Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ގާތުގާވުމަށް ހިތް އެދެނީ (2)

🌹YEOJA🌹 Level 610 Stories100 Login100 Comments
August 4, 2021 5 Mins Read
2 Comments

ސްކޫލުން ނިކުން ގޮތަށް ލައިހާ އާ ޔުލީން ވަކިވެލީ ނުހާން އެތާގައި ހުރުމުންނެވެ. ލައިހާ އަށް އަތްހޫރުވާލުމަށް ފަހު ޔުލީން މިސްރާބުޖެހީ އެތާކައިރީ ފޯނެއްގައި ހުރި ނުހާން ކައިރިއަށެވެ. ހީހީފައި ނުހާން ފޯނުގައި ހުރިއިރު ޔުލީން ހައިރާން ކަންމަތީގައި އޭނާކައިރިއަށް މިސްރާބުޖެހިއެވެ. ކައިރީގައި ހުއްޓެލި ޔުލީން ފެނުމާއެކު ނުހާން އަށް ސިހުން ލިބި ކަންފަތާ ފޯނުވަކިކޮށްލެވުނެވެ. އަވަސްއަވަހަށް ފޯނުކަނޑާލަމުން މީހާ މޫނުމައްޗަށް ވެރިވެފައިވާ ހާސްކަން ފިލުވަން މަސައްކަތް ކުރިޔަސް އޭނާ ގެ މޫނުމަތީގައި ހާސްކަމާ ނުތަނަވަސް ކަންވެއެވެ.  ” ކާކާ މާ ހެވިފައި ތި ވާހަކަ ދެއްކީ ” ޔުލީން އަހާލިއެވެ. ” އެއީ.. އެއީ އެކުވެރިއެއް ” އަޅައިގަންނަހާލު ނުހާން ބުނެލިއެވެ. ” އޯހް ހިނގާދާން ދެން ” ހިތުގައި ބިރުވެރިކަމުގެ ރާޅެއް ދަތުރު ކޮށްލިއެއްކަމަކު ޔުލީން ހަމަޖެހިލަމުން ބުނެލިއެވެ. ފުންނޭވާއެއް ދޫކޮށްލަމުން ނުހާން ޔުލީންގެ އުނަގަނޑުގައި އަތް އަޅުވާލަމުން ސައިކަލާ ހަމައަށް މިސްރާބުޖެހިއެވެ.

ގެއަށް ދިޔަގޮތަށް ފުރަތަމަ ކަމަކަށް ލައިހާ ނަމާދުކޮށްލިއެވެ. އެއިރު ޢަސުރަށް ގޮވަން ދިހަވަރަކަށް މިނެޓްއިނުމުން ލައިހާ ފެންވަރާލަން ވަނެވެ. ނަމާދުކޮށްލާގެން ސައިބޯން އިންދާ އެތަނަށް އައި ނޫރީން ލައިހާ އަށް ގޮވާލަމުން އޭނާ އަތުގައި އޮތް ފޯނު ލައިހާ އަށް ދިއްކޮށްލިއެވެ. ” ދަރިފުޅު ކޮންތާކަށް ފޯނުލައިގެން ތިއޮޅެނީ ، ދަރިފުޅު ފޯނުނުނަގައިގެން މަންމަ އަށް ޔުލީން ގުޅާފަ މިއޮތީ ” ލައިހާ ފޯނުގައި ހިފުމާއެކު ނޫރީން ބުނެލިއެވެ. އަވަސް އަވަހަށް ލައިހާ ފޯނު ކަންފަތާ ގާތް ކޮށްލިއެވެ. ” ކިހިނެއް ވީ ޔުލީ” ލައިހާ އަހާލިއެވެ. ” މި އަހަރެން ފޫހިވާތީ އާދެބަ މިގެއަށް މަންމަ ވެސް ބައްޕަ އާދެމީހުން އެކުވެރިއަކާ ބައްދަލުކޮށްލަން ދިޔާމާ ގޭގާ އެކަނި މިއޮޅެނީ” ކުޑަކުއްޖެއް ޝަކުވާ ކޮށްލާފަދައިން ޔުލީން ބުނެލިއެވެ. ” ހަހަހަ ، ސާބަސް އާން މިދަނީ އިނގޭ ތައްޔާރުވެލާގެން ” ލައިހާ ހެމުން ހެމުން ބުނެލިއެވެ. ހިތްހަމަޖެހިފައި ހުރެ ޔުލީން ފޯނު ބާއްވާލަމުން ލައިހާ އަންނަން ދެން ސޯފާގައި ފޯނާ ކުޅެލަން އިނެވެ. ފޯނުން ފެންނަމުން ދިޔަ ނުހާން ގެ ތަސްވީރަށް ބަލަހައްޓައިގެން ޔުލީން އިނީ ލޯބިން ފުރިގެން ވީ ގޮތަކަށެވެ. ނުހާން އާ ގުޅުނުތާ އަދި ދެމަސްވެސް ނުވާއިރު އެހިތުގައި ވަނީ ނުހާން އަށްޓަކައި ފުން ލޮއިތްބެކެވެ. ކުރިއަށް ކުރިމަތިލާން ޖެހިދާނެ ދަތިދުވަސްތައް ނޭނގޭ ހާލު ޔުލީން އެ ތަސްވީރަށް ބޮސްދެމުން ފޭސްބުކަށް ވަދެލިއެވެ. އޭގެ ބައިގަނޑިއިރެއް ފަހުން ގޭގެ ބެލް އެޅުމާއެކު ދުވަމުން ކަހަލަގޮތަކަށް ޔުލީން ދޮރުހުޅުވިއިރު ކުރިމަތީ ހިނިތުންވެލާގެން ހުރި ލައިހާ ފެނި އޭނާ އަށް ވެސް ހިނިތުންވެލެވުނެވެ. ލައިހާ އަށް އެތެރެ އަށް ވަންނަން ތަންދައްކަމުން ލައިހާ ވަނުމުން ޔުލީން ވެސް  ދޮރު ލައްޕާލިއެވެ. ” ލައީ މީ ކޯންޗެއް ” ލައިހާ އަތުގައި އޮތް ކޮތަޅަށް އިޝާރާތް ކުރަމުން ޔުލީން އަހާލިއެވެ. ” މީދޯ ، މަންމަ މިއަދު ކަޕްކޭކެ އަޅާފާ ހުރީމާ މަންމަ ބުނީ ޔުލީ އަށް ގެންގޮސްދޭށެ ، އައިނޯ އިޓްސްޔުއާ ފޭވް ކަން ” ޔުލީން އަށް ކޮތަޅުދިއްކޮށްލަމުން ލައިހާ ބުނެލިއެވެ. ” އަޅޭ އަސްލުތަ ތެންކްޔޫ ނޫރީން ދައްތަ އިސް ބެސްޓް ވަރަށް ދުވަސްވެއްޖެ ދައްތަ ހަދާފައި ހުންނަ ކޭކް ނުކާތާ ” ކޮތަޅުގެ އެތެރެ ބަލައިލަމުން ޔުލީން ބުނެލިއެވެ. ދެމީހުން ވެސް ފޯރީގައި ފިލްމެއް އަޅުވާގެން ބަލަންތިބެފައި ލައިހާ ބަދިގެއަށް ދިޔައީ ޔުލީން ބުނެގެން އައިސްކްރީމް ތަށިބަލައެވެ. ފިލްމްގައި ޖެހިފައި އިން ޔުލީން ސިއްސާގެން ދިޔައީ ފޯނަށް ކޯލެއް އަންނަން ހެދުމުންނެވެ. އަވަސް އަވަހަށް ފޯނުނަގާ ބަލައިލިއިރު ރިޔާން ގެ ވީޑިއޯކޯލް އަކަށް ވުމުން ހިނިތުންވެލާފައި ހުރެ ފޯނުނެގިއެވެ. ފޯނުން ފެންނަމުން ދިޔަ ރިޔާން ގެ ސޫރަފެނި ޔުލީން ދެތިން ފަހަރު އެސްފިޔަޖަހާލިއެވެ. ” ދޮންބޭ އިޒްއިޓް ޔޫ ، ހާދަ ތަފާތޭ ” ޔުލީން ބުނެލިއެވެ. ” ސާބަސް ޔުލީ މީ ދޮންބެ އޭ ” ހެމުންހެމުން ރިޔާން ބުނެލިއެވެ. ނަމަވެސް އޭނާގެ ހިނިގަނޑުމަތަ ވީ ޔުލީންގެ ފަހަތުން ފެނުނު ސޫރައެއްގެ ސަބަބުންނެވެ. ދުވަސްތަކަކަށް ފަހު އެންމެ ހިތްއެދޭ ފަރާތުގެ ސޫރަފެނުމުން ލައިހާ ގެ ހިތް ބާރުބާރަށް ތެޅެމުން ދިޔައެވެ. ދެލޯ ބޮޑުކޮށްލާފައި ހުއްޓަސް އަވަހަށް ނަޒަރު ތިރިކޮށްލީ އޭނާ އާ ދިމާލަށް ރިޔާން ބަލާކަން އިނގުމުންނެވެ. ލައިހާ އަށް ވުރެ ރިޔާން ގެ ހާލުބޮޑުހެން ހީވެއެވެ. ކުރިއާބަލާފައި ލައިހާގެ ހަށިގަނޑު ކުޑަކޮށް ރަނގަޅުވެފައި ބުރުގާ އަޅާފައި ހުރުމުން އަންހެން ވަންތަ ކަމަށް ދައްކައެވެ. ލައިހާ ގެ ބޮޑު އެދެލޮލާ މުށިކުލައިގެ ކަޅި އެއީ ދުވަހަކުވެސް ރިޔާން އަށް އޮޅިގެން ނުވާނެ އެއްޗެކެވެ. ކޮންމެ ދުވަހަކުވެސް ބަލަމުން ދާ އޭނާ ހިތްއެދޭ ސޫރާގެ ތަސްވީރުގެ ބަދަލުގައި ފެންނަމުން ދާ އަސްލު ލައިހާގެ ސަބަބުން އޭނާ ގެ ހިތްވެސް މޭފަޅާފައި ނިކުންނަހާއެވެ. ލައިހާ އެކޭ އެއްފަދައިން ރިޔާން ވެސް ލައިހާ ދެކެ ލޯބިވެއެވެ. ލައިހާ ދެކެ ރިޔާން އަށް ލޯބިވެވުނީ އޭނާގެ ސްކޫލް ދައުރުގައެވެ. އޭރު ލައިހާ ގެ އުމުރުން ފަނަރަކަމުން ރިޔާން މަޑުކޮށްގެން ހުރީ ލައިހާ ސްކޫލް ނިމެންދެނެވެ. ނަމަވެސް ކަންދިމާކުރިގޮތުން އޭނާ ގެ ހިތުގެ ހާލު ބަޔާންނުކުރެވި އެ ފަސްގަނޑުން އޭނާ ދާން ޖެހުނީއެވެ.

” ދޮންބޭ ކިހިނެއް ވީ ކޮންތާކަށް ގެއްލިފާ ؟” ރިޔާން ގެ ނަޒަރު އެއްދިމާލަކަށް ސީދާވެފައި ހުރިތަން ފެނި ޔުލީން އަހާލިއެވެ. ޔުލީން ވެސް އޭނާގެ ފަހަތް ބަލައިލީ ރިޔާން ބަލަނީ ކޮންތާކަށް ދޯ ދެނެގަތުމަށެވެ. ނަމަވެސް ފަހަތުގައި ގަބުވެފައި ހުރި ލައިހާ ފެނި ވީގޮތް ކޮންމެސް ވަރަކަށް ޔުލީން އަށް އިނގުނެވެ. ” އޯ ދޮންބެ ޝޮކް ވޯދޯ ލައި ފެނުނީމާ ” އެއްވެސް ކަމެއް ނޭނގޭ ހާލު ޔުލީން ބުނެލިއެވެ. ” ލައީ އާދެބަލަ މިކޮޅަށް” ޔުލީން ފަހަތަށް އެނބުރެމުން ލައިޙާ އަށް ބުނެލިއެވެ. މަޖްބޫރުވެފައި ވާ މީހެއްފަދައިން ލައިހާ ޔުލީން އާ ހަމަކުރިއެވެ. ލައިހާ އައިސް ޔުލީން ކައިރި އިށީނުމާއެކު ޔުލީން ރިޔާން އަށް ލައިހާ ދައްކާލިއެވެ. ނަމަވެސް ލައިހާ އިނީ އިސްޖަހާލައިގެންނެވެ. ” ލައީ ދެން ލަދުން އިންނާނެކަމެއް ނެތް މީ ހަމަ ކުރިން އަހަރުމެން ޕްރޭންކް ކޮށް ހެދި ދޮންބެ އޭ ” ކުރީގެ ހަނދާންތައް އާކޮށްލަމުން ޔުލީން ބުނެލިއެވެ. އެއްފަހަރު ނަމަވެސް ލައިހާ އިސްއުފުލާލާތޯ ދުޢާކޮށްލަ ކޮށްލަ އިން ރިޔާން އަށް އުފާވެރިކަން ލިބިގެން ދިޔައީ ލައިހާ އިސްއުފުލާލުމުންނެވެ. ކުރިމަތިންފެނަމުން ދިޔަ ރިޔާން ގެ ސޫރައާ މީގެ އަހަރުތަކެއް ކުރިން ފެނިގެން ދިޔަ ރިޔާން އާ ހާސްބާތަފާތުކަން ލައިހާ އަށް އިނގުނެވެ. ކުރިއަށް ވުރެ މިޙާރުމާ ފިރިހެންވަންތަކަމަށް ރިޔާން ދައްކައެވެ. ” ދޮންބޭ މާދަން ހަމަ އަންނަ ގޮތަށް ތަ ؟ ” އޭނާ އާ ދިމަލަށް ފޯނުއަނބުރާލަމުން ޔުލީން އަހާލިއެވެ. ރިޔާން އަށް ކުރެވުނުކަމަކީ ހަމަ އެކަނި ބޯޖަހާލުމެވެ. ފޯނުގައި އިންއިރު ދޭތެރެ ދޭތެރެ އިން ލައިހާ އަށް ރިޔާން އާދިމާލަށް ބަލައިލެވެއެވެ. ރިޔާން ގެ ހާލަކީ ވެސް ހަމައެފަދައެވެ. ރިޔާން ފޯނުގައި އިންދާ އެޕާޓްމެންޓް ބެލް އެޅުމާއެކު އެހުރިގޮތަށް ގޮސް ދޮރުހުޅުވިއިރު ކުރިމަތީ ހުރި ޔޫއާން ފެނި ދޮރުބޮޑަށް ހުޅުވާލިއެވެ. ” ކަލޭ ކާކާ ވާހަކަ ދައްކަނީ ” ރިޔާން ވީޑިއޯ ކޯލް ހަދައިގެން އިންކަން އިނގުމުން ޔޫއާން އަހާލިއެވެ. ” ޔުލީން ، މަކޮއްކޮ ” ރިޔާން ބުނެލިއެވެ. ” ދޮންބޭ ކާކު އެއީ ” ޔުލީން އަށް ރިޔާން މެން ދެއްކި ވާހަކަ އަޑުއިވިގެން އަހާލިއެވެ. ” އެއީ ދޮންބެ ގެ ފްރެންޑް ޔުލީ ކައިރި ކިޔަމެންނު ޔޫއާން އެތްގެ ވާހަކަ އެތް އެއީ އޭނާ ” ރިޔާން ކިޔާދިނެވެ. ޔޫއާން އަށް ހުރެވުނީ ހުއްޓުން އަރާފައެވެ. އެކޮޅުން އިވިގެން އެދިޔައަޑާއެކު އޭނާގެ ހިތުގައި ތަފާތު ވިންދެއް ޖެހިއެވެ. އަޑުއަހާލަން ފަސޭހަ ފޮނި އަޑެކެވެ. ނަމަވެސް އެއަޑުގެ ވެރިފަރާތް ފެނުމުގެ ނަސީބުނުލިބެނީސް ރިޔާން ފޯނުކަނޑާލިއެވެ.

” ކޮބާ ޕެކިން ކުރީތަ މާދަމާ ހަމަ ފަތިހުގެ ފްލައިޓުން ދާން ޓިކެޓް ނަގާފާ ވާނީ ” އެނދުމަތީގައި ބާއްވާލެވިފައިވާ ފޮށްޓަށް އަލަމާރިން އަންނައުނުތައް ނަގާ އަޅަމުން ރިޔާން ބުނެލިއެވެ. ” އެއްބައިއަޅާފައި މިއައީ ފޫހިވެގެން ރިޔާން ކައިރިއަށް ” ޔޫއާން ބުނެލިއެވެ. ” ސާބަސް މަށަށް އިނގޭ ކަލެއަށް ވާނީ ތިވަރުކަން ، ” ހެމުން ރިޔާން ބުނެލިއެވެ.

************

ފަތިހުގެ ހިތްގައިމު ވަގުތެވެ. ދުވަސްފެށުނީއްސުރެ ނުތަނަވަސްވެފައިވާ ލައިހާގެ ހިތުގެ ތެޅުން ވަގުތަކަށް ފަހު ވަގުތެއް ބާރުވެގެން ދެއެވެ. އަނެއްކޮޅުން ދުވަން ނިކުން ގަނޑީ ލިބުނު ޔުލީން ގެ މެސެޖް އާއެކު މީހާ އިތުރަށް ނުތަނަވަސްވީއެވެ. ރިޔާން މެން އަންނަ ގަނޑިގާތްވާތީ އެއާޕޯޓް އަށް ދާން ޖެހުމުގެ ސަބަބުން ދުވަން ނުދެވޭނެ ކަމަށް ޔުލީން ބުނެފައި ވާ މެޖެސް ވަނީ ލައިހާގެ ސިކުނޑީގައި ހަރުލާފައެވެ. ރިޔާން ގެ ސޫރަދެކިލުމަށް ހިތްތެޅިފޮޅެމުން ދާހާލު ލައިހާ ކެތްތެރިކަން އިޙްތިޔާރުކޮށް ދުވުމާގެން ކުރިއަށް ގެންދިޔައެވެ.

ހެނދުނު ނުވައެއްޖެހީ ޔުލީންގެ ބައްޕަ އަދްހަމް އަދި ޔުލީންގެ މަންމަ ނުޒްހަތް އާއެކު އެއާޕޯޓުގައި ތިއްބައެވެ. ތިންމީހުންވެސް ކެތްތެރިކަން ކޮޅުން ލާފައިވަނީ ދުވަސްގަނޑަކަށް ފަހު ރިޔާން ގެ ސޫރަ ދެކިލުމަށެވެ. ޗުއްޓީގައި ވެސް މަދުންނޫނީ ކުޑަދުވަސްކޮޅަކަށް ރިޔާން ރާއްޖެ އަންނާތީ އަދިވަކިން ތިންމީހުން އެސޫރަދެކިލުމަށް ބޭނުންވެފައިތިބިކަން އިނގިގެން ދެއެވެ. ގާތްގަނޑަކަށް ފަނަރަމިނެޓްފަހުން އެރައިވެލްސް ގޭޓުން މީހުންތައް އަންނަން ފެށިގަނޑީ ނީނދެވިގެން ޔުލީން އެތަނަށް ދިޔައީ ރިޔާން ހޯދުމަށެވެ. ވަކިން ނިކުމެގެން އައި ދެފިރިހެން ކުދިން ފެނި ޔުލީން އެދިމާލަށް ދިޔައީ އެތަނުގައި ރިޔާން ހުރިކަން ޔަޤީން ވުމުންނެވެ. ރިޔާން ލަގޭޖް ތައް ނަގަން އުޅުނުއިރު ޔޫއާން ހުރީ ރިޔާން ގެނާ ފޮށިކައިރިއެވެ. ރިޔާން ގެ ފޮށިފެނުމާއެކު ޔުލީން އަށް އެތާކައިރި ހުރި ޒުވާނާ އަށް ބަލައިލަމުން ރިޔާން ކަމަށް ބަލާފައި ދޮންބޭ ކިޔާފައި އެޒުވާނާ ގައިގައި އެތްއަރިއަކުން ބައްދާލިއެވެ. އިވުނު އަޑަކީ ދުވަހަކުވެސް ޔޫއާން ހަނދާން ނުނެތޭނެ އަޑެކެވެ. އޭނާގައިގައި ބައްދާލައިގެން އެހުރީ އޭނާގެ ހިތްއަތުލި އަޑުގެ ވެރިޔާކަން އިނގުނީ އެއީ ރިޔާން ގެ ކޮއްކޮ ކަމަށް ވީމައެވެ. ހަރަކާތެއްގެންނަން ނޭނގިހުއްޓާ ޔޫއާން އަދި ޔުލީން ވެސް ސިއްސާގެން ދިޔައީ އިވިގެން ދިޔަ ހިނިގަނޑުގެ އަޑަށެވެ. ދެލޯފިއްތާލައިގެން ހެވިފައިހުރި ޔުލީން ޔޫއާން ގެ ގައިން ވަކިނުވެ ހުރެ ދެލޯހުޅުވާލަމުން ކުރިމައްޗަށް ބަލައިލިއެވެ. އެއާއެކު އޭނާގެ ދެލޯބޮޑުވިއެވެ. އެތްފަހަރު ހޭންހުރި ރިޔާން އަށް ބަލައިލަމުން އަނެއްފަހަރު އޭނާގެ ދެއަތުތެރޭގައިވާ ފިރިހެން ކުއްޖާ އަށް ބަލައިލިއެވެ. އެއާއެކު އިހުނަށް ވުރެ ދެލޯބޮޑުވެގެން ގޮސް އެދޮންމޫނު ލޭކޮޅެއް ހާ ރަތްވެގެން ދިޔައެވެ.

(ނުނިމޭ)

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

🌹YEOJA🌹

Level 610 Stories100 Login100 Comments

Other Articles

Previous

ތި ސޫރަ ނޫން 2

Next

ދެމަގު

Next
August 4, 2021

ދެމަގު

Previews
August 3, 2021

ތި ސޫރަ ނޫން 2

2 Comments!

  1. ?YEOJA? says:
    August 4, 2021 at 8:17 pm

    Hello readers❤️❤️
    Hope u like this part ❤️❤️
    Next part ISA soon as possible❤️❤️
    Keep waiting❤️❤️
    And stay safe❤️❤️ and take care ❤️❤️

  2. @RAMSHA says:
    August 6, 2021 at 11:41 am

    Ril vrh reethi mi vhk.. love it ❤️ Masha Allah.
    U too take care and stay safe

Comments are closed.

Next Episodeގާތުގާވުމަށް ހިތް އެދެނީ (3)←


All Right Reserved!