Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ތީއޭ މިހިތުގެ ދިރުމަކީ (ފަހުބައި)

🌹YEOJA🌹 Level 610 Stories100 Login100 Comments
June 30, 2021 7 Mins Read
7 Comments

މިދެމީހުންގެ ހަރަކާއްތަކަށް ބަލަހައްޓައިގެން ހުރި ސަނާގެ މޫނުމަތީ ވަނީ ހިނިތުންވުމެކެވެ. އީނާ ގެ ދިރިއުޅުމަށް ވެސް ޙާއްސަ ފަރާތެއް އައިސްފިކަމަށްޓަކާ އޭނާ އުފާކުރިއެވެ. އަދިވަކިން ބޮޑަށް އެއީ މިއޮތް ހުރިހާ ދުވަހު އޭނާ ލޯކުރިމަތީ އުޅޭ އެންމެ އިތުބާރު ކުރެވޭ އެކަކަށް ވީމައެވެ.

މާގިނައިރެތް ނުވެ މާއިޒް އާއި އީނާ ވެސް ވަކިވީ މާދަމާ ދިމާވާން ނިންމާފައެވެ. އެއިރު ސަނާ ވެސް އެތެރެ އަށް ވަންތާ ކިތަންމެ އިރެކެވެ.

********************

ފޯނުހިފައިގެން އިން ޔޫލީ ދިޔައި ފޯނާ ކުޅެމުން ވެސް އޭނާ ކުރިމަތީގައި އިން އޭނާ އަށް އެހީވަމުން އަންނަ އެކުވެރިޔާ އާއި ޥާހަކަ ދައްކަމުންނެވެ. ދެމީހުންވެސް މަޝްވަރާ ކުރަމުން ދިޔައީ އިޝްހާ އާއި ބައްދަލުކުރުމަށެވެ. ކަންހިނގާދިޔަގޮތުގެ އެއްވެސް މަޢުލޫމާތެއް ޔޫލީ ގެ އެކުވެރިޔާ ނޫރާ އަކަށް ނޭނގެއެވެ. ކަންތައްތައް ފަށައިގެން މިހާހިސާބަށް އައިއިރު އޭނާ އަށް އިނގޭ ހަމައެކަނި ބަޔަކީ ޔޫލީ އެދެމީހުން ދުރުކޮށް އޭނާ ރީހާން ގެ ހަޔާތައް ވެރިވެގަންނަން އުޅޭކަމެވެ. ހިތުގައި ކިތަންމެ ސުވާލެއް ހުއްޓެއްކަމަކު އެކަން ހިންދާލަމުން ނޫރާ ޔޫލީގެ ވިސްނުމަށް ތާޢީދުކުރިއެވެ. ” ސޯއަހަރެން މިހާރު ކޮށްލަން ވީދޯ އިޝްހާ އަށް މެސެޖް އޭރަށް ހަވީރު ބައްދަލުވެވިދާނެ އެތް ނު” ފޯރިއާއެކު ޔޫލީ ބުނެލިއެވެ. ” ހޫމް އަހަންނަށް ވެސް ފެންނަނީ ތިގޮތް ، އެކަމަކު އަހަރެން އާދޭތަ ހަވީރު ” ނޫރާ އަހާލިއެވެ. ” ހޫމް މަންޖެ ނާންނަންޏާކާ ނުވާނެއެތް ނު ” ހިނިގަނޑަކާއެކު ޔޫލީ ބުނެލިއެވެ.

ހިޔާލުތަކުގެ ތެރެއަށް ގެއްލިފައި އޮތް އިޝްހާ ސިއްސާގެން ދިޔައީ ފޯނަށް ނޮޓިފިކޭޝަން އެތް އައި އަޑަށެވެ. މެސެޖް ހުޅުވާލިއިރު އައިސްފައި ވަނީ އެއްކަލަ ނުދަންނަ ނަންބަރުންނެވެ. ” ހަވީރު ހަތަރުގަނޑި ބައިގައި ލެމަން ގްރާސް ރެސްޓޯރެންޓް އަށް އަންނަން ވީ ، އިޝްހާ ގެ ހިތުގައި ވާ ސުވާލުތަކުގެ ޖަވާބުބޭނުންނަމަ އަހަންނާ ހަވީރު ބައްދަލުކުރަން އަންނާތި ” އިންޒާރެއް ފަދައިން އައިސްފައި ވާ މިމެސެޖް ފެނި އެ މިހަކާ ބައްދަލުކޮށްލުމުގެ ޝައުގުވެރިކަން އިޝްހާ ގެ ހިތުގައި އުފެދުނެވެ. އެހެންކަމުން އެކަމަށް އެއްބަސް ވާކަމަށް ބުނެ މެސެޖް އެތް ފޮނުވާލަމުން އީމާ ގެ ނަންބަރަށް ޑައިލް ކޮށްލީ އެކަނި ނުދާންވެގެންނެވެ.

” ތީހަމަ އެންމެ ރަނގަޅުގޮތް ވާނަމަ އަހަރެން އިޝޫ އާއެކީ ދާނަން ، ކޮންމެ ފަދަ މީހަކަށް ވެދާނޭތީ އަހަރެންވެސް ޖެހިލުންވޭ އިޝޫ އެކަނި ފޮނުވާލަން ” އީމާ ބުނެލިއެވެ. ” ހޫމް މީ އެންމެ ރަނގަޅުގޮތް ، އެހެންމާ ހަވީރު ހަތަރެއް ޖަހާކަށްހާއިރު އަންނާތި މިގެއަށް ” އިޝްހާ ބުނެލިއެވެ. އީމާ އާއި ވާހަކަ ދައްކާ ނިންމާލުމަށްފު ފޯނު ހުޅޫވާލުމައެކު ވޯލްޕޭޕާގައި އިޝްހާ އަދި ރިހާން ގެ ފޮޓޯފެނި އިޝްހާ ގެ ދެލޯ ފުރުނެވެ. އެދުވަހު ރީހާން ބުނެފައި ދިޔަފަދައިން އޭނާ އިޝްހާ ހޯދާކަށް ނާދެއެވެ. އެކަމާ ކިތަންމެ ހިތުގައި ވޭން އެޅިޔަސް އެއީ އޭނާގެ އިހުމާލުން ވީކަމެއް ކަން އިޝްހާ އަށް އިނގެއެވެ.

ލޯގަނޑުކުރިމަތީގައި ހުރުމަތްފަހު އެންމެ ފަހުފަހަރަތް އިޝްހާ އޭނާގެ ސޫރައަށް ބަލައިލީ ހިތްހަމަ ޖެހިފައިވާ އުސޫލުންނެވެ. ދުވަސްތަކަކަށް ފަހު ރީތިވެލުމުން ހިތަށް ނޭނގޭ ހަމަޖެހުމެއް ލިބިގެން ދިޔައެވެ. އެހެންޏާ ލާފަދައިން ކަޅުކުލައިގެ އަތްފުޅާ އަބާޔާ އަކާ މެރޫން ކުލައިގެ ބޮޑެތިމިނާފުށްތަކަކުން ޖަރީކޮށްފައިވާ ޝޯލް އެތް އަރަބި ސްޓައިލް އަކަށް އިޝްހާ ވަނީ ބޮލުގައި އޮޅާލާފައެވެ. އެންމެ ފަހުކަމަކަށް ފަޔަށް އިސްޓާކީނެއް ލައްވާލަމުން ކޮޓަރިން ނިކުތީ އޭނާ އަށް އެއްފަހަރެތްގައި ރީހާން ހަދިޔާ ކުރި ކަޅުކުލައާ ގޯލްޑްކުލައިގެ މާތަކުން ރީތިކޮށްލާފައިވާ އަތްދަބަސް ހިފައިގެންނެވެ. އެވަގުތު ސޯފާގައި އިން ޔުސްރާ އިޝްހާ ގެ ކޮޓަރި ހުޅުވުމާއެކު އެދިމާލަށް ބަލައިލިއެވެ. އިޝްހާ ފެނުމާއެކު އުފަލުން ގޮސް ފުންމާގަނެވުނެވެ. ” ދަރިފުޅު ތަނަކަށް ދާންތަ ؟ ” ޔުސްރާ އަހާލިއެވެ. ” ލައްބަ ، އީމާ އާއި އެތްކޮށް ކުއްޖަކާ ބައްދަލުކޮށްލަން ދާން ކަމަށް ” އިޝްހާ ބުނެލިއެވެ. އެވަގުތުވީ ދޮރުހުޅުވާލައިފައި އެތެރެއަށް އީމާ ދެމިގެން ވަގުތެވެ. ” ވާވް ، މިފަދަ ރީތިކަމެއް އަދި ނުދެކެން ވަރަށް ރީތި އިޝޫ ” ޔުސްރާގެ ކައިރި ހުއްޓިލަމުން އީމާ ބުނެލިއެވެ. ” ސާބަސް އީމް ވެސް ވަރަށް ލޯބިއޭ ” ކަޅުކުލައިގެ ޝޯލް އަކާ ހަމައެކުލާގެ ރީތި ގޮތަކަށް ޑިޒައިން ކޮށްފާހުރި އަބާޔާއެއްގައި ހުރި އީމާ އަށް ބަލައިލަމުން އިޝްހާ ބުނެލިއެވެ. ” ތެދެއް ދެދަރިން ވެސް މިއަދު ވަރަށް ލޯބި ”  އިޝްހާ އަދި އީމާ ގެ ބޮލުގައި ލޮއިއްބާއެކު ފިރުމާލަމުން ޔުސްރާ ބުނެލިއެވެ. ”ތެންކޔޫ ދައްތާ ” ޔުސްރާ ގައިގައި ކުޑަކޮށްބައްދާލަމުން އީމާ ބުނެލިއެވެ. ” ދެން ދަނީ މަންމާ އަންނާނަން ވަރަށް އަވަހަށް ” އީމާ އަތުގައި ހިފާލަމުން އިޝްހާ ބުނެލިއެވެ. އަދި ހަރުގަނޑުން ތިރި ކަޅުކުލައިގެ ބޫޓާކަށް އަރަމުން ބޭރަށް ނިކުންނަން މިސްރާބުޖެހިއެވެ.

” އީމް އައިޑޯންނޯ ވައި އަހަރެން ވަރަށް ނުތަނަވަސްވޭ އެބަ ވަރަށް ހިތްވެސް ތެޅޭ އެބަ ” އިޝްހާ ބުނެލިއެވެ. ” ހަމަޖެހިބަލަ އިޝޫ ހުރިހާ ކަމެތް ވެސް ރަނގަޅުވާނެ ” އީމާ ބުނެލިއެވެ. އެއިރު ދެމީހުންވެސް ތިބީ ލެމަންގްރާސް އާއި ފުދޭވަރަކަށް ކައިރީގައެވެ.

” އޭއި އަހަރެން އެބައިނޭ ސުވާލެއް އަހަންވެފާ ” މޭޒުތަކާ ނިވާވާ ގޮތަކަށް ފިލާތައް ޖަހާފައި ހުރި ދިމާލެއްގައި ތިބި ޔޫލީ އާއި  ނޫރާ ސުވާލުކޮށްލިއެވެ. ” ހޫމް ކޮން ސުވާލެއް ” ފޯނަށް އައި އިޝްހާ ގެ މެސެޖް އަށް ރިޕްލައި ދެމުން ޔޫލީބުނެލިއެވެ. އިޝްހާމެން ހޮޓަލަށް އައިސްފިކަން އެންގާލި މެސެޖްގެ ރިޕްލައިގައި ޔޫލީއެމީހުންތިބިތަން އޮޅުން ފިލުވާދެމުން ޖަވާބު ފޮނުވާލިއެވެ.

ޔޫލީ މެންތިބި ހިސާބަށް އާދެވުނު ނަމަވެސް އިޝްހާ އަދި އީމާވެސް އެމީހުން ވާހަކަ އަޑުއިވޭ ހިސާބުގައި މަޑުކޮށްލަން ޖެހުނީ ނޫރާ އެހި ސުވާލަކުންނެވެ. ” އަސްލު ކިހިނެތްތަ ޔޫލީ ރީޙާން އާ އިޝްހާ ދުރުކުރީ އަހަރެންނަށް ހަމައެކަނި އިނގެނީ ޔޫލީ އެމީހުން ދުރުކޮށްލިކަން ތަފްސީލް އަހަންނަށް ކިޔާދީބަލަ ” ނޫޜާ އަހާލިއެވެ. ” އާން ދެން އިތުރަތް އަހަރެން ހަޤީޤަތެއް ސިއްރެއް ނުކުރާނަން ކަލެއަށް ވެސް އިނގެން ޖެހޭނެއެންނު ދޯ އަހަރެން ނަށް އެހީވެދިނީމާ ، އަޑުއަހާ ” މިހެން ބުނެ ޔޫލީ އަލިފުން ޔާ އަށް އޭނާ ކުރިކަންތައް ކިޔާދިނެވެ. ބޭނުން ޖެހިދާނެކަމަށްޓަކައި އީމާ އޭނާގެ ފޯނުގައި ޔޫލީ ދައްކަމުން ދިޔަވާހަކަ ތައް ރިކޯޑްކުރަމުން ދިޔައިރު އިޝްހާ އަށް ހުރެވުނީ އަނގަމަތީ އަތް އަޅާލައިގެންނެވެ. އިވިގެން އެދަނީ އޭނާ އެނގެން ބޭނުންވެފައިވާ ހަޤީޤަތެވެ. އޭނާ އާއި ރީޙާން ދުރުވިގޮތް އިނގުމާއެކު އޭގައި ރީހާން ގެ ކުށެއްނެތްކަން އިނގުނު ހިނދު އިޝްހާ އަށް އޭނާގެ ނިތުގައި އަތްބާއްވާލެވުނެވެ. އެއިރު އޭނާއަށް ހަމަރަނގަޅަށްވެސް ރޮވިއްޖެއެވެ. ރިހާން އާމެދު އަމަލުކުރެވުނު ގޮތް ހިތައްއަރާ އިތުރަތް ހިތުގައި ޖެހުނެވެ. އިޝްހާ އަށް ވަމުން ދިޔަގޮތް ކިތަންމެ ރަނގަޅަށްވެސް އިމާ އަށް ފެނުނެވެ. ހުދު އޭނާ އަށް ވެސް ވަނީ ބޮޑު ޝޮކެއް ލިބިފައެވެ. ދުނިޔޭގައި މިކަހަލަ އަންހެނުން އުޅޭކަން ވެސް މިއަދު މިއިނގުނީތާއޭ އީމާ ހިތަށްއެރިއެވެ. ފަސްމިނެޓް އަށްފަހު މިމީހުންގެ ވާހަކަ ނިމުނުއިރު އިޝްހާގެ ހާލަތު ވަރަށް ސަކަރާތެވެ. ވަގުތުން ވަގުތައް ރީހާން ކައިރިއަށް ދާން ހިތްގޮވަމުން ދިޔައެވެ. އީމާވެސް ރިކޯޑިން އިން ކަނޑާލަމުން އިޝްހާގެ ދެކޮނޑުގައި ހިފަހައްޓާލިއެވެ. އިޝްހާ ކަރުނަވިދެލޮލާއެކު ޔޫލީމެންގެ ކުރިމައްޗައް އެރިއެވެ. ޔޫލީ އަށް ކޮޅަށްތެދުވެވުނީ އިޝްހާ ގެ ދެލޮލުގައި ކަރުނަވުމުންނެވެ. ދެންމެ ދެކެވިގެން ދިޔަ ވާހަކަ އިޝްހާ އަށް އަޑުއިވުނީ ކަން ޔޫލީ އަށް ނަގައިގަނެވުނެވެ. އާރުޅިއާ ވީދެރައިން އެއްޗެއް ނުބުނެ ހުރެފައި އިޝްހާ ޔޫލީގެ ކޯތާފަތް މަތީ ހޫނު އެތިފަހަރެއް ޖަހާލިއެވެ. ނަގައިގެން އައި ތޫނު ދިލައާއެކު ޔޫލީ އަށް ކޯތާފަތުގައި ބޭއިޙްތިޔާރުގައި އަތް އަޅާ ލެވުނެވެ.

އެތާގައި ސިކުންތެއްވެސް ލަސްނުކޮށް އިޝްހާ ބާރުފިޔަވަޅުތަކެއް ގައި ލެމެން ގްރާސް އިން ނިކުންނަން ދިޔައިރު އީމާ ވެސް ކުޑަކޮށް ދުވެލަމުން އިޝްހާ އާއި ހަމަ ކުރީ އޭނާ ގެ ފިޔަވަޅުތައް ނަގާލެއް އަވަސްވީމައެވެ. ދެންމެ ދެންމެ ދުވެފާނެހެން ވެސް ހީވާފަހަރު އާދެއެވެ. ” އިޝޫ ހިތްވަރުކުރޭ ، ނޮރޯތި ހިނގާ ދާން ރީހާން ކައިރި އަށް މިގަނޑީ ، ” އިޝްހާގެ އަތުގައި ހިފާހުއްޓުވަމުން އޭނާގައިގައި ބައްދާލަމުން އީމާ ބުނެލިއެވެ. އެއިރު ގިސްލެވިފައި އިޝްހާ އަށް ރޮވެމުން ދިޔައެވެ. މަގުމަތިން ދާ ކޮންމެ މީހެއް ގެ ނަޒަރު އެމީހުންނަށް ހުއްޓިފައިވާ ކަން އެނގުނު ހިނދު އީމާ ޓެކްސީއެއް ހުއްޓާ ރީޙާން މެންގެއަށް ދާން މިސްރާބުޖެހިއެވެ. ކާރަތެރޭ ގައި އިން އިރުވެސް އިޝްހާ ގެ މަޑުގިސްލުމަކަށް ބަދަލެއް ނާދެއެވެ.  އެކަމާ ކަންބޮޑުވެފައި އީމާ އިނެވެ. ވިހިމިނެޓްގެ ކުރުދަތުރަކަށް ފަހު އެ ޓެކްސީ މަޑޫކޮށްލީ ރީހާން މެންގޭ ގޭޓް ކުރިމައްޗަށެވެ. ދަތުރު ދިގުވެފައި އިން އިޝްހާ އަވަސް އަވަހަށް ފައިބަމުން ދުވަމުން ކަހަލަ ގޮތަކަށް ގޭތެރެ އަށް ވަންވަގުތު އޭނާ އާއި އެކު އައި އީމާ މަތިން ވެސް ހަނދާން ނެތް ކަހަލަ އެވެ. ގޭތެރެ އަށް ވަދެގެން އައިރު ސަނާ އަދި އަޙްމަދް ސޯފާގައި އިނެތްކަމަކު އެދެމީހުން ތިބިކަމެއް އަވަސްވެފައި ހުރި އިޝްހާ އަކަށް ނޭނގުނެވެ. އިޝްހާ ވަންތައް ފެނި ހައިރާންވެފައި ހުރެ ދެމަފިރިންނަށް ކޮޅަށްތެދުވުނެއް ކަމަކު މަޑުޖައްސާލަން ޖެހުނީ އިޝްހާގެ ފަހަތުން ކަހަލަ ގޮތަކަށް ވަދެގެން އައި އީމާ ފެނުމުންނެވެ. ދުވެފައި ގޮސް ރީހާން ގެ ކޮޓަރިއާ ހިސާބަށް އާދެވުމުން އިޝްހާމަޑުޖެހިލިއެވެ. ކޮޓަރިދޮރު ހުޅުވާލާފައި އޭނާ އަވަސް ފިޔަވަޅުތަކެއް ގައި ވަންއިރު ބެލްކަނީގައި ރީހާން ހުއްޓެވެ. އިޝްހާ އަދި އޭނާގެ ކައިވެނީގެ ފޮޓޮއަށް ނަޒަރު ހުއްޓާލައިގެން ހުރި ރީޙާން ހީވަނީ ހިތާމަވެރި ތަސްވީރެތް ހެންނެވެ. ފޮޓޮއަށް ނަޒަރު ހިންގާލައިގެން ހުރި އިރު އޭނާ އަށް ކޮޓަރިއަށް އިޝްހާ ވަންކަމެއް ނޭނގެއެވެ. ކެތްތެރިކަން ކޮޅުން ލައިގެން ދިޔަ ހާލު އިޝްހާ ދުވެފައި ގޮސް ހާމަ އަތް އޮތް ރީހާން ގެ ބުރަކަށީ އަތްވަށާލަމުން ފަހަތުން ބައްދާލިއެވެ. ލިބުނުކުއްލި ސިހުމުގައި ރީހާން އަށް ކުރަންވީކީއްކަން ނޭނގިފައި ހުއްޓާ އިތުރަށް ހައިރާންކަމެއް ލިބުނީ އޭނާގެ ބުރަކަށީގައި ބޮސްދީފައި ފާބައިގެން ދާ ހޫނުކަރުނަތަކުގެ ސަބަބުންނެވެ. ޝައްކަކާ ނުލާ އެއީ އިޝްހާކަން ފުރަތަމަ ބީހުމާއެކުވެސް ރީޙާން އަށް ދެނެގަނެވުނެވެ. އެއާއެކު އޭނާގެ މާޔޫސްވެފައި ވާހިތަށް އުފާވެރިކަން ލިބިގަތެވެ. ” އައި އެމް ސޮރީ ރީހާން ” ރުޔުމުގެ ތެރެއިން އިޝްހާ ބުނެލިއެވެ. އެއާއެކު ރީހާން ގެ ތުންފަތަށް ލުއި ހިނިތުންވުމެ ވެރިވެގަންނާކަށް ސިކުންތުކޮޅެއް ވެސް ނުނަގައެވެ. މޭމަތީގައި ވަށާލެވިފައިވާ އިޝްހާގެ ދެއަތް ނައްޓުވާލަމުން އޭނާ އިޝްހާ އާއި ވީ ފަޅިއަށް އެނބުރުނެވެ. ދުވަސްތަކެއް ފަހުން އެ ލޯބިމޫނުފެނުމުން ރީހާންގެ ހިތް ތެޅެލިއެވެ. އިސްޖަހާލައިގެން ހުރެ ރޮމުން ދިޔަ އިޝްހާގެ ކަރުނަތަކަކަށް ނިމުމެއް ނުޥާފަދައެވެ. ރީހާން އާއި ދިމާލަށް ނުބަލަން ހުވާކޮށްގެން މީހާ ހުރިފަދައެވެ. މިފަހަރު ރީހާން އިސްނަގާ އިޝްހާ ގެ ގައިގައި ބާރަށް ބައްދާލީ އޭނާއަށް އެ ރީތި ދެލޮލުން ކަރުނަތައް އަންނަ ތަން ބަލަން ކެތް ނުވެގެންނެވެ. ” ޕްލީސް ރީހާން އައިއެމް ސޮރީ އަހަންނަށް މާފް ކުރާނަން ތަ ” މިފަހަރު ކުޑަކޮށް އިސްއުފުލާލާ ރީޙާން ގެ މޫނަށް ބަލައިލަމުން އިޝްހާ ބުނެލިއެވެ. ” އަހަރެން އިޝްހާ އަށް މާފްކޮށްފިން ދެން ތިގޮތަށް ނުރޮއެބަ އަހަރެން ދެރަވޭ ” އިޝްހާގެ މޫނުގައި ދެއަތުން ހިފާލަމުން ރީހާން ބުނެލިއެވެ. އެއާއެކު ލުއިލުއި ހިނިތުންވުމެއް އިޝްހާގެ ތުންފަތުގައި ރަސްކަން ކޮށްލިއެވެ. ” އައިލަވްޔޫ ސޯމަޗް ދުވަހަކުވެސް ދުރުވާކަށް ނޭދެން” އިޝްހާގެ ނިތްކުރީގައި އަމިއްލަ ނިތްކުރި ޖައްސާލަމުން ރީހާން ބުނެލިއެވެ. ” ލަވްޔޫ މޯ ، އަހަރެން ވެސް ދެން ރީހާން އާ ވަކިވުމެއް ނޭދެން ” އިޝްހާ ބުނެލިއެވެ. ” ސޯ އަހަންނަށް ކިޔާދީ ބަ ކަންތައް ވީ ގޮތް އަހަންނަށް އިނގޭ ހަޤީޤަތް އިނގިގެންކަން އިޝޫ ތިއައީ ” އިޝްހާގެ ގައިގައި ފަހަތުން ބައްދާލާ އޭނާ ގެ ކޮނޑުގައި ދަތްދޮޅިއަޅުވާލަމުން ރީހާން ބުނެލިއެވެ. އެއިރު އިޝްހާ ވެސް ވަނީ ހަމަޖެހިފައެވެ. ކަންހިނގާދިޔަގޮތް އިޝްހާ ކިޔާދިން އިރު ރީޙާން ގެ ރުޅިގަނޑުވަނީ ސަތޭކައިން ވެސް މައްޗަށް ދާހާވަރުވެފައެވެ. ދުވަހަކުވެސް ޔޫލީއަށް މާފް ނުކުރާން ހިތުގެ އަޑިން އެއްބަސްވެލިއެވެ. ދެމީހުންވެސް ކުޑަވަގުތުކޮޅަކަށް އަމިއްލަ ވާހަކައިގައި ތިބެލުމަތް ފަހު ބޭރަށް ނިކުމެލީ ސަނާ މެންނާ ބައްދަލު ކޮށްލާށެވެ. ސިޓިންރޫމްގައި ހުރި ސޯފާއެތްގައި އީމާ އިންއިރު އޭނާ ކައިރި ޒިހާން ވެސް އިނެވެ. އަދި އޭގެ އިތުރުން އަޙްމަދް ގެ ދެމަފިރިންނާ ހުމައިދް ގެ ދެމަފިރިންވެސް ތިއްބެވެ. އީނާ އަދި މާއިޒް ވެސް އެންމެން ގެ ވާހަކައިގައި ބާވެރިވެގެން ތިއްބެވެ. އިޝްހާގެ އުނަގަނޑުގައި އަތް އަޅުވާލައިގެން ހުރެ އެތަނަށް ވަން ރީޙާން އާއި އިޝްހާ ފެނުމުން އެންމެން ގެ ނަޒަރު އެދިމާލަށް ހުއްޓުނެވެ. ދުވަސްތަކަކަށް ފަހު އެދެމަފިރިންގެ މޫނުމަތީގައި އުޖާލާކަން ވާއިރު ކުރިން ކުރި ހިތާމަތައް މަތިން ހަނދާން ނެތް ކަހަލައެވެ. އީމާ އަތުގައި އޮތް ރިކޯޑިން އެންމެނަށް އަޑުއިވިފައިވާކަން އެވަގުތު ރީހާން މެންނަށް ވެސް އިނގުނެވެ. ހުރިހާ އެންމެން ގެ މޫނުމަތިންވެސް ފެނިގެން ދަނީ ހިތްހަމަ ޖެހުމާ އުފާވެރިކަމެވެ. އީމާ އަދި އީނާ އެތްފަހަރާ އިޝްހާ ގައިގައި ބައްދާލިއެވެ. އިރުކޮޅަކަށް ނަމަވެސް އެކެއްގެ ތުންފަތުން ހިނިތުންވުން ފަޑުވެގެން ނުދެއެވެ. ހަވީރުގެ އެވަގުތު އެންމެން ވެސް އެތްސުފުރާމަތިން ސައިބޯލަމުން އެބައެތް އެބައެތްގެ މަންޒިލާ ހަމައަށް ދާން ނިންމިއެވެ. ކަންތައް ހިނގާދިޔަގޮތް އިނގުމުން ޔޫލީ ވަޒީފާއިން ވަކިކުރަން އަޙްމަދް އަދި ރީހާން ވެސް ނިންމިއެވެ.

ހުމެއިދް އާއި ޔުސްރާ ގެނެސްފައިވާ އިޝްހާގެ ފޮށިހިފައިގެން ދެމަފިރިންވެސް ކޮޓަރިއަށް ދިޔައީ އެކުގައި ވަގުތު ކޮޅެއް ހޭދަކޮށްލުމަށެވެ. ކުރީގައި ހިނގާފައިވާ ކަންކަން މަތިން ހަނދާން ނުކޮށް އާފެށުމަކުން ފެށުމަށެވެ. އަދި ޔޫލީގެ ޗާޕްޓާ އެމީހުންގެ ހަޔާތުން ބަންދުކޮށްލަމުންނެވެ. ކޮޓަރިއަށް ވަދެވުން ލަސްވެފައި ހުރި ރީޙާން އިޝްހާ އޭނާގެ އަތްދަނޑި މައްޗަށް ލާ އެނދާހަމައަށް ދިޔައެވެ. އެކިއެކި ލޯބީގެ ސަމާސާތައް ދެމަފިރިން ކުރަމުން އައިރު އެއީ އެދެމީހުންވެސް ހަނދާނުން ފޮހެވިގެން ނުދާނޭ ވަގުތެއް ކަން ޔަޤީންވިއެވެ.

ރޭގަނޑުގެ ހަމަހިމޭންވަގުތުނަމަވެސް މާލޭގެ މަގުތައް ނުލާހިކު ބާރުބޮޑުވެފަ އަޑުގަދައެވެ. މުޅިމާހައުލުގައިވަނީ ދުއްވަމުންދާ އުނޅަދުތަކުން ގޮވާއަޑުއަޑެވެ. އިޝްހާ އަދި ރީހާން ގެ އިތުރުން މާއިޒް އީނާ އަދ އީމާ ޒިހާން ވެސް ޑައިނަމޯއިން ނިކުތީ އެކުވެރިންތައް އުފާވެރިވަގުތުކޮޅެއް ހޭދަކޮށްލަމުންނެވެ. ހަމީހުންވެސް ސައިކަލު ބުރުޖަހަމުން ގޮސް ތިން ޖޯޑްވަކިވެގަތެވެ. އިޝްހާ ގޮވާގެން ރީހާން ދިޔައީ ހުޅުމާލެ ބީޗްއަށެވެ. ރާޅުޖަހާ ހިސާބުގައި ދެމީހުންވެސް ހިނގަމުން ދިޔައީ އެކަކު އަނެކަކާ ވާހަކަ ދައްކަމުންނެވެ. ” އަހަރެން ވަރަށް ލޯބިވޭ އިނގޭ އިޝޫ ދެކެ، ޔޫ ޑޯންނޯ އަހަރެން އިޝޫ ދިޔަފަހުން ދުވަސްތައް ފާއިތުކޮށްލެވުނު ގޮތެއް ބަޓް މިހާރު ވަރަށް ހެޕީއަބުރާ އަހަރެންގެ ހަޔަތައް އަހަރެންގެ ވައިފީ އާމާ ” އިޝްހާގައިގައި ވަރަށް ލޯބިން ބައްދާލަމުން ރީހާން ބުނެލިއެވެ. ” އަހަރެން ވެސް ، ވަރަށް ބޮޑަށް ލޯބިވޭ ދުވަހަކުވެސް ރީހާން އާ ވަކިވާކަން ބޭނުމެތް ނޫން އަބަދުވެސް ބޭނުން ވަނީ ރީހާންގެ އަތުގެ ހިމާޔަތް ދަށުގައި ހުންނަން ” ރީހާން ގެ ކަރުގައި އަތް އަޅުވާލަމުން އިޝްހާ ބުނެލިއެވެ. އެއާއެކު ރީހާން ހިފަހައްޓާލެވިފައިވާ އިޝްހާ ގެ އުނގަނޑުގައި ހިފާތަންކޮޅެތް ބޮޑަށް ކައިރި ކޮށްލަމުން އިޝްހާގެ ދޮންކޯތާފަތުގައި ބޮސްދިނެވެ. އެއާއެކު އިޝްހާގެ މޫނުރަތްވެގެން ދިޔުމާއެކު އަނެތްކާވެސް ރީހާން އިޝްހާގެ ކޮލުގައި ބޮސްދެމުން ލާނެތް ގޮތަކަށް ހީލިއެވެ. ” ދެން ހިނގާ ގެއަށް ދާން މިހާރު އަނެތް ހަތަރުމީހުންވެސް ގޮސްފާނެ ” ލަދުގެންފާ ހުރިވަރުން އިޝްހާ ބުނެލިއެވެ. ” އޯކޭ ލޯބި ބުނާގޮތެއް ” މިހެން ބުނެ އިޝްހާ ގެ އަތުގައި ހިފާގެން ސައިކަލާ ހަމައަށް ދިޔައީ އެ ފަސްގަނޑުގައި ހިނގާ ދިޔަ ލޯބީގެ ވަގުތުތައް ހަނދާން ކުރަމުންނެވެ. ދެމީހުންގެ ހަޔާތަށް އައިސްފައިވާ ހަރީފުމޫސުން ގޮސް ބަހާރު މޫސުމަށް ބަދަލުވުމުން އުފާކުރާ ހާލުއެވެ. އެކަކު އަނެކަކުދެކެ ވާ ލޯބި ބަދަލުނުވާނެކަމަށާ ދުވަހަކުވެސް ވަކި ނުވުމަށް އެތައް ވަޢުދެއް ކޮށްފައެވެ.

(ނިމުނީ)

 

ނޯޓް : ފޫހިކަމެއް ނެތި އަޅުގަނޑުގެ މިވާހަކަ ކިޔުއްވި ހުރިހާ ކިޔުންތެރިންނަށް ވަރަށް ބޮޑަށް ޝުކުރިއްޔާ . މިވާހަކަ އަށް ކޮމެންޓް ކޮށް ލައިކް ދިން އަދި ކިޔުއްވި އެންމެ ހާ ކިޔުންތެރިންނަށް ވެސް ޝުކުރިއްޔާ. މިވާހަކަ އަށް ދެއްވި ތަރުހީބާ ސަޕޯޓް އަޅުގަނޑުގެ އެހެންވާހަކަ އަކަށް ވެސްލިބޭނެ ކަމަށް އުންމީދުކުރަން . އަދި އަޅުގަނޑަށް ވެސް ދެއްވި ސަޕޯޓަށް ވަރަށް ބޮޑަށް ޝުކުރިއްޔާ .  އަޅުގަނޑުގެ އެހެންވާހަކަ އެތް އިންޝާﷲ ވަރަށް އަވަހަށް މިސައިޓަށް އަޕްކުރަން ފަށާނަން . އިންތިޒާރުކޮށްލައްވާ .

 

Share Article

Follow Me Written By

🌹YEOJA🌹

Level 610 Stories100 Login100 Comments

Other Articles

Previous

ލޯބިވާ

Next

ނޭނގޭހެ ހާދަ ލޯބިވޭ… (5)

Next
June 30, 2021

ނޭނގޭހެ ހާދަ ލޯބިވޭ… (5)

Previews
June 30, 2021

ލޯބިވާ

7 Comments!

  1. luvza says:
    June 30, 2021 at 2:04 pm

    wow… masha allah vv reethi vaahaka eh huriha eps akah cmnt nukuriyas baraabarah kiyan ingey….???
    i thought 20 ah vuren dhigu vaane kamah ekam hama varah reethi maasha allah
    yeoja ge hurihaa vaahaka eh ves varah reethi ???
    keep up ????
    tc… ss…

  2. ?YEOJA? says:
    June 30, 2021 at 2:19 pm

    Hello my dear readers ❤️❤️
    Hope u like the last part ❤️❤️
    Thank uuu hurihaa readers .❤️❤️ Mi vhk nimendhn alugadaa eku vee hurihaa kiyuntherina sukuriyaa.❤️❤️ ISA alugadu ge new vhk eh vrh avaha up kuran feshey thw mioleny .❤️❤️ Kuriekey ehfadain vhk liyeninmaafaa up kuran alugadu visneee. Vhk ge bodu baa mihaaru vaany liyevifaa. ❤️❤️So it won’t be late ISA ❤️❤️
    Keep waiting. ❤️❤️❤️
    Thank uuu hurihaa readers❤️❤️
    Love u all soo much ❤️❤️
    Will misss u all❤️❤️
    Stay safe ❤️❤️and tvgc❤️❤️

  3. Princess says:
    June 30, 2021 at 5:57 pm

    V v v v v reethi vhk eh mee Masha Allah ❤️??❤️??❤️♥️♥️♥️❤️❤️❤️♥️♥️❤️
    Waiting for next story❤️
    Kon irakun next story genesdhenee❤️❤️❤️❤️

  4. ?YEOJA? says:
    June 30, 2021 at 6:38 pm

    In reply to luvza
    Thank uuu soo much luvza.❤️❤️ Vrh ufaavehje mi stry keekan inguny maa . ❤️❤️
    And glade to know that u love this stry . ❤️❤️❤️❤️❤️
    Maa digu nukurevuny aslu raavaafaa in gothun ❤️❤️. But ISA thankoleh digukoh vxx vhk eh kiyaalan deveythw try kuraana . ❤️❤️
    Thankx again happy to hear that . ❤️❤️
    Stay safe❤️❤️ and tvgc❤️❤️

  5. ?YEOJA? says:
    June 30, 2021 at 6:44 pm

    In reply to princess
    Thank uu soo much princess❤️❤️❤️
    Galde to know that u love this stry ❤️❤️
    Keep waiting ingey next stry vxx liyevunu ❤️❤️enme avahakah up kuran fashaana ISA ❤️❤️
    Next stry genesdeyne vaki duvahahe negye bunaakah ❤️but mihaaru vrh bodah liyevihje ISA it will not be late . ❤️❤️Keep waiting dear❤️❤️❤️❤️❤️❤️
    Stay safe❤️❤️ and take care ❤️❤️

  6. Skyper says:
    June 30, 2021 at 11:32 pm

    Masha Allah Vrh reethi vhk eh♥️?..
    Vrh touching ?.. Knme part eh kiyaafa ves rovey??…
    Umeed kuran yeoja sis gey ehn series vhk eh ves kiyaalan libeyney kamah??♥️
    Love u?♥️
    Stay home♥️
    Stay safe♥️

    1. ?YEOJA? says:
      July 1, 2021 at 7:58 am

      Thank uuu soo much Skyper❤️❤️
      Vrh ufaavehje last part vxxx kamudhiya Kan inguny maa .❤️❤️❤️
      Aslu aleyy rohvaalevihje dhw ???❤️❤️
      ISA yeoja ge ehn vhk eh vrh avaha kiyaalan deveythw mioleny . ❤️❤️It won’t be late ISA❤️❤️❤️
      Love u moree❤️❤️
      Stay safe ❤️❤️and tvgc ❤️❤️

Comments are closed.



All Right Reserved!