ދިހަ ވަރަކަށް މިނެޓްފަހުން ލައިހާ ތައްޔާރުވެގެން ނިކުމެލީ ސައިބޯން ދިޔުމަށެވެ. މޭޒުދޮށުގައި ނޫރީން އަދި ޒިޔާޑު ތިބިއިރު ދެމީހުންވެސް ތިބީ ވާހަކަ އެއް ދައްކަން ކަން އިނގެއެވެ. ” އަހަ ދަރިފުޅާ އަވަހަށް އިށީނދޭ” ލައިހާ ފެނުމާއެކު ޒިޔާދު ބުނެލިއެވެ. ބޯޖަހާލަމުން ކިޔަމަންތެރިކަމާއެކު ލައިހާ ގޮނޑީގައި އިށީނދެލިއެވެ. ” ދަރިފުޅާ ބައްޕަ މެން އެހާ ގިނަދުވަހެއް ނުވާނެ މިކޮޅަށް އަންނާކަށް މާލެ އާ ނިކަން ކައިރި ރަށަކަށް މިދަނީ ބައްޕަ އެކަނި ދާން ޖެހޭތީވެ މަންމަ ވެސް […]
ހޮސްޕިޓަލް ގައި ބަރާބަރު ތިން ދުވަސް ހޭދަ ކުރުމަށްފަހު ޒިވްޔާ ގެއަށް އައީ ހަތަރުވަނަ ދުވަހުގެ މެންދުރުފަހުއެވެ. ވޭތުވެދިޔަ ތިން ދުވަހު ވެސް ޒަޔާން ގެ ފަރާތުން ޒިވްޔާ އަށް ވަނީ ގާތް ކަމެއް ލިބިފައެވެ. އެހެން ކަމުން ނިވެމުން ދިޔަ އުންމީދުގެ ހުޅުކޮޅު އަލުން ވަނީ ޒިވްޔާގެ ހިތުގައި ރޮއެވެފައެވެ. ހަމައެހެންމެ ލައިހާ އަށް ވަނީ ރިޔާންގެ ގައިން ތަފާތުކަމެއް ފެނިފައެވެ. އެކަމާ އޭނާ އުފާފައުޅުވެސް ކުރެއެވެ. ހޮސްޕިޓަލް ތެރޭގައި އުޅުމުގެ ތެރެއިން ނުޒްހަތް އަށް […]
ލައިހާ އަދި ޔުލީން އެގޭ ދޮރުމަތީ ތިބޭތާ ދިހަ މިނެޓް ފަހުން ޒިވްޔާ އެތެރެ އަށް ވަދެގެން އަންނަ ތަން ފެނުނެވެ. ދެކުދިން ވެސް އެއްފަހަރާ އަތް ހޫރާލަމުން ހިނިތުންވެލިއެވެ. ބީރައްޓެހިގޮތަކަށް ޒިވްޔާ ޔުލީން އަދި ލައިހާ އާ އެކު އެގެއަށް ވަދެގެން ދިޔައެވެ. ފުރަތަމަ ވެސް ޒިވްޔާ އަށް އެރުނީ އެންމެ ދެކެން ބޭނުން ނުވާ ސޫރަ ކުރިމައްޗަށެވެ. ހިނިތުންވެލަމުން ޒަޔާން ޔުލީން އަދި ޒިވްޔާ އަށް އަތްހޫރާލިނަމަވެސް ޒިވްޔާ އިސްޖަހާލިއިރު ޔުލީން ގަދަކަމުން ކަހަލަ […]
ރޭގަނޑުގެ ވަގުތެވެ. ގެ ކައިރީ ހުރި ފިހާރައަކަށް ޔުލީން ދިޔައީ އެކަނިމާއެކަނި ހިނގާލާފައެވެ. ގެ ކައިރި ވުމުން އެކަކު ކައިރީ ވެސް ނުބުނެ ޔުލީން ދިޔައީ އަވަހަށް އާދެވޭނޭތީއެވެ. ސައިކަލުގައި އައިސް ރިޔާން މެން ގެ ކައިރީ މަޑުކޮށްލި ޔޫއާން ހުއްޓުން އެރީ މީހަކު އޭނާގެ އަތުގައި ހިފުމުންނެވެ. ފަހަތް ބަލައިލިއިރު އޭނާ ކައިރި ހުރި ޒުވާން އަންހެން ކުއްޖާ ފެނި ޔޫއާން ގެ ތުންފަތަށް ހިނިތުންވުމެއް ވެރިވެގަތެވެ. ” ޒޫޝާން ، ކޮންތާކު ތިއޮޅެނީ އެ […]
އެންމެން ވެސް ކައިނިންމާލަމުން އެތަނުން ނުކުން އިރު އެކިމީހުންގެ ހިތުގައި ވަނީ އެކިއެއްޗިއްސެވެ. އެންމެންނާ އެކު ނަމަހީވެސް ތިމާ ލޯބިވާ މީހާ އާއެކު ކުޑަވަގުތު ކޮޅެއް ހޭދަކޮށްލެވުމުން މިމީހުންގެ ހިތް އުފާވާނެ ކަން ގައިމެވެ. އޮފީހުން އަދްހަމް ގެ ކޯލަކާއެކު ރިޔާން ޓެކްސީއެއް ނަގައިގެން އޮފީހަށް ދާން މިސްރާބުޖެހިއިރު ވެސް އެ ސިކުނޑީގައި ލައިހާގެ ހިޔާލުތައް ވަށާޖަހާ ކަހަލައެވެ. ލައިހާ ޒިވްޔާ އަދި ޒަޔާން ވަކިވުމުން ޔުލީން އަދި ޔޫއާން ވެސް ދާން ޖެހުނީ އެކަންޏެވެ. ” […]
ޔުލީން ލައިހާ އަދި ޒިވްޔާގެ އަތުގައި ހިފާލަމުން ޔުލީންގެ ކޮޓަރިއަށް ވަންތަނުން ޔޫއާން އަދި ރިޔާންވެސް ވާހަކައިގައި ތިބެ ކޮފީއެއް ބޯލަން ނިކުތެވެ. ” ލައީ ބުނީމެންނު ޒިވްޔާ އެއްގެ ވާހަކަ މީއޭނަ އިނގޭ ، އެން ޒިވް ދިސްއިޒް މައި ބެސްޓީ ލައިޙާ ” ޔުލީން އެކަކު އަނެކަކަށް ތަޢާރަފް ކޮށްދިނެވެ. ” ނައިސް ޓު މީޓް ޔޫ ޒިވް ” ލައިހާ އޭނާ ބޭސްއަޅާފައި އޮތް އަތް ދިއްކޮށްލަމުން ބުނެލިއެވެ. ” ޔަހް މީޓޫ […]
ޕްރައިވެޓް ރޫމް ތަކާދިމާލުން ތަންކޮޅެއް ދުރުގައި ހުރި ރޫމްއަކަށް ނުޒްހަތް އާއެކު ޔުލީން ވަންއިރު ދޮރާ ފުރަގަސް ވާގޮތަށް އިން އަންހެން ކުއްޖާ ފެނުމުން އެއީ އަރޫޝާ ގެ ދަރިކަން ޔުލީން އަށް އިނގުނެވެ. ދަނބުކުލައިގެ ޝޯލް އަކުން ބޯނިވާކޮށްލާފައި އިން އެ އަންހެން ކުއްޖާ ގެ މޫނުދުށުމަށް ޔުލީން ބޭނުންވެލިއެވެ. ޔުލީންމެންގެ ހިލަންވެގެން އެކުއްޖާ ފަހަތަށް ބަލައިލި ގަނޑީ ޔުލީން އަށް އެމޫނުފެނިލިއެވެ. ******* ” ޒިވްޔާ ، ދަރިފުޅާ ކިހިނެއްތަ ؟ ” ޒިވްޔާގެ […]
ލައިހާ އަނބުރާ ނިދަން އޮށޯވެލަން އުޅުނުނަމަވެސް ކަރުހިތްކާފައި ހުރުމުން ފެންފޮދެއް ބޯލަން ބެލިއިރު ފެން ފުޅި ނުގެނެވޭކަން ހަނދާންވުމުން ނިތްކުރިމަތީޖަހާލަމުން ކޮޓަރިން ނިކުމެގެން ކައިގެއަށް ދިޔައީ ފެންފުޅިބަލައެވެ. އެހިސާބަށް ދެވުނުއިރު އެތަން ދިއްލާފައި ހުރުމުން ލައިހާ ހައިރާންވިއެވެ. ******* ހައިރާން ކަންމަތީގައި ހުރެ ލައިހާ ބަދިގެއަށް ވަންއިރު ރިޔާން ފުރުޖުދޮށުގައި ޖޫސްތައްޓެއް ބޯން ހުއްޓެވެ. ” ރިޔާން ” ލައިހާ އަށް ބުނެވުނެވެ. ” އާން ކަރުހިތްކާގަނެގެން ” ހީލަމުން ރިޔާން ބުނެލިއެވެ. ލައިހާ ވެސް ހިނިތުންވެލަމުން […]
އެންމެން ކައި ނިމުމާއެކު ޔުލީން އަދި ލައިހާ ތަށިތައްނަގަމުން ތަންސާފުކޮށްލާ ހެދިއެވެ. އެއިރު ރިޔާން ނުޒްހަތް މެންނަށް ގުޅާގެން އިން އިރު ޔޫއާން ވެސް އިނީ ފޯނާ ކުޅެންށެވެ. ރިޔާން ވާހަކަ ދައްކާ ނިމުމުން ޔުލީން އަތަށް ފޯނުގެނެސްދިން އިރު ލައިހާ މޭޒުމަތި ސާފުކުރަން ހުއްޓެވެ. ބަދިގެއިން ނިކުމެގެން ޔުލީން ދިޔައީ އެތަނާމާދުރުނޫން ހިސާބަކަށް ނުޒްހަތް އާ ވާހަކަ ދެއްކުމަށެވެ. ބަދިގެތެރޭގައި ލައިހާ އަދި ރިޔާން އެކަނިވިއިރު ދެމީހުންވެސް ތިބީ ހިތްއަވަސްވެފައެވެ. ލައިހާ ގެ ހަރަކާތްތަކަށް ނަޒަރު […]