އަރައިގެން އައި އިރާ އެކު ބޭރަ ތެރެކުނިކަހަން ޖަނާ ނިކުތެވެ. އަވަސް އަވަސް އަރުވާ ލައިފައި ކުނިކަހާ ނިންމާލައިފައި ޖަނާ ދިޔައި ބަދިގެއަށެވެ. މީ ކޮންމެ ދުވަހަކަގެ ވެސް ހާލެވެ. ގޭގޭގައި ގެން ގުޅޭ ނޯކަރުންނައް ވުރެވެސް ޖަނާގެ ހާލު ދަށެވެ. ގެއަކީ ހުސް އަންހެނުން އުޅޭ ގެއަކައް ވެފައި ވީ ނަމަވެސް ގޭގައި ކުރަން ޖެހޭ ހުރިހާ ކަމެއް ކުރަން ޖެހެނީ ޖަނާ އެކަނި މާ އެކަނި އެވެ. މިގޭގައި ޖަނާ ގެ އިތުރުން ޖަނާ […]
ލޯގަނޑު ކުރިމަތީހުރެ ތައްޔާރުވަމުން ދިޔަ މަލަކާ އިރުކޯކޮޅާ ފާރުގައި ހަރުކޮއްފައިވާ ގަނޑިއައް ނަޒަރުހިންގާލައެވެ. އަޅާފައިވާ ޝޯލްގެ އެންމެ ފަހު ޕިން ޖަހަމުން ، މަލަކާ ގެ އިސްކޮޅުހުންނަ ދިގު ލޯގަނޑުން އަމިއްލަ ސޫރައައް ބަލާލިއެވެ. ދަނބުކުލައިގެ ކަކުލާ ހަމައައް އަންނަ ވައްތިރިހެދުމުގެ އަތް ފުޅާ ކޮއްލުން ފިޔަވާ އިތުރު އެއްވެސް ވަތްތަރެއް ޖައްސާފައި ނުވާ މިހެދުން ނުލާހިކު އާދާގެ ވަތްތަރެއް ޖަހައެވެ. ބޯނިވާކޮއްލުމައް ރީތިގޮތައް ކަލު ކުލައިގެ ޝޯލް އެއް އަޅާލެވިފައިވާއިރު ، ފިޓުސްކްނީއެއް ތިރިން ލާފައި […]
އިރުއެރި އަރަމުން ދިޔައީ އަތިރިމަތީގެ ހިމުން ދޮންވެލިގަނޑު ގައި މިހުރިހާ މަންޒަރެއް ބަލަން މިޝްކާ އިންދައެވެ. ބުރުސޫރަ ރީތި ޒުވާން ފަންމިންޏެކެވެ. ބަލާބެލުމައް ފަންސަވީސް ސައްބީސް ވަރަކައް އަހަރުވާނެ ކަމައް ލަފާކޮއްލެވެ އެވެ. މޫނުމަތީގައި އެއްވެސް ދިރުމެއްނުވާއިރު ، އެރީތި ބޮޑު ދެލޮލުން ހުއްޓުމެއް ނެތި ކަރުނަ އާދެއެވެ. އެއްވެސް ފިކުރެއް ނެތި މޫދާ ދިމާލައް ބަލަން އިންނައިރު ދޭތެރެ ދޭތެރެއިން އަގައިން މަޑު ގިސްލުމެއް ނިކުމެގެން އާނއެކެވެ. ބަލާބެލުމައް ވެސް ކަމަކާ ހިތާމަކުރަނީ ކަން އިނގެއެވެ. […]
20 އަހަރުގެ ލިޔުޝާ ސިސްސާގެން ދިޔައީ މީހަކު އޭނާގެ ކޮނޑުގައި ކޮއްޓާލަމުންނެވެ. އަވަސް އަވަހައް ފަހައްބަލާލި ލިޔުޝާގެ ފިޔާތޮށި ކުލައިގެ ތުންފަތައް ހިނުތުން ވުމެއްވެރިވީ ކައިރީގާ ފިރިހެންވަންތަ ހިނިތުންވުމެއް ތުންފަތައް ވެރިކޮއްގެން ހުރި ލިޔާން ފެނުމުންނެވެ. ލިޔާން އަކީ ލިޔުޝާގެ ސުކޫލް ދައުރުއްސުރެ އެއްކުލާހެއްގާ ކިޔަވަން އުޅުނު ލިޔުޝާ ގެ އެންމެ ގާތް އެކުވެރިޔާ އެވެ. ލިޔާން އަކީވެސް ލިޔުޝާ އެކޭއެއްފަދައިން 20 އަހަރުވެފައި ވާ ޒުވާނެކެވެ. ” ސާބަސް އިނގޭ ލިޔާނޫ ، ލިޔު ދިޔައީ […]
އަހަރެން ނަކީ ޒުވާން ކަމުގެ ދުވަސް ވަރު ގުނަމުން އަންނަ ޒުވާން ޖިންސުލަތީފެކެވެ. ހަމުގެ ކުލައެހާ އަލިނުވިޔަސް ކަޅެކޭވެސް ނުބުނެވޭނެއެވެ. އިސްތަށިގަނޑުބާއްވަނީ އެހެން މީހުންގެ ލޯތަކައް ފޮރުވުމައް ބުރުގަލަކުން ނުވަތަ ޝޯލްއަކުން ނިވާކޮއްފައެވެ. ހިތިފަތުގެ ބުމައަކާ ތުނި ތުންފަތެއް ގެ ވަރިއެކެވެ. ބޯ އެސްފިޔަތަކުގެ ނިވަލުގާ ފޮރުވިފައިވާ މުށިކުލައިގެ ކަޅި ކިތަންމެހާ ވެސް ފުރިހަމަ އެވެ. އަހަންނަކީ މާލޭގާ ދިރިއުޅެމުން ދާ މާލޭގެ ރައްޔިތެކެވެ. އާއިލާއާއަކީ މެދުފަންތީގެ އާއިލާ އަކައް ވިޔަސް އަހަރެންގެ ބޭނުން […]