިޔާދުގެ އެދުމަށް އިންކާރުކުރަމުން ލައިހާ ބުނެލިއެވެ.

މެންދުރު ލައިހާ އަންނަކަން އިނގުމުން ރިޔާން ނިދަން އެރީވެސް ބާރަގަނޑިބަޔަށް އެލާމް ކޮށްލާފައެވެ. ނަމާދުކޮށްލަމުން ކޮޓަރިން ނިކުން އިރު ސިޓިންރޫމް ގައި ބަޔަކުވާހަކަ ދައްކާކަން އިނގުމާއެކު އޭނާގެ ފިޔަވަޅުތައް ވެސް އަވަސްވެގަތެވެ. ސޯފާ އާ ހަމައަށް އެރިއިރު އޭނާއަށް ފުރަގަސްދީގެން އިން އަންހެން ކުއްޖާ އަށް ބަލައިލެވުނީ ތަފާތު ނަޒަރަކުންނެވެ. ކެތްތެރިކަން ކޮޅުންލާހާލު ސޯފާގައި އިން ނުޒްހަތް އަދި ޔުލީންގެ އިތުރުން ލައިޙާ އާ ދިމާލަށް މިސްރާބުޖެހިއެވެ. ފިރިހެންވަންތަ ހިނގުމެއްގައި އައި ރިޔާން ފެނި ލައިހާ ލާލާ އިން ނޭވާވެސް ކަރުގައި ތާށިވިފަދައެވެ. ހިތުގެ ތެޅުން ބާރުވެފައިވާއިރު ކައިރީ އިން ޔުލީން އަށް ނީވޭކަމެއް ވެސް ނޭނގެއޭ ލައިހާ ހިތަށް އެރިއެވެ. ބަނޑުގައި ކޮކާ އުދުހެމުން ދާއިރު ލައިހާ އިނީ ނުތަނަވަސްވެފައެވެ. ކުރިއެކޭ އެއްފަދައިން އިސްތަށިކޮޅު ނިތްމައްޗަށް ވައްޓާލައިފައި ރިޔާން އިނުމުން ފިރިހެންވަންތަ ކަން އިތުރު ކޮށްދިން ފަދައެވެ. ” ދޮންބޭ ހޭލެވިއްޖެ ދޯ ، ދޮންބެ އަންނަން ދެން ނުކެވިފައި މިތިބީ ” ޔުލީން ބުނެލިއެވެ. ” ހިނގާ އެހެންވީރު އަވަހަށް ” ހެމުން ހެމުން ރިޔާން ބުނެލިއެވެ. ލައިހާ އަށް އިސްޖަހާލެވުނީ ރިޔާންގެ ފިރިހެންވަންތަ އަޑުއިވުމުންނެވެ. ” ލައީ ހިނގަގަ ” ސޯފާއިން ދެތުވެލަމުން ހިންދެމިލާފައި ޔުލީން ބުނެލިއެވެ. ” މަންމާ ކޮބާ ބައްޕަ ” އަދްހަމް ފެންނަން ނެތުމުން ރިޔާން އަހާލިއެވެ. ” ބައްޕަ މުހިންމު މީޓިންއެއް ކުއްލި ގޮތަކަށް ރޭވިގެން އެކަމުގައިވީ ތަންކޮޅެއް ފަހުންކައިވާހަކަ ބުނީ ” ތަށިތައް އަތުރަމުން ނުޒްހަތް ބުނެލިއެވެ. އެންމެން އެކީ އެއްތަށިމައްޗަށް ކާންއެރިއިރު ނުކެވިފައި އިނީ ލައިހާ އަށެވެ. ރިޔާން ގެ ކުރިމަތީގައި އިންނަން ޖެހުމުން މުޅިމީހާ ވަނީ ގަނޑުވެފައެވެ. އެހެންނަމަވެސް ގަދަކަމުން ކަހަލަ ގޮތަކަށް ކާން ފެށީ ނުޒްހަތް އެހެންނޫނީ ޔުލީންގެ ސުވާލެއް އަމާޒުވެދާނޭތިއެވެ. ކައިނިމިގެން ފެންބޯން އިން ލައިހާ ކޮށިއެރީ އޭނާ ފައިގައި ރިޔާން ގެ ފައިޖެހުނުކަމުގެ އިޙްސާސް ކުރެވުމުންނެވެ. ކެއްސަމުން ގޮސް ދެލޮލުން ފެންވެސް އަންނަން ފެށިއެވެ. އެއިރު ޔުލީން ލައިހާގެ ބުރަކަށީ ޖަހަމުން ދިޔައެވެ. ކަންބޮޑުވެފައި ނުޒްހަތްވެސް ލައިހާ ކައިރި ހުއްޓެވެ. ރިޔާން ވެސް އިނީ ކަންބޮޑުވެފައެވެ. ފައިދަމާލިގަނޑީ ލައިހާގެ ފައިގައި ޖެހުނުކަން އޭނާ އަށް ވެސް އެނގުން ވެލިއެވެ. ނަމަވެސް ލައިހާ ކޮށިއެރުމުން ރިޔާން ހައިރާންވިއެވެ.

” ލައީ މިހާރު އޯކޭ ދޯ ” ފެންތަށިން ކޯވަރެއް ދަމާލި ލައިހާ އަށް ބަލައިލަމުން ޔުލީން ބުނެލިއެވެ. ލައިހާ ބޯޖަހާލިއެވެ. ބޭއިޙްތިޔާރުގައި ލައިހާ އަށް ރިޔާން އަށް ބަލައިލެވުނެވެ. އެއިރު ލައިހާ އަށް ގެއްލިފައި ރިޔާން އިނުމުން ލައިހާގެ ދެކޯ ރަތްވިއެވެ. ” ލައީ ހިނގާބަ އަހަރެންގެ ކޮޓަރިއަށް ” ޔުލީން ބުނެލިއެވެ. ބޯޖަހާލަމުން ޔުލީންގެ އަތުގައި ހިފާލަމުން ލައިހާ ޔުލީންގެ ކޮޓަރިއަށް ވަންނަން ދިޔައެވެ.

” ލައީ އިނގޭތަ މިއަދު ދިމާވި ނުލަފާ ސޮރަކާ ” އެނދުމަތީ ދެމީހުން ހަމަޖެހިލުމާއެކު ޔުލީން ބުނެލިއެވެ. ” ކޮން ؟ ” ހައިރާން ކަމާއެކު ލައިހާ އަހާލިއެވެ. ” ދޮންބެ ގެ ބެސްޓީއޯ ” އަނގަޔަށް ވައްތަރެއް ޖައްސާލަމުން ޔުލީން ބުނެލިއެވެ. ހެނދުނު ހިނގާދިޔަ ހާދިސާ ޔުލީން ލައިހާ އަށް ކިޔާދިނެވެ. އެއިރު ލައިހާ އޮތީ ހީހީ އެނދުމައްޗައް ވެއްޓިފައެވެ. ” ސާބަސް ހަމަ އެހާ ހިނިއާދޭތަ ، އަހަރެން ހަމަރުޅިއައީ އަހަރެންގެ ކުށެއް ކަން ޤަބޫލުކުރަން ބަޓް އެ ސައިކޯ މޭން ވޯޒް ޓޫމަޗް ” ދެއަތް މުއްކަވާލަމުން ޔުލީން ބުނެލިއެވެ. ދެއެކުވެރިން ވާހަކައިގައި އެތައް އިރަކު ތިއްބެވެ. ” ލައީ އަހަންނަށް ހާދަހީވޭ ނުހާން ވަރަށް ބަދަލުވާހެން ، މިހާރު ސްކޫލް ދޮށަށް ބަލާވެސް ނާދޭ ، ގުޅީމާވެސް ބިޒީ އޭ ބުނެދާނެ އެހެންނޫނީ ފަހުންގުޅާނަމޭ ވެސް ބުނެދާނެ އެކަމް ގުޅާތަނެއް ނާދޭ ” މާޔޫސްވެފައި އިނދެ ޔުލީން ބުނެލިއެވެ. ” ޔާ ދޯ،  އަހަރެން ވެސް ޤަބޫލުކުރަން ދެން ބިޒީވީ އާ ފަހުން ގުޅާނަމޭ ކިޔާފާ ގުޅާން ޖެހޭނެ ދޯ އަސްލު ހީއިސް ސޯ މިސްޓީރިއަސް ދޯ ” ޔުލީން ގެ ކޮނޑުގައި އަތް ބާއްވާލަމުން ލައިހާ ބުނެލިއެވެ. ” ހޫމް ” ވިސްނުމެއްގައި އިނދެ ޔުލީން ހޫމް އަޅުވާލިއެވެ.

ރޭގަނޑު ދިހައެއްޖަހަން ދެން ލައިހާ ޔުލީން ކައިރި ވަގުތު ހޭދަކޮށްލީ ޔުލީން އެދުމުންނެވެ. މިކަމާ ހުރެ އެތައްފަހަރަކު ރިޔާން އާ ވެސް ބައްދަލުވާން ޖެހިފައިވެއެވެ. ދެމީހުންނަށް ވެސް ހަމައެކަނި ބައްދަލަލު ކޮށްލެވެނީ ހިނިތުންވުމެކެވެ. ހަމަ އެކަނި މިއަމަލުން ވެސް ދެމީހުންގެ ހިތް ފުރެއެވެ. ” ދަރިފުޅާ ދޭބަލަ ލައިހާ ގެއަށް ލާން މިހާ ލަސްވީމަކާ މަންމަ އަކަށް ނުފެނޭ އެކޮއެ އެކަނި ފޮނުވާކަށް ” ސޯފާގައި ފޯނާކުޅެން އިން ރިޔާން އާދިމާލަށް ނުޒްހަތް ބުނެލިއެވެ. ” ތެދެއް ދޮންބޭ ” ޔުލީންވެސް ބުނެލިއެވެ. އެއްބަސް ވެލަމުން ރިޔާން ތެދުވެލީ ލައިހާ އަށް ބަލައިލަމުންނެވެ. ލައިހާ ވެސް ރިޔާން އާއެކީ ކަހަލަ ގޮތަކަށް ތެދުވެލަމުން ބޭރުދޮރުން ނިކުތީ ޔުލީން އަށް އަތްހޫރާލާފައެވެ. ” އަމް ، އަދިވެސް ކުރިން އުޅޭ ގޭގާ ދޯ އުޅެނީ ” ދޮރާށިން ނިކުންމުން ރިޔާން އަހާލިއެވެ. ބަދަލުގައި އަނގައިން ބުނުމެއް ނެތި ލައިހާ ބޯޖަހާލިއެވެ. މާލޭގެ މަގުތައް މަތީ ކޮންމެސް ވަރަކަށް ހިނގަން ރިޔާން ހަނދާން ހުރުމަކީ އޭނާ ގެ ނަސީބެވެ. ދެމީހުން ގެ ދެމެދުގައި ޥާ ހަމަހިމޭން ކަން ދެމީހުންނަށް އުނދަގޫވިއެތްކަމަކު އިސްވެ ވާހަކަ ދައްކާނޭ ހިތްވެރެއް ދެމީހުން ގެ ގައިގައި އެއް ނެތެވެ. ” ލައީ ހާދަ ބަދަލުވެއްޖޭ ދޯ ” އެންމެ ފަހުން ނުހުރެވިގެން ރިޔާން އަހާލިއެވެ. ” ރިޔާންވެސް ” މަޑުމަޑުން ހިނިތުންވެލަމުން ލައިހާ ބުނެލިއެވެ. ދެންވެރިވެގަތީ ދެމީހުން ގެ ދެމެދުގައި ހަމަހިމޭން ކަމުގެ ސުކޫތެކެވެ. ގެއާކައިރި އޮތް ހިމަ އަނދިރި ގޯޅިއަށްއެޅުމާއެކު ލައިހާ ގެ ހިތުގައި ބިރުވެރިކަން އުފެދުނެވެ. ދުވަހަކީ އެގޯޅީގައި ހަރުކޮށްފައި އިން ލައިޓް އަނދާފައި އިން ދުވަހެކެވެ. ރިޔާން އާތަންކޮޅެއް ގަތްވެލީ ރައްކާތެރިކަން އިޙްސާސް ކުރެވޭތީއެވެ.

(ނުނިމޭ)

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

🌹YEOJA🌹

Level 610 Stories100 Login100 Comments

Other Articles

Previous

ވާ ލޯބި އެނގޭނަމަ ( 3 ވަނަ ބައި )

Next

ބަދަލް 5

Next
August 9, 2021

ބަދަލް 5

Previews
August 9, 2021

ވާ ލޯބި އެނގޭނަމަ ( 3 ވަނަ ބައި )

4 Comments!

  1. luvza says:
    August 9, 2021 at 2:58 pm

    wooo hoo yeoja your back ??
    anyways vaahaka varah nice molhukamun mivaahaka kiyamun gos thinvanabayah mi cmnt ves kury ???
    mihaaru dhen faadakah vaane goii nagaiganevijje ekam not gonna spoil it ???
    so keep up the good work dear ?
    lyssm
    stay safe bye bye
    umwah?

    1. ?YEOJA? says:
      August 9, 2021 at 10:33 pm

      Hehehee yea I’m back ???❤️❤️❤️
      Thank uu soo much luvza.❤️❤️ Glade u love it ❤️❤️❤️❤️??.
      Hahahah e okk vaane happy to see ur cmnt ingeyyy.❤️❤️❤️❤️❤️
      Hahaha ingihje dhw ???❤️. Later change vedhaane ingey luvzaa .?❤️❤️ Read farther to know ingey ❤️❤️. Keep waiting for that❤️❤️ .?
      Thankx ❤️❤️
      Lymmmm❤️❤️
      Stay safe and tvgc yea byee ❤️❤️
      Umwahhh??❤️❤️

  2. ?YEOJA? says:
    August 9, 2021 at 3:23 pm

    Hlw readers ❤️❤️
    Swry ingeyy late veemaa site in up vaaleh las kamun. ❤️❤️
    Anyways hope u will like this part ❤️❤️
    Next part ISA soon ❤️❤️
    Stay safe❤️❤️ and tvgc ❤️❤️

  3. ?YEOJA? says:
    August 9, 2021 at 10:35 pm

    Hehehee yea I’m back ???❤️❤️❤️
    Thank uu soo much luvza.❤️❤️ Glade u love it ❤️❤️❤️❤️??.
    Hahahah e okk vaane happy to see ur cmnt ingeyyy.❤️❤️❤️❤️❤️
    Hahaha ingihje dhw ???❤️. Later change vedhaane ingey luvzaa .?❤️❤️ Read farther to know ingey ❤️❤️. Keep waiting for that❤️❤️ .?
    Thankx ❤️❤️
    Lymmmm❤️❤️
    Stay safe and tvgc yea byee ❤️❤️
    Umwahhh??❤️❤️

Comments are closed.

Next Episodeގާތުގާވުމަށް ހިތް އެދެނީ (4)←


All Right Reserved!