ގާތުގާވުމަށް ހިތް އެދެނީ (8)
ނަމާދަށް ބަންގިގޮވުމާއެކު ރިޔާން އަދި ޔޫއާންވެސް ގެއިންނިކުމެގެން ދިޔައީ ފިހާރަކޮށްގެން އަންނާނަން ކަމަށް ބުނެފައެވެ. އެހެންކަމުން ޔުލީން އަދި ލައިހާ ނަމާދުކޮށްގެން ކައްކަން ވާން ޖެހޭ ތައްޔާރީތައްވާން ފެށިއެވެ. ” ޔުލީ ދެން ލައިފް ގާކިހިނެއް ހަދާނީ ނުހާން އަށް ފަހުން އެހެން ފިރިހެން ކުއްޖަކާ ގުޅެން ނުވިސްނަން ތަ ؟ ” ފިޔާކޮށަން ހުރި ލައިހާ ބުނެލިއެވެ. ” ނޭނގެ ދޯ ، އަދިވެސް ގެޓް އޯވާ އެތް ނުވޭ ނުހާން އަކަށް ، ހިއެއް ނުކުރަން ނުހާން އެހާ ވަރުވެދާނެކަމަކަށް ” އިސްޖަހާލަމުން ޔުލީން ބުނެލިއެވެ. ” އެހެންވީރުބުނެބަލަ ޔޫއާން ކިހިނެއް ވަނީ ؟ ” ވަށްކަޅިން ޔުލީން އަށް ބަލައިލަމުން ލައިހާ ސުވާލުކޮށްލިއެވެ. ” އޭން ، ޔޫއާން އޭ ، ސާބަސް ލައީ ނޭނގޭތަ އެއީ އަހަރެންގެ ދުޝްމަނެއްކަން ، އެކަމް ބްރޭކްއަޕްވީ ދުވަހު ޔޫއާން ގެ ފަރާތުން އެ ހާގާތްކަމެއް އަހަރެން އުންމީދެއް ނުކުރަން ކުޑަކޮށް އަޅައިގަންނަ ގޮތެއް ހުރޭ ބަޓް ރިލޭޝާންޝިޕް އަކަށް އަދިނުވިސްނަން ” ހިޔާލީ ދުނިޔެއެއްގައި ހުރެގެން ޔުލީން ބުނެލިއެވެ.
************
” އޭ ޔޫއާން ކަލޭ ޔުލީން ދެކެ ލައިކް ވޭ ދޯ ” ފިހާރައަށް ވަންނަމުން ރިޔާން ކޮށްލި ސުވާލުން ޔޫއާން ހުއްޓުން އެރިއެވެ. ރިޔާން އާ ދިމާލަށް ބަލަހައްޓައިގެންހުރެވުނީއެވެ. ” ކިހިނެއް ވީ ، ޔުލީން ކަމުނުދަނީތަ ” ރިޔާން އަނެއްކާ ވެސް އަހާލިއެވެ. ” ނޫން ” އަވަސްއަވަހަށް ޔޫއާން އަށް ބުނެލެވުނެވެ. ” ކޮބާ ހީވެ މިހިރަ ފަޅާ އެރީނު ކުރިންވެސް ކަމުދާވާހަކަ ބުނިނަމައެތްނު ، ” ހެމުން ހެމުން ރިޔާން ބުނެލިއެވެ. ޔޫއާން އަށް ބޮލުގެ ފުށްކިބައިގައި އަތްހިންގާލެވުނެވެ. ” ސޯބުނޭ ކިހިނެއް ވީކަމެއް މީ ” ރިޔާން އަހާލިއެވެ. ” ކަލޭ އޯކޭތަ ” ޔޫއާން އަހާލިއެވެ. ” އާން ކިރިޔާ ” އުފާވެލާފައި ރިޔާން ބުނެލިއެވެ. ” ހޫމް އޯކޭ ، މާލެ އަންނަން އޮތްދުވަހު ނޫން އޭގެ އަނެއްދުވަހު ޔުލީން އާ ގުޅާގެން ރިޔާން އުޅުނުދުވަހު ޔުލީންގެ އަޑުއިވިގެން ދެން އެދުވަހު ޔުލީން މަގައިގާ ބައްދާލިއެތްނު އެހިސާބުން ” ޔޫއާން ކިޔާދިނެވެ. ” އޯހް ހޮއެ ހޮއެ ” ލާނެތްރާގަކަށް ރިޔާން ބުނެލިއެވެ. ” އަދި އިގޭތަ މިއަދު ލައިޙާ އާ ޔުލީން ދެއްކި ވާހަކަ އެތް ” މިހެން ކިޔާފައި ރިޔާން އޭނާ އަށް އަޑުއިވުނު ހުރިހާ ވާހަކަ އެތް ޔޫއާން އަށް ކިޔާދިނެވެ. ” ވާވް އަސްލުތަ. ދެން ކޮންއިރަކުން ލައިހާ އަށް ލޯބިހުށައަޅަން ތިވިސްނަނީ” ޔޫއާން އަހާލިއެވެ. ” ނޭނގެ ވަރަށް އަވަހަށް އިންޝާﷲ” ޔަޤީން ކަމާއެކު ރިޔާން ބުނެލިއެވެ. ދެމީހުންވެސް އެއްޗެހި ގަނެ އަވަދިވެވުނީ އެތައް އިރަކުންނެވެ. ލަސްވެގެން އެތައް ފަހަރަކު ޔުލީން ގުޅިފަހުން ދެމީހުން އަތްމަތި އަވަސްކޮށްލިއެވެ.
އެއްޗެހި ކޮށާ ނިމި ކައްކަން ތައްޔާރުވެގެން ތިބި ލައިހާ އަދި ޔުލީން ތިބީ ކުދިކިޔާލަކިޔާލަ އެވެ. އެވަގުތު ބަދިގެ ތެރެއަށް ވަން ރިޔާން އަދި ޔޫއާން ގެ މޫނުމަތިން ވަރުބަލިކަން ފެނުމުން ޔުލީން އަށް ދެފަރާތަށް ބޯހޫރާލެވުނެވެ. ” ދެން ވަރުބަލި ވެފައި ތިބޭނެ ކަމެއް ނެތް ، އަލަށް ކަމެއް ޖެއްސީމާވެސް ތިއައީ ގަނޑިއިރެއް ފަހުންވީއްޔަ ” ކޮތަޅުތަކުން އެއްޗެހި ނަގަމުން ޔުލީން ބުނެލިއެވެ. ” ހޫމް ދެން އެއްޗެހި ކިޔަސް ހެވޭ ، ދެން އަހަރުމެންނެއް ނުދާނަން ، މިހިސާބުން މިނިމުނީ މީ ދިޔަ ފުރަތަމަ އަދި ފަހުފަހަރު ” ޔޫއާން ބުނެލިއެވެ. ” ނުވެސް ބުނާނަން ދެން ދާށެކޭ ، އަހަރެން ނޫޅެން ކަންނެތް ވެގެން ލަސްކުރާކަށް ” ޔޫއާން ކައިރި އަށް ޖެހިލަމުން ދެއުކުޅުގައި އަތްވިއްދާލަމުން ޔުލީން ބުނެލިއެވެ. ” އަދިވެސް އަހަރުންތަ ކަންނެތީ ، ބަލަ ވާހަކަ ރީއްޗެއް ނު ” ޔުލީން ކައިރި އަށް ޖެހިލަމުން ޔޫއާން ބުނެލިއެވެ. ” ވާޙަކަ ރީތި ނުވެ ހުންނާނެތަ ” ކުރިއަށް ވުރެ ބޮޑަށް ޔޫއާން ކައިރި އަށް ޖެހިލަމުން ޔުލީން ބުނެލިއެވެ. ” ދެން ސްޓޮޕް ، ދެމީހުން މުބާރާތެއް ބާއްވާގެންނެއް ނޫން ވީއްޔަ މިއޮޅެނީކީ ، މިދެމީހުން އަދި ކަމެއް ފަށާނެ ، އެދުވަހަކުން ޖެހޭނެ ސައިދޭން ދޯ ލައީ ” ލައިހާ އަށް ދޯއެއް އެތްލަމުން ރިޔާން ބުނެލިއެވެ. ” ހޫމް އަސްލުވެސް ، ޔުލީ ނޭނގުނަސް ނަފްރަތަކީ ލޯބީގެ ފެށުމޭ ” ލައިހާ ބުނެލިއެވެ. އެއާއެކު ޔުލީން އަނގަޔަށް ވައްތަރެއް ޖައްސާލަމުން ދެލޯކުޑަކޮށްލާފައި ޔޫއާން އަށް ބަލައިލަމުން ކައްކަން ފަށަން އަވަދިވެގަތެވެ. ލައިހާ ވެސް ސޮސެޖް ތައް ހަދަން އަވަސްވެގަތެވެ. ރިޔާން އަދި ޔޫއާން ބަދިގެއިން ނިކުމެގެން ގޮސް ސޯފާގައި ޖައްސާލަމުން ތީވީހުޅުވާލީ މެޗްއެއް އަންނާތީއެވެ. ” ބަލާބަ ކަންނެއް ކަން އެބަ ފެނެއެތްނު ” އެތްމިޔަކަނިން ހީލަމުން ޔުލީން ބުނެލީ މޭޒުމައްޗަށް ފައި އަރުވާގެން ތިބި ރިޔާން އަދި ޔޫއާން އަށް ބަލައިލަމުންނެވެ. ” ޔެސް ދޯ ” ޔުލީން އާ ބައިވެރިވެލަމުން ލައިހާ ބުނެލިއެވެ.
ތިރީހަކަށް މިނެޓް ފަހުން ކައްކާ ނިމުނެއްކަމަކު ލައިހާ އަދި ޔުލީން ވެސް ބޭނުންވީ ފެންވަރާލައިގެން ކާން އައުމަށެވެ. އެހެންކަމުން ރިޔާން މެން ކައިރި ނުބުނެ އެދެމީހުން ދިޔައެވެ. ” ލައީ ދާން ވީނު ދޮންބެ މެން ކޮޓަރިއަށް ފެންވަރަން ވަންނަން ، އަވަސްވާނެ އެތްނު ” ތުވާލި ހަރުން ތުވާލި ނަގަމުން ޔުލީން ބުނެލިއެވެ. ދެލޯބޮޑުކޮށްލަމުން ލައިހާ ހިންދިރުވާލިއެވެ. ” އަހަރެން..” ލައިހާ އަށް ބުނެލެވުނެވެ. ” އާން ކޮޔާ ދެން ވެސް އަވަހަށް ދޭ ” އަލަމާރިން ކަޅުކުލައިގެ ފަޔަށް ހިފާފައި ހުންނަ ޓައިޓް އަކާ ޓޮޕްކޮޅެއް ނަގަމުން ޔުލީން ބުނެލިއެވެ. ” އޯކޭ ” މިހެންބުނެ ލައިހާ އޭނާގެ ތުވާލި އާ ޖާރްޒީ އަކާ އަދި ތިރިން ލާން ކަޅު ޓައިޓް އެތް ނަގަމުން ރިޔާން ގެ ކޮޓަރިއަށް ދިޔައެވެ. ރިޔާން ގެ ކޮޓަރިއަށް ވަދެވުމާއެކު ލައިހާ ގެ ހިތްނެގިނެގިފައި ޖެހެމުން ދިޔައެވެ. ރިޔާން ގެ ކޮޓަރީގެ ކޮންމެ ދިމާލަކުން ފެންނަމުން ދިޔައީ ސާފުތާހިރުކަމެވެ. އެހެންކަމުން ލައިހާ ހިތްހަމަ ޖެހެނުވެ. އަވަސްކޮށްލުމަށް ފެންވަރާލަން ލައިހާ ވަތެވެ.
” އޭ ކަޑައެއް ނު އަޅޭ މަ ފޯން އެ މަރުވީ ، އަންނާނަން ޖާޗް އަށް ޖަހާފައި ، މަންމަ މެން ގުޅާ ވެސް ފާނެ ” ފޯނު ނިވުނުތަނުން ރިޔާން ބުނެލިއެވެ. ” ހޫމް ދޭ ” މެޗް އަށް ގެއްލިފައި އިނދެ ޔޫއާން ބުނެލިއެވެ. ފޯނު ހުޅުވަމުން ކޮޓަރިއަށް ވަން ރިޔާން އަށް ހައިރާން ކަމެއް ލިބުނީ ފާހަނަ އިން ފެން އޮހޭ އަޑުއިވުމުންނެވެ. އެ ހައިރާން ކަމުގައި ހުރެ ފޯނު ޖާރްޖް އެތް ޖަހާލިއެވެ. މާގަނޑު ބަންދުކޮށްލަމުން ފެން ހިތްކަން ތުވާލި ނުލާ އާދެވުމުން ނިކުންނަން އުޅެފާވެސް ކޮޓަރި ދޮރުހުޅުވަލި އަޑުއިވުމުން ޔުލީން ކަމަށް ހީކޮށް ލައިހާ ދޮރު ކައިރި އަށް ޖެހިލާފައި ޔުލީން އަށް ގޮވާލިއެވެ. ކޮޓަރިން ނިކުންނަން ދިޔަ ރިޔާން އަށް އިވުނު ލައިހާ ގެ އަޑުން މަޑުޖެހެލެވުނެވެ. މިހާ ގެ ހައިރާން ކަން އިތުރުވެގެން ދިޔައެވެ. ” ޔުލީ ތުވާލި ދިއްކޮށްލަބަ، ހަނދާން ނެތިގެން ތުވާލި ނުލާ މިއައީ ” ދޮރު ކުޑަކޮށް ހުޅުވާލަމުން ލައިހާ އަތްދިއްކޮށްލަމުން ބުނެލިއެވެ. ލައިހާގެ ހާމައަށް އޮތް އަތް ފެނުމާއެކު ރިޔާން ގަނޑުވިކަހަލަ އެވެ. ނަމަވެސް ލައިހާ ދެތިން ފަހަރު ބުނުމުން ރިޔާން އޭނާގެ އަލަމާރިން އިތުރަށް އިން ތުވާލި ނަގަމުން ފާހަނަ ކައިރި އަށް ދިޔައެވެ. އެއިރު އޭނާގެ ހިތް ޑަންޑަން ލާފައި ތެޅެމުން ދިޔައެވެ. ލައިހާ އަތަށް ތުވާލި ދިން ގަނޑީ އެއަތުގައި އޭނާ ގެ އަތްޖެހުނެވެ. ލައިހާގެ ފިނިއަތް އިޙްސާސް ވުމުން ރިޔާން އަށް ކަރަންޓް ޝޮކް އެތް ޖެހުނުފަދައެވެ. ލައިހާ އަށް ވަގުތުން އެއީ ޔުލީންގެ އަތް ނޫންކަން އިނގުނެވެ. ޔުލީންގެ އަތް މަޑުވެފައި ދެންމެ އެ ޖެހުނު އަތް ކުޑަކޮށް ތަފާތުކަން ލައިހާ އަށް އިޙްސާސްވިއެވެ. އެހެންކަމުން މީހާގެ ހިތްތެޅެލީ އެއީ ރިޔާން ބާއޭ ހިތަށް އަރަމުންނެވެ. ” ކާކު ؟ ” ލައިހާ އަށް އަހާލެވުނެވެ. ” ސޮރީ ލައީ ބަޓް މީ ރިޔާން ވެރީ ސޮރީ ” ރިޔާން ބުނެލިއެވެ. އެއާއެކު ލައިހާގެ ދެކޯތާފަތް ރަތްވެގެން ދިޔައެވެ. ލައިހާގެ ފަރާތުން ޖަވާބެއް ނައުމުން ރިޔާން އެތަނުން ދިޔައީ ހިނިތުންވެލަމުންނެވެ. އަވަސްކޮށްލަމުން ލައިހާ ރިޔާން ގެ ކޮޓަރިން ނިކުމެގެން ދިޔައީ ބާރަށް ނަމަވެސް ރިޔާން އަށް ލައިހާ ފެނުނެވެ. ލައިހާ ގެ ލޮލުގައިވެސް ރިޔާން އަޅައިގަތެވެ. އެހެންކަމުން ރިޔާން އަށް ނުފެންނާނެހެން މޫނު އަނބުރާލައިގެން ދިޔައީ ބެދުނު ބޮޑު ލަދުގެ ސަބަބުންނެވެ. ” ލައީ ކިހިނެއް ވީ ދުވެފައޯ ” ބޯއަށްސަން ހުރި ޔުލީން އަށް އަހާލެވުނީ ދުވެފައި ކޮޓަރިއަށް ލައިހާ ވަދެ ދޮރުޖަހެމުންނެވެ. ” އާރގް ޔުލީ ގެ ކަންތަކޭ ދެން ނުކެރޭނެ ރިޔާން ގެ ކުރިމައްޗަށް އަރަންވެސް ” އެނދުމައްޗަށް ވެއްޓިގަންނަމުން ލައިހާ ބުނެލިއެވެ. ” އޭން އަހަރެން ކީއްކުރީ އެން ކީއްވެ ދޮންބެ ކުރިމައްޗަށް އަރަން ނުކެރެންވީ ” ލައިހާ ކައިރި އިށީދެލަމުން ޔުލީން އަހާލިއެވެ. ” ޔުލީ އަހަރެން ރިޔާންގެ ކޮޓަރި އަށް ފޮނުވީނު ” ލައިހާ ބުނެލިއެވެ. އެއަށްފަހު ހިނގާދިޔަ ކަންކަން ޔުލީން އަށް ކިޔާދިނެވެ. ” ވަޓް ، އޯއަޅޭ ސޯކިޔުޓް ” ލައިހާ ގެ ދެކޮލުގައި ހިފާލަމުން ޔުލީން ބުނެލިއެވެ. ” ސީރިއަސްލީ ޔުލީ ” އަނގަޔަށް ވައްތަރެއް ޖައްސާލަމުން ލައިހާ ބުނެލިއެވެ. ” ވަޓް އެވާ ހިނގާދާން ކާން ދާން ، އަދިކަންކަން ކުރިއަށް އޮތީނު ” ލައިޙާ އަތުގައި ހިފާނަގަމުން ޔުލީން ބުނެލިއެވެ. އިސްޖަހާލައިގެން ހުރެ ލައިހާ ޔުލީން އާއެކު ބަދިގެއަށް ގޮސް ކާންހަދަން ފެށިއެވެ. އެއިރަށް ރިޔާން މެން ކާން އައިސްފިއެވެ. ސަކަރާތް ޖަހަމުން އެންމެން ކާނިންމާލިއެއް ކަމަކު ލައިހާ ކޮންމެ ހެން ބުނަން ޖެހިއްޖެ އެއްޗެއް ނޫނީނުބުނެއެވެ. ރިޔާން އަށް ބަލައިލަން ވެސް ނުކެރިފައި ލައިހާ އިންއިރު ރިޔާން ގެ ނަޒަރު ލައިހާގެ މޫނުން ނުނެއްޓެއެވެ. ” ދޮންބޭ ލައީ ގެ މޫނުގައި އެއްޗެއްހުރީތަ ؟” ލައިހާ އަށް ބަލަން ރިޔާން އިންކަން އިނގިގެން ޔުލީން ލާނެތް ރާގަކަށް ބުނެލިއެވެ. ލައިހާ ކޮށިއަރައިގެން ދިޔައީ ޔުލީން އެހެން ބުނުމުންނެވެ. ލޮލުން ފެންއަންނަ ވަރަށް ލައިހާ ކެއްސަމުން ދިޔައިރު ޔުލީން އިނީ ލައިހާގެ ބުރަކަށީ ޖަހާލަ ޖަހާލައެވެ. އިރުކޮޅަކުން ލައިހާ ކެއްސުން ގަނޑު މައިތިރިވިއެވެ. ކަންބޮޑުވެފައި އިން ރިޔާންގެ ގައިގައި ކޮއްޓަލަމުން ޔޫއާން ރިޔާން އަށް ދިމާކޮށްލިއެވެ. ރިޔާން ޔޫއާން އަށް ދެލޯއަޅާލަމުން ޔޫއާންގެ އަތުގައި ވިކާގަތެވެ.
(ނުނިމޭ)
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
5 Comments!
Comments are closed.




Hlw readerss
Hope u like this part
Next part vxx ISA soon
stay safe and tvgc
luws yaa
masha allah vvv salhi ingey mi prt.. sry sis migadeega schl interval gadi veema neiy ingey maadhigu cmnt eh kohleveykah.. anekkolhun dad miadhu furaatheeve fahun cmnt eh nukurevidhaanetheeve mihaaru mi kohlanee ingey… but hama vvvvvvvvvvvvvv reethi ingey.. just one word in bunanyaamun buneveynee hama PERFECT ey.. ehaavx reethi…
lyssssssssssssssssssmm
waiting for the nxt prt….
keep it up darling!
In reply to Nayaa
Thank uu soo much naayuuu
vrh ufaavehje stry kamudhiyakan inguny maa
oku eyy small cmnta kas . i love to hear frm readers .
dad furany dhw saydu vrh dhw
thank uu again luws
luwsyaaa more
next part ISA ssoon
stay safe and tvgc
V reethi
In reply to Rathuwathu Moosha
Thank uu soo much . V ufaavehje kamudhiyakan inguny maa
stay safe and tvgc