ގާތުގާވުމަށް ހިތްއެދެނީ (7)
” ލައީ ޔޫލުކް ކިޔުޓް ބައިދަވޭ ” ރިޔާން ހުރެލާފައި ބުނެލި އެއްޗަކުން ލައިހާ ގެ ދެކޯ ރަތްވެލިއެވެ. އެހެންކަމުން ބާރަށް ޔުލީންމެން ކައިރިއަށް މިސްރާބުޖެހިއެވެ. ރިޔާންވެސް ހީލަމުން އޭނާގެ އިސްތަށިގަނޑުގައި އަތްހިންގާލަމުން ލައިހާ ފަހަތުން ދިޔައެވެ.
************
ލައިހާ އަދި ރިޔާން ފެނުމުން ޔުލީން އަށް އެދިމާލަށް ބަލައިލެވުނެވެ. ” ކޮންތާކުން ދެމީހުން ހާދަ ލަސްވީ ” ޔުލީން އަހާލިއެވެ. ” ޔުލީ ވީ ސޯއިޓް ނުހާން ގަނޑު ކުރިކަންތައް ، ” ލައިހާ ޔުލީން ކައިރި އިށީދެލަމުން ބުނެލިއެވެ. ޔުލީން އަށް އިސްޖަހާލެވުނެވެ. ބުނާނެ އެއްޗެއްނޭނގުމުންނެވެ. ރިޔާން އަށް ތަންދައްކަމުން ޔޫއާން އެތަނުން ތެދުވެލިއެވެ. ” ޔުލީ އެއީ އެއްވެސް ކަމެއް ނޫން އިނގޭ އެއްވެސް ވަރަކަށް އެކަމަށް ނުވިސްނާތި މިހާރު އެއީ ނިމިފައި އޮތްކަމެއް އިނގޭ ” ޔުލީންގެ ކޮނޑުގައި އަތްއަޅުވާލަމުން ރިޔާން ބުނެލިއެވެ. ޔުލީން ބޯޖަހާލިއެވެ. ” އޯކޭ ދެން ހިނގާ ދާން ގެއަށް ” ޔޫއާން ބުނެލީ މާހައުލުގައިވާ ސީރިއަސްކަން ނައްތާލަމުންނެވެ. އެއިރު ފަސްގަނޑި ފަނަރަވަނީއެވެ. ” ލައީ ކަމެއް ކޮށްދެވިދާނެތަ ” ރަސްފަންނުން ނިކުންނަމުން ޔުލީން ލައިހާ އަށް ބަލައިލަމުން ބުނެލިއެވެ. ” ކޮންކަމެއް އަވަހަށް ބުނޭ ” ލައިހާ ބުނެލިއެވެ. ” މިރޭ އާދެބަ އަހަރެން ކައިރިއަށް ނިދަން އޯވާނައިޓް އެތް ހަދަން ” ޔުލީން ބުނެލިއެވެ. ” އޯކޭ އެހެންމާ ގެއަށް ވަދެފާ ދޯ ދާނީ ” ލައިހާ ބުނެލިއެވެ. ޔުލީން ބޯޖަހާލަމުން ސައިކަލުތަކާ ދިމާލަށް ދިޔަ ޔޫއާން އަދި ރިޔާން ކައިރި އަށް މިސްރާބުޖެހިއެވެ. ” ދޮންބޭ ލައީ މެން ގޭކައިރި އަށް މަޑުކޮށްލާއްޗޭ ” ޔޫއާންގެ ސައިކަލު ފަހަތަށް އަރަމުން ޔުލީން ބުނެލިއެވެ. ރިޔާން ބޯޖަހާލަމުން ސައިކަލު ސްޓާޓް ކޮށްލިއެވެ. ސައިކަލުގައި ތިބިއިރުވެސް ހަތަރުމީހުން ގެމެދުގައިވަނީ ހަމަހިމޭންކަމެވެ. ދޭތެރެ ދޭތެރެ އިން ޔޫއާން ސައިކަލުގެ ލޯގަނޑުން ޔުލީންގެ މޫނަށް ބަލާލާއިރު ރިޔާން އަށް ވެސް ހަމަ މިފަދައިން ކަންތައް ކުރެވެއެވެ. މިއިންކަމެއް ނޭނގި ޔުލީން އަދި ލައިހާ އަމިއްލަ ހިޔާލުގައި އިނެވެ. ލައިހާ މެންގެއާ ހަމަ އަށް ރިޔާން އަދި ޔުއާން ވެސް ސައިކަލު މަޑުކޮށްލުމާއެކު ޔުލީން އަދި ލައިހާ ސައިކަލުން ފޭބިއެވެ. ” އަންނަގަ އެންމެން އެތެރެއަށް ” ލައިޙާ ބުނެލިއެވެ. ” ކީއްކުރަން މިއޮޅެނީ ” ރިޔާން އަހާލިއެވެ. ” ލައީ މިރޭ އަހަރެމެން ގޭގާ އޯވާނައިޓް އެތްހަދާތީ ލައީ ބަލާ މިއައީ ޕްލަސް މާދަމާ ބަންދު އެހެންވެ ” ޔުލީން ރިޔާން އަށް އޮޅުން ފިލުވާދިނެވެ. ބޯޖަހާލަމުން ލައިހާގެ ފަހަތުން ތިންމީހުން އެތެރެ އަށް ވަންނަން މިސްރާބުޖެހިއެވެ. ލައިހާ މެން އެތެރެ އަށް ވަންއިރު ޒިޔާދު ސޯފާގައި އިން އިރު ނޫރީން ވެސް ޒިޔާދު ކައިރިއިނެވެ. ” އަހާ ދަރިފުޅާ ، މީކޮންކުދިންނެއްތަ ، ޔުލީން މެންތަ ” ސޯފާއިން ތެދުވެލަމުން ނޫރީން ބުނެލިއެވެ. ” ލައްބަ މަންމާ ޔުލީ އާ އެކުވެރިން ތަކެއް ” ލައިހާ ބުނެލިއެވެ. އޭރު ހިނިތުންވެ ލައިގެން ޒިޔާދުވެސް ޔުލީންމެންނަށް ބަލަހައްޓައިގެން އިނދެލިއެވެ. ” ހިނގަގަ ހުރިހާ ކުދިން ސައިބޯން ، ލައިހާ އަންނާނެ ކަމަށް ބޭބެ ވެސް މީނީ ” ހުރިހާ އެންމެނަށް އިޝާރާތް ކޮށްލަމުން ޒިޔާދުބުނެލިއެވެ. ” ތެދެއް ހުރިހާކުދިން އަވަހަށް އާދޭ ” ނޫރީން ވެސް އެދުނެވެ. އެންމެން ވެސް އެކަކު އަނެކަކަށް ބަލާފައި ޒިޔާދުކައިރި އަށް މޭޒުދޮށަށް ދިޔައެވެ. އެކިއެކި ވާހަކައިގައިތިބެގެން އެންމެންވެސް ސައިބޮއެ ނިންމާލަމުން ސޯފާގައި އެންމެން ހަމަޖެހެލިއެވެ. އެގަނޑީ ޒިޔާދު ކޮޓަރިއަށް ދިޔައީ އޭނާގެ އެކުވެރިއެއް ގެ ފޯނެއް އައިސްގެންނެވެ. ” މަންމާ އޯކޭތަ ޔުލީ މެންގެއަށް އޯވާ ނައިޓް އަކަށް ދިޔަޔަސް ” އެގަނޑީގައި ލައިހާ ނޫރީން ކައިރި އަހާލިއެވެ. ” އާން ދަރިފުޅާ ” ނޫރީން ބުނެލިއެވެ. އަވަސްއަވަހަށް ލައިހާ ކޮޓަރިއަށް ދިޔައީ ބޭނުންވާނެ އެއްޗެހި ގެނެއުމަށެވެ. ދިހަމިނެޓްފަހުން ލައިހާ އައީ ދަބަހެއް ހިފާގެންނެވެ. އެންމެން ވެސް ނޫރީން އަށް ޝުކުރު އަދާކުރަމުން ގެއިން ނިކުމެގެން ދިޔައެވެ. ގެއާ ހަމަ އަށް ފޮރުމާއެކު އެންމެންނަށް ވެސް ލިބުނީ ކުއްލި ސިހުމެކެވެ. ގޭކުރިމަތީގައި އަދްހަމް ގެ ކާރުކައިރި ބަހައްޓާފައި ހުރި ފޮށިފެނުމުންނެވެ. އެއިރު އެތެރެއިން އަތްދަބަހެއް އަޅުވާގެން އަދްހަމް އާއެކު ނުޒްހަތް ނިކުމެގެން އަންނަނީއެވެ. ” މަންމާ ތަނަކަށް ދާންތަ ތިއޮޅެނީ ” ޔުލީން ހައިރާންވެފައިހުރެ އަހާލިއެވެ. ” އާން ދަރިފުޅާ މަންމަ ގެ ދައްތަ އެތްކަހަލަ އެކުވެރިއެއް ވަރަށް ހާލުދެރަވެގެން ބޭރަށް ގެންގޮސްވީ މަންމަ އަށް ވެސް މިގެން ހަމަ ހަބަރުލިބުނީ ، ބައްޕަ ވެސް ދާނެ މަންމަ އާއެކީ ދަރިފުޅުމެން ބަލައިގެންގޭގާ އުޅޭތި ” އަވަސްއަރުވާލާފާ ނުޒްހަތް ބުނެލިއެވެ. ރިޔާން އަދި ޔުލީން ވެސް ބޯޖަހާލިއެވެ. ” މަންމަ ކެއުމުގެ ކަންތަކާ ވާހަކަ ދައްކާނަން ލައިހާ ގެ މަންމަ އާ ، ދެން ދަނީ އިނގޭ ” ނުޒްހަތް ބުނެލިއެވެ. ” ދަރިފުޅާ ބަލައިގެން އުޅޭތި ، މާލޭ ތެރެ އަށް ގިނަވެގެން ނޫޅޭތި އިނގޭ ” އަދްހަމް ވެސް ދިޔުމުގެ ކުރިން ދެދަރިންނަށް ނަސޭހަތެއް ދިނެވެ. ދެކުދިން ވެސް ބޯޖަހާލަމުން އަދްހަމް މެން ދަންދެން ބޭރުގައި މަޑުކޮށްލިއެވެ. އެންމެން ވެސް އެތެރެއަށް ވަނީ ނުޒްހަތް މެން ދިޔުމުންނެވެ. ” އެހެންމާ ޔޫއާން ކަލޭ ވެސް މިރޭ މިގެއަށް އޯވާނައިޓްއަކަށް އިނގޭ ” ރިޔާން ބުނެލިއެވެ. ” ވާވް ސަޅިވާނެ އޯވާ ނައިޓް އެތް ހަދަން ” އުފާވެލާފައި ޔުލީން ބުނެލިއެވެ. ޔުލީން ގެ މޫނުމަތީގައިވާ ހިނިތުންވުނެ ލައިހާ ، ރިޔާން އަދި ޔޫއާންގެ ހިތަށް ހަމަޖެހުން ގެނެސްދިނެވެ. ” ހިނގާ މީރުއެއްޗެއް ހަދާލާފައި ރޭގަނޑު ފިލްމް ބަލަން ” އަނެއްކާ ވެސް ޔުލީން ބުނެލިއެވެ. އެންމެންނަށް ވެސް އެ ގޮތަކަމުދިޔައެވެ. އެވަގުތުވީ މަޢްރިބް ނަމާދު ބަންގޮގޮވި ވަގުތެވެ. އެހެންކަމުން ރިޔާން އަދި ޔޫއާން ވެސް ދިޔައީ މިސްކިތަށް ދިޔުމަށެވެ. ލައިހާ އަދި ޔުލީން ވެސް ނަމާދުކުރުން އަވަސްވެގަތެވެ. ދެކުދިން ވެސް ނަމާދުކޮށް ކޮންމެސްވަރަކަސް ޤުރުއާން ކިޔަވާލިއެވެ. ރިޔާންމެން ނާންނާތީ ޔުލީން އަދި ލައިހާ އަށް ވާހަކައިގައި ތިބެވުނެވެ. ” ލައީ އަހަރެން ސުވާލެއް އަހަންތަ ، އަސްލު ވަރަށް ކިޔުރިއަސް ވެގެން މިއަހާލީ ؟ ” ޔުލީން ބުނެލިއެވެ. ” ހޫމް އަހާބަލަ ދެން ކިޔުރިއަސް ވާނީ ބޮޑުވަރެއް ވީމަތާ ދޯ ” ލައިހާ ބުނެލިއެވެ. ” ލައީ ލޯބިވާ މީހެއް ހުރޭތަ ؟ އެއްވެސް ވަރަކަށް ލައިކް ވާ މީހެއް ނަމަވެސް ” ޔުލީން އަހާލިއެވެ. ލައިހާ އަށް ދެލޯބޮޑުކޮށްލަމުން ޔުލީން އަށް ބަލައިލިއެވެ. ” ނު..ނުހުރޭ ” އަޅައިގަންނަމުން ލައިހާ ބުނެލިއެވެ. ” ބޮޑު ދޮގެއް ، އަޅެ ދެން ލައީ ބުނެބަލަ އައެމް ޔުއާ ބެސްޓީއޭ ” ދެރަވާކަމަށް ހަދާލަމުން ޔުލީން ބުނެލިއެވެ. ” އަމް ޔުލީ ރުޅިއަންނާނަންތަ ބުނެފީއާ ” ޔުލީން އަށް ހަޤީޤަތް ކިޔާދޭން ވެގެން ލައިހާ އަހާލިއެވެ. ” ވަޓް ނޯޥޭ ކީއްވެ އަހަރެން ރުޅިއަންނަން ވީ ” ހައިރާންވެފައި އިނދެ ޔުލީން ބުނެލިއެވެ. ” ހުރޭ ލޯބިވާ މީހެއް ” ލައިހާ ބުނެލިއެވެ. ލައިހާ ގެ މިޖަވާބުން ޔުލީންމެންގެ ކޮޓަރީގެ ދޮރުދޮށުގައި ހުރި ރިޔާން މާޔޫސްވެގެން ދިޔައެވެ. ޔުލީން އަދި ލައިޙާ ލަސްވުމުން ރިޔާން އެކޮޓަރިދޮށަށް ދިޔަގަނޑީ މިދެމީހުންގެ ވާހަކަ ރަނގަޅަށް ވެސް އަޑުއިވުނެވެ. އެހެންކަމުން ރިޔާން ހުރިހާ އެއްޗެއް އަހަން މަޑުކޮށްލިއެވެ. ” އޯއެމްޖީ ހުރެޔޭ ކާކު ؟ ބުނެބަ ލައީ ” ލައިހާގެ އަތުގައި ހިފާތަޅުވަމުން ޔުލީން އަހަންފެށިއެވެ. އެއިރު ލައިހާ ގެ ތުންފަތަށް ވެރިވެފައިވަނީ ރަކި ހިނިތުންވުމެކެވެ. ” އެއީ ރިޔާން ” ވަރަށް ހިތްވަރުކޮށްލާފައި ލައިހާ ބުނެލިއެވެ. އެއާއެކު ޔުލީންގެ ދެލޯ ބޮޑުވެގެން ގޮސް އަނގަމަތީ އަތް އަޅާލިއެވެ. ” ވަޓް ލައީ ، ދޮންބެއޭ ، ވާވް މައި ފަހަރީ ” ބާރަކަށް ލައިޙާގައިގައި ބައްދާލަމުން ޔުލީން އަށް ބުނެލިއެވެ. ލައިހާ ލަދުން ވިރުނުހެން ހީވިއެވެ. ރިޔާން އަށް ވެސް ހުރެވުނީ ހައިރާންވެފައެވެ. އޭނާގެ ހިތް އެތެރޭގައި ނަށަނީއެވެ. އުފާވެފައި ހުރިވަރުން ރިޔާންގެ ތުންފަތަށް ރީތި ހިނތުންވުމެއް ވެރިވެގަތެވެ. ” ދެން ލައީ ބުނެބަ ކޮންއިރަކު ކިހިނެތް ވީކަމެއް އެއީ ” ޝައުޤުވެރިކަމާއެކު ޔުލީން އަހާލިއެވެ. ” އެއީ ސްކޫލުގައި އުޅުނުއިރު ، ދެން މިގެއަށް އައިސް އައިސް އައިލައިކް ހިމް މިހާރު ލޯބިވޭ ” އިސްޖަހާލައިގެން އިނދެ ލައިހާ ބުނެލިއެވެ. ” އޯވްން ސޯ ކިޔުޓް ، ” ޔުލީން ބުނެލިއެވެ. ރިޔާން އަށް ހުރެވުނީ ހިނިތުންވެލެވިފައެވެ. މިހާރުން މިހާރަށް ލައިހާގައިގައި ބައްދާލައިފައި ލޯބިހުށައަޅާލަން ހިތަށް އެރިއެވެ. ނަމަވެސް ޙާއްސަ ގޮތަކަށް ލޯބިހުށައަޅާން ނިންމާގެން ރިޔާން ހުރެލިއެވެ. ނަމަވެސް ލަސްވާތީ ޔުލިން ގެ ކޮޓަރީ ޓަކިޖަހާލަމުން ދޮރުހުޅުވާލިއެވެ. ޔުލީން އާ ލައިހާ އާ ދެމީހުންނަށް ސިހުމެއް ލިބުނީ ރިޔާން އެތެރެ އަށް ވަނުމުންނެވެ. ޔުލީން އާ ލައިހާ ގެ މޫނުމަތީގައިވާ ކުލަވަރު ފެނި ރިޔާން އަށް ހުރެވުނީ ބަޑަށް ހީލަ ހީލައެވެ. ” އަންނަގަ ދެމީހުން މިރޭ ކާން ހަދާނެ އެއްޗެއް ވެސް އަދި ނިންމަން ޖެހޭނެ އެތްނު ” ރިޔާން މިހެން ބުނެލާފައި ނިކުމެގެން ދިޔައީއެވެ. ޔުލީން އަދި ލައިހާ ފުންނޭވާއެއް ދޫކޮށްލަމުން ކޮޓަރިން ނިކުމެގެން ސިޓިންރޫމަށް ދިޔައިރު ރިޔާން އަދި ޔޫއާން ވެސް ތިބީ ވާހަކައިގައެވެ. ” ކޮބާ މިރޭ ކޯންޗެއް ހަދާނީ ” ޔުލީން އަހާލިއެވެ. ” ނޭނގެ ޔުލީ ކިޔާބަ ” ރިޔާން ބުނެލިއެވެ. ” އަމް ޕާސްތާ ހަދާފައި ސޮސެޖް ފިހެފަ ކޯކް ، ކިހިނެއް ވާނީ ” ވިސްނުމެއްގައި އިނދެފައި ޔުލީން ބުނެލިއެވެ. އެންމެނަށް ވެސް އެހިލާކު ކަމުދިޔައެވެ. އެހެންކަމުން އިޝާ ނަމާދުކޮށްގެން ފިހާރައަށް ދާން ނިންމާގެން އެންމެން އޮލަވާހަކައިގައި ސޯފާގައި ތިބެލިއެވެ.
(ނުނިމޭ)
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
3 Comments!
Comments are closed.




Hello readers ❤️❤️
Hope u like this part too❤️❤️
Next part USA soon❤️❤️
Keep waiting ❤️❤️
Stay safe and tvgc ❤️❤️
salhi ey salhi ey brw mi prt vx hama vrh lwbi ingey masha allah.. yes finally enme fahun laiha and riyaan vx e ulheny date kuran vgn dhw.. heheh.. once again vv reethi ingey mi prt vx…
keep it up sisyy…
waitying for the nxt prt…
lyssssssssssssssmm…
vrh salaam…
In reply to Nayaa
hhehe thank uu soo much nayuu. vrh ufaavehje kamudhiyakan inguny maa
laihaa aa riyaan date kuran uleuthw vxx ingen keep waitting
thanks again
next part ISA sson
lymmmmm
stay safe and tvgc